ފާތުމާ އަވިއްސެއް ހެން ދެކޮޅަށް ދުވަމުން ދިޔައީ އިރުއޮއްސުމުގެ ކުރިން ކުރަންހުރި ހުރިހާ މަސައްކަތެއް ކޮށް ނިންމާލެވޭތޯއެވެ. ނޭވާލާނެ ވަގުތުކޮޅެއް ނުހޯދާ ހަދަރިން އެކަނިމާއެކަނި ބަލަމުން އަންނަތާ ދެއަހަރު ވީއެވެ. ފާތުމާގެ ފިރިމީހާ ހަސަނު މަހަށް ގޮސް އުޅުމުގެ ތެރޭގައި ދިމާވި ހާދިސާއަކާ ގުޅިގެން ނިޔާވީ މީގެ ދެއަހަރު ކުރިން ފާތުމާ 6 ވަނަ ކުއްޖާއަށް ބަލިވެ އިންދައެވެ. އަދި އާއިލާ މީހުންގެ އެހީތެރިކަމެއް ފާތުމާއަށް ލިބެމުން ނުދާތީ ފާތުމާ ވެފައި ވަނީ ވަރަށް އެކަނިވެރި ދިރިއުޅުމެއް އުޅެމުންދާ މީހަކަށެވެ. ފާތުމާގެ އެންމެ ކުޑަކުއްޖާއަށް މިހާރު 2 އަހަރު ފުރިފައިވާއިރު އެންމެ ދޮށި ކުއްޖާ އަށް އަދި ވީ އެންމެ 13 އަހަރެވެ. އެހެންކަމުން ގޭގެ ކަންތައްތައް ކުރަންޖެހިފައިވަނީ ފާތުމާއަށް އެކަންޏެވެ. ދަރިންގެ ކަންތައްތައް ބަލަމުން ގޭގޭ މަސައްކަތްތަށް ނިންމުމުގައި އަވަދިނެތި އުޅެމުން އަންނަ ފާތުމާގެ މަސައްކަތް މިއަދު ލަސްވެގެން ދިޔައީ އެދުރުގޭގައި އޮތް ބައްދަލުވުމަަކަށް ދާން ޖެހިގެންނެވެ. ކޮންމެއަކަސް ތެޅެމުން ފޮޅެމުން އިރުއޮއްސުމުގެ ކުރިން ފާތުމާ ހުރިހާ ކަމެއް ކޮށް ނިންމައި ތަންޑުލައިފިއެވެ. މީހުން ދިރިއުޅެ ހިސާބާ ދުރުގައި ފާތުމާއަށް އުޅެން ޖެހުމުގެ ސަބަބުން ކޮންމެ ދުވަހަކުވެސް އިރުއޮއްސުމުގެ ކުރިން ކުރަން ހުރި ހުރިހާ ކަމެއްވެސްކޮށް ނިންމޭތޯ ބަލައެވެ. ކުދިންނަށް ކާންދީ އަކުރު ކިޔައިދީ ފެންވަރުވައި ނިންދެވުމަށްފަހު އަވަހަށް އޮށޯތީ މިރޭވެސް އަވަހަށް ނިދާލުމުގެ ނިޔަތުގައެވެ. ފާތުމާއަށް ނިދި ނިދި އޮއްވާ ކުއްލިއަކަށް ފުންމައިގެން ތެދުވަތީ ބިރުވެރި ހުވަފެނެއް ފެނިގެންވެސް މީހަކު ނުތެދުވާނެ ފަދަ ގޮތަކަށެވެ. ތެދުވުމާއެކު އަޅާއެތިކޮށް ދޮރާއި ދިމާއަށް ދުއްވައިގަތީ ކަމެއް ހަނދާން ވެގެންނެވެ. ކޮންމެ ދުވަހަކުވެސް ހުރިހާ މަސައްކަތެއް ކޮށް ނިންމާ ފާތުމާއަށް މިރޭ ނިދަން ވަދެވުނީ ކާއެއްޗެހި ޑަސްބިން އުކާނުލައެވެ. ޑަސްބިން އުކާނުލައިފިނަމަ މިރޭ ބުޅާ އަރައި މުޅިތަން ހަފުސްކުރާނެ ކަމުގެ ބިރަށްޓަކައި ފާތުމާއަށް ނިދާކަށް ނޯވެވުނެވެ. ދޮރުން ބޭރަށް ބޯދިއްކޮށްެން ކުޑަ ވަގުތު ކޮޅަކު މަޑުކޮށްލީ ކިރިޔާވެސް މީހެއްގެ ހިލަމެއް ވޭތޯ ބަލާލުމަށެވެ. މީހެއްގެ ހިލަމެއް ވާން ނެތުމުން މޭގައި އަތްޖައްސާލާއިގެން ހުރެ ދުލަށް އައިހައި ހެޔޮއެއްޗެއް ކިޔަމުން ޑަސްބިން ހިފައިގެން ފާތުމާ ދިޔައީ ގޮނޑުދޮށާ ދިމާއަށެވެ. މިނޫނީ ހަސަނު ނިޔާވިފަހުން ފާތުމާ ރޭގަނޑު ބޭރަކަށް ނުނިކުމެއެވެ. އަދި ހަސަނު އުޅުނު ޒަމާނުގައިވެސް ރޭގަނޑު ބޭރަށް ނިކުތުމަކީ ފާތުމާއަށް ބޮޑު ކަމެކެވެ. ކޮންމެއަކަސް މިކަންވެސް މިއޮތީ ކުރާން ޖެހިފައެވެ. ފާތުމާ އަވަސް ފިޔަވަޅުމަތީ ގޮސް ގޮނޑުދޮށަށް ފައިބައި ޑަސްބިން އުކާލުމަށްފަހު ބަލިދީ ރީއްޗަށް މުދުން ދޮވެލައިގެން އެއްގަމަށް އެރިއިރު ހުރީ މީހާ ބިރުން ގޮސް އެއްކޮށް ދާހިއްލާ ފޯވެފައެވެ. އަވަސް އަވަސް ކޮށްލައިގެން ގެޔަށް ދާން އުޅުމުގެ ތެރޭގައި ފާތުމާއަށް އަދި ވީ މާ ނުބައި ގޮތެކެވެ. މީހާ ބިރުން ހުރި ވަރުން ގެޔަށް ދާ މަގު އޮޅުނީއެވެ. މިހާރު ފާތުމާގެ ހިތެކޭ ދިރޭ މަހަކަށް ފެން ނުލިބުމުން މަރަށް ތެޅޭ އެއްޗެކޭ އެއްފަދައެވެ. ވަކި ހިސާބަކަށް ބާރަށް ހިނގައިފައި އައުމަށްފަހު ދުއްވައިގަތީ ދެބުޅާ ކޯޅެގަތް އަޑަށް ބިރުންނެވެ. ދުވެފައި ދަނިކޮށް އަނެއްކާވެސް ފާތުމާއަށް ދިމާވީ މާ ދެރަ ގޮތެކެވެ. ރުކަކުން ވެއްޓިފައި އޮތް ފަންގަނޑެއްގައި އަޅައިގަނެގެން ފާތުމާ ވެއްޓި އެތާ އޮތް ގާގަޑެއްގައި ބޯ ޖެހި ފާތުމާގެ ބޯ ފަޅައިގެން ދިޔައީ ބަސްބުނާހާ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ. ބައިވަރު ލޭތަށް ފެނުމާއެކު އެ އޮތް ތަނަށް ފާތުމާ ހޭ ނެތިއްޖެއެވެ. ފާތުމާއަށް ހޭވެރިކަންވީ އޭނާގެ އެންމެ ކުޑަ ދަރިފުޅު ރޯ އަޑަށެވެ. އޭރު އޭނާ ވަށައިގެން މީހުން އެއްވެފައި ތިއްބެވެ. ވީ ގޮތް ރޭކާލީ ހޭއެރިތާ އިރުގަނޑެއް ވީ ފަހުންނެވެ. އަޑުން އަޑުނަގާ ރޯން ފެށީ ރޭގައި އޭނާއަށް ދިމާވި ހާދިސާ ހިތަށް އެރުމުންނެވެ. ފާތުމާ ވަލު ތެރޭގައި ހޭނެތިފައި އޮއްވާ ފެނުނީ ފަތިސްނަމާދު ކޮށްލައިގެން ވަލަށް ވަދެ އުޅުނު ބަޔަކަށެވެ. ފެނުމުން އަވަހަށް އެމީހުން ފާތުމާ އޭނާގެ ގެޔަށް ގެނައީ އެވެ. އޭނާ އަށް މިހެން މި ދިމާވީ ގަންނާ ކުރައްވާ ބިރެއްގެ ސަބަބުންނެވެ. އަދި މިހާދިސާއަށް ފަހު ރަށު މީހުންވެސް މީހުން ދިރިއުޅޭ ހިސާބުން ފާތުމާއަށް ޖާގަދިނެވެ. (ނިމުނީ)
“ސިޔާސީ” މިލަފުޒަކީ މީގެ އަހަރުތަކެއް ކުރިން އާންމު ރައްޔިތުންގެ މެދުގައި އެހާމެ ފަރިތަ ބަހެކޭ ނުބުނެވޭނެއެވެ. އެހެނަސް އެޒަމާނަކީވެސް ސިޔާސީ ކަންތައްތައްކޮށް އުޅުނު ޒަމާނެވެ. އެޒަމާނުގައި ތިއްބެވި ސިޔާސީ ވެރިންވެސް މަދެއް ނޫނެވެ. ސިޔާސީ ވާހަކަވެސް ދައްކައި އުޅުނެވެ. މިހާރާއި އަޅާބަލާއިރު ތަފާތަކީ ސިޔާސީ ވާހަކަ ދައްކާ މިންވަރު މަދުވުން ކަމުގައި ވެދާނެއެވެ. ކޮންމެއަކަސް ދިވެހިރާއްޖެއަށް މިއައި ސިޔާސީ ބަދަލުތަކުގެ ސަބަބުން އެންމެހައި ދިވެހިން އާދަޔާ ޚިލާފަށް ސިޔާސީ ވެފައިވާކަން ފާހަގަކުރެވެއެވެ. މިގޮތުން ދޭދޭ ދެމީހުންގެ މެދުގައި […]
ޢިމާރާތުގެ ދިހަވަނަ ބުރިން ފުންމާލިއިރު އަހަރެންގެ މުޅި ހަޔާތް ވަނީ ހިތާމައާއި ހިތްދަތިކަމުން ފުރިފައެވެ. ޙައްލުކުރާނެ މަގެއް ނެތި ހަމައެކަނި އަހަންނަށް ފެނުނު މަގަކީ އަމިއްލައަށް މަރުވުމެވެ. ފުންމާލާނީ ބާ އޭ، ނުފުންމާލާނީބާވަ އޭ ހިތަށް އަރަމުން އެންމެފަހުން ހަމަ ފުންމާލީމެވެ. ނުވަ ވަނަ ބުރިއާ ހަމައަށް އައި އިރު ކަމަކުދާކަށް ނެތެވެ. އެދެމީހުންގެ ލޯބީގެ ވާހަކައާއޮ ހަމަޖެހޭ ދިރިއުޅުމުގެ ވާހަކައިން މިސާލުޖަހާލެވޭ ދެމަފިރިން ޒުވާބުކޮށް ގަޔަށް އަތްލަނީއެވެ. ހަޤީގަތުގައި މީ އުފަލުގައި އުޅުނު ބައެއް […]
އާދުވަހަކަށް އިރުގެ ރަން އަލި ފާއްދާލީ އަހަރެންގެ އެކުވެރިންނާއިއެކީ ބޭނުމެއްނެތި ފޫހިވެފައި ހަރުގަނޑުމަތީ އޮއްވައެވެ. އަހަރެންގެ އެކުވެރިން ގިނަވެފައިވާއިރު އެންމެންގެ ހާލަކީ މިއެވެ. ސޯނާވަމުންދިޔަ ގަނޑީގެ އަޑާއިއެކު ދުވެފައި އައި އަންހެންކުއްޖާ ހުއްޓިލީ ހަރުގަނޑު ކުރިމަތީގައެވެ. ހަވީރީހެދުމެއްގައި ހުރި އަންހެންކުއްޖާގެ މޫނު ހުރިގޮތުގެ ވާހަކަ ރަނގަޅުވާނީ ނުދެއްކިއްޔާއެވެ. މޫނެކޭ ފެންކުލަ ފޮއްޓެކޭ އެއްފަދައެވެ. އަވަސްއަވަހަށް އަހަންނާއި އެކުވެރިންނަށް ނަޒަރު ހިންގާލުމަށްފަހު އޭނަގެ އަތަށް އަހަރެން ނެގިއެވެ. އެއަށްފަހު އަތަށް ބާރުލައިފައި އަހަރެންގެ ގައިގައި ދެތިން ބޮޑި އެޅިއެވެ. […]