ނިއަލް އާއި ލާޝާ އަށް ގެއަށް އާދެވުނު އިރު ހުރީ އެގާރަ ޖަހަން ކައިރިވެފައެވެ. ނިއަލް ކާރު ޕާކު ކޮށްފައި އައިސް ލާޝާގެ އަތުގައި ހިފައިގެން ގޭތެރެއަށް ވަންނަން ހިނގައިގަތެވެ. ގޭތެރެއަށް ވަދެ ވުމާއެކު ސިިޓިންރޫމުގައި އިން ނިޔާޝާ އާއި ނާއިމް އެ ދެމީހުންނަށް ފެނުނެވެ. އެހެންކަމުން ކޮޓަރިއަށް ދިއުމުގެ ބަދަލުގައި ލާޝާ އާއި ނިއަލް ގޮސް އިށީނީ ނިޔާޝާމެން ކައިރީގައި، ސޯފާގައެވެ. އެ ހަތަރު މީހުން އެކިއެކި ވާހަކަތައް ދައްކަން ވަރަށް ގިނައިރު ވަންދެން އެ […]
ގަޑިން ރޭގަނޑު އަށް ގަޑި ބައިވިއިރު ނިއަލް އިނީ ލާޝާގެ އިންތިޒާރުގައި ސިޓިންރޫމުގައި އިންނަ ބޮޑު ސޯފާގައެވެ. ގިނައިރު ތަކެއް ނުވެ ލާޝާ ރީތި ވެގެން ނިކުތެވެ. އަދި ފަރި ހިނގުމެއްގައި ގޮސް ހުއްޓުނީ ނިއަލްގެ ކުރިމަތީގައެވެ. ލާޝާ ފެނުމުން ނިއަލް އަށް ހުރެވުނީ ކަޅި ޖަހާނުލާ ލާޝާ އާއި ދިމާއަށް ބަލާށެވެ. ވާނީ ވެސް އެހެން ނޫން ހެއްޔެވެ. ކަޅުކުލައިގެ މެކްސީ އެއް ލައިފައިވާއިރު ތުންފަތުގައި ހުރީ މެރޫން ކުލައިގެ ލިޕްސްޓިކެއް ޖައްސާފައެވެ. އަރައިގެން ހުރީ […]
ލާޝާ އާއި ނިއަލް ކައިވެނި ކުރުމަށް މޭޒު ދޮށުގައި ހުރި ގޮނޑި ތަކުގެ ތެރެއިން އެ ދެމީހުން އިޝީނުމަށް ހަމަ ޖެހިފައިވާ ގޮނޑީގައި އިށީނދެގެން ތިއްބެވެ. މާކަ ގިނަ އިރުތަކެއް ނުވަނީސް ގާޒީ ކައިވެނި ޚުތުބާ ކިޔަން ފެށިއެވެ. ކައިވެނި ޚުތުބާ ކިޔަމުން ދިޔައިރު ލާޝާގެ އިތުރުން ނިއަލް ވެސް އިނީ ކަނުލާ އަޑު އަހާށެވެ. “އަނބި ގަބޫލުކޮށްފިން” ނިއަލްގެ ފިރިހެންވަންތަ އަޑުން ބޭރުވި މި ދެ ބަހުން ލާޝާ އަށް ބޭއިޚްތިޔާރުގައި ހިނިތުންވެވުނެވެ. ނިއަލް ލާޝާގެ […]
“ދަރިފުޅާ” ލާޝާގެ މަންމަ ރިހާނާ ލާޝާގެ ކޮޓަރިއަށް ވަންނަމުން އޭނާގެ ލޯބިވާ ދަރިފުޅަށް ގޮވާލިއެވެ. “ލައްބަ މަންމާ” ލޯގަނޑު ކުރިމަތީ ހުއްޓި ހުރި ލާޝާ އޭނާގެ މަންމައަށް ލޯބިން ފުރިގެންވާ ނަޒަރަކުން ބަލާލަމުން ބުންޏެވެ. އޭރު ލާޝާގެ ކޮއްކޮ ލާރާ އާއި އަދި، ލާޝާގެ އެންމެ ގާތް އެކުވެރިޔާ ނައިހާ ވެސް އެތާނގައި ހުއްޓެވެ. “ދަރިފުޅު ހާދަ ރީއްޗޭ މިރޭ.” ރިހާނާ އޭނާގެ ދޮށީ ދަރިފުޅު ލާޝާގެ ބޮލުގައި ފުރުމާލަމުން ބުނެލިއެވެ. އޭރު ރިހާނާގެ ލޮލުން ކަރުނަ […]
ރަނގަޅަށް ސައިބޯލައިގެން ހަވީރުގެ ހިތްގައިމު މަންޒަރު ދެކިލުމަށް ޓަކައި ނުކުތީ އަތިރިމައްޗަށެވެ. ބަލާލާ ކޮންމެ ދިމާއަކުންވެސް ފެނިގެންދަނީ ކުދިވެރިން ދުވެ ފުމެމުންދާ މަންޒަރެވެ. ޒުވާން އުމުރުފުރައިގެ ކުދިން ޖޯޑްޖޯޑަށް އެތުރިފައިވާ ތަނެވެ. އެހެނަސް މިއުފާވެރި މާހައުލުން ވެސް އަހަރެންގެ ހިތަކަށް އެއްވެސް ކަހަަލަ ހިތްހަމަޖެހުމެއް ނުލިބުނެވެ. ވާނީވެސް އެހެންނެވެ. މިރެއަކީ އަހަރެންގެ އުފާތައް ކަފުން ކޮށް ވަޅުލާ ރެއެވެ. މިކަހަލަ ވިސްނުމެއްގެ ތެރެއިން އަހަރެންގެ މާޒީއަށް ފީނާލެވުނެވެ. އަހަރެންނަކީ ޒުވާން އުމުރުގެ އެެހެން ކުދިން ފަދައިން އުފަލާއި […]
މުޅި ސުކޫލުގެ މާހައުލަށް ހީވަނީ އީދެއް އައިސްގެން އުޅޭ ހެންނެވެ. އެހެންނުވާންވީ ސަބަބެއްނެތެވެ. މިއަދަކީ ޖީސީއީ އޯލެވެލް އިމްތިޙާން ނިމުނު ދުވަހެވެ. ހުރިހާ ކުދިން އެއްފަހަރާ ސުކޫލް ހޯލުން ނިކުމެގެން އައިއިރު ހީވަނީ ގިނަ ދުވަސް ވަންދެން ކޮށްޓެއްގައި ބަންދުކޮށްފައި ތިބި ޖަނަވާރު ތަކެއް ދޫކޮށްލިހެންނެވެ. ކައިލީން ކުއްލިއަކަށް ސިއްސައިގެން ދިޔައީ ފަހަތުން މީހަކު އައިސް އޭނާގެ އަތުގައި ހިފައި ދަމައިގަތުމުންނެވެ. ކައިލީން ފަހަތަށް އެބުރި ބަލާލީ އެއީ ކާކުކަން އެނގިހުރެއެވެ. “ކިހިނެއްވީ ބޭފުޅާ ތިހެން އުޅެނިކޮށް […]
އަހަރެންގެ މަންމަ އަހަރެން ވަރަށް ކުޑައިރު ނިޔާވިޢެވެ.އޭގެ 1 އަހަރު ފަހުން ބައްޕަ އެކްސިޑެންޓެއްވިއެވެ.ގެހިގެން އައި އަހަރު ދޮންތަމެނާއި އެކު މަަލެ ބަދަހަލު ވީމެވެ.މާލޭގެ ޢާމަާހައުލަށް ަހަރެނ ހޭނުނެނެ ދުވަސް ތަކެއްނެގިއެވެ.މާލެ ބަދަލުވިތާ މާގިނަދހުވަހެއް ނުވަނީސް ސޮކޫލައް އާކުއްޖެއް އައެވެ.ދެމިހުން ވަރަށްއެކުވެރިވިއެވެ.މުޅި ސޮކޫލް އިންވެސް އޭނަގެ އެންމެ ގާތް އެކުވެރިޔަކީ އަހަނެވެ. ދެންވާ ގޮތްބެލުމަށް ވާހަކައަށް އިންތިޒާރު ކޮށްލަށްވާ! *********************************************** ހުކުރުދުވަހު މިވާހަކަ އަޕްލޯޑޮވާނެ އެވެ.
ލައުރާ އަކީ އިސްކޮޅުން ދިގު ޒުވާން އަންހެން ކުއްޖެކެވެ . ބޯ އިސްތަށިގަނޑު ބާނި ކަން ހުންނަ ކުއްޖެކެވެ . ހަމުގެ ކުލަ ރީތި ކުއްޖެކެވެ . ފިރިހެން ކުދިން ހިތް ކަތިލާ ކުއްޖެކެވެ . ހިގުމުގައި އަންހެން ވަންތަ ކަމެއް ހުންނަ ރީތި ހުސްކުރި ޒުވާން އަންހެން ކުއްޖެކެވެ . މުޅި މާލޭގައި ރީތި އަންހެން ކުދިން ގެ ލިސްޓް ގައި ލައުރާ ހިމެނެއެވެ . ނަމަވެސް އެކަމަކަށް ލައުރާ އެއް ނުވިސްނައެވެ . ހެދުނުގެ […]
ހަނދުއޭގެ ވާޖިބު އަދާ ކުރުމަށްފަހު އިރަށްތަންދެމުން ދުނިޔެއާ އަލްވަދާއުކިޔެވެ. ދުނިޔޭގެ އެކިކަންކޮޅު ތަކުގައި އެކި ކުލަޖައްސަމުން އާހެނދުނަކަށް ދުނިޔެމަރުހަބާކިޔެވެ. ޓެރަސް ގައި ނިދާފައޮތް ޒަރީރު މޯޅިއަކަށް ދެމިލަމުން ތެދުވިއެވެ. ގިނައިރު ރުއިމުގެ ސަބަބުން ދުޅަވެފައިވާ ދެލޯ އުނގުޅާލިއެވެ. ދިގުވެފައިވާ ތުނބުޅީގައި އަތްހިންގާލަމުން ދެވަނަފަންގިފިލާއަށް މިސްރާބުޖެހިއެވެ. ބޮލަށްބަރުވެފައިވުމުން ހިގުންވީ އުނދަގޫކަމަކަށެވެ. އަޅާލާ ކޮންމެ ފިޔަވަޅަކުން ހަށިގަނޑަށް ވަރުބަލިކަން ގެނެސްދެމުން ދިޔައެވެ. ބޮލުގައި އުފެދިފައިވާ އާދިޔަހިލަފު ތަދު ފަހަރަކައްވުރެ ފަހަރެއް އިތުރުވަމުން ދިޔައެވެ.ގެއަށްއާދެވުމާއެކު ކޮޓަރިއާދިމާއަށް ހިތްވަރެއް ކޮށްލާފަ ދެވުނީ ހަމަކިރިޔާއެވެ. […]