ބޮޑު ތަނަވަސްކޮޓަރިއެކެވެ. ހަތަރު ފާރުގައި ރީތި ވައިލެޓު ކުލައެއް ލާފައި ވާއިރު ފަރުނީޗަރު ތައްވެސް ހުރީ އެޔާއި ގުޅޭ ގޮތުން އަޅުކުލައިގައެވެ. ބޮޑު އަލަމާރިއެއް އެއް ބިތުގައި ބަހައްޓާފައި ހުރި އިރު އެ އަލާމާރި ކައިރީގައި ދެ ސޯފާ ބަހައްޓާފައި ހުއްޓެވެ. އެ ދެ ސޯފާގެ ކުރިމަތީގައި ބިއްލޫރި ވަށް މޭޒެއް ބަހައްޓާލައިފައި ވުމުން އިތުރު ފުރިހަމަކަމެއް ގެނެސްދެއެވެ. ކޮޓަރީގެ ދިގު ކުޑަދޮތުތައް ކަހާލެވޭ ގޮތަށް ހަދާފައި ހުރި އިރު އެތަނުން ބެލްކަންޏަށް ނިކުމެވެއެވެ. އަޅިކުލައިގެ ދޮރުފޮތިތައް […]