Skip to content
އެސްފިޔަ

ލޯގަނޑު

މިއަދުމިއީ އަހަރެންގެ ހަޔާތަށްއައި އެންމެ އުފާވެރިދުވަހެވެ. އެންމެޅަދުވަހުންސުރެ އެންމެ ލޯބިވި އަހަރެންގެ ލޯބިވެރިޔާ ލައުރާއާއި ކައިވެނި ކުރެވުނު ދުވަހެވެ. މިކައިވެނި ކުރަން އަހަރެން ތެޅުނު ވަރު އެނގޭނީވެސް ހަމައެކަނި އަހަރެންނަށެވެ. ގާޒީ ދައްކަމުން ދިޔަ ވާހަކަތަކަށް ސަމާލުކަމުން ދިޔަ އަހަރެންގެ ދެލޯ ދެން ދައުރުކޮށްލީ ލައުރާގެ 12 އަހަރުގެ އަންހެން ދަރިފުޅު ލައިކާއަށެވެ. ވަގުތުން އަހަރެންގެ ދެއަތް މުއްކެވިގެންދިޔައެވެ. ހިނިތުންވެލައިގެން ހުރި ލައިކާގެ މޫނު މަތިން ފެންނަމުން ދިޔައީ އުފާވެރިކަމެވެ. މަންމައަށް ޓަކައި އުފާވެފައިވާ މިންވަރެވެ. ނަމަވެސް އެހިނިތުންވުންފެނިފައި އަހަރެންގެ ހިތަކަށް ކަހެރިވަކެކޭވެސް ހިތަކަށްނާރައެވެ. އެއީ ހަމަ “އޭނާ” ގެ ހިނިތުންވުމެވެ. ހަމަ އެއްވިސް ތަފާތެއްނެތެވެ.

އާދައިގެ ގޮތުގައި އަހަރެމެންގެ ކައިވެނި ކުރެވި ޕާރޓީއެއް ބޭއްވުނެވެ. މިހާރު ކައިވެނި ކުރިތާ އެއްހަފްތާވެއްޖެއެވެ. އަހަރެންގެ އަންހެނުން ލައުރާއަކީ ރަށު ސިއްހީމަރުކަޒުގައި މަސައްކަތް ކުރަމުންދާ ހީވާގީ ނަރުހެކެވެ. މިރޭ ލައުރާވީ ދަންވަރު ޑިއުޓީއަށް ގޮހެވެ. މިއީ އަހަރެން އިންތިޒާރުވެސް ކުރަމުންއައިރެއެވެ. ހުރިހާކަމެއް ނިމިގެން ދާނެ ރެއެވެ.

އޭރު ދިޔައީ ބޯކޮއްވިއްސާރަވެސް ވެހެމުންނެވެ. ގުގުރިޖަހަމުން ދިޔައީ މީހަކު ބިރުން ރޫރޫ އަޅާ ހާލުގައެވެ. ކޮޓަރިތެރޭގައި ހުރި ލައިކާ ދިޔައީ ލޯގަނޑުކުރިމަތީގައި އިނދެ މޭކަޕް ކުރަމުންނެވެ. ލައިކާއަކީ އުމުރުންޅަކުއްޖަކަސް ޓިކްޓޮކް ގައި މަޝްހޫރު ތަރިއެކެވެ. ދަންވަރުވަގުތުގައި ލައިކާ ކުރާކަމަކީވެސް މިއީއެވެ. މޭކަޕް ކުރަން އިން ލައިކާ ސިހުނީ ލޯގަނޑުން ހިޔަންޏެއް ފެންނަހެން ހީވެގެންނެވެ. އަތުގައި އޮތް މޭކްއަޕް ބްރަޝް ޑްރެސިންގ ޓޭބަލް މަތީގައި ބާއްވާލާފައި ލައިކާ ފަހަތަށް އެނބުރުނެވެ. ނަމަވެސް އެކަކުވެސް ފެންނާކަށް ނެތެވެ. އެހެންކަމުން ލައިކާ އެނބުރުނީ އޭނާގެ މޭކަޕު ކުރިއަށް ގެންދިޔުމަށެވެ. ނަމަވެސް އެވަގުތު ގެއިން ކަރަންޓުދިޔައެވެ. ކަރަންޓު ނެތުމުގެ އިތުރުން ވިއްސާރަރެޔެއްކަމުން އެއްވިސް އަލިކަމެއް ފެންނާކަށް ނެތެވެ.

“ޕިސް ދެން މިކޮންގަޑިއެއްތަ ކަރަންޓުދާން؟” ޗުސްތަޅުވާލާފައި ލައިކާ ތެދުވީ ފޯނު އަތުޖެހޭތޯއެވެ. އެހެންނަމަވެސް ކުއްލިއަކަށް ލައިކާ ފުރަގަހުން އަލިވެލިއެވެ. ސުވާލުގެ ނަޒަރަކުން އެނބުރުނު އިރު، އަލި އަންނަމުން ދިޔައީ ލައިކާގެ ލޯގަނޑުންނެވެ. ދެންވެސް ލައިކާ ޖެހިލީ ކުރިއަށެވެ. އޭނާ ބޭނުންވީ ވަމުންދިޔަގޮތް ރަނގަޅަށް ބަލާ ސާފުކުރާށެވެ. ލޯގަނޑާކައިރިވީ ވަރަކަށް ލައިކާގެ ކުޑަދެލޮލަށް ދިޔައީ އުނދަގޫވަމުންނެވެ. ނަމަވެސް ލޯގަނޑާހަމަޔަށް ލައިކާއަށް ދެވުނެވެ. އެވަގުތު ލައިކާއަށް އޭނާގެ އަމިއްލަ ސޫރަފެނުނެވެ. ނަމަވެސް ދެން ފެނުނީ ލޯގަނޑުން ފާޑެއްގެ އެއްޗެއް ނުކުންތަނެވެ. އެ “އެތި” އަހިސް ވަނީ ސީދާ ލައިކާގެ ދެލޮލަށެވެ.

“އާހްހްހްހް”

ލައިކާގެ ވޭނީ ހަޅޭކުގެ އަޑު މުޅި ގޭތެރޭގައި ގުގުމާލިއެވެ. ނަމަވެސް ވާރޭގެ އަޑާއި އެކު އެ އަޑުވެސް ދިޔައީ ގެނބިގެންނެވެ. ލޯގަނޑުން އެނިކުން އެތިމިހާރު ހުރީ ލައިކާ ކުރިމަތީގައެވެ. ލޮލުން ލޭއޮހޮރެމުން ދިޔައިރު ލައިކާއަކަށް އެއްވިސްއެއްޗެއް ނުފެނެއެވެ. ކުރިމަތީގައި ހުރި އެތިން ދުވަމުން ދިޔަވަހުންވެސް ލައިކާ ހުރީ ހޮޑުލަވައިގަނެފައެވެ.

ބަލާކަށް އޭތި ނުހުއްޓެވެ. ލައިކާގެ ހަށިގަނޑު އެނދާދިމާލަށް ހޫރުވާލީ ލުއި ފަތްކޮޅެއްހެންނެވެ. ލައިކާގެ ގައިމައްޗަށް އަރާ ލައިކާގެ އިތްފަތްތެރިކަން ފޭރިގަތީއެއްވިސް ރަހުމެއްކުލުނެއްނެތިއެވެ. އޭތީ ހިންހަމަ ޖެހޭވަރުވުމުން ކަޅު ދުންގަނޑަކަށް ބަދަލުވިއެވެ. އޭރު ލައިކާގެ ހަށިގަނޑުގައި ފުރާނަ ހުރިކަމެއްވެސް ނޭނގެއެވެ. ދެލޮލުގެ އިތުރުން ލައިކާގެ މުޅި ހަށިގަނޑުންވެސް ދިޔައީ ލޭއޮރެމުންނެވެ. ހަށިގަނޑުގެ ބައެއްތަންތަން ކަޅުވެފައި ހުރިއިރު ފެންނަނީ ވަރަށް ބިރުވެރިކޮށެވެ.

“ކޮބާ ކިހިނެތް އެކަންތަށް ދިޔައީ؟” އަހަރެން ކުރިމަތީގައި ހުއްޓުނު ބަޒީޝް ކުރެން އަހަރެން އެހީމެވެ. މީގެ އަހަރެއްހާދުވަސް ކުރިން ލައިކާގެ ބައްޕަ އަލްޝަމްގެ ފުރާނަ ދުއްވާލުމަށްވެސް އަހަރެން ހެދި ސިހުރުގައި ބައިވެރިވީ ފަރާތަކީ ބަޒީޝްއެވެ. މިއަދު އަހަރެންނަށް ލައުރާ ލިބިއްޖެއެވެ. ދެން އަހަރެން ބޭނުންވީ ލައިކާގެ ދުވަސް ދުއްވާލާށެވެ. އަހަރެންގެ ދޮންދަރިއެއްގެ ގޮތުގައި އަހަރެންގެ ދުޝްމަނުގެ ދަރިއަކު އަހަރެން ގެންގުޅޭނެ ހެއްޔެވެ؟

“ބަލަ ކަލޭ ކައިރީދޯ އަހަރެން މިއެހީ އެކަންވީހެއްޔޭ؟؟” އަހަރެން އަނެއްކާވެސް ހަޅޭލަވައިގަތީމެވެ.

“އޭ!!!!!!!!!” ބަޒީޝްގެ އަޑުނިކުތީ ހޮނުގުގުރިއެއްފަދައިންނެވެ. އެބާރުއަޑާއި އެކު އަހަރެންގެ ކަންފަތް ބައްވިފަދައެވެ.

“މަބުނަންދޯ އަބަދުވެސް މަގޭ ކުރިމަތީގައި މާ ނުފުއްޕައްޗޭ!” އޭތީގެ ބަރުއަޑުން ބަޒީޝް ބުނެލިއެވެ.

އަހަރެން އިސްޖަހާލީމެވެ. ބަޒީޝްއަނެއްކާވެސް ވާހަކަދައްކަން ފެށިއެވެ.

“ކަލޭ ބުނިކަންތަށް މަވެސްކޮއްދިނިން. ދެންއޮތީ ކަލޭއަހަރެންނަށް ދެރުން. މިރޭ އަހަރެން ބޭނުން އެތި ކަލޭ މަށަށް ދޭން ޖެހޭނެ!” ބަޒީޝް ބުނެލިއެވެ.

“ކޯއްޗެއް؟” އަހަރެންނަށް އަހާލެވުނެވެ.

“ކަލޭގެ ފުރާނަ!” ބަޒީޝްއެހެންބުނެ އަހަރެންގެ ހަށިގަނޑުގައި ތަތްކޮއްލިއެވެ. އަހަރެންނަށް ހަޅޭލަވައިގަނެވުނީ ހަށިގަނޑަށްވީ ދިލަ ހޫނުގެ ސަބަބުންނެވެ. މަރުވަނީކަން އެނގުމުން އަހަރެންގެ ދުލުން ޝަހާދަތްކިޔޭތޯ މަސައްކަތް ކުރީމެވެ. ނަމަވެސް އަހަރެންގެ އަނގަ ވާޅުވެފައިވީފަދައެވެ.

ފަތިސްވުމުން ލައުރާގެޔަށްއައެެވެ. ގެޔަށް އެޅި ފުރަތަމަ ފިޔަވަޅާއި އެކު ލައުރާގެ ނޭފަތުގައި ޖެހުނީ ހޮޑު ލަވާކަހަލަ ވަހެކެވެ. ލައުރާ ބަދިގެއަށް ވަނީ މީދަލެއް މަރުވީކަމަށް ހީކޮށެވެ. ނަމަވެސް ބަދިގެ ތެރޭގައި އެވަސް ނެތެވެ. ކޮޓަރިއާއި ކައިރިވީ ވަރަކަށް ލައުރާއަށް ދިޔައީއެވަސް ގަދަވަމުންނެވެ. ލަސް ލަހުން ހުޅުވާލެވުނު ދޮރާއި އެކު ފެނުނު މަންޒަރުން ލައުރާއަށް ބިރުން ހަޅޭ ލަވައިގަނެވުނެވެ. ބިންމަތީގައި އެއޮތީ ޝަޔާލްއެވެ.

“ޝަޔާލް!!” ގިސްލާ ރޮވެމުން ދިޔައިރުވެސް ޝަޔާލްގެ ހަށިގަނޑާ ކައިރިވާކަށް ލައުރާއަކަށް ނުކެރުނެވެ. ވާނީވެސް އެހެންނޫންހެއްޔެވެ؟ ފެންނަށް އެއޮތީ ޝަޔާލްގެ ކަށިގަނޑެވެ. ހަށިގަނޑުގެ ބައެއް ހިސާބުގައި މަސްހުރި ނަމަވެސް ބޮޑަށް ފެންނަން އޮތީ ހަމަ ކަށިގަނޑެވެ.

“ކީއްވެތިރޮނީ؟؟؟” މުޅިކޮޓަރިތެރޭގައި ގުގުމައިގަތީ ބަޒީޝްގެ ބިރުވެރި، ބަރު އަޑެވެ.

“ކަ..ކާކު؟”

“މިއީކީ ކަލޭ ރޯވަރުގެ މީހެއްނޫން! ކަލޭގެ ފިރިމީހާ އަލްޝަމް މަރާލިމީހަކީ ވެސް މިއީ. އޭނާ ހެދި ސިހުރުގައި އޭނާ ބޭނުން ކުރި ފަރާތަކީ އަހަރެން! މިކަހަލަ އިފުރީތެއް މަރުވުމުން ރުއިމުގެ ބަދަލުގަ ކޮޓަރީގައި އޮތް ލައިކާގެ ހާލު ބަލަން ދޭބަލަ!!” ލައުރާއަށް ނުފެނުނު ނަމަވެސް ލޯގަނޑުތެރެއިން ދިޔައީ ބަޒީޝްގެ ބިރުވެރިމޫނު ފެންނަމުންނެވެ. ލައިކާގެ ވާހަކަ ބުނުމުން ލައުރާގެ ފަޔަށް އެރީ ކޮންކަހަލަ ބާރެއްކަމެއްވެސް ނޭނގެއެވެ.

ދުވެފައިގޮސް ލައިކާގެ ކޮޓަރި ދޮރުހުޅުވާލުމާއި އެކު ހެއްދެވިގޮތަށް ގޮތް ލައިކާ ފެނި ލައުރާގެ މުޅިދުނިޔެވެސް ހުއްޓުނުފަދައެވެ.

މިއަދު އެހާދިސާއަށް ފަހު 3 އަހަރުވީއެވެ. ލައިކާގެ ފުރާނަ ސަލާމަތް ކުރެވުނު ނަމަވެސް މިއަދު ލައިކާއަކީ ނުކުޅެދޭ ކުއްޖެކެވެ. ދެލޮލުގެ ފެނުން ނެތް އިރު ހިނގުމުންވެސް ލައިކާވަނީ ނުކުޅެދިފައެވެ. ނަފްސާނީ ބަލިމަޑުކަމުގެ އިތުރުން ދަރިމައިވުމުގެ ނަސީބުންވެސް ލައިކާ މިވަނީ މަހްރޫމްވެފައެވެ. ނަމަވެސް ލައިކާ ބަލަމުން ލައުރާ ގެންދިޔައީ ނުހަނު ލޯބިންނެވެ. އެދުވަހަށް ފަހު ގޭތެރޭގައި ލައުރާ އެންމެ ލޯގަނޑެއްވެސް ނުބަހައްޓައެވެ. ލޯގަނޑުދެކެ ލޮލަށް ނުފެނުނު ނަމަވެސް ލައިކާ އަދިވެސް ބިރުގަނެއެވެ.

(ނިމުނީ)

ކިޔުންތެރިންނޭ. ސިހުރަކީ މާތް ﷲ ހަރާމް ކުރަށްވާފައިވާ މުޑުދާރު ފާފައެކެވެ. އަމިއްލަ މީހާގެ އުފަލުގެ ނަމުގަހަދާ ސިހުރަކުން، އަމިއްލަ މީހާގެވެސް ދިރިއުޅުން ހަލާކުވުން އެއީ އެކަށީގެން ވާކަމެކެވެ. އެފަދަ ހާލަތުގައި ހަލާކުވަނީ ކިތަށް ލައިކާގެ ދިރިއުޅުންހެއްޔެވެ؟ މާތް ﷲ އަޅަމެން މިނުރައްކާތެރިކަމުން ސަލާމަތް ކޮއްދެއްވާފާންދޭ، އާމީން!

ނޯޓު: މިއީ އެއްއިރެއްގައިވެސް ހިނގައިފައިވީ ހާދިސާއެއްނޫނެވެ.

މިއީ ޝިހާގެ ފުރަތަމަ ބިރުވެރިވާހަކަ ކަމުން، ކިޔުންތެރިން އެންމެ ބޭނުންވާފަދަ ސިފަކުރުންތަށް ގެނެވިފައި ނުހުރެވިދާނެއެވެ. އެހެން ނަމަވެސް ވާހަކަ ހުރިހާ ކިޔުންތެރިންނަށްވެސް ކަމުދާނެކަމަށް އުންމީދުކުރަމެވެ.

Comments (11)

  1. gurrrrl

    vrh reethi mi vhk ves mashallah..
    shiher you are my fav author hama
    keep it up n gud works
    lots of love

    1. shihaamaa ali
      gurrrrl

      Jazaakallah khairan❤️❤️
      Awwwnnm vrhhhhh ufaa vejje thihn buneleema😭❤️‍🩹
      Lotsss of love from meee too❤️

  2. Your fav bab

    Mihen fashaigen niyalah just mi balaaly.
    Thankolheh short ekam okey..
    Read kohfa comment eh kohlaanan
    I think it’s gonna be epic
    Oooooooo…..

    1. shihaamaa ali
      Your fav bab

      hehe ya

  3. Your fav bab

    I forgot to say Insha Allah

  4. Lam

    Ma Sha Allah dear! keep up the good work! Proud of you ❤️❤️

    1. shihaamaa ali
      Lam

      awwww Jazaakallah Khairan <3

  5. Your fav bab

    Hello
    Omg varah reethi and very unique
    Mihharu I’m also afraid to look at the mirror
    Hahahhahahaha

    1. Anonymous
      Your fav bab

      Masha allah

  6. Anonymous

    vrh nice n intresting wanna read more stories u write..keep it up <33
    lots of luv

  7. mish_err

    vrh nice n intresting wanna read more stories u write..keep it up <33
    lots of luv

Comments are closed.