ވަނަވަނަ(ރިޕޯޓް) – ޕާޓް 01
މިއީ އަޅުގަނޑު “އަލްފާޞިލް ޖަޖު” އެސްފިޔަ ސައިޓަށް ބޭފުޅުން އަޕްލޯޑު ކުރައްވާފައިވާ ވާހަކަތަކުގެ ތެރެއިން ކިޔުންތެރިންގެ މެދުގައި އެންމެ ބޮޑަށް މަގުބޫލު ވެފައިވާ ވާހަކަތަށް ކިޔުންތެރިންނަށް އަންގައިދިނުމަށް ތައްޔާރު ކޮށްފައިވާ ރިޕޯޓެކެވެ.
މިފަހަރުގެ ވަނަވަނަ(ރިޕޯޓް) ގައި ވާދަ ކޮށްފައިވާނީ 19 ނޮވެމްބަރު އަދި 20 ނޮވެމްބަރުގައި އެސްފިޔަ އަށް އަޕްލޯޑު ކުރެވިފައިވާ ވާހަކަތަށް އެކުލަވާލައިގެން މުޅި ޖުމްލަ 12 ވާހަކައެކެވެ. ވަނަވަނަ ހޮވިފައިމިވަނީ އަޕްލޯޑު ކުރެވިފައިވާ ވާހަކަތަކަށް 28 ނޮވެމްބަރާ ހަމަޔަށް ލިބިފައިވާ ވިއުސް، ލައިކްސް އަދި ކޮމެންޓުން ޕަސެންޓޭޗް ނަގައިގެންނެވެ. ކޮމެންޓް ގުނާއިރު ވާހަކަ އަޕްލޯޑު ކުރި ފަރާތުން ވާހަކައަށް ކޮށްފައިވާ ކޮމެންޓްސް ނުގުނޭނެ ވާހަކަވެސް ދެންނެވީމެވެ.
މިހާހިސާބުން މިފަހަރުގެ ގަދަ ފަހެއް ބަލާލަމާ ހިންގަވާށެވެ.
05 ވަނަ: ކަފުން ވެވިފާ…13
މިވާހަކަ އަކީ ލޯބީގެ ހާދިސާ އެއްގެ މައްޗަށް ބިނާކޮށް –އޭޝް- އަޕްލޯޑު ކުރައްވާފައިވާ ވާހަކައެކެވެ. މިވާހަކަޔަށް 28 ނޮވެމްބަރާ ހަމަޔަށް 71 ލައިކްސް ލިބިފައިވާއިރު 1367 ވިއުސްވެސް ވަނީ ލިބިފައެވެ. އަދި އާންމުންގެ 8 ކޮމެންޓްވެސް މިހާތަނަށް މިވާހަކައަށް ލިބިފައިވެއެވެ. މިއަދުގެ 5 ވަނައިގައި މިވާހަކަ މިއޮތީ 72 ޕޮއިންޓާ އެކުގައެވެ.
04 ވަނަ: ނަފްރަތުން އުފެދުނު ލޯބި… 2 ވަނަ ބައި
މިވާހަކައަކީ ލޯބި، މަޖާ އަދިވެސް އިތުރު ރަހަތަށް އެކުލެވޭ ގޮތަށް ލިޔެވި –ކްއީން- އަޕްލޯޑު ކުރައްވާފައިވާ ވާހަކަ އެކެވެ. މިހާތަނަށް މިވާހަކަޔަށް 79 ލައިކްސް އާއި 966 ވިއުސް ލިބިފައިވެއެވެ. އަދި މިވާހަކަޔަށް މިހާތަނަށް ވަނީ އާންމުންގެ 14 ކޮމެންޓްސްވެސް ލިބިފައެވެ. ކޮމެންޓްގެ ގޮތުން ބަލާއިރު ވާދަކުރި 12 ވާހަކައިގެ ތެރެއިން 2 ވަނަޔަށް އެންމެ ގިނަ ކޮމެންޓްސް ލިބިފައިވާ ވާހަކައަކީ މިއީއެވެ. ވަނަވަނަ ޗާޓުގެ 4 ވަނައިގައި މިވާހަކަ މިވަނީ 74 ޕޮއިންޓާއެކުގައެވެ.
03 ވަނަ: ލޯބިވަން ޔާރާއޭ 12
މިވާހަކަ އަކީ ލޯތްބާ ހިތާމަ އަދިވެސް އެހެން ރަހަތަށް އެކުލެވޭގޮތަށް ތައްޔާރުކޮށް –އިފޫ- އަޕްލޯޑު ކުރަމުންދާ ވާހަކަ އެކެވެ. މިހާތަނަށް މިވާހަކަޔަށް 2025 ވިއުސް ލިބިފައިވާއިރު 90 ލައިކްސް ވެސް ލިބިފައި ވެއެވެ. އަދި އާންމުންގެ 10 ކޮމެންޓްވެސް މިވާހަކައަށް މިހާތަނަށް ލިބިފައިވެއެވެ. މިއަދުގެ 3 ވަނައިގައި މިވާހަކަ މިއޮތީ 75 ޕޮއިންޓާ އެކުގައެވެ.
02 ވަނަ: ތެދުވެރި ލޯބި- 6
މިވާހަކަ އަކީ –މައިޝާ މައީ- އަޕްލޯޑު ކުރައްވަމުން ގެންދަވާ ވާހަކައެކެވެ. މިވާހަކައިގައި މައިގަނޑު ގޮތެއްގައި ހިމަނާލެވިފައިވަނީ ލޯތްބާ ހިތާމައިގެ ރަހަތަކެވެ. މިހާތަނަށް 875 ވިއުސް މިވާހަކައަށް ލިބިފައިވާއިރު ލިބިފައިވާ ލައިކްސްގެ އަދަދަކީ 78 ކެވެ. އަދި އާންމުންގެ 15 ކޮމެންޓްސް ލިބި މިވާހަކަ މިވަނީ މިފަހަރުގެ ޗާޓުން އެންމެ ގިނަ ކޮމެންޓްސް ހޯދި ވާހަކައިގެ ލަގަބުވެސް ހޯދާފައެވެ. މިއަދުގެ 2 ވަނައިގައި މިވާހަކަ މިއޮތީ 76 ޕޮއިންޓާ އެކީގައެވެ.
01 ވަނަ: ނޭނގިހުރެ ވެވުނު ލޯބި (10 ވަނަބައި)
20 ނޮވެމްބަރުގައި –ޔޫންނަލް- އަޕްލޯޑު ކޮށްފައިވާ ލޯބީގެ މިވާހަކަ މިވަނީ މިއަދުގެ ޝަރަފުވެރި އެއްވަނަ ހޯދާފައެވެ. މިވާހަކައަށް 1746 ވިއުސް އާއި އާންމުންގެ 6 ކޮމެންޓްވެސް ލިބިފައި ވެއެވެ. އަދި 104 ލައިކްސް އާއިއެކު މިއަދުގެ ޗާޓުން އެންމެ ގިނަ ލައިކްސް ހޯދި ކަމުގެ ފަހުރުވެރި ލަގަބުވެސް މިވާހަކައަށް ލިބިފައިވެއެވެ. މިއަދުގެ އެއްވަނައިގައި މިވާހަކަ މިވަނީ 84 ޕޮއިންޓާ އެކުގައެވެ.
ވަނަވަނަގެ މިއަދުގެ ވަނަވަނަ ލިބުނު ވާހަކަ ތަކަށް ވަރަށް ހޫނު މަރުހަބާއެއް ކިޔަމެވެ.
-ޝުކުރިއްޔާ-
3 Comments!
Comments are closed.

Congratulations lovessss❤️?
Congratulations vanavana ah dhiya hurihaa kudhinnah???????????????????????????????????????????????? vana thakah nudhaa kudhi ves hiyyvaraa eku masakkaiyyy koffiyyaa hama dhen anna list ehga nan himeneyne?????????????????????????????????????
CONGRATULATIONS
Congratulations..❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️