ފަލަކު މެސެޖު ކިޔައިލުމަށްފަހު ރިޕްލައިވެސް ކޮށްލުމަކާއިނުލާ ފޯނު ކައިރީގައި ބޭއްވުމަށްފަހު ބާލީހުގައި ބައްދައިލީ ގަދަކަމުންވެސް ނިދޭތޯއެވެ. ***************** އާދުވަހަކަށް އިރު އެރިއިރު ފަލަކުވެސް އަވަސް އަރުވާލައިގެން ޑިއުޓީއަށް ދާން ތައްޔާރު ވަމުން ދިޔައީ މިއަދު ޑިއުޓީއަށް ގަޑިނުޖެހި ދެވިދާނެހާ ވަގުތު އޮތްހެން ހީނުވާތީއެވެ.ރޭ ނުނިދިގެން ފުރޮޅި ފުރޮޅިފައި މާލަހުން ނިދުމުގެ ސަބަބުން އެހެންޏާ ތެދުވާ ގަޑިއަށް ހޭނުލެވުނީއެވެ.ޝައިބާ ހަވީރު ޑިއުޓީވީމާ އަފީފާވެސް ބަލާލަންވެސް ނައީއެވެ.ނަސީބު ރަނގަޅު ކަމުން ބޭރަަށްހަމަ ނިކުތްތަނާ ޓެކްސީއެއް ލިބުނެވެ. *************** ުހޮސްޕިޓަލް ކައުންޓަރ […]
ސޯސް ކުކުޅު އަޅަންހުރި ފަލަކުގެ ގައިގައި ޖެހޭ ނުޖެހޭ ހިސާބުގައި އައިސް ހުއްޓުނު ޔޫލްގެ އަތް އޭނާގެ ކަނދުރާގައި ބާއްވައިލުމުން ފަލަކުގެ ނޭވާ ހީވީ އަރުގައި ތާށި ވީ ހެންނެވެ. ***************************** ޔޫލް އޭނާގެ އަނެއް އަތުން ފަލަކު ލާފައިހުރި ޓޮޕްކޮޅުގެ ކެހެން ފަށާފައިވާ ޒިބު ދަމާލަ ދިނުމަށްފަހު ދުރަށް ޖެހިލުމުން ފަލަކުއަށް ކުރެވިގެން ދިޔަ ލަދުވެތި އިޙްސާސަކުން މޫނުމައްޗަށް ވެއްޓިފައި އިން އިސްތަށިކޮޅު ގެންގޮސް ކަންފަތުގައި އަޅުވާލަމުން ޔޫލްއަށް ބަލައިލެވުނެވެ.ނަމަވެސް އޭރު ޔޫލް ހުރީ ޝިނާނު […]
ކިޔުންތެރިންގެ ސަމާލު ކަމަށް..މީ އަޅުގަނޑު މިސައިޓަށް ލިޔާ ދެވަނަ ވާހަކަ..މިވާހަކައަކީ ހަގީގީ އަހަރެންގެ ދިރިއުޅުމުގައި އަހަރެން ތަޖުރިބާ ކޮށްފައިވާ ކަމެއްގެމއްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކައެކެވ. .މިވާހަކަ އަޕްވާނީ ކޮންމެ ހަފްތާއެއްގެ ހުކުރު ދުވހު.. ވަަރަށް އަވަހަށް މިވާހަކަ ފެނިގެން ދާނެ.. އިންތިޒާރު ކޮށްލައްވާ..! ********************************** ކުޑަ އިރުއްސުރެ ކިޔެވުމަށް ކައިރާ ނުހަނު ފޯރި ހުރެއެވެ.އެހެން ހުރިހާ ކަމަކުން މަހުރޫމުވެ ކައިރާ ބެލީ ކިޔެވޭތޯއެވެ.ސުކޫލުގެ އެކިއެކި ހަރަކާތްތަކުން އެކި ވަނަތށް ހޯދަމުންދެއެވެ.އިސްކޮޅުން ކުރު ނަމަވެސް ދޮންރީތި އެހާ ހިކި […]
“ފަޒާލް! ފަޒާލްގެ މަންމަ ކުއްލި އަކަށް މާބޮޑަށް ހާލު ދެރަވެގެން މާލެ ގެނެސް އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮން މީގެ ކުޑަ އިރު ކޮޅެއްގެ ކުރިން ނިޔާވެއްޖެ! މިހާރު ވަޅުލުމަށްޓަކައި މަންމަގެ ހަށިގަނޑު ވީ އާސަހަރާ އަށް ގެންގޮއްސަ.” ފޯނު ނެގުމާއިއެކު އެމީހަކު ބުންޏެވެ. އެވަގުތު އަހަރެންނަށް ވީގޮތް ބުނެދޭން ވެސް ދައްޗެވެ. ވާނީވެސް އެހެންތާއެވެ. މިއަދު ގުޅި އިރުވެސް މަންމަގެ ހާލު އާދައިގެ ގޮތެކެވެ. އެކަމަކު ކުއްލި އަކަށް މަންމަގެ ހާލު އެހާގޯސް ވެދާނެ ކަމަށް […]
ދޮރުމައްޗަށް ހުއްޓިފައި އައިނީ ބަލައިލީ އަމާލްގެ މޫނަށެވެ. ދޮރުން އެތެރެއަށް ވަންނަމުން ކޮޓަރިތެރެއަށް ނަޒަރުހިންގާލިއެވެ. އެއާއިއެކު ކުރިއަށް އަޅައަޅައި ހުރި ފިޔަފަޅުވެސް މަޑުޖައްސައިލަން މަޖުބޫރުވިއެވެ… ކޮޓަރީގެ މެދެއްހައި ހިސާބުގައި ހުރި އެދުގައި އެއޮތީ އާޝިޔާ ނޫން ދެވަނަ މީހެއް ނޫނެވެ. މުސްކުޅިވެ ގައިބާރު ދެރަވެފައި އޮތަސް އައިނީއަކަށް އެ ސޫރައެއް ނޮއޮޅުނެވެ. ފައިސަލް ދިން ފައިލުގައި ހުރި އާޝިޔާގެ ފޮޓޯއާއި އެއްވެސް ތަފާތެއް ނެތެވެ. އުމުރުން ދުވަސްވުމުގެ ސަބަބުން މޫނުމަތީގައި ހުރި ރޫތައް ފިޔަވައެވެ. އައިނީއަށް ބުނާނެއެއްޗެއް […]
“ޔުމްއަށް ޔަގީން ޒީން ކޮންމެ ކުށެއް ކުރިއަސް ޒީގެ މަންމަ ޒީ އަށް މާފުކުރާނެކަން. ޒީގެ މަންމަ ޒީ ދެކެ ވާ ލޯބި ފެނި އަހަރެން ބައެއް ފަހަރު ޖެލަސްވެސް ވޭ.. ޝީ އިޒް ދަ ޕާފެކް މަދާރ ފޯ ޔޫ.. ބަލާބަ..” ޔުމްނު ޒީން އަތުގައި ހިފާލީ ޒީންގެ މޫނުމަތިން ހިތާމައިގެ އަސަރު ފާޅުވާން ފެށުމުންނެވެ. ” އޯކޭ.. މިސާލަކަށް ޒީ އަށް ކަމެއް ކުރެވުނީ ޔޯ.. އެކަމެއްގެ ބޮޑުކަމުން ހުރެދާނެ ރުޅިއައިސް ހިތް ހަމަ […]
ފަލަކު ފެންވަރައިގެން ނިކުތް އިރުވެސް ޝައިބާ އޮތީ ގަދަނިދީގައެވެ.އޭރު ގަޑިން ހަތެއް ޖަހާ ދެމިނެޓް ހިނގައިފިއެވެ.”ޝައީ އަޅެ ދެން މިއަދުވެސް ތިހެން އޮއްވަ ގަޑި ޖެހޭނީ…މިހާރު މަންމަވެސް އައިސް ގޮވާފަ އެދިޔައީ”.ފަލަކު ޝައިބާގެ މޫނުގައި އަޅާފައި އޮތް ރަޖާ ނަގަމުން ވާހަކަ ދެއްކިއެވެ. ކަންނެތް ގޮތަކަށް ދެލޯ ހުޅުވާލުމަށްފަހު އެއޮތްގޮތަށް އޮވެ ބޯލާކޮޅުގައި އޮތް ފޯނުނަގާ ގަޑިބަލާލުމަށްފަހު ފުންމައިގެން ތެދުވެ ޝައިބާ އަވަސްވެގަތީ ފާޚާނައަށް ވަންނާށެވެ.ވަކި ދުވަހެއް ނޫން ،އެއީ ހަމަ ކޮންމެ ދުވަހެއްގެވެސް ޙާލެވެ.އެފަކީރަށް ގަޑި […]
ހާޝިމް އުޅެނީ ރައްޓެހި ފިރިހެން ކުދިން ތަކަކާއި އެކީ ދެރޫމް އެޕާރޓުމެންޓެއްގައެވެ. މިއީ ޒައިނާ މިގެއަށް އައި ފުރަތަމަ ފަހަރެވެ. އެތެރެއަށް ވަދެގެން އައި ޒައިނާގެ ނަޒަރު ދެ ކޮޓަރީގެ ތަނަށް ހިންގާލިއެވެ. ގޭގެ ހަތަރު ބިތް ކޮންކުރީޓުން ހަދާފައި ހުއްޓަސް އެތޭރޭގައި ގިނައީ ލަކުޑި ފިލާތަކެވެ. ހީވަނީ ޕާރޓިޝަން ޖަހައި ވަކި ކޮށްފައި ހުރިހެންނެވެ. ޒައިނާ އެތެރެއަށް ވަދެގެން އައި އިރު ޓީވީ އިން ގޭމް ކުޅެން ފިރިހެން ކުދިންތަކެއް ތިއްބެވެ. ހާޝިމް ޒައިނާ ގެ […]
ޔުސްރާގެ ހަނދާނަށް އައީ އެންމެ ފުރަތަމަ އެ މީހާ ހޯދަންދިޔަ ދުވަހެވެ. އެދުވަހު އެ މީހާވެސް ބުނީ އެއީ އާލް ކަމުގައެވެ. އެހެންވިރު އެއީ އަލާނިޔާއަށް ވެދާނެކަމަށް ޔުސްރާގެ ހިތްބުނެލިއެވެ. އެއީ ކުރީގައި އަލާނިޔާ އަމިއްލަޔަށް ކިޔާ އުޅުނީ އާލްކަމަށް ވުމުންނެވެ. “ލާނީ… އެކަހަލަ މީހުންގެ ގައިތެރޭގައި އެކި އެކި މީހުން އުޅޭނެހެން ހީވާނެ. އެކަމަކު ހަގީގަތަކީ އެމީހާގެ ސިކުނޑީގަ އަސްލު އެމީހުންގެ ކަންކަން ނަގައިގަނެފަ ހުންނަކަން.އަހަންނަށް ހީވަނީ ލާނީގެ ރޫ މަރެއް ނުވޭހެން. ލާނީ…އެއީ ރޫ..ރޫއަށް […]