މިއީ އަޅުގަނޑު “އަޞްފާލިލް ޖަޖު” އެސްފިޔަ ސައިޓަށް ބޭފުޅުން އަޕްލޯޑު ކުރައްވާފައިވާ ވާހަކަތަކުގެ ތެރެއިން ކިޔުންތެރިންގެ މަދުގައި އެންމެ ބޮޑަށް މަގުބޫލު ވެފައިވާ ވާހަކަތަށް ކިޔުންތެރިންނަށް އަންގައިދިނުމަށް ތައްޔާރު ކުރަމުން ގެންދާ ސީރީޒެކެވެ. މިފަހަރުގެ ވަނަވަނަ ރިޕޯޓުގައި ވާދަ ކޮށްފައިވާނީ 21 ނޮވެމްބަރުން ފެށިގެން 25 ނޮވެމްބަރުގެ ނިޔަލަށް އެސްފިޔަ.ކޮމް އަށް އަޕްލޯޑު ކުރެވިފައިވާ ވާހަކަތަށް އެކުލަވާލައިގެން މުޅި ޖުމްލަ 31 ވާހަކައެކެވެ. ވަނަވަނަ ހޮވިފައިމިވަނީ އަޕްލޯޑު ކުރެވިފައިވާ ވާހަކަތަކަށް 30 ނޮވެމްބަރުގެ ނިޔަލަށް ލިބިފައިވާ ވިއުސް، […]
އަހަރެންނަކީ އަންހެން ކުއްޖަކީމެވެ.އަހަރެން ދެކޭގޮތުގައި އަހަރެން މިއީ ނަމަކަށް އުޅޭ ބޭކާރު ކުއްޖަކީމެވެ .އަހަރެންގެ އުމުރުން މިހާރު ވީ 12 އަހަރެވެ. މިއަދު ވެސް އިރު އެރީ ކޮންމެ ދުވަހެކޭ އެެއްފަދަައިން އަހަރެން ބަލަން އޮއްވައެވެ.މިއީ އަހަރެންނަށް އޮތް ގޮތެވެ.ރޮއިރޮއިދެލޯ ވަނީ ދުޅަށް ވެފަައެވެ.އަހަރެން ތެދުވީމެވެ.މޫނު ދޮވެލާ ރީތި ވެލާގެން ނުކުތީމެވެ.އަހަރެންގެ މިސްރާބަކަށް ވީ ބަދިގެއެވެ.ބަދިގެ އަށް ވަދެއް އަވަސް އަރުވައިލާގެން ކަންތަށްތަށް ނިންމޭތޯ އުޅުނީމެވެ.އަހަރެން ކުޑަ އަކަސް މިކަންތަށް ވަނީ ކުރަން ދަސްވެފައެވެ.އިސާހިތަކު ހުރިހާ ކަމެއް […]
މިއީ އަޅުގަނޑު “އަލްފާޞިލް ޖަޖު” އެސްފިޔަ ސައިޓަށް ބޭފުޅުން އަޕްލޯޑު ކުރައްވާފައިވާ ވާހަކަތަކުގެ ތެރެއިން ކިޔުންތެރިންގެ މެދުގައި އެންމެ ބޮޑަށް މަގުބޫލު ވެފައިވާ ވާހަކަތަށް ކިޔުންތެރިންނަށް އަންގައިދިނުމަށް ތައްޔާރު ކޮށްފައިވާ ރިޕޯޓެކެވެ. މިފަހަރުގެ ވަނަވަނަ(ރިޕޯޓް) ގައި ވާދަ ކޮށްފައިވާނީ 19 ނޮވެމްބަރު އަދި 20 ނޮވެމްބަރުގައި އެސްފިޔަ އަށް އަޕްލޯޑު ކުރެވިފައިވާ ވާހަކަތަށް އެކުލަވާލައިގެން މުޅި ޖުމްލަ 12 ވާހަކައެކެވެ. ވަނަވަނަ ހޮވިފައިމިވަނީ އަޕްލޯޑު ކުރެވިފައިވާ ވާހަކަތަކަށް 28 ނޮވެމްބަރާ ހަމަޔަށް ލިބިފައިވާ ވިއުސް، ލައިކްސް އަދި […]
މާކާނޑުގެ މެދުގައި އުފެދިފައިވާ ކުޑަކުޑަ ފަޅުރަށަށް އަހަރެން ދިޔައީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާ ދެކިލުމުގެ ނިޔަތުގައެވެ. ރަށުގެ މަލަމަތިން ފެންނަމުން ދިޔައީ މޫދުއެރި ސަކަރާތްޖަހަމުން ދިޔަ ކުދިބައެކެވެ. އެއީ ދަތުރުގޮސްގެން އުޅޭ ބައެއްކަން އެނގުނީ ޖަހާފައިވާ ފޭލިގެ ތަކުގެ ސަބަބުންނެވެ. އަހަރެން އަވަސްވެގަތީ އެމީހުންނަށް ފެނުމުގެ ކުރިން އެކުވެރިޔާގެ ގާތަށް ދިޔުމަށްށެވެ. ނަމަވެސް އޭރު މާ ލަސްވެއްޖެ އެވެ. އަހަރެން ފެނުމުން އެތާ ވެލި ކުޅެން އިން ކުޑަ އަންހެން ކުއްޖާ އޭނާގެ ފައިވާނުން އަހަރެންގެ […]
ޝަފާ އާއި ޝައިމާ އަކީ އެއްބަނޑު އެއްބަފާ ދެ ކުދިންނެވެ. ޝައިމާގެ ބައްޕަ ނިޔާވީ ޝައިމާ 1 އެއްއަހަރު ގައެވެ. ޝައިމާގެ މަންމަ ނިޔާވީ ޝައިމާ އަށް 8 އަހަރުގައެވެ. އޭރުން ފެށިގެން ޝައިމާ އާއި ޝަފާ އުޅެނީ އެކަނިވެރި ކޮށެވެ. މިހާރު ޝައިމާ އަށް 17 އަހަރެވެ. ޝަފާ އަށް 21 އަހަރެވެ. މިހާރު ޝަފާ އުޅެނީ އޮފީހެއްގައެވެ. ޝަފާ އަށް ލިބޭ މުސާރައިން ޝައިމާ އައްވެސް ހަރަދު ކުރެއެވެ. ***** އައިޝަން އަކީ […]
އެއްމެ މަޤުބޫލު ފަސް ސަތޭކަ ފިލްމަށް ބަލާލާއިރު ފިރިހެނުންނާއި އަންހެނުން ވާހަކަ ދަށްކާފައިވާ މިންވަރު ވަރަށް ވެސް ތަފާތެވެ. ދެޖިންސު މަސައްކަތް ކޮށްފައިވާ މިންވަރު ތަފާތެވެ. އަދި ހަމަ އެހެންމެ އަގުތަށް ވެސް ތަފާތެވެ. މިހެންގޮސް ފިލްމީ ދާއިރާގައި ވެސް ޖިންސީ ތަފާތު ކުރުންތަށް އެބަހުރިއެވެ. އެއްމެ ފުރަތަމަ ކަމަކަށް ބަލާލާއިރު ، ވާހަކަ ދެއްކުމަށް އަންހެނުންނަށް ލިބިފައި ވަނީ 30.8 އިންސައްތައެވެ. ފިރިހެން ތަރިންނަށް ލިބިފަވާ އިންސައްތަ އަކީ 69.2 އެވެ. މިކަމުން ވެސް މި […]
ބޮޑު ތަނަވަސްކޮޓަރިއެކެވެ. ހަތަރު ފާރުގައި ރީތި ވައިލެޓު ކުލައެއް ލާފައި ވާއިރު ފަރުނީޗަރު ތައްވެސް ހުރީ އެޔާއި ގުޅޭ ގޮތުން އަޅުކުލައިގައެވެ. ބޮޑު އަލަމާރިއެއް އެއް ބިތުގައި ބަހައްޓާފައި ހުރި އިރު އެ އަލާމާރި ކައިރީގައި ދެ ސޯފާ ބަހައްޓާފައި ހުއްޓެވެ. އެ ދެ ސޯފާގެ ކުރިމަތީގައި ބިއްލޫރި ވަށް މޭޒެއް ބަހައްޓާލައިފައި ވުމުން އިތުރު ފުރިހަމަކަމެއް ގެނެސްދެއެވެ. ކޮޓަރީގެ ދިގު ކުޑަދޮތުތައް ކަހާލެވޭ ގޮތަށް ހަދާފައި ހުރި އިރު އެތަނުން ބެލްކަންޏަށް ނިކުމެވެއެވެ. އަޅިކުލައިގެ ދޮރުފޮތިތައް […]
އާދައިގެ މަތިން އެހެން ދުވަސް ތަކެކޭ އެއްފަދައިން އަހަރެން އިރު އަރާ ތަން ބަލަން ދިޔައީމެވެ. ފަތިހު ފަސް ގަޑި ބައިގަ ދާގޮތައް އަހަރެން ގެއަށް އަންނަނީ ހަ ގަޑި ފަނަރަ ހާއިރު އެވެ. އަހަރެންގެ އެއްވެސް މީހަކު ނުހުރެއެވެ. މަންމަ ނިޔާ ވިތާ ވެސް 2 އަހަރު ވެއްޖެއެވެ. އަހަރެންގެ ބައްޕަ ވެސް އަހަރެން ކުޑައިރު މަންމަ ވަރި ކޮށްފަ ދިޔަ ގޮތަކައް ނާދެއެވެ. ބައްޕަ ދުނިޔޭގަ އުޅޭ ކަމެއް ވެސް އަދި ނޫޅޭ ކަމެއް […]
އަހަރެން މޮޔައަކަށް ވެފައި ވަނީ ކަލެޔާ ހެދެއެވެ. ދުނިޔޭގެ ލޮލުގެ ކުރިމަތީގައި އަހަރެން ކުށްވެރި އަކަށް ވީ ކަލެއާ ހެދެއެވެ. އެދުވަސްތައް މާޒީއާ އެކުވެ ހިނގައްޖެއެވެ. އަހަރެން ދެކެ އިންތިހާއަށް ލޯބިވާ އަހަރެންގެ ޙަޔާތުގެ ބައިވެރިޔާ އެކީ އުފާވެރި ދިރިއުޅުމެއް ހޯދީމެވެ. މާޒީގެ ކަޅު ސަފުހާތައް ކަފުނ ކޮށްލަމުންނެވެ. އެހެނެއްކަމަކު، އަހަރެންގެ މާޒީ އާ މެދު ވިސްނާ ނުލާ އެންމެ ދުވަހެއް ވެސް ފާއިތުވެ ގޮސްފައި ނުވެއެވެ. ކަލޭގެ ވަކި ތަކުގެ ތެރޭގައި އަހަރެން ހައްޔަރު ވެފައިވި […]