ފަތިސް ނަމާދުކޮށް ނިމިގެން ތެދުވިތަނާހެން އައިނީ ލޮލުގައި އަޅައިގަތީ ބައްޕަގެ ޑައިރީއެވެ. ޑައިރީ އޮތީ ރޭގައި އެއްލާލިގޮތަށް ކޮޓަރީގެ ކަނަކަށް ވާގޮތަށް ހުޅުވިފައެވެ. އައިނީ މުސައްލަ އޮޅާލުމަށްފަހު ގޮސް ޑައިރީ ނަގަން ގުދުވެލިތަނާހެން ލޮލުގައި އަޅައިގަތީ އެންމެ ފަހު ސޮފްހާ ގައި ލިޔެފައި އޮތް އިބާރާތްކޮޅެވެ……… ފަރުވާކުޑަ ގޮތަކަށް ޑައިރީ ނަގާފައި އެ ލިޔުންކޮޅު އައިނީ ކިޔާލިއެވެ. “ދަރިފުޅާއެވެ! ބައްޕައަށް އިނގޭ ދަރިފުޅު މިހާރު ބައްޕަދެކެ އިންތިހާއަށް ރުޅިއަންނާނެކަން. ބައްޕަ ގަބޫލުކުރަން ބައްޕައަށް މަންމައާއި ދޭތެރޭ […]
“މިލްކު ކޮށްލީ ހިތޭ” މިވާހަކައަކީ ހިތާމަވެރި ލޯބީގެ ޙާދިސާއެއްގެ މައްޗަށް ބިނާކުރެވިފައިވާ ޚިޔާލީ ވާހަކައެކެވެ. މިއީ އަޅުގަނޑު މިސައިޓަށް ލިޔާ ތިންވަނަ ވާހަކަވެސްމެއެވެ. ކިޔުންތެރިން ހިތްހަމަ ޖެހޭފަދަ ވާހަކައަކަށް މިވާހަކަ ވާނެކަމަށް އުއްމީދު ކުރަން. އިރާދަކުރެއްވިއްޔާ މިމަހު 25 (ޖޫން 25)ން ފެށިގެން ކޮންމެ އާދިއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހެއްގައި މިވާހަކަ ކިޔުންތެރިންނާ ހަމައަށް ގެނެސްދޭނެ ވާހަކަ ދަންނަވަން. އިންތިޒާރު ކޮށްލައްވާ!!!
“މަރީ…ކިހިނެއް…ކީއް..ކުރަނީ…” ޖޮނަތަން ބިރުންހުރެ އަހާލިއެވެ. އެވަގުތު މަރީ އޭނާއަށް ދިމާއަށް ދަހިވެތި ނަޒަރަކުން ކަޅި އަޅައިލަމުން ފުނަމައިގެން ތެދުވިއެވެ. ސިއްސައިގެން ދިޔަވަރުން ޖޮނަތަން ފާޑަކަށް ވެއްޓުނެވެ. “މް..މް..މަރީ…” މަޑުމަޑުން އޭރު މަރީ އޭނާޔާ ދިމާއަށް އާދެއެވެ. “ކޮން މަރީއެއް. އަހަރެން މީ ކާސިމު” ************************************************************ ޖޮނަތަން އޭނާގެ ހިޔާލި ދުނިޔެއިން ނިކުމެ ހަމަޖެހިލިއެވެ. އެރޭ މަރުނުވެ އޭނާ ސަލާމަތްވީ ހަމަ ކިރިޔާއެވެ. ނަމަވެސް ޖޮނަތަންގެ ހިތްވަރުން އޭނާގެ ދަރިފުޅަށް ޖެހިފައިވާ ބަލި ދެނެގަތެވެ. އެއީ އާދައިގެ ބައްޔެއް […]
މަންމައާއި ބައްޕައަށް ސިއްރުން ގެއިން ނުކުމެގެން ޒިޔާދު އާއި ރިޝްމީއާއި އެކު ޒޯޔާވެސް ކުޅެން ނުކުމެ އުޅެމުންދާ މަންޒަރު އެވަގުތު އޭނާގެ ކުރިމަތީގައި ކުޅެންތިބި 3 ކުދިންގެ ސަބަބުން މޫނުމައްޗަށް ސިފަވަމުންދިޔައެވެ.. ************************* ދުވަހަކީ އުޑުމަތި ސާފުދުވަހެކެވެ. އެހެން ދުވަސްތަކެކޭވެސް އެއްފަދައިން ޒޯޔާހުރީ ރަށުގެ ކުޅީކައިރީގައި އޭނާގެ އެކުވެރިންގެ އިންތިޒާރުގައެވެ. ” ޕޮއް.” ޒޯޔާ ސިއްސައިގެން ގޮސް ފަހަތައް އެބުރުނު އިރު ރިޝްމީ އަދި ޒިޔާދުގެ އިތުރުން އެހެން އަންހެން ކުއްޖެއް ހުރުމުން ސުވާލުގެ ނަޒަރަކުން ޒޯޔާ […]
އިރު ފެނުންތޮޅިލުމާއެކު މާލޭގެ ހަލަބޮޮލި މަގުތަކަށް ކާރޫބާރޫކަން ބޮޑުވެގެން ދާފައިން ފައިމަގުގައި އުޅޭމީހުނާއެކު މުޅިމަގުތަށް ތޮއްޖެހިދެއެވެ. މަލާކްހުރީ ތައްޔާރުވެގެން މާހިލްގެ އިންތިޒާރުގައެވެ. މިއަދަކީ ފީލްޑް ޓްރިޕްއެއްގައި ބިޒްނަސްކިޔަވާކުދިން ކ. ހުރަޔަަށް ދާން އޮތްދުވަހެވެ. ތަފާތު ވިޔަފާރިތަކުން މުއްސަނދިވެފައިވާ ހުރަޔަށް އަދި އަލަށް ދެވޭތީ މަލާކްހުރީ ވަރަށް އުފާވެެފައެވެ. ފަސްވަރަކަށް މިނެޓްފަހުން މާހިލް އައުމާއެކު މަލާކްް ގެއިން ނިކުތީ ބައްޕަކައިރީގައި ބުނެލާފައެވެ. ޓެކްސީގައި އަށް އެރުމާއެކު ދާންވީ މަންޒިލް މާހިލްބުނެދިނެވެ. މަލާކް އިނީ ހުރާގައި ކުރެވޭ ވިޔަފާރިތަކާއިބެހޭ މައުލޫމާތު […]
ނިދަން އަރާ އޮތް ސާއިމްގެ ސިކުޑީގައި ދައުރު ވަމުންދާ ފިކުރުތަކުން ނިދިން ވަނީ މަހްރޫމް ވެފައެވެ. ކިތައްމެ ވަރަކަށް ބަދަލްކުރަން އުޅުނަސް އޭނާއަކީ ކާކުކަން ބަދަލުކުރެވޭ ކަށް ނެތެވެ. ހަޔާތުގައި އަޒުމް ކަނޑައަޅާ ކޮންމެ ކަމެއް މިހާތަނަށް ކުރަމުން އަޔަސް މައިންބަފައިންގެ ލޯތްބަކީ އޭނާއަށް ތަގުދީރު މަނާ ކޮށްފައިވާ އެއްޗެކެވެ. މަޔެއްގެ ކުލުނާއި ބަފައެއްގެ ރުހުމަކީ ފުރާނައިން އެދޭ ހުވަފެންތަކެވެ. އެއަސަރު މޭތެރޭ އަބަދަށް އެދިއެދި ހުންނާނެއެވެ. ޒީންގެ މިޒާޖު ޑޮކްޓަރަށް ދައްކަން ފެށިފަހުން އިތުރަށް […]
މުޅި ދުވަސް މަޖަލުގައި ހޭދަކުރުމަށްފަހު އައްޗޫ އާއިއެކު އަހަރެން ގެއަށް ދާން ނިކުތީ އެކެއްވެސް ޖެހިފަހުންނެވެ.. ……. އަހަރެން ގެއަށްލާފައި އައްޗޫ ދިޔައީއެވެ. އަހަރެން ގެއަށް ވައިން އިރު މީހާ ހުރީ މުޅިއަކުން ހަމައަކު ނޫނެވެ. ވާނުވާއެއްވެސް އަހަންނަކަށް ނޭނގެއެވެ. ކުރިން ވެދިޔަ ކަމެއްވެސް އެވަގުތަކު އަހަރެން ހަދާނެއް ނެތެވެ. ކޮޓަރިއަށް ވަދެވުނުކަން އެނގެއެވެ. ދެންވީ ގޮތެއް އަހަންނަކަށް ނޭނގެއެވެ. ހޭނެތުނީ ކަމެއް ނުވަތަ ނިދުނީ ކަމެއްވެސް ނޭނގެއެވެ. އަހަންނަށް ހޭލެވުނީ ގަޑި އެލާރމްވި އަޑަށެވެ. އޭރު […]
ސްކޫލްގެ ފުރަތަމަ ދުވަހަށްވުމުން މާގިނަވަގުތަކު ސްކޫލްގައި ހޭދަކުރާކަށް މަލާކްއަށް ނުޖެހުނެވެ. ނަމަވެސް ކުލާހުން ނިކުމެ ނިކުމެ ހުރި މަލާކް އަށް ހުއްޓެވުނީ މާހިލްއައިސްް ކުރިމައްޗަށް އެރީމައެވެ. ކަޅިޖަހާނުލައި މާހިލް ބަލަންފެށުމުން މަލާކް އަށް ކިތަންމެ އުނދަގުވީނަމަވެސް އެއްޗެއްނުބުނެ ހިނގައިގަތީ ބޭރަށް ދާށެވެ. “މަލާ.. މަޑުކޮށްލެވިދާނެތަ..” މާހިލް ގެ މަޑުމައިތިރި ގޮވުމުން މަލާކް އަށް ހުއްޓިލެވުނީ އިޙްތިޔާރަކާއެކު ގައެއްނޫނެވެ. “މަލާ.. އަހަންނަށް މާފްކުރޭ.. އަހަރެން ގަސްތަކުނޫން.. އެރޭއެހެންހެދީ.. އެކަމަކު އެގޮތަށް ކަންތަށް ކުރެވެމުން މިއަދު އަހަންނަށް ކުއްވެރިކަން އިހްސާސްވޭ.. […]
ޒީން އިނީ ގުޑާލަންވެސް ނުކެރިފައެވެ. މާޒީގެ ހަނދާންތައް އަޅުވާފައި ހުރި ފިލްމެއްހެން ސިފަ ވަމުން ދިޔައެވެ. އެތައް އަހަރެއް ފާއިތުވެ ދިޔައިރުވެސް އެހަނދާންތަކާއި ދުރުނުވި ހުރި ހިތްދަތި ކަމެވެ. އަށް އަހަރު ކުރިން އޭ ލެވެލް އިމްތިހާން ނިއްމުމަށްފަހު ޒީންއާއި ޔުމްނު ޗުއްޓީއަށް ދިޔައީ ޒީންގެ އުފަން ރަށް ކ.ގުޅިއަށެވެ. ދެމީހުންވެސް އިމްތިހާން ނިއްމާލީ ނުހަނު ފޮނި އުއްމީދީ ނަތީޖާއެއް ލިބޭނެ ކަމާއި މެދު ކުޑަކޮށްވެސް ޝައްކު ނުކޮށެވެ. ދެ އަހަރުގެ ކިޔެވުމުގެ ނަތީޖާ ވަރަށް ފޮނި […]