Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އުފެއްދުންތެރި ލިޔުން

ޝަލީން 24

Shaleen Level 1010 Stories100 Comments100 Login500 Login100 Stories500 Comments
November 27, 2024 4 Mins Read
12 Comments

ޗާލްސް އަހަންނަށް ދިން ފޮތް އަހަރެން ލައްޕާލީމެވެ. އަހަންނަށް ޔަގީންވާ ކަމަކީ ކޮންމެސް އިރަކުން ޗާލްސް އަހަންނާ ކުރިމަތިލާނެކަމެވެ. ފަރުހާންއެކޭ އެއްގޮތަށް ޗާލްސްއަކީވެސް ވަރަށް އަހްލާޤް ރަނގަޅު އޯގާތެރި ދެކުދިންނެވެ. އެހެނަސް އަހަންނަށް މިނޫންގޮތަކަށް ނެތެވެ. މީކާލްއަށް މުއްދަތު ޖަހާފައި އެމުއްދަތުގެ ތެރޭގައި އަހަރެން ބޭވަފާތެރި ވެއްޖެނަމަ އަހަރެންގެ އެއްވެސް އިހްލާސްތެރިކަމެއް ނޯންނާނެއެވެ. އެއީ އަހަރެން ވިސްނާގޮތެވެ.

ދުވަސްތައް ވޭތުވަމުން ގޮސް ޖީ.ސީ.އީ އޯލެވެލް އެގްޒާމް ނިމުނު ދުވަހެވެ. އެންމެ ފަހު ޓެސްޓު ނިންމާލުމަށް ފަހު އަހަރެން އިނީ ލިޔަން ފަށާފައިވާ ވާހަކަ އިތުރައް ކުރިޔަށް ގެންދާށެވެ. ދުވަސް ދުވަސް ކޮޅުން ލިޔަމުން ދިޔަ އެވާހަކަ ވަނީ މެދާ ހަމައަށް ލިޔެވިފައެވެ. ވާހަކަ ލިޔުމަކީ އަހަރެން ވަރަށް ޝައުގުވެރިވާ ކަމަކަށް ވިޔަސް އެއީ އަހަންނަށް އެއްވެސް އުންމީދެއް ނެތް ހުނަރެކޭ ހިތަށް އަރައެވެ. އެހެނަސް އަހަރެންގެ ލިޔުންތެރިކަން ތަރައްގީ ކުރުމަށް އަބަދުވެސް އަހަރެން މަސައްކަތް ކުރަނީ ދިވެހި ބަހަށް ހުންނަ ލޯތްބެއްގެ ބޮޑު ކަމުންނެވެ.

ކުއްލިޔަކަށް އަހަންނަށް އިވުނީ ބޭރުން މީހަކު ފުއްޓަކި ޖަހާލި އަޑެވެ. އެއަޑަށް އަހަރެން ބަލައިލީމެވެ. އެއީ އަހަންނަށް ބިރުވެރި ސިގްނަލެކެވެ. ޒަމާންތަކަކަށް ފަހު، ނޫނީ ދޭތެރެ ދޭތެރެއިންވެސް އެއަޑު އިވުމުން އަހަރެން ބިރުގަނެއެވެ.

އަހަރެން ދޮރާދިމާ ބޭރު ބަލައިލީމެވެ. އޭރު އެމީހާ އަހަންނާ ދިމާލަށް ބަލަންހުރެ ދެތިންފަހަރު ފުއްޓަކި ޖަހާލިއެވެ. އޭނާގެ ތުންފަތުގައި ވަނީ ނުބައި ހިނިތުންވުމެކެވެ. އަހަރެންގެ ޅަ ސިކުނޑިއަށް އެކަން ނަގައި ގަނެވުމާއެކު އަހަރެން އަރައިން އިން ފައިވާނުގެ އެއްކިބަ އަހަރެންގެ އަތަށް ހެޔޮވަރުކުރަމުން އަތް މަޅާލީމެވެ. އެމީހާއާ ދިމާލަށް ފައިވާން އެއްލަން އަހަރެން ބޭނުންވީ ވަގުތުން އެމީހާ އެތަނުން ފޮނުވާލުމުގެ ބޭނުމުގައެވެ.

އަހަރެން އަތް މަޅާލަން ހަރަކާތް ކޮށްލި ވަގުތު ކުއްލިއެއް ޖަހާލުމަށްފަހު އެމީހާ ދުއްވައިގަތެވެ. އަހަރެން ގައިތަ އައީ އަމަށަކު ހިންޏެއްނޫނެވެ. އެވަރުން އަދި  އެމީހާ ކޮބައިތޯ ބަލަން އަހަރެން މާބޮޑަށް ޝައުގުވެރި ވިއެވެ. އެހެންވެ އަހަރެން ދޮރު ކައިރިޔަށް ގޮސް ބޭރު ބަލަން ހުއްޓިލީ މަރިއްތަ ގެންގުޅޭ އިލޮށިފަތި ހިފައިންނެވެ.

މަގުގެ އެއްފަޅީގައި މާދުރުން އެމީހާ މަޑުކޮށްލައިން ހުއްޓެވެ. އަހަރެންގެ އަތުން އުފުލާލާފައިވާ އިލޮށިފަތި ހިފައިން ހުރެ ކޮންމެސް ވަރަކަށް ގެއިން ބޭރަށް ނުކުމެލީ އެމީހާގެ މިސްރާބާ ދިމާލަށް ދިއުމަށެވެ. އަހަންނަށް ކުރިޔަށް އެޅުނީ ބަރާބަރު ދެފިޔަވަޅެވެ. ރޮކެޓެއްގެ ބާރު މިނުގައި ނޫންކަމެއްވެސް ނޭނގެއެވެ. އިސާހިތަކު ވީނުނީތަނެއް ނޭނގި އެމީހާ ގެއްލި ނިމިއްޖެއެވެ.

އަހަންނަށް ކޮންކަމެއް ހެއްޔެވެ؟ އަހަރެން މިއުޅުނީ ކޮންމެހެން އެމީހާގެ ގައިގާ ޖަހާކަށްވެސް ނޫންވިއްޔާއެވެ. އަންހެން ކުދިން ޝިކާރަ ކުރަން ފެން ބޮވައިގެންފައިވާ ބައެއް ވަލު ޖަނަވާރުންގެ ހާލަކީ މީއެވެ. ނަމުގައި ކުރާހިތުން އުޅުނީ ޝިކާރައެވެ. ކަން ނިމުނުއިރު ބޮމަކަށް ވުރެ އަވަހަށް ގޮވައިފިއެވެ.

“އޭތް އޭތް! އިލޮށިފަތި ހިފައިން ކީއްކުރަނީ؟” ޖެހިގެން ހުރިގޭ ސަބީހާ އަހަންނާ ދިމާލަށް ބުނެލި އަޑަށް އަހަރެން ފަސްއެނބުރި ބަލައިލީމެވެ.

“ގެއަށް ވަންނަން އުޅުނު ބުޅަލެއް ފައްސާލީ.” ދޮގު ހަދަމުން އަހަރެން ގެއަށް ވަނީ ސަބީހާ އާއިއެކު އިތުރަށް އަނގަ ނުތަޅާންވެގެންނެވެ.

“ހަލޯ” ރިންގ ވަމުން ދިޔަ ފޯނު ނަގާ ކަންފަތުގައި ޖައްސާލަމުން އަހަރެން ބުނީމެވެ.

“މަންމައޭ… ދަރިފުޅު ޖީ.ސީ.އީ ނިމުނީދޯ؟ މަރިއްތަ ކައިރި ބުނިން ފޯނެއް ގަނެދޭށޭ.. ދެން ބުނި އިޝާނީ އާއެކީ ފޯނެއް ގަންނަން ޝަލީން ފޮނުވާނަމޭ.” މަންމަ ބުނެލި ވާހަކައިން އަހަރެން އުފަލުން ފޮޅުނެވެ.

“އަޅޭ… ހަމަ އަސްލުވެސްތަ؟” އަހަރެން އުފަލުން ބުނީމެވެ.

ހިތްހަމަ ޖެހުމާއެކު އެތައް ވާހަކައެއް ދެއްކުމަށްފަހު އަހަރެން ފޯނު ބޭއްވީމެވެ. އިޝާނީ އާއެކީ ފިހާރައަށް ދެވޭނެ ކަމުގެ އިންތިޒާރުގައި ވަގުތުތައް ގުނަމުންނެވެ.

ހަވީރުގެ ވަގުތެވެ. އިޝާނީ އައިސް ގެއަށް ވަނީ އަހަރެން ހަމަ އެމޭޒު ކައިރި އިންދައެވެ. އިޝާނީ އެއައީ ޑިއުޓީއަށް ގޮސްފައިކަން އަހަންނަށް އެނގުނީ ކަރުގައި ފާސް އަޅާފައި އޮތުމުންނެވެ. ވަރުބަލިވެފައި ހުރި އިޝާނީ އައިގޮތަށް ފުރަތަމަވެސް އިށީނީ އަހަރެން ކައިރި އިން ގޮނޑީގައެވެ.

“އަން… މިއޮތީ ހަދިޔާއެއް..” ޑިއުޓީން އައިއިރު ގެނައި ކޮތަޅު ދިއްކޮށްލަމުން އިޝާނީ ބުނެލިއެވެ.

“މި…މިކޯއްޗެއް؟” ކޮތަޅުން ކުޑަ ފޮއްޓެއް ނަގަމުން އަހަރެން ބުނެލީމެވެ.

“ވާވް… މަގޭ ފޯނުތަ؟ އަޅޭ… މަންމަ މިއަދު ތަންކޮޅެއް ކުރިން ގުޅާފަ ބުނި… އެކަމު އަހަރެން ހީކުރީ މިރޭކަމަށް ގަންނަން ދާނީ. އެކަމު އަސްލު މިގޮތް މާރަނގަޅު… މާއަވަހަށް ލިބިއްޖެއެއްނު.” އަހަރެންގެ ހުރިހާ ދަތެއް ކަހަލަގޮތަކަށް ދައްކާލަމުން އުފަލާއެކު ބުނެލީމެވެ.

“ޝަލީން މަންމަ ތިން ދުވަސްކުރިން މަރިއްތަ ގާތު ބުނެފަ އޮތީ… ދެން އަހަރެން ރޭ ނައިޓް ޑިއުޓީއަށް ދަމުން ގަނެގެން ގޮސްފަ ޗާރޖްކޮށް ސެޓިންގސް ހަދާފަ ތިއޮތީ… މިހާރުވެސް ހަމަ ގުޅަންވީ.. ގުޅާބާ އަހަރެންގެ ނަމްބަރަށް.” އިޝާނީ ކިޔައިދިނެވެ.

“އަޅެ ތޭންކްސް ވަރަށް ބޮޑަށް.” އަހަރެން އިޝާނީއަށް ޝުކުރު އަދާކުރުމަށްފަހު ފޯނާ ކުޅެން ފެށީމެވެ. އޭރު އިޝާނީ ސިޑިން މައްޗަށް އަރަމުން ދިޔައެވެ.

“ޝަލީން.. ފޯނު ލިބުނީދޯ؟ މަރިއްތަ މިއަންނަނީ މިތާ ކައިރި ފިހާރައަކަށް ގޮސްލާފަ. އީނާޝް އޮތީ ނިދާފަ އިނގޭ.. ބަލާލައްޗެ.” މަރިއްތަ އާއެކު އަހްމަދުބެވެސް ގަމީހުގެ ގޮށްތައް އަޅުވަމުން ހުރެ ނުކުތެވެ.

އަހަންނަށް މުޅި ގޭތެރެ ހިތަކަށް ލިބުނު ކަހަލައެވެ. އެންމެ ފުރަތަމަވެސް އަހަރެން ގުޅާލީ ވިސާމާއަށެވެ. އަހަންނަށް ފޯނު ލިބުނު ވާހަކަ އަހަރެން ބުނީ ނުހަނު އުފަލުންނެވެ. އެޔާއެކު ވިސާމާވެސް އަހަންނަށް މަލާމާތުގެ ރޭހުގައި އެކިއެކި ވާހަކަ ބުނަމުން ދިޔައެވެ.

“ދެން އަވަހަށް ގުޅަން އުޅޭ މީކާލްއަށް.” ވިސާމާ ވަރަށް ހިނިއައިސްފައި ބުނެލިއެވެ.

“ސާބަސް… އެންމެ ކުރިން މިބުނީ ވިސާ ކައިރިދޯ؟ މީކާލްއަށް ވުރެ ކުރިން ރައްޓެހިކަން އޮތީ ވިސާއާތާ… އެހެންވެގެން.” އަހަރެން ވެފައިވާ އުފާ ބަޔާން ކޮށްދެމުން ބުނެލީމެވެ.

“އާނ ދެން މަށަށް މީކާލްގެ މެސެޖް އައުމާ ރިޕްލައި ކުރުން ހުއްޓުނީތާ ތިވީގޮތުން.. އަހަރެންގެ ވަޒީފާ ނިމުނީ.. ދެން ނޭނގެ ޝަލީން އަހަރެން މަތިން ހަނދާން ވާނެ ކަމެއްވެސް.” ވިސާމާ ބުނެލިއެވެ.

“އުހުމމމ… އަހަންނަށް ފޯނު ލިބުމަކީ ވިސާމަތިން ހަނދާން ނެތެންވީ ކަމެއް ނޫނެއްނު. ގުޅާނަން… މެސެޖްވެސް ކުރާނަން. ތިވަރުކަމެއް ކޮށްދިން މީހެއްމަތިން ކިހިނެއް ހަނދާން ނެތޭނީ.؟” އަހަރެން ބުނެލީ ހަގީގަތުގައިވެސް އަހަންނަށް ވިސާމާ ހާއްސާކަން އެންގުމުގެ ގޮތުންނެވެ.

އިރުކޮޅަކު ވާހަކަދައްކަން ތިބުމަށްފަހު އަހަރެން ފޯނު ކަނޑާލީ، ލިބިފައިވާ ވަގުތުގައި މީކާލް ދިން ނަމްބަރަށް ގުޅާލުމަށެވެ. ތެޅިތެޅި އޮތް ހިތަކާއެކު އަހަރެން ފޯނުގެ ކީޕެޑްގައިވާ ފިއްތަކުކުގައި އިނގިލި ހާކާލީމެވެ. ގުޅާނީތޯ ނޫނީ ނުގުޅާނީތޯ ހިތަށް އަރައަރާ އަހަރެން އިރުކޮޅަކު އިނީ ވާނެގޮތެއް ނޭނގޭތީއެވެ.

“ހަ… ހެލޯ…” އަހަރެން ދެލޯ ފިއްތާލަމުން ވާހަކަ ދެއްކީ އެކޮޅުން ފޯނު ނެގުމުންނެވެ.

“ހަލޯ…” އެކޮޅުން ވާހަކަ ދެއްކީ މުސްކުޅި އުމުރު ފުރައިގެ އަންހެނެއްކަން އަޑުން އެނގުނެވެ.

“މީކާލް… މީކާލްއާ ވާހަކަ ދައްކާލަން.” އަހަރެން އަނެއްކާވެސް މޭގައި އަތްއަޅާލީ މާބާރަށް ހިތުގެ ވިންދު އަވަސްވާން ފެށުމުންނެވެ.

“ހެހެހެހެ… މީކާލް ހޯދަންދޯ؟ އެޔޮވީ މިގަޑީ ބޭރަށް ގޮސްލާ.. އައިމަ ބުނެލާނަން ތިޔަ ނަމްބަރަށް ގުޅާލަން. ކީކޭ ބުނަންވީ؟ ހެހެހެ.” އެކޮޅުން ވާހަކަދެއްކި މީހަކު ހިނިއައިސްފައި ހުރެ ވާހަކަދައްކަމުން ދިޔައެވެ.

“ބުނެލަދީ މި ނަންބަރަށް ގުޅާލަން… ބުނާނީ ޝަލީން ގުޅިއޭ. މީ މީކާލްގެ ރައްޓެއްސެއް.” އެމީހާގެ ހިނިތުންވުން އަޑު އިވުމުން އަހަރެން ހިތް ހަމަޖެހުނީ ވަކިވަރަކަށް ނޫނެވެ.

“އެހެން… އާނ އެޔޮ އަންނައިރަށް ބުނެލާނަން.” އެމީހާ އެހެން ބުނުމުން އަހަރެން ފޯނު ކަނޑާލީމެވެ.

“ޝަލީން.. ކޮބާ އީނާޝް؟ ނުހޭލާތަ؟” ގެއަށް ވަދެގެން އައި މަރިއްތަ އަހަންނާ ސުވާލު ކުރިއެވެ.

“އާނ… ނިދާފަ..” އަހަރެން އެހެން ބުނަމުން ތަންކޮޅެއް ދުރުގައި ފޯނު ބޭއްވީމެވެ.

ދިހަ ވަރަކަށް މިނެޓް ފަހުން އަހަރެންގެ ފޯނު ރިންގވާން ފެށިއެވެ. އެޔާއެކު އަހަރެން ފޯނުގެ ޑިސްޕްލޭއަށް ބަލައިލަމުން ފޯނު ނެގީމެވެ.

“ހެލޯ” އަހަރެން ބުނެލީ ވަރަށް ލުއި އަޑަކުންނެވެ. އަހަރެން ދައްކާ ވާހަކައެއް މަރިއްތައަށް އަޑު އިވި ދާނެތީއެވެ.

“ޝަލީން… މީކޮން ނަންބަރެއް؟ ފޯނެއް ލިބުނީތަ؟” މީކާލް އަހަންނާ ސުވާލު ކޮށްލި ވަގުތު އޭނާގެ ހިތްހަމަޖެހިފައި ވާކަން އަހަންނަށް އިހްސާސް ވިއެވެ.

“އަހަރެންގެ ނަމްބަރ.. މަންމަ ފޯނެއް ގަނެދިނީމަ މިގުޅީ..” އަހަރެން ވަރަށް ލަދުންހުރެ ބުނެލީމެވެ.

“އޯހް… އެހެންތަ. މިހާރު މީ އަހަރެންގެ ނަމްބަރ. ދައްތަ އަހަންނަށް މިފޯނު ދީފަ މިއޮތީ. މަންމަ ބުނި ޝަލީން ގުޅި ވާހަކަ.” މީކާލް ކިޔާދިނެވެ.

“އެހެންތަ؟ މަންމަތަ ފޯނު ނެގީ؟.” އަހަރެން ހައިރާން ވެފައި އަހާލީމެވެ.

“އާނ.. މަންމަ ބުނި އަންހެން ކުއްޖެއް ގުޅިޔޯ.. ބުންޏޯ ގުޅާލާށޭ. މަންމަމެން ހީހީފަ އަހަންނާ ވަރަށް ދިމާކުރި.” މީކާލް ކިޔައިދިނެވެ.

“އަސްލުތަ؟ އަހަރެން ގުޅީމަ ވަރަށް ހިނިއައިސްފަ ވާހަކަ ދެއްކީ… އެހެންވީމަ އެންމެ ކުރިންވެސް މައިޓު ސެޓުވީނު… އޭގެ ފަހުންތާ ތެލެސީމިއާ ކާރޑް ރަނގަޅުތޯ ބެލޭނީ” އަހަރެން ކުޑަކޮށް ހިނިއައިސްފައި ބުނެލީ ލަދުން ހުރެވެސް މަޖާ ރާގެއްގައެވެ.

“ހެހެހެ….އާނ.. އަހަރެން މަންމަމެން އެއީ ވަރަށް ކޫލް ބައެއް. އަންހެން ކުއްޖަކު ދެން މަތިން ބައިން ހޯދަން ގުޅީމަ ގޭތެރޭ އެންމެން އަހަންނާ ވަރަށް ދިމާކުރި.” މީކާލް ވާހަކަ ދައްކަމުން ބުނެލިއެވެ.

“އެކަމު ވަރަށް އެހެން ގޮތަކަށް ވާހަކަ ދައްކަނީ. ދެން އަޑު އެހީމަ އިނގޭ ބުނާއެއްޗެއް. އެކަމު އެބަސް އަހަންނަށް ވަރަށް މަޖާ.” އަހަރެން ބުނެލީމެވެ.

“މީކާލް … ފޯނު ބާއްވާލަނީ..” ކުއްލިޔަކަށް އަހަރެން ފޯނު ކަނޑާލީ ބޭރު ދޮރާދިމާލަށް ބަލައިލަމުންނެވެ.

އޭރު އެއްކަލަ މީހާ އަހަންނަށް ހަތަރު ވަރަކަށް ފަހަރު ފުއްޓަކި ޖަހާލިއެވެ. އަހަރެން މުޅިން ބިރުން ތުރުތުރު އަޅަން ފެށިއެވެ. އެއީ އަހަންނަށް ބިރުވެރި މީހެކެވެ.

ނުނިމެ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Shaleen

Level 1010 Stories100 Comments100 Login500 Login100 Stories500 Comments

Other Articles

Previous

ތިނެސްކަން ލޯބި (24)

Next

ތިނެސްކަން ލޯބި (25)

Next
November 28, 2024

ތިނެސްކަން ލޯބި (25)

Previews
November 27, 2024

ތިނެސްކަން ލޯބި (24)

12 Comments!

  1. Nawar says:
    November 28, 2024 at 5:27 am

    Yeyyy…
    Shaleen aa meekaal aa dhurunukurahcheyy…
    Futaki jahany e zaahiru hn haadha heevey…
    Mi part vx varah varah reethi..
    Whn next..

    1. Shaleen says:
      November 28, 2024 at 8:26 am

      Thanks Nawar
      Shaleen n Meekaal dhuru nuveytho mi balanee ingey… Thi hurihaa readers beynunvanee edhemeehun gulhen…
      Ehenveema kuriyah huri baithahves kiyaalamaa hingaa… Vaagothei ingidhaane dho?
      Ufaavey vhk kiyaalaatheeve 👐🤗 and comments ves kollaatheeve adhi vakin ufaa

  2. Your fav bab says:
    November 28, 2024 at 6:24 am

    Hello
    Shaleen gada
    I was waiting waiting and finally
    Varah reeethi
    And haadha curious kohfa ay dhoa mi nimmaly
    Keep up the gud work

    1. Shaleen says:
      November 28, 2024 at 8:30 am

      Hello dearrrrrroooo
      Kihineitha?
      Shaleen mibalanee gadhaveveytho hehehe
      Vhk reehchey buneleema v ufaavey ingey
      CURIOUS dho?
      Eyrunthaa heart beat vaanee bodah .
      Ehen mi vanee hehe
      ❤️❤️❤️

  3. cutie girl says:
    November 28, 2024 at 6:50 am

    mi part ves v reethi masha allah
    curiously waiting for next part
    keep it up
    meekaal and shaleen dhuru nukurachey
    they both are made for each other
    v intresting story eh
    v kiyaala hithun kiyani
    i appreciate your hard work

    1. Shaleen says:
      November 28, 2024 at 8:34 am

      Thank you
      Thank you
      Thank you cutie 🥰
      Next part ah inthizaaru kuramaa dho
      Shaleen mi balanee v avahah thikudhinge hih ufaa kureveytho.
      V ufaavey thihen support kuraatheeve.
      Ehenve v avahah part thah nereleveytho mi balanee aslu .
      Support v muhimmu
      Ufaaaaaaa huri 😃😃😃
      Alhamdhu lillah

  4. gurrrrl says:
    November 28, 2024 at 12:53 pm

    yeyyyy shaleen n meekal gulhuvahcheyy
    alhe varugadha fuhtaki dhey meeheh thaa
    n good work ingeyy vrh reethi mi part ves
    curiously waitingg next
    when next keep it up
    lots of luv

    1. Shaleen says:
      November 28, 2024 at 2:02 pm

      Thanks gurrrrl for the comment
      Hingaabala dho vhk nimendhen kiyamaa SHALEEN n MEEKAAL ah gulhigen ulheveytho???
      Yess… Fuhtaki jahanee ekkala meehaa ey… 😶
      Mi part ves kamudhiyaima nikah ufaa koffin…
      Next part dhen anekkaa Hama v avahah kamah balaafa inthizaaru kuramaa dho
      👍♥️

  5. Aminath Shaleen says:
    November 28, 2024 at 5:11 pm

    wow… enme fahun Meekaal aa abadhu ves gulhaalevey goiyy vee dho…. Visa ge masakkathah hama saabas…. 👏👏👏
    Mioh hurihaa dhuvahaku Meekaal and Shaleen ge messenger kan kohdhinee theee…
    Author Shaleen ah ves engay dho Dh.Atoll and Th.atoll hisaabu meehun vaahaka dhahkkaa bahuruva.. gadha ingay Shaleen…. Mi Shaleen ves half Th.Atoll veema mi Shaleen ah ves engay e bahuruva… btw mi noonee adhi nukiyea rasheh ge rasmee bahuruva in liyefa in vaahaka eh… V aslaa ehogiyy gotheh hurey bahuruva baynun kureema….
    keep up the hard work my dear.
    25 vana bai ge inthizaaruga.

  6. Shaleen says:
    November 28, 2024 at 9:25 pm

    Hi my dear twin sister🖐️
    Comment varah hih Hama jehey ingey.
    Yeah visaama dho.. eyna ekohdhinee v bodu kamei dho.. bayaku oyaadhiya nudhee belehetteema. Hehe..
    Yes Th.Atoll ah kommes varakah faritha vaane alhugandu..
    Ekkoh vaahaka dhakkan nengunas bunaa ehchess Hama ingey. Dhen kommes varakah Hama dhas vefa hureeves.
    Btw buneveynetha thee aslu half Th omadhoo kujjei nooney? Omadhoo nooniyyaa mibunee..
    Aslu half Th.atoll ey buneema mi ahaaleeves..
    Oh thanksss … Hingaa kiyaalamaa Meekaal kyvvetho eynage aslu bahuruvain vhk nudhakkanee.. dhen kuriyah kiyamaa…
    Ufaavejje v aslaa eggothey buneemavess ♥️😃♥️
    Inthizaaru kollaaa twin sis 😊😊😊

  7. Aminath Shaleen says:
    November 29, 2024 at 12:17 am

    Oh yes dear not Omadhoo… “Andhiri Hikki” bayakuge vaahaka adu ehin tha.. 🙈 hehe mihaaru engihjje dho half kon rasheh kan.

    1. Shaleen says:
      November 29, 2024 at 12:46 am

      Ohhhhh…. Yess ingijjey.
      Thi Hama mashhooru rashakun huri mashhooru reader ehnu.
      🙂🙂🙂🙂

Comments are closed.

Next Episodeޝަލީން 25←


All Right Reserved!