އުފަންފަސްގަނޑުގައިވެސް މިއަދު އަހަންނަކީ އެކަނިވެރިޔެކެވެ. މަންމަ ކުރި ފާފައެއްގެ ސަބަބުން އެކަމުގެ ޝަޒާ ލިބެމުންދާ ޒުވާނެކެވެ. ނިކަމެއްޗެކެވެ. އަޅާލާނެއް ޔާރެއްއިޔާރެއް ނެތް ޔަތީމެކެވެ . މީގައި އަހަރެންގެ ކުށަކީ ކޮބާ ހެއްޔެވެ؟ ކުއްލިއަކަށް ހަނދާނަށް އައީ މަރުވުމުގެ ކުރިން މަންމަ ބުނި އަލަމާރިއެވެ. އެ އަލަމާރި ހުޅުވާލުމުން ލޮލުގައި އަޅައިގަތީ ފޮތެކެވެ. އެ ފޮތް ނަގައި ހުޅުވައި ކިޔަން ފެށީމެވެ.
ރަށަށް އީދު ކުޅެން އައި ޒުވާނެކެވެ. ރީތިގެ ރަސްގެފާނެކެވެ. ބުޅި އިސްތަށިގަނޑެއްގެ ވެރިއެކެވެ. ސާދަވިލޭރޭގެ ހަނދުފަދަ ދެލޮލެވެ. އަށްނާރު އޮތްތަކެއް ފަދަ ދެއްޕިލަޔާ ފިޔާތޮށި ދެތުންފަތެވެ. ބައިމަތި ފުޅާ ކަސްރަތީ ހަށިގަނޑެވެ. ހަމުގެ ކުލަ އަލި ދިގު ޓަވަރެކެވެ.
ގޭގެ ކުއްޔަށް ދޭ ކޮޓަރީގައި ނިމާލް ބެހެއްޓީ އަހަރެންގެ ބައްޕައެވެ. އެކަމާ މަންމަ އެހާ ހިތްހަމައެއް ނުޖެހެއެވެ. އެހެނަސް މި ހިތް ދިޔައީ ނަޝަމުންނެވެ. ލޯބީގެ ޚިޔާލު ތަކުގައި އާވާރާވެ ދުވަމުންނެވެ. ކުރިއަށް ކަންވާނެ ގޮތެއް ނޭނގޭ ހާލު އެވެ . ހުވަފެނުގައި އެތައް އުއްމީދެއް އާކުރެއްވިއްޖެއެވެ. އެތައް ވައުދާ އަޚުދުތައް ވެވިއްޖެއެވެ.
އަހަރެންގެ އާއިލާއަކީ މުޅި އަތޮޅަށް މަޝްހޫރު ގަދަރުވެރި އާއިލާއެކެވެ . އެހެންކަމުން މުޅިންވެސް ރަށަށް އަށްނަށް ޝަރަފުވެރިން ތިބޭނީ މިގޭގައެވެ. ގެއަކީ އޭރުގެ ފެންވަރަށް ރަށުގައި ހުރި ގެތަކުގެ އެންމެ ރީތީ ގެއެވެ .
އީދުގެ ފުރަތަމަ ދުވަހު އަހަރެން ވަރަށް ފަރިވީމެވެ . ނިމާލަށް ދައްކާށެވެ.ވަށްފަސްބައިލީ “ޕާކިސްތާނު” ހެދުމެއްލީމެވެ . އަހަރެންގެ ފަން ދިގު އިސްތަށިގަނޑުގައި ބޮޑު ހުޅި އެއްޖެހީމެވެ . ދޯއްބައްޓާއިން ބޯ ނިވާކޮށްލީމެވެ . އަތުގައި އޮތް އެންމެ ރީތީ ބޫޓަށް އެރީމެވެ . ނުވިތާކަށް ކަރުގައި ބައްޕަގެ ކެމެރާވެސް އެޅުވީމެވެ. ފޮޓޯ ނެގުމަށެވެ.
ހަވީރު ދަފިނަގާތާ ހުއްޓާ މީހަކު އަހަރެންގެ ގައިގައި ކުލަލައިފިއެވެ. ދަށްނައް ވަހެއްހެން ހީވެގެން ފަހެއްބަލާލީމެވެ.ފަހަތުން ފެނުނީ ހެވި ދިލިފައިހުރީ ނިމާލެވެ. އާއެކޭ އެއީ އަހަރެންގެ ހިތުގެ ރާޖާއެވެ. އެވަސް އަހަށްނަށް އޮޅޭނެ ހެއްޔެވެ؟
އާގަމަވެ، ބަސްހުއްޓިފައި ހުރި އަހަންނަށް ހޭވެރިކަމެއް ވީ ނިމާލް ފަންވަތެއް ދިއްކޮށްލުމުންނެވެ.” ގަޑިއަށް އަށްނާނެކަމަށް އުއްމީދުކުރަން” ނިމާލް އެހެން ބުނެފައި ފަސް އެނބުރި ބެލުމެއްނެތި ހިނގަންޖެއެވެ . އޭނާ އަހަށްނަށް ގަޑިކިއީއެވެ . ރަށުގެ ތުނޑިން ރޭގަނޑު 21.30 ހަށެވެ. ވަގުތުން ފުންމާލީމެވެ. ވީ އުފަލުންނެވެ .
އެންމެ ފަހުން މާލެ ދަތުރު ބައްޕަ ގެނެސްދިން ހެދުންލާ ތައްޔާރުވެލީމެވެ . ނިމާލާ ބައްދަލުކުރާށެވެ. ވަގުތުތައް ލަސްވެ އަހަރެން ހުރީ ރުޅި އައިސްފައެވެ . ރޭނގަނޑު ނަލަ ހަނދުވަރުގަ ނިމާލް އަހަންނަށް ލޯބި ހުށައެޅިއެވެ . މިރަށުން ފުރަނީ ކައިވެނީގެ ފަހުން ކަމަށް ވައުދު ވިއެވެ .
ރަށުގެ އެތައްމިތަނުން އަހަރުމެން ބައްދަލުކުރަމުން ދިޔައީމެވެ. ވަރަށްވެސް ސިއްރިއްޔާތުގައެވެ. މަންމަމެން ނުރުހިދާނެތީއެވެ. އެންމެ ފަހުން ވާރޭ ވެހުންރޭ އަހަރެން ނިދީ ނިމާލުގެ ކޮޓަރީގައެވެ. އޭނާގެ ދާންމަތީއެވެ. ނިމާލްގެ އާދޭހަށެވެ . އެރޭ އަހަރެންގެ އެންމެ އަގު ބޮޑު ހަޒާނާ ފުރިހަމަ އިތުބާރާއި ޔަޤީންކަމާއެކު ނިމާލަށް ދިނީމެވެ . އެއްފަހަރު ކަމަށް ފުދިގެންނެވެ. އަހަރެންމެންގެ ކައިވެނި ލަސްތަކެއް ނުވެ ކުރެވޭނެތީއެވެ. އެހެނަސް ފަހުން ފަހުން ނިމާލް ކައިވެނި ކުރާކަށް ބޭނުމެއްނުވިއެވެ.
ކަންބޮޑުވެ އަހަރެން ހާސްވާން ފެށީ އެހިސާބުންނެވެ. އޭގެ ތިން ހަފްތާއެއް ފަހުން ބޮލުގައި ރިއްސަތީ ޓެސްޓް ހެދީމެވެ . އެދުވަހު ހީވީ އަހަރެންގެ މުޅި ދުނިޔެ އަނދިރިވި ހެންނެވެ.ހަފަރާތުގައިވާ ރުއްގަސްތައް އިސްވެ މަލާމަތް ކުރާހެން އަބަދުވެސް ހީވާ ކަހަލައެވެ.
ލިބުނު ހިތްދަތި ޚަބަރު އަހަރެން ނިމާލަށް އެންގުމުން އޭނަގެ ދަރިއެއް ނޫން ކަމަށް ބުނެ އަހަރެން ރަށަށް ބޭޒާރު ކޮށްލީއެވެ. މި ކަމެއް ކުރީ ދެމީހުންގެވެސް ރުހުމުގައެވެ. މައިންބަފައިން މިކަމުން ރަށަށް ބަދުނާމު ވެގެން ދިޔައެވެ. މީހުންގެ ނަފްރަތުގެ ބަސްތަކައް ކެތްނުވެ މަންމަވެސް މަރުވިއެވެ. ބައްޕަ އައި ރުޅީގައި އަހަރެން ގެއިން ނެރެލީއެވެ . ހަނދާނެއްގޮތެއްނެތި އަހަރެން އެކަނިވީއެވެ. ނިމާލުވެސް ފިލީއެވެ ؟
ކަރުނަތައް ފުހެމުން އަހަރެން ފޮތް ލެއްޕީމެވެ. މަންމަގެ މާޒީ ކިހާ ހިތްދަތި ހެއްޔެވެ؟ މަންމައަށް އިންސާފު ލިބެން ޖެހޭނެއެވެ. ނިމާލު ހޯދާ އަދަބުވެސް ދޭން އަހަރެން އަޒުމު ކަނޑައެޅީމެވެ. އެކަނިވެރި އަހަށްނަށް އުފަލެއް ލިބޭތޯއެވެ . އެހެނަސް މީ އިންސާފު ނުލިބޭ ޒަމާނެވެ.
“ނިމުނީ”





