Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީއުފެއްދުންތެރި ލިޔުން

ހެޔޮހިތުން މަންމައަށް

Shaleen Level 1010 Stories100 Comments100 Login500 Login100 Stories500 Comments
December 21, 2024 2 Mins Read
20 Comments

މަންމާއެވެ! މިދުނިޔޭގައި އަހަންނަށް ލިބުނު އެންމެ އަގު ބޮޑު މުތަކީ ތިއީއެވެ. ތިއީ އަހަރެންގެ މުއްސަނދިކަމެވެ. ފައިސާ ނެތަސް، މަންމަގެ ނަސޭހަތުން އަހަރެންގެ ދިރިއުޅުން ތަނަވަހެވެ. އެއީ ތިޔަ މުތުން އަހަންނަށް ލިބުނު އަގުހުރި ފިލާވަޅު ތަކުންނެވެ. އެކަމަށްޓަކާ އަހަރެން ﷲ އަށް ޝުކުރުވެރިވަމެވެ.
ަ
މަންމާއެވެ! ތިއީ މިދުނިޔެއިން އަހަންނާ ބައްދަލުވެ ވާހަކަ ދެއްކުނު އެންމެ ވަރުގަދަ ޝަހުސިއްޔަތެވެ. ތިޔަފަދަ ދެވަނައެއް އަހަރެންގެ މި ދެލޮލުން އަދާ ހަމައަށްވެސް ނުދެކެމެވެ. އެތައް މިލިޔަން މަންމައިންގެ ތެރެއިން ހަމަ އެކަނި ތިމަންމަ އެހާ ރީތި މަގާމެއްގައި ވީތީ، އެކަމަށްޓަކައި އަހަރެން ﷲ އަށް ޝުކުރުވެރިވަމެވެ.

މަންމާއެވެ! ތިއީ އޯގާތެރިކަމުގެ އިންތިހާއެވެ. އަހަރެންގެ ގަދަފަދަ ހާލަތުގައެވެ. އަދި ހާއްސަކޮށް އަހަރެން ބަލިވެއްޖެ ހިނދެއްގައި މެއެވެ. ތިޔަ އަތުގެ ފިރުމުންތަކުން އަހަރެންގެ ވަރުގަދަ ބައްޔަށް ލިބިދެނީ އަވަސް ޝިފާއެވެ. ތިޔަ އޯގާތެރި ކަމުގެ ހެއްކަކީ މަންމަގެ ގައިގައި އަނިޔާވެރިކަން ނެތުމެވެ. ހަމަ ތެދެކެވެ. އަނިޔާއެއް ލިބުނު ހަނދާނެއް އަނިޔާއެއް ދިން ހަނދާނެއް އަހަރެންގެ ސިކުނޑިއަކު ނެތެވެ. އެއީ އަހަންނާ މަންމަގެ ނަސީބެވެ. އެކަމަށްޓަކާ އަހަރެން ﷲ އަށް ޝުކުރުވެރިވަމެވެ.

މަންމާއެވެ! ތިއީ ކެތްތެރި ކަމުގެ ނަމޫނާއެކެވެ. އަހަރެން ޅަޢުމުރުގެ ހަލަބޮލިކަމުން މަންމަ ލަދުގަންނަން ޖެހުނެވެ. އެންމެ ދުވަހަކު ނޫނެވެ. އަހަރެންގެ އުމުރުން ބާރަ، ތޭރަ އަހަރު ފުރުމާ ހަމައަށެވެ. ނޫނީ އެއަށްވުރެވެސް ގިނައިންނެވެ. އެއީ އޭރު އަހަރެންގެ ވިސްނުމެއް ނެތް ޅަ ސިކުނޑީގެ މާޒީއެވެ. އެދުވަސްތަކުގައި މަންމަ ކިހާވަރަކަށް ރޯނެހެއްޔެވެ؟ އަހަންނަށް އިހްސާސްވެސް ނުވެއެވެ. ހަމައެކަނި އަހަންނަށްޓަކާ އޭރު އުފުލީ ކިހާ ހިތްދަތި، ހިތްހަމަ ނުޖެހުނު ދުވަސްތަކެއްކަން އަހަންނަކަށް ނޭނގެއެވެ. އެކަމަކު މިއަދާ ހަމައަށްވެސް މަންމަ އަހަންނާ ދޭތެރޭ އެކަމާ އެއްވެސް ޝަކުވާއެއް ނުކުރެއެވެ. އެހެނަސް އަހަންނަށް މިއަދު އަހަރެންގެ ދިރިއުޅުމުން އެފަދަ އެތައް އެތައް ކަމެއް ފެނެއެވެ. އަހަރެން ތިޔަ މަންމަހާ ކެތްތެރި އެއް ނޫނެވެ. އޭރުގެ އުދާސްތަކަށް މަންމަ އަހަންނަށް މާފްކުރާށެވެ. ތިއީ އަހަންނަށް ފެނުނު ވަރަށް ކެތްތެރި މަންމައެކެވެ. އެކަމަށްޓަކާ އަހަރެން ﷲ އަށް ޝުކުރުވެރިވަމެވެ.

މަންމާއެވެ! ތިއީ ހިތްވަރުގަދަ ހިކްމަތްތެރި މަންމައެކެވެ. އަހަރުމެންގެ ދިރިއުޅުމުގައި ދިމާވާ ކޮންމެ ކަމެއްގައި މަންމަ އެހާ ހިތްވަރު ގަދައެވެ. އެފަދަ ވަގުތު ތަކުގައި އަހަރުމެންނަށް ދެނީ ހިކްމަތްތެރި ނަސޭހަތާއި އަގުހުރި ފިލާވަޅުތަކެވެ. މަންމަގެ ހެޔޮ ވިސްނޭ ބުއްދިއަކީ މަތިވެރި ނިޢުމަތެކެވެ. އެކަމަށްޓަކާ އަހަރެން ﷲ އަށް ޝުކުރުވެރިވަމެވެ.

މަންމާއެވެ! ތިއީ ޚިދުމަތްތެރިއެކެވެ. ނިކަމެތި ބަލިކަށި ހާލުގައިވެސް އަހަރެން އުފަން ކުރުމުގައި މުޅި ހަށިގަނޑުގައި ބުނަން ނޭނގޭހާ ވޭން އެޅިއެއް ނޫންހެއްޔެވެ؟ އެއަށްފަހު އަހަންނަށްޓަކާ ޖާނާ މާލުން ގުރުބާންވީ ކަމާމެދު އަހަރެން ޝައްކެއް ނުކުރަމެވެ. އެއީ ހަގީގަތެވެ. އެފަދަ އެތައް ގޮތަކުން އަހަރެންގެ ހައްގުގައި ހިދުމަތް ކުރީމުއެވެ. އަހަންނަށް ތިޔަ ޚިދުމަތުގެ އަގު އަދާ ކުރެވޭނެހެއްޔެވެ؟ އުޅެ އުޅެވެސް އަހަންނަށް އެކަމެއް ނުވެއެވެ. އެހެނަސް، އަހަރެން މަންމަގެ ޚިދުމަތުގެ އަގު ވަޒަން ކުރާނަމެވެ. މިފަދަ ލިޔުމަކުން ނޫނެވެ. ބުނެލާ ބަހަކުންވެސް ނޫނެވެ. އަހަރެންގެ ތާއަބަދުގެ ދުޢާ ގައެވެ. އަދިވެސް މަންމަގެ ޚިދުމަތްތައް ހުސްނުވެއެވެ. ތިއީ ކިހާ ބޮޑު ނިޢުމަތެއް ހެއްޔެވެ؟ އެކަމަށްޓަކާ އަހަރެން ﷲ އަށް ޝުކުރުވެރިވަމެވެ.

މަންމާއެވެ! މަންމަ ގާތު ބުނަން އޮތީ މިކަހަލަ ދެތިން ލަފުޒެއް ނޫނެވެ. އެތައް ބައިވަރު ރަން ހާރުތަކެއް އަހަންނަށް އަމުނާލެވިދާނެއެވެ. އެހެނަސް ކޮންމެ ދުވަހަކު ލިޔެގެންވެސް މަންމަގެ އަގުވަޒަންކޮށް ނިމޭނެ ބާއެވެ؟ މަންމަ އަހަންނަށް ފަންސުރު ތުނޑުން ލިޔަން ދަސްކޮށްދިން މިއަކުރުތައް މިހާރު އަހަރެން މިފަވާލަނީ ފޯނުގެ އެހީގައި އަހަރެންގެ އިނގިލި ކޮޅުންނެވެ. ލިޔަން ކިޔަން ދަސްވުމުގެ ނަސީބު މިއަދު ލިބުމުން އުފާވެއެވެ. މިއީވެސް އެކަމުގެ ހެއްކެކެވެ. އަދިވެސް ލިޔެލަމެވެ. މަންމަގެ ލޯބި އަހަންނަށް ލިބުނީ އަހަރެން ދުނިޔެއަށް އައުމުގެ ކުރިންނެވެ. އަހަރެންގެ ލޯބި މަންމައަށްޓަކާ އަހަރެންގެ ފަހު ވަގުތާ ހަމައަށް އިރާދަކުރެއްވިއްޔާ ދެމި ހުންނާނެއެވެ.

މަންމާއެވެ! މަންމައަށް ޚިދުމަތްކުރަން އަހަންނަށް ލިބުމަކީ ކިހާ ބޮޑު ނަސީބެއްކަން އަހަންނަށް ވިސްނެއެވެ. ހާއްސަކޮށް މަންމަގެ ބަލި ހާލުގައެވެ. އަދި މަންމަގެ މުސްކުޅި ހާލުގައެވެ. އަހަރެންގެ އަތުން މަންމައަށް ޚިދުމަތް ކުރުމުގައި ދެމި ހުރެވޭތޯ ބަލާނަމެވެ. މަންމަގެ އާދޭސްތަކާ ޝަކުވާތަކާ ހިތުގެ އެދުންތައް އެންމެ ރަނގަޅަށް ފުއްދައި ދެވޭތޯ ބަލާނަމެވެ. މަންމަތީ އަބަދުވެސް އަހަރެންގެ ނަސީބެވެ. އެކަމަށްޓަކާ އަހަރެން ﷲ އަށް ޝުކުރުވެރިވަމެވެ. އަދިވެސް މަންމައަށް އެކަލާނގެ ދެއްވި އެންމެހާ ނިޢުމަތް ތަކަށް ﷲ އަށް ޝުކުރުވެރިވަމެވެ.

– މަންމަދެކެ ލޯބިވާ، މަންމަގެ ދަރިފުޅު –

Share Article

Follow Me Written By

Shaleen

Level 1010 Stories100 Comments100 Login500 Login100 Stories500 Comments

Other Articles

Previous

ގަނޑުވަރު ތެރެއިން ދެ ހިތެއްގެ ނިމުން… 1

Next

ފެނުގެ ކުލައިގައި ފިލައި ދިޔަ ހުވަފެން

Next
December 21, 2024

ފެނުގެ ކުލައިގައި ފިލައި ދިޔަ ހުވަފެން

Previews
December 21, 2024

ގަނޑުވަރު ތެރެއިން ދެ ހިތެއްގެ ނިމުން… 1

20 Comments!

  1. Your fav bab says:
    December 21, 2024 at 3:17 pm

    Awnnn……So lovely
    Shaleen haadha molhey!!!! Maasha Allah

    1. Shaleen says:
      December 21, 2024 at 4:58 pm

      Thanks dear.
      V ufaavejje
      Luv you

  2. Iloo says:
    December 21, 2024 at 5:49 pm

    Masha Allah 🥹😍

    1. Anonymous says:
      December 21, 2024 at 6:55 pm

      ❤️❤️❤️

    2. Shaleen says:
      December 21, 2024 at 6:56 pm

      Thanks 👍

    3. Shaleen says:
      December 21, 2024 at 6:56 pm

      Thanks dear

  3. Your fav bab says:
    December 21, 2024 at 6:42 pm

    I’m planning to up a new story very soon!!!!!!
    So will you guys comment on my story????

    1. Shaleen says:
      December 21, 2024 at 6:58 pm

      V rangalhu kamei avahah up kollaa.
      Shaleen men kiyaanan. Dhen comment ves kuraanan. Ehenveema buneba author name

  4. Maahaa Hussain says:
    December 21, 2024 at 6:49 pm

    Very nice

  5. Your fav bab says:
    December 21, 2024 at 7:19 pm

    Oooo….
    Curious Vejje dhw????
    Author name akeee…..
    Maahaa Hussain
    Hehehehhe….

    1. Shaleen says:
      December 21, 2024 at 9:15 pm

      Curious vaanu…
      Maahaa Hussain 👍
      Good
      Waiting GA…..

  6. Your fav bab says:
    December 21, 2024 at 7:25 pm

    so I have a prob.
    i can’t see nor leave a comment after I logged.

    1. Shaleen says:
      December 21, 2024 at 9:16 pm

      Koba kon irakun vhk kiyaalan libeynee…

  7. Maahaa Hussain says:
    December 21, 2024 at 7:35 pm

    Hi

  8. Repunzil says:
    December 21, 2024 at 9:51 pm

    ❤️❤️❤️❤️❤️❤️❤️😍

    1. Shaleen says:
      December 21, 2024 at 10:54 pm

      ❤️💯

  9. Your fav bab says:
    December 21, 2024 at 10:05 pm

    Review akah dheefin

    1. Shaleen says:
      December 21, 2024 at 10:55 pm

      👍♥️👍

  10. Your fav bab says:
    December 22, 2024 at 7:43 pm

    So I did!!!

  11. cutie girl says:
    January 26, 2025 at 12:07 am

    maasha allah haadha molhey
    new story eh koniraku kiyaalan libeyni
    keep it up

Comments are closed.



All Right Reserved!