ބްލަޑް 2 (18)
“އާދޫ؟” އެލީންއަނެއްކާވެސް ގޮވާލިއެވެ. ތިންވަނަފަހަރަށް ގޮވާލަންވެގެން އުޅުނު އެލީން ސިއްސައިގެން ދިޔައީ އާދިން އިނދެފައިކޮއްލި ސުވާލަކުންނެވެ.
“ކީ…ކީކޭ؟” އާދިން ބުނިއެތި ޔަގީން ނުވެގެންކަހަލަގޮތަކަށް އެލީންއެއްސެވެ.
“އެލީ އަހަރެންނާ މެރީކުރާނަންހޭ؟” އަނެއްކާވެސް އާދިންގެ ސުވާލު އަހަރެން ގާތުގައިއެއްސެވެ. އާދިންދޫކޮއްލީ ފިނި ނޭވާއެކެވެ.
“އަހަރެންގެ ހަނދާންތަށް އެނބުރިއައިތާ މިހާރު 2 މަސް ވެއްޖެ.. އަހަރެން ބޭނުންވީ އެލީ އަހަރެންނަށް ޓްރީޓް ކުރާގޮތް ބަލައިލަން.. އަހަރެން ހަނދާއެބަހުރި.. އަހަރެންގެ މާމަ އަބަދުވެސް ބުނޭ. ލޯބިވާމީހާއަށްވުރެ ލޯބިދޭމީހަކާއެކީ އުޅޭ ދިިރިއުޅުމެއްމާ ކާމިޔާބުވާނޭ. އަހަރެންބެލީ އެލީ އަހަރެންނާ ދޭތެރޭގައި ޓްރީޓް ކުރިގޮތް. ހަގީގަތުގައި މާމަ ނިޔާވިފަހުން އެކަހަލަ ލޯއިތްބެއް އަހަރެންނަކަށްއެއްވިސް މީހެއްގެ ފަރާތުން ލިބިފައެއްނެތް. އަހަރެން ހިޔެއްނުކުރަން ލިބޭނެކަމަކައްވެސް. އެކަަމަކު އެލީންއަހަރެންނަށް ޔަގީންކޮއްދީފި ލިބޭނެކަމައް.. އަހަރެން ބޭނުންވީ ތިކަހަލަ އަންބެތް. މިހާރު ޔަގީންވެއްޖެ އެމީހަކީ މިލްޔާނޫންކަން، އެލީންކަން.. ސޯ؟ ވިލް ޔޫ މެރީމީ؟” އާދިން އޭނާގެ އިހުސާސްތަށް ހުޅުވާލާފައިބުނެލިއެވެ.
“ޔޭސް!!!” އާދިންގެ ހަށިގަނޑުގައި ބައްދާލަމުން އެލީން ބުނެލިއެވެ. އާދިންގެ ބާރުގަދަ ދެއަތްވެސް އެލީންގެ އުނަގަނޑު ވަށާލީ ނުހަނު ލޯބިންނެވެ. އެލީންގެ ލޮލުން އޮހޮރެމުން ދިޔަ އުފާވެރިކަމުގެ ކަރުނަދިޔައީ އާދިން ލައިގެން ހުރި ގަމީހުގެ މޭމަތި ތެންމަމުންނެވެ. އެލީން ރޯކަން އެނގުމުން އާދިންގެ ހަށިގަނޑާ އެލީން ދުރުކޮއްލާފައި އެލީންގެ ކަރުނަތައް ފުހެލިއެވެ.
“ހުއްޓާލާދެން.. ﷲ އިރާދަކުރެއްވިއްޔާ ދެންދުވަހަކުވެސް އެލީ ރޯކަށް ނުޖެހޭނެ” ރިހިކުލައިގެ އަނގޮއްޓިއެއް އެލީންގެ ވާއަތުގައި އަޅުވާލަމުން އާދިން ބުނެލިއެވެ.
“ވަރަށް ލޯބި.. ހިނިތުންވެލާފައި އެލީން ބުނެލިއެވެ.
“ދަރިފުޅު ދެން ކޮންއިރަކުންތަ ޔޫރާއާއި ކައިވެނި ކުރަނީ؟ މިހާރު މަންމައެންމެ ދެކެން ބޭނުންވާދުވަހަކީއެއީ. ރުވާންގެ ފައިގައި ބޭސް ހާކަންއިނދެފައި ނޯޔާއަހާލިއެވެ. ވަގުތުން ރުވާންގެ ތުންފަތްމަތީގައި ކުޅިލީ ލޯބި ހިނިތުންވުމެކެވެ.
“ހޫމްމްމްމް އެކަމާ ވިސްނާތާދޯ އެބަ.. މަންމަމެންވަރަށް ގަބޫލު. ރޭގަ ބައްޕަވެސް ކީ ދަރިފުޅުމެން އިންނާކަށް ނޫޅޭހޭ.. އެކަމަކު އިނގޭ ކައިވެނިކޮއްގެން މިގޭގަ އުޅެންވާނީ” ނޯޔާ ލާނެތްގޮތަކަށް ބުނެލިއެވެ.
“ހެހެ.. އިންޝާ ﷲ ވަރަށް އަވަހަށް ޔޫރާއާއި އަހަރެން ކައިވެނި ކުރާނަން..” ހިނިތުންވެލައިގެން އިނދެ ރުވާން ބުނެލިއެވެ.
ދަންވަރުގެ ވަގުތެވެ. ނުނިދިފައި އޮތް ރުވާންގެ ސިކުނޑީގައި ފިރުކެމުން ދިޔައީ ޔޫރާގެ ހަނދާތަކެވެ. ރުވާންގެ މޫނުމަތީގައި ނުފިލާ ހިނިތުންވުމެއް ހުރިއިރު ރުވާންގެ ހިތުތެރޭގައިވީ އުންމީދެވެ. ޔޫރާއާއެކު ހޭދަ ކުރާނެ އުފާވެރި ދުވަސްތަކެވެ. މާދަމާގެ އިރުގެ ތޮޅިލުމާއި އެކު ޔޫރާގެ ހިތަށް ލިބޭނެ އުފާވެރިކަން ހިތައްއަރާ ވަކިން ބޮޑަށް ރުވާންއަށް ހިނިތުންވެލެވުނެވެ. ޔޫރާ މިހާރު ދިރިއުޅެމުން ދަނީވެސް ރުވާންމެންގެ އެޕާރޓްމެންޓްގައެވެ. އެހެންކަމުން ރުވާން ސިއްރުސިއްރުން ގޮސް ޔޫރާގެ ކޮޓަރިއަށް ރުވާންވަނެވެ.
“ކޮބާ ދަރިފުޅާ ރެޑީތަ؟” ރުވާންގެ ކޮޓަރީގެ ދޮރުގައި ޓަކި ޖަހާލަމުން ރަވާން ބުނެލިއެވެ.
“ލައްބަ ބައްޕާ.. ވަދޭ.” ރުވާން ގޮވާލިއެވެ. އޭރު ދަނޑިބުރީގެ އެހީގައި ރުވާން ކުރިއަށް އަންނަނީއެވެ. މިހާރު ރުވާންއަށް ކޮންމެވެސް ވަރަކަށް ހިނގެއެވެ. ކޮންމެދުވަހަކުވެސް ރަވާން ރުވާންގޮވައިގެން އަތިރިމައްޗައް ކަސްރަތު ކުރަންދެޔެވެ. މިހާރުކުރިއާއި ބަލާފައި ރުވާންގެ ފައިދަނީ ވަރަށް އަވަހަށް ރަނގަޅުވަމުންނެވެ.
އަރާމު ނިންޖަކުން ނިދާލާފައި އޮތް ޔޫރާއަށް ހޭލެވުނީ ކައިރީގައި އޮތް ފޯނު އެލާރމް ވާންފެށުމުންނެވެ. ކުކުރާލާފައިވެސް ޔޫރާ ތެދުވެއިށީނެވެ. ހޭވިފައި އޮތް ޔޫރާގެ ކުރުއިސްތަށިކޮޅު ރީތިކޮއްލާފަތް ދެލޯ ކަހައިލިއެވެ. އެވަގުތު ޔޫރާއަށް އަތާދިމާލަށް ބަލައިލެވުނީ އަތުގައި އަނގޮއްޓިއެއް އިންހެން ހީވުމުންނެވެ. ޔޫރާ ހައިރާންވިއެވެ. ޔޫރާ އަތަކު އެންމެ އަނގޮއްޓިއެއްވެސް ނޯންނާނެއެވެ. ދެން މިއީ ކޮން އަނގޮއްޓިއެއްބާއެވެ. އެވަގުތު ޔޫރާގެ ފޯނަށް އައި ނޮޓިފިކޭޝަންއާއި އެކު ފޯނު ދިއްލުނެވެ، އެވަގުތު ޔުރާގެ ފޯނުގައި އިން ވޯލްޕޭޕާރ އިނީ ބަދަލުވެފައިކަން ޔޫރާއަށް އިނގުނެވެ. ގައިމުވެސް މިއީކީ ކުރިން ޔޫރާ ލައިފައި އިންނަ ފޮޓޯއެއްނޫނެވެ. އޭގައި ވަރަށް ރީތި ފޮންޓްއަކުން އެއްޗެއް ލިޔެލާފައި އިނެވެ. ފޯނުނަގާފައި ޔޫރާ އެ ޖުމްލަކިޔާލުމާއި އެކު ކަރުނުން ދެލޯފުރުނެވެ.
“ވިލް ޔޫ މެރީ މީ؟” ޔޫރާގެ ލޮލުން ކަރުނަ ނިރާލީ ވީ އުފަލެއްގެ ބޮޑުކަމުންނެވެ. އެވަގުތު ފޯނު ކަނަކަށްވާހެން އިންހިސާބުގައިވެސް އެއްޗެއް ލިޔެފައި އިންކަން ޔޫރާގެ ލޮލުގައި އަޅައިގަތެވެ.
“ކަބަޑު ދޮރުފަތް ހުޅުވާލަބަ” ދިވެހިބަހުންއިނެވެ. ޔޫރާ އަވަހަށް އެނދުން ތެދުވެ ގޮސް ކަބަޑު ހުޅުވާލިއެވެ. ރަތްކުލައިގެ ގްލިޓާރ ރިބަންއިން ހަދާފައިވާ އެފިނިފެންމާބުކޭގައި “ވިލް ޔޫ ކޮމްޕްލީޓް މައި ޑީން؟” ޖަހާލާފައި އިނެވެ. ޔޫރާއަށް ކުރެވުނީ ތަފާތު އިހުސާސްއެކެވެ. ފުރަތަމަ ފަހަރު މާބޮނޑި އެއްލިބުމުން ވިފީލްވާ “ބަޓަރފްލައިސް” މިއީ ހަމަ ހަގީގަތެއްތާއެވެ.
“ހެޕީތަ؟” އެވަގުތު ދޮރުގައި ޓަކިޖަހާލާފައި ރުވާން ބުނެލި އަޑުއިވުނެވެ. ޔޫރާ ދުވެފައި ގޮސް ދޮރުހުޅުވާ ރުވާންގެ ހަށިގަނޑުގައި ބައްދައިގެތެވެ.
“ޔެސް!! ވަރަށް. އެންޑް ޔެސް، އައިލް މެރީ ޔޫ. އިންޝާ ﷲ އައިލް ކޮމްޕްލީޓް ޔުއާރ ޑީން” ޔޫރާ ބުނެލިއެވެ. “އަލްހަމްދުލިއްލާހް” ހިތާހިތުން ރުވާން ބުނެލިއެވެ.
“ހޫމް. ދެންދޭ ފެންވަރަން. ދޮވާ ނިދިކުޅުވަސް ހަހަ” ރުވާންއަކަށް ޔޫރާއާއި ޖެއްސުން ނުކޮށެއް ހަމަ ނުހުރެވުނެވެ. ދޫނެރެލާފައި ޔޫރާ ދޮރުލެއްޕިއެވެ. ޔޫރާގެ ތުންފަތްމަތިން އޭރުވެސް ފެންނަމުން ދިޔައީ ނުފިލާ ހިނިތުންވުމެކެވެ. ޔޫރާގެ ޙިޔާލީ ދުނިޔެއިން ނުކުމެވުނީ ޔޫރާގެ ފޯނު ރިންގުވާންފެށުމުންނެވެ. ގުޅަމުން ދިޔައީ އެލީންއެވެ. ޔޫރާ އަވަސްއަވަހަަށް ފޯނުނެގީ އެލީންއަށް އެ އުފާވެރި ޙަބަރު ދޭށެވެ. ނަމަވެސް ފޯނުނެގުމާއި އެކު އިވުނު އެލީންގެ ހަޅޭކުގެ އަޑާއި އެކު ޔޫރާ ހީވީ ބީރުވިހެންނެވެ.
“ޔޫރީ ޔޫ ވޯންޓް ބްލީވް ދިސް!!!!! އާދު އެންގޭޖްޑްމީ!!!!!!!!” ހަޅޭލަވަމުން އެލީން ބުނެލިއެވެ.
“ބްރޯ؟ ޔޫއާރ ކިޑިންގ މީ ރައިޓް؟ ރުވާން އޯލްސޯ އެންގޭޖްޑް މީ… ޓުޑޭ.. ޖަސްޓް ނައޫޫ!!!” ޔޫރާ ފުންމަފުންމައިފައިބުނެލިއެވެ. ދެމީހުންގެ ވެސް ވާހަކަ ހުރިގޮތުން ހުރީ ކިހާ އުފާވެފައިކަން ދިޔައީ ފެންނަމުންނެވެ.
ފެންވަރާލައިގެން ނުކުމެ އާދިން ކަޅު ސައިތައްޓެއް ގިރައިފައި ސައިބޯން އިށީނެވެ. ނަމަވެސް އަނގައަށް ލާން އުޅުނި އެތިކޮޅު ބާއްވަން ޖެހުނީ ބެލް ޖެހުމުންނެވެ. އާދިން އަވަސް އަރުވާލާފައި ދިޔައީ އެލީންއޭ ހިތާއެވެ. ނަމަވެސް ދޮރުމަތީގައި ހުރީ ކައިޝަންއާއި މިލްޔާއެވެ.
“ކަމަކުތަ؟” އާދިން ކަރުކެހިލާފައި އެއްސެވެ. މިލްޔާ ބަލައިލީ ކައިޝަންގެ މޫނަށެވެ.
“އެކަމަކު އަހަރެން މިލޫ އާއި ކައިވެނި ކުރާނީ މިލޫ އަހަރެން ބުނާކަމެއް ކޮއްދިނީމަ” މިލްޔާގެ އަތުގައި އަނގޮއްޓިއަޅުވައިދީފައި ބުނެލިއެވެ.
“ޔެސް.. ބުނެބަ؟” މިލްޔާ ބުނެލިއެވެ.
“އާދިން ކިބައިން މަޢާފަށް އެދޭ” ކައިޝަން ބުނެލިއެވެ. މިލްޔާގެ ދެލޯ ބޮޑުވިއެވެ.
“ވަޓް؟؟؟” މިލްޔާއަށް ގަބޫލު ނުކުރެވިފައިކަހަލަ ގޮތަކަށް އެހުނެވެ.
“އަހަރެން މިލްޔާދެކެ ލޯބިވޭ. އެކަމަކު މިލްޔާ އޭރު ކުރިކަން އެއީ އަހަރެންނަށް އެކްސެޕްްޓް ކުރެވޭނެ ކަމެއްނޫން. އޭރު އާދިންގެ ފުރާނަ ސަލާމަތް ނުވިނަމަ ގައިމުވެސް އަހަރެން މިލްޔާ ދޫކޮއްލީމުސް” ކައިޝަން ބުނެލިއެވެ.
އެދުވަހުގެ ހަނދާވުމުން މިލްޔާ ދޫކޮއްލީ ފިނިނޭވާއެކެވެ. ހަގީގަތުގައި ކަންވީގޮތުން މިލްޔާ ހުރީ އާދިން ކުރިމައްޗައް ދެން އަރަން ނުކެރިފައެވެ. ނަމަވެސް މަޢާފަށް އެދުން އެއީ މިލްޔާ ކުރަން ޖެހޭކަމެއްކަމަށް މިލްޔާވެސް ގަބޫލުކުރެއެވެ.
“އަހަރެން.. ވާހަކައެއް ދައްކާލަން.. އޯކޭތަ ވަނަސް؟” މިލްޔާ އަހާލިއެެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.







vrh reethi mi part ves
elly n aadhin ves marry kuranii ruvaan n yoora vess
waah what a nice parttt
alheyy cant wait for itt when next part
curiously waitingg
LYSM
Hehe yess ikr.. they all have found there soulmate in the end hehe
Jazaakallah Khairan happy you loved it..
In sha allah Part 19 tmrw
LYM