Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އުފެއްދުންތެރި ލިޔުން

ޝަލީން 23

Shaleen Level 1010 Stories100 Comments100 Login500 Login100 Stories500 Comments
November 25, 2024 4 Mins Read
14 Comments

ވަގުތުން އަހަންނަށް ބަލައިލެވުނީ އަތުގައިވާ އިނާމަށެވެ. އަހަރެންގެ އުޖާލާ މޫނުމަތި ކުއްލިޔަކަށް ބަދަލުވެގެން ދިޔައީ ފެންބޯ ވިލާގަނޑެއްހާ ފުސްކޮށެވެ. ހަދަންވީ ގޮތްވެސް އަހަންނަށް އޮޅިއްޖެއެވެ. އެކުދިން އެބުނީ ތެދެއް ހެން އަހަންނަށް ހީވާން ފެށީވެސް އެކަހަލަ ވިސްނުންތަކުން އަހަރެން ވަށާލުމުންނެވެ.

އެކުދިންނަށް އެވެސް ރައްދެއް ނުދީ އަހަރެން ނުކުމެގެން ދިޔައީ ވަރަށް ދެރަވެފައި ހުރެއެވެ. ތެދެކެވެ. އަހަންނަށް ވުރެ އަޑާއި ރާގު ރީތި ކުދިން އެމުބާރާތުގައި ބައިވެރިވިއެވެ. އަހަންނަށް ވުރެ ފަރިތަކޮށް މަދަހަކީ ކުދިންވެސް އަހަންނަށް ފާހަގަވިއެވެ. މުބާރާތަށް ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ އެތައް ކުދިންނެއް ތިއްބާ ހަމަ ދެވަނަ އަހަންނަށް ދިނުމުގައި އައްޔަސަރ އަށް އޮތީ ކޮން ހައްގެއް ހެއްޔެވެ؟ އަހަރެންގެ ވާހަކަ މުޅި ސްކޫލަށް ފެތުރީ އައްޔަސަރ އެވެ. އަހަރެންގެ ފޮޓޯ ނޫން ފޮޓޯއެއް ނުނަގާން ކެމެރާ ހިފައިން އަހަރެން ގޮވައިން ފޮޓޯ ނަގަން ކިތައް ތަނަށް ދުވުނުކަން ހަމަ އެކުދިންނަށް އެނގޭނެއެވެ. ވީއިރު މިފަދަ ބޮޑު މުބާރާތަކުން ވިޔަސް، އަހަންނަށް ހައްގު ނޫން އެއްޗެއް ދިނުމުގައި އައްޔަސަރއަށް ލިބިފައިވާ ބާރަކުން އެހެން ކުދިން އަޖައިބު ނުވާނެހެއްޔެވެ؟

ޖެހިގެން އައި ދުވަހު އަހަރެން ސްކޫލަށް ދިޔައީ އަހަންނަށް ލިބުނު އިނާމުތައް ހިފައިންނެވެ. ކްލާހަށް ވަނުމުގެ ކުރިން އަހަރެން ދިޔައީ ސްޓާފް ރޫމަށެވެ. އަހަރެންގެ ބައެއް ރައްޓެހިންނާއި އެހެން ކްލާސްތަކުގެ ބައެއް ކުދިންނަށް އަހަރެންގެ އެހަރަކާތް ފެންނާނެއެވެ.

ޖެހިލުން ކުޑަ ކަމާއިއެކު އަަހަރެން ގޮސް ސްޓާފް ރޫމް ތެރެއަށް ވަނުމަށްފަހު އައްޔަ ސަރ އިން މޭޒު ކައިރިޔަށް ޖެހިލީމެވެ. އޭރު ސްޓާފް ރޫމްގައި ތިބީ ޓީޗަރުންގެ ތެރެއިން މަދު ބައެކެވެ. އެހެންވެ އެކަން އަހަންނަށްވީ ބާރަކަށެވެ. ފަސޭހަ ކަމަކަށެވެ.

“ސަރ!…. ވަރަށް ބޮޑަށް ޝުކުރިއްޔާ.. އަޅުގަނޑު މިއިނާމު ބޭނުމެއް ނޫން.” ސަރގެ މޭޒުމަތީ އިނާމުތައް ބަހައްޓަމުން އަހަރެން ހިނގައިގަތީމެވެ.

“ޝަލީން! ކިހިނެއްވީ؟ ކީއްވެ ތިހަވާލު ކުރީ؟” އައްޔަސަރ ހާސްވެފައި ހުރެ ސުވާލު ކޮށްލިއެވެ.

“މާފް ކުރައްވާ!… އިނާމު ލިބުނު މަގްސަދު އޮޅުން އަރާތީވެ.” އައްޔަސަރއަށް ކުރިމަތިލައިން ހުރެ އަހަރެން ބުނެލީމެވެ.

“ތިކިޔާ އެއްޗެއް ނޭނގުނު… މީ މަދަހަ ކީމަ ލިބުނު އެއްޗެއް. ދެން ކޮން އިތުރު މަގްސަދެއް؟” އައްޔަސަރ އޭނާ އިން ގޮނޑިން ތެދުވަމުން ބުނެލިއެވެ.

“އަޅުގަނޑުގެ ނަން މުޅި މިސްކޫލްގަ…. އެކަމާހެދި އަޅުގަނޑު މުޅިން ބަދުނާމު ވެއްޖެ.. މިތާ އުޅޭ ކުދިންވެސް އަޅުގަނޑާ އައްޔަސަރ އޭ ކިޔައިގެން ދިމާކުރޭ… އަޅުގަނޑު މަދަހަ ކިޔަން އެރީ ކުއްޖަކު ބަލިވީމަ އެދުވަހު އޭނަގެ ބަދަލުގަ. އެހެން ނޫންނަމަ ނާރާނަން. ސަރގެ ސަބަބުން އަޅުގަނޑަށް ކްލާހުގަ ކީއްކުރަން، މުޅި މިސްކޫލްގަވެސް އުޅެން އުނދަގޫ ވެއްޖެ.” އަހަރެން ވާހަކަ ދެއްކީ ފެންކަޅިވެފައި ހުރެއެވެ. އަހަރެންގެ ޖަޒުބާތުތައް ކޮންޓްރޯލް ކުރަން  އަހަންނަށް އެވަގުތު ވަރަށް އުނދަގޫ ވިއެވެ.

“ތެދެއް އަލީ ރަޝީދު.. އަޅުގަނޑުމެން އެވާހަކަ އަޑު އަހައިފިން… އެކަމު މިހާތަނަށް އައި އިރުވެސް، އަޅުގަނޑުމެންނަށް ނޭނގެނީ ޝަލީން އަކީ ކޮން ކުއްޖެއްކަން ވަކިކުރަން. ދަރިވަރުންގެ މެދުގަ ތިމައްސަލަ އޮތީ ވަރަށް ހޫނުވެފަ..” އެތަނުން ކޮންމެސް އެއް ޓީޗަރަކު ބުނެލިއެވެ.

“އައްޔަސަރ! މީގެ ކުރިންވެސް މިސްކޫލުގަ އައްޔަސަރގެ ތިޒާތުގެ މައްސަލައެއް ފެންމަތި ވިއެއް ނޫންތޯ؟ ސަރ ތިޔަ ހުންނަވަނީ އެންމެ ފަހު ފުރުސަތުގެ ދަށުން ބަހައްޓާފަ ދެއްތޯ؟ މިފަހަރުވެސް ސަރގެ ފުށުން ދަރިވަރަކަށް ވަރަށް އުނދަގޫ ވަނީނޫންތޯ؟ އެހެންވީމަ އަމިއްލަފުޅަށް މިސްކޫލުން ވަކިވާން އަޅުގަނޑަށް ފެންނަނީ…” އެހެން ޓީޗަރަކު ވަރަށް އަދަބުވެރި ކަމާއެކު ބުނެލިއެވެ.

“ޝަލީން!.. އަވަހަށް ކްލާހަށް ގޮސްލާ..” އަނެއްކާވެސް އެތަނުން ޓީޗަރަކު ބުނެލިއެވެ. އެވަގުތު ޖައްވާއި ފަޒާގެ ތެރެއަށް އަހަންނަށް ދޫކޮށްލެވުނީ އަރާމު ނޭވާއެކެވެ.

އެތައް ގޮތަކަށް ކަންކަން ހިނގަމުން ގޮސް ދުވަސްތައް މާޒީއާއި އެކުވެގެން ދާންފެށިއެވެ. ބައެއް ކަންކަން ވަޅު ޖެހެމުންނެވެ. އަނެއްބައި ކަންކަން ފާޅުވަމުންނެވެ. އަހަރެން އެންމެ ބޮޑަށް އުފާވީ ދުވަސްކޮޅަކަށް ނަމަވެސް ޒާހިރު އޭނާގެ ރަށަށް ފުރުމުންނެވެ. އަހަންނަށް ގޭތެރެއިން ލިބުނު ހިތްހަމަ ޖެހުން އެހެން މީހުންގެ ލޯތަކުން ބަލަމުން ދިޔައެވެ. އަހަރެންގެ އުފާވެރި ހިނިތުން ވުމާއި، މޫނުމަތީގެ އުޖާލާކަން އެމީހުންގެ ލޯތައް ބަލައިގަތެވެ. އެފަދަ ދުވަސްތަކެއް އަހަންނާ ބައްދަލުކުރީ އެތައް ދުވަހަކަށް ފަހުންނެވެ.

ޝާނިޒް މުޅިންހެން އަހަރެން މަތިން ފޫހި ވެއްޖެއެވެ. އޭނާ އާއި އޭނާގެ ހަޔާތުގެ ބައިވެރިޔާ އުފަލުގައި އުޅެމުންދިޔަ ވަރަކަށް އަހަންނަކީ ނެތްމީހެއް ފަދައެވެ. އެކަމާ އަހަރެން އުފާ ކުރަމެވެ. އެކަމުން އަހަރެންގެ  ހިތަށް ހަމަޖެހުން ލިބުނީތީއެވެ.

ދުވަސްތައް މާޒީގެ ތެރެއަށް ގެއްލެމުން ދާން ފަށައިފިއެވެ. އަހަރެންގެ ބަލި ހާލަތު ހުރިގޮތުން ސްކޫލަށް ނުދެވި ދެހަފްތާ ވެއްޖެއެވެ. އެދުވަސްތަކުގެ ގިނަ ފިލާވަޅުތައް އަހަންނަށް ނުލިބި ހުންނާތީ ދެރަވެއެވެ. ޖީސީއީ ފެށެން ހާފްތާއަކަށް ވެފައި ވާތީއެވެ. އެހެނަސް، އެފިލާވަޅުތައް އަހަންނަށް ހޯދައި ދިނުމަށް ދުވަހުން ދުވަހަށް މަސައްކަތް ކުރަމުން އައީ ފާތުންނާއި ޝާނީއެވެ. އެމީހުންގެ ފޮތްތައް އަހަންނަށް ގެޔަށް ގެނެސް ދިނުމުގައި އެހީވަނީ މުސްތޮގެ ގްރޫޕެވެ.
ބައެއް ފަހަރު މުސްތޮއެވެ… ބައެއްފަހަރު ފަރުހާން ނޫނީ ޗާލްސްއެވެ.

އެފަދައިން ދުވަހެކެވެ. އަހަރެން ސިޓިންގް ރޫމުގައި އިނީމެވެ. ޓީވީ ހުޅުވާލައިގެން އިނަސް އަހަރެން އިނީ މުޅިން އެހެން ކަމެއްގައެވެ. ފާޑު ފާޑުގެ މެގަޒިން ތަކާއި ނޫސް ކަރުދާސް ތަކުގައިވާ ލޯބި މަންޒަރުތައް ކަފާ ނެގުމުގައެވެ. ފިނިފެން މަލުގެ ބައެއް މަންޒަރުތަކުގެ އިތުރުން ހިތުގެ ގުޅުންތައް ހާމަވާ އެކި ކަހަލަ މެސެޖް ތައްވެސް ކަފަކަފާފައި އަހަރެން ނެގީމެވެ. އެއީ މީކާލްއާ އަހަރެންގެ ޑައިރީގައި ތަތްކޮށްލުމުގެ ބޭނުމުގައެވެ. އަހަރެންގެ މަސައްކަތަކީ އެއްވެސް މީހަކަށް ނުފެންނާނޭހެން ސިއްރުން ކޮށްއުޅޭ ކަމެކެވެ. ގިނަފަހަރަށް އަހަރެން އެކަހަލަ މަސައްކަތް ކުރަނީ ގިނަމީހުން ގޭތެރޭގައި ނޫޅޭ ވަގުތު ތަކުގައެވެ.

“ސަލާމް!!! ޝަލީން… ހެއި.. ކޮބާ ކިހިނެއްތަ މިހާރު.؟ އަދިވެސް ނޫޅެންތަ ސްކޫލަށް ދާކަށް؟”އަނގަ ގަދަ މިތުރެއްފަދަ މުސްތޮ އަހަންނަށް ގޮވާލުމާއެކު އަހަރެން ސިއްސައިން ގޮސް ބަލައިލިީމެވެ.

“އޯތް… މިއަދުވެސް މިމީހުންތަ؟ ސިއްސައިންނޭ ދިޔައީ…. އަހަރެން މާދަމާ ނޫނީ އަނެއް ދުވަހުން ދާނަން.” އަހަރެން ބުނެލީމެވެ.

“ޝަލީންއަށް ފާތުން ދިން އިންގްލިޝް ފޮތް ހިފައިން މިއައީ.. މިއޮތީ ޗާލްސްއަށް ޝަލީން ދިން ފޮތްވެސް. މިފޮތުގެ އެތެރެ ބަލާލައްޗެ.” ޗާލްސް އަހަންނަށް ފޮތްތައް ދިއްކުރަމުން ބުނެލިއެވެ.

“އޯކޭ.. ދެން ދަނީ… އޭތް ސޮރީ… މިއޮތީ އަދި ޝާނީމެން ދިން ކާރޑެއް…” މުސްތޮ ގެންގުޅުނު ފޮތެއްގެ ތެރެއިން ނަގަމުން އަހަރެން އަތަށް ކާރޑް ދިނެވެ.

“ތޭންކްސް… ހުރިހާ ކުދިންނަށް ސަލާމް ބުނެލަދެއްޗެ.” ފޮތްތަކާއި ކާރޑްތައް ހިފައިން އަހަރެން ވަނީ އެތެރެއަށެވެ.

މޭޒުކައިރީގައި އިށީންނަމުން އަހަރެން ހުޅުވާލީ ޝާނީމެން ދީފައިވާ ކާރޑެވެ. އޭގައިވަނީ އަހަރެން ބަލިވުމުން އަހަރެން މަތިން ހަނދާންވާ ވާހަކަތަކެވެ. ހުރިހާ ރައްޓެހި ކުދިންގެ ފަރާތުން އަހަރެންނަށް ބަލީގެ ސަލާމް ފޮނުވާފައިވާއިރު އެއިން ކޮންމެ ކުއްޖެއްގެ ސޮއި ކޮއްލާ ފައިވެއެވެ. ކާރޑް ލައްޕާލުމާއި އެކު އަހަރެން ހަނދާންވީ ޗާލްސް ބުނި ވާހަކައެވެ.

ޗާލްސް ދިން ފޮތް ނަގާ ވަގުތުން އަހަރެން ހުޅުވާލީމެވެ. ކޮންމެހެން އެފޮތް ބަލާލަން ޗާލްސް ބުނީ ކީއްވެބާއޭ ހިތަށްއަރާ ދެވަނަ ފަހަރަށްވެސް އަހަރެން އެފޮތުގެ ގަނޑުތައް ހުޅުވަމުން ދިޔައީމެވެ. އަހަރެންގެ ލޮލުގައި އަޅައިގަތީ ފަންސޫރުން ލިޔެފައިވާ ޢިބާރާތް ތަކެކެވެ. ވަގުތުން އަހަރެން އެކިޔާލުމަށް ޝައުގު ވެރިވިއެވެ.

“ތިރީތި މޫނު ބީހިލަން އެދޭ، ތި ތުންފަތުން އުފާ ލިބުން އެދޭ،
ހޯދަން ދެވެނީ ލޯބި ވާވަރުން، ނުރުހުން ނުވޭ މަގެ ޖާނު އެކީގާ އަދު ލޯބިން ދެމޭ.”
( އައި ލަވް ޔޫ ޝަލީން..  ފްރޮމް -ޗާލްސް- )

އަހަރެން ވަރަށް ހައިރާންވިއެވެ. ތަކުރާރު ކުރަމުން ދެތިންފަހަރަކު އަހަރެން އެލިޔުން ކޮޅު ކިޔާލީމެވެ. މިވޭތުވީހާ ދުވަހު ޗާލްސްގެ އުޅުމުން އަހަންނަކަށް އެކަހަލަ އެއްވެސް ކަމެއް ފާހަގައެއް ނުވެއެވެ. އެހެން ނަމަވެސް ފަރުހާންއާ ދޭތެރޭ އަހަންނަށް ޔަގީނެވެ. އެއީ އަހަރެން ގާތު ފާޅުގައި ރައްޓެހިވާން އަހާފައި ވާތީއެވެ.

ފަރުހާން އަހަންނާ ރައްޓެހިވާން އެހިކަން މުސްތޮ އަށްވެސް އަހަރެން ނާންގަމެވެ. އެއީ އެގޮތަށް ކަންތައް ކުރުމަށް ފަރުހާން އެދިފައި ވާތީއާ އެކަމުގެ ސަބަބުން އަހަންނަށް އަނެއްކާވެސް ސްކޫލުގައި އުޅެން އުނދަގޫ ވެދާނެތީއެވެ. އެހެންވެ އަހަންނާ ފަރުހާނުގެ ދެމެދުގައި ދެކެވުނު ވާހަކަ އަހަރުމެން ދެމީހުންވެސް ސިއްރު ކުރީމެވެ. ފަރުހާންއާ ދެއްކި ވާހަކަތައް މިއަދުވެސް ތާޒާކަމާއެކު އަހަރެން ހަނދާން އެބަހުއްޓެވެ.

“ޝަލީން… އަހަރެން ވާހަކައެއް ބުނަން ބޭނުން..” ވޫލްއިން ހަދާފައިވާ އަތުގައި އަޅާ އެތިކޮޅެއް ދިއްކޮށްލަމުން ފަރުހާން ބުނެލިއެވެ.

“ވާވް…. ވަރަށް ސަޅި ކުލަތަކެއް… ތޭންކްސް. ކީކޭ؟… ބުނެބަލަ؟” އަހަރެން އެއެތިކޮޅަށް ބަލަމުން ސްކޫލުން ނުކުންނަން ހިނގައިގަތީމެވެ.

“އަހަންނާ ރައްޓެހި ވާންވީނު؟” ފަރުހާނުގެ އަޑަށް އަހަރެން އޭނާގެ މޫނަށް ބަލައިލީމެވެ.

“ހެހެ… ސާބަސް ފަރޭ.. އަސްލު ބުނަންތަ؟ އަހަންނަށް ތިކަން ކުރެވޭކަށް ނެތް.” އަހަރެން ހިނިތުންވެފައި ހުރެ ބުނެލިއިރު ފަރުހާނުގެ ހިތުގައި ޖެހިފައިވާ ކަން އަހަންނަށް އެނގެއެވެ.

“އެންމެ ރަނގަޅު… އެހެންވިއްޔާ ދެން މިވާހަކަ އެއްވެސް މީހެއް ގާތު ކިޔާނެ ކަމެއްނެތް އިނގޭ.. މުސްތޮމެން ކައިރިވެސް ނުކިޔައްޗެ. އެކަމު ބުނެވިދާނެތަ ކީއްވެކަން ރައްޓެހި ނުވެވޭނީ؟” ފަރުހާން ވަރަށް މާޔޫއްސީކޮށް އަހާލިއެވެ.

“އޯކޭ.. އެހެންވިއްޔާ ފަރޭވެސް އެއްވެސް ކުއްޖެއް ކައިރި ނުބުނާތި.. އޭރުން ބުނެފާނަން.. އަސްލު ވާގޮތަކީ…. ކުއްޖަކު އެބަހުރި އަހަރެންގެ އިންތިޒާރުގަ. އެކަމު މާލެއަކު ނޫން.. ދެން އަހަރެން ކިޔަވާ ނިމެންދެން މަޑުކޮށްގެން އެހުންނަނީ.. އެހެންވެ.” އަހަރެން ވަރަށް ކުރުގޮތަކަށް ބުނެލީމެވެ.

ފަރުހާނުގެ ހަނދާންތަކުން މިންޖުވަމުން، ޗާލްސް އަހަންނަށް ދިން ފޮތް އަހަރެން ލައްޕާލީމެވެ. އަހަންނަށް ޔަގީންވާ ކަމަކީ ކޮންމެސް އިރަކުން ޗާލްސް އަހަންނާ ކުރިމަތި ލާނެކަމެވެ. ފަރުހާންއެކޭ އެއްގޮތަށް ޗާލްސް އަކީވެސް ވަރަށް އަހްލާޤް ރަނގަޅު އޯގާތެރި ކުއްޖެކެވެ. އެހެނަސް އަހަންނަށް މިނޫން ގޮތެއް ނެތެވެ. މީކާލްއަށް މުއްދަތު ޖަހާފައި އެމުއްދަތުގެ ތެރޭގައި އަހަރެން ބޭވަފާތެރި ވެއްޖެނަމަ އަހަރެންގެ އެއްވެސް އިހްލާސްތެރިކަމެއް ނޯންނާނެއެވެ. އެއީ އަހަރެން ވިސްނާގޮތެވެ.

ނުނިމެ

 

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Shaleen

Level 1010 Stories100 Comments100 Login500 Login100 Stories500 Comments

Other Articles

Previous

ޝަލީން 22

Next

ތިނެސްކަން ލޯބި (21)

Next
November 26, 2024

ތިނެސްކަން ލޯބި (21)

Previews
November 24, 2024

ޝަލީން 22

14 Comments!

  1. gurrrrl says:
    November 26, 2024 at 5:26 am

    yh thats true ehvis meehakah beyvafaatheri vaakah nuvaane
    btw mi part ves vrh reethi whn next part cant wait for nxt
    keep it up lots of luv from gurrrrl

    1. Shaleen says:
      November 26, 2024 at 6:58 am

      Thanks gurrrrl
      Ufaaveri comment eh
      Ummeedhu kuran next part kiyaalaane kamah
      V avahah up kollaanan in sha Allah.
      ❤️

  2. cutie girl says:
    November 26, 2024 at 6:59 am

    mi part ves v reethi masha allah
    curiously waiting for next part
    keep it up
    thedeh ehves meehakah beyvafaatheri vaakah nuvaane
    shaleen and miykaal gulhuvachey
    v intresting story eh
    v kiyaala hithun kiyani
    i appreciate your hard work

    1. Shaleen says:
      November 26, 2024 at 7:17 am

      Thanks cutie
      8Hendhunuge alikamaaeku comment libifa hureema v ufaaveri dhuvahakah mi vee.
      Shaleen vafaatheri vaanebaa?
      Hingaa kuriyah huri baithah kiyaalamaa

  3. Aminath Shaleen says:
    November 26, 2024 at 9:49 am

    Thanks Shaleen ehaa avahah upkohlla dhineetheee…. mi story hama v habeys ingay… btw Kuda koh majaa kohllan miadhu ge bayaa gulhuvaafa story continue kohllaanan ingay… just for fun….

    Visnumuge therein beyruve aharen Chemistry foiyy hulhuvaalee enme avahah test naganee e maahdhaa in kamah vaathee e foiyy kiyaalumuge baynumuga eve. Eyaa eku aharen ge loa amaazu vegen dhiyaee e fothuge therey gai hitheh ge sifa ah kafaafa oiyy karudhaas kolhasheve… avas avahah e hiyy nagaa hulhuvaali iru eyga liyefa vanee Ayya sir ah e inaam Shaleen ah dhevunee Shaleen ge ruhun hoadhumah “Keiyy madhu vegen kamhashaa sir ah Rahum kurumashehve. Adhi Shaleen fenna konme faharaku sir ge furaana ah aa dhirumeh libay thee sir ge hithha ogaatheri vumasheve. adhi sir ge leygaa vaa hingumakee ves Shaleen kamahsheve. Note kolhu kiyaa ninmaali iru aharen huree hama rangalhah ves bolugaa rihen fashaa hiyy udhaas vefa eve… ehenve gein bayrah nukume hiyyhama jahssaalaumah filaavalheh ge kanthakaa Visama men geah dhaa kamuge bahanaagai Marihtha ge huhdha hoadhaigen gein nukumevunee Fathuhulla aa Luka ge kurimahchasheve… Aharen e meehunah ehnvves faruvaaleh nubahahttaa hingamun dhiya iru fahathun e 2 meehun bandhivaru thakeh kiyamun annaathee hingun madu kohllee e meehun kiyaa ehcheh adu ahaalumashehve… e vaguthu Fathuhullaa ge hiyygaimu adun viruvaa alhamun dhanee “Fahathun dheveynee hiyy edhey varun hiyy kiyaa varun” mihen neve… hithah eri eve… “Loabee gaa hiyy hafus ve dhivaanaa vegen mi meehun nukuraanee kon kameh baa eve”

    (Nunimey)

    1. Shaleen says:
      November 26, 2024 at 10:25 am

      Isthavooo …..
      Wahwah haadha reethi ibaarai thakekey author shaleenge twin sister “Aminath Shaleen” thi liyeladhinee 🤗
      Mi vaahaka huttaalanee dhenmi …
      Mi shaleen mihaaru laduganejje mi vhk continue kuranves…
      Ekam mhr v bodah hihvaru libijje… Mi shaleen ah challenge kuraane twin sister eh hureetheeve.
      Keep it up… Habeys Hunaru ebahuri Hama. 💯❤️

      Aslu who are you??
      Mi site ge author ehtha?
      Nooni dhivehi teacher ?

  4. Anonymous says:
    November 26, 2024 at 8:17 pm

    Hahhahahahahah
    I’m back..
    No part Fatah bed salhi keep up the good work

    1. Shaleen says:
      November 26, 2024 at 8:30 pm

      Thanks 👍

  5. Your fav bab says:
    November 26, 2024 at 8:18 pm

    Oooooops…
    Sorry it’s my comment..
    Any ways
    I’m back
    Hahahhahaha
    Varah reethi ingey

    1. Shaleen says:
      November 26, 2024 at 8:31 pm

      Oh it’s okay
      Bodu shukurei 👐

  6. Aminath Shaleen says:
    November 27, 2024 at 4:47 am

    Author eh adhi Dhivehi teacher eh ves noon… Ekam Shaleen vv intrest huray Dhivehi bahah… dhen miadhu ge baiga Author Shaleen lava eh liyelaafa ineema e lavaige fahathu baithah laigen story continue kohllee hiyy veee…. Eyee A Shaleen v kuraa hiyvaa kameh veema ehenve ehen liyeleee… Author Shaleen e comment ah like veema vv ufaa vehjje… 😊
    Keep up the great work dear. 🤍

    1. Shaleen says:
      November 27, 2024 at 8:11 am

      Dhivehi basmagu, Hama thakaa , jumlathah v salhi aslu.
      Vhk liyumuge Hunaru ebahuri ingey.
      Ummeedhu kuran v avahah vaahakaeh up kollaane kamah 🤗🤗🤗🤗🤗

  7. Lulu says:
    November 27, 2024 at 10:32 am

    Saleen dhoriulheny malega ths

    1. Shaleen says:
      November 27, 2024 at 11:18 am

      Nooney … Shaleen ulheny male kairi rasheigga dear ☺️ dhen baeh faharah male ves gosslanee

Comments are closed.

Next Episodeޝަލީން 24←


All Right Reserved!