Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
Featuredއުފެއްދުންތެރި ލިޔުންއެހެނިހެންލޯބި

ދުރުވާނެބާ – 1

Shaaya Level 1
October 14, 2019 5 Mins Read
11 Comments

ބޮޑު ތަނަވަސްކޮޓަރިއެކެވެ. ހަތަރު ފާރުގައި ރީތި ވައިލެޓު ކުލައެއް ލާފައި ވާއިރު ފަރުނީޗަރު ތައްވެސް ހުރީ އެޔާއި ގުޅޭ ގޮތުން އަޅުކުލައިގައެވެ. ބޮޑު އަލަމާރިއެއް އެއް ބިތުގައި ބަހައްޓާފައި ހުރި އިރު އެ އަލާމާރި ކައިރީގައި ދެ ސޯފާ ބަހައްޓާފައި ހުއްޓެވެ. އެ ދެ ސޯފާގެ ކުރިމަތީގައި ބިއްލޫރި ވަށް މޭޒެއް ބަހައްޓާލައިފައި ވުމުން އިތުރު ފުރިހަމަކަމެއް ގެނެސްދެއެވެ.

ކޮޓަރީގެ ދިގު ކުޑަދޮތުތައް ކަހާލެވޭ ގޮތަށް ހަދާފައި ހުރި އިރު އެތަނުން ބެލްކަންޏަށް ނިކުމެވެއެވެ. އަޅިކުލައިގެ ދޮރުފޮތިތައް ލައިފައިވުމުން އިތުރަށް ނަލަ ކަމަށް ދައްކައެވެ.

ލޯގަނޑުކުރިމަތީގައި މާޝާ ހުރީ ކޮލެޖަށްދާ ފުރަތަމަ ދުވަސްކަމުން ކޮލެޖަށް ދާން ރީތިވެގެން ފަރިބަލަންށެވެ. އިސްކޮޅުން އެހާ ދިގުނޫން  ދޮން ހަންގަނޑެއް ލިބިފައިވާ މާޝާ އަކީ ރީތިކަން ހުސްކޮށްގެން ހުރި މުއްސަނދި ބައްޕަ އެއްގެ ހުރި ހަމަ އެކަނި އަންހެން ދަރިއެވެ. ވަށް މޫނާއި ހިތިފަތު ބުމައިގެ އިތުރުން ރީތި ކުޑަ ތުންފަތެކެވެ. ދެލޯ އައިލައިނަރ އިން ފަވާލައިފައި ވާއިރު ތުންފަތުގައި ގަދަ ރަތްކުލަ ޖައްސާފައިވެއެވެ. ލައިގެންހުރީ ފަލަމަސްގަނޑާ ހަމައަށް އަންނަ ރަތް ކުލައިގެ ހެދުމެކެވެ، ހެދުމުގެ މޭމަތި ވަނީ ހުދުކުލައިގެ އެސްތަކުން ޖަރީކޮށްފައެވެ. ތިރިން ލައިގެން ހުރީ ކަކުލަށް ވުރެ ކުޑަކޮށްތިރި އަށް އަންނަ ވަރުގެ  ކަޅުކުލައިގެ ސްކާރޓެކެވެ.

މާޝާގެ އުނަގަނޑާ ހަމައަށް އަރާ ކަޅުކުލައިގެ ވަރުގަދަ އިތަށި ގަނޑު ވަނީ އެއްކޮށްލާ ވޫލު ކޮޅަކުން އައްސާލާފައެވެ. އޭގެ އިތުރުން ބޯމަތީގައި ކަޅުކުލައިގެ ބޭންޑެއް އަޅަފައި ވާއިރު އޭގައި އެހާ ގޮތަބޮޑު ނުވާ ގޮތަށް ރަތް ކުލައިގެ ޑިޒައިނެއް ވެއެވެ. އަދި މާޝާގެ ރީތިކަން އިތުރު ކޮށްދެނީ އޭނާގެ މަޑުމުށި ކުލައިގެ ކަޅިއެވެ.

“މާޝާﷲ މިހިރީ ޕަރީއެއްތަ ހާދަ ރީއްޗޭ ، މިހާރު އެއޮށް ގަޑިޖެހެނީ އަވަހަށް ދޭ މަންމަ ޑްރައިވަރ ކައިރީ ބުނީން ކާރު ނެރޭށޭ ދަރިފުޅު ކޮލެޖަށް ދާން ” ދޮރުހުޅާވާލައިފައި ވަން މާޝާގެ މަންމަ މައިޝާ ބުނެލިއެވެ.

“ލައްބަ މަންމާ މިދަނީ” ސޯފާގައި އިން ކަޅުކުލައިގެ ދަބަސް ނަގާ އެއްކޮނޑުގައި އަޅުވާލަމުން މާޝާ މަންމަ ކައިރީ ބުނެލަމުން ހިނގައިގަތީ ބޫޓަށް އެރުމަށެވެ.

ކަޅުކުލައިގެ ތިރި ބޫޓަކަށް އަރައިގެން މާޝާ ދިޔައީ ކޮލެޖަށް ދިޔުމަށް ކާރަށް އަރަންށެވެ.

********************

އޭސީކޮށްފައިވާ ކޮޓަރިއެކެވެ. ނޫކުލަ ލާފައިވާ ފާރުތަކެކެވެ. ފަރުނީޗަރު ތަށް ވަނީ އަޅިކުލައިގައެވެ. ބޮޑު އަލަމާރިއެއް އެއް ބިތުގައި ބަހައްޓާފައި ހުރި އިރު އެ އަލާމާރި ކައިރީގައި މޭޒަކާއި ގޮނޑިއެއް ހުއްޓެވެ.

ކޮޓަރީގެ ދިގު ކުޑަދޮތުތައް ކަހާލެވޭ ގޮތަށް ހަދާފައި ހުރި އިރު އެތަނުން ބެލްކަންޏަށް ނިކުމެވެއެވެ. އަޅިކުލައިގެ ދޮރުފޮތިތައް ލައިފައިވުމުން އިތުރަށް ނަލަ ކަމަށް ދައްކައެވެ.

އެތާހުރި އަލަމާރީގެ ލޯގަނޑުކުރިމަތީގައި ހުރީ ދަހުލާން އެވެ

ރަތްކުލައިގެ ގަމީހަކާއި ކަޅޫކުލައިގެ ފަޓުލޫނާއެކު ބެގީކުރުމަށްފަހު ގަމީހުގެ އަތުކުރީ ގޮށް އަޅުވާލައިފައި ވާއިރު އަޅާފައިވައި ޓައީއާއި އެކު ފަށްބޯ ކަޅު އިސްތަށިގަނޑު ފަހުގެ ގޮތަކަށް ސްޓައިލްކޮށްފައިވާއިރު ދަހުލާން ހީވަނީ މޮޑެލް އެއް ހެންނެވެ. ދަހުލާން އަކީ މުއްސަނދި ބައްޕައެއްގެ ދެ ދަރިން ކުރެ ދޮށީ ދަރިފުޅެވެ.

” ސުބުޙާނަﷲ މިއޮށްކަމެއް މަށަށް ޔަޤީން ސުކޫލް ހުރިހާ އަންހެން ކުދިން މިއަދު ހޭނެތޭނެ ޑޭލް ފެނިފަ ” ދަހުލާންގެ ކޮޓަރިތެރެއަށް ވަންނަމުން ދަހުލާން ގެ އެންމެ ގާތް އެކުވެރިޔާ ޖިޔާން ބުނެލިއެވެ.

ހިނިގަނޑެއް ޖަހާލުމަށް ފަހު ކަޅުކުލައިގެ ދަބަސް ނަގާ ކޮނޑުގައި އަޅުވާލަމުން ބުނެލިއެވެ. ” މަށަށް ކިޔާ އިރު ޔާން ހުރިލެއް ވަކި ހަޑިތަ؟ ނޫކުލައިގެ ގަމީހަކާއި ކަޅޫކުލައިގެ ފަޓުލޫނާއެކު ބެގީކުރުމަށްފަހު ގަމީހުގެ އަތުކުރީ ގޮށް އަޅުވާލައިފައި ޓައީއަޅާފަ އިސްތަށިގަނޑު ފަހުގެ ގޮތަކަށް ސްޓައިލްކޮށްފަ..”

“ހޫންހޫން ހެވޭ ހުއްޓާލާ ގަޑިޖެހިދާނެ ހިނގާ ދާން އަވަސް އަވަސް އޭރަކަށްނު ދެން ” ދަހުލާން ގެ ވާހަކަ ހުއްޓުވަމުން ޖިޔާން ބުނެލިއެވެ.

ދަހުލާން އާއި ޖިޔާން ގޭން ނިކުމެގެން ގޮސް ދަހުލާން ގެ ކާރަށް އަރައިގެން ކޮލެޖާ ދިމާލަށް މިސްރާބު ޖެހީ އަވަހަށް ދިޔުމުގެ ބޭނުމުގައެވެ.

********************

ކާރު ކޮލެޖް ދޮށަށް މަޑުކުރުމާއިއެކު މާޝާ ކާރުން ފައިބައިގެން މިސްރާބުޖެހީ އޭނާ އަށް ވުރެ ކުރިން އައިސް ފައިވާ އޭނާގެ އެންމެ ގާތް އެކުވެރިޔާ ރިޔާ ކައިރިއަށް ދިޔައެވެ. ރިޔާ އަކީވެސް ބަލާބެލުމަށް ހުތުރު ކުއްޖެއް ނޫނެވެ. މާޝާ އެކޭއެއްފަދައިން ރިޔާވެސް ލާފައިވަނީ ފަލަމަސްގަނޑާ ހަމައަށް އަންނަ ފެހި ކުލައިގެ ހެދުމެކެވެ،ތިރިން ލައިގެން ހުރީ ކަކުލަށް ވުރެ ކުޑަކޮށްތިރި އަށް އަންނަ ވަރުގެ  ކަޅުކުލައިގެ ސްކާރޓެކެވެ.ދެލޯ އައިލައިނަރ އިން ފަވާލައިފައި ވާއިރު ތުންފަތުގައި ގަދަ ރަތްކުލަ ޖައްސާފައިވެއެވެ. ތަފާތަކީ ރިޔާ އޮންނަނީ ރާޅުބާނި އިސްތަށިގަނޑެއް ކަމެވެ. ރިޔާ ގެ އިސްތަށިގަނޑުވަނީ ފަހަތަށް ދޫކޮށްލެވިފައެވެ. ބޮލުގައި ބޭންޑެއް އަޅާފައިވާއިރު އަލައިގެން ހުރީ ފަހުގެ ފައިވާނަކަށް ށެވެ.

މާޝާ ރިޔާ ކައިރިއަށް ގޮސް ހުއްޓިފަ ގަޑިބަލާލިއިރު ހުރީ ގަޑިޖެހެން 10 މިނެޓަށް ވެފައެވެ. މާޝާ ދަބަހުން ބައެއް ފޮތްނަގާ އަތުން ހިފީ ދަބަސް ލުއިކުރުމަށްށެވެ.  މާޝާ މިކަން ކުރުމާއެކުހެން ދެ އެކުވެރިން އެކުއެކީހެން ވާހަކައިގައި ތިބެ ކޮލެޖަށް ވަނުމަށް ހިނގައިގަތެވެ.

*************

ފިރިހެންވަންތަ ހިނގުމެއްގައި ދަހުލާން އާއި ޖިޔާން ކޮލެޖްތެރެއަށް ވަދެގެން ދިޔައީ ވާހަކައިގައި ތިބެގެންނެވެ. ކުއްލިޔަކަށް ދަހުލާން އަށް  ސިހުން ގެނުވީ މީހެއްގެ ގައިގައި ފުދޭވަރަކަށް ބާރަށް ޖެހުމުންނެވެ. ޖެހުނު ގޮތުން އޭނާގެ ކޮނޑަށްވެސް ކޮންމެވެސް ވަރަކަށް ތަދުވިއެވެ. ދަހުލާންގެ ދެތުންފަތް ދޭތެރެއިން މަޑު އާހެއް ނިކުތީވެސް އެހެންވެގެންނެވެ.

ދަހުލާން ގެ ކުރިމަތީހުރީ ދަހުލާން އަށްވުރެ އިސްކޮޅުން ކުރު ދޮންހަންގަނޑެއް ލިބިފައިވާ ރީތި ރީތި އަނހެންކުއްޖެކެވެ. އެކުއްޖާގެ ބޯ ދަނިޔަލް ގެ ކޮނޑާ ހަމައަށް ފޯރަނީ ކިރިޔާ އެވެ. ެ. ވަށް މޫނާއި ހިތިފަތު ބުމައިގެ އިތުރުން ރީތި ކުޑަ ތުންފަތެކެވެ. ދެލޯ އައިލައިނަރ އިން ފަވާލައިފައި ވާއިރު ތުންފަތުގައި ގަދަ ރަތްކުލަ ޖައްސާފައިވެއެވެ. ލާފައިވަނީ ރަތްހެދުމަކާ ކަޅު ސްކާރޓެކެވެ. ދަހުލާން އަށް އެސްފިޔަ ޖަހާލަންވެސް ހަނދާން ނެތިފައި ހުރެވުނީއެވެ. އުމުރުން ސަތާރަ އަހަރުވެގެން އައި އިރު އޭނާއަށް އެފަދަ ފުރިހަމަ އަދި ރީތި އަންހެން ކުއްޖަކު މިވީހާތަނަށް ދެކިފައި ނުވެއެވެ. ހިތުގައި އެތަށް ދުވަހެއް ވާންދެން ނުތެޅި އޮތް ބައެއްގައި ކުއްލިޔަކަށް ވިންދުޖަހަން ފެށިއެވެ.

” އޭ ޔޫ މިސްޓަރ.. ތަންކޮޅެއް ބަލައިގެން ހިނގަން ވީނު ދޯ.. ދެލޯ މަތީ އަތް އަޅައގެން އައިސް މީނާ ވީ ދެން ދާ މީހުން ގައިގަ ޖެހެން.. މީ އެންމެ މީހަކު ހިނގަން އޮތް ތަނެއް ނޫނޭ.. އެންމެންނަށް އޮތް ތަނެއް.. ދެންވެސް ވިސްނާލައިގެން ހިނގާތި މީގެ ފަހުން..”  ދަހުލާން އަށް ހޭވެރިވީ އެ އަންހެންކުއްޖާ އެހެން ބުނުމުންނެވެ. އެކުއްޖާގެ ވެއްޓުނު ފޮތްތައް ނަގަމުން ދަހުލާން ” ސޮރީ ” އޭ ބުނެލިއެވެ. “އަދި ކަމެއް ވާއިރަށް ސޮރީ ބުނާނެ.. އެޔަށްވުރެ އަވަހަށް އެކަންތައް ހަނދާން ނައްތާލާނެ.. ހުއް ހެވޮލޭދެން ގަޑިނުޖެހި ކުލާހަށް ވެސް ނުދެވޭނެ ކަންނޭގެ ސަހާދެއް ” އެ އަންހެން ކުއްޖާ އެހެން ބުނެލަމުން ހިނގައިގަތެވެ.

” ކޮބާ ބަލައިގެން ހިނގާށޯ! މަށަށް ހީވަނީ ޑޭލްގެ ހިތްވެސް ހިފައިގެން ހެން އެ މަންޖެ އެދިޔައީ “އެވަގުތު ޖިޔާން ދަހުލާން އާ ދިމާ ކޮށްލިއެވެ.

“ހޫން ހެވޭ ހިނގާ ކުލާހަށް ދާން” އެ އަންހެން ކުއްޖާ ދިޔަ ދިމާލަށް ބަލަން ހުރެފަ ޖިޔާން ގެ ބަހަށް ސިއްސައިގެން ގޮއްސަ ދަހުލާން ބުނެލިއެވެ.

ކުލާހަށް ވަދެ ދެ އެކުވެރިން ގޮސް އިށީނެވެ. ދަހުލާން އިށީނީ ޖިޔާން ގެ ކަނާތް ފަރާތުގައެވެ. ޖިޔާންގެ ވާތް ފަރާތުގައިވެސް ހުސްގޮނޑިއެއް ހުއްޓެވެ.

ދަހުލާން ފޮތް ނަގަން އެނބުރުން ހައިރުން ސިއްސައިގެން ގޮސް ކުރިމައްޗަށް އެނބުރުނީ މީހަކު އައިހެން ހީވެގެންނެވެ. ބަލަލި އިރު އެއީ މިއަދު ކުލާހަށް އަންނަނިކޮށް ދިމާވި އަންހެންކުއްޖަ އެވެ. “ޕިސް ޕިސް އަނެއްކާވެސް މީނަ ބައްޔެއްނު ” ދެޓްސް މައި ސީޓް ” ” އެ ކުއްޖާ ބުނެލިއެވެ.

އެވަގުތު ކުލާސް ތެރެއަށް ކުލާސް ޓީޗަރ ވަދެގެން އައެވެ.

އެވަގުތު ދަހުލާން ކޮޅަށް ތެދުވިއެވެ. ކުލާސް ޓީޗަރ ވެގެން އުޅޭގޮތެއް ބެލުމަށް ފަހު ޖިޔާން ކައިރީ ޖިޔާން ގެ ވާތް ފަޅީގައިން ގޮނޑިއަށް ދިއުމަށް ބުންޏެވެ. ދެން ދާނިޔަލް ކައިރީ ކުރިން ޖިޔާން އިން ގޮނޑީގަ އިށީނުމަށް ބުންޏެވެ. ދެން އެ އަންހެން ކުއްޖާ ގާތު ދަހުލާން ކައިރީ އިށީނުމަށް ބުންޏެވެ. ދެން އެޔާ ޖެހިގެން އިނީ އެކުއްޖާ އާއި އެކު ވަންނަން އައި ކުއްޖައެވެ.

ދަހުލާން ޖިޔާން ގާތު ސިއްރުން ކުދި ކިޔާލިއެވެ. ޖިޔާން ހިނިއައިއްސަ ދިމާކުރާފާޑަށް ބަލައިލިއެވެ.

“ޕިސް ޕިސް މަ ފަހަތުން ނުނެއްޓި އަންހެނެއް ، ބައްޔެއް” ދަހުލާން ބުނެލިއެވެ.

މަހީކުރީ އެކަމް “ލަވް އެޓް ފާރސްޓް ސައިޓް ކަމަށް ޔޫ މެން “ޖިޔާން ބުނެލިއެވެ.

“އައްޗި ނުވާނެ ތިކަމެއް ” ދަހުލާން ރުޅިވެރި ގޮތަކަށް ބުނެލިއެވެ.

” ~ ނަފުރަތަކީ ލޯބީގެ ފެށުމޭ ~ ޑޭލް ، ކޮންނަމެއް ކިޔަނީ އެ މަންޖެ އަށް ސެޓު ކޮށްދެންތަ” ޖިޔާން ހިނިއައިއްސަ ދަހުލާން ރުޅިއަރުވާލަން ބުނެލިއެވެ.

“ޖަސްޓް ޝަޓް ޔޯ މައުތް ” ދަހުލާން ވައްތަރަކަށް ބުނެލިއެވެ.

*************

މާޝާ ހުރީ ރުޅިއައިސް ރަތް ވެފައެވެ. އިނދެފަ މަޑުމަޑުން ރިޔާ ކައިރީ ބުނެލިއެވެ ” މި ފިރިހެނެއް ފުލުން ނުނެއްޓި މިޔަދު ސަހާދެއް ސަރ ވެސް އޭނަކައިރީ މަ ބޭންދީ ބައްޔެއް “.

“ހަހަހަހަހަ ދެން މަޑުވޭ، އެއޮށް ރީތި ސޮރަށް ވެސް ފުރަތަމަ ވެސް ބަވާލީ ވިއްޔަ މާޝް ދެން މަށަށް ހީވަނީ ތިހާ ރުޅި އަންނަންޔާ އަދި ތިދެމީހުން ރައްޓެހިވާނެހެން” ~ ނަފުރަތަކީ ލޯބީގެ ފެށުން ~  ” އެހެން ބުނެޔެއް ނު މީހުން” ރިޔާ މާޝާ އަށް ރައްދު ދިނެވެ.

އެވަގުތު ފުރަތަމަ ގަޑި ފެށެން ބެލް ޖެހިއެވެ، ކުދިންތަކުގެ ޗުކުޗުކު ލެއްވުން ހުއްޓުނީ މުދައްރިސް ވަދެގެން އައީމައެވެ.

*************

ޓީޗަރު ކުލާހަށް އައިސް ވަނުމާއެކު ކުލާސް ހިމޭން ވިއެވެ.” ފުރަތަމަ އޮންނާނީ ކުދިން ތަޢަރަފް ވުން ކޮންމެ ކުއްޖެއް ވެސް ނަންބުނެލާނީ މިކޮޅުން ފަށާ” މުދައްރިސް ބުނެލިއެވެ. ކުދިން ތަޢާރަފް ވަމުން ގޮސް ފުރަތަމަ ޖެހުނީ ރިޔާ އަށްށެވެ. ރިޔާ ތެދުވެފައި ” ފާތިމަތު ރިޔާ ” މިހެން ބުނެ އިށީނެވެ. ދެން ޖެހުނީ މާޝާ އަށްށެވެ. މާޝާ ތެދުވެފައި ” ޢާއިޝަތު މާޝާ ” މިހެން ބުނެ އިށީނެވެ. ދެން ޖެހުނީ ދަހުލާން އަށްށެވެ. ދަހުލާން ތެދުވެފައި ” އަހުމަދު ދަހުލާން ދާނިޝް ” މިހެން ބުނެ އިށީނެވެ. ދެން ޖެހުނީ ޖިޔާން އަށްށެވެ. ޖިޔާން ތެދުވެފައި ” މުހަންމަދު ޖިޔާން ޖަޒްލާން ” މިހެން ބުނެ އިށީނެވެ.

އެވަގުތު ” ޓީޗަރ ވާހަކަ ދައްކަން ފެށިއެވެ.

ދަހުލާން ގާތު ޖިޔާން ވައިއަޑުން ބުނެލިއެވެ ” މާޝާ އޯ ” އެވަގުތު ދަހުލާން ޖިޔާން ގައިގަ ޖަހާލާފަ ރިޔާ އޭ  ބުނެލިއެވެ.

އޭގެ އިރުކޮޅެއްފަހުން ރިޔާ އަށް ޖެއްސުމަށް ” ޖިޔާން އޭ ” މާޝާ ބުނެލިއެވެ. ބުނި އިރަށް އެޔާ ވިއްދާ ރިޔާ ބުނެލިއެވެ. ” ދަހުލާން އޯ ” ބުނި އިރަށް މަޑުމަޑުން ” ދަހުލާން އެއްވެސް ނޫން ބައްޔެއް ދެޓް އިޑިއަޓް ” މާޝާ ބުނެލިއެވެ.

އެއަޑުވަރަށް ސާފުކޮށް ދަހުލާން އަށް އިވުނެވެ. ދަހުލާން މަޖާވެލާފަ މައިންޑް ޔޯ ލޭންގުއޭޖް އޭ ބުނެލީ މާޝާ އަށް އެކަނި އިވޭ ވަރަށްށެވެ.  އެވަގުތު އެއަޑު އަހާފަ ދަހުލާން އަށް އޭނަ ކީ އެއްޗިހި އިވުންކަން އެނގި ލަނދުން މަރުވާވަރު ވިއެވެ.

އެވަގުތު ބެލްޖެހުމާއެކު އެ ޓީޗަރު ގޮސް އެހެން ޓީޗަރެއް އައިސް ވަނުމާއެކު އަނެއް ގަޑި  ފެށުނެވެ.

(ނުނިމޭ)

Share Article

Follow Me Written By

Shaaya

Level 1

?I new Writer Since 5 oct 2019, Wish a good hope for future, Love you all readers , I accept all comments ... readers comments will be very helpful Please Leave a comment after Reading my storys, LoVe YoU All ?? ❤??????????❤

Other Articles

Previous

ދެން ހަދާނީ ކިހިނެތް؟

Next

ހިތް ރުހުނަސް – 02

Next
October 14, 2019

ހިތް ރުހުނަސް – 02

Previews
October 14, 2019

ދެން ހަދާނީ ކިހިނެތް؟

11 Comments!

  1. Kairaa says:
    October 15, 2019 at 6:54 am

    Me first tha….vvvvv reethi mi part vx…….whn nxt part…..waiting???????????

  2. boa halaaku says:
    October 15, 2019 at 9:52 am

    A maa handhaan kohbala

  3. Lullu says:
    October 15, 2019 at 2:24 pm

    Mi story varah varah varah varah varah varah reethi…Maa sha Allah..When is next part..Waiting for the next part..Meehun kiyaa ehcheissa nuvisnaathi ingey..Story nimen dhen genes dheyne kamah ummeedhu kuran..Ekam bunan vaakaha eh..Ehchekey heenukurahchey sis..Maasha name ehaa reecheh noon me akah..Boy kuhjjaa vx Dhahulan ekoa..but dhen huri name thah hama habeys iney..Maasha name ND Dhahulan name change kohdhee bala please please ..Maasha ge badhalu ga Yaash,,Reethi vaane OK shaaya name liays varah reethi vihyya name..Boy ah Kiyaan,,Aisham,,Alyaan Varah reethi Vaane…Mi story hama habeys ingey sis….Yaash ah name change kuraane kamah ummeedhu kuran..???????????MI part varah reethi..

  4. Lamko says:
    October 16, 2019 at 8:51 am

    WWOOOOW MI story varah varah reethi….. ?????u ge new story hama habeys….. luv yaaa sissy

  5. Kylie says:
    October 16, 2019 at 9:58 am

    Wowwwwwwwwwwwwwwwwwwwww??????…… Mi part vx haadha reechey??????……… Thankolheh avahah nxt part up kohdheh chey??????……. Lyvm….. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  6. Haiiiii says:
    October 16, 2019 at 12:12 pm

    First ah balaafa story Hama varah reethi maasha allah. Keep it up dear writer ?❤

  7. Aisher❤️❤️❤️ says:
    October 16, 2019 at 8:03 pm

    Wowwwwwwww… Mi stry V rythi.. first ah balaafa.. Keep it up.. ❤️❤️❤️

  8. psyco says:
    October 17, 2019 at 2:27 pm

    v reethi story eh….when is next part?

  9. Shifna says:
    October 20, 2019 at 3:34 pm

    Wowwww…. Varah reethi mi part vx when next part…….

  10. No more 12 says:
    October 21, 2019 at 12:15 am

    Wow… I love the first part.. I think next part will be more perfect than this part
    ….

  11. A.Shaaya says:
    October 22, 2019 at 4:48 pm

    hei im the writer alhun ge account ge password handhaan nethumuge sababun dhn genesdhey nee ehn avvount eh name akee A.shaaya thanks forte comments _Writer_

Comments are closed.



All Right Reserved!