Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އުފެއްދުންތެރި ލިޔުން

ޝަލީން 28 ( ފަހުބައި )

Shaleen Level 1010 Stories100 Comments100 Login500 Login100 Stories500 Comments
December 5, 2024 8 Mins Read
12 Comments

ކުއްލިޔަކަށް މުޅި ތަނުން ކަރަންޓް ދިޔައެވެ.. ވީގޮތް ނޭނގިފައި އަހަރެން ހާސްކަމުގެ ތެރޭގައި އިނދެ ޖެހިގެން އިން މީކާލްއަށް ބަލައިލީމެވެ. އަނދިރި ކަމުގެ ތެރެއަށް އަހަރެންގެ ލޯ ހޭނުމާއި އެކު އަހަންނަށް ފެނުނީ މީކާލްގެ އަތުން ވިދުވަރެކެވެ. އަނެއްކާވެސް އަހަރެން ބަލައިލީ އެއަލި ކޮޅަށެވެ. ރަނގަޅަށް ބަލައިލުމާއެކު އަހަރެންގެ ދެލޯ ބޮޑު ވެގެން ދިޔައީ ބިރުން އިނދެއެވެ. އަނދިރީގެ ތެރޭގައި މީކާލް ހިފައްޓައިން އިނީ ވަޅިއެކެވެ.

ވަރަށް ބިރުން އަހަރެން ތުރުތުރު އަޅަން ފެށިއެވެ. މީކާލް އަހަރެންގެ ކަނާއަތް ފަޅީގައި އިން އިރު އަހަރެންގެ ވައަތް ފަޅީގައި އިން އިޝާނީއާ ކައިރިޔަށް މަޑުމަޑުން އަހަރެންގެ ގޮނޑި ޖައްސާލީމެވެ. ދެން އަހަރެން ބަލައިލިީ ފަހަތުން ކައުންޓަރާ ދިމާލަށެވެ. އޭރު ރޯކޮށްފައިވާ ކުދި އުއްބައްތި ތަކެއްގެ އަލިފާން ކޮޅުތައް އެކި ދިމަދިމާލަށް ނަށަމުން ދާތަން އަހަންނަށް ފެނުނެވެ.

ކޮންމެސް ވަރަކަށް ކައިރިން ފެނުމުން އަހަންނަށް އެނގުނީ އެއީ އުއްބައްތި ޖަހާފައިވާ ކޭކެއް ހިފައިން ކުރިޔަށް ހިނގަމުން އައި މީހެއްކަމެވެ. އެމީހާ އައިސް އަހަރެން ކައިރި މަޑުކޮށްލުމާއެކު މުޅިތަން އަލިވެގެން ދިޔައެވެ.

“އަން ޝަލީން…. އަވަހަށް ކޭކް ފަޅާ!” މީކާލް އަހަރެން އަތަށް ވަޅި ދިއްކޮށްލަމުން ބުނެލިއެވެ.

“ތޭންކްސް..” ބިރުން ހުރިވަރުން އަހަންނަށް ބުނެވުނީ އެންމެ ބަހެކެވެ. އެހެނަސް ފަހުން އެކަންވީ އަހަންނަށް ވަރަށް މަޖާ ކަމަކަށެވެ. ވާނުނާ ނޭނގި އަހަންނަށް މީކާލްދެކެ ބިރު ގަނެވުނީމައެވެ.

އެރޭގެ އުފާވެރި އަދި އެހާމެ މަޖާ މާހައުލެއްގައި އަހަރުމެން ވަގުތުތައް ހޭދަކުރުމަށް ފަހު އެމީހެއްގެ ގެއަށް އެމީހަކު ދާން ނުކުތީމެވެ..

“ޝަލީން!… އަހަރެން ދެން ގެއަށް ދަނީ އިނގޭ. ޝަލީންގެ މަންމަ ރުޅި އަންނާނެ ކަންނޭނގެ އަހަންނާ އެކީ އެއް ކާރަކަށް އެރުނަސް. އެހެންވީމަ އަހަރެން ދާނީ އެހެން ކާރެއްގަ.” މީކާލް ބުންޏެވެ. އެއީވެސް ދޮގެއް ނޫނެވެ. މަންމައަށް އަހަރެން ބޮޑު ނުވާކަން މީކާލްއަށް ވިސްނެއެވެ.

“ހެހެހެ… އޯކޭ މީކާލް.. އިޝާނީވެސް ދާނީ ދެން އެއަރޕޯޓަށް. ސޯ އަހަންނާ ޔާނީ ދާނީ އެހެންވީމަ ކާރުގަ. ބައި” އަހަރެން ކިޔައި ދިނުމުން މީކާލް މަޑުމަޑުން ކުރިޔަށް ހިނގަމުން ދިޔައެވެ.

“މީކާލް… މަޑުކޮށްބަލަ..” އަނެއްކާވެސް އަހަރެނގެ އަޑަށް މީކާލް މަޑުކުރިއެވެ.

“ކާކުތަ އަހަރެން މަންމަގެ ފޯނު ނަމްބަރު މީކާލްއަށް ދިނީ…  ދުވަހެއް ވެއްޖެ އިނގޭ މިހެންވެސް އަހަން އުޅޭތާ…” ކުއްލިޔަކަށް ހަނދާން ވުމުން ބާރު ހިނގުމެއްގައި ގޮސް އަހަރެން މީކާލްއާ ވާހަކަ ދެއްކީމެވެ.

އެވަގުތު މީކާލްއަށް ފޯނެއް އައެވެ. ގުޅީ މީކާލްގެ މަންމައެވެ. މީކާލް މަންމަ މީކާލްއާ ކޮންމެސް ވަރަކަށް ވާހަކަތަކެއް ދައްކަމުން ދިޔައެވެ.

“އާނ މަންމާ! ޝަލީން ހުރީ ވަރަށް އުފަލުން..” މީކާލް ބުނެލި ޖުމްލަ އާއިއެކު އަހަރެންގެ ތުންފަތުގައި ދުވެލީ ޞަދަގާތުގެ ހިނިތުން ވުމެކެވެ.

“ޝަލީން ކޮބާހޯ؟ ވާހަކަ ދައްކަބަލަ.” އަހަރެން އަތަށް ފޯނު ދިއްކޮށްލަމުން މީކާލް ބުނެލިއެވެ.

“ހެލޯ… ކިހިނެއްތަ މީކާލް މަންމާ؟… އެންމެން ރަނގަޅުތަ؟” މީކާލްއަށް ބަލައިލަމުން އަހަރެން އަހާލީމެވެ.

“ހެހެ… މަމެން އެންމެން ރަނގަޅު ހަމަ… އިޔޮ ކައިރި މިބުނަނީ ދަރިފޭ ތަ ނެތީމާ ވަރަށް މިސްވޭ.. މަމެން އެންމެން ބާބަކިއު ޖަހާލައިންނޭ މިއުޅެނީ..” މީކާލްގެ “ކޫލް” މަންމަ ވަރަށް މަޖާވެފައި ވާހަކަ ދެއްކިއެވެ.

“ހެހެ.. އެހެންތަ؟ އެންމެންނަށް ސަލާމް ބުނައްޗެ؟” މާގިނަ ވާހަކަތައް ދައްކަން ނުކެރޭތީ އަހަރެން ބުނެލީމެވެ.

“އާނ ބުނެލާނަން. ދަރިފޭ ޝަލީން ދިޔޭ!!… ބައްޕަ ތައް ސަލާމް ބުނި… މިވެރިން އެންމެންވެސް ސަލާމްބުނި… އާނ ދަރިފޭ! ދަރިފޭ! މީކާލް ކައިރި ބުނޭ މަންމަ މިގަޑީ ދެން ފޯނު ބޭއްވީއޭ” ކޮންމެސް ކަމެއްގައި މާބިޒީވީ ކަންނޭނގެއެވެ. މީކާލްގެ މަންމަ ވަރަށް އަވަހަށް ފޯނު ބޭއްވިއެވެ.

އަހަރެން ވަގުތުން މީކާލްގެ ފޯނު އޭނައާ ހަވާލުކޮށް ލީމެވެ. މީކާލްގެ މަންމަ ވާހަކަ ދެއްކީ ދިވެހި ބަހުން ވިޔަސް އެއީ ދިވެހީގެވެސް ތަފާތު ވައްތަރެކެވެ. އަހަރެން އެކަމާ ހިނިއައީ އަހަރެންގެ އަމިއްލަ ނަފްސަށެވެ. އަހަރެންގެ މަތަނުވާ ހިނިގަނޑު އިވި މީކާލް ހިތުގައި ޖެހެން އަހަރެން ބޭނުން ނުވީއެވެ.

“މީކާލް މަންމަ ސަލާމް ބުނި…” އަހަރެން ބުނެލީމެވެ.

“ޝަލީންއަށް އިނގޭދޯ މަންމަ ދައްކާ ވާހަކަ؟ މި މާލެ ބަހާ ތަފާތު ވީމަ މިބުނީ.” މީކާލް އަމިއްލައަށް އެރަށު މީހުން ވާހަކަ ދައްކަން ބޭނުން ކުރާ ބަހާއި ބެހޭގޮތުން އަހަންނާ ވާހަކަ ދެއްކިއެވެ.

“ހެހެ.. އާނ.. މިދޭތެރެއިން މަދުމަދުން ގުޅާތީ ކޮންމެސް ވަރަކަށް ދެން އެބަ އިނގޭ………. އެކަމު ދޮގު ނުހަދާ ބުނަންތަ؟ އަސްލު އަހަރެން ގާތު ވަރަށް ހިނިއާދޭ… މަލާމާތެއް ނޫން އިނގޭ… އަލަށް އަޑު އިވޭތީ މަޖާ ވާހަކަ މިބުނީ…..” އަހަރެން ބުނެލީ ހަގީގަތެކެވެ.

“އޯކޭ…. އަހަންނަށްވެސް އިނގޭ އަލަށް އަޑު އިވުނީމާ އެހެން ވާނެކަން.” ވަރަށް ހަމަޖެހިފައި ހުރެ މީކާލް ބުނެލިއެވެ.

“މީކާލް ކީއްވެ މަންމަ މެނާ އަމިއްލަ ރަށު ބަހުން ވާހަކަ ނުދައްކަނީ؟” އަހަރެންގެ ހިތުގައި އުފެދިފައިވާ ސުވާލެކެވެ. އެހެންވެ އަހަރެން އަހާލީމެވެ.

“އަހަންނަށް މިހާރު މާލޭގަ ކިޔަވަން އުޅެ އުޅެ ހޭނިފަ…. ދެން މާލޭގަ ގިނައިން ދިމާ ވާނީވެސް މާލޭގެ ބަހުން ވާހަކަ ދައްކާ މީހުން… މާލެ ތެރެއިން އަތޮޅު މީހުނާ ރަށު މީހުން ފެންނާނީ ވަރަށްވެސް މަދުން. އެހެންވެ.” މީކާލް އަހަންނަށް ކިޔައިދިނެވެ.

“ދެން ބުނެބަލަ… ކާކުތަ އަހަރެން މަންމަގެ ނަމްބަރު މީކާލްއަށް ދިނީ؟” އަނެއްކާވެސް އަހަރެން އަހާލީމެވެ.

“އާނ… އެއީ ތިރަށު ކުއްޖެއް ގާތު ބުނެގެން ހޯދީ.” ކުރު ޖަވާބެއް ދެމުން މީކާލް ކުރިމަތިން އައިސް ހުއްޓުނު ކާރަކަށް އެރިއެވެ. އެޔާއެކު ބާރު ދުވެލީގައި ގޮސް އޮބާލައިފިއެވެ.

އަހަންނާ ޔާނީ ކާރެއްގެ އިންތިޒާރުގައި މަޑުކޮށްލައިން ހުރީމެވެ. އެހިސާބުގެ އެކި އިމާރާތްތަކަށް އަހަރެން ބަލަމުން ދިޔައީ އެއީ އަހަންނަށް އެހާ ފަރިތަ ނޫން ހިސާބެއް ވީމައެވެ. އިރުކޮޅަކު އަހަރެން މަޑުކޮށްލައިން ހުރީ ރެސްޓޯރެންޓާ ޖެހިގެން ހުރި ފިހާރަ ތެރެއަށް ބަލާށެވެ. އެއީ އެކި ވައްތަރުގެ ކޮސްމެޓިކްސް ހުރި ފިހާރައެކެވެ.

އެގޮތުގައި އަހަރެން ފިހާރަ ތެރެއަށް ބަލަމުން ދަނިކޮށް ކުއްލިޔަކަށް ސިއްސައިން ދިޔައީ ކާރުގެ ބަރުގަނޑުގެ އަޑަށެވެ.

“ޝަލީން! އާދޭ… ޕިސްޕިސް… މީނަ ރަނގަޅު! ހަމަ ފިހާރަ ބަލަނީ…. އަހަންނަށް މިޖެހުނީ ކާރު ހޯދަންވެސް” ޔާނީ އަހަންނާ ދިމާލަށް ބުނެލިއެވެ.

“ތި ރަނގަޅޭ!… ހަމަހުގެ ކުދިންވެސް ކާރު ކަހަލަ އެއްޗެސް ފެނުނީމަ އަތް ހޫރާނެ.. ޔާނީ ތީކާރެއް ނުހޯދޭވަރު ކުއްޖެއް ނޫނެއްނު… ދެން އެހެންވިއްޔާ ޝަލީން ބުނާނީ ދާންވާ ލޮކޭޝަން…އޯކޭނު… އަރާ އަވަހަށް.” ފައިވާނުގެ މަޅިގަނޑު ރަނގަޅު ކޮށްލަމުން އަހަރެން ކާރުގެ ފަހަތު ސީޓަށް އެރީމެވެ.

“ކޮންތާކަށް؟” ޑްރައިވަރު އަހާލިއެވެ.

ކާރަށް އެރުމަށްފަހު ސިއްސައިން ގޮސް އަހަންނަށް ބަލާލެވުނީ ކުރިމަތީ އިން ޑްރައިވަރަށެވެ. އެއީ އަހަންނަށް ބިރުވެރި އަޑެކެވެ. ދާންވީ މަންޒިލް ނުބުނެ ޔަގީން ކޮށްލުމުގެ ގޮތުން އަހަރެން ރަނގަޅަށް އެމީހާއަށް ބަލައިލީމެވެ. އެއީ އަހަންނަށް ފުއްޓަކި ޖަހާ މީހާއެވެ. އަހަރެން ވަރަށް ޖެހިލުން ވިއެވެ. އަހަންނާ ޔާނީ ފަދަ ދެއަންހެން ކުދިން އެއްފަހަރާ ޝިކާރަ ކުރަން އޭނަ ޖެހިލުންވެސް ނުވާނެއެވެ.

“މައްޗަން ގޯޅި ޕީޓްރަލް ކަންމައްޗަށް..” އަހަރެން އަޅައިން އިން ބުރުގާ ލޯމައްޗަށް ތިރި ކޮށްލަމުން ބުނެލީމެވެ. ޑްރައިވަރުގެ ކުރިމަތީ އިން ލޯގަނޑު ކޮޅުން އަހަންނާ ދިމާލަށް ބަލައިލައިފި ނަމަ އަހަރެން ފެނިދާނެތީއެވެ.

ޖެހިގެން އައި ދުވަހެވެ. މޫސުން ސާފު ހިތްފަސޭހަ ދުވަހެކެވެ. އަހަރެން ރަށަށް ދިޔުމަށްޓަކާ ފުރަން އައީމެވެ. އޭރު އަހަންނާއެކު މަރިއްތަމެން ގޭގެ އެންމެންވެސް އައެވެ. އޭގެ އިތުރުން އެތާ ހުރީ މީކާލްއެވެ. އަހަންނާއެކު ގިނަ ވަގުތުތަކެއް ހޭދަކުރުމަށް ފަހު ކޮންމެސް ސަބަބަކާ ހުރެ މަރިއްތަމެން ކާރަށް އަރައިން ދިޔައީ މުހައްމަދުބެ ބަހައްޓާފައެވެ. އަހަރެން ނުފުރަނީހެވެ.

“ޝަލީން! އެއްޗިހިތައް ލޯންޗަށް އަރުވާ ނިމުނީ… ދެން މުހައްމަދުބެ ދަނީ..” ނިއްކުރި މަތިން ހިއްލާފައިވާ ދާތައް ފޮހެލަމުން މުހައްމަދުބެ ބުނެލިއެވެ.

“ދިއުމުގެ ކުރިން، އަހަރެން ބޭނުން ވަރަށް މުހިއްމު ވާހަކައެއް ބުނެލަން..” މުހައްމަދުބެ ހުއްޓުވުމަށް ފަހު މީކާލްއާ ދުރަށް ޖެހިލަމުން އަހަރެން ބުނީމެވެ.

“ކީކޭ؟ އަދިވެސް މުހައްމަދުބެ މެން ގޭން ދާހިތް ނުވަނީތަ؟ ހިނގާ ދާން އަނެއްކާ…” މުހައްމަދުބެ ކޮށްލީ މަޖަލެކެވެ.

“ނޫނޭ… ސީރިޔަސް ވެބަލަ… ވަރަށް ސީރިޔަސް ވާހަކައެއް ބުނަންވެގެން………….. އަސްލު ބުނަންތަ؟ ޔާނީ ދުވަސް ކޮޅަކުން ފުރާވަރަށް އަރަނީ… މުހައްމަދުބެމެން ތިހެން ގެއަށް ގެންނަ ގާތް ރައްޓެހިންނަށް މާބޮޑަށް އިތުބާރު ކުރަނިކޮށް ގޯހެއް ވެދާނެ…. އަހަރެން ވަރަށް ވިސްނައިން އުޅެމުން ކިޔެވުންވެސް މި ނިންމާލީ.. ބުނަން މިއުޅެނީ…. ޔާނީ މިހާރު ބޮޑުވަނީއޭ… ޒާހިރު އައިސް ޔާނީގެ ގަޔަށް އަތްލީމަ މުހައްމަދުމެން ހިތާމަ ކުރަން ޖެހިދާނެ… މުހައްމަދުބެމެން ތިއްބަ އެބަހުރި ދޯ އޭނަ އަހަންނަށް ކުދިކުދި ގޯނާ ކޮށްފަ… ބައެއް ކުދިންނަކީ އެކަހަލަ ކަންކަމަށް ފުރުސަތު ލިބުނީމަ އެކަމުގަ ބައިވެރިވާ  ހިތްވާ ކުދިން… އަނެއްބައި ކުދިންނަކީ ޗާންސް ލިބުނަސް އަހަރެން ގޮތަށް އެކަމަށް ބިރުން އެކަމުން ސަލާމަތް ވާން ބޭނުންވާ ކުދިން… ޔާނީގެ ގޮތެއް އަދި އެއްވެސް މީހަކަށް ނޭނގޭނެ. ޔާނީ ބުންޏަސް ނުބުންޏަސް، އެކަމު މުހައްމަދުބެ މެންނަށް އެކަންކަން މޮނީޓަރ ކުރެވެންވާނެ.. އެހެންވެ ހަމަ ބުނެލީ… މިކަމާ ވަރަށް ވިސްނާތި… ވިސްނާފަ ރަނގަޅު ގޮތް ނިންމާނެ ކަމަށް އުންމީދު ކުރަން..” އަހަރެން މުހައްމަދުބެއަށް ނަސޭހަތް ދިން އިރު މުހައްމަދުބެ ހުރީ އިސްދަށަށް ޖަހާލައިންނެވެ.

“އުންމީދު ކުރަން މިވާހަކަ ބުނީމަ އަހަރެން ދެކެ ރުޅި ނާންނާނެ ކަމަށް… އަހަރެން އަސްލު މިހުޅުވައި ދިނީ މުހައްމަދުބެއާ ޔާނީއަށް އަލި މަގެއް ފެންނާނެ ދޮރެއް… އެއީ އަދި ވަރަށް ކުޑަ ކުއްޖެއް. ޝިކާރަ ކުރަން ނުކުންނަ މީހާ ބަލާނީ މަކަރާ ޖެހޭތޯ…. އެހެންވީމަ ރައްޓެއްސަކަސް، ޒާހިރަށް ތިވަރަށް އިތުބާރު ނުކުރޭ! … ދެން ދަނީ..” އަހަރެން ހިތްހަމަ ޖެހިފައި ހުރެ ހިނގައިގަތީ ޔާނީއަށް މުސްތަގުބަލުގައި އަމާންކަން ހޯދައި ދެވިދާނެ ކަމުގެ އުފަލާ އެކުއެވެ.

“ޝަލީން… ހާދަ ބޮޑު ވާހަކައެއް ނިންމާފަ… މުހައްމަދުބެ ދިޔައީދޯ؟ މިބުނީ…. މިރޭ އަހަރެން ރިޒޯރޓަށް ދާނަން. އެކަމު ވަރަށް އަވަހަށް ތިރަށަށްވެސް ދާނަން. އަހަރެން ބޭނުން ދެމަސް ތެރޭ މެރީ ކުރަން. އޯކޭތަ؟” އަހަރެންގެ ހިޔާލު ހުރިގޮތް ބަލާލުމުގެ ގޮތުން މީކާލް ބުނެލިއެވެ.

“ދެމަސް ތެރެއޭ… އަޅެ ނޫން.. މާ އަވަސް.” ހައިރާން ވެފައިހުރެ އަހަރެން ބުނެލީ އަބަދުވެސް ދޭޖަވާބެވެ.

“އަސްލުވެސް ޝަލީން.. އަހަރެން ހާދަ ލޯބިވެއޭ… ކޮބާތަ މައްސަލައަކީ؟” އަނެއްކާވެސް މީކާލް ބުނެލިއެވެ.

“އަހަރެން ހަމަ ޖެހިލުންވާތީ… ދެން ބުނެބަލަ ކީއްކުރަންތަ އަހަރެންގެ ރަށަށް ދަނީ؟” އަނެއްކާވެސް ހިތް ނުތަނަވަސް ވެފައިހުރެ އަހަރެން ސުވާލު ކޮށްލީމެވެ.

“އެއީ ޝަލީންގެ އާއިލާ މީހުން ގާތުން ރުހުން ހޯދަން… އަހަރެން ބޭނުން އެމީހުންގެ ނަސޭހަތް.” މީކާލް ބުނީ ވަރަށް ސީރިއަސްކަމާ އެކުގައެވެ.

“ދަނީ… މިހާރު އެއުޅެނީ ފުރަން.” މީކާލްއާ ސަލާމްކޮށްލަމުން އަހަރެން މާލެއަށް އަލްވިދާޢު ކީމެވެ.

އަހަރެން ރަށަށް އައިތާ މަސް ދުވަސް ވަނީއެވެ. މީކާލްއާ އަހަރެންގެ އާއިލާގެ އިތުރުން މީކާލްގެ އާއިލާއިން ވެސް އަހަރުމެންގެ ކައިވެންޏާ ނުލާހިކު ގަބޫލެވެ. ކައިވެނީގެ އެންމެހާ ކަންކަން ކުރިޔަށް ގެންދިޔުމުގައި ދެފަރާތުގެ އާއިލާވެސް އެތައް ހިޔާލުތަކެއް ދެމުން ދިޔައެވެ. އަހަންނާ މީކާލްވެސް ވަރަށް ގިނަ ކަންކަން ހަމަޖައްސަމުން ދިޔައިމެވެ.

މީކާލް އަހަރެންގެ ރަށަށް އައިސް ދެދުވަހަކު މަޑުކޮށްލައިން ހުރީ އޭނާގެ ރައްޓެއްސެއްގެ ގޭގައެވެ. އެއީ މީކާލް އަހަރެންގެ އާއިލާ މީހުންނާ ބައްދަލު ކުރަން އައި ދަތުރެވެ. ހުކުރު ދުވަހުގެ މެންދުރު ކެއުމަށް އަހަރެންގެ މަންމަމެން މީކާލްއަށް ދައުވަތު ދިނެވެ. އެ ދައުވަތުގައި އަހަރެންގެ އާއިލާގެ އިސް މީހުންނާއި ހަރު މީހުންވެސް ބައިވެރި ވިއެވެ.

އެދުވަހަކީ އަހަރެން ވަރަށް ލަދުގަތް ދުވަހެކެވެ. އެއެންމެންގެ ކުރިމަތީގައި އަހަންނަށްޓަކާ އޮތް ލޯތްބީގެ ޝުޢޫރު މީކާލް ދިޔައީ ފާޅުކުރަމުންނެވެ.

“މީކާލް ގާތު ބުނަން އޮތީ، ޝަލީން ތީ އަހަރުމެންގެ އަންހެން ކޮއްކޮ… އަހަރުމެން ވަރަށް ލޯބިވާ، ވަރަށް ލޯބިން ބަލާފަ ހުރި ކޮއްކޮއެއްތީ… އަހަރުމެންގެ މަންމަ އާއި ބައްޕަ ދުވަހަކުވެސް ނޯންނާނެ ޝަލީން ގައިގަ ޖަހާފަވެސް. އެހެންވީމަ ރީތި ގޮތުގަ ކައިވެނި ކޮށްގެން ރަނގަޅަށް އުޅުނީމަ ހުންނާނީ ރަނގަޅަށް. މިހެން ބުންޏަސް…. ރުޅި އަންނަ ވަގުތުތަކުގަ އަތް އިސް ކުރެވި ތަޅާފޮޅާ ހިސާބަށް ދިޔަ ނުދޭތި…… އޭނައަށް އަނިޔާއެއް ނުދޭތި…. އަނިޔާ ކުރެވެންޏާ، އަހަރުމެންގެ ކޮއްކޮ އަހަރުމެންނާ ހަވާލުކުރާތި….. މިބުނީ އެފަދަ ވަގުތެއްގަ ޝަލީންއަށް އަނިޔާއެއް ނުކޮށް ރީތި ގޮތުގަ ދޫކޮށްލާށޭ… އެއީ ބޭބެމެން މި އާއިލާގެ ފަރާތުން މީކާލްއަށް ދޭން އޮތްހާވެސް ނަސޭހަތަކީ..” އަހަރެންގެ އެއްބަނޑު އެއްބަފާ ބޭބެ އެންމެންގެ ހާޒިރުގައި މީކާލް ގާތު ބުންޏެވެ.

ބޭބެއާއި މުޅި އާއިލާ ދައްކަމުން ދިޔަ ވާހަކަތަކަށް މީކާލް އަދަބުވެރި ކަމާއެކު ޖަވާބުދެމުން ދިޔައެވެ. މާބޮޑަށް އަނގަ ގަދަ ނުކޮށް މަޑު މައިތިރި ކަމާއެކު ވާހަކަތައް ގަބޫލު ކުރަމުން ދިޔައެވެ.

“މަންމަގެ އެބަ އޮތް ވަރަށް ބޮޑު އެދުމެއް… މަންމަގެ ތިބީ 2 ފިރިހެން ދަރިންނާ 4 އަންހެން ދަރިން. އެންމެ ބޮޑު އަންހެން ކުއްޖާ…. މަންމައަށް އެކުއްޖާ އެންމެ ކުޑައިރުން ފެށިގެންވެސް ގެންގުޅޭކަށް ނުލިބުނު… ދެން ހުރީ ޝަލީންގެ މިހިރަ ދޮންތަ. މިއީ ޝަލީންއާ އެންމެ ކައިރިކޮށް، ގާތްކޮށް އުޅޭ ދޮންތައަކީ… ދެން ހުންނާނީ ޝަލީން… ކުޑައަށްވެސް ހުންނާނީ އަންހެން ކޮއްކޮއެއް…. މަންމަ ބޭނުމެއް ނޫން ކައިވެނި ކުރިޔަސް ދުވަހަކުވެސް ޝަލީން މި މަންމައަށް ނުފެންނަ ހިސާބަށް ދާކަށް… ޝަލީން މި މަންމަ ކައިރި ރަށުގަ ބަހައްޓާ ދެންޏާ އެގޮތުގެ މަތިން ކައިވެނި ކުރިޔަސް އެންމެ ރަނގަޅު.” އަހަރެންގެ މަންމަ ބުނި ވާހަކައިން އަހަރެން ދިޔައީ ސިއްސައިންނެވެ. މަންމަގެ ޝަރުތު ބޮޑެވެ. އެއީ ދުވަހަކުވެސް މަންމަގެ އެހެން ކުއްޖަކަށް މަންމަ ކޮށްފައިވާ ޝަރުތެއް ނޫނެވެ.

މީކާލްވެސް އަހަންނާ ދިމާލަށް ޒާތަކަށް ބަލައިލިއެވެ. މަޖްބޫރު ވެފައިވާ މީހެއް ފަދައިންނެވެ. ނިންމާނެ ގޮތަކާ ދޭތެރޭ ނޫނީ އެޝަރުތަށް އިގްރާރު ވާނެ ގޮތަކާމެދު އަމިއްލަ ނަފްސައް އިތުބާރެއް ނެތިފައި އިން މީހެއް ފަދައިން މީކާލް އިރުކޮޅަކު އިނީއެވެ.

“އެންމެ ރަނގަޅު… ޝަލީންގެ ގޭގަ އުޅޭނެ ތަނެއް ހުރިއްޔާ އަހަރެން މިރަށުގަ ދިރިއުޅޭނީ.. އެގޮތުންވެސް އަހަރެން ބޭނުންވަނީ ޝަލީން… ހަމަ ޝަލީންއާ އިންނަން.” މީކާލް އެންމެ ފަހުގެ ނިންމުން ނިންމީ އެންމެންގެ ކުރިމަތީގައި އަމިއްލަ ނަފްސަށެވެ. އެ ނިންމުމުގައި މީކާލްގެ އާއިލާގެ އެއްވެސް ބާރެއް ނުފޫޒެއް ހިނގާފައި ނުވާކަން އެންމެންވެސް ހެކި ވާނެއެވެ.

ރަށުގައި ހުރުމަށްފަހު މީކާލް މާލެ ދިޔައީ ފޮނި އުންމީދުގައެވެ. ރިޒޯރޓަށް ގޮސް ދުވަސްކޮޅަކު މަސައްކަތް ކުރުމަށްފަހު އަހަރީ ޗުއްޓީގައި ކައިވެނި ކުރުމަށް ނިންމިއެވެ.

“އަހަރެން ބޭނުންވަނީ މާލޭގަ ކައިވެނި ކުރަން.” މީކާލްގެ ފޯނަށް ޖަވާބު ދެމުން އަހަރެން ބުނެލީމެވެ.

“ކީއްވެ މާލޭގަ؟ ޝަލީންގެ އާއިލާ އުޅެނީ ރަށުގަ. އަހަރެންގެ އާއިލާވެސް އުޅެނީ ރަށެއްގައެއްނު؟.” މީކާލް ހައިރާންވެފައި ބުނެލިއެވެ.

“އާނ… ވިސްނަބަލަ… އަހަރުމެންގެ އެންމެ ބޮޑު ހެލްޕަރ ވިސާމާ ހުރީ މާލޭގަ.. އަހަރެން ބޭނުންވަނީ އަހަރެން ކިޔަވަން ހުރިގޭ މީހުންވެސް ބައިވެރި ކުރަން. މީކާލް ކިޔަވަން ހުރި ގޭގެ މީހުންވެސް… އެހެންވީމަ އަހަރެންގެ އާއިލާ މީހުންވެސް ބޭނުންވަންޏާ މާލެ ދާނެ. މީކާލްގެ ފެމިލީވެސް ބޭނުމިއްޔާ މާލެ ދާނެ..” އަހަރެން ބުނީ އަހަރެންގެ ނިންމުމެވެ.

“ދެން ޕާރޓީ؟” އިތުރު ޝަކުވާއެއް ނެތި މީކާލް އަހާލިއެވެ.

“ޕާރޓީގެ ކަންކަން ނިންމާނީ މީކާލް… އެކަމަށް ޚަރަދު ކުރަނީ މީކާލްއެއްނު. އެހެންވީމަ މީކާލް ބުނާގޮތެއް އެންމެ ރަނގަޅު.” އަހަރެން ބެލީ ޕާޓީގެ ކަންކަން ނިންމުމުގައި މީކާލް އަށްވެސް އިހްތިރާމް ކުރެވޭތޯއެވެ.

“ޕާރޓީ ބާއްވަން ދާނީ ޝަލީންގެ ރަށަށް.. އަހަރުމެން މީ އޮމަދޫ ބައެއް. އެހެންވީމަ ކާށިދޫގަ ނުތިބޭނެ އާއިލާ މީހުންވެސް.. އެހާ ފަހުން ބަދަލުވީ ރަށެއް ވީމަ  އަހަރެންގެ މާގިނަ ރައްޓެހިންވެސް ނުތިބޭނެ. އެހެންވީމަ ބޮޑަށް މޮޅުވާނީ ތިރަށަށް ދިޔައިމަ… އޭރުން އަހަރެންގެ އާއިލާވެސް ތިރަށަށް ދާނެ.. މާލެއާވެސް މާކައިރި… ޝަލީން ކިޔަވަން ތިބިގޭ މީހުންނާ ޝަލީންގެ ބޮޑުދައިތަގެ ފެމިލީވެސް ދާނެއްނު.” މީކާލްގެ ވިސްނުމުގައި ވަނީ އަހަންނަށް އިހްތިރާމް ކުރާ މިންވަރެވެ.

ކަންތައްތައް ނިންމީ އަހަންނާއި މީކާލް ބޭނުންވި ގޮތަށެވެ. ދެމީހުން އެކަކު އަނެކަކަށް އިހްތިރާމްކޮށް ހުރިހާ ކަމެއް ހަމަޖެއްސީވެސް އާއިލާގެ މެދުގައިވެސް ބައެއް ވާހަކަ ހިއްސާ ކުރަމުންނެވެ.

މާލޭގެ ފެމެލީ ކޯޓްގައި ކުރިޔަށް ދިޔަ ކައިވެނީގެ ޙަފްލާއަށް އަހަރެން ލީ ވަރަށް ރީތި ހެދުމެކެވެ. ވައިލެޓް ކުލައިގެ ސެޓިންގ ފޮތީގެ އެހެދުން ފަރުމާ ކުރަން އިތުރަށް ބޭނުން ކޮށްފައިވަނީ ހުދު ކުލައެވެ. އަހަރެންގެ ބުރުގާވެސް މުޅިން ރީތި ކޮށްފައިވަނީ ސިމްޕަލް ގޮތަކަށެވެ. އަހަންނަށް ހެދުން ފަހާ ދިނީ މީކާލްގެ ދައްތައެވެ. އެރީތި ހެދުމާއެކު އަހަރެންގެ ބުރުގަލުގައި ޖަހާނެ ގޮފިކޮޅާ ގަހަނާތައް ދިނީ މީކާލްގެ މަންމައެވެ. އަހަރެންގެ ރީތިކަމަށް ފުރިހަމަކަމެއް ގެނެސްދިން ގަދަ ދަނބު ކުލައިގެ ޗާލު އުސް ފައިވާން ހަދިޔާ ކުރީ މަރިއްތައެވެ. އަހަރެންގެ އާއިލާގެ މީހުންގެ ފަރާތުން ލިބުނު އެކިއެކި އެހީތެރިކަންވެސް ވަކި މަދެއް ނޫނެވެ.

ފެމިލީ ކޯޓުން ކައިވެނިކޮށްގެން ނިކުމެ އަހަރުމެން އެންމެން ފޮޓޯ ނެގީމެވެ. އެވަގުތު އަހަންނަށް މާބޮޑު އުފާވެރިކަމެއް އިހްސާސެއް ނުވެއެވެ. ފަހަރެއްގައި އަދިވެސް އަހަރެންގެ ހިތުގެ އެންމެ ފުން މިނުން މީކާލްދެކެ ލޯބި ނުވެވެނީއެވެ. ޔަގީނެވެ. އަހަރެންގެ ހިތުގައި އެވަރުގެ އުފަލެއް ވާވަރުގެ ލޯތްބެއް ނެތެވެ. އެކަމަކު މީކާލްގެ ސިފަތަކަށް އަހަރެން ލައިކްވެއެވެ. އަހަރެން މީކާލްއާ އޭނާގެ އާއިލާއަށް އެކަން ފޮރުވަމުން މީކާލްދެކެ ވަރަށް ލޯބިވާކަމަށް ދެއްކީމެވެ.

“ޝަލީން!… މީކާލް!…. އެއޮތީ ކާާރު. ދޭ އަވަހަށް އަރަން.” އިޝާނީ ވަރަށް ސީރިއަސްކޮށް ބުނެލިއެވެ.

“ހެއި ޑްރައިވަރ…. މި ދެމީހުން ގޮވައިން މުޅި މާލޭގަ ބުރު ޖަހާލާފަ ގެއަށްދޭ އިނގޭ… ޝަލީން!.. ޔޫ ނުޖެހޭނެ ޕޭ ކުރާކަށް އިނގޭ.. އަހަރުމެންވެސް މިދަނީ ކާރެއް ނަގައިން. ތިމީހުން ނައްޓާލާ…” އަހަރެން ކާރުގެ ދޮރު ހުޅުވާލުމުން ފަހަތުން އައިސް އިޝާނީ ބުނެލިއެވެ.

“އޯކޭ.” ބުނަމުން އަހަރެން ކާރަށް އަރާ ހަމަޖެހިލީމެވެ.

“އަޅެ ބަލާލަ ކާރުގެ ފަހަތު ގްލާސް… މާތަކުން ޑެކޮރޭޓްކޮށްފަ.” މީކާލް އެހެން ބުނުމުން އަހަރެން ބަލާލީމެވެ.

“އަޅެ!!!! ނޫން!!!! ޖަސްޓް މެރީޑް ޖަހާފަވެސް އެބައޮތް. އަހަންނަކަށް ނުކެރޭނެ މީގަ އިންނާކަށް މުޅި މާލެ ވަށާލަންދެން. ހާދަ ވަރަކަށް މީހުން ބަލާނެއޭ.” އަހަރެންގެ ކޫސަނިކަމުން މީކާލް ހެމުން ހެމުން އަހަރެންގެ އަތުގައި ހިފައްޓާލިއެވެ. މީކާލްއާއެކު އަހަރެންވެސް ހިނިއައިސްފާ މީކާލްގެ އަތުގައި ހިފައްޓާލީމެވެ. އެންމެ ފަހުން އެކަން އަހަރުމެންނަށް ވީވަރަށް މަޖާ ކަމަކަށެވެ. އެއާއެކު ކާރު އޭގެ ހާމަ ދުވެލީގައި ކުރިޔަށް ދިޔައެވެ.

ނިމުނީ

އަޅުގަނޑުގެ ވާހަކަ ފޫހިކަމެއް ނެތި ނިމެންދެން ކިޔާލި ހުރިހާ ކިޔުންތެރިންނަށް ވަރަށް ބޮޑަށް ޝުކުރިއްޔާ! އަދި އަޅުގަނޑަށް އެންމެ ކޮމެންޓެއް އަދި ގިނަ ކޮމެންޓްތައް ނަމަވެސް ކޮށްލީތީ ކޮމެންޓް ކުރި ކުދިންނަށް ވަރަށް ހާއްސަ ޝުކުރެއް ދަންނަވަން.

ވާހަކަގެ ކޮމެންޓް ސެކްޝަނުގައި ދިމާވި އެކިއެކި މައްސަލަތަކަށް ކިޔުންތެރިންގެ އަރިހުން މާފަށް އެދެން.

އަޅުގަނޑުގެ އާ ވާހަކައަށް އިންތިޒާރު ކޮއްލައްވާ! އަވަސް މުސްތަގުބަލެއްގައި އެހެން ވާހަކައެއް ކިޔާލަން ލިބޭނެ ކަމަށް އިންތިޒާރު ކުރައްވާ…

إن شآء الله

 

 

 

Share Article

Follow Me Written By

Shaleen

Level 1010 Stories100 Comments100 Login500 Login100 Stories500 Comments

Other Articles

Previous

ބޭވަފާތެރިޔަކީމޭ 7

Next

ބޭވަފާތެރިޔަކީމޭ 8

Next
December 6, 2024

ބޭވަފާތެރިޔަކީމޭ 8

Previews
December 5, 2024

ބޭވަފާތެރިޔަކީމޭ 7

12 Comments!

  1. Your fav bab says:
    December 5, 2024 at 8:52 pm

    Bro finally do me
    Haadhaha reechey!!!!
    Thanks a lot for not separating these lovers!!!!
    YEAH JUST MARRIED

    1. Shaleen says:
      December 5, 2024 at 9:23 pm

      Varah bodah shukuriyyaa
      comment thakun alhugandaa dhimaaveethee…
      Dhen Hama comments libuneema varah bodah ufaavey.
      Aslu v shukuru kuran thigothuga alhugandaa eku mi vaahaka nimendhen baiveri veetheeves.
      Ummeedhakee dhen shaleen publish kuraa vaahaka inves comment section in dhimaavun.
      Loabi loabin shukuriyyaa 🤗♥️

  2. Anonymous says:
    December 5, 2024 at 9:20 pm

    Wow mi vaahaka vx varah varah reethi..💙💙
    Alhey fuhtaki jahaa meehaa ah kiyaa nan ninmaalamun genesdhin nama…. and visaamaa ge baeh vx himanaali nama vakin furihama vees kanneyge….💙💙💙
    Shaleen ge aa vaahaka akah inthizaaru kuran 📘📘💙💙

    1. Shaleen says:
      December 5, 2024 at 9:30 pm

      Bodu shukurakun fashaanan
      Shaleen ah mi comment libunu hisaabun Thi libunee shaleenge hithuge v loabi ingey.
      Ufalun folhijje vaahaka reehchey buneleema.
      Fuhtaki jahaameehaa Hama eynage gothuga beyndhee, vaahakaiage reality nugelley nehen.
      Mibuni dhiriulhumuga dhimaavaa emmennakee nan ingey meehunneivves noon.
      Emeehaage biruverikamun aslu character shaleen eynage nan hoadan noolhey gothah mi vhk liyefa eynee ..
      Yaaa I agreed 👍 💯 wisaama genessli nama thibunaahen vaahaka nikah furihama vees…

      Ufaavejje shaleenge AA vaahaka ah inthizaaru kuraatheeve
      Loabi loabin shukuriyyaa 🤗 ♥️

    2. Anonymous says:
      December 6, 2024 at 5:35 am

      Mee nawar ingey

  3. gurrrrl says:
    December 6, 2024 at 12:09 pm

    awwww shaleen finally vhk nimunee dhw vrh reethi vrh courious ves vi
    ekm me hama ehme perfect alhugandhu ge supprot abadhuves shaleen ah libeyne
    n shaleen ge aa vhk akah mhr mi wait kuranii leep it up girl
    love you

    1. Shaleen says:
      December 6, 2024 at 5:08 pm

      Gurrrrl
      Thanks varah bodah ingey
      Shaleen ah support dheytheeve.
      Yeah new story alart GA
      Hama inthizaaru kollabaaa
      Shaleen mi try kuranee veeyaa avahah up kolleveytho ingey
      Bunelan othee
      Loabi loabin shukuriyyaa 🤗 ♥️

  4. Sha says:
    December 6, 2024 at 1:59 pm

    Aslu reethives at the ending ga shaleen ah meekal dheke loabivevey nama

    1. Shaleen says:
      December 6, 2024 at 5:32 pm

      Hi sha!!
      Dhogeivves noon.
      Ekam ingeytha aslu Hama alhugandu beynunvee gothah mi inee liyelaafa.
      Aslu ehen liyuneeves meege 2 vana baeh liyefa publish kuran kamah hithaa…
      Dhenves Hama mi vaahakaige anei Baithah Hama shaleen ah time veevarakun liyevuneeyaa up kuran huree..
      Ekam avahah nimmaalee aslu ramazan ves inee kuriyah
      Kuriyah ebahuri v kankan…
      Ehenvegen aslu ekam bunelaathi vanee adhives meege anei Baithah v liyaa hihveyey.
      Sha ge comment furihama ah balaigannan.
      Thibunaahen dhen ekkoh story nimmaaleeya reethivaaneyey dho thibuni shaleen ves loabin veemama
      Ufaaveri comment eh
      Loabi loabin shukuriyyaa 🤗 ♥️

  5. Shaleen says:
    December 6, 2024 at 5:32 pm

    Hi Nawar
    It’s okay ingey..
    Buneleema ingijjey Nawar Kan
    Hehehe

  6. cutie girl says:
    December 7, 2024 at 12:41 pm

    mi part ves v reethi masha allah
    curiously waiting for next story
    keep it up
    fainally miykaal and shaleen gulhunee
    they both are made for each other
    v intresting story eh
    v kiyaala hithun kiyani
    i appreciate your hard work
    love you fav author

    1. Shaleen says:
      December 7, 2024 at 2:55 pm

      Thanks cutie
      Lakka ufaavejje comment libuneema
      Yes Hama bunelan othee wait kollaashey dhen in vaahaka ah.
      In sha Allah v avahah up kollaanan
      Loabi loabin shukuriyyaa 🤗♥️

Comments are closed.



All Right Reserved!