އައިނީ މަޑު ހިގުމެއްގައި ގޮސް ޖެހިގެންއޮތް މަގަށް އަޅާލިއެވެ. އޭރު އެމަގުގެ އަނެއްކޮޅުން ބާރު ސްޕީޑްގައި އަންނަމުންދިޔަ ސައިކަލުގެ މިސްރާބުހުރީ ސީދާ އައިނީއާއި ދިމާއަށެވެ.. އައިނީއަށް އެކަން ރޭކާލިއިރު ސައިކަލުއައިސް އައިނީއާއި އަރާހަމަވަނީއެވެ. އެވަގުތު ފަޒާގެ ތެރޭގައި ގުގުމާލީ އައިނީގެ ވޭނީ ހަޅޭކުގެ އަޑެވެ.. އައިނީ އަތުގައި ހިފާ ކުއްލިއަކަށް މީހަކު ދަމާލިއެވެ. އަމާލްއަށް އެވަގުތު އެތަނަށް ނާދެވުނު ނަމަ އެވަގުތު އެތަނުން ގެންދަން ޖެހޭނީ އައިނީގެ ފުރާނަނެތް މަސްގަޑެވެ . އަމާލް ދުވެފައި ނުކުތީ މަގަށެވެ. […]
ދޮރުމައްޗަށް ހުއްޓިފައި އައިނީ ބަލައިލީ އަމާލްގެ މޫނަށެވެ. ދޮރުން އެތެރެއަށް ވަންނަމުން ކޮޓަރިތެރެއަށް ނަޒަރުހިންގާލިއެވެ. އެއާއިއެކު ކުރިއަށް އަޅައަޅައި ހުރި ފިޔަފަޅުވެސް މަޑުޖައްސައިލަން މަޖުބޫރުވިއެވެ… ކޮޓަރީގެ މެދެއްހައި ހިސާބުގައި ހުރި އެދުގައި އެއޮތީ އާޝިޔާ ނޫން ދެވަނަ މީހެއް ނޫނެވެ. މުސްކުޅިވެ ގައިބާރު ދެރަވެފައި އޮތަސް އައިނީއަކަށް އެ ސޫރައެއް ނޮއޮޅުނެވެ. ފައިސަލް ދިން ފައިލުގައި ހުރި އާޝިޔާގެ ފޮޓޯއާއި އެއްވެސް ތަފާތެއް ނެތެވެ. އުމުރުން ދުވަސްވުމުގެ ސަބަބުން މޫނުމަތީގައި ހުރި ރޫތައް ފިޔަވައެވެ. އައިނީއަށް ބުނާނެއެއްޗެއް […]
ފަތިސް ނަމާދުކޮށް ނިމިގެން ތެދުވިތަނާހެން އައިނީ ލޮލުގައި އަޅައިގަތީ ބައްޕަގެ ޑައިރީއެވެ. ޑައިރީ އޮތީ ރޭގައި އެއްލާލިގޮތަށް ކޮޓަރީގެ ކަނަކަށް ވާގޮތަށް ހުޅުވިފައެވެ. އައިނީ މުސައްލަ އޮޅާލުމަށްފަހު ގޮސް ޑައިރީ ނަގަން ގުދުވެލިތަނާހެން ލޮލުގައި އަޅައިގަތީ އެންމެ ފަހު ސޮފްހާ ގައި ލިޔެފައި އޮތް އިބާރާތްކޮޅެވެ……… ފަރުވާކުޑަ ގޮތަކަށް ޑައިރީ ނަގާފައި އެ ލިޔުންކޮޅު އައިނީ ކިޔާލިއެވެ. “ދަރިފުޅާއެވެ! ބައްޕައަށް އިނގޭ ދަރިފުޅު މިހާރު ބައްޕަދެކެ އިންތިހާއަށް ރުޅިއަންނާނެކަން. ބައްޕަ ގަބޫލުކުރަން ބައްޕައަށް މަންމައާއި ދޭތެރޭ […]
މުޅި ދުވަސް މަޖަލުގައި ހޭދަކުރުމަށްފަހު އައްޗޫ އާއިއެކު އަހަރެން ގެއަށް ދާން ނިކުތީ އެކެއްވެސް ޖެހިފަހުންނެވެ.. ……. އަހަރެން ގެއަށްލާފައި އައްޗޫ ދިޔައީއެވެ. އަހަރެން ގެއަށް ވައިން އިރު މީހާ ހުރީ މުޅިއަކުން ހަމައަކު ނޫނެވެ. ވާނުވާއެއްވެސް އަހަންނަކަށް ނޭނގެއެވެ. ކުރިން ވެދިޔަ ކަމެއްވެސް އެވަގުތަކު އަހަރެން ހަދާނެއް ނެތެވެ. ކޮޓަރިއަށް ވަދެވުނުކަން އެނގެއެވެ. ދެންވީ ގޮތެއް އަހަންނަކަށް ނޭނގެއެވެ. ހޭނެތުނީ ކަމެއް ނުވަތަ ނިދުނީ ކަމެއްވެސް ނޭނގެއެވެ. އަހަންނަށް ހޭލެވުނީ ގަޑި އެލާރމްވި އަޑަށެވެ. އޭރު […]
އަދި ފަހުން އަންނާނެ ކަމަށްބުނެ ބޮޑުދައިތަ ނުކުމެގެން ދިއުމުން އައިނީ އަވަސް އަވަހަށް އެ ކޮތަޅު މޮހާލިއެވެ. އެއީ ޑައިރީއެއް ކަން އިނގުމުން އައިނީ ކުރިއަށްވުރެވެސް ޝައުގުވެރިކަމާއެކު އެފޮތް ހުޅުވާލިއެވެ. ފުރަތަމަވެސް އޮތީ މަންމައާއި ބައްޕަގެ ޒުވާންއިރުގެ ފޮޓޯއެކެވެ. އެ ފޮޓޯއަށް ވަރަށް ފަރުވާތެރިކަމާއެކު އައިނީ ބަލާލިއެވެ. އެހެން އިރުކޮޅަކު އިނުމަށްފަހު އައިނީ އެ ޑައިރީ ކިޔަންފެށިއެވެ… ** *** **** ލޯބިވާ ދަރިފުޅާއެވެ. ދަރިފުޅަށް މި ޑައިރީ ލިބޭއިރު ބައްޕަ ވާނީ ދަރިފުޅު ދުކޮށް މާދުރަށް […]
އަހަންނަށް ހޭލެވުނީ ގަޑި އެލާރމްވި އަޑަށެވެ. އޭރު ގަޑިން އަށެއް ޖެހީއެވެ. ހޭލާފައި ފުރަތަމަވެސް އަހަންނަށް ބަލައިލެވުނީ އަމާނީ ކޮބައިތޯއެވެ. އޭރު އަހަރެންގެ ބޮލުގައި ވަރަށް ގަދައަށް ރިއްސައެވެ. އަމާނީ ގެ ޚަބަރެއް ނުވުމުން އަހަރެން ގަސްދުކުރީ ފާޚާނާއަށް ވަދެ ކުޑަކޮށް ތާޒާ ވެލާށެވެ. މޯޅިއަކަށް ދެމިލަމުން ތެދުވެ އެދުގައި ހަމަޖެހިލި ވަގުތު އަހަރެންގެ ލޮލުގައި އަޅައިގަތީ މުސައްލަމަތީގައި ނަމާދު ދޮޅިއާއެކު ލެއާ ތަތްތެޅިފައި އޮތް އަމާނީއެވެ. އަހަންނަށް އަޑުގެ ނެތްތަނަށް ހަޅޭއްލަވައިގަނެވުނެވެ. އެއާއެކު އަހަންނަށް ހަމަހޭވެރިކަންވިއެވެ. […]
އަހަރެން އޮތީ އެނބުރެމުންދިޔަ ފަންކާއަށް ނަޒަރު ހުއްޓާލައިގެންނެވެ. ކައިރީގައި ހުރި އެނދުގައި އޮތް ހަތް އަހަރުގެ ދަރިފުޅަށް އިރުއިރުކޮޅާ ބަލާލެވެއެވެ. އެނދުގެ އެއްކައިރީގައި ހުރި ގޮނޑިއެއްގައި ހަފްސާ އިނެވެ. ސާރާގެ ބޮލުގައި އިރުއިރުކޮޅާ ފިރުމައިލައެވެ. އުތުރިއަރަމުން ދިޔައީ މައިވަންތަ ކަމުގެ ކުލުނެވެ. ހަފްސާގެ ލޮލުން ވެއްޓެން ދިޔަ ކަރުނަ ތިކި ފޮހެލިތަން އަހަންނަށް ހަމަ ރަނގަޅަށްވެސް ފެނުނެވެ. ކިތަންމެ ދެރަވިޔަސް ދަރިފުޅުކުރިމަތީގައި ފިނޑި މީހަކަށް ވާން އަހަރެން ބޭނުމެއް ނޫނެވެ. އަދިވެސް އެ ދަރިފުޅާއިމެދު ކުރެވެމުންދާ އުންމީދެއްގެ […]
އަހަރެން އިނީ ސިޓިންގ ރޫމުގައި ހުރި ސޯފާގައި ލެޕޮޓޮޕުން ފިލްމެއް ބަލާށެވެ. ކުއްލިއަކަށް ސިހިފައި އަހަރެންގެ އަތުންދޫވެ ލެޕްޓޮޕް ތަޅުން މައްޗަށް ވެއްޓުނެވެ. އަހަރެންނަށް ހީވީ ފިލްމުތެރެއިން މީހަކު ސީދާ އަހަންނަށް ބަލާލިހެންނެވެ. ކުޑަކޮށް ހިތަށް ބިރުވެރިކަން ވަތް ނަމަވެސް އެއީ ހީވިހީވުމެއްކަން އިހުސާސްވުމުން އަމިއްލަނަފްސަށް މަލާމާތް ކޮއްލެވުނެވެ. އަދި އަވަސްއަވަހަށް ލެޕްޓޮޕް ނެގީމެވެ. ބޭރުފުށުން ގެއްލުމެއް ލިބިފައި ނެތަސް ލެޕްޓޮޕް ހުޅުވޭ ގޮތެއް ނުވިއެވެ. އަހަރެން ކަންބޮޑުވީ ފައިސަލް ރުޅިއަންނާނޭ ވަރު ހިތަށް އަރާފައެވެ. […]
އަހަރެން އިނީ ސިޓިންގ ރޫމުގައި ހުރި ސޯފާގައި ލެޕޮޓޮޕުން ފިލްމެއް ބަލާށެވެ. ކުއްލިއަކަށް ސިހިފައި އަހަރެންގެ އަތުންދޫވެ ލެޕްޓޮޕް ތަޅުން މައްޗަށް ވެއްޓުނެވެ. އަހަރެންނަށް ހީވީ ފިލްމުތެރެއިން މީހަކު ސީދާ އަހަންނަށް ބަލާލިހެންނެވެ. ކުޑަކޮށް ހިތަށް ބިރުވެރިކަން ވަތް ނަމަވެސް އެއީ ހީވިހީވުމެއްކަން އިހުސާސްވުމުން އަމިއްލަނަފްސަށް މަލާމާތް ކޮއްލެވުނެވެ. އަދި އަވަސްއަވަހަށް ލެޕްޓޮޕް ނެގީމެވެ. ބޭރުފުށުން ގެއްލުމެއް ލިބިފައި ނެތަސް ލެޕްޓޮޕް ހުޅުވޭ ގޮތެއް ނުވިއެވެ. އަހަރެން ކަންބޮޑުވީ ފައިސަލް ރުޅިއަންނާނޭ ވަރު ހިތަށް އަރާފައެވެ. މިހާރަކަށް […]