ޝަލީން 21
- ދޮރު ހުޅުވާލުމާއެކު އަހަރެން ހައިރާންވިއެވެ. ވިސާމާގެ އަޑުން ގޮވުމުން އަހަރެން ދޮރު ހުޅުވީ ވިސާމާއަށްޓަކައެވެ. އެހެނަސް ކުރިމަތީގައި ހުރީ ޒާހިރެވެ. އަހަރެންގެ ފައިން ހީވީ ވާގި ދޫވިހެންނެވެ. ހަގީގަތުގައިވެސް އަހަރެން ހުރީ ވަރަށް ބިރުންނެވެ. ހަމަ އެވަގުތު އަހަރެންގެ ދެލޮލުގެ ކަޅި ދައުރުކުރީ ކާރޫބާރު ބޮޑު މަގުމަތިން ވިސާމާ ފެނޭތޯއެވެ. ވިސާމާގެ އަޑު އަހަންނަކަށް ނޯޅޭނެއެވެ. ތެދެކެވެ. އޭރު އިވުނީ ވިސާމާގެ އަޑެވެ. އަހަންނަށް އެކަން ޔަގީނެވެ. އެހެންވިއްޔާ ވިސާމާ ކޮބާހެއްޔެވެ؟
“މަންޖެ ހަމަ އަހަރެން ޓަކިޖަހާ ނުލައިގެންދޯ؟” ވަރަށް ހިނިއައިސްފާހުރެ ޒާހިރު ބުނެލިއެވެ.
“ކަލެއެއް ނޫން ޓަކިޖެހީ… ނުކުމޭ…. މިގަޑީގަ ނުކުމޭ…. ނެތް މިގޭގަ އެއްވެސް މީހެއް. ދާށޭ..” ބިރުން ހިތް ތެޅިތެޅި އޮތް ހާލު އަހަރެން މަސައްކަތް ކުރަމުން ދިޔައީ ދޮރު ކޮއްޕާލާފައި އެތެރެއަށް ވަންނަން މަސައްކަތްކުރި ޒާހިރު ނެރެވޭތޯއެވެ.
ޒާހިރުވެސް މަސައްކަތް ކުރަމުން ދިޔައީ އޭނާގެ އަތުގެ މުލައްދަނޑީގެ ބާރުގެ ބޭނުން ކުރަމުން ދޮރު ހުޅުވޭތޯއެވެ. އަހަންނަކީ ކުޑަކުޑަ ކުއްޖެއްކަމުން، ޒާހިރުގެ ބާރު އަހަންނަށް ވުރެ ގަދަވާނެކަން އަހަންނަށް އެނގެއެވެ. އެހެން ނަމަވެސް އެވަގުތު އަހަރެންގެ ގައިގައި ނެތް ހިތްވަރު ދައްކަމުންވެސް އަހަރެން މަސައްކަތް ކުރީމެވެ.
“ޝަލީން… މިތާ ކިހިނެއްވަނީ؟ އޭތް… ތީ ކާކު؟” ވިސާމާ ވަރަށް ބާރަށް ހަޅޭއްލަވައިގަތުމުން ކުއްލިޔަކަށް އަހަންނާ ޒާހިރުގެ ހަރަކާތްތަކަށް ހުއްޓުންއައެވެ.
“ވިސާ.. ނަސީބެއް މިތަނަށް އައިކަން… ތަންކޮޅެއް ކުރިން ޓަކި ޖެހީމެއްނޫންތަ؟… އަޅެ… ކޮންތާކުންތަ ތިއައީ؟” ޒާހިރު ސިޓިންގް ރޫމް ތެރެއަށް ދެމިގަތް ވަގުތު އަހަރެން ހިތްހަމަ ނުޖެހިފައިހުރެ ވައި އަޑުން ވިސާމާ ގާތު އަހާލީމެވެ.
“އާދެބަލަ.. ހަމަޖެހިބަލަ… ހިނގާ ސައިބޯން..” އެތެރެއަށް ހިނގައިގަންނަމުން ވިސާމާ ބުންޏެވެ.
“ވަރަށް ބަނޑުހައި… ޝަލީން! ގެނޭ އެތިކޮޅެއް މަށަށްވެސް..” ވިސާމާ ވާހަކަދެއްކި އަޑު އިވުމުން ޒާހިރު ބުނެލިއެވެ.
“ޕިސް…ޕިސް… ބޮޑަށް ރަނގަޅީ ޒާހިރު މިތަނުން ދިޔައްޔާ… މިގޭގަ ނެތް އެއްވެސް ކާއެއްޗެއް.” އަހަރެން ޒާހިރު ފޮނުވާލުމުގެ ބޭނުމުގައި ބުނީމެވެ.
“އަން.. މި ކައިގެން މިތަނުންދޭ.” ދެފޮތި ސޭންޑްވިޗް ދިއްކޮށްލަމުން ވިސާމާ ބުނެލިއެވެ.
ޒާހިރު ވަގުތުން ކާންފެށިއެވެ. ހީވަނީ ދުވަހަކު ކާއެއްޗެއް ނުފެނިއިނދެ ކާން ލިބުނު ހެންނެވެ.
އެއްވެސް ގޮތެއް، އުޅުމެއް އަހްލާގެއް ހުރި މީހެއް ނޫނެވެ. މޮޔައީކީވެސް ނޫނެވެ. މީހާގެ ގައިގައި ރީތި އުޅުމެއް ނެތީއެވެ.
“ތިކައިގެން މިތަނުންދޭ.. ގޭގަ އެކަކުވެސް ނެތް..” ހިތްހަމަ ނުޖެހިފައި ހުރިވަރުން އަހަރެން ބުނީމެވެ.
“ކޮބާ މަރިއްތަމެން؟ އެމީހުން ނެތްކަމެއް މަށަކަށް ނޭނގޭ.” ދެވަނަ ސޭންޑްވިޗް ކާންފަށަމުން ޒާހިރު ބުނެލިއެވެ.
“ޝަލީންމެން ކީއްވެތަ ނުކައި ތިތިބީ؟ މީތަ ރައްޓެހި ކުއްޖާ؟” އަހަރެން އަނގައިން ނުބުނުމުން އަނެއްކާވެސް ޒާހިރު ބުނެލިއެވެ.
“އަހަރެން މަންމަ އެބަ އާދޭ މިހާރު.. އަހަރެން ކައިރި ބުނި ޝަލީންގެ ގޭމީހުން ނެތިއްޔާ 10 މިނެޓް ފަހުން އެބަ ދަމޭ. ޝަލީންއާ ދެމީހުން އެކަނި ގޭގަ ތިބެދާނެތީއޯ.. އެކަނި ދޫކޮށް ނުލެވޭނެޔޯ.. ހީވަނީ މިހާރު އަންނާނެހެން.” ވިސާމާ އަހަންނާ ދިމާލަށް ބަލައިލާ އެއްލޯ މަރާލަމުން ބުނެލިއެވެ.
“އެބަ ބަލައިލަން. ވިސާ މަންމަ ހާދަ ރަނގަޅޭ. އަހަންނަށްވެސް ނުކެރޭނެ ދެމީހުން ތިބޭކަށް..” ބޭރު ދޮރު ކައިރިޔަށް ޖެހިލަމުން އަހަރެން ބުނެލީމެވެ.
“އެހެރަ އަންނަނީ… ނަސީބެއްނު…” މަގުގެ އެކި ދިމަދިމާލަށް ބޯއަރިކޮށްކޮށްފައި ބަލަމުން އަހަރެން ބުނެލީމެވެ.
“ޝަލީން. މަދެން ދަނީ. ސޭންޑްވިޗް ވަރަށް މީރު.. އެކަމު ހަމަޖެހިގެން ކާން އިނދެވޭކަށް ނެތް.” އަވަސް އަވަހަށް ދެއަތްތިލަ ފޮޅާލަމުން ފޯނު ނަގާ ޖީބަށް ޖަހާލައިން ޒާހިރު ގެއިން ނުކުތެވެ.
“އާއާއާހހްހްހްހ…. ޕިސް ޕިސް… ރަނގަޅު ގޮތެއް ތިހެދީ… ނަސީބެއް… ބިރުން ކަންނޭނގެ އެދިޔައީ.” ދޮރު ތަޅުލުމަށްފަހު ހިތްހަމަ ޖެހުމުގެ ނޭވާއެއް ލަމުން އަހަރެން ބުނެލީމެވެ.
“އަސްލު މަންމަ ނޫޅޭ އަންނާކަށްވެސް… ދެން ހަމަ ބުނެލީ އެމީހާ ފޮނުވާލަން…. ކޮންކަހަލަ މީހެއްތަ އަޅެ އެއީ؟… އެއްވެސް ގޮތެއް ނެތް މީހެއް… ޝަލީންއަށް އަނެއްކާ ކަމެއް ކުރަންތަ އެމީހާ އުޅުނީ؟ ނަސީބު މަށަށް އާދެވުނުކަން… ޝަލީން!… ނަމަނަމަ އެމީހާއާ ކައިރި ނުވައްޗެ.” ވިސާމާ ހައިރާންވެފައި ހުރިވަރުން ބުނެލިއެވެ.
“ނަސީބެއް ވިސާ އައިކަން. އެކަމު މިގޭ ކައިރިޔަށް އައިސްފަ ކުރިން ޓަކިޖެހީންދޯ؟ އަޑުން ހީވި އަހަންނަށް ގޮވިހެން.. އެކަމު ހުޅުވަން އިރުކޮޅެއްވީ ކަފަބޫރު ތަކެއް ވެރިގެން… ދެން ހުޅުވާލި އިރު އެއްކަލަ ކަލޭގެ މިހުރީ.. ހުވާ މިބުނީ… އޭނަ ފެނުނީމަ، މަގޭ ފައިން ހީވީ ވާގިދާން އުޅުނުހެން.” އަހަރެން ކުރުކޮށް ބުނެލީމެވެ.
“އާނ.. އަސްލު އަހަރެން ޝަލީން ނުހުޅުވާ އިރުކޮޅެއްވީމަ ހިތަށް އެރީ ކުރިމަތީ ހުރި ފިހާރަ އިން ސުޕާރީ އެއް ގަންނަން. އެހެންވެ އެވަގުތު އެތާ ހުރީ.. ދެން ޝަލީން ދޮރު ހުޅުވިތަން ފެނުނު ލޯގަނޑުން. އޭރު އެމީހާ ނެރެން ޝަލީން އުޅުނީ. އަހަރެން ސުޕާރީ ވެސް ނުގަނެ އަވަހަށް އައީ ނުކުމެގެން.” ވިސާމާ ވަރަށް ތަފްސީލުކޮށް ކިޔައިދިނެވެ.
“އޭތް ބަލާބަލަ… މީގަ ހުންނާނެ މީކާލް ކޮށްފަހުރި މެސެޖްތަކާ އަހަރެން ދީފަ ހުރި ރިޕްލައިތައް. ބަލާބަލަ….” ގޮނޑިއެއްގައި އިށީންނަމުން ޖީބުން ފޯނު ނަގާފައި އަހަރެން އަތަށް ފޯނު ދެމުން ވިސާމާ ބުނެލިއެވެ.
“އޯހް… ތޭންކްސް… އެކަމު މި ބަލާކަށް ނޫން ބޭނުމީ… ބަލައިގެން އަހަރެން ގެންގުޅޭ ފޮތުގަ ލިޔަން ބޭނުމީ… އިންނާނެ ހަމަ މީކާލްއަށް ހާއްސަކޮށް ފޮތެއް ހަދާފަ.” އަހަރެން ބުނެލީމެވެ.
އެދުވަހު އަހަރެން ވިސާމާ އާއެކު ވަގުތު ހޭދަކުރީ މުޅިންވެސް މީކާލްގެ ހަނދާންތަކުގައެވެ. ވިސާމާގެ ފޯނުން މީކާލްއަށް ގުޅުމުގެ ފުރުސަތު އަހަންނަށް ލިބުނަސް އަހަރެން ކޮންމެހެން އެކަން ކުރަން ބޭނުން ނުވީއެވެ. ކޮންމެސް ވަރަކަށް އަހަރެން ޖެހިލުންވާތީއެވެ. މީކާލްގެ އަޑު ނުޖެހުނަސް މީކާލްގެ މެސެޖްތަކުން އަހަންނަށް ފުދެއެވެ. ކޮންމެއަކަސް، އެދުވަހު ވިސާމާ ގެއަށް ދިޔައީ މަރިއްތަމެން އައުމުންނެވެ. ނަސީބަކުން ކަން ދިމާކުރި ގޮތުން މަރިއްތަ މެންނަށް ގެއަށް އާދެވުނުއިރު އަހަރުމެންނާއެކު ވިސާމާ މަންމަވެސް ހުއްޓެވެ.
ހަފްތާއެއްފަހެވެ. ލުކާމެން އެއްވެސް މީހެއްގެ އުނދަގުލެއް އަހަންނަށް ނުޖެހި ހަމަޖެހިލައިން ސްކޫލްގައި އުޅެލެވުނު ހަފްތާއެއް ވޭތުވީއެވެ. އެހެނަސް އަހަންނަށް ހަމައެކަނި ނުލިބުނު ހިތްހަމަޖެހުމަކީ ކްލާސް ކުދިންގެ ފަރާތުން ލިބުނު ތުރާތަކެވެ. އަހަރެން މަޑުމަޑުން އެކަންކަމަށް ހޭނެން ދަސްކުރީމެވެ. އަހަރެންގެ ސިކުނޑި އަހަންނަށް ވިސްނައިދެނީވެސް އެގޮތަށެވެ. އެބައެއްގެ ކައިރީގައި އުޅެވޭނީ އެބައެއްގެ ގޮތް އެނގިގެންނެވެ. އެހެނަސް އެމީހުން ދައްކާހާ ވާހަކަތަކާއި ކުރާހާ ކަންކަމަށް އަހަރެންގެ އެއްވެސް ޝައުގުވެރިކަމެއް ނުދެމެވެ.
އާދައިގެ މަތިން އިންޓަވަލް ގަޑިއެވެ. އަހަރެން ހުރީ ކްލާސް ކުރިމަތީ ބެލްކަނިން ބޭރު ބަލާލާށެވެ. ސްކޫލްގެ ހޯލްތެރެ އާއި ބޭރު މަގުމަތިން ދުއްވާފައިދާ ބައެއް އުޅަނދުތަކުގެ އަޑުން މުޅި ވެށި ހީވަނީ އެހެން ކަމެއްހެންނެވެ.
“ޝަލީން…” ތަހޫ އަހަންނަށް ގޮވާލި އަޑަށް އަހަރެން ބަލައިލީމެވެ. އޭރު އަހަރެންގެ ކައިރީގައި ފާތުންގެ އިތުރުން އެހެން ދެކުއްޖަކުވެސް ތިއްބެވެ.
“އިނގޭތަ؟ ފަތުހު ﷲ މެން މިއަދު އެބަ ރާވާ ޝަލީން އުޅޭގެ ހޯދަން.. ނިމޭގަޑީގަޔޯ ފަހަތުން ދާނީ..” ދެކޮލުގައިވާ ޑިމްޕަލްއަށް ދިރުން ދެމުން ތަހުމީނާ ވާހަކަ ދެއްކިއެވެ.
“ޕިސް… ތިދެން ކިހާ ދެރަކަމެއް.. އަހަރެން އޭނަދެކެ ލޯތްބެއް ނުވެއޭ.. އަހަންނާ ހެދިގެން އަޅެދެން ކީއްކުރަންތަ އެއުޅެނީ.؟ ތާހޫ ވީނު އެކަން ހުއްޓުވަން.” އަހަރެން ބުނި އެއްޗެއް އަޑުއިވޭ ކަމަށްވެސް ހަދާނުލާ ތަހުމީނާ ދިޔައީއެވެ.
“ޝަލީން… އަހަރެން މިއަދު ގޮސްފާނަން ޝަލީންއާ އެކީ.. އޭރުން އެކަނި ދާކަށް ނުޖެހޭނެއްނު. ވަރަށް އުނދަގޫ ކުރާ ބައެއްތޯ އެއީ.. އަހަރެން ބަލާނަން ޝަލީން ސަލާމާތް ކުރެވޭތޯ.” ފާތުން އަމިއްލައަށް ބުނެލީ އަހަންނަށް އެހީތެރި ވުމުގެ ގޮތުންނެވެ. ބަދަލުގައި އަހަރެން ހިނިތުން ވެލީމެވެ.
އެދުވަހުގެ ގަޑިތައް ނިމުމާއެކު އަހަރެން ކްލާހުން ނުކުންނަން ރެޑީ ނުވެ އިނީމެވެ. ކޮންމެސް ފިލާވަޅެއް ނިންމުމުގެ ބޭނުމުގައި ކަމަށް ފެންނާނީ އެހެން މީހުންގެ ލޮލަށެވެ. އަހަރެން ހަގީގަތުގައި މަކަރެއް ހަދާލަން ބޭނުންވީއެވެ. ފަތުހު ﷲ މެން ކައިރިން ސަލާމަތްވުމުގެ ބޭނުމުގައެވެ.
“ޝަލީން!… ގެއަށް ނުދަނީތަ؟ އަވަސްކުރޭ ހިނގާދާން.” ފާތުން އަހަންނާއެކު ދާން ބޭނުންވާތީ ބުނެލިއެވެ.
“ދާންވީ… އެކަމު އަހަރެން ބުނާގޮތެއް ހަދަން ކެރޭނެތަ؟” އަހަރެން ބުނެލީމެވެ.
އެރޭ އިރު އޮއްސުމާއެކު ސްކޫލުން ނުކުމެގެން އަހަންނާއި ފާތުން ހިނގައި ގަތީމެވެ. އަހަރެން ބުނި ގޮތަށް ފާތުން ވެސް އަހަންނަށް ފޮލޯވ ކުރަމުން ދިޔައެވެ. އަހަރެން ފަސްއެނބުރި ބަލައިލީ ލުކާމެންގެ ހަބަރެއް ވޭތޯއެވެ. ވަގުތުން އަހަރުމެންގެ ފަހަތުން ފަތުހު ﷲ އާއި ލުކާ އަންނަތަން ފެނެއެވެ. މާބާރު ހިނގުމެއްގައިވެސް ނޫނެވެ. އެހެނަސް އަހަރެންގެ ފިޔަވަޅުތައް ބަލަމުން ހަމަޖެހިގެން ތިބެ އެމީހުން ކުރިޔަށް ހިނގަމުން އައެވެ. އަހަރެން ހީކުރީ އެމީހުން އެހެން މަގަކުން ދާނެ ކަމަށެވެ. އެހެނަސް އެއީ އަހަންނަށް ހީވި ހީވުމެކެވެ.
“ފާތުން.. ކުއްޖަކާ ރައްޓެހި ވެގެންތަ ތިއުޅެނީ؟” އަހަރެން އަހާލީ ކުއްލިޔަކަށް މުސްތޮ މަތިން ހަނދާން ވުމުންނެވެ. ހަގީގަތުގައި އަހަރެން މުސްތޮ މަތިން ހަނދާންވީ ފަތުހު ﷲ ގެ ކިބައިން ސަލާމަތްވާން ބޭނުންވާތީއެވެ.
“އާނ.. ހުސެން.. ވަރަށް ރަނގަޅު ކުއްޖެއް އެއީ.. މާފުށި ޖަލު ވަޒީފާގަ ހުންނަނީ. އޭނަ އެކަމު އަހަންނަށްވުރެ އުމުރުން ދޮށިވާނެ. ދެއަހަރު ވެއްޖެ ރައްޓެހިވެގެން އުޅޭތާވެސް.” ފާތުން ވަރަށް ތަފްސީލުކޮށް ކިޔައިދިނެވެ.
“އޯހްހހހހ….. އެހެންތަވީ؟… ހަމަ އަހާލީ އިނގޭ.. ބަލާބަލަ ފާތުން.. މަ ހާދަ ބިރެއް ގަނެއޭ. އެދެމީހުން އަދިވެސް އަހަރުމެން ފަހަތުން އެއަންނަނީ.. ތަޅުވާލާނަމޭ ރަނގަޅަށް މިރޭ….. މި ބޭރުމަގު ހުރަސްކޮށް ހިނގާ ޣިޔާސުއްދީން ސްކޫލް ކައިރިން ވަށާލާފަ ދާން. މިރޭ ރަނގަޅަށް ހިނގުއްވާލަންވާނެ.” ހިތްހަމަ ނުޖެހިފައިހުރެ އަހަރެން ބުނީމެވެ.
އަހަރުމެން ހިނގަމުން ދިޔައީމެވެ. އަހަރުމެންނާއެކު ލުކާމެންވެސް ފަހަތުން އައެވެ. އަހަރުމެން އައި މަގުންނެވެ. އެހެނަސް އިތުރު އެއްވެސް އެއްޗެއް ނުބުނެއެވެ. އަހަރެންގެ ގެ އޭރު ހުރީ ވިއްސަކަށް ފޫޓު ކައިރީގައެވެ.
“އަޅެ … އިރާދަކުރެއްވިޔާ މިގަޑީގަ އަހަރުމެން ގެއިން މީހަކު ބޭރަށް ނުނިކުންނާނެ ނަމަ.” އަހަރެންގެ ރޭވުމާ އެއްގޮތަށް ކަންކަން ކުރަން ބޭނުންވާތީ އަހަރެން ބުނެލީމެވެ.
“އާނދޯ… އެކަމު ތިގެއިން މީހަކު ނުކުތިއްޔާ؟” ޖެހިލުންވެފައިހުރެ ފާތުން ބުނެލިއެވެ.
“އާދޭ ވަންނަން… އަހަރެންގެޔާ ޖެހިގެން އެހެރަ ދަނބު ކުލަ ލާފައިހުރި ގެޔަށް އިނގޭ ވަންނަނީ..” ހަދަންވީގޮތް އަހަރެން ކިޔައިދިނީމެވެ.
“އޭރުންނޯ؟؟ އެއީ ކޮންގެއެއް؟ ޝަލީން!… މިހާރު އަހަރެން ބިރުގަނެއްޖެ… އަނެއްކާ އިނގޭ ތަންތަނަށް ވަންނައްޗެ.. ތި ކޮން ގެއެއްތަ؟ އަޅެ އަޅޭ!.. ތީކޮން ގެއެއްހޭ؟” ފާތުން އަހާލީ ހައިރާންވެ ހުރެއެވެ.
ނުނިމެ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
9 Comments!
Comments are closed.







Maasha Allah mi part vx varah varah reethi…
Eii kn ge eii baa??
Haadha curious kohlaafa ey thi nimaaly….
Whn next??
Kury part thah vx varah varah reethi….
Busy kamun comment eii nukohlevuny… sorry ingey comment eii nukurevunyma…..
Next part thankolheii avahah genes dhevi dhaane thr??
Thanks Nawar
Yes… V avahah next part ves up kollaanan in sha allah.
It’s okay Hama time libey fahareigga comment kolliyas..
Shaleen ufaavey vaahaka kiyaalanyaaves
❤️
vrh reethi mi part ves
when next part curiously waiting
keep it up
love yuu
Thanks dear
Next part Hama v avahah up kollaanan in sha Allah.
❤️
You have a rare telent ingey. Keep it up. Ummeedhu kuran mi vaahaka printed fotheh gothuga bookshop thakun liben hunnaane kamah
You go girll.
Thanks Hassan.
Printed fothei dho…
Shaleen adhi nuvisnan printed koh nereykah. Ekam dhen thivee thikamaa visnaalan.
V ufaavejje comment kiyaalafa
mi part ves v reethi masha allah
curiously waiting for next part
keep it up
miykaal and shaleen gulhuvachey
they both are made for each other
Thanks cutie
Next part ah avahah inthizaaru kollaa.
Ava’s vaane up vaan dhen
just read up to this part…. varah reethi 🙂