އުޑުމަތި ބަނަކަމުން ހީވަނީ އުޑުގައި ކަޅު ސާލެއް އޮޅާލާފައިވާހެންނެވެ. ބޮޑެތި ވިލާގަނޑުތަކުން އުޑުމަތި ބައްދާލާ، އިރުގެ އަލިކަމުން ދުނިޔެ މަޙްރޫމްކޮށްލުމުގައި ކާމިޔާބު ހޯދާފައިވާއިރު، ގަސްތައް ވެސް ވިލާތަކާއި ބައިވެރިވެގެން ދުނިޔެއަށް އިތުރު ހަލަބޮލިކަމެއް ގެނެސްދީފައިވެއެވެ. ގޮފިތައް ވައިގެތެރޭގައި ހޫރެމުންދިޔައީ ބޫން އަޑުލައްވަމުންނެވެ. މިއުޒިކެއް ފަދައިން އެ ރާގު ފަޒާގައި ފެތުރެމުން ދިޔައިރު މަގުމަތީގައި ހިނގާ މީހުންނާއި އުޅަދުފަހަރުތައް ކޮޅުކޮޅު މައްޗަށް އަވަސްވެގަތީ ވާރޭގައި ނުޖެހި މަންޒިލަށް އަވަހަށް ވާސިލުވުމަށެވެ. އެ ގޭގެ ސިޓިންރޫމް ގައި ނީލާ ހުރިއިރު […]
މަންމައާއި ބައްޕައަށް ސިއްރުން ގެއިން ނުކުމެގެން ޒިޔާދު އާއި ރިޝްމީއާއި އެކު ޒޯޔާވެސް ކުޅެން ނުކުމެ އުޅެމުންދާ މަންޒަރު އެވަގުތު އޭނާގެ ކުރިމަތީގައި ކުޅެންތިބި 3 ކުދިންގެ ސަބަބުން މޫނުމައްޗަށް ސިފަވަމުންދިޔައެވެ.. ************************* ދުވަހަކީ އުޑުމަތި ސާފުދުވަހެކެވެ. އެހެން ދުވަސްތަކެކޭވެސް އެއްފަދައިން ޒޯޔާހުރީ ރަށުގެ ކުޅީކައިރީގައި އޭނާގެ އެކުވެރިންގެ އިންތިޒާރުގައެވެ. ” ޕޮއް.” ޒޯޔާ ސިއްސައިގެން ގޮސް ފަހަތައް އެބުރުނު އިރު ރިޝްމީ އަދި ޒިޔާދުގެ އިތުރުން އެހެން އަންހެން ކުއްޖެއް ހުރުމުން ސުވާލުގެ ނަޒަރަކުން ޒޯޔާ […]
ހުރާގެ އިރުމަތީގައި ޒޯޔާ އިށީދެލައިގެން އިނީ ރަށާއި ގާތްތިމާގެމީހުން ދޫކޮށްލާފައި މާލެދިއުމަށް އޭނާ ނިންމި ނިންމުމަކީ ރަނގަޅު ނިންމުމެއްތޯ ވިސްނާލާށެވެ. އެވަގުތުކޮޅު އޭނާ ހޭދަކުރަމުން ދިޔައީ މާޒީގެ ހަނދާންތައް އާކޮށްލުމުގައެވެ. އޭނާގެ ކުރިމަތީގައި ޅައުމުރުގެ 2 އަންހެން ކުދިންނާއި 1 ފިރިހެންކުއްޖަކު އަތިރިމަތީ ދުވެ ސަކަރާތްޖެހުމުގައި އުުޅުނެވެ. އެކުދިންނަށް ބަލަންއިދެ އޭނާގެ މާޒީއަށް އޭނާ ޖެހިލިއެވެ. އެއީ މީގެ 10 ވަރަކަށް އަހަރުކުރިއެވެ. އަހަރެން މިރަށުން ފުރައިގެން ދިޔަނަމަވެސް މިހަނދާންތައް އަހަންނާއި ވަކިވެގެން ދުވަހަކުވެސް ނުދާނެއެވެ. އަހަންނާ […]