ބްލަޑް 2 (19)
“އަހަރެން މިލްޔާދެކެ ލޯބިވޭ. އެކަމަކު މިލްޔާ އޭރު ކުރިކަން އެއީ އަހަރެންނަށް އެކްސެޕްްޓް ކުރެވޭނެ ކަމެއްނޫން. އޭރު އާދިންގެ ފުރާނަ ސަލާމަތް ނުވިނަމަ ގައިމުވެސް އަހަރެން މިލްޔާ ދޫކޮއްލީމުސް” ކައިޝަން ބުނެލިއެވެ.
އެދުވަހުގެ ހަނދާވުމުން މިލްޔާ ދޫކޮއްލީ ފިނިނޭވާއެކެވެ. ހަގީގަތުގައި ކަންވީގޮތުން މިލްޔާ ހުރީ އާދިން ކުރިމައްޗައް ދެން އަރަން ނުކެރިފައެވެ. ނަމަވެސް މަޢާފަށް އެދުން އެއީ މިލްޔާ ކުރަން ޖެހޭކަމެއްކަމަށް މިލްޔާވެސް ގަބޫލުކުރެއެވެ.
“އަހަރެން.. ވާހަކައެއް ދައްކާލަން.. އޯކޭތަ ވަނަސް؟” މިލްޔާ އަހާލިއެެވެ. އާދިން ބޮޑަށް ދޮރު ހުޅުވާލުމުން މިލްޔާއާއި އެކު ކައިޝަންވެސް ވަނެވެ.
“ކިޔާބަ؟” ތިން މީހުންގޮސް ސޯފާގައި ހަމަ ޖެހިލެވުމުން އާދިން ބުނެލިއެވެ.
“އަހަރެން މިއައީ އާދިން ކިބައިން މަޢާފަށް އެދެން.. ޔެސް އައި ޔޫސްޑް ޔޫ.. އެންޑް އައިމް ސޮރީ. އައި ރިއަލީ އޭމް..” އިސްޖަހައިގެން އިނދެ މިލްޔާގެ އިނގިލިތަކާއި ކުޅެން އިނދެ މިލްޔާ ބުނެލިއެވެ.
“އިޓްސް އޯކޭ… އައިމް އޯކޭ ނައު. އަހަރެންއެއްވިސް ވަރަކަށް ރިގްރެޓްވެސް ނުކުރަން އަހަރެންނަށް މިލްޔާއަށް ކިޑްނީއެއް ދެވިގެންނެއް. އައިމް ހެޕީ އައި ޑިޑް. އަހަރެންނަށް ސަލާމަތް ކުރެވުނީ ފުރާނައެއް. އަހަރެންއެކަމާއި ވަރަށް އުފާ ކުރަން. އަދި އަމުދުން ތިއީ ކައިޝަން އިންނަން އުޅޭ ކުއްޖާކަމުން މާ އުފާވޭ. ޔޫރާ ބުނި ރުވާން ސަލަމާތް ކުރީ ކައިޝަންއޭ. ތެންކިޔޫ ކައިޝަން” އާދިން ބުނެލިއެވެ. ކައިޝަން ހިނިތުންވެލާފައިއެއީ ކަމެއްނޫނޭ ބުނެލިއެވެ.
“މިއަދު ދެކުދިން ހާދަ ހެވިފަ ތިބި ދުވަހެކޭ އަނެއްކާ ކިހިނެތްވީ؟” ހެނދުނުގެ ނާސްތާ ނަގަމުން ދިޔައިރު ރުވާންއާއި ޔޫރާ މާވަރަކަށް ހޭތީވެ ނޯޔާއަށް އަހާލެވުނެވެ.
“ހޭންވީނުންތަ ދެން.. ކީއްކުރަން ރޯންވީ؟ މިގެއަށްވެސް ދެން އިރާދަކުރެއްވިއްޔާ ޅީދަރިއަކު އަންނަނީތާ ހެހެ” ރުވާން ބުނެލިއެވެ. ރަވާންއަށާއި ނޯޔާއަށް ރުވާންއަށް ބަލައިލެވުނީ ތަންކޮޅެއް ސާފުކޮއް ބުނާށޭ ބުނާފަދައިންނެވެ. ރުވާން ހިނިތުންވެލާފައި ކައިރީގައި ލަދުން އިން ޔޫރާގެ މަޑުކަފަކޮޅެއްފަދަ އަތުގައި އިން އަނގޮއްޓި ދައްކާލާފައި “ވީ އާރ އެންގޭޖްޑް” އޭ ބުނެލިއެވެ. ރަވާންއަދި ނޯޔާގެ މޫނުމަތީގައިވެސް ކުރެހުނީ އުފާވެރިހިނިތުންވުމެކެވެ.
**8 މަސް ފަސް**
ރޭގަނޑުގެ ވަގުތެވެ. އަތިރިމަތީގައި އެހެން ރޭރޭ އޮންނަފަދަ ހަމަހިމޭން ކަމެއް މިރެއަކުނެތެވެ. އެކިދިމަދިމާލުގައި މީހުންތަށް ހޭލަމޭލަވަމުން ދިޔައީ ކުރިއަށް ދަމުން ދިޔަ ކައިވެނީގެ އުފަލުގައެވެެ. ވަންނަން އިން ގޭޓުކައިރީގައި އިން ބޯޑުގައި ފެއާރީ ލައިޓްސް އިން “ރުވާން ވެޑްސް ޔޫރާ” ޖަހާފައި އިންއިރު ކިތަންމެހާވެސް ލޯއިތްބެވެ. ފަހަރަކު މީހަކުއަހިސް މި ލޯބި ޖޯޑަށް މަރުހަބާ ކިޔަމުންދިޔައެވެ. ރަތާ ކަޅުން ފަހާފައިވީ ޔޫރާގެ ބޮޑު ވެޑިންގ ޑްރެސްވަނީ މުޅި ސްޓޭޖްއަށް ފެތުރިފައެވެ. ލޭރަތްކުލައިގެ ސިލްކް ފޮތިން ހެދުން ފަހާފައިވީ އިރު ކަޅުކުލައިގެ ލޭސްފޮތިން މުޅިހެދުންވަނީ ޖަރީކޮއްލާފައެވެ. ޔޫރާގެ ކުރުއިސްތަށިކޮޅުވެސް ރީތިގޮތަކަށް ޑިޒައިންކޮއްލާފައިވީ އިރު އެއްފަރާތުގައި ރަތްކުލައިގެ މަލެއްޖަހާފައި އިނެވެ. މޫނުގައި ލުއި މޭކަޕްއެއްކޮއްލާފައި ހުރި އިރު ހަނދުވެސް މިރޭހުރީ ލަދުން ވިރިވިރިކަން ގައިމެވެ. އެހާވެސް ރީއްޗެވެ.
ކައިރީގައި ހުރި ރުވާންވެސް ވަކި ޔޫރާއަކަށް ދޫކުރާވަރެއްނޫނެވެ. ރަތްލޭކުލައިގެ ގަމީހަކާއި އެކު ކަޅުކުލައިގެ ކޯޓު ފަޓުލޫނުގައި ހުރިއިރު ރުވާން ހީވަނީ ކޮރެއަން ފިލްމް ސްޓާރ އެއްހެންނެވެ. ރުވާންގެ މޭމަތީގައި ޔޫރާގެ ބޮލުގައި އިން ކަހަލަމަލެއް އިންއިރު އިސްތަށިކޮޅުވެސް ވަނީ ރީތިގޮތަކަށް ފުނާއަޅާލެވިފައެވެ. ޔޫރާގެ އުނަގަނޑުގައި އަތްއަޅުވާލައިގެން ހުރި އިރު ރުވާންގެ ތުންފަތްމަތީގައިވީ ހިނިތުންވުމުން އަންހެން ކުދިންތަށް ހޭނެތޭވަރުވެއެވެ.
“ހިއާރ..” ދުރުގައި އެ ލޮބުވެތި މަންޒަރުބަލަން ހުރި އެލީންއަތަށް އޮރެންޖު ޖޫސްތައްޓެއް ދެމުން އާދިން ބުނެލިއެވެ. ރަތްކުލައިގެ ކަކުލާއި ހަމައަށް އަރާ ހެދުމެއްގައި ހުރި އިރު އެލީންވެސް ހީވަނީ ޕަރީއެއްހެންނެވެ. ބޮލުގައި ޔޫރާ ބޮލުގައި އިންކަހަލަ ދައްޗެއް އިންއިރު އެލީންގެ ފަން ދިގު އިސްތަށިކޮޅުވަނީ ވަޔާ ވިހުރެންދޫކޮއްލާފައެވެ. އާދިން ކަޅުކުލައިގެ ގަމީހަކާއި އެކު ކަޅުކުލައިގެ ކޯޓު ފަޓުލޫނުގައި ހުރި އިރު މޫނުމަތީގައިވީ ހިތްގައިމު ހިނިތުންވުމެކެވެ.
“ތޭންކްސް.. އަލްހަމްދުލިއްލާހް.. އެންމެފަހުން ޔޫރީއާއި ރުވާންއަށް މެރީ ކުރެވުނީދޯ؟ ހަމަ ހުވާ ރޮވޭ ވަރުވޭ. އެހާ ބައިވަރު ކަންކަން ސްޓަގަލްކޮއްފަ.. އަލްހަމްދުލިއްލާހް ޔޫރާގެ ހަޔާތަށް އުފާވެރިކަންވެސް ދެއްވައިފި” ޖޫސްތަށިން ކޯވަރެއް ބޯލަމުން އެލީން ބުނެލިއެވެ.
“އައި ނޯ ރައިޓް؟” އާދިންވެސް އެލީންގެ ވާހަކައިގައި ބައިވެރިވަމުންބުނެލިއެވެ.
“ހެހެ ދެން އަހަރެމެންގެ ވެޑިންގ ދޯ؟ ބާކީ 57 ދުވަސް” ފޯނުގައި އިން “ކައުންޓްޑައުން” ދައްކާލަމުން ބުނެލިއެވެ.
“ހެހެ ދޯ؟ ކޭންޓް ވެއިޓް” އެލީންގެ ކަރުދޮށުގައި ތުންފަތް ޖައްސާލަމުން އާދިން ބުނެލިއެވެ. ވަގުތުން އެލީންއަށް ތެޅިގަނެވުނެވެ.
“އޭ ދެން އާދޫ!! މީހަކަށް ފެނިދާނޭ” ތުން އޫކޮއްލާފައި އެލީން ބުނެލިއެވެ.
އުފާވެރި ވަގުތުކޮޅަކަށްފަހު ޔޫރާއާއި ރުވާންގެ ކައިވެނީގެ ހަފްލާނިމުނެވެ. ހުރިހާއެންމެންގެ ތުންފަތްމަތިންވެސް ފެންނަނީ އުފާވެރިކަމުގެ ހިނިތުންވުމުކެވެ. މިހާރު ކައިޝަންއާއި މިލްޔާގެ ކައިވެނި ކުރެވިފައިވީއިރު، މިލްޔާ މިހާރު އިނީވެސް ބަލިވެއެވެ. 4 މަހުގެ ކުޑަކުޑަ ބަނޑުކޮޅާއިއެކު މިލްޔާ ފެންނަނީވެސް ވަރަށް ލޯބިކޮށެވެ. ހިމަތޮޅިކޮށްހުރި މިލްޔާގެ ކޮލެއްލާފައި ހުރުމުން ކޮލުގައި ހިފާނުލާ ނުހުރެވޭހާ ލޯއިތްބެވެ. އާދިންއާއި އެލީންގެ ކައިވެނި ދެމަހެއް ހާދުވަސް ފަހުން ކުރެވެން އޮތް އިރު މިރޭ މިފާހަގަ ކުރެވުނީ ޔޫރާއާއި ރުވާންގެ ކައިވެންޏެވެ. އެކިކަހަލައިގެ އުސްގަނޑުތަކެއް ކުރިމަތި ލުމަށްފަހު މިއަދު ރުވާންއާއި ޔޫރާގެ ގުޅުން ހަލާލުގޮތުގައި ފުރިހަމަކޮއްލެވުނީއެވެ. ނޯޔާވެސް ޅީދަރިއަކު ލިބުމުން ހުރީވަރަށް އުފާވެފައެވެ. އޭގެ އިތުރުން ރުވާންގެ ތުންފަތް މަތިން އުފާވެރިކަން މިހާރު ފެންނަމުންދާތީވެ ދެމަފިރިންނަށްވެސް ކުރެވެމުން ދިޔައީ ތަފާތު އިހުސާސްއެކެވެ.
12 ޖެހި އިރު ރުވާންއާއި ޔޫރާއަށް ގެއާއި ހަަމައަށް ވާސިލްވެވުނެވެ. ހެދުންބަދަލުކޮށްލައިގެން ދެމަފިރިން ފުރީ މާދުރުނޫން ހިސާބެއްގައި އޮތް ރިސޯޓަކަށެވެ. އަމާން އޮމާން ދަތުރަކަށް ފަހު ރިސޯރޓްއަށް އާދެވުމުން ދެމަފިރިންވެސް ދިޔައީ އެމީހުންނަށް ހާއްސަކުރެވިފައިވީ ކޮޓަރިއަށެވެ.
މުޅިކޮޓަރިތެރެ ފިނިފެންމަަލުން ޖަރީކުރެވިފައިވީއިރު އެނދުމަތީގައި ރީތިގޮތަކަށް “ހެޕީ ހަނީމޫން” ޖަހާލެވިފައިވިއެވެ.
“ވާއު” ޔޫރާއަށް ބުނެވުނެވެ. “ހެހެ ކަމުދޭތަ؟” ރުވާންއަހައިލިއެވެ.
“ޔޭސް ވަރަށް ލޯބީ” ޔޫރާ ބުނެލީ ރުވާންގައިގައި ބައްދާލަމުންނެވެ.
ފުރަތަމަ ކަމަކަށް ދެމަފިރިން އެކުގައި 2 ރަކުއަތް ނަމާދެއްކޮއްލިއެވެ. ﷲ އަށްޓަކައި ދުޢާދެންނެވީ އެކައިވެނީގައި އުފާވެރިކަމާއި ހިތްހަމަ ޖެހުން ލައްވާތޯއެވެ. ނަމާދުކޮށް ނިންމާފައި މުސައްލަ އޮޅާލާފައި ގޮސް ކަބަޑުގައި ޔޫރާ މުސައްލަ ބާއްވާލިއެވެ. އިސްތަށިކޮޅުގައި އަތް ހާކާލާފައި އަނެއްފަރާތަށް އެނބުރުނު އިރު ޖެހޭނުޖޭހިސާބުގައި ހުރި ރުވާންފެނި ޔޫރާގެ މޫނުމައްޗައް ލަދުވެތިކަން ވެރިވިއެވެ. ހިނިތުންވެލާފައި ރުވާން އޭނާގެ ބާރުގަދަ ދެއަތް ޔޫރާގެ ހަށިގަނޑުވަށާލިއެވެ.
“ފައިނަލީ! ޔޫ އާރ އޯލް މައިން!” ރުވާން ބުނެލިއެވެ. ޔޫރާގެ މޫނުމަތީގައިވީ ރަތްކަން އިތުރައް ރަތްވެލިއެވެ. ރުވާންގެ އަތުގެ ބޮޑުވައިން އިނގިލިން ޔޫރާގެ ތުންފަތުގައި ލޯބިގޮތަކަށް ފިރުމާލާފައި ރުވާން ޔޫރާގެ ތުންފަތަށް ބޮސްދިނެވެ. ޔޫރާގެ ހިތުގެ ތެޅުންއަވަސްވެލިއެވެ. ޔޫރާގެ ލޫޅާފަތި ހަށިގަނޑުއަތްދަނޑިމައްޗަށް ނަގައިފައި ޔޫރާ ގެންގޮސް އެނދުމަތީގައި ލޯބިންބާއްވާލިއެވެ. އެރޭގެ ބާކީއޮތްބައި ދެމަފިރިންވެސް ހޭދަކުރަމުން ދިޔައީ އުފާވެރިކަމާއި އެކުއެވެ. ކޮންމެ ބީހިލުމަކުންވެސް ބުނެދެމުން ދިޔައީ ދެމަފިރިންވެސް އެކަކު އަނެކަކު ދެކެ ލޯބިވާވަރެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
3 Comments!
Comments are closed.







mashallah vrh reethi finally yoora n ruvaan get married yesss yeyyyy
btw when next part cant wiat for itt
pls keep it up
love you
hehe yesyes
in sha allah maadhamaa new part upload kollaadhaneynan tmrw.. and new story ge trailor ves in sha allah
mi part ves v reethi masha allah
curiously waiting for next part
keep it up
finally yoora and ruvaan married
eleen and aadhin ves marry kuruvaa
they all are made for each other