“އަހަންނަށް ކިޔަނީ ޚަދީޖާ..” އެ އަންހެންމީހާ ބުނެލިއެވެ. އަދި ހިތްކަލިތާ ފަދަ ހިނިތުންވުމެއް އިބުރާހީމަށް ހަދިޔާކޮށްލިއެވެ. އެއަށްފަހު އޭނާ އިބުރާހީމަށް ފުރަގަސްދީފައި ދާން ހިނގައިގަތެވެ. ނަމަވެސް އިބުރާހީމްކޮށްލި ކަމަކުން އޭނާގެ ފިޔަވަޅުތަކަށް ހުއްޓުންއެރިއެވެ. ޚަދީޖާ ފަހަތް ބަލާލިއެވެ. އޭރު އިބުރާހީމް ހުރީ އޭނާގެ ކަނާއަތުގައި ހިފަހައްޓައިގެންނެވެ. އެވަގުތު ޚަދީޖާގެ ދެލޯ ރަތް ކުލައިން ދިއްލިގެން ދިޔައެވެ. ކިތަންމެ ބޭނުން ނުވިޔަސް އިބުރާހީމް އެއަތުން ދޫކޮށްލީ ޚަދީޖާ ހިތްހަމަނުޖެހުނީކަން އެނގުމުންނެވެ. “އިބުރާހީމް ބަލާ އަންނާނަން އަހަރެން.. އިބުރާހީމް އަހަންނަށް […]
“ލައިތް. އަމް. އެގޭގަ އޮތް ހޭންޑް ބޭންގެ ބަލާ…”އަލާނިޔާ ފަކީރުގެ އަޑު ނުވެސް ނިކުމެއެވެ. އެކަނިވާ ހުރިހާ ވަގުތެއްގައި ރޮއެރޮއެ އެފަކީރު ވަނީ ބަލިވެފައެވެ. ލައިތް އަލާޏިޔާ ދިޔުން މަނާކުރިއެވެ. އަދި ސިނާއަށް ގުޅާލުމަށްފަހު އެ ގެނަސްދިނުމަށް އެދުނެވެ. ދެން ހަގީގަތް ފަޅާއަރާކަށް ގިނައިރެއް ނޯންނާނެތާއެވެ. ނަމަވެސް އޭގެ ކުރިން އެ އެންމެ ސަލާމަތުން ތިބެންވެސް އެބަޖެހޭ ނޫންހެއްޔެވެ؟ ފަނަރަ ވަރަކަށް މިނެޓު ފަހުން ސިނާ އަލާނިޔާގެ ދަބަސް ހިފައިގެން އައެވެ. އަލާނިޔާ އޭތި އަޅުވާލަމުން ފޯނު […]
އައިނީ މަޑު ހިގުމެއްގައި ގޮސް ޖެހިގެންއޮތް މަގަށް އަޅާލިއެވެ. އޭރު އެމަގުގެ އަނެއްކޮޅުން ބާރު ސްޕީޑްގައި އަންނަމުންދިޔަ ސައިކަލުގެ މިސްރާބުހުރީ ސީދާ އައިނީއާއި ދިމާއަށެވެ.. އައިނީއަށް އެކަން ރޭކާލިއިރު ސައިކަލުއައިސް އައިނީއާއި އަރާހަމަވަނީއެވެ. އެވަގުތު ފަޒާގެ ތެރޭގައި ގުގުމާލީ އައިނީގެ ވޭނީ ހަޅޭކުގެ އަޑެވެ.. އައިނީ އަތުގައި ހިފާ ކުއްލިއަކަށް މީހަކު ދަމާލިއެވެ. އަމާލްއަށް އެވަގުތު އެތަނަށް ނާދެވުނު ނަމަ އެވަގުތު އެތަނުން ގެންދަން ޖެހޭނީ އައިނީގެ ފުރާނަނެތް މަސްގަޑެވެ . އަމާލް ދުވެފައި ނުކުތީ މަގަށެވެ. […]
“ނޫރާ .. ނަމާއެއްވަރަށް ކުއްޖާވެސް ހާދަރީއްޗޭ.. ހީވަނީ ހަމަ ބޭރުމޮޑެލް އެއްހެން.. ހަމަޔަޤީން އަހަރެންގެ ދަރިފުޅަށް ނޫރާކަމުދާނެކަން.. ” މިހުރިހާ ވާހަކައެއްވީ ބަލްޤިސްގެ ހިތުތެރޭގައެވެ. ނޫރާއައިސް ގޮނޑީގައި އިށީން އިރުވެސް ބަލްޤިސް އަށް އެނުންދިމާލަކަށް ބަލާވެސް ނުލެވެއެވެ. “މިހާރު އަހަރުމެންގެ ދަރިންވެސް ބޮޑެތިވީޔޭދޯ.. ” ބަލްޤިސް ހިތިގައި ހިނގާލި ޝުއޫރަކުން އެބަސްތަށް ދުލުން ބޭރުވީ އެއްވެސް އިހްތިޔާރަކާާނުލައެވެ. “އާން އަހަރެމެންގެ ނޫޫރާވެސް މިހާރު ކިޔަވާ އެނިމެނީ .. އަންނަ އަހަރު މެދުތެރޭ ކިޔެވުން ނިންމާފަ އަހަރުމެންގެ މަސައްކަތަށް […]
އޮފީހުގެ މަސައްކަތް ނިންމާލުމަށްފަހު ޒާންއަށް ގެއަށް ދެވޭވަރުވީ މެންދުރުވަނިކޮށެވެ. އޭރު އޭނާގެ ބޮލުގެ ރިހުން ދެގުނައަށް އިތުރު ވެފައިހެން ހީވެއެވެ. ބައިސްކަލުގައި ގޮސް ގޭ ކައިރިއަށް މަޑުކޮށްލިއިރު މާރިޔާގެ އަތުގައި ހިފައިގެން ޒާޔާ ގޭދޮށުގައި ހުއްޓެވެ. ޔުނީފޯމު ލައިގެން ހުރިއިރު ޒާޔާގެ ބުޅި އިސްތަށިކޮޅު ގަތާލާފައިވިއެވެ. “ހިނގާ ދޮންބެ ގެންގޮސްދޭނަން.. އަވަހަށް އަރާ!” ޒާން ޒާޔާއަށް ބަލާލަމުން ބުނެލިއެވެ. ލޯބިކޮށް ހީލަމުން ޒާޔާ ދުވެލާފައި ކަހަލަ ގޮތަކަށް އައިސް ބައިސްކަލުގެ ފަހަތު ސީޓަށް އެރިއެވެ. “ދައްކާ ދަބަސް […]
ސިއްސައިގެން ގޮސް އަހަރެންނަށް ހޭލެވުނީ އެނދު ކައިރި ހުރި މޭޒުމަތީ އިން ގަޑި ސޯނާވާ އަޑަށެވެ. އެހިނދު މޯޅިއަކަށް ދެމިލަމުން ކައްނެތް ގޮތަކަށް ބޯ ހިއްލައި ލަމުން އަހަރެން ގަޑިޔަށް ބަލައިލީމެވެ. އޭރު ގަޑިން ހަތްގަޑި ބައިވަނީއެވެ. އަހަރެންނަށް ހީވީ ބިރެއް ފެނުނު ހެންނެވެ. ވަގުތުން ހުއްމައިގެން ތެދުވެ ގަޑީގެ ސޯނާ އޮފް ކޮށްލުމަށް ފަހު ހަރުގަނޑުގަ އަޅުވާފައިން ތުވާލި ހިފައިގެން ހިނގައިގަތީ ފާހަނަޔާ ދިމާއަށެވެ. ފާހަނަޔަށްވަދެ ފެންވަރައިގެން ނުކުމެ އަވަސް އަވަސް ކޮށްލައިފަ ރީތި ވުމަށްފަހު […]
ކަޅު ވިލާތަކުން މުޅި އުޑުމަތި ބައްދާލައިފިއެވެ. ސާދަ ވިލޭރޭގެ ފުރިހަމަ ހަނދު ގެއްލިގެން ދިއުމާއެކު ޒާން ތިރިބަލައިލިއެވެ. އެ ދެލޮލުން ފެންނަން ހުރީ އިންތިހާ ދަރަޖައިގެ ވޭނެވެ. ދެލޮލުން ކަރުނަ ނުފޭބި ކަމުގައި ވިޔަސް އެ މޫނުމަތިން އޭނާ ކުރަމުންދާ ހިތާމަ ރަނގަޅަށްވެސް ހާމަވެއެވެ. ގޮނޑުދޮށަށް ރާޅު ބީއްސަމުންދާއަޑު މާހައުލުގައި ހިފާލާފައިވިއެވެ. ދެއަތުން މޫނުގައި ފިރުމާލަމުން ޒާން ދޮންވެލިގަނޑު މަތީގައި އިށީނެވެ. އެއްއަތުން ދޮންވެލި މުށެއް ނަަގައިގެން އޭނާ އެ ވެލިތައް މޮޑެލަމޮޑެލަ އިނެވެ. ކުއްލިއަކަށް ޒާންގެ […]
“ޒީން އަހަންނަކަށް ނުވިސްނުނު ޒީން ތިކިޔާ އެއްޗެއް. ތަންކޮޅެއް ސާފުކޮށް ބުނެދޭންވީނު” ޒިޔަމްވެސް އޭނާއިން ސޯފާއިން ތެދުވިއެވެ. ޒީން ތުހުމުތުގެ އިގިލި ދިއްކުރަމުން އެދަނީ ކީއްވެގެން ކަމެއް ހިޔާލަށް ނައުމުންނެވެ. ޒީން ޒިޔަމްއަށް ބަލާލިއެވެ. އެބެލުމުގައި ވަނީ ޖަވާބު ބޭނުންވާ އެތައް ސުވާލުތަކަކެވެ. ކުރަން ބޭނުންވާ ޝަކުވާތަކެވެ. އެރޭގެ އެއްވެސް ކަމެއް ޒިޔަމް ހަނދާން ނެތީ ހެއްޔެވެ؟ ވޭނުގައި ރޭދުވާ ބޭކާރު ކުރިއިރު ޒީންއަކީ ކާކު ކަންވެސް ޒިޔަމްއަށް ނޭނގެނީ ހެއްޔެވެ؟ ޒިޔަމްގެ ނަޒަރުވެސް ހުއްޓިފައި […]