Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަ

ނޭނގުމެއްގެތެރޭގައި..(4)

Kooji Level 210 Stories100 Comments
June 18, 2017 4 Mins Read
26 Comments

ފަތިސް ނަމާދުކޮށް ނިމިގެން ތެދުވިތަނާހެން އައިނީ ލޮލުގައި އަޅައިގަތީ ބައްޕަގެ ޑައިރީއެވެ. ޑައިރީ އޮތީ ރޭގައި އެއްލާލިގޮތަށް ކޮޓަރީގެ ކަނަކަށް ވާގޮތަށް ހުޅުވިފައެވެ. އައިނީ މުސައްލަ އޮޅާލުމަށްފަހު ގޮސް ޑައިރީ ނަގަން ގުދުވެލިތަނާހެން ލޮލުގައި އަޅައިގަތީ އެންމެ ފަހު ސޮފްހާ ގައި ލިޔެފައި އޮތް އިބާރާތްކޮޅެވެ………

 

ފަރުވާކުޑަ ގޮތަކަށް ޑައިރީ ނަގާފައި އެ ލިޔުންކޮޅު އައިނީ ކިޔާލިއެވެ.

“ދަރިފުޅާއެވެ! ބައްޕައަށް އިނގޭ ދަރިފުޅު މިހާރު ބައްޕަދެކެ އިންތިހާއަށް ރުޅިއަންނާނެކަން. ބައްޕަ ގަބޫލުކުރަން ބައްޕައަށް މަންމައާއި ދޭތެރޭ ކަންތައް ކުރެވުނީ އެއްވެސް އިންސާނަކު އަނެއް އިންސާނަކާއިދޭތެރޭ ކަންތައް ކޮއްގެންވަނޭ ގޮތަކަށް ނޫންކަން. އެކަމުގައި ދަރިފުޅު ރުޅިއައުމަކުން ބައްޕަގެ އެއްވެސް ޝަކުވާއެއް ނެތް. އެކަމަކު މަންމަގެ މަރުގެ ތުހުމަތު ބައްޕަގެ ބޮލުގައި އެޅުވުމުގެ ކުރިން ބައްޕަ އެދެނީ ދަރިފުޅު އެކަމުގެ ހަގީގަތް ހޯދަން. ސަބަބަކީ، ބައްޕަ ނޭދެން އެހެން މީހުންނެކޭ އެއްފަދައިން ދަރިފުޅުވެސް ޝައްކެއްގެ މައްޗަށް ބަރޯސާވެ ގޮތެއް ނިންމާކަށް.

މަންމަގެ މަރުގެ ހަގީގަތް ހޯދުމުގައި ދަރިފުޅު ބޭނުންއިރަކުން އެހީވެދޭނެ ރައްޓިއްސެއް ބައްޕަގެ ހުންނާނެ. ގޮތެއް ނިންމާނީ ދަރިފުޅު. ބައްޕަ އުއްމީދުކުރަން ދަރިފުޅު ރަނގަޅު ނިންމުމެއް ނިންމާނެކަމަށް.”

ޑައިރީ ލައްޕާލަމުން އައިނީ ނިކުތީ ބޭރަށެވެ. އިއްޔެއިއްސުރެ އެއްވެސް އެއްޗެއް ނުކައި ހުރުމުން ކޮޅަށް ހުރެވެނީވެސް ކިރިޔާއެވެ. ކޮޓަރިން ނިކުމެ ގޭތެރެއަށް ނަޒަރުހިންގާލިއެވެ. ގޭތެރޭގައި ރަސްކަން ކުރަމުންދިޔައީ ފަޅުކަމެވެ.

މާމަ ގުޅާފައި އަންނަ ވާހަކަ ބުނުމުންވެސް އައިނީ އެކަމާއި ދެކޮޅުހެދީ އެކަނި ވަގުތު ހޭދަކޮއްލަން ބޭނުންވާތީއެވެ. އަދި މަންމަގެ މަރާއި ބެހޭގޮތުން އެނގުނުކަނަތައްތަކުގެ ސަބަބުން އެކަމުގެ ހަގީގަތް ހޯދަން ބޭނުންވެފައިހުރިލެއް ބޮޑުކަމުންނެވެ.
ބަދިގެއަށް ވަދެ ބިސްގަޑެއް އަޅާލައިގެން ސައިތައްޓަކާއިއެކީ އައިނީ ގޮސް ވަނީ އަނެއްކާވެސް ކޮޓަރިއަށެވެ. އެތާނގައި އިނދެއްޖެނަމަ ބައްޕަގެ ހަނދާންތައް އުނދަގޫ ކޮއްފާނެތީއެވެ. މިވަގުތު އައިނީ ބޭނުންވަނީ ހަމަޖެހިލައިގެން ކަންކަމާއިމެދު ވިސްނާށެވެ. އެހެން ނޫންނަމަ ސިކުނޑިއަށް ނުއުފުލޭ ވަރުގެ ބުރައަކަށް އެކަން ވެދާނެތީއެވެ.

…
އައިނީގެ ނަޒަރު ހުއްޓިފައި ހުރީ މޭޒުމަތީ އޮތް ޑައިރީއަށެވެ. ބޮލުތެރޭގައި ބޮޑު ހައިޖާނުގަޑެއް އުފެދިފައި ވާއިރު ހަދަންވީ ގޮތަކައިމެދު އައިނީ ވިސްނަމުންދިޔައެވެ. އައިނީ ނިންމީ ބޮޑުދައިތައާއި އެވާހަކަތައް ހިއްސާ ކުރާށެވެ. އެކަމުގައި ފޮރުވިފައިވަނީ ކިހާވަރެއްގެ ހަގީގަތެއްކަން ހޯދަން އައިނީ ބޭނުންވިއެވެ. މަންމައަށް އެހެން ހެދި މީހަކަށް ހައްގު އަދަބު ލިބިދޭން ޖެހޭނޭކަމަށް އެހިތް ވިސްނައިދެމުންދިޔައެވެ.

އެދުވަހު އައިނީ ބޮޑުދައިތަމެން ގެއަށް ދިޔައީ އިތުރަށް އެންމެ ވަގުތުކޮޅެއްވެސް ބޭކާރުކުރަން ނޭދޭތީއެވެ. މިހާރުވެސް ކިހާ ވަގުތެއް ބޭކާރުވެއްޖެ ހެއްޔެވެ؟ އައިނީ ހުރިހާ ވާހަކައެއް ބޮޑުދައިތައަށް ކިޔައިދިނެވެ. ކުރިންވެސް ރާމިޒުގެ ފަރާތުން އެވާހަކަތައް އިވިފައި ވުމުން އައިނީ އަންނާނެކަން ބޮޑުދައިތައަށް މާކުރިން އެނގެއެވެ. އައިނީ އެދުނީ ބައްޕަ އެބުނާ ރައްޓެއްސަކީ ކާކުކަން ހޯދައިދިނުމަށެވެ. ބޮޑުދައިތަގެ ވާހަކައިން އެމީހަކީ ފައިސަލް ކަން އެނގުނެވެ. ފައިސަލް އަކީ ރާމިޒުގެ ރިހެބިލިޓޭޝަން ކަންތަކުގައި ވަރަށްބޮޑަށް އެހީތެރިވެދިން މީހެކެވެ. ކުރީން ފުލުހުންގެ މަސައްކަތުގައި އުޅެ ރިޓައަރ ވެފައިހުރި މީހެއްވެސް މެއެވެ.

ދުވަސްވަރަކީ މަދުރަސާގެ މިޑް ޓާރމް ބަންދު ދުވަސްކޮޅު ކަމުން ހުރިހާ ވަގުތެއް ހެން އައިނީ ހުސްކުރީ އެކަމަށެވެ.

ހަމަ އެދުވަހު ބޮޑުދައިތަ ދިން އެޑްރެހަށް އައިނީ ދިޔައެވެ. ކަންދިމާކުރިގޮތުން އޭރު ފައިސަލް އުޅުނީ ބަލިހާލުގެ ގޮތުން ރާއްޖެއިން ބޭރަށް ދިރިއުޅުން ބަދަލުކުރުމުގެ މަރުހަލާގައެވެ.

“މިވަގުތު އަހަންނަށް ވެދެވެން އޮތް މާބޮޑު އެހީއެއްނެތް! ނަމަވެސް ރާމިޒުގެ ވަރަށްބޮޑު އެދުމެއް މިކަމުގައި އައިނީއަށް އެހީވެދިނުން. ތިކަމުގައި ކުރިއަށްދިޔުމަށް ވަރައްބޮޑު އެހީއަކަށް މީތި ވެގެންދާނެ. ތީގަ ހުންނާނީ އަހަންނަށް ހޯދިފައި ހުރި ބައެއް ހެކިތަކާއި، ޝައްކު ކުރެވޭ ބައެއް މީހުންގެ މައުލޫމާތު! އަދި އެމީހުންނާއި ދެކެވިފައިހުރި ބައެއް ވާހަކަތައް. ތީތި ކިޔާލުމުން އައިނީއަށް އެނގޭނެ ކަންކުރަންވާގޮތް. އަހަރެން ތިހުރިހާއެއްޗެއް ރައްކާކުރީ އައިނީ ބައްޕަގެ އެދުމުގެމަތިން” އެކި ލިޔުންތައް ހުރި ފައިލެއް އައިނީއަތަށް ދެމުން ފައިސަލް އަނެއްކާވެސް ވާހަކަ ކުރިއަށް ގެންދިޔައެވެ.

“އަދި ބުނަން އެއްވާހަކަ ، ތިއީ އެހާ ރައްކާތެރި ކަމެއް ނޫން. ތިކަހަލަ މައްސަލަތައް ހޯދަން އުޅޭމީހުންނަށް ވަރަށް ނުރައްކާތެރި ހަމަލާތައް އައިސްފައި އެބަހުރި. ބޭބެއަށްވެސް ނުސީދާ ގޮތެއްގައި އިންޒާރު ލިބިފައޮތީ ތިމައްސަލަ އިތުރަށް ނުބެލުމަށް! އެއީ ކާކުކަން ނޭނގުނަސް އެނގޭހާވެސް ކަމަކީ ތިކަމުގައި އެމީހެއްގެ އަތެއްވެސް ވާކަން. ބޭބެއަށް ޔަގީންކޮށް ބުނާކަށް ނެނގެ ތިކަމުގައި ރާމިޒުގެ އަތެއް ނުވެއެކޭވެސް. ސަބަބަކީ އެރޭވީ ކަންތައް ރާމިޒުގެ ހަދާނުގައި ނެތުން. އެކޮއެ ތިކަމުގައި އުޅޭކަން އެހެން މީހަކަށް ނޭނގެނެހެން އުޅޭތި!”

ފައިސަލްގެ ވާހަކަތައް އަޑުއަހާފައި ކޮންމެވެސް ވަރަކަށް ޖެހިލުންވި ނަމަވެސް އައިނީ އެގެއިން ނުކުމެގެން ދިޔައީ އެކަން ކޮންމެވެސް ކޮޅެއްގައި ޖައްސަން ނިންމައިގެންނެވެ. އެއީ ބައްޕަ ކުރިކަމަކަށް ވާނަމަ އައިނީ މުޅިއުމުރަށްވެސް ބައްޕައަށް ނަފްރަތު ކުރާނެކަން ގައިމެވެ.

ގެއަށް ވަދެވުމާއިއެކު އައިނީ މިސްރާބުޖެހީ ކޮޓަރިއާއި ދިމާލަށެވެ. ދަބަސް އެދުމަތީ ބައްވާލުމައްފަހު އަވަސްއަވަހަށް އެ ފައިލުގައި ހުރި އެއްޗިހިތައް ކިޔަން ފެށިއެވެ.

އެ ކޮޓަރިތެރެއަށް ނަޒަރު ހިންގާލި ކޮންމެމީހަކުވެސް އަޖައިބުވާނެއެވެ. އެކި ތަންތާނގައި ހުރީ ނޫސް ކަރުދާސްތަކެވެ. އެއިން ވަކިކޮއްލެވިފައިވާ ބައެއް ލިޔުންތައް ކޮޓަރީގައި ހުރި މޭޒާ ދިމާލު ފާރުގައި ތަތް ކުރެވިފައި ހުއްޓެވެ. ލެޕްޓޮޕްގެ ސްކްރީނުން ފެންނަން ހުރީވެސް އައިނީ މަންމަގެ މަރާއި ބެހޭގޮތުން މީހަކު ލިޔެފައިވަ ލިޔުމެކެވެ. “ކުއްވެރިކުރަންވީ ފުލުހުންތަ؟ ނުވަތަ މުޖުތަމައުތަ؟ އެހެން ނޫނީ އަނިޔާލިބޭ ފަރާތްތައްބާ؟” ސުރުހީގައި ލިޔެފައި އޮތެވެ.

އައިނީއަކީ ކުރީއްސުރެވެސް އެކަހަލަ ކަންކަމަށް ޝައުގުވެރިކަން ހުންނަ ކުއްޖަކަށް ވުމުން އެކަމުގައި ކުރިއަށް ދިއުމަށް ލިބުނު އިތުރު ހިއްވަރަކަށް އެކަންވިއެވެ.

ފައިލުގައި ހުރި ލިޔުންތައް ބެލުމުގެ ތެރޭގައި އައިނީއަށް އެއްމެ ފާހަގަވީ އާޝިޔާގެ ނަމެވެ. އާޝިޔާއަކީ އެދުވަސްވަރު ބައްޕައާއި ވަރަށް ގާތް ގުޅުމެއް އޮތް މީހެކެވެ. ބައްޕައާއި އެކު އެތައް ފަހަރެއްގެ މަތިން އެގެއަށް ދިޔަ ކަމައްވެސް އޭނަ އެއްބަސްވެފައި އޮތެވެ. އައިނީ އެވާހަކަތައް ކިޔާފައި އިންތިހާއަށް ރުޅިއައެވެ. ބައްޕައަކީ މީހެއްގެ ފިރިއެއްކަން އެނގިހުރެވެސް އެފަދަ ގުޅުމެއް ބޭއްވީތީއެވެ. ނަމަވެސް އައިނީ ގަސްދުކުރީ އާޝިއާއި ބައްދަލުކޮއް ވާހަކަދައްކާށެވެ. އޭނައަށް ކޮންމެވެސް ވަރަކަށް އެކަންތައް އެނގިފައި ހުރިކަމަށް އެ ވާހަކަތަކުން އެނގެން އޮތުމުންމެވެ.

އޭގައި ހުރި މައުލޫމާތުތަކުން އިނގުނުގޮތުގައި އާޝީޔާ އުޅެނީ ގުރައިދޫގައެވެ. މުޅި ދުވަސް އައިނީ ހޭދަކުރީ އެކިކަހަލަ މައުލޫމާތު އެއްކުރުމުގައެވެ. އެދުވަސްވަރު ބައްޕަ އާއި އެންމެ ގާތްކޮއް އުޅުނު ރައްޓެހިންނާއި އޭގެވެސް އިތުރުން ގުޅުންހުރި އެހެން މީހުންގެއެވެ.

ޖެހިގެން އައި ދުވަހު ބޮޑުދައިތަ އާއި އެކު އައިނީ ދިޔައީ ގުރައިދޫއަށެވެ. ކޮންމެވެސް ވަރެއްގެ ބިރުވެރިކަމެއް ހިތުގައިވީނަމަވެސް މޫނުމަތިން އެކަން ނުދައްކައި ވޭތޯމަސައްކަތް ކުރިއެވެ. ފެރީއިން ފައިބައިގެން މަޑުހިގުމެއްގައި ރަށު ތެރެއަށް ހިނގައިގަތްއިރު އައިނީގެ ހިތް ނެގިނެގިފައި ޖެހެމުންދިޔައެވެ.

މީހުން ކައިރީ އެހުމުން އެނގުނު ގޮތުގައި އާޝިޔާ ދިރިއުޅެމުންދިޔައީ އިންޑިއާގައެވެ. އަދި މީގެ އެއް އަހަރު ކުރިން އޭނާވަނީ ނިޔާވެފައެވެ.. އައިނީ މާޔޫސްވީ އެހިސާބުންނެވެ. މަންމަގެ މަރުގެ ހަގީގަތް ހޯދަން ލިބުނު އުއްމީދުގެ ހުޅުކޮޅު ނިވުނު ކަމުގެ އިހުސަސްވުމުންނެވެ.

ނަމަވެސް އައިނީ އެގެއަށް ދިޔައީ އިތުރު މީހެއްގެ ފަރާތުންވެސް އެކަމާއި ގުޅޭ މައުލޫމާތެއް ލިބިދާނެ ކަމުގެ އުންމީދުގައެވެ. ވަރައް އާދައިގެ ގޮތަކަށް ހަދާފައިވާ ގެއެކެވެ. ވަށައިގެން އަޅާފައިވާ ފާރުގެ އެކި ދިމަދިމާލުން ވެއްޓިފައިހުރި ގާތައް ފާރުކައިރީ ހުއްޓެވެ. ދޮރާށިމަތީ މަޑުކޮއްލަމުން އައިނީ ދެފަހަރަކު ސަލާމް ގޮވާލިއެވެ. އެއްވެސް ޚަބަރެއް ނުވުމުން އަނެއްކާވެސް ސަލާމް ގޮވާލިއެވެ.

“ކާކު ހޯދަން؟” އައިނީ ސިހުނީ ފަހަތުން މީހަކު ސުވާލުކޮއްލި އަޑަށެވެ.

“އާޝިޔާ އިސްމާއީލްގެ ގެއަކީ މިއީތޯ؟ އެނބުރިލަމުން ކައިރީގައިހުރި ޒުވާނާއަށް ބަލާލަމުން އައިނީ ވެސް ކުރީ ސުވާލެކެވެ.

“އާނ! އެކަމަކު މަންމަ މިހާރު މިދުނިޔެއަކު ނެތް” އެ ޒުވާނާ އެހެން ބުނަމުން އެތެރެއަށް ވަނެވެ.

“އަހަންނަކީ އިބްރާހިމް ރާމިޒުގެ ދަރި އައިނީ ރާމިޒް” އައިނީ އެހެން ބުނުމާއިއެކު ލައްޕަލައްޕައި ހުރި ދޮރު ހުޅުވާލަމުން އެ ޒުވާނާ އައިނީއަށް ބަލާލީ ޝައްކުގެ ނަޒަރަކުންނެވެ. އެވަގުތު އައިނީ ދަބަހުން ނެގީ މަންމައާއި ބައްޕަގެ ފޮޓޯ އެކެވެ. ދެން ނެގީ އައިނީ ބައްޕައާއިއެކު ނަގާފައިވާ ފޮޓޯއެވެ. އެފޮޓޯ ދައްކާލުމުން މަގުގެ ދެކޮޅު ބަލާލަމުން އެތެރެއަށް އައުމަށް އެދި އެޒުވާނާ ދޮރު ހުޅުވާލިއެވެ. ޖެހިލުންވެ ހުރެވެސް އައިނީ އެތެރެއަށް ވަނެވެ.

“އަހަންނަށް ކިޔަނީ އަމާލް. އަހަންނަކީ އާޝިޔާގެ ހުރި ހަމައެކަނި ދަރި.” ގޯތިތެރެއިން ލާފައި ގޭގެ މައި ދޮރާދިމާއަށް ދަމުން އަމާލް ވާހަކަ ދެއްކިއެވެ.

ގޯތިތެރެއަށް ނަޒަރުހިންގަމުން އައިނީވެސް އަމާލްގެ ފަހަތުން ހިނގަމުންދިޔައެވެ. ގޭތެރެއަށް ވަދެވުމުން ގޮޑިއެއް ދައްކާފައި އިށީނުމަށް އޭނަ އެދުނެވެ. އައިނީ އިށީދެލިއެވެ. އަމާލް ވަނީ އެތާހުރި ކޮޓަރިއަކަށެވެ. ކޮންމެވެސް މީހެއްގެ ކުކުރުމުގެ އަޑު އޭރު ކޮޓަރިތެރެއިން އިވެމުންދިޔައެވެ.

އިރުކޮޅަކުން ކޮޓަރި ދޮރުހުޅުވުނެވެ. އަމާލް އަތުގެ އިޝާރާތުން އައުމަށް އެދުމުން އައިނީ ތެދުވެގެން ކޮޓަރިއާއި ދިމާލަށް ހިނގައިގަތެވެ.

ދޮރުމައްޗަށް ހުއްޓިފައި އައިނީ ބަލައިލީ އަމާލްގެ މޫނަށެވެ. ދޮރުން އެތެރެއަށް ވަންނަމުން ކޮޓަރިތެރެއަށް ނަޒަރުހިންގާލިއެވެ. އެއާއިއެކު ކުރިއަށް އަޅައަޅައި ހުރި ފިޔަފަޅުވެސް މަޑުޖައްސައިލަން މަޖުބޫރުވިއެވެ…
…ނުނިމޭ!

Share Article

Follow Me Written By

Kooji

Level 210 Stories100 Comments

Wish to do a lot of things in life, and writing is a part of it❤

Other Articles

Previous

މިލްކު ކޮށްލީ ހިތޭ

Next

ދުރުގައި ވިޔަސް… 2-27

Next
June 18, 2017

ދުރުގައި ވިޔަސް… 2-27

Previews
June 18, 2017

މިލްކު ކޮށްލީ ހިތޭ

26 Comments!

  1. AKI says:
    June 18, 2017 at 11:16 pm

    first libunee dho mi

    1. Kooji says:
      June 18, 2017 at 11:29 pm

      Hehe.. Thanks for reading the story?

  2. Star gurl says:
    June 18, 2017 at 11:26 pm

    Hey kooji..?
    Story v nice inge like it a lot..m

    1. Kooji says:
      June 18, 2017 at 11:30 pm

      Thanks Star gurl?

  3. Flower pririncess says:
    June 18, 2017 at 11:33 pm

    Nice waiting…..

    1. Kooji says:
      June 18, 2017 at 11:46 pm

      Thanks.. Keep waiting?

  4. sam♥ says:
    June 18, 2017 at 11:42 pm

    wow . dhen kihineh baa dhww vaanyy … waiting waiting … next part …

    1. Kooji says:
      June 18, 2017 at 11:47 pm

      Thanks! ?

  5. Andoo says:
    June 18, 2017 at 11:44 pm

    One of the best stories so far

    1. Kooji says:
      June 18, 2017 at 11:48 pm

      Ohh Thanks❤ keep reading!

  6. Addu manje says:
    June 19, 2017 at 12:23 am

    Varah reethi.. waiting fir nxt part.. ☺

    1. Kooji says:
      June 19, 2017 at 10:21 am

      Thanks?

  7. Rai says:
    June 19, 2017 at 12:48 am

    Var nice. Ekm var kuru. Dhn faharakun dhigu kollaane kamah hykuran. Waiting fr nxt part ?.

  8. Khadheeja says:
    June 19, 2017 at 3:28 am

    Alhe haadha kurey kooji

  9. khajja says:
    June 19, 2017 at 4:34 am

    Stry v rythi ekam too short dhw??

  10. Siu says:
    June 19, 2017 at 8:28 am

    Aharenves bunelan otee digukohlaasey. Plx waitin 4 next part.

  11. Kooji says:
    June 19, 2017 at 10:23 am

    Thanks all!? Next part dhigukoh genes dheynan In Sha Allah❤

  12. Adha? says:
    June 19, 2017 at 11:40 am

    Kaakubaa ethaa e othy… varah reethi mi part ves..?
    waiting for next part ??❣

    1. Kooji says:
      June 19, 2017 at 1:38 pm

      Aan dho! Thanks?

  13. Reader says:
    June 19, 2017 at 4:41 pm

    Ethaa othy Aashiyaa hen heevany. Aailaain sirru koffa ovedhaane eynage haqeeqaiy

    1. Kooji says:
      June 19, 2017 at 5:56 pm

      Thives vun ekashygenvaa gotheh! Lets see dho! Btw thanks for reading?

  14. Thuthi says:
    June 19, 2017 at 5:36 pm

    Aashiyaa mareh nuvey.. Eynaa dhuniyeygaa ebaulheh.. Vvvv balikoh ???

    1. Kooji says:
      June 19, 2017 at 5:57 pm

      Haha..?

  15. Xabaa says:
    June 20, 2017 at 4:08 pm

    Konirakun next part..I’m waiting

    1. Kooji says:
      June 20, 2017 at 6:00 pm

      In sha Allah tonight! Thanks?

  16. Shiya says:
    March 18, 2020 at 1:54 pm

    Alhe next part neredheebala varah avahah. Pls❤️❤️❤️

Comments are closed.


All Right Reserved!