Skip to content
އެސްފިޔަ

އާ ދިރިއުޅުމެއްގެ ފެށުން 1

ބިއްލޫރި އެއް ފަދައިން ވިދަމުން ދިޔަ ކަޑު ކަފަމުން އާރޓީއެލް މިސްރާބްޖެހީ ރަށާއި ދިމާލަށެވެ. ހިއްގައިމު ކުދި ފަޅުރަށް ތަށް ފެންނަމުން ދިޔައެވެ. އަހަންނަށް އިދެވުނީ އާޝޯހު ވެފައެވެ. އިރު އިރު ކޮޅާ ފޮޓޯ ނަގާލެވެއެވެ.
ތިރީސް މިނިޓްގެ ދުވެއްޔަށްފަހު ލާންޗް ބަދަރާއި ކައިރި ކޮށްލައިފިއެވެ. ފަޅުވެރިންގެ އެހީއާއިއެކު އަހަރެން ލާންޗްއިން ފޭބިއެވެ. އަހަރެންގެ އިސްތިގުބާލުގައި އާއިލާ އެތަށް ބަޔަކު ބަދަރުގައި ތިއްބެވެ. އެހެން ނުވާންވީވެސް ކީއްވެ ހެއްޔެވެ؟ ޔޫއެސްއޭ ގައި ފަސްއަހަރު ޑޮކްޓަރީ ކަން ކިޔެވުމަށްފަހު މޮޅުވަނައަކުން ފާސްވެގެން ރަށަށް ހިދުމަތްކުރުމަށް އައުމުން އެންމެންވެސް ތިބީ ވަރަށް އުފާވެފައެވެ. އާއިލާ މީޙުން އެކީ އެތަށް އިރަކު އުޅުމަށްފަހު އަހަންނަށް ގެޔަށް ދެވުނުއިރު ރޭގަޑު ދިހައެއްޖަހަނީއެވެ.
ސޫޓްކޭސްތަށް ދެވަނަ ފަންގިފިލާއަށް ލައި ދިނުމަށްފަހު ދޮންބެ ދިއުމުން އަހަރެން އެޕާޓްމެންޓްއަށް ނަޒަރެއް ހިންގާލީމެވެ. ފޭންސީކޮށް ހަދާލެވިފައިވާ 02 ރޫމްގެ އެޕާޓްމެންޓްގައި ކުޑަ ބަދިގެޔެއް އަދި ސިޓިންރޫމް އެއް ލެވިފައިވެއެވެ. ހުރިހާ ފަރުނީޗާރ އެއް ވަނީ ބުރައުން ކުލައިންނެވެ. ހިންހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލަން އުޅުން ގަޑީ ނޭވާ ތާށިވީ އަހަރެންގެ ކޮޓަރިއާއި ޖެހިގެން ހުރި ކޮޓަރިން ފިރހެނެށް ނުކުތުމުންނެވެ. ފުރަމައިނުންވެސް ލޮލުގައި އަޅައިގަތީ ގޮޅި ގޮޅިއަށް ނެގިފައިވާ އޭނަގެ ޕެކްސްތަކެވެ.
“ހާއި..މައި ނޭމްއިޒް..ޒެއިން.. ވަޓްއެބައުޓް..ޔޫ” އަހަރެން ދިޔައީ ސިއްސައިގެންނެވެ. ކުށެއްކުރެވުނު މީހެއް ފަދައިން އަހަރެން މޫނުގައި އަތްއަޅައިން ދުވެފައި ކޮޓަރިއަށް ވަނީމެވެ.
ދަންވަރު ދޭއް ޖަހަނީއެވެ. އަހަރެންނަށް ހޭލެވުނީ ބިރުވެރި ހުވަފެނެއް ފެނިގެންނެވެ. ފެންކޮޅެއް ބޮއެލުމަށްފަހު ނިދޭތޯ ކުރިމަސައްކަތް ވީ ބޭކާރެވެ. އެހެންކަމުން އަހަރެން ތެދުވެގެން ސިޓިންރޫމްއަށް ދިޔައީމެވެ. ޒެއިން އެސްއެފް ޔުނީފޯމް ލައިގެން ހުރެ އެއްޗެއް ކައްކަން ބަދިގޭގައި އުޅޭތަން ފެނުމުން އަހަރެންގެ މުޅި ބަޑުގައި ކޮކާތަށް އުދުހުނުފަދަ އިހުސާސެއްކުރެވުނެވެ. މިފަހަރު ވާހަކަ ދައްކަން އަހަރެން ބޭނުންވިއެވެ.
“ހެލޯ.. މައި..ނޭމް އިޒް އަޒުކާ” އެހެން ބުނެލުމާއެކު އޭނާ ސިއްސައިގެން ދިޔަތަން ފެނިފައި އަހަންނަ ހިނިގަޑު ކޮންޓްރޯލް ނުކުރެވި ފަޅައިގެންދިޔައެވެ.
“ޔާ .. ކީއްވެ މިރޭ މާ ބާރަށް ކޮޓަރިއަށް ދުވެފަވަނީ” އަހަރެން މިރޭ ފުރަތަމަ ޒެއިން އާއި ދިމާވި ގަޑީ އުޅުން ގޮތުން ޒެއިން ސުވާލުކުރިއެވެ. ވަރުބަލި ވެފައިވާލެއް ބޮޑުކަމުންކަމަށް ބުނެ އަހަރެން އެވާހަކަ ހަމަޖައްސާލީމެވެ.
“ވެލް ވެއާ އަޔޫ ފުރޮމް؟ އެންޑްކީއްވެ އެސް.އެފް ޔުނީ އަޅައިން މިހާ ދަންވަރު ގަޑީ ތިއުޅެނީ؟” ވަގުތުގެ ބޭނުން ހިފާލައިން އަހަރެން އެއްފަހަރާ ހުރިހާ ސުވާލެއް ކޮށްލީމެވެ. ޒެއިން އަހަންނަށް ހިނިތުން ވުމެށް ހަދިޔާކޮށްލުމަށްފަހު ދެ ތަށްޓަށް ޕިންކް ރަމެން އަޅައިލިއެވެ. “އަޅުގަނޑު ވަރަށް ފޫހި ވޭ އެކަނި ކާން އިންނަން ސޯ ވިލްޔޫ ޖޮއިން މީ؟.” ޒެއިން ގެ ހިނިތުން ވުމުގައި ވަނީ ދަގައްޕާން ބާރު ކަހަލަ ބަރެކެވެ. ބަލާ ފޫހި ނުވާކަހަލަ ރީތި ހިނިތުން ވުމެވެކެވެ. އަހަރެން އެ ދައުމަތަށް އެއްބަސްވެ ސޯފާގައި ޖައްސާލީމެވެ.
އެކި އެކި ވާހަކަ ތަކުގައި ތިއްބާ ފަތިސްނަމާދަށް ބަންގި ގޮވައިފިއެވެ. އަހަރެން ނަމާދުކުރުމަށް ކޮޓަރިއަށް ދިޔައީމެވެ.
ނަމާދުކުރުމަށްފަހު އަހަރެން ފޯން ހުޅުވައިލީ މެސެންޖާ ކޮލެޖް ގާލްސް ގުރޫޕް ބަލައިލުމަށެވެ.ރާއްޖެއަށް ދިއުމަށްފަހު އައިހާ މެން މަތިން ހަދާން ނައްތާލީކަމަށް ބުނެ ގުރޫޕް ގައި ޝަކުވާ ކޮށްފައި ދެ މީހަކުވެއެވެ.   (ނޫނިމޭ)….


މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (4)

  1. Your fav bab

    This story is So interesting
    keep it up
    can’t wait for the next part
    It’s so lovely!!!!!!!!!

    1. Tuleep
      Your fav bab

      Aw thank you so much ❤️🥹

  2. Meow 😸

    Ehaa bodakah adhi vaanuvaa eh neygunu

    Kihineh tha e v

    Mibuny e anhen kuhja bappa e kuhja dhiriulhey apartment ah gena thanaa ehn kuhjaku kotarin nukuthiyyey??

    1. Tuleep
      Meow 😸

      Bappa eh noon its dhombe read another part 😘

Comments are closed.