ވާށެ އޯގާ ހިތާ 2
ޒީން އިނީ ގުޑާލަންވެސް ނުކެރިފައެވެ. މާޒީގެ ހަނދާންތައް އަޅުވާފައި ހުރި ފިލްމެއްހެން ސިފަ ވަމުން ދިޔައެވެ. އެތައް އަހަރެއް ފާއިތުވެ ދިޔައިރުވެސް އެހަނދާންތަކާއި ދުރުނުވި ހުރި ހިތްދަތި ކަމެވެ.
އަށް އަހަރު ކުރިން
އޭ ލެވެލް އިމްތިހާން ނިއްމުމަށްފަހު ޒީންއާއި ޔުމްނު ޗުއްޓީއަށް ދިޔައީ ޒީންގެ އުފަން ރަށް ކ.ގުޅިއަށެވެ. ދެމީހުންވެސް އިމްތިހާން ނިއްމާލީ ނުހަނު ފޮނި އުއްމީދީ ނަތީޖާއެއް ލިބޭނެ ކަމާއި މެދު ކުޑަކޮށްވެސް ޝައްކު ނުކޮށެވެ. ދެ އަހަރުގެ ކިޔެވުމުގެ ނަތީޖާ ވަރަށް ފޮނި ވާނެ ކަމުގެ ޔަގީން ކަމާއި އެކީގައެވެ. ސްކޫލުން ދޭ ފިލާވަޅު ދުވަހުން ދުވަހަށް ދަސްކޮށް ދެކުދިންވެސް ގިނަ ވަގުތު އިމްތިހާނަށް ތައްޔާރު ވުމަށް ތަމްރީންތައް ހެދިއެވެ. ޔުމްނު ދޭތެރެ ދޭތެރެއިން ރައްޓެހި ގުރޫޕާއި އެކު ބޭރަށް ދިޔަސް ޒީން އޮންނަނީ ގޭގައެވެ. ދަސްކުރާނެ ފިލާވަޅެއް ނެތިއްޔާ ވާހަކަ ފޮތެއް ނަގައި ގެންނެވެ. ޒީން ކައިރީ ބޭރަށް ގޮސް މީހުން ތެރޭގައި އުޅެން ދަސްކުރަންވާނެ އޭ ފަރުހާދު ބުންޏަސް އެކަމާ ގިނަ ފަހަރު ދެކޮޅު ހަދައެވެ. އެހެން ނަމަވެސް ރަށަށް މިފަހަރުގޮސް ޒީން ބޭރަށް ނުކުތްނަލެއް ތަންކޮޅެއް ގިނަ ވެއްޖެއެވެ. ރަށުގައި އުޅޭ އޭނަ އުމުރު ފުރާއިގެ އަންހެން ކުދިންނާއި އެއްކޮށް ހެނދުނު މޫދަށް ކޮންމެ ދުވަހަކު ހެން ދެއެވެ. އަދި ހަވީރު އެއީ ބަށީގެ ފޯރި އޮންނަ ވަގުތެވެ. ރަށު ތެރެއިން ހޮވާލި ދެޓީމް ބަށި ދަނޑުގައި ކުޅެއެވެ.
އޭގެން އެއް ދުވަހެވެ. ޒީން ބަށި ކުޅެ ނިއްމާލުމަށް ފަހު ފެންވަރާލާއިގެން ނުކުމެ ޒީން އެއްމެ ފުރަތަމަވެސް ކުރީ މައްރިބު ނަމާދެވެ. އެއަށްފަހު އިޝާ ވަގުތު ވަންދެން ޤުރުއާން ކިޔަވަން އިނެވެ. ޒީން އިޝާ ނަމާދުން ސަލާމް ދިނުމަށް ފަހު މަޑުނުވެ ކޮޓަރީގެ އަލަމާރި ހުޅުވާލިއެވެ. އަދި އޭގެން ވަރަށް ރީތި ކަޅު ކުލައިގެ ހެދުމެއް ނެގިއެވެ. ވިދާލޭސް ފޮތިން ޖަރީކޮށްފައިވާ އެހެދުމުގައި ޒީން ހީވަނީ ރީތީގެ މުބާރާތަކަށް ތައްޔާރުވާ ހެންނެވެ. ޒީން ލޯގަނޑު ކުރިމަތީ ހުރެގެން ފަރިވެފައި އަމިއްލަ ހަށިގަނޑަށް ބަލަމުންދިޔައެވެ. އެޗާލު ހެދުމުގައި ޒީން ފެންނަ އިރު ދޫކޮށްލައިފައިވާ ބޯ ދިގު އިސްތަށިގަނޑުކަން ފަރިކަން އުތުރު އަރައިގެންދެއެވެ. ޤުދުރަތުން ދެއްވާ ފައިވާ ވަނީ ގަދަ ކަޅު ކުލައާއި ގަދަ މެރޫން ކުލައިގެ ރާޅު ބާންޏެއް ކަހަލަ އިސްތަށިގަނޑެކެވެ. އެއީ ޒީންގެ މަންމަގެ ފަރާތުން އޭނާއަށް ލިބުނު އެއް ލޯބި ހަދިޔާއެވެ.
ތަފާތު އެކި ގޮތް ގޮތަށް ޒީން އިސްތަށިގަނޑު ހަދަމުން ދިޔައެވެ. ހަތަރު ފަސް ގޮތަށް ހެދުމުންވެސް ކަމުދާ އެއްވެސް ގޮތެއް ނެތެވެ. ދެއަތް އެހާ ގިނަ އިރު މައްޗަށް ނަގައިގެން ހުރުމުން ވާޅުވާ ގޮތް ވިއެވެ. ކުޑަކޮށް އަތަށް އަރާމެއް ދިނުމުގެ ގޮތުން އެދުގައި އިށީދެ ގަހަނާ ފޮށި ހާވަން ފެށިއެވެ. މަންމައާއި ބައްޕައަށް ލިބޭ އާމްދަނީއިން އޭނާ މިހާ އުފާވެރިކޮށް ބަހައްޓައިދޭތީ ޝުކުރުވެރިވާންވީ ކިހިނަކުން ބާއޭ އަބަދުވެސް ހިތަށް އަރައެވެ. ކަނައަތު ފައި އެނދު މައްޗަށް އަރުވައިގެން ގަހަނާ ފޮށިން ނެނގި ރިހި ކެވެލިކޮޅު ފައިގައި އަޅުވާލީ ނުހަނު ފަރިތަކަމާއި އެކީގައެވެ. މިއީ ބައްޕަ މިދިޔަ އަހަރު ސްކޫލުން އެއްވަނަ ހޯދީތީ ދިން އިނާމެކެވެ. ގަދަ ނޫކުލައިގެ ތިން އެސް މެދަށް ވާގޮތަށް ހަދައިފައިވާ ކެވެލިކޮޅެކެވެ.
“ޒީ………އޯ މައި ގޯޑް. ޔޫ ލުކް ލައިކް އަ ޕްރިންސެސް، އަދި ތި އޮތް އިސްތަށިގަނޑާއި އެކީ. ފިރިހެން ކުދިން ކީއް ކުރަން އަންހެން ކުދިންވެސް ހޭނެތޭނެކަން ޔަގީން. އައި ޖީ އެމް އެޗް އަށް ގުޅާފަ ބުނަންވީ ދޯ ޖަލްސާ އަށް އެމްބިޔުލާންސެއް ހާއްސަކޮށްފަ ބާއްވައްޗޭ” ޒީންގެ ކޮޓަރީގެ ދޮރުން އެތެރެއަށް ވަދެގެން އައި ޔުމްނު ތައުރީފުގެ ބަސް އޮއްސާލިއެވެ.
“ސާބަސް ތިވަރު ނުކުރިއަސް މަށަށް ފުދެއޭ..ވަރަށް ލޯބި ދޯ. މަންމަ ފަހައި ނިއްމާލާއިގެން ދޮވެގެން ގެނެސްދިނީ ބަށި ކުޅެން ދާން އުޅުނުތަނާ.” އަނެއް ފައިގައި އަޅަން ނެނގި ކެވެލިކޮޅު ޒީން އެނދުން ތެދުވި ވަގުތު އަތުން ވެއްޓިގެން ދިޔައެވެ. ޒީން ވަށައިގެން އެބުރިލީ ހެދުން ޔުމްނުއަށް ދައްކާލުމަށެވެ.
“ޔުމް ހެދުން މާދަމާއަށް ނިމޭނެ އޭ މަންމަ ބުނީ. ހަމަ އެކަނި ދެމީހުންގެ ކުލަ ދޯ ތަފާތީ. ހަމަ އެއް ޑިސައިނެއްނު. ވީ ވިލް ބީ ޓްވިން ޕްރިންސެސެސް” ޒީން އެއް ލޯ މަރާލަމުން ބުނެލިއެވެ.
ވާހަކަ ފޮށްޓެއްހެން ދެމީހުން ޖަލްސާ އާއި ބެހޭ ގޮތުން ވާހަކަ ދެއްކިއެވެ. ކުރިއާލައި ނަތީޖާ އިއުލާންކޮށްފައި އޮތުމުން ލިބޭ ވަނަ އޮތީ ޔަގީންވެފައެވެ. ޒީންއަށް ގަދަ ދިހާއިގެ އެއްވަނާގައި ހިމެނުނު އިރު ޔުމްނު އެކައުންޓުން ބީ އެއް ލިބުމުން ލައްވާލީ ދެވަނާގައެވެ.
“ދައްކަން އައި ވާހަކަ ހަނދާން ނެތިފައޭ މިހިރީ. ރައުމެންގޭ އެބަ އޮތް ބާތްޑޭ ޕާރޓީ އެއް .ހިނގާބަ ދާން. އެއްކަލަ އަރީޝްވެސް ދެޔޯ ރައު ބުނީ.. މާދަން މިއުޅެނީ މާލެ ދާން. ނޭނގެ ދެން ފެންނާނެ ކަމެއްވެސް. އައި ރިއަލީ ލައިކް ހިމް. ވަރަށް ބޭނުން ޓޯކް ކޮށްލަން..ފުރެންޑްޝިޕް ވިޔަސް ފުދޭ. ސޯ ޒީ ދާނަން ދޯ މަށާއި އެއްކޮށް. ޕްލީސް ސޭ ޔެސް. ޔުމް އަށްޓަކާ ނަމަވެސް.” ޔުމްނު ދެލޯ ބޮޑުކޮށްލީ ޒީން ލައްވާ އާއެކޭ ބުނުމުގެ ގޮތުންނެވެ.
“ޕިސް ޕިސް. ތިހާ ޑްރެމެޓިކް ނުވެބަ. މަ ގޮސް ދާނަމޭ ވިންގް މޭން. އުހު ވިންގް ގާލްގެ ގޮތުގަ. އެވަރެއްނު ކޮށްދެވޭނީ އިޝްގުގައި ޖެހިފައިވާ މަގޭ ގާތް އެކުވެރިޔާއަށް. ބެހިގެން ނުދަނީސް ޖެހޭނު ސަލާމަތްކޮށްދޭން” ޒީން ޔުމްނު އާއި ދިމާކޮށްލިއެވެ. ޔުމްނު ގުޅިއަށް އައިފަހުން އަރީޝްގެ ވާހަކަ ނޫނީ ނުދައްކައެވެ. އަބަދުވެސް އަރީޝް މިވެނި ކަމެއް ކުރަން މޮޅޭ ނޫނީ އެހެން ފިރިހެން ކުދިންނާއި އަރީޝްގެ ތަފާތު ފާހަގަކުރުން ނޫނުކަމެއް ނުކުރެއެވެ.
ޔުމްނު އާއި ޒީންއަށް ޕާރޓީއަށް ދެވުނީ ފެށުނުތާ އިރުގަނޑެއް ފަހުންނެވެ. ސިޓިންރޫމްގައި މީހުން ގިނަވެ ފޯރީގެ ކުރިއަށް ވުރެ ބާރުވެގެން ދިޔައެވެ. މަޑު މިޔުޒިކެއްގެ އަޑު ފަހަތުން އިވޭ އިރު ކުދިން ކުދިންގެ ހުނުމާއި ސަކަރާތުގެ އަޑު މެދުނުކެޑި ހުއްޓެވެ. ޔުމްނުއަށް އަރީޝް އެކަނިވީ ވަގުތެއް ހޯދަމުންގޮސް އަރީޝްއާއި ވާހަކަ ދެއްކޭވަރު ވެއްޖެއެވެ. ނިކަން ކެރިގެން ވާހަކަ ދައްކާނަމޭ ހިތައި ދިޔައަސް އަރީޝް ފެނުމާއި އެކު ބަސްތައް ފުހެވުނު ކަހަލައެވެ. އަރީޝްއަކީ އިސްކޮޅުން ދިގު މީހުންނާއި ގުޅޭ ސަމާސާ މިޒާޖެއްގެ ކުއްޖެއްކަމުން މިއަދު އެކަން ޔުމްނުގެ ނަސީބަށް ވެއްޖެއެވެ. އަރީޝްގެ ވާހަކަތަކުން ދެމީހުންގެ ރައްޓެހިކަން ފެށެން މާ ގިނައިރެއް ނުނެގިއެވެ.
ސިޓިންރޫމްގެ ކަރަންޓު ކުއްލިއަކަށް ކެނޑި މުޅިތަން އަދިރި ވެއްޖެއެވެ. ޒަމާނަށް އައި ކުރިއެރުމާއި އެކު އަނދިރިވެގެން ތެޅިފޮޅޭކަށް ނުޖެހެއެވެ. ކޮންމެ މީހަކުވެސް އެމީހެއްގެ އަތުގައި އޮތް ފޯނުން އަލިކޮށްލިއެވެ. ސިޓިންރޫމަށް ކަރަންޓު ދޭން އަދި އިރު ކޮޅެއް ނަގާނެތީ ޕާރޓީ ބަދަލްކުރީ ގޭގެ ކުރިމަތީ އޮތް މަގަށެވެ. ސިޓިންރޫމްގައި ތިބި ގޮނޑތަކާއި މޭޒްތަށް ބޭރަށް ބަދަލްކުރެވުނެވެ. ޔުމްނު ކައިރީ ހިތްވަރުދޭން ޒީން ހުއްޓެވެ. އޭރު ބޮލުގައި ރިއްސާވަރުން ކިރިއާ ކެތްވެވޭވަރެވެ. ގެޔަށް ދާން ބޭނުން ވެފައި ހުއްޓަސް ކެތްކޮށްލައިގެން ހުރީ ޔުމްނު މާގަޔާވެގެން އަރީޝްއާއި ވާހަކަ ދައްކާތީ އެދޭތެރެއަށް ހުރަސް ނޭޅުމަށެވެ. ޒީންގެ އިސްތަށިގަނޑު އައްސާފައިވާ ވޫލްކޮޅު އޮތުގައި އަޅުވާލުމަށްފަހު އިސްތަށިގަނޑު އޮތީ ހިތަކަށް ދޫކޮށްލާފައެވެ. ބޮލުގައި ރިއްސުމަށް ކުޑަ ލުޔެއް ލިބޭތޯއެވެ.
ޕާރޓީއަށް ތައްޔާރުކޮށްފައި ވާ ހެދިކާ އާއިއެކު އޮރެންޖް ޖޫސް ޒީން ބޮމުން ދިޔައެވެ. ޒީން އަގަޔާއި ދިމާލަށް ތަށި ގެންދިޔަތަނާ އެދިމާލަށް ސަކަރާތް ޖަހަމުން އައި ފިރިހެން ކުދިންގެ ތެރެއިން އެއް ކުއްޖެއްގެ ގައިގައި ޖެހި ޖޫސް ތަށި ބަންޑުންވިއެވެ. ޕްލާސްޓިކް ތައްޓެއްކަމުން ތަށި ތަޅައިގެން ނުދިޔަސް ޒީން ގެ މޭމަތި އެއްކޮށްހެން ތެމިގެން ދިޔައެވެ. މާފަށް ވެސް އެދިނުލައި ޒީންއާއި ދިމާލަށް މަލާމަތް ކުރަމުން އެ ކުދިންތައް ދިޔުމުން ޒީން އައީ އަމަކަށު ރުޅިއެއް ނޫނެވެ. އެއްޗެކޭ ބުނެލާނަމޭ ހިތައި އަނގަ ހުޅުވި ނަމަވެސް ބޮޑު މަންޒަރެއް އެއްމެންގެ ތެރޭގައި އުފެދި ދާނެތީ ކެތްކޮށްލިއެވެ. ދެބުމަ ގޮށްޖަހައި ޒީން މިހާރު ކަރަންޓު އައިސްފައިވާ ގޭގެ ކޮޓަރިން ކުރެ ކޮޓަރިއަކަށް ވަނެވެ. ހެދުމުގެ އިތުރުން ލައިގެން ހުރި ޖީންސްގައިވެސް ޖޫސްގެ އަސަރު ޖެހިފައި ހުއްޓެވެ. ހެދުމުގެ އެތަންކޮޅު ދޮވުމަށްފަހު ހިއްކަން ފަންކާ ދަށުގައި ހުރި އެނދުމަތީ އަތުރާލިއެވެ.
ފާހަނާއިގެ ސިންކް ކައިރީގައި ހުރެ ޒީން ގައި ދޮންނަމުން ދިޔައެވެ. ކުއްލިއަކަށް ޒީންއަށް ސިހުން ގެނުވީ ކަނދުރާއަށް ހޫނުކަން އިހްސާސް ވުމުންނެވެ. ޒީން ފަހަތަށް ބަލައިލި އިރު ކަމުދާކަށް ނެތެވެ. ކުރިމަތީ އެހެރީ ޒުވާން އުމުރުގެ ފިރިހެނެކެވެ. އެއްއަތުން މުޅި ގައި ނުފޮރުވުމުނު ނަމަވެސް ވީވަރެއް ކުރަމުން ޒީން އެމީހާ ދުރަށް ޖައްސާލިއެވެ. އޭނާ ހުރީ އެފަދަ ކަމަކަށް ތައްޔާރުނުވެކަން އެނގުނީ ޒީން ކޮއްޕާލުމާއި އެކު ފާރުގައި ޖެހި ބިންމައްޗަށް ވެއްޓުމުންނެވެ.
ލިބުނު ވަގުތުގެ ބޭނުން ހިފައި ޒީން އެތަނުން ބޭރަށް ދިޔުމަށް އަވަސްވެގަތެވެ. ޒީންއަށް ފާހަނާއިގެ ދޮރުން ބޭރަށް ނުކުތެވުމާއި އެކު ހިތުގެ ތެޅުން ހުއްޓުނު ކަހަލައެވެ. ފަހަތުން އައިސް އަތުގައި އެހިފީ އެމީހާއެވެ. ބާރާއި އެކު ޒީން އޭނާގެ އަތުން ވީއްލެން އުޅުނެވެ. ނަމަވެސް…..
ބާލީހުގައި ބައްދާލާއިގެން އިން ޒީންގެ އެސްފިޔަތައް ފޫދުއްވާލާފައި ކަރުނަ ތިކިތައް އޮހިގަތެވެ.
“ޒީން.. ޒީން.. ކޮންކަމަކާ ތި ވިސްނަނީ” ޒިޔަމް އޭނާއާއި ވާހަކަ ދެއްކޭތޯ މަސައްކަތްކުރިއެވެ. އެހެންނަމަވެސް ޒީންގެ ފަރާތުން އެއްވެސް ރައްދެއް ލިބޭގޮތެއް ނުވިއެވެ.
ވޭނީ އާހުގެ އަޑު މެނުވީއެވެ.ޒިޔަމް އޭނާއަށް ލިބިފައިވާ އިލްމަކާއި ތަޖްރިބާގެ ބޭނުން ހިފިއެވެ.
“ޒީން އެއަޑު އިވެނީތަ. ޒީން.. ޒީން އޯކޭ އަނގައިން ނުބުންޏަސް ކޮންމެވެސް އިޝާރާތެއް ކޮށްލަންވީނު”
ޒީން ދެފަރާތަށް ބޯ ހޫރާލެވުނީ ކޮންމެހެން ނޫނެކޭ ބުނުމުގެ ގޮތުންނެއް ނޫނެވެ. ބޭނުންވީ އެވޭނީ އިހްސާސްތައް ބޮލުން ނެރެލާށެވެ.
“ނޫން އެހެން ނުވާނެ.. ނޫން” ޒީންގެ އަޑު މުޅި ކޮޓަރި ތެރޭ ގުގުމާލިއެވެ.އަންހެން ޕޭޝަންޓެއް ކަމުން ޒީން އަތުގައި ހިފައި ސަމާލުކަން ހޯދަން ޒިޔަމް އަށް ނުކެރުނެވެ. އެހެންކަމުން ޒިޔަމް ޒީން ކުރިމަތީ ހުރި މޭޒުމަތީ އިށީދެ ޒީން ކުރިމަތީ އަތް ހޫރާލިއެވެ.
“ޒީން . އަން މި ފެންފޮދު ބޯލާ” މޭޒުމަތީ ހުރި ޖަގުން ފެންތައްޓެއް އަޅައި ޒީން އަށް ދޭން އުޅުނެވެ. ޒީންއަށް ޒިޔަމްގެ ކޮންމެ ހަރަކާތަކުން އިތުރުވެގެންދަނީ ނަފްރަތާއި ރުޅިވެރިކަމެވެ. ޒިޔަމް ދިއްކޮށްލި ފެންތަށި ޒީން އަރުން ހޫރާލިއެވެ. އެޔާކު ޒިޔަމްގެ މޫނާއި ލައިގެން ހުރި ގަމީސް ތެމިގެން ދިޔައެވެ. ކުޑަކޮށް ހިތްހަމަ ނުޖެހުނު ނަމަވެސް ޕޭޝެންޓެއް ވުމުން ރުޅިވެރިކަމުގެ ބަދަލުގައި ގެނައީ ލުއި ހިނިތުންވުމެކެވެ.
“ޒީން އެއީ އެހާ ބޮޑު ކަމެއް ނޫން. މިތާ އޮށޯވެލަންވީނު. ތިހިރީ ނުލާހިކު ވަރުބަލިވެފައެއްނު” ލޮލުން އޮހެރުނު ކަރުނައާއި އަޅަމުންދާ ތުރުތުރެއްގެ ސަބަބުން ޒީން ހުންނާނީ ވަރުބަލިވެފައިކަން ޒިޔަމް ދެނެގަތެވެ. އެކަމަކު ޒީން ހުރީ ޒިޔަމްގެ އެއްވެސް ވާހަކަ އަކަށް އިޖާބަ ދެވޭ ފަދަ ހާލަތެއްގަ އެއް ނޫނެވެ.
ޒިޔަމް ޓިޝޫ އިން އޭނާގެ ގައި ހިއްކަން އުޅުނެވެ. ގައިގެ ތެތްކަން ކުޑަކޮށް ކަނޑުވާލުމަށްފަހު ޒިޔަމް ޒީން އިން ސޯފާއާއި ދިމާލަށް އެބުރެނެވެ. ޒިޔަމްއަށް ހައިރާންކަން ލިބުނީ ޒީން ނެތުމުންނެވެ. އެހާ އަވަހަށް ނުވެސްބުނެ ދިޔައީ ހެއްޔެވެ؟ ގައިމު ގަޑިޖެހެން އަދި ފަނަރަ މިނެޓު ބާކީ އެބައޮތެވެ. ޒީން މާ ދެރަވުމުން ދިޔައީ ކަމަށް ބަލައި ޒިޔަމް އެކަމާ އަޅާނުލިއެވެ. މާދަން ނޫން އަނެއް ދުވަހު ދެން ބާކީ ބައި ކުރިއަށް ގެންދާނީ ކަމަށް ނިންމައެވެ.
ޔުމްނު އޭނާ ބުނި ގަޑިއަށް ޒީން ބަލައި ކްލިނިކަށް އަޔެވެ. ޒީން ފެންނަން ނެތުމުން ކައުންޓަރުގައި އިން ކުއްޖާ ކައިރީ އެހުމުން ޒީން ސެޝަނަށް ކަނޑައަޅައިފައިވާ ގަޑިއަށް ވުރެ ކުރިން ގޮއްސިކަން އެނގުނެވެ.ޒީން އަށް ގުޅުމުގެ ބަދަލުގައި ޔުމްނު ލަސްނުކޮށް ދިޔައީ ގެޔަށެވެ.
ގެޔަށް އައިސް ހޯދާލި އިރު ޒީން އޮތީ އަރާމް ނިންޖަކުން ނިދިފައެވެ. އިސްތަށިގަނޑުގައި އޮތް ވޫލް ކޮޅު އަތުގައި އަޅާފައިވާ އިރު އިސްތަށިގަނޑުގެ އެއްބައިން މޫނުމަތި ވަނީ ފޮރުވިފައެވެ. އޭސީގެ ފިނިކަމުން ޒީން އޮތީ ރޫރޫ އަޅައެވެ. ޔުމްނު މަޑުމަޑުން ބުލޭންކެޓް ޒީން ގައިމަތީ އަޅާލިއެވެ. އަދި މޫނު މަތީގައިވާ އިސްތަށިގަނޑު އެއް ފަރާތް ކޮށްލިއެވެ. އޭރު ޒީންގެ ލޮލުން ކަންފަތާއި ހަމައަށް ގޮސްފައިވާ ތާޒާ ކަރުނަ ފާޅުވިއެވެ. ދިގު އެސްފިޔަތަކުގައިވެސް ވަނީ ތެތްކަމެވެ.
އެމައުސޫމް ކުއްޖާގެ ދިރިއުޅުން އިވޭ އަޑަކުން ހަލާކުވެގެން ދަނީ ހެއްޔެވެ؟ އެއީ ހަމައެކަނި އިވޭ އަޑެއް ހެއްޔެވެ؟ ނޫނީ އެކަމުގެ ފަހަތުގައި ކިހާ ބޮޑު ހައިޖާންގަނޑެއް އެބަ ހިނގާ ހެއްޔެވެ؟
އޭރު ނިދުނު ޒީންއަށް ހޭލެވުނީ އަސްރަށް ގޮވަން ދިހަ މިނެޓަށް ވެފައި ހުއްޓައެވެ. ތެޅި ފޮޅެމުން ނަމާދު ކޮށްލެވުނީ ކިރިއާއެވެ.އަސްރު ނަމާދު ކޮށްލައިގެން ޒީން ސިޓިންރޫމަށް ނިކުތް އިރު ދެލޯ ވަނީ ދުޅަވެފައެވެ. ގައިގައި ވަނީ ވަރުބަލިކަމެވެ. އަދިވެސް ނިދާލާ ހިތްވަނީ އެވެ. ނަމަވެސް އެޔާއި އެއްވަރަށް ބަނޑުހައިވެސް އެބަވެއެވެ. ޒީން ކާއެއްޗެއް ހުރިތޯ ބަލަން ބަދިގެއަށް ދިޔައިރު ޔުމްނު ނޫޑުސް ކައްކައިގެން އުނދުން މަތިން ތެލި ބާލަނީއެވެ. ވަރަށް ކައިލާނަމޭ ހިތައި ތައްޓެއް ދޮވެގެން ނޫޑުސް ތެއްޔަށް ބަލާލުމާއި އެކު މޫނު ކުނިކޮށްލިއެވެ. ޔުމްނު ހުރީ ހިކި ކޮށް ނޫޑުސްކައްކާފައެވެ. ހިކިކޮށް ކައްކާފައި ހުންނަ ނޫޑްލުސް ޒީން ހިތަށް މީރެއް ނޫނެވެ. މީރީ ސޫޕްކޮށް ކުޅިކޮށް ކައްކާފައި ހުރުމުންނެވެ. މޫނު ކުނިކޮށްލަމުން ޒީން ގޮސް ފުރިޖްގެ ދޮރު ހުޅުވާލައި އައިސްކުރީމް ތަށި ނެނގިއެވެ. އަދި ކުރިން ރެއަކު ގަނެފައިވާ ގެލެކްސީ ޗޮކްލެޓެއް ވެސް ނެގިއެވެ.
“ނުވެސް ބުނެއެއްނު ދިޔައީ. ކިހިނެތް ދިޔައީ ފުރަތަމަ ސެޝަން” ޒީންގެ ހަރަކާތްތަކަށް ބަލަން ހުރި ޔުމްނު އަހާލިއެވެ. ޒީން ދެރަ ވެއްޖެއްޔާ ފޮނި ކާތަކެތި އެއީ އެންމެ ގާތް އެކުވެރިޔާއެވެ. އެކާއެއްޗެއް ކަމުން ކޮންމެ މީހެއް ކައިރީވެސް ހިތުގެ އުދާސްތައް ބަންޑުންކޮށްލާނެއެވެ.
“އުދަގޫ ނުކުރަން ދިޔައީ އެހެން ނޫނަސް ފޯނުގަ ނެތް ލާރިއެއް ގުޅާކަށް.އެހެން މީހަކު ނެތްތަ ؟ މިމީހާގަނޑު ކަމަކު ނުދޭ”ދެމީހުން ކާއެއްޗިސް ހިފައިގެން ސޯފާގައި އިށީނެވެ. އަދި ފިލްމެއް އަޅުވާލިއެވެ.
“މި މީހާ ކައިރިއަށް އެންމެ ދުވަހަކު ގޮސްގެން ގޯހޭ ތިބުނަނީ! އަދި ދެތިން ދުވަހު ދިޔައިމައެއްނު އެނގޭނީ ރަގަޅުކަން.. އަނެއްކާ ކޮންކަމެއް ގޯސްވެގެން ތިއުޅެނީ” ޔުމްނު ފަހުން ކުރި ސުވާލަށް ޒީން ދޭނީ ކޮން ޖަވާބެއް ހެއްޔެވެ؟ ހަޔާތުގެ އެއްމެ ކަނު އަނދިރިރޭ ސިއްރުކޮށްފައިވާ އިރު އެކަން ފޮރުވަން އިތުރު ދޮގުތަކެއް ހަދަންވީ ހެއްޔެވެ؟ މިހާ ދުވަސްކޮށްފައި މާޒީ އަލުން އޭނާ ކުރިމައްޗަށް އައިސްދާނެ ކަމަށް ޒީން ހުރީ ވިސްނައިގެންނެއް ނޫނެވެ. އެއީ އޭނގެ ބިރުވެރިކަމުން ފިލުމަށް އޭނާ ދުވި ކަންތަކެވެ. ތަގުދީރު މިކުރަނީ ކޮން ކަހަލަ ސަމާސާއެއް ބާވައެވެ؟
ބަސް ހުއްޓިފައި ކަހަލަ ގޮތަކަށް ޒީންއަށް ޔުމްނު އާއި ދިމާލަށް ބަލަހައްޓައިގެން ހުރެވުނެވެ. ސިއްސައިގެން ދިޔައީ ޔުމްނު މޫނުމަތީ އަތް ހޫރާލުމުންނެވެ.
“އޭނ… އޭނަ ފިރިހެނަކަށްވީމަ” ޔުމްނުއަށް ދޮގު ހެދުނީތީ ޒީން ޓީވީ އާއި ދިމާލަށް މޫނު އަބުރާލިއެވެ.
“އެކަމަކު ޒީންއަށް އެނގެއެއްނު މިކަމުގެ ހާއްސަ ޑޮކްޓަރުންނަށް އެޕޮއިންޓުމެންޓް ހޯދުމަކީ ވަރަށް އުނދަގޫ ކަމެއްކަން. ޑރ.ސާއިމް ރަގަޅުކަމުން މިވަރު މިވީވެސް. ލިބިފައިވާ ފުރުސަތުގެ ބޭނުން ހިފަންވާނެ. އަހަރެން ބޭނުން ޒީން ތިހާލުން ސަލާމަތްކުރަން. މިކަމުގައި އެއްމެ ބޮޑުވާނީ ޒީންގެ ހެލްޕް. އެހެންނޫނަސް މި ކްލިނިކްގައި ހުރެޔޯ ފިސިއޯތެރަޕީ ހެދޭނެގޮތް. ކޮންމެ ދުވަހަކު އިތުރު ދަތުރެއް ހޮސްޕިޓަލަށް ނުގޮސް ފަސޭހަ ވާނު ދެކަން އެއްތާކުން ކޮށްލީމަ” ޔުމްނު ޒީންއާއި ދެކޮޅަށް ވާހަކަ ދައްކަމުން ދިޔައެވެ.
“ބަލާބަ މިކޮޅު. ޒީއަކީ ނުލާހިކު މޮޅު ކުއްޖެއްނު. ހުރިހާ ކަމެއްވެސް ކާމިޔާބު ކުރަމެއްނު. މިކަން ޒީ ނުކޮށްފިއްޔާ… ކުރިން ދުވަހު އެކްސިޑެންޓް ވެގެން ފައި ހަލާކުވީ. ދެން ނޭނގެ ވާނީ ކިހިނެތް ކަމެއް. ޕްލީސް މިކަމާ ފައިޓްކޮށްބަ. ޒީ އަށް މިކަން ވާނެކަން ޔުމް އަށް ޔަގީން” ހިތްވަރު ދިނުމުގެ ބަސްތައް ޒީންގެ ކަންފަތުގައި ޖެހެމުން ދިޔައިރު ހިތުގައި އާލާވީ މުޅިން އެހެން ރޫހެކެވެ.
8:55 ވީ އިރު ޒިޔަމް އޭނާގެ ކޮޓަރިއަށް ވަނެވެ. އެހެން ދުވަސްތަކާއި ހިލާފަށް މިއަދު އައިއިރު އޭސީގެ ފިނިކަން ވަނީ ކޮޓަރި ތެރޭ ހިފާފައެވެ. އެހެންކަމުން މީހަކު އެ ކޮޓަރި ތެރޭގައި އުޅޭކަން އެނގުނެވެ. ޒިޔަމް ސޫޓު ކޭސް ހިފައިގެން އޭނާގެ ރަސްމީ މޭޒާއި އަރައި ހަމަވުމާއި އެކު ފެނުނީ ފުރަގަހުން އަބުރާލާފައި ހުރި ގޮނޑިން ޒީން ތެދުވި މަންޒަރެވެ.
ޒީން މިއަދު ހުރީ އެއްކޮށް ކަޅުކުލަ ލައިގެންނެވެ. ބެލްޓެއް އަޅުވާ ގޮތަށް ފަހާފައިވާ ދިގު ހެދުމާއި އެކު އަޅައިގެން ހުރީ ކަޅު ކުލައިގެ ރީތި ޝޯލްއެކެވެ. ތުންފަތުގައި ވާ ގަދަ ރަތް ކުލައިގެ ލިޕްސްޓިކް ފިޔަވައި އެހެން އިތުރު މޭކަޕެއް ނެތެވެ. އެސްފިޔަތައް ދިގު އެލޮލުން ޒިޔަމް އަށް ބަލައިލީ އެއްވެސް ހައިރާންކަމެއް ނެތިއެވެ. ޒީން ކުރިއާލައި އައިސް އެއިނީ ހަމަ ގަސްދުގައެވެ.
“ޒީން” ޒިޔަމް ދިޔައީ ހައިރާން ވެގެންނެވެ. މިއީ އެއްވެސް ގޮތަކަށް އުއްމީދު ކޮށްގެން ހުރި ކަމަކަށް ނުވުމުންނެވެ.
“ޒިޔަމް އަން” ޒީން އޭނާ އަތުގައި އޮތް ފައިލް ޒިޔަމް އާއި ދިމާލަށް ދިއްކޮށްލިއެވެ. ފާޑަކަށް ހިނިތުންވެ ހުރެ ޒިޔަމް ޒީން އާއި ދިމާލަށް ބަލަމުން ފައިލް ގައި ހިފިއެވެ. މިފަހަރު މިދިމާވީ ކޮންކަހަލަ ޕޭޝަންޓަކާއި ހޭ ހިތައި ސުވާލުކޮށްލެވުނެވެ. އިއްޔެ ރޮއެ ރޮއެ ދިޔަ ކުއްޖާ މިއަދު އެހެރީ އޭނާގެ ގޮނޑީގައި “ބޮސް”އަށް ހެދިގެންނެވެ. އެއްވެސް ކަމެއް ނުވާ ކަމަށް ހަދައިލައިގެންނެވެ. ރޫމަށްވެސް އައިސް އެއިނީ އޭނާއަށް ވުރެ ކުރިންނެވެ.
އޭސީގެ ފިނިކަމުން ޒިޔަމް ހީކަރު ވައިގަތެވެ. ޒިޔަމް މޭޒާއި ކައިރިވެ ލަމްހާއަށް ޑައިލްކޮށްލައި ކޮފީއެއް ގެނެސްދިނުމަށް އެދުނެވެ.
“ޒީން ކޮފީ ހަދައިދެންތަ. ވަރަށް މޮޅުވާނެ ކޮފީ ގިރަން. ސަތޭކަ އަކުން ސަތޭކަ ލިބޭނެ”ޒީން ފުޅާ ހިނިތުންވުމަކާއި އެކީ އަހާލިއެވެ.
“އުހު. ތީ ޕޭޝަންޓެއް ނު. އެކަން ކުރަން މިތާ ތިބޭނެ ސްޓާފުން. އެކަމާ ނުވިސްނާ ސެޝަން ފެށޭތޯ ބަލަމާ”
ދޮރާއި ދިމާލަށް ދިޔަ ޒީން ފަހަތް ބަލާލުމަށްފަހު ޒިޔަމްއާއި ދިމާލަށް ލޯ ކުޑަކުރަމުން ބަލާލިއެވެ.
“ތިބުނީ ޒީންގެ ކޮފީ މީރެއް ނުވާނޭތަ. ކޮފި ގިރުމަކީ ޒީން އެންމެ ކުރާ ހިތުން ކުރާ އެއްކަންތައް. ޑޮކްޓަރ ތި ވިދާޅުވަނީ އަޅުގަނޑަށް އެކަން ނުވާނޭތަ” ޒީންގެ މޫނު މަތިން ޒިޔަމްއަށް ފެނުނީ ހާސްކަމެވެ. އެއީ ޒީން ބޭނުންވެސްވި ގޮތެވެ.
“ނޫން . އެހެންނެއް ނޫން. އޯކޭ ޒީން ކޮފީއެއް ގެނެސްދޭންވީނު. އާދޭ ޓީ ރޫމް ހުންނަތަން ބުނެދޭނަން” ޒިޔަމްގެ އަޑުގައި ސަމާސާކަން ހުއްޓެވެ. ޒީންގެ އިތުބާރު ހޯދުމަކީ ޒީންގެ ފަރުވާގެ އެއްމެ އިސްކަމެވެ. އެކަމުގެ ހުރަހަކަށް އެއްވެސް ކަމެއް ވާކަށް ޒިޔަމް ބޭނުމެއް ނޫނެވެ.
“ތޭންކުޔޫ ވަރަށް ބޮޑަށް ޒީންއަށް ޓުރަސްޓު ކުރާތީ. ޒީން އަހާލަން ކައުންޓަރ ކުއްޖެއް ކައިރީ ޓީ ރޫމް ހުންނަތަން. ޒިޔަމް ރެޑީވޭ . މިއަންނަނީ އެންމެ ފަސް މިނެޓް ތެރޭ” އަތުން ފަސް އިނގިލި ދައްކަމުން ޒީން ބުނެލިއެވެ. ޒީން ކޮޓަރިން ނިކުތް ވަގުތަކީ ލަމްހާ ކޮފީ ތަށި ހިފައިގެން އެތެރެއަށް ވަން ވަގުތެވެ. ޒިޔަމް އެކޮފީ ތައްޓަށް ބަލަހައްޓައިގެން ހުރެވުނީ ކުޅުދިޔާވެފައި ހުރިވަރުންނެވެ. އެހެން ނަމަވެސް އޭނގެން ބޮއި ފިނަމަ ޒީން ރުޅި އައިސްދާނޭ ހިތައި ކޮފީ ތަށި އެއްފަރާތް ކޮށްލިއެވެ. ޒީން ބުނި ގޮތަށް ޒިޔަމް މިއަދުގެ ސެޝަންއަށް ރެޑީ ވިއެވެ. ނޯޓު ފޮތް ނަގައި ޒީން ނަމާއި މިއަދުގެ ތާރީހު އެއްފަރާތުގައި ލިޔެލިއެވެ.
ޒީން ބުނި ގޮތަށް ފަސް މިނެޓު ތެރޭ އޭނާ އައިއްސިއެވެ. ތާޒާ ކޮފީގެ ވަސް ދުވާ ހުދު ކުލައިގެ ޖޯޑުން ހޫނު އާވި އަރަމުން ދިޔައެވެ. ޒިޔަމް ކޮފީ ތައްޓަށް ބަލައިލި ގޮތުން ޒިޔަމް އެހެރީ މިއަދު ސައި ނުބޮއެހެން ޒީންއަށް ހީވިއެވެ. ޒިޔަމް ކޮފީ ތަށި ނެގުމަށް އަތް ދިއްކޮށްލުމާއި އެކު ޒީންއަށް ކުޑަކޮށް ފަސްޖެހޭ ގޮތް ވިއެވެ.
“ކިހިނެތް ވީ. އެއްމެ މީރު ކޮފީ ބޯލާ ހިތުން ކެތްވެވޭ ވަރެއްނޫން” ޒިޔަމް އަދިވެސް ހުރީ އޭނާގެ އަތް ދިއްކޮށްލައިގެންނެވެ.
“މި އެހާ މީރެއް ނުވާނެ ކަންނޭނގެ. އަޅުގަނޑު މިއައީ ހަކުރު ނާޅާ”.އެއްގޮތުން ޒީން އެހެދީ ދޮގެއް ނޫނެވެ.
“ދެން އެކަމާ ހާސް ނުވޭ. ލަމްހާ ގެނައި ހަކުރު ޕެކެޓު ތަކެއް. އޭގެން ފުދޭނެ” ޒިޔަމް ގަދަ ހަދައިލައިގެން ހުރި ޒީން އަތުން ކޮފީ ތަށި އަތުލިއެވެ. އަދި ފުން ނޭވާއެއްލައި އަރަމުން ދިޔަ ހޫނު އާވިން މޭ ފުރާލިއެވެ.
އަމިއްލައަށް ވެސް ކޮފީ އަށް ދެވި ހިފައިހުރިކަން ޒިޔަމް ގަބޫލްކުރެއެވެ. ދުވާލަކު ފަސް ކޮފީ ތަށި ހުސްކޮށްލައިގެން މެނުވީ އޭނާއަށް ރަގަޅަށް މަސައްކަތް ކުރެވޭ ކަމަކަށް ނުވެއެވެ.
ޒިޔަމް ގޮނޑީގައި އިށީދެ ކޮފީ ތައްޓަށް ހަކުރު އަޅައި ރަހަ ހެޔޮ ވަރުކޮށްލިއެވެ. އަދި ކުރިމަތީ އިން ޒީންއަށް ބަލަމުން އޭގެން ފޮދެއް ބޯލިއެވެ. އޭރު ޒީން އިނީ ދެލޯ ބޮޑުކޮށްގެން ޒިޔަމްގެ ކޮންމެ ހަރަކާތަކަށް ބަލަބަލައެވެ.
ކޮފީގެ ރަހަ ދުލުގައި ލުމާއި އެކު ޒިޔަމް އަށް އޯކަށް ދެމުނެވެ. ކޮފީ ތައްޓަށް ބަލައިލެވުނީ އެއީ ހަމަ ރަގަޅަށްވެސް ކޮފީ ތޯ ޔަގީންކުރުމަށެވެ. އެއީ ކޮފީގެ ކުލައެވެ. ދުވަނީ ކޮފީގެ މީރު ވަހެވެ. އެކަމަކު މިލަނީ ކޮން ރަހައެއް ހެއްޔެވެ؟ ގަދަކަމުން ޒިޔަމް އެކޯވަރު އަރުތެރެއިން ފޮނުވާލިއެވެ. މިތަން ބަލަން އިން ޒީންއަށް އެއްފަހަރާ ހިނިތުންވެވި ހިންދިރުވާލެވުނެވެ. މިއަދުން ފެށިގެން އޭނާގެ މަގުސަދަކީ ޒިޔަމްގެ ފަރާތުން ބަދަލު ހިފުމެވެ. ސީދާ އެގޮތުން ނޫނަސް ޒިޔަމްގެ ހަޔާތަށް އޭގެ އަސަރު ކުރާ ވަރަށެވެ. އޭނާގެ ހިތް ރޮއްވާލި ފަދައިން ޒިޔަމްގެ ހިތް ވެސް ރޮއްވާލާށެވެ. އޭނާއަށް ކުރިމަތިވި ވޭނާއި ހިތިކަން ޒިޔަމްއަށްވެސް އިހްސާސްކޮށްދޭށެވެ. މިއީ އަދި ފެށުމެކެވެ. ކުރިއަށް ރާވާ ފައި ހުރި ކަންތައް ކިހާ ވަރަކުން ދާނެބާއެވެ. އަދި ޒިޔަމްއަށް އޭނާ ކުރި ކުށުގެ އަދަބު ލިބޭނެ ބާއެވެ؟
އެކޯވަރު ބޯލުމަށްފަހު ޒިޔަމް ކޮފީ ތަށި މޭޒުމަތީ ބޭންދިއެވެ. އަދި ގަދަ ކަމުން ދެމީހުން ދެމީހުންނަށް ފުޅާ ހިނިތުންވުމެއް ހަދިޔާ ކުރިއެވެ.
ޒިޔަމް އިނީ ދެވަނަ ފަހަރަށް އެކޮފީ ތައްޓަށް ބަލާލަންވެސް ނުކެރިފައެވެ. ކިހިނެތް ކޮންތާކުން ކޮފީ ގިރަން ދަސްކޮށްގެން އުޅޭ ކުއްޖެއް ބާއޭ ހިތަށް އަރަމުން ދިޔައެވެ.
“ހިނގާ ދޯ ދެން މިއަދުގެ ސެޝަން އާއިގެން ކުރިއަށް ދަމާ. އަދި ޒީން އިންޓުރޮޑިއުސްވެސް ނުކޮށްދެމެއްނު” ޒިޔަމް ޒީންއަށް ބަލައިލަމުން ބުނެލިއެވެ. އޭރު ޒީންގެ މޫނުމަތީގައި ވަނީ ކާމިޔާބީގެ ހިނިތުންވުމެވެ.
“ނަމަކީ އައިޝަތު ޒީން ފަރުހާދު. އުމުރު ސައުވީސް. ދެން …”ޒީންއަށް އިތުރަށް ބުނާނެ އެއްޗެއް ދުލަކަށް ނައެވެ. މިއީ އަމިއްލަ ނަފްސާއި ބެހޭ ގޮތުން އެނގޭ މިންވަރު ހެއްޔެވެ؟
“ޒީން ޖޮބަކަށް ދަންތަ..ކޮބާ ހޮބީ އަކީ. އެއްމެ ކުރާ ހިއްވާ ކަމަކީ ކޮބާ. އަދި އެއްމެ ފޫހިވާ ކަންތައްވެސް ބުނެދޭންވާނު” ޒިޔަމް ތައާރަފް ވުމުގައި ޒީންއަށް އެހީތެރިވިއެވެ.
“ނުދަން ޖޮބަކަށް މިހާރަކު. ކުރިން ވޯކް ކުރިން ޖަމިއްޔާއަކު. ހޮބީ އަކީ ކޭކު އެޅުމާއި ފޮތް ކިޔުން. އެއްމެ ކުރާ ހިތްވާ ކަމަކީވެސް އެއީ” ފަހު ސުވާލު ފިޔަވައި ޒިޔަމް ކުރި ހުރިހާ ސުވާލުތަކަށް ޒީން ޖެހިލުމެތް ނެތި ޖަވާބު ދިނެވެ. ފަހު ސުވާލު ގަސްދުގައި ދޫކޮށްލީ ހެއްޔެވެ؟ ނޫނީ ހަނދާންނެތުނީ ހެއްޔެވެ؟ ޒިޔަމް ދެވަނަ ފަހަރަށް ސުވާލު ތަކުރާރު ނުކޮށް އިތުރު ސުވާލުތަކައިގެން ކުރިއަށް ދިޔައެވެ. ޒީން ދައްކަން ބޭނުން ނުވާ ވާހަކައެއް ގަދަކަމުން ހޯދުމަކީ ބޭނުންވާ ގޮތެއް ނޫނެވެ.
“ޒީން އެއްމެ ލޯބިވަނީ ކާކު ދެކެ. އަދި އެއީ ކީއްވެ” ޒިޔަމް ޒީންގެ މޫނު މައްޗަށް އަރަމުން ދިޔަ ކުލަވަރާއި ހަށިގަނޑުން ދައްކަމުން ދިޔަ ވާހަކަތައް ރަގަޅަށް ބަލަމުން ގެންދިޔައެވެ. ދެއަތް ޖޯޑުކޮށްގެން އިން ޒީންއަށް ދެންމެ ޒިޔަމް ކުރި ސުވާލުން އިސްޖެހުނެވެ. ޖަވާބު ދޭން އަނގަ ހުޅުވާލިޔަސް އަނގަ ބަންދުވިއެވެ.
ޒިޔަމް އެކުރީ ޒީންއަށް ޖަވާބު ދޭން ފަސޭހަ ސުވާލެކެވެ. އެހެން ނަމަވެސް އެނަން ބުނެފި ނަމަ އިތުރު ސުވާލުތަކާއި ކުރިމަތިވާނެ ހެން ހީވީ ކީއްވެ ކަމެއް ނޭނގެއެވެ. އެއީ ދުވަހަކުވެސް ޖަވާބު ދޭން ނޫނީ ވާހަކަ ދައްކަން ފަސޭހަ މައުޟޫއަކަށް ވެގެން ނުދާނެއެވެ.
“ބައްޕަ” ޒިޔަމްއަށް ކިރިއާ އަޑު އިވޭ ވަރަށް ޒީން ބުނެލިއެވެ. ޒީންގެ އަމަލުގައި ވި ފަސްޖެހުމުން ޒީން އެހެދީ ދޮގެއްކަން ދެނެގަންނަން ޒިޔަމްއަށް އުނދަގުލެއް ނުވިއެވެ.
“އެހެން ވާހަކައެއް ދައްކަމާ” ޒީންއެހެން ބުނުމުގެ ކުރިންވެސް ޒިޔަމްއަށް ޒީން އެ މައުޟޫއަށް ވާހަކަ ދައްކަން ބޭނުން ނުވާކަން އެނގުނެވެ. އެ އަޑުގައި ވި ހާސްކަމުންނެވެ. ޒިޔަމް ބޭނުންވަނީ މިކަހަލަ ޒީންއަށް އުނދަގޫ ކަންތަކުގެ ވާހަކަ ދައްކައި ޒީންގެ ހިތުގެ ހާލު ދެނެގަތުމަށެވެ. އޭރުން އެސިކުޑީގައި ހިގަމުންދާ ހައިޖާން ގަނޑު ނިއްމުމަށް ފަސޭހަ ކުރުމަށެވެ. އެހެން ނަމަވެސް އަވަސް އަރުވާލުމުގެ ބަދަލުގައި ލަސްލަހުން މަގުސަދާއި ހަމައަށް ދިޔުމުން ފަސޭހަވާނެއެވެ. ޒިޔަމް ބަލަމުން އެދަނީ ޒީންގެ އިތުބާރު އޭނާއަށް ހޯދުމަށެވެ. އެހެން ނަމަވެސް ޒިޔަމްއަށް އެކަން ކާމިޔާބު ވާނެ ހެއްޔެވެ؟ މާޒީގެ ހިތި ކަންތަކަށް ފަހު ޒީން އޭނާއަށް އިތުބާރު ކޮށްފާނެ ހެއްޔެވެ؟
ސެޝަންގެ އިތުރު ވަގުތު ޒިޔަމް ޒީންއާއި ބެހޭ “އާއްމު” މައުލޫމާތު ހޯދިއެވެ. ޒީންގެ ކިޔެވުމާއި ވަގުތަށް ހޭދަ ކުރާ ގޮތުގެ މައުލޫމާތެވެ. މީގެ އިތުރުން ޒީން ލައްވައި ކުޑަ ޕްރެކްޓިކަލް ޓެސްޓެއްވެސް ހެދުވިއެވެ. އޭރު ޒިޔަމް ކުރި ސުވާލަށްފަހު ޒީންގެ މޫނު މަތި ވަނީ ކުޑަކޮށް މިލާފައެވެ. އެކަން ފޮރުވަން ދޭތެރެއިން ހީލިއަސް މޫނުމަތީވި ނުތަނަވަސްކަން ފޮރުވޭކަށް ނެތެވެ.
ޒީން މިއަދުގެ ސެޝަން ނިއްމާލުމަށްފަހު ދިޔުމުން ޒިޔަމް އެދުވަހު ޒީންގެ ރިޕޯޓު ލިޔަން އުޅުނެވެ. ކޮންމެ ބަލިމީހެއްގެ ރިޕޯޓު ދުވަހުން ދުވަހަށް ލިޔުމަކީ ޒިޔަމްގެ އާދައެކެވެ. ޒީން ގެ ރިޕޯޓު ނިއްމާލިތަނާ މީހަކު ދޮރުގައި ޓަކި ޖަހާލިއެވެ. މީޓީން އަކަށް ދާން ޖެހެފައިވާތީ މިއަދު ހެނދުނު ދަންފަޅިއަށް އިތުރު ޕޭޝަންޓެއް ނުނެގުމަށް ލަމްހާ ކައިރީ ވަނީ ބުނެވިފައެވެ. ޒިޔަމް އަށް ދޮރާއި ހަމަޔަށް ނުދެވެނީސް އެތެރެއަށް ވަދެގެން އައީ ޒައިނާއެވެ. އިސްކޮޅުން ޒިޔަމްގެ ކޮނޑާއި ހަމައަށް އަރާ އިރު ހަމުގެ އަލި ޒައިނާގެ މޫނުމަތީ ވަނީ ފުޅާ ހިނިތުންވުމެކެވެ. ކްލިނިކުގެ ނަރުހުންނަށް ހާއްސަ ޔުނިފޯމުގައި ހުރި ޒައިނާގެ އިސްތަށިގަނޑު ވަނީ ހުޅިއެއް ޖަހައި މައްޗަށް އައްސާފައެވެ.
“ޒައި މިއަދުތަ ނުކުއްނަނީ. ބޭބެ އަށް ހެނދުނު ނުވެސް ފެނޭ ސައިބޯން ދިޔައިރު” ޒައިނާ ފެނުމާއި އެކު ޒިޔަމް ހިނިތުންވެލިއެވެ. ކޮއްކޮއާއި އެއްކޮށް މަސައްކަތް ކުރަން ބޭނުންވާ ވާހަކަ ކުރިންވެސް ޒައިނާ ކައިރާ ވަނީ ބުނެފައެވެ. ޒައިނާ އޭއެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ.
“މީތަ ބޭބެގެ އޮފީސް. ހާދަ ފޭންސީއޭ ދޯ” ޒައިނާ ވަށައިގެން ހޯދާލިއެވެ. މިކަހަލަ އޮފީހެއްގައި މަސައްކަތް ކުރަން ލިބޭނެ ނަމައޭ ހިތަށް އަރަމުން ދިޔައެވެ.
“އާން. މީ ބޭބެގެ. ޒައިވެސް ބޭނުމިއްޔާ ބޭބެ ނޫޅޭ ގަޑީގައި އޯކޭ ޔޫސްކޮށް ލިއަސް. އެކަމަކު އެ މޭޒާއި ކައިރި ނުވައްޗޭ” ޒިޔަމް އަތުގެ އިޝާރާތުން އޭނާގެ ރަސްމީ މޭޒު ދައްކާލިއެވެ. އެއީ ހުރިހާ ޕޭޝަންޓު ފައިލެއް އޭނާ ރައްކާކުރާ ތަނެވެ. ބަލިމީހާއާއި ޑޮކްޓަރާއި ދެކެވޭ ވާހަކަ އަކީ ދެވަނަ ފަރާތަކަށް އެގިގެން ނުވާނެ ވާހަކަތަކެވެ.
ދެމީހުން ވާހަކައިގައި ތިއްބާ ސާއިމް އެތަނަށް އައެވެ. ސާއިމްއައީ ޒީންއާއި ބެހޭ ގޮތުން ސުވާލުކުރުމަށެވެ.
“ކިހިނެތް ވަނީ އެމަންޖެ. އެއްވެސް ޕުރޮގުރެސެއް އާދޭތަ” ސާއިމް ނަން ނުބުންޏަސް އެދައްކަނީ ޒީންގެ ވާހަކަ ކަން ޒިޔަމްއަށް އެނގުނެވެ.
“މި ކޮފީ ތަށި އެއް ނޭވާއިން ހުސްކޮށްބަލަ.އޭރުން ކިޔައިދޭނަން” ޒިޔަމް ޒީން އޭނާއަށް ގިރައި ދިން ކޮފީތަށި ސާއިމްއަށް ދިއްކޮށްލިއެވެ. ޒިޔަމް އެހެން ބުނުމަކުން ސާއިމް ހިތަށް އެއްވެސް އިތުރު އެއްޗެއް ނާރައެވެ. އޭނާ ހީކުރީ ޒިޔަމް ހެޔޮ ހިތުން ދިން ކޮފީ އެއް ކަމަށެވެ. ސާއިމް ޖެހިލުމެއް ނެތި ކޮފީ ތަށި އެއް ނޭވާއިން ދަމާލިއެވެ. ކުޑަ ޖޯޑަކަށް ވުމާއި އެކީގައެވެ.
ކޮފީގެ ރަހަ ދުލުގައި ލުމާއި އެކު ސާއިމްއަށް ދަމާލި ކޮފީ ތައްޓަށް އަބުރާއައެވެ. އެއްބައި ދިރުވައިވެސް ލެވިއްޖެއެވެ.
“މީ ކޯއް” ސާއިމްގެ ދެލޯ ދިޔައީ ބޮޑުވެގެންނެވެ. މޭނުބައި ކުރާ ގޮތްވެސް ވެއްޖެއެވެ. ފެން ފުޅިއެއް ހުރި ތޯ ބަލައި ހޯދާލި އިރު ފެން ފޮދެއް ހާ ހިސާބުވެސް ނެތެވެ. ސާއިމް އަވަސް އަވަހަށް ޓިޝޫ ދުލުގައި ހާކަން ފެށިއެވެ. ލޮލުން ފެން އައިސްފައިވާ ހާލުގައެވެ. ދޭތެރެއަކުން އޯކަށްވެސް ދަމާލެވެއެވެ.
ސާއިމްއަށް ވަމުން ދާ ގޮތް ބަލަން އިން ޒައިނާއަށް ބާރަށް ހެވެން ފެށުނެވެ. ޒައިނާ ވަރެއް ހުނުމުގައި ނުހުންނާނެއެވެ. ހުންނަނީ މަޖާ ކަމެއް ނުފެނިފައެވެ. މީހުންނަށް ލަޑު ދިނުމުގައިވެސް އެވޯޑެއް ލިބޭނެއެވެ. ނުވެސް ދަންނަ ކުއްޖަކު އޭނާއަށް ލިބޭ ހިތިކަމަކުން ހޭތީ ސާއިމް ގާތަށް ރުޅި އަންނަ ގޮތް ވިއެވެ. މީ އަނެއްކާ ޒައިނާގެ ސަމާސާއެއް ނޫންބާއޭ ހިތަށް އެރިއެވެ.
“ތީ ޒީން މަށަށް ގެނެސްދިން ކޮފީއެއް. ތިމަންނަ ވަރަށް ކުރާ ހިތްވާ ކަމެކޭ ކިޔާފަ. ދަމުން ބުނި މާދަންވެސް ހަދައިދޭނަމޭ. މަ ބުނާނަން ސާއިމްއަށްވެސް ހަދައިދޭންވާނޭ” ޒައިނާއާއި އެއްވަރަށް ނޫނަސް ޒިޔަމްއަށްވެސް ދިޔައީ ހެވެމުންނެވެ.
ޒިޔަމް އާއި ސާއިމްގެ ރަހްމަތްތެރިކަން ޒިޔަމް ކުލިނިކަށް ވަން ދުވަހުން ވަނީ ފެށިފައެވެ. ދެމީހުންވެސް މަސައްކަތް ކުރަނީ ޖެހިޖެހިގެން ތިބޭ ދެ ކޮޓަރީގައި ކަމުން ފެންނަލެއް ގިނަވެ ރަހުމަތްތރިކަން ފެށުނީއެވެ.
“މިހީވަނީ ލޮނާއި ހަކުރާއި ރިހާކުރާއި ކޮފީ އާއި އެއްކޮށްފަހެން. ހޮޑޫވެސް އެބަ ލަވާ. އައްޗީޑި. އާހް!!” ދޫ ނުރެލައި ސާއިމް ވައްތަރެއް ޖައްސާލިއެވެ. ހެނދުނު ސަޔަށް ބުއި ހުރިހާ އެއްޗެއް ހޮޑަށް ނުލެވިއްޖެއްޔާ ނަސީބެކެވެ. ސާއިމް އެހެން ބުނެ ފާހަނައަށް ދިޔައީ އަނގަ ދޮންނާށެވެ.
މިދުވަސްކޮޅަކީ ހުޅަނގު މޫސުމުގެ ވިއްސާރަ މަތިކޮށްފައިވާ ދުވަސްކޮޅަކެވެ. ޖަރާސީމު ފެތުރޭ ގޮތްތައް ގިނަވެ ހުމަށާއި ރޯގާއަށް ބަލިމީހުންނަށް ފަރުވާ ދެވޭ ވަރު ދެގުނަ ވެއްޖެއެވެ. އެހެންކަމުން މި ހަފްތާ ސާއިމްއަށް ވެގެން ދާނީ ވަރަށް ބުރަ ހަފްތާއަކަށެވެ. ހޮސްޕިޓަލުން ޗުއްޓީ ނަގައި ކްލިނިކަށް ދޭ ވަގުތު ގިނަ ވަގުތު ދޭން ނިއްމީ މިއީ ވަޒީފާ އެއްމެ އަދާ ކުރާ ތަންކަމުންނެވެ. ހޮސްޕިޓަލާއި އަޅާ ކިޔާ އިރު މިތާގެ މުވައްޒަފުންނަކީ މިހާރު އެކުގައި މަސައްކަތް ކުރަން އެއްމެ ފަސޭހަ މީހުންނެވެ. އަމިއްލައަށް ވަގުތު ބަހައި މަސައްކަތް ކުރަން ހަރުދަނާ މާހައުލެއް މިތާގައި ސާއިމްއަށް ވަނީ ހޯދިފައެވެ.
ހެނދުނު ދަންފަޅީގައި އެކަނިވެސް މިއަދު ސާޅީސް ޕޭޝަންޓުން އެބަތިއްބެވެ. ފަހަރަކު ނަންބަރެއް އަރަމުން ގޮސް މިހާރު އެއްމެ ފަހު ބަލިމީހަށް އެތެރެއަށް ވަނުމަށް ސާއިމް ކޮންޕިއުޓަރުން ބަޓަނަށް ފިތާލިއެވެ.
“އައްސަލާމަލައިކުމް” ސާއިމްގެ ކޮޓަރިއަށް ވަދެގެންއައީ ސާޅިހުގެ ފަހު އަހަރުތައް ގުނަމުންއައި އަންހެނެކެވެ. ލައިގެން ހުރި ހެނދުން ވަނީ ބާވެ ދެތިން ތަނަކުން ވީދިގެން ގޮސްފައެވެ. މޫނުމަތީ އަނަރޫފަކަން ހުއްޓަސް ވަނީ އުޖާލާ ހިނިތުންވުމަކެވެ.
“ވައަލައިކުމުއްސަލާމް ދައްތާ” ސާއިމް ލިޔަން އިން ގަލަން ބާއްވާފައި އެއަންހެން މީހާއަށް ގޮނޑީގައި އިށީންނަން އެހީތެރިވެދިނެވެ.
“ކިހިނެތް ދަރިފުޅާ” ބުރަކަށި ގޮނޑީގައި ޖައްސާލަމުން ހަދީޖާ ހަމަޖެހިލިއެވެ. އަދި ފުންނޭވާއެއް ލުމަށްފަހު އަހާލިއެވެ.
ދަރިފުޅާ އޭ ކިޔައި އެއްވެސް މީހަކު އޭނާ އާއި ދިމާލަށް ހަނދާން ހުންނަން ފެށީއްސުރެ ގޮވާލި އަޑު އަދި ކިރިޔާ އިވުނު ސާއިމަށް ކުޑަކޮށް ސިހުން އައެވެ. މައިންބަފައިންގެ ނަންވެސް ކުޑަ މިނުން ނޭނގޭ ސާއިމް ގެ ހިތް އެގަޑީ ޖަޒުބާތުން ފުރު ކަހަލައެވެ. ޖަމާވި ކަރުނުން ދެ ލޯ ވިދާލި ނަމަވެސް އެކަން ފޮރުވޭތޯ އެހިޔާލް އެއް ފަރާތް ކޮށްލިއެވެ.
“އަޅުގަނޑު ރަގަޅު. ދައްތަ ކިހިނެތް ވެގެންތޯ ދައްކާލަން ތިއައީ” ސާއިމް ސުވާލުކޮށްލިއެވެ.
“މިއައީ ދައްތަ އަށް ވާ ގޮތް ތި ކުއްޖާއަށް އެނގޭނެ ކަމުގެ ވަރަށް ބޮޑު އުއްމީދުގައި. އަހަރެން ގެ ކައިރީ އުޅޭ މީހުން ބުނާތީ އަޑު އިވޭ ތީ ވަރަށް ރަގަޅު މޮޅު ޑޮކްޓަރަކޭ. އުޅުނިން ހޮސްޕިޓަލުން އާސަންދައިން ދައްކަންވެސް. އެކަމަކު ކިޔޫ އެހާ ދިގު. ދައްތަ އަކަށް ހީނުވޭ އެހާ ގިނަ ދުވަހު ކެތް ކުރެވިދާނެހެން. އެހެންވެ ލާރި ދައްކައިގެން ވިޔަސް ކުލިނިކަށް މިއައީ.” ފުން ނޭވާ އެއް ލުމަށްފަހު ހަދީޖާ އޭނާގެ ވާހަކަ ކުރިއަށް ގެންދިޔައެވެ.
“މި ބަނޑެއްގަ ރިއްސާތާ ޒަމާން ގަނޑެއް ވެއްޖެ. ކުއްލި ކުއްލިއަކަށް ތަދު އައިސް ގެއްލޭތާ މިހާރު ހަވަރަކަށް އަހަރު މިވަނީ. މިވީ ދެތިން މަސް ތެރޭ ތަދު އަންނަލެއް ގިނަވެ މާބާރުކޮށްފަ ހުންނަނީ”
“ވަކި ހާއްސަ ވަގުތެއް އޮވޭތޯ ތަދު މާގިނައިން ވާ. ނޫނީ ވަކި ކަމެއް ކުރީމަ ތަދު އިހްސާސް ވާލެއް ގަދަތޯ” ސާއިމް ސުވާލުކޮށްލުމާއި އެކު ހަދީޖާ ބޯ ހޫރުވާލީ ދެ ސުވާލަށްވެސް ނޫނެކޭ ބުނުމުގެ ގޮތުންނެވެ.
“ދައްތަ ދުވާލަކު ކިތައް ތަށި ފެންބޯންތޯ” ފަހަރު ސުވާލެއް ކުރަމުން ގޮސް އެއްމެ ފަހުން އެއްފަރާތުގައި ހުރި އެނދުގައި އޮށޯތުމަށް ސާއިމް އެދުނެވެ.
އެވަގުތު އޭނާއަށް އެސިސްޓުކުރަން ކަނޑައަޅާފައި ހުރި ކުއްޖާ ނެތުމުން ބޭރަށް ދިޔައީ އަންހެން ބަލިމީހެއް އެގްޒޭމިން ކުރާއިރު އަންހެން ކުއްޖެއް ހުންނަން ޖެހޭތީއެވެ.
ސާއިމް އެ ފްލޯރ ގެ ކައުންޓަރާއި ދިމާލަށް ދިޔައިރު ފޯނާއި ކުޅެލަކުޅެލައި ޒައިނާ ހުއްޓެވެ.
“އެސްކިއުސް. އާދެބަ ރޫމަށް” ފޯނުން މީހަކާއި ޗެޓް ކުރަން ހުރި ޒައިނާއަށް ސާއިމްގެ އަޑު ޖެހުމާއި އެކު އެދިމާލަށް ބަލާލެވުނެވެ.
އަދި ވަށައިގެން ހޯދާލީ ސާއިމް އެ މިހާތަބު ކުރަނީ އޭނާއާއި ތޯ ޔަގީން ކޮށްލުމަށެވެ. ކައުންޓަރުގައި މީހަކާއި ވާހަކަ ދައްކަން ހުރި މުވައްޒަފު ފިޔަވަޔި އެހެން މީހަކު ނެތުމުން ޒައިނާ އަވަސް ހިނގުމެއްގައި ސާއިމްގެ ފަހަތުން ގޮސް ކޮޓަރިއަށް ވަނެވެ.
“މިތާ ހުރޭ” ސާއިމް އިގިނލި ދިއްކޮށްލަމުން ބުނެލިއެވެ.
ދެ އަތަށް އަންގި އަރުވާލަމުން ސާއިމް ހަދީޖާ ގެ ތަދުވާތަން ބަލަން ފެށިއެވެ. އެގްޒަމިންކޮށް ނިއްމުމަށްފަހު ސާއިމް ފާރުގައި ޖަހާފައިވާ ކަބަޑު ހުޅުވާލިއެވެ. އަދި ލޭގަނާ ޓިއުބެއް ޒައިނާ އަތަށް ދިނެވެ. ހަދާ ޓެސްޓުތަކުގެ ނަން ކިޔަމުން ސާއިމް ގޮސް ގޮނޑީގައި އިށީނެވެ. ސާއިމް މޭޒުމަތިން ޓެސްޓު ގަނޑު ނަގައި ފާހަގަ ޖަހައި ސޮއި ކުރިއެވެ. އަދި އެއަށްފަހު ޒައިނާއަށް ބަލާލިއެވެ. އޭރު ޒައިނާ އާއި ހަދީޖާ ސާއިމްއަށް ބަލަހައްޓައިގެން ތިއްބެވެ.
“މި ކީ ޓެސްޓުތައް ހަދަން ބޭނުންވާތީ ލޭނަގަން ފަށަންވީނު” ދެބުމަ މައްޗަށް އަރުވައިގެން ހުރި ޒައިނާ އަށް ސާއިމް ކަންތައް ކުރަންވީ ގޮތް ކިޔާ ދިނެވެ. ސާއިމް ހީކުރީ ޒައިނާއަށް ހަދަން ބޭނުންވާ ޓެސްޓުތަކުގެ ނަން އެގުމުން ލޭ ނަގަން ފަށާފާނެކަމަށެވެ.
“ލައްބަ” ޒައިނާއަށް ކަންތައް ކުރަންވީ ކިހިނެތްކަން ރޭކާލުމުން އަވަސްވެގަތެވެ. ހަދީޖާ އަތުން ލޭ ނަގާތަން ސާފުކޮށްލުމަށްފަހު ވިންދެއް ހޯދަން އިނގިލި ޖައްސާލިއެވެ. ޝަހާދަތް އިނގިލި ދުރުކުރަމުން ޒައިނާ ޓިއުބުގެ ކަށި އެދިމާލަށް ގެންދިޔައެވެ. ހުރިހާ ސަމާލުކަމެއް އެޔަށް ދީގެން ހުރި ޒައިނާ އަށް އުނދަގޫ ކުރުވީ ފަހަތުން ސާއިމްގެ ހިޔަނި އެޅުމުންނެވެ. ދުރަށް ޖެހިލުމަށް ބުނުމަށް ފަހަތަށް އެބުރިލި ވަގުތު ކިރިޔާ ދެ މީހުންގެ މޫނު ޖެހި ނުޖެހި ހުރީއެވެ. އެޔާއެކު ދެމީހުންނަށް ކުއްލިއަކަށް ފަހަތަށް ޖެހުނެވެ. ދެމީހުންގެ މޫނުމަތީ ވީ ހައިރާންކަމެވެ.
އެމަންޒަރު ބަލަން ހުރި ހަދީޖާއަށް މީގޮތް ފެނި ކުޑަކޮށް ހެވުނެވެ.
“ސޮރީ” ޒައިނާ މާފަށް އެދެމުން ހަދީޖާއާއި ދިމާލަށް އެބުރުނެވެ. އަދި އަނެއްކާވެސް ލޭ ނެގޭތޯ މަސައްކަތް ކުރަން ފެށިއެވެ. މިފަހަރު މިޖެހުނީ ވިންދު ހޯދާއިގެން އަލުން ފަށާށެވެ.
ޒައިނާގެ ކޮންމެ ހަރަކާތެއް ކައިރީގައި ހުރި ސާއިމް ދިޔައީ ބަލަމުންނެވެ. މިފަހަރު ތަންކޮޅެއް ދުރުގައި ހުއްޓަސް އެކަށި ހަދީޖާގެ އަތާއި ކައިރި ވާވަރަކަށް އޭނާގެ މޫނުވެސް އެދިމާލަށް ދަމަމުން ގެންދިޔަ ކަހަލައެވެ. މިކަން ޒައިނާއަށް ވީ އުނދަގުލަކަށެވެ. ހީވީ އޭނާއަށް މިކަން ކުރަން ނޭނގޭހެން ސާއިމްއަށް ހީވަނީހެންނެވެ.
“ކިހިނެތްތޯ ވީ” ޒައިނާ ފަހަތުގައި ވިއްދާފައި ހުރި ސާއިމްއަށް ބަލާލަމުން ޒައިނާއަށް އަހާލެވުނީ ރުންކުރު ކޮށެވެ.
“ކަމެއް ނުވޭ. ރަގަޅަށްތޯ ތިހަދަނީ ބަލާލަނީ” ދޮގު ނުހަދައި ސާއިމް ސީދާ ޖަވާބު ދިނެވެ.
“އަޅުގަނޑު މީ..” ރައްދުގައި ވާހަކަ ދައްކާނަމޭ ފުރަތަމަ ހިތަށް އެރިޔަސް ޒައިނާ މެދު ކަނޑާލިއެވެ. ސާއިމް ޑޮކްޓަރަކަށް ވުމުން ކިޔޭނެ މާބޮޑު އެއްޗެއް ނެތީ ކަންނޭނގެއެވެ.
ފަރުވާތެރިކަމާއި އެކު ލޭ ނެގުމަށްފަހު ޓެސްޓު ކުރަން ލެބަށް ގެންދިޔުމަށް ޒައިނާ ތައްޔާރުކޮށްލިއެވެ. އެ ސާމްޕަލް ހިފައިގެން ލެބަށް ގެންދަން ހިނގައި ގަތަސް ޒައިނާ މަޑުކުރަން ޖެހުނީ ސާއިމްގެ އެދުމަށެވެ. ގަދަކަމުން ހިނިތުންވެލަމުން ޒައިނާ ދޮރު ކައިރީގައި ދެއަތް ޖޯޑުކޮށްލައިގެން މަޑުކޮށްލިއެވެ. ހަދީޖާ ދެން އަންނަންވީ ކޮން ދުވަހަކު ކަން ބުނެ ސާއިމް އޭނަ ފޮނުވާލިއެވެ.
” ކޮން ނަމެއް ކިޔަނީ” ގަލަމުން މޭޒުމަތީ އޮތް ގަނޑެއްގައި ލިޔަމުން ސާއިމް އަހާލިއެވެ. އޭރު ހަދީޖާ އެތަނުން ނިކުމެގެން ހިގައްޖެއެވެ.
“ޒައިނާ. އައިޝަތު ޒައިނާ” ކަރު ކެހިލުމަށްފަހު ޒައިނާ ޖަވާބު ދިނެވެ.
“ޑިގްރީ ނިއްމައިގެންތަ ތިއައީ. ހިކާ އެކްސްޕީރިއަންސެއް އެބަހުރި” ތަހުގީގެއްގައި ސުވާލު ކުރާހެން ސާއިމްގެ ސުވާލުތައް ޒައިނާއަށް އަމާޒުވަމުން ދިޔައެވެ. ކޮންމެ ސުވާލަކާއި އެކު ޒައިނާއަށް ހީވަމުން ދިޔައީ ސާއިމް މިއަދު “އޮޅުމަކުން” ދިމާވި ކަންތަކާއި ހިތްހަމަ ނުޖެހިފައި ހުރިހެންނެވެ. އޭގައި އޭނާގެ އެއްވެސް ކުށެއް ނުވާއިރު ސާއިމް މިހާ ރުޅި އަންނަން ވީ އެއްވެސް ސަބަބެއް ނެތެވެ. މިޒާޖުގައި ރުންކުރުކަން ހުންނަ ޒައިނާއަށް ކެތް ލަވައިގެން ހުރުންވީ ދަތިކަމަކަށެވެ.
“އަޅުގަނޑު އެއްވެސް ކުށެއް ނުކުރާއިރު ކީއްވެތޯ ތިހާ ގިނައިން ސުވާލު ކުރައްވަނީ” ހުރިހާ ޖަވާބަކަށްފަހު މިފަހަރު ޒައިނާ ކޮށްލީ ސުވާލެކެވެ. އަދަބުވެރިކަން ބަސްމަގުގައި ހުއްޓަސް ރާގުވީ ނުތަނަވަސްކަމެވެ. ސާއިމް އޭނާ ކުރަން އިން މަސައްކަތް މަޑު ޖައްސާލުމަށްފަހު ގޮނޑިން ތެދުވިއެވެ. އަދި ކުރިމަތީ ހުރި ޒައިނާއަށް ރަގަޅަށް ބަލާލިއެވެ.
“އަހަރެން ބޭނުމެއް ނޫން އަހަރެންގެ އެއްވެސް ޕޭޝަންޓަކަށް ގެއްލުމެއް އެއްވެސް ގޮތަކުން ވާކަށް. ހާއްސަކޮށް އަހަރެންގެ ދަށުން މަސައްކަތްކުރާ ނަރުހެއްގެ ފަރާތުން ” ސާއިމްގެ މޫނުމަތީ ގައިވާ ސީރިއަސްކަން އޭނަގެ ރާގުގައިވެސް ހުއްޓެވެ.
“ޒައިވެސް ނޫޅެމޭ ވަކި ޕޭޝަންޓަކަށް ގެއްލުމެއް ދޭކަށް. ޑޮކްޓަރަކަށް ވީމަ ހީވަނީ ދޯ ތިމީހުން އެކަންޏޭ ކެއާ ކުރަނީ. ގިނަ ފަހަރު ޕޭޝަންޓަށް ބޭސް ސިޓީ ދެނެއް ނުހަދާނެ ދަންނަ މީހަކަށްވެސް. މާ މޮޅަށް ކިޔެވިފަ މާ ލާރި ލިބޭތީ ބޮޑާވަނީ ދޯ. ބަލަ ނަރުހުންނޭ ތިބެނީ ބަލިމީހާ ކައިރީ އެމީހުންގެ ހިދުމަތުގަ ތިޔަ ޑޮކްޓަރުންނަށް ވުރެ ގިނައިން. އަހަރަމެންނަށް މާބޮޑަށް އެނގޭ ބަލިމީހާގެ އިހްސާސްތައް. ” ބަސްތައް ފައްޗަކަށް އަމުނާލަމުން ޒައިނާ ހަށަމްބަދެލިއެވެ. އެއީ ޒައިނާ ގަބޫލްކުރާ ގޮތެވެ. ޑޮކްޓަރުކަން ކިޔަވަން ފުރުސަތު ލިބުނަސް އެކަން ދޫކޮށްލީ މި “ފާޑު” ގެ ޑޮކްޓަރަކަށް ވެވިދާނެ ކަމަށް ބިރަށެވެ. ރުންކުރު މިޒާޖެއް ހުރިނަމަވެސް ޒައިނާއަކީ މީހުންނާއި ގުޅޭ ހިތްހެޔޮ ކުއްޖެކެވެ. ބަލި މީހެއް އޭނާއާއި ހަމައަށް އައުމަށްފަހު އެއްކޮށް ފަރުވާ ލިބެންދެން ހާލުބަލައި ވެވެން އޮތް ގޮތަކުން އެހީވެދީ ހަދައެވެ.
“ދެން ދޭ. އެކަމަކު ރެސްޕެކް ކުރަން ދަސްކުރާތި” ސާއިމް ހިތްހަމަނުޖެހުމުގެ ރާގަކަށް ބުނެލިއެވެ. އަދި ކުރަން އިން މަސައްކަތައް އެބުރި ދިޔައެވެ.
ޒައިނާ ސާއިމްއާއި ދިމާލަށް ކުނި މޫނު ހަދައިލައިގެން އެތަނުން ނުކުތެވެ.
ސާއިމްއަށް ޒައިނާގެ ގޮތްގަނޑު ކަމަކު ނުދިޔައެވެ. ދުވާލު ހަތަރު ދަމު ބަލިމީހުންނަށް ފަރުވާ ދިނުމުގައި ހޭދަ ކުރާއިރު އެއީ އެއްމެން އޭނާއާއި ދޭތެރޭ ދެކޭގޮތް ކަމަށް ވެދާނެ ހެއްޔެވެ؟ އެއްވެސް މީހެއް އެފަދަ ގޮތަކަށް އޭނާއައީ ދޭތެރޭ ދެކުމަކީ ސާއިމް ބޭނުންވާ ގޮތެއް ނޫނެވެ. ލިބޭ ލާރިއަށްވުރެ ބޮޑަށް ސާއިމް ޑޮކްޓަރަކަށް ވުމުގެ މައިގަނޑު ސަބަބަކީ މީހުންނަށް ހިދުމަތް ދެވުމުން ލިބޭ އުފަލަށްޓަކައެވެ.
ޒައިނާ މޫނަށް ވައްތަރެއް ޖައްސަމުން ނިކުމެގެން ދިޔައިރު ސާއިމްގެ ނުރުހުން ހައްތާވީ އިތުރެވެ.
މިއަދަށް ކްލިނިކުގެ ބަލިމީހުން ބަލާ ނިމުމުން ސާއިމް ކޮޓަރިން ނިކުތީ ގެޔަށް ގޮސް ތާޒާ ވެލުމަށެވެ. ކްލިނިކުގެ ދޮރުން ނިކުތް ސާއިމް އަށް ހުއްޓުން ގެނުވީ ފެނުނު މަންޒަރަކުންނެވެ.
އިރުކޮޅެއް ކުރިން އޭނާއާއި ޒުވާބު ކުރި ޒައިނާ އެހެރީ ހަދީޖާ ގޮވައިގެން މަގުމަތީ ޓެކްސީއެއް ހޯދަދޭން އައިހެވެ.
މަޑު ހިނގުމެއްގައި ގޮސް ސާއިމް ޒައިނާ ކައިރީ މަޑުކޮށްލިއެވެ. ޓެކްސީ އެހާ ގިނައިން ދަތުރު ކުރާ މަގަކަށް ނުވުމުން ޒައިނާއަށް ޓެކްސީއެއް ހޯދުން ވީ ދަތިކަމަކަށެވެ. ފެހި ސިގްނަލް ދިއްލާފައި ހުއްޓަސް ހުންނަނީ ނަމަކަށެވެ.
“ދައްތާ . ހިނގާ އަޅުގަނޑު ގެޔަށް ލައިދޭނަން” ލުއި ހިނިތުންވުމަކާއި އެކީ ސާއިމް އެހެން ބުނެލީ ޒައިނާ ރުޅިއަރުވާލުމަށެވެ. ވީވެސް އެހެންނެވެ. ލޯ ކުޑަކޮށްލުމަށްފަހު ޖީބަށް އަތް ޖަހައިގެން ހުރި ސާއިމަށް ބަލާލިއިރު އެދޮން މޫނު އޮތީ ރުޅިން ރަތްވެލާފައެވެ.
“ހިނގާ ދަމާ. 25 ރުފިޔާ ސަލާމަތް ވާނެއެއްނު” ހަދީޖާ އުފަލުން ބުނެލިއެވެ. ދެ ކުދިންގެ އެމަންމަ ގެ ކުދިން ބޮޑުވުމަށްފަހު އޭނާ ވަނީ ބާކީ ކޮށްލާފައެވެ. އުޅޭނެ ލާރިއެއް ހޯދަން މީހުން ގެޔަށް ގޮސް ނޯކަރީކަން ކޮށްދެއެވެ. އެވަރުން ކިރިޔާ އުޅޭ ކޮޓަރީގެ ކުއްލި ދެއްކޭ އިރު ތިން އިރުގެ ކޮއްތު ހަމަވަނީ ކިރިއާއެވެ. އެހެންކަމުން 25 ރުފިޔާއަކީ އޭނާ ފަދަ ނިކަމެތްޗަކަށް ވަރަށް ބޮޑު އެއްޗެކެވެ.
“އާދޭ ދައްތާ! ” ސާއިމް ހަދީޖާއަށް މަގުން ތަން ދައްކަމުން އޭނާގެ ކާރު ޕާކުކޮށްފައި އޮތް ހިސާބަށް ގެންދިޔައެވެ. އަދި ފަހަތު ސީޓު ދޮރުހުޅުވާލުމަށްފަހު ހަދީޖާއަށް އިށީންނަން ފުރުސަތު ދިނެވެ. ކަރުގެ ކުރީ ސީޓަށް އެރުމުގެ ކުރިން ސާއިމް ޒައިނާއަށް ބަލައިލީ ޒައިނާއަށް ވެފައި ހުރި ވަރެއް ބަލާލުމަށެވެ. އޭރު ދެބުމަށް ގޮތް ޖަހާލައިގެން ހުރި ޒައިނާގެ މޫނުމަތީ ވީ ނުރުހުމެވެ.
އެއްޗެކޭ ބުނެ ހަޅޭތްލަވައިގަންނާނެމޭ ހިތަށް އަރާ ފަހަރު މަދެއް ނޫނެވެ. ހީވަނީ ގަސްދުގައި އޭނަ ދެރަކޮށް ލައި ރުޅި އަރުވާލަން ސާއިމް ކުރާކަމެއް ހެންނެވެ. އެކަމަކު އޭނަ ރުޅި އަރުވާލައިގެން ސާޢިމްއަށް ލިބޭނީ ކޮން އުފަލެއް ހެއްޔެވެ؟ ކާމިޔާބު ހިނިތުން ވުމަކާއި އެކީ ސާޢިމް ކާރުގެ ހުންގާނުގައި ހިފައި ބާރަށް ދުއްވާލިއެވެ.
ހަދީޖާ ބުނި ގެޔާއި ހަމަވުން ސާއިމް ކާރު މަޑުކޮށްލިއެވެ.
:މީތަ ދައްތަގެ ގެޔަކީ. އާއިލާ އެއްކޮށް ދޯ އުޅެނީ” ސާއިމް ބާވެފައިވާ އިމާރާތާޢި ދިމާލަށް ނަޒަރު ހިންގާލަމުން އަހާލިއެވެ.
“އާން މީ ގެޔަކީ. އެކޮޔެ އާއިލާގެ ވާހަކަ ނުދައްކާ. ދަރިފުޅު ބަލާ މައިންބަފައިން އުފާކޮށްދެވޭތޯ. މިއަދު އެމީހުން ކުރާ ބުރަ މަސައްކަތް ނޭނގުނަސް އަމިއްލަ ދަރިން ލިބި އެ ތަކުލީފު އުފުލަން ޖެހުނީމަ ވިސްނޭނެ މައިންބަފައިންގެ އަގު. ވަރަށް ބޮޑަށް ޝުކުރިއްޔާ ގެޔަށް ލައިދިނީތީ” ސާއިމްއަށް އިތުރު ސުވާލެއް ކުރުމުގެ ފުރުސަތު ނުދީ ހަދީޖާ ކާރުން ފައިބައިގެން ދިޔައެވެ.
ހަދީޖާ އެދެއްކީ މީހުން ބުނާތީ އަބަދުވެސް ސާއިމްއަށް އިވޭ އަޑު ތަކެވެ. އެހެންނަމަވެސް އޭނާ ކަހަލަ މައިންބަފައިން ނޭނގޭ މީހުންނަށް ކޮށްދެވޭނީ ކޮން ކަމެއް ހެއްޔެވެ؟ ދަރިން މައިންބަފައިންނަށް އަދާކޮށްދޭން ޖެހޭ ހައްގުތަކޭ ކިޔާ އިރު މައިންބަފައިން ދަރިންނަށް އަދާކޮށްދޭން ޖެހޭ ހައްގުތަކެއް ނުވޭ ހެއްޔެވެ؟
ނިދަން އަރާ އޮތް ސާއިމްގެ ސިކުޑީގައި ދައުރު ވަމުންދާ ފިކުރުތަކުން ނިދިން ވަނީ މަހްރޫމް ވެފައެވެ. ކިތައްމެ ވަރަކަށް ބަދަލްކުރަން އުޅުނަސް އޭނާއަކީ ކާކުކަން ބަދަލުކުރެވޭ ކަށް ނެތެވެ. ހަޔާތުގައި އަޒުމް ކަނޑައަޅާ ކޮންމެ ކަމެއް މިހާތަނަށް ކުރަމުން އަޔަސް މައިންބަފައިންގެ ލޯތްބަކީ އޭނާއަށް ތަގުދީރު މަނާ ކޮށްފައިވާ އެއްޗެކެވެ. މަޔެއްގެ ކުލުނާއި ބަފައެއްގެ ރުހުމަކީ ފުރާނައިން އެދޭ ހުވަފެންތަކެވެ. އެއަސަރު މޭތެރޭ އަބަދަށްމެ އެދިއެދި ހުންނާނެއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
50 Comments!
Comments are closed.







assalaimalaikum and good morning readers of vaashe oaga hitha. here is the second ep. hope you will like it. if plz leave a comment. if there are any mistakes help me improve. loves …
Sorry readers. Assu 8 years back eh noon ngey. 6 years back vaany. My mistake ?
wow … stry v nice igey .. ..maroon.. when next part … waiting . next part.. lovely stry ♥♥♥…heheh thankx roon
yeh sam first dhww heheh…… hehhe roon its ok ehnves vaane …
Hey sam
Yes you first dear.. next part saturdayga ngey.
Thanku ??
And u gave me a nick name .. ROON ❤ lovely ☺
ahahah roon ah ok dhww ehn kiyass … thankx . happy vehje roon ah lovely name eh kiunymaa ♥♥
Hehehe sam… yeah roon is nice ?.. roon ves happy vejje
v salhi .. maroon mi story nimendhen up kohdhechey.. kon dhuvahakun next part..
Thanku dear…sure maany nimendhn upkoh dheynan… next ep saturdayga.. see u then ?
Vv loabii story and keep it up gud morning B-)
Thanku sis ?
Wow dhen sam first dhw dhen sis 3 eh nun lovey rooney 😀 🙂
Yes sis 3rd.. thanku sis story kiyaalyma.. ?
Love u baby ag tell mě love please
Varah salhi.. ❤
Thanku kuddy ?
Nice story n dhigukoh genesdhey thee happy.☺ Thanks
Thanku xxxx ?
Hi! maroon..?Zeen ziyam dheke rulhi annanee eyee 6 years kurin zeen aa dhimaavi meehaa veematha?? Kuriah huri part thakun dw engeynee… nd alhugandah varah heevey zai aa shaaim aa gulheynehen evarakah noonviyya e rulhi annanee…?anyways story hama varah salhi..
Waiting for next part..??
Hey adha. Yup kuriah huri baithakun egeyne … zai aai saae ge vaahakathahves kuriah othy hama.
Thanku v bodah story kiyaalaafa comment kollyma. See u next saturday.. ???
V salhi
Thanku shii ?
Woww. Nimunu iruves neyngunu. I was just lost in the story. Vvvvvvv reeethi. And mihaa dhigukoh komme faharakuves genesdhechey. 😀 and maroo. Thee girl eh tha?
I will try my best dear.. thanku for reading nonns ?
Yes girl eh. Kihinei v anekkaa ?
Just asked :D^ω^
varah salhi and dhigu kohgenesdhinyma thanks
Thanku dhaana ?
Wow masha allah v rythi mi muskulhi anhen myhaa aky saaim ge mom tha? N ziyam dheke zeem ehaarulhi annany kyvve?? Zainaa n saaim hyvany loabivaahen anyway stry v rythi speachless kon irakun nxt prt pls avas kollah chey plx n thanks maroon 4 the luvly stry ??❤???❤
Thanku kajjaa…saae ge mom fahun ngeyne. Vedhaane thi meeha ahves ?
And ziyam dheke rulhi anna sababu hama neygunutha ?
Saaii abd zai ge storythah othy.thanku dear ? next ep saturday
Juz wanna ask that who r the main people of this story. Btw story varah habbu
zaina. saim zeen and ziyam…thanku for reading..
V nice mi partvex ingey Roon avahah next part up kohladehchey….
Thanku ainth. Sure dear read it on saturday ?
Yaa of cours….
Varah reethi mibsives..
Thanku addu manje ?
vloabi mi part ves. plus vmaja vesme. thank you maroonkolhu ??
Thanku sophie. Read next ep saturday
Nice varah mi story kuriah dhaagoiy ? keep it up dear ???
Thanku aisha… loves ??
Maasha Allah thanks maroon mihaa dhigukoh upkoh dheythee n nimendhen up kohdhehchey
Hey shau… thanku… sure dear nimendhn upkoh dheynan ??
Vvv reethi???
Thanku khadeeja. ?
V reethi story adhi dhigu kon genes dhey thy varah kiyaa hih vey. Maroon?❤❤?
Thanku azuna.. ??
Rooo waahaka warah salhi ingeyh.. But next part when?
Thanku xaxa. Mihaaru innany up vefa ??
nice story
V nice❤❤
Maa shaa Allah