Skip to content
އެސްފިޔަ

ޑޮކްޓަރެއްގެ ލޯބި

ހަނދު އޭގެ ވާޖިބު އަދާކޮއްފައި އިރަށް ޑިއުޓީ ހަވާލުކޮށް ފިލައިފިއެވެ. ހުވަފެނީ އާލަމުގައި އޮތް އަހަރެންނަށް ހޭލެވުނީ އިރުގެ ރަން ދޯދިތަށް އަހަރެން ދެލޮލަށް އުނދަގޫ ކުރަން ފެށުމުންނެވެ. ލެދޯ ކަހާލާފައި އަހަރެން ލޯހުޅުވާލީމެވެ. އޭރު ގަޑިން 7 ޖެހީއެވެ. ރޫޅާލާފައި އޮތް އަހަރެންގެ ކޮނޑާ ހަމައަށް އަރާ އިސްތަށިކޮޅު ވޫލެއްގައި ހައްޔަރު ކޮއްލާފައި އަހަރެން ފާހާނައަށް ވަނީމެވެ.

އަހަރެން ދަބަހާއި އަހަރެންގެ ޑޮކްޓަރީ ކޯޓު ހިފައިގެން ވަނީ ބަދިގެއަށެވެ. އެވަގުތު ބަދިގެ މޭޒު މަތީގައި އޮތް ނޯޓުކޮޅު އަހަރެންގެ ލޮލުގައި އަޅައިގަތެވެ. “ސޮރީ އިނގޭ މިއަދު ނެތް ސައިބޯން އިނދެވޭކަށް. ކޮފީއެއް ބޯލައިގެން ހޮސްޕިޓަލްއަށް މިދިޔައީ. މިއަދު އޮތް ކޮންފަރެންސްއަށް ރެޑީވާން.. ސީ ޔޫ ދެއަރ” އެ ނޯޓު ކޮޅު ކިޔާލުމާއި އެކު އަހަރެންގެ ތުންފަތްމަތީގައި ރީތި ހިނިތުންވުމެއް ފަވާލިއެވެ. ސައިބޯލައިގެން އަހަރެން އަވަސްވެގަތީ ޑިއުޓީއަށް ދިޔުމަށެވެ.

އަމާން އޮމާން ދަތުރަކަށް ފަހު އައި.ޖީ.އެމް.އެޗް ހޮސްޕިޓަލަށް އަހަރެންނަށް ވާސިލް ވެވުނެވެ. ރިސެޕްޝަނުގައި ތިބި ކުދިންނަށް ހިނިތުންވުމެއް ހަދިޔާ ކޮއްލުމަށް ފަހު އަހަރެން ގޮސް ލިފްޓްއަށް އެރީމެވެ. މަންޒިލަކަށް ވީ ނެފްރޯލޮޖީ ޑިޕާރޓްމެންޓެވެ. ދުވަހުގެ ތާވަލުގައި ފުރަތަމަވެސް އިނީ ކޮންފަރެންސްއަށް ދިޔުމަށެވެ. އަހަރެން ފޮތަކާއި ގަލަމަކާއި ހިފައިގެން ގޮސް ކޮންފަރެންސް ކޮޓަރިއަށް ވަނީމެވެ. އޭރު ނެފްރޯލޮޖީ ޑިޕާރޓްމެންޓްގެ ހުރިހާ އެންމެންހެން ތިއްބެވެ. އެންމެނަށްވެސް އަހަރެން ރީތި ހިނިތުންވުމެއް ހަދިޔާކޮއްލީމެވެ. އެންމެން ހަަމަ ވުމާއި އެކު ކޮންފަރެންސް ފެށުނެވެ.

“ގުޑް މޯރނިންގ، އައްސަލާމު އަލައިކުމް. ވާހަކަ ދައްކަނީ އަޅުގަނޑު އިޝްރާން އަލީ، ނެފްރޯލޮޖިސްޓް. މިއަދު އަޅުގަނޑުގެ މައުލޫއަކީ ކިޑްނީ ފޭލިއާރ. އާދެ. މިއަދު، މިދުނިޔޭގައި ކިޑްނީ ފެއިލްވުން މިއީ ވަރަށް އާމު ކަމެއް. ހޭލުން ތެރި ކުރުން ވަރަށް މުހިންމު ބައްޔެވެ. މިބަލި އޭގެ އެންމެ ބާރު މިނުގައި ޖެހިގެން ދަނީ ހަކުރު ބަލި އަދި ލޭމައްޗަށް ދާމީހުންނަށެވެ. އޭގެ އިތުރުން މިހާރު އަޅުގަނޑުމެންގެ މެދުގައި އެންމެ އާމުވެފައިވީ ސިނގިރޭޓުގެ ސަބަބުންވެސް ކިޑްނީ ފެއިލް ވުމަށް މަގު ފަހިވެއެވެ. ދެން މިބަލާލަނީ، ކިޑްނީ ފެއިލް ވުމުގެ އަލާމާތް ތަކަށެވެ. ގައި ކެހުން، ބޯއަނބުރާ މޭނުބައި ކުރުން، ބޮލުގައި ރިހުން، ކުޑަކަމުދިޔުމުގައި އުނދަގޫތަށް ހުރުން، ކުޑަކަމުދާތަކެތީގައި ލޭހުރުން، ނިދަން އުނދަގޫވުން، ކާހިތް ކެނޑުން އަދި ނޭވާ ހާސްވުންވެސް ހިމެނެއެވެ….”

އިޝްރާންގެ ވާހަކަތަށް ނޯޓު ކުރަން އިން އަހަރެން ހުރީ އުފަލުންނެވެ. ވާނީވެސް އެހެން ނޫންހެއްޔެވެ؟ އެއީ އަހަރެންގެ ބައްޕައެވެ. ލޭގެ ގުޅުމެއް ނެތަސް އެއީ ހަމަ އަހަރެންގެ ބައްޕައެވެ. އެވަގުތު އަހަރެންގެ ސިކުނޑި އަހަރެންގެ ލޯމަތީގައި ހުޅުވާލީ އަހަރެންގެ މާޒީގެ ފޮތެވެ.

އެއީ މީގެ 20 އަހަރު ކުރިއެވެ. އެއީ އަހަރެންގެ ހަޔާތަށް އައި އެންމެ ހިތާމަވެރި ރެޔެވެ. އެންމެ ކުޑަދުވަހުން ފެށިގެން 8 އަހަރުވީ އިރުވެސް އަހަރެން ހުރީ އުފަލަކު ނޫނެވެ. ނަމަވެސް އެއީ ހިތާމައިގެ ސުނާމީއެއް އަހަރެންގެ ދިރިއުޅުމަށް އެޅި ދުވަހެކެވެ. އަހަރެންނަކީ އަހަރެންގެ މަންމައާއި ބައްޕަގެ ހުރި ހަމައެކަނި ދަރިފުޅެވެ. ނަމަވެސް އަހަރެންނަށް މަންމައެއްގެ އަދި ބައްޕައެއްގެވެސް ލޯއިތްބެއް ލިބިފައެއްނެތެވެ. ކީއްވެގެން ކަމެއް ނޭނގެއެވެ.

އޭރު އަހަރެންގެ އުމުރުން 5 އަހަރެވެ. އެއީ އެ އަހަރުގައިވެސް ހިނގިި އެންމެ ބޮޑު ކޭސްއެވެ. އާއެކެވެ. “ފެމިލީ ސުއިސައިޑް” އެކެވެ. އަހަރެންގެ މަންމައާއި ބައްޕަ ނިޔާވިއެވެ. ނަަމަވެސް އަހަރެންގެ ފުރާނަ ސަލާމަތްވިއެވެ. އެ ހާދިސާއަށް ފަހު އަހަރެން ހުރީ ސައިކޭޓްރީ ވޯރޑް އެއްގައި އެޑްމިޓް ކުރެވިފައެވެ. އަހަރެންނަށް އެ ބައްޕަ ލިބުނީ އެހެން އުޅުމުގެ ތެރެއިންނެވެ. އޭރު ބަައްޕައަކީ އިންޓާރްންއެކެވެ. ވަޒީފާ ހަމަ ޖެހުމުން، އަހަރެން އެޑޮޕްޓް ކުރީއެވެ.

އަހަރެން ހިނިތުންވެލީމެވެ. އަހަރެންގެ ހިނިތުންވުން ފެނި ބައްޕަވެސް ހީލިއެވެ. އަހަރެން ޑޮކްޓަރަކަށްވެ ނެފްރޯލޮޖީ ކިޔެވި ސަބަބަކީވެސް އެއީއެވެ. ދުނިޔެއަށް އަހަރެން އުފަންކުރި މައިންބަފައިންގެ ފަރާތުން ނުލިބުނު ލޯބި އަހަރެންނަށް ލިބުނީ ޑޮކްޓަރެއްގެ ފަރާތުންނެވެ.

(ނިމުނީ)

Comments (4)

  1. Anonymous

    Really nice, I thought he was her husband 😌

    1. shihaamaa ali
      Anonymous

      hehe jazaakallah khairan

  2. Your fav bab

    Very beautiful!!!!
    I thought name kiyaalafa yageeeney they r gonna marry or something
    Hhehehhehehhehehe……
    You’re stories r the best!!!!!!

    1. shihaamaa ali
      Your fav bab

      haha
      awwn jazaakallah khairan happy to hear that

Comments are closed.