Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އުފެއްދުންތެރި ލިޔުން

ޝަލީން 20

Shaleen Level 1010 Stories100 Comments100 Login500 Login100 Stories500 Comments
November 20, 2024 4 Mins Read
8 Comments

“މުސްތޯ… ތިކުއްޖަ ދޫކޮށްލާ… ގޮސް ހޯލަށް ވަދޭ…..” ފަހަތުން އައި އައްޔަ ސަރގެ އަޑަށް މުސްތޮއާ އަހަރެން ސިއްސައިން ދިޔައެވެ. ވަގުތުން އަހަރުމެން ހުއްޓުނީމެވެ.

އަޖައިބެކެވެ. މީވެސްވާ ޓީޗަރެއްތާއެވެ. އަހަރެންގެ ބޯކޮޅު ބަލަމުން މިޓީޗަރަކު ހިނގާތީ މިހާރު އަހަރެން މުޅި ސްކޫލުގައި ލަދުގަނެއެވެ. އެހުރީ އޭނަ ވާވަރެވެ. އޭނާގެ ބާރު އަޑަށް އަހަރެންކަހަލަ ހުޅުނބު ފަތެއް ވިއްސައިން ދާން މާގިނައިރެއް ނަގާނެހެއްޔެވެ؟ ގޭގައި އަހަންނަށް ހަމަޖެހި ނުލެވެއެވެ. މަގުމަތި އަހަންނަށް އަމާނެއް ނޫނެވެ. ސްކޫލްތެރެވެސް އަހަންނަށް ރައްކާތެރި ނޫންއިރު، ޕާޓީތައްވެސް ހީވަނީ އަހަރެން ލަދުގަންނަވަން އުޅޭހެންނެވެ. އައިޓަމް ނުފެށި އުޅެނިކޮށް މިވެސް ބޯ ހަލާކެއްފަދަ ޖަރީމާއަކަށް ވެއްޖެއެވެ.

އަހަރެން އެރޭ އެމަހާސިންތާ ނިމެންދެން އިނީމެވެ. ގެއިން އައީ ވަރަށް ވެލައިގެންނެވެ. އެކަމަކު ކަންކަން ދިމާވީ ގޮތުން އަހަރެންގެ މުޅި މޫނު ހުރީ ކުނިވެފައެވެ. ރީތި ހެދުމެއް ލެވިފައި ހުއްޓަސް އަހަރެންގެ މޫނުމަތިން އެއާއި އެއްވަރަށް އުފާވެރިކަމެއް ނުފެނެއެވެ. މަހާސިންތާ ނިންމާލުމަށްފަހު އަހަރެން ހިނގައިގަތީ ގެޔާ ދިމާލަށެވެ. އޭރު އެންމެ ތުނިކޮށް ނޫނަސް ތެމިލާވަރަށް ކެރީގެ އަސަރު ފޯރަމުން ދިޔައެވެ. އަހަރެންގެ ފަހަތުން ލަސް ފިޔަވަޅުތަކެއްގައި މުސްތޮ ހިނގަމުން އައެވެ.

“ޝަލީން! މުސްތޮ ކުރިން ދުވަހުވެސް ވާހަކައެއް ބުނަން އުޅުނީމެއްނު؟ އޭތް! ވަރަށް ވިއްސާރަ އެއްނު. ކަނި ޖަހަނީ… ހިނގާ މިހިރަތާ ހިޔަލުގަ މަޑުކޮށްލަން.” މުސްތޮ އަހަންނަށް ގޮވާލަމުން ބުނެލިއެވެ. އެޔާއެކު އަހަރެން މުސްތޮއާއެކު އެދިމާލުން ހިޔާވެވެން ހުރިދިމާލުގައި މަޑުކޮށްލީމެވެ.

“މުސްތޮ ބުނީ… ކިހިނެއްތަ މިވާހަކަ ބުނާނީވެސް… މުސްތޮ މިވާހަކަ ބުނިއްޔާ މާގިނަ މީހުން ކައިރި މިހެން ނުކިޔައްޗެ. މިބުނީ ކްލާސް ކުދިން.” މުސްތޮ ބުނެލީ އޭނާ ދައްކާ ވާހަކައަކުން މުޅި ސްކޫލަށް ބޭޒާރުވާން ބޭނުން ނުވާތީއެވެ.

“ހެހެ… އަހަރެންގެ ކްލާސް ކުދިން؟… އެތާ އެބަތިބިތަ އަހަރެން ވާހަކަދައްކާ ބައެއް؟ ނޫނީ ހިތްހަމަ ޖެހިގެން އަހަންނާ ވާހަކަދައްކާ ބައެއް؟. އަހަރެން ނޫޅެން ކޮންމެހެން. ބުނެބަލަ… ކިހިނެއްވީ؟” އަހަރެން ބުނެލީމެވެ.

“ޕްރޮމިސްތަ؟ ނުބުނާނަން؟” ޓަޗެއް ޖަހަން އަތް ދިއްކޮށްލަމުން މުސްތޮ ބުނެލިއެވެ.

“އޯކޭ. އަޅެ ނުބުނާނަމޭ.” އަހަރެން އެއްބަސް ވެލަމުން ބުނީމެވެ.

“ޝަލީން! ތި ކްލާހުގަ، ޝަލީން ކުރިމަތީ އެއިންނަ ފާތުން.. އޭނަ މުސްތޮއަށް ސެޓް ކޮށްދީބަލަ. ވާނެތަ؟” މުސްތޮ ބުނެލީ ވަރަށް ލަދުން ހުރެއެވެ.

“އަހުމަދިއްޔާ ފާތުން؟” އަހަރެން ދެބުމަ ހިއްލާލަމުން ޔަގީން ކޮށްލަން ބުނެލީމެވެ.

“ހޫމް… ވަރަށް ދޮން ދޮންކޮށް އިނދޭނު. ވަރަށް ދިގުކޮށް. އޭނަ މިބުނީ” ފާތުންގެ ސިފަތައް އަހަންނަށް ބަޔާންކޮށްދެމުން މުސްތޮ ބުނެލިއެވެ.

“ހެހެ… ތިވަރުކަމެއް… އެކަމު ބުނަންތަ؟ އަހަންނަށް ހަމައެކަނި ތިހެން އަހާލެވިދާނެ. ގަބޫލު ނުވިއްޔާ، އިތުރަށް އޭނައަށް ފޯސްކުރާކަށް އަހަރެން ބޭނުމެއްނޫން.” އަހަރެން ބުނެލީ އަހަރެން ބޭނުންވާ ގޮތެވެ.

“ކީއްވެ؟ ވަރަށް ކިޔައިގެން ވިޔަސް މިކަން ކޮށްދީބަލަ އަޅެ ޕްލީސް” އަނެއްކާވެސް މުސްތޮ ބުނެލިއެވެ.

“އިނގޭތަ؟ އެއްވެސް މީހެއްގެ ލޯބި އެއީ ގަދަކަމުން ހޯދޭނެ އެއްޗެއް ނޫން… ބައެއްފަހަރަށް ޖެހިދާނެ ލޯތްބެއް ހާސިލްކުރަންނޭ ހިތާ އަހަރުތަކެއްވެސް ކެތްކޮށްލަން. ދެން އަނެއްބައިފަހަރު ވަރަށް އަވަހަށްވެސް ތިކަން ވެދާނެ. އެކަމު، މުސްތޮ އޭނައަށް ލައިކްވިޔަސް، އޭނަ މުސްތޮއާ ލައިކް ނުވަންޏާ ކިހިނެއް ތިކަން ކުރިޔަށް ދާނީ؟ އެއީ މިބުނާ ވާހަކަ… ދެން ކޮންމެސް ވަރަކަށް ޓްރައި ކޮށްލެވިދާނެ. އެކަމު އަހަރެންމީ މީހުންނަށް އާދޭސްކޮށްގެން ކަންކަން ކުރަން އާދަވެފަހުރި މީހެއް ނޫން. އެހެންވެ އަހަންނަށް ތިކަން ވަރަށް އުނދަގޫވާނެ..” އަހަރެން ބޮޑު ފިލާވަޅެއް ނަގައިދިނީމެވެ.

“އޯކޭ އޯކޭ… ޝަލީންއަށް ހަމައެކަނި ކުޑަކުޑަ ޓްރައީއެއް ދެވިދާނެއްނު. އެވަރުން ގައިމުވެސް ޖަވާބެއް ހޯދޭނެތާ… މުސްތޮ ބޭނުންވާނީ ޔެސް އޯރ ނޯ… އެވަރުން އޯކޭ… އޭރުން ޝަލީންގެ ޖޮބް ނިމުނީ.” އަތްގޮއްޓަށް ޖަމާކޮށްލި ވާރޭ ކަނީގެ ފެންފޮދެއް އަހަރެންގެ އަތްތިލައަށް ދިއްކޮށްލަމުން މުސްތޮބުނެލިއެވެ.

” ހޫމް… ދެން ބަލާނަން. އެކަމަކު އަހަންނަށް ވަގުތު ބޭނުންވާނެ. މިބުނީ ދެން މިރޭ ތިކަންތި ހަވާލުކުރީނު. އެހެންވީމަ މުސްތޮ އަހަންނަށް އުނދަގޫ ނުކޮށް ދީ ވީކްއެއްވަރު.” މުސްތޮ ދިއްކޮށްލި ފެންފޮދު އަހަރެންގެ އަތަށް އަޅަމުން ދަނިކޮށް އަހަރެން ބުނެލީމެވެ.

“ވާހަކައެއް އަހާލަންތަ؟ ޝަލީންގެ ބިޓެއް ނެތްތަ؟ ނެތޭ ބުނެފިއްޔާ މުސްތޮ ގަބޫލެއް ނުކުރާނަން. މުސްތޮއަށް ހީވޭ ހުންނާނެހެން.” މުސްތޮ ދެލޯހަނި ކޮށްލަމުން ހިނިއައިސްފާހުރެ އަހާލިއެވެ.

“ތި ކީއްކުރަން މުސްތޮ ބަލާ އެއްޗެއްތަ؟” އަހަރެން ބުނެލީމެވެ.

“އެހޭނެ ދޯ؟ ޝަލީން ކިތަންމެ ނުބުނެ އުޅުނަސް، އައްޔަ ސަރއަކާ ހެދިވެސް ޝަލީން ބޯ ގޮވާނެ… އެހެންވެ މިއަހަނީ… ބިޓެއް އެބަހުރިތަ؟” އަނެއްކާވެސް މުސްތޮ އެހިއެވެ.

“ހެހެ… މަށަށް އުނދަގޫވޭ ކިތަންމެހާވެސް… އެކަމު ބިޓުންގެ ވާހަކަ ދެން މިގަޑިއަކު ނޫންދޯ؟ ކިރިޔާ ގެއަށް ދެވޭވަރަށް ވާރޭ ތުނިކޮށްލީނު. މިހާރު ދެން މިދަނީ. ނޫނީ ވާރޭ ބޯކޮށްލިއްޔާ އަނެއްކާ ލަނޑެއް ލިބިދާނެ.” އަހަރެން ބުނެލީމެވެ.

“އޯކޭ… ވަރަށް ލަސްވެއްޖެ. އެކަމު ގެއަށް ދަނީ ޝަލީން އެކަނިތަ؟” އަނެއްކާވެސް މުސްތޮ އަހާލިއެވެ.

“ތޭންކްސް ފޯރ ކެއަރިނގް… އެކަނި ދާނީ. އަހަރެން ބިރެއް ނުގަނޭ.” އެހެން ބުނަމުން އަހަރެން ހިނގައިގަތީމެވެ.

ގެއަށްގޮސް ވައިންއިރު މަރިއްތަ ފޯނު ބޭއްވިއެވެ. އޭރު ގަޑިން 11 ޖަހަނީއެވެ. ވެފައިވާ ވަރުބަލިކަމުގެ އިތުރަށް ހިސާބަކަށް ތެމިފައިވާ ހެދުން ކޮންމެސް ވަރަކަށް ހިކެންދެން އަހަރެން މަޑުކޮށްލީމެވެ. މަރިއްތައާވެސް ދާދި ގާތުގައެވެ.

“ޝަލީންގެ ރައްޓެހި ވިސާމާ އެގުޅީ..” މަރިއްތަ ބުނެލިއެވެ.

“މިހާ ލަސްވީމަ؟ ކީއްކުރަން؟” އަހަރެން ކުއްލިޔަކަށް ވަރަށް ހާސްވެފައި އިނދެ ސުވާލުކޮށްލީމެވެ. އަހަރެން ހާސްވީ މީކާލްގެ ވާހަކައެއް ވިސާމާ ދެއްކި ކަމަށް ހީކޮށެވެ.

“ޝަލީން ހާދަ ހާސްވީ…؟ ހާސްވާވަރު ކަމެއް ނުވޭ… އޭނަ ބުނީ މާދަން މިގެއަށް އަޔަސް އެންމެ ރަނގަޅުހޯ؟” މަރިއްތަ ހިތްހަމަ ޖެހޭގޮތް ދައްކަމުން ބުނެލިއެވެ.

“އަނ… އާނ… މިހާލަހުން ވިސާމާ ގުޅީމަ އަސްލު ހާސްވީ؟ ނަސީބެއްނު… މާދަމާ ނެތް ސްކޫލެއްވެސް.” އަހަރެން ބުނެލީމެވެ.

“ކީއްވެ ސްކޫލްނެތީ؟” މަރިއްތަ އަހާލިއެވެ.

“އެއީ ދެން މިރޭ ވަރަށް ލަހުން އިވެންޓް ނިމުނީމަ.. މަރިއްތާ ކޮބާ މިހާރު އެއްކަލަ ޒާހިރު؟…. ނާދޭތަ؟” އަހަރެން އަހާލީ މިހާރަކަށް އައިސް ޒާހިރުގެ ހަބަރެއް ނުވާތީއެވެ.

“އޭނަ ވަރަށް ފަހުން ކޮންމެސް މިތާކައިރި ރަށަކަށް ދާ ވާހަކަބުނި. ދިޔައީ ކަންނޭނގެ.” ވަރަށް ހަމަޖެހިލަމުން މަރިއްތަ ބުނެލިއެވެ.

“މިދަނީ ދެން ނިދަން. މާދަން ތިބުނީ ވިސާމާވެސް އާދެއޭ.” އަހަރެން އެހެން ބުނަމުން ގޮނޑިން ތެދުވީމެވެ.

“ޝަލީން… މާދަން މަރިއްތަ މިއުޅެނީ ވިލިނގިއްޔަށް ދާން ޔާނީ ގޮވައިން… ވަރަށް ފަތިހު ދާނީ… އާދެވޭނީ ވެސް އިޝާ ފަހުން ކަންނޭނގެ. ދެން އިޝާނީ ހުންނާނެ ޝަލީންއާ އެކީ.” މަރިއްތަގެ ދުވަސް ރޭވިފައި ވާގޮތް ކިޔާލިއެވެ.

“ހޫމް… ދެން ގޭގަ ތިބޭނަން. ވިސާމާ އަޔަސް ގޭގަ ތިބޭނީ.” އެހެން ބުނަމުން އަހަރެން ހިނގައިގަތީމެވެ.

ކޮޓަރިއަށްވަދެ ހަމަޖެހިލުމުގެ ނޭވާއެއްލަމުން އަހަރެން އެއްޗިހި ބަދަލުކޮށްލައިން ނިދަން އޮށޯތީމެވެ.

އާދުވަހެއްގެ ފިނި ފަތިހެކެވެ. އަހަންނަށް ހޭލެވުނީ މަރިއްތަ ޔާނީއަށް ގޮވާއަޑަށެވެ. އަނެއްކާވެސް އަހަރެން ބެލީ ރަޖާ އަޅާލައިން ގަދަ ނިދީގައި ނިދާލެވޭތޯއެވެ. މަރިއްތަމެން ވިލިގިއްޔަށް ދިއުމުން ކޮންމެސް ވަރަކަށް އަހަންނަށް ލުއިވާނެއެވެ. ކެއްކުމުގެ ގޮތުންނާއި އީނާޝް ބެލުމުގެ ޒިންމާ މިއަދު އަހަންނަށް ނީންނާނެތީއެވެ.

“ޝަލީން! ޝަލީން! ދެން ތެދުވެބަލަ.. މަރިއްތަމެން ގޮސްފި ވިލިނގިއްޔަށް. އަހަރެން ކުއްލިޔަކަށް އެޔާރޕޯޓްއަށް ދާންވެއްޖެ. ޑިއުޓީއަށް ނުކުންނަން އެގުޅީ.” އިޝާނީ އަހަންނަށް ގޮވާފައި އެހެން ބުނުމުން އަހަރެން ވަރަށް ހާސްވިއެވެ.

“ދެން އަޅެ… އޭރުން އަހަރެން އެކަނި ވާނީނު؟ އަހަންނަކަށް ނުކެރޭނެ. އެހެންނޫނަސް ވިސާމާވެސް ނޭނގެ އަންނާނެ އިރެއްވެސް.” އަހަރެން ޝަކުވާ ކުރަމުން ދިޔައީ ގޭތެރޭގައި އެކަނިވާން ބޭނުން ނުވާތީއެވެ.

“ޝަލީން…. ދެން އެހެންވީމަ ކިހިނެއް ހަދާނީ؟ ޝަލީންގެ ބޮޑުދައިތަ ގެއަށް ދާންވީނު؟ ނޫނީ ހިނގާ ވިސާމާ ކައިރި ބުނަން އަވަސްކޮށްލާފަ އަންނާށޭ.” އިޝާނީ އަހަންނަށް ދިނީ ހިޔާލެކެވެ.

“ނުދާނަން އެގެއަށް. އަނެއްކާ ހާދަދުރޭ. އަހަރެން އެގޭގަވެސް އޭރުން ފޫހިވާނީ… ވިސާމާ އަށް ގުޅާބާ. އަހަންނަށް އިނގޭ ނަމްބަރު.” އަހަރެން އިޝާނީ ކައިރި ބުނެލީމެވެ.

“އަން… މިއޮތީ ވާހަކަ ދައްކަބަލަ.” އަހަރެން ނަމްބަރު ކިޔުމުން އިޝާނީގެ ފޯނުން ޑައިލް ކޮށްލުމަށްފަހު އަހަރެންގެ އަތަށް ފޯނު ދިނެވެ.

“ހެލޯ.. ވިސާ… އާދެވިދާނެތަ މިގެއަށް ވަން އަވާރ ތެރޭ.. އިޝާނީ ކުއްލިޔަކަށް ޑިއުޓީއަށް ދާންޖެހިގެން. ދެން މިގޭގަވެސް އަހަރެން އެކަނި މިހާރު.” އަހަރެން ވީގޮތް ކިޔައިދިނީމެވެ.

“ހޫމް… ނުވާނެ މާގިނައިރެއް.. އަހަރެން ހަމަ މިނުކުތީ ފާހާނައިން. ދެން ރެޑީވެލައިން މިދަނީ.. މަންމަ އެބަހުރި ތިގެއަށް ދާއިރު ގެންދާށޯ ކިޔާފަ ސޭންޑްވިޗްވެސް ދީފަ.. އަހަރެންވެސް އަދި ސައި ނުބޮން. މިދަނީ އިރުކޮޅަކުން.” ވިސާމާ އެހެން ބުނަމުން ފޯނު ބޭއްވިއެވެ.

އިޝާނީ ގެއިން ދިޔައިރުވެސް ވިސާމާއަކަށް ނާދެވުނެވެ. އަހަރެން ވަރަށް ހާސްވިއެވެ. އެކަނި ގޭގައި ހުންނަން ކަންބޮޑުވިއެވެ. އެހެނަސް އަހަރެން ގްރައުންޑް ފްލޯރ ސޯފާގައި ޓީވީ ހުޅުވާލައިގެން އިނީ ވިސާމާގެ އިންތިޒާރުގައެވެ. ޓީވީ ހުޅުވާލުމުން އަހަރެންގެ އެކަނިވެރިކަން ފިލާނެތީ އަހަރެން ކޮންމެސް ވަރަކަށް ހިތްހަމަޖެހުމެވެ.

ކުއްލިޔަކަށް އަހަރެން ސިއްސައިން ދިޔައީ ފާރުގައި އިން ފޯނު ރިންގވާން ފެށުމުންނެވެ. ބިރުން އިން ވަރުން އަހަރެންނަށް ފުރަތަމަވެސް ފޯނު ރިންގވި އަޑަށް އަތްއަޅާލެވުނީ މޭގައެވެ.

“ހެލޯ..” ހާސްވެފައި ހުރެ އަހަރެން އަހާލީމެވެ.

“ޝަލީން. އެކަނި ހުރީމަ ހާސްވެފަދޯ… ކޮބާ ވިސާމާ އައިސްފިތަ؟” އެކޮޅުން ވާހަކަދެއްކީ މަރިއްތައެވެ.

“އިޝާނީ ބުނި ގުޅާލާށޭ. މިވަގުތު ގޭގަ ޝަލީން އެކަންޏޭ. ރަނގަޅަށް ތަޅުލައިން އިނދޭ. ވިސާމާއޭ ބުނިއްޔާ ދޮރު ހުޅުވާނީ އިނގޭ.” އަހަރެން ކަންތައް ކުރަންވީގޮތް މަރިއްތަ ކިޔައިދިނެވެ.

މިނެޓެއްހާއިރު ފަހެވެ. އަހަންނަށް އިވުނީ ކުއްލިޔަކަށް ދޮރުގައި ޓަކިޖަހަމުން ވިސާމާ ގޮވާލިއަޑެވެ..

“ޝަލީން!! ޝަލީން!. ހުޅުވަބާ… ވިސާއޭ.” ވިސާމާގެ އަޑުން އޭނާ އަހަންނަށް ގޮވާލިއެވެ.

“މަޑެއް… މިއަންނަނީ..” އެހެން ބުނަމުން އަހަރެން ވަނީ މަރިއްތަ ކޮޓަރިން ކަފަބޫރެއް ނަގާށެވެ.

އަތުގެ މުށުތެރެއަށް ލައިން ނުކުތް ކަފަބޫރުތަކުން ދެތިން ކަފަބޫރު ވެއްޓުނެވެ.

{ޓޮއް ޓޮއް } އަނެއްކާވެސް ޓަކިޖަހާލި އަޑަށް އަހަރެން ދިޔައީ ސިއްސައިންނެވެ.

“މިހުޅުވުނީ… މިދަނީ މިދަނީ…” ކަފަބޫރުތައް ނަގަމުން އަހަރެން ދޮރާ ދިމާލަށް ދުއްވައިގަތީމެވެ.

ދޮރު ހުޅުވާލުމާއެކު އަހަރެން ހައިރާންވިއެވެ. ވިސާމާގެ އަޑުން ގޮވުމުން އަހަރެން ދޮރު ހުޅުވީ ވިސާމާއަށްޓަކައެވެ. އެހެނަސް ކުރިމަތީގައި ހުރީ ޒާހިރެވެ. އަހަރެންގެ ފައިން ހީވީ ވާގި ދޫވިހެންނެވެ. ހަގީގަތުގައިވެސް އަހަރެން ހުރީ ވަރަށް ބިރުންނެވެ. ހަމަ އެވަގު އަހަރެންގެ ދެލޮލުގެ ކަޅި ދައުރުކުރީ ކާރޫބާރު ބޮޑު މަގުމަތިން ވިސާމާ ފެނޭތޯއެވެ. ވިސާމާގެ އަޑު އަހަންނަކަށް ނޯޅޭނެއެވެ. އޭރު އިވުނީ ވިސާމާގެ އަޑެވެ. އަހަންނަށް އެކަން ޔަގީނެވެ. އެހެންވިއްޔާ ވިސާމާ ކޮބާހެއްޔެވެ؟

ނުނިމެ.

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Shaleen

Level 1010 Stories100 Comments100 Login500 Login100 Stories500 Comments

Other Articles

Previous

ބްލަޑް 2 (17)

Next

ތިނެސްކަން ލޯބި (13)

Next
November 20, 2024

ތިނެސްކަން ލޯބި (13)

Previews
November 19, 2024

ބްލަޑް 2 (17)

8 Comments!

  1. cutie girl says:
    November 20, 2024 at 9:40 am

    mi part ves v reethi masha allah
    curiously waiting for next part
    keep it up
    shaleen and miykaal gulhuvachey
    they both are made for each other
    visaa a gotheh nuhadachey
    love you

    1. Shaleen says:
      November 20, 2024 at 1:57 pm

      Thanks ingey v bodah.
      Dhen balamaa hingaabala dho
      Anekkaaves v avahah next part up kollaanan in sha allah

  2. Aminath Shaleen says:
    November 20, 2024 at 10:59 am

    Kobaa hama Ayya sir eh nun e ayeee… Mi Shaleen ge guess hama rangalhu dho… btw, Visama e geah annaanamey buneema anehkkaa Marihtha men plan eh hedhykee noon baa… Character Shaleen e geyga ekani kohlaafa Visama e geah ais govi adah Zahir ehuree faara laigen… Zahir Visama ah gotheh hadhaifiyyaa huri thaakun nere kulhi
    dhahkaalaanan e Zahir ah. Haadha foohsseh vey e Zahir aa Shaaneez adhi Fathuhulla ge group dheke.

    1. Shaleen says:
      November 20, 2024 at 1:59 pm

      Hehe majaa comment eh ingey thiyakollee…
      Zaahiru dheke varah rulhi aadhevey dho ulhey gothun…
      Dhen hingaabala mi veegothei balamaa
      Next part v avahah up kollaanan in sha allah

  3. gurrrrl says:
    November 20, 2024 at 12:07 pm

    btw mi part ves vrh reethi
    againnn zahirr mifaharu keehkuran baa haadha foohseh veyey eyna dheke
    anyways when next part cant wait for next keep it up

    1. Shaleen says:
      November 20, 2024 at 2:01 pm

      Thanks for the comment
      Alheyy dho… Anekkaa zaahiru. Kyhtha kuraanee foohi firihenei dho?
      Next part kiyaalamaa
      In sha Allah v avahah up kollaanan e part

  4. Hassan says:
    November 21, 2024 at 7:14 pm

    Oh No!

    1. Shaleen says:
      November 21, 2024 at 9:04 pm

      Hassan…
      A big OH NO! dho??
      Next part kiyaalamaa bahee

Comments are closed.

Next Episodeޝަލީން 21←


All Right Reserved!