Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ވާށެ އޯގާ ހިތާ 3

maroon Level 810 Stories100 Comments500 Comments100 Login1K Comments100 Stories
June 17, 2017 16 Mins Read
52 Comments

ނިދަން އަރާ އޮތް ސާއިމްގެ ސިކުޑީގައި ދައުރު ވަމުންދާ ފިކުރުތަކުން ނިދިން ވަނީ މަހްރޫމް ވެފައެވެ. ކިތައްމެ ވަރަކަށް ބަދަލްކުރަން އުޅުނަސް އޭނާއަކީ ކާކުކަން ބަދަލުކުރެވޭ ކަށް ނެތެވެ. ހަޔާތުގައި އަޒުމް ކަނޑައަޅާ ކޮންމެ ކަމެއް މިހާތަނަށް ކުރަމުން އަޔަސް މައިންބަފައިންގެ ލޯތްބަކީ އޭނާއަށް ތަގުދީރު މަނާ ކޮށްފައިވާ އެއްޗެކެވެ. މަޔެއްގެ ކުލުނާއި ބަފައެއްގެ ރުހުމަކީ ފުރާނައިން އެދޭ  ހުވަފެންތަކެވެ. އެއަސަރު މޭތެރޭ އަބަދަށް އެދިއެދި ހުންނާނެއެވެ.


 

ޒީންގެ މިޒާޖު ޑޮކްޓަރަށް ދައްކަން ފެށިފަހުން އިތުރަށް ގޯސްވާހެން ޔުމްނު އަށް ހީވިއެވެ. ހަރުދަނާ ކާއެއްޗިސާއި ދުރުވެ ކޫސަނި ތަކެއްޗާއި ގަޔާވެއްޖެއެވެ. ގިނަ ވަގުތު ހޭދަކުރަނީ އެކަނި ކޮޓަރި ތެރޭގައި ކޮންމެވެސް އެއްޗެއް ހެދުމުގައެވެ. ވާހަކަ ދައްކަން މަދުވެ އަނަރޫފަކަން މީހާ ވަށާލަމުން ދިޔައެވެ. ވީ ކީއްތޯ އަހާލަމުން ވާހަކަ އޮޅުވާލައި ނޫނީ އަޑު ނީވޭ ކަމަށް ހަދާލައެވެ.

ޒީން އެދިފައިވާ ގޮތަށް ޔުމްނު އެވާހަކަ ފަރުހާދަށް ސިއްރުކުރިއެވެ. މިކަހަލަ ވަގުތަކު ޒީންއަށް އެންމެ ބޭނުންވާނީ އޭނާއަށް އިތުބާރު ކުރެވޭ ރައްޓެއްސެއްކަން ޔުމްނުއަށް އެނގެއެވެ. އެހެންނަމަވެސް މިހާރު ކަންތައް މިދާގޮތުން އިތުރު މީހަކާއި ވާހަކަ ދައްކައިގެންނަމަވެސް ޒީންއަށް އަވަސް ޝިފާއެއް ލިބުމަށް ޔުމްނު އެދެއެވެ.

ޔުމްނު ގެ އެދުމުގެ މަތިން ޒީންގެ ޑޮކްޓަރާއި ބައްދަލުކުރުމުގެ ފުރުސަތު ސާއިމް ހޯދައިދިނެވެ. މައްސަލަތަކަށް ލުއެއް ލިބޭނެ ކަމަށް އުއްމީދު ކުރަމުންނެވެ. ޔުމްނު ވަނީ ޒީންއަށް މިކަން ސިއްރުކޮށްދޭން ސާއިމްއާއި ޒިޔަމް ކައިރިން އެދިފައެވެ. ސަބަބަކީ ޒީންއަށް މީގެން އެއްވެސް ކަމެއް އެނގޭ ދުވަހު ޒީން އޭނާއާއި ދޭތެރޭ ދެކޭ ގޮތަށް ބަދަލެއް އައިސްފާނެތީއެވެ.

“ޝުކުރިއްޔާ އަޅުގަނޑާއި ބައްދަލުކޮށްލައްވަން އެއްބަސް ވެލެއްވީމަ. އަޅުގަނޑު އެބަހުރި ޒީންއާއި ބެހޭ ގޮތުން ބައިވަރު ކަންތައް އޮޅުންފިލުވަން” ޔުމްނު ޒިޔަމް ކުރިމަތީ ހުރި ގޮނޑީގައި އިށީދެ ހަމަޖެހިލިއެވެ.

“އަޅުގަނޑުވެސް މިހިރީ ޒީންއާއި ބެހޭ ގޮތުން އިތުރު މައުލޫމާތު އެގެން ބޭނުންވެފަ. ޒީން އެއީ އެހާ ގިނައިން ވާހަކަ ދައްކާ ކުއްޖެއްހެން ހިޔެއް ނުވޭ.. ކޮފީ އެއް ގެންނަން ތޯ” ޒިޔަމްވެސް ހުރީ ޔުމްނު އާއި ބައްދަލުކޮށްލަން ބޭނުންވެފައިކަން އޭނާގެ ވާހަކަތަކުން ޔުމްނު ދެނެގަތެވެ. ޔުމްނު ބޯ ޖަހާލުމުން ޒިޔަމް އޭނާގެ މޭޒުމަތީ ހުރި ފޯނުން ރިސެޕްޝަންއާއި ގުޅައި ދެކޮފީއަށް އެދުނެވެ. ހެނދުނު ސައި ލުއި ގޮތަކަށް ބުއިމުން ޒިޔަމް ހުރީ ކުޑަކޮށް ހައިވެފައެވެ. ދެންމެ ކެއުމަށް ގެޔަށް ދާން އުޅުނަސް ޔުމްނު އައުމުން އޭނާ ތާށިވީއެވެ.

“ލައްބަ ޒީންއަކީ ވަރަށް އެކަނިވެރިކަމަށް ލޯބިކުރާ ކުއްޖެއް. ޒީން ބައްޕަ ވިދާޅުވަނީ އަޅުގަނޑާއި ޖެހުނު ފަހުން ކަމަށް ޒީން ކުޑަކޮށްވެސް ބޭރު ތެރެއަށް ނުކުމެ މީހުންނާއި ވާހަކަ ދައްކަނީ. ” ޔުމްނު ހިނިތުންވެލަމުން ޒިޔަމްގެ ވާހަކަ ތެދުކުރިއެވެ.

“ޑރ. ސާއިމް ކިޔާދެއްވި އެއްޗެއްގެ އިތުރުން ދެން އިތުރަށް ޒީންއާއި ބެހޭ ގޮތުން އެގެން ބޭނުން. މާޒީގެ ކަންތަކާއި ޒީންގެ ފިޓް ޖެހުމާއި ބެހޭ ގޮތުން އެނގިލައްވަނީ ކިހާ ވަރަކަށްތޯ” ޒިޔަމް ޒީންގެ މާޒީއާއި ބެހޭ ގޮތުން އެއްސެވެ.

“ކުޑަ އިރުއްސުރެ ޒީން ފިޓްޖެހޭ. މިހާރު ކޮންޓުރޯލް ކޮށްފަ އޮންނަނީ ބޭހުން. މިދިޔަ އަހަރު ބޭސް ކެއުން އެއްކޮށް ހުއްޓާލުމަށް ޑޮކްޓަރު ލަފާ ދެއްވީ. ޒީންއަށް މި އަޑުތައް އިވެން ފެށީ ޒީން މަންމަ މަރުވިތާ ދުވަސްކޮޅެއް ފަހުން. މަންމަ މަރުވުމުގެ ގާތް ގަނޑަކަށް އެއް ހަފްތާ ކުރިން ޒީންއަށް ބަދަލު އަންނަން ފެށި. ކޮންމެވެސް ހިޔާލަކަށް ގެއްލިފަ ހުންނަހެން ހީވަނީ. އަޅުގަނޑާއި ވާހަކަ ދެއްކުންވެސް މަދުވި. މިދެތިން ދުވަހު ޒީން އައި ބަދަލު އޭރުވެސް ފެންނަން ފެށީ. ” ޒީން އާއި ބެހޭ ގޮތުން ޔުމްނު ދައްކަމުން ދިޔަ ކޮންމެ ވާހަކައެއް ޒިޔަމް ދިޔައީ ކަނުލައި އަޑުއަހަމުންނެވެ.

“ޒީން މަންމަ މަރުވީ ކިހިނެތް” ޔުމްނުގެ ވާހަކަ މެދު ކަނޑާލުމަށްފަހު ޒިޔަމް އަހާލިއެވެ. އެވަގުތު ދެ ކޮފީ ތަށި ތަބަކަށް ލައިގެން ލަމްހާ އެތެރެއަށް ވަނެވެ. ލަމްހާ ދިޔުމާއި އެކީ ދެމީހުން ކުރިން ދައްކަމުން ދިޔަ ވާހަކައަށް އެބުރި ދިޔައެވެ.

“ވަރަށް ގަދަ ހުމެއް ޖެހިގެން މަރުވީ. ފާތުމަ ދައްތައަކީވެސް ފިޓް ޖެހޭ މީހެއް. ހޭނެތިފަ އޮތް ހޮސްޕިޓަލަށް ގެންދިޔައީ.  ޑޮކްޓަރުން ވިދާޅުވީ ހޮސްޕިޓަލަށް ގެންދިޔުން މާލަސްވެގެން ކަމަށް މަރުވީ. ކުރިން ގެންދެވުނު ނަމަ ފުރާނަ ސަލާމަތްވީ ކަމަށް” ޔުމްނު މާޒީގެ ކަޅު ސޮފްހާތައް ޒިޔަމްއަށް ކިޔައިދެމުން ދިޔައެވެ.

“މަންމަ މަރުވި އިރު ޒީން އާއި ދެމީހުން އެއްވެސް ކަމަކާ ހިތްހަމަނުޖެހިފަތަ ތިބީ. މަންމަ މަރުވީ ޒީންގެ ކުށުން ނޫންކަން ޒީން ގަބޫލްކުރޭތަ” ޒިޔަމް ކޮށްލި ސުވާލުން ޔުމްނު ދިޔައީ ހައިރާންވެގެންނެވެ. ޒިޔަމް ހީކޮށްގެން އުޅެނީ ކީކޭ ހެއްޔެވެ؟ ފާތުމަ ދައްތަގެ މަރަކީ ޒީން ކުރި ކަމެއް ނޫނެވެ. ޒީން އަކީ ގާތިލެއް ނޫނެނެވެ. އެއީ ގުދުރަތުގެ ނިޔާއެކެވެ.

“ސޮރީ ސުވާލު އޮޅުނީ ދޯ. އަހަރެން. ސޮރީ އަޅުގަނޑު ބުނަން އުޅުނީ މިސާލަކަށް މީހުން ގަބޫލްކުރޭ ގާތް މީހެއްގެ މަރަކީ އެމީހާގެ ކުށުން ވީކަމެއް ކަމަށް. ދެންމެ ބުނެފި ޒީން މަންމަ ހޮސްޕިޓަލަށް ގެންދިޔުން އަވަސް ވިނަމަ ފުރާނަ ސަލާމަތް ކުރެވުނީހޭ. ސޯ ޒީން ގަބޫލް ކުރޭހޭ އެއީ އޭނަ ގެ ކުށެއް ނޫންކަން މަންމަ ހޮސްޕިޓަލަށް ގެންދިޔުން ލަސްވުމަކީ. ތީ ބެސްޓު ފުރެންޑުސް އޭ ބުނިން ދޯ. އެހެންވީމަ ޒީން އޮވެދާނެ އެއްނު ސީދާކޮށް ވިޔަސް ނުސީދާކޮށް ވިޔަސް އެކަހަލަ ވާހަކައެއް ނޫނީ އިޝާރާތެއްކޮށްފަ” ޒިޔަމް ކުރިން ކުރި ސުވާލު މިފަހަރު ތަފްސީލްކޮށް ކިޔާ ދިނެވެ.

“ނޫން. އެވަގުތަކީ ރޭގަނޑަށް ވުމުން އެއްމެން ތިބީ ނިދާފަ. ޒީން ބައްޕަ ވިޔަފާރި ދަތުރެއްގަ މާލެ އައިސް އުޅުނީ. ހެނދުނު ދޮރު ނުހުޅުވާތީ ގޮސް ބެލި އިރު އޮތީ މަރުވެފަ. އެރޭ ޒީން ގޮސް މަންމައަށް ބޭސްވެސް ދިން ހުން އެހާ ގަދަކޮށްލާފަ ހުރީމަ. އަދި ހުން ތިރި ނުވެއްޖެނަމަ އަނެއް ދުވަހު ޑޮކްޓަރަށް ދައްކަން ކިޔައިގެން ނިދަން ދިޔައީވެސް. މަންމަ ކައިރީ އެކޮޓަރީ ނިދަން ވެސް ޒީން އުޅުނު. އެކަމަކު މާވަރަކަށް ދެކޮޅު ހަދާތީ ޒީން އަމިއްލަ ކޮޓަރިއަށް ދިޔައީވެސް. އަޅުގަނޑަކަށް ނުފެނޭ މީގައި ޒީންގެ އެއްވެސް ކުށެއް އޮތް ތަނެއް. އަދި ޒީންއަށް މިހެން އިހްސާސް ވެދާނެ އެއްވެސް ސަބަބެއް” ޒިޔަމް ކުރި ސުވާލުން މާޒީ އާއި ދެތެރޭ ވިސްނާލަން ޔުމްނުއަށް ޖެހުނެވެ. ޒިޔަމްވެސް ޒީންއާއި ބެހޭ ގޮތުން އެނގޭ ވަރަކަށް ޝައުގު ދިޔައީ އިތުވަމުންނެވެ.

“ޒީން އަށް އެޚަބަރު ލިބުނީ ކިހިނެތް. ޒީން އަމިއްލައަށް ތަ ފެނުނީ ނޫނީ އެހެން މީހެއްގެ ފަރާތުންތަ” ޒިޔަމް ސުވާލުކޮށްލިއެވެ.

 

“އަޅުގަނޑުގެ މަންމަވެސް އޭރު ހުރީ އެގޭގަ. މަންމަ ޒީން އަށް އެ ޚަބަރު ދިނީ. މަންމަ ބުނި ހަނދާންވޭ ޒީން ހުރީ ހުއްޓުން އަރާފައޭ.. ޒީން ހަށިގަނޑު ކައިރިއަށްވެސް ގެންދަން ޖެހުނީ އަތުގަ ހިފައިގެން. އަޅުގަނޑަށް ވަރަށް ފާހަގަވި ކަމެއް ބުނުއްވަންތޯ. ޒީން އެއީ ހިތްވަރުގަދަ ކުއްޖެއް. އެކަމަކު ކޮންމެ މީހެއްވެސް ދެރަވާނެ ދެއްތޯ ގާތް މީހަކު މަރުވީމަ. ހާއްސަކޮށް މަންމަ. އެކަމަކު އެދުވަހު އަދި އެހެން ދުވަހަކުވެސް އަޅުގަނޑު ނުދެކެން ޒީން ލޮލުން އެންމެ ކަރުނަ ތިއްކެއްވެސް ވެއްޓުނު ތަން. މަންމަގެ ވާހަކަ ދައްކައިފިއްޔާ ހުންނާނީ ޖެހި ބުދެއް ހެން. އިހްސާސެއް އެހެން މީހަކަށް ނުދައްކާނެ. އެކަނި ހުރެ ރޮނީ ކަމަށްވެސް ވެދާނެ ދެއްތޯ” ޔުމްނު އެހެން މީހެއް ކައިރީ ނުދައްކާ ވާހަކަތައް ޒިޔަމްއަށް އެއްވެސް ފަސްޖެހުމެއް ނެތި ކިޔާ ދިނެވެ.

“ތިހެން ވެސް ވެދާނެ. އެހެން ނޫނީ މި ވޭތުވެ ދިޔަ ހުރިހާ ދުވަހު ވީ ކަންތައް ހިތުގައި ފޮރުވައިގެން ހުރުމުން ޒީންއަށް އޭގެ އަސަރު ކުރަނީ ކަމަށްވެސް ވެދާނެ. އިންސާނުން ތެރޭ ގުޅުން އޮންނަނީ އެކަކު އަނެކަކެއްގެ ފަރާތުން އެހީ ލިބިގެން ކުރިއަށް ދެވޭ ގޮތަށް. އެއްވެސް ކަމަކީ އެކަނި ކުރެވޭނެ ކަމެއް ނޫން. އެހެން ހީކުރުމަކީ ނަފްސަށް ހެދޭ އެއްމެ ބޮޑު ދޮގު. އެގޮތުން އިހްސާސްތައްވެސް އެހެން މީހުންނަށް ކިޔާއި ދީގެން އުޅުން މުހިއްމު. އޭރުން ދެއްތޯ އަނެކާއަށް އެހީއެއް ވެދީ އަމިއްލަ ނަފްސަށް ލުއެއް ލިބޭނީ” ޒިޔަމް އޭނާއަށް ފެންނަ ގޮތް ކިޔާ ދިނެވެ. ޒީންއާއި ދޭތެރޭ ގޮތެއް ނިއްމަން އަދި މާ އަވަހެވެ.

ދެމީހުންވެސް އެތައް އިރެއް ވަންދެން ޒީންގެ މާޒީގެ ވާހަކަ ދެއްކިއެވެ. ޔުމްނު ހުރީ ޒީންއަށް ޝިފާ ލިބޭނެ ކޮންމެ ގޮތެއް އޮތަސް އެކަމެއް ކުރަން ތައްޔާރަށް ކަމަށް ވާހަކަ ތަކުން ދޭހަވެއެވެ.


 

ފަތިސް ނަމާދު ކޮށްލައިގެން ނިދި ޒީންއަށް ހޭލެވުނީ ދިހައެއް ޖަހަން ފަސް މިނެޓަށް ވެފައި ވަނިކޮށެވެ. ކަންނެތް ކަމާއި އެކު އެނދުން ތެދުވެ ފެންވަރަން ވަނީ ބަނޑުހައި ވެފައި ހުރިލެއް ބޮޑުކަމުންނެވެ. ރޭގައި ކާން އިންދައި ބައްޕަ ކޮޓަރިއަށް ވަން ޒީން އަށް އެތައް އިރެއް ވަންދެން ފޯނުގައި އޮވެވުނީ މަންމައާއި ބައްޕަ މަތިން ހަނދާންވާލެއް ބޮޑުކަމުންނެވެ. ބައްޕަ ކައިރީ އާދޭސްކުރީ މާލެއަށް ޒީން ކައިރިއަށް އައުމަށެވެ. ދުރުގައި ހުންނާތީ މަންމަ މަތިން މާބޮޑަށް ހަނދާން ވާ ވާހަކަ ނުބުންޏަސް ހިތް އެދެނީ ބައްޕަ ފެންނަ ހިސާބުގައި ހުރުމަށެވެ. ޒީންގެ އާދޭހަށް ފަހު އެއްމެފަހުން ފަރުހާދު  ވިޔަފާރި ޒާހިދު އާއި ހަވާލުކުރުމަށްފަހު މާލެ އައުމަށް އެއްބަސްވިއެވެ. ބައްޕަގެ ވާހަކާއިގެ އަވާގައި ޖެހި ޒީންއަށް ކާން އެޅި ބަތްތަށި މަތިންވެސް ހަނދާން ނެތުނީއެވެ.

ފެންވަރައި ރީތި ވެލައިގެން ޒީން ސިޓިންރޫމަށް ނިކުތް އިރު ގޭތެރޭގައި ވީ ފަޅުކަމެވެ. އޮފީސް ދުވަހެއް ކަމުން ޔުމްނު އާއި ގުޅުމަށް ޒީން ފޯން ނެގިއެވެ. މިދިޔަ ދެތިން ދުވަސް ތެރޭގައި ޒީން އުޅުނީ ޔުމްނުއަށް “ފިލައިގެން”ނެވެ. ހިތުގައި އުފެދިފައިވާ ހައިޖާންގަނޑުގެ ސަބަބުން ޔުމްނުއާއި ކުރިމަތިލާން ޖެހިލުންވެފައެވެ. އިހްސާސްތައް ބަންޑުންވެދައިނެތީ ބިރަށެވެ.

ދެތިން ފަހަރު ގުޅާލުމުންވެސް ފޯން ނުނެގުމުން ޒީން ދެރަވާ ގޮތްވިއެވެ. އަނެއްކާ ޒީންއަށް އުޅެވޭ ގޮތަކުން ދެމީހުންގެ ރައްޓެހިކަމަށް ބުރޫ އަރަނީ ބާއޭ ހިތާއި ސުވާލުކޮށްލެވުނެވެ. ދެރަވެފައިވާ ޒީންގެ މޫނު މައްޗަށް ލުއި ހިނިތުންވުމެއް ވެރިވީ ބަދިގެއަށް ވަން އިރު ކާމޭޒުމަތި ފެނުމުންނެވެ. ތަށިތައް ތަރުތީބުކޮށް އަތުރާލާފައިވާ އިރު ހެނދުނުގެ ނާސްތާއެއްގެ ފުރިހަމަކަން ސިފަވެއެވެ. ބަރަބޯ މަސްހުންނާއި ބޭކްކެޑް ބީންސްގެ އިތުރުން ދެ ވައްތަރެއްގެ ރޮއްޓެވެ. ފެނު ކެއްކި ބިހާއި ސޮސެޖްއެވެ. ދެން ފުރުޓު ތައްޓެކެވެ.

އެއްވެސް ޝަކުވާއެއް ނެތި  ޔުމްނު އޭނާއަށް މި ބަހައްޓާ އޯގާތެރިކަމުން ޒީން އަށް ލިބުނީ ބަޔާންކުރަން ދަތި އުފަލެކެވެ. މޭޒު މަތި ފެނުމުން ޒީން ކުޅުދިޔާ ވިއެވެ. ހަރުން ތައްޓެއް ނަގައި ހެނދުނުގެ ސަޔަށް އިންސާފުކޮށްލުމަށް ގޮނޑީގައި އިށީދެ ހަމަޖެހިލިއެވެ. އެކަމަކު އޭގެ ކުރިން ޔުމްނުއަށް ތެންކްޔޫ ބުނެލަން ބޭނުންވާތީ ޒީންގެ އޮފީސް ފޯނަށް ގުޅާލިއެވެ. އެކޮޅުން ފޯން ނެގީ ޔުމްނުއާއި އެއްކޮށް މަސައްކަތް ކުރާ ކުއްޖެކެވެ. ޒީން ޔުމްނުއަށް ގޮވާލަ ދިނުމަށް ނިކަން ފޯރިއާއި އެކީ އެދުނެވެ. އެހެން ނަމަވެސް އެކުއްޖާގެ ފަރާތުން ލިބުނު ޖަވާބާއި އެކީ ޒީންގެ އަޑުގައި ވި ފޯރިކަން ކެނޑިގެން ދިޔައެވެ.

ޔުމްނު އޮފީހަށް ސަލާމް ބުނެ އަދި ޒީން ގާތުގައިވެސް ނުބުނެ އެދިޔައީ ކޮންތާކަށް ހެއްޔެވެ؟ ދެތިން ފަހަރު ޒީންއަށް އޭނާގެ ފޯނުގެ މެސެޖު ބަޔާއި ވައިބަރ ޗެކް ކޮށްލެވުނެވެ. ޔުމްނުގެ އެއްވެސް މެސެޖެއް އަދި ކޯލެއްވެސް އައިސްފައެއް ނެތެވެ. ޔުމްނު އަކީ ދެމީހުން އެއްކޮށް އުޅެން ފެށީއްސުރެ ނުބުނެ އެއްވެސް ތާކަށް ދާ ކުއްޖެއް ނޫނެވެ. ކައިރީގައި ހުރި ފިހާރައަށް ދިޔައަސް އެވާހަކަވެސް ބުނާނެއެވެ. ދެރައާއި އެއްވަރަށް ޒީންއަށް ހާސްކަން ލިބުނެވެ. އަނެއްކާ ޔުމްނުއަށް ކަމެއް ވީބާއޭ ހިތައި ސުވާލުކޮށްލެވުނެވެ.

ޔުމްނު ރައްޓެހިވެގެން އުޅޭ އަރީޝްއަށް ގުޅައި ޔުމްނު ދިޔަ ތަނެއް ހޯދަން ޒީން އަވަސްވެގަތެވެ. ފިނިވެފައިވާ ދެއަތުން ޒީން އަރީޝްއަށް ގުޅާލިއެވެ. އެހެންނަމަވެސް އޭގެން އެއްވެސް ކުރިއެރުމެއް ނުލިބުނެވެ. އަރީޝްގެ ޖަވާބަކަށް ވީ ޔުމްނު ދާނީ އޮފީހަށް ނޫން ހެއްޔެވެ؟ އޭނާއަށްވެސް ވީ ޒީންއަށް ވީ ވަރެވެ.

އަރީޝް ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އެގެއަށް އައިއްސިއެވެ.

“މެސެޖެއްވެސް ނުކުރޭތަ. މަށަށްވެސް ގުޅުނު ވަރެއް ނޭނގެ. މިއަދު ހެނދުނު ނުވެސް ގުޅާ. ހީކުރީ ބިޒީ ވީމަ ކަމަށް. އެހެންވެ އަޅާނުލީ” ދެމީހުންވެސް ތިބީ އެއްހާލަތެއްގައެވެ.

ދެކޮޅަށް ހިނގާލަ ހިނގާލައެވެ. މާލޭގައި އުޅޭ ދަންނަ އެއްމެނަށް ހެން ގުޅިއްޖެއެވެ. އެއްވެސް މީހަކަށް ޔުމްނުގެ ޚަބަރެއް ވީކަމަކަށް ނުވެއެވެ.

ދެމީހުންގެ މެދުގައި ވި ސީރިއަސްކަމަށް އިތުރު ހައިރާންކަމެއް ލިބުނީ މީހަކު ގޭގެ ދޮރު ހުޅުވާލި އަޑަށެވެ. އެއްފަހަރާ ތެދުވެ އެދިމާލަށް ބާރަށް ދެވުނީ އެއީ ޔުމްނު ކަމަށް ހިތުން ދުއާކުރަމުންނެވެ.

“ޔުމްނު” ދެމީހުންނަށް އުފަލުން އެއްފަހަރާ ކަހަލަ ގޮތަކަށް ގޮވާލެވުނެވެ. އަދި އަވަސް އަވަހަށް ދެފަރާތުން ގޮސް ޔުމްނު ގައިގައި ބައްދާލެވުނެވެ.

“ކިހިނެތް ވީ” ޔުމްނު އަށް ލިބުނީ ހައިރާންކަމެވެ. އަރީޝްއާއި ޒީން އަށް ވެފައި ހުރި ވަރު ފެނުމުންނެވެ. ދެމީހުންގެ މޫނުމަތިން ވެސް ފެންނަމުން ދިޔައީ އެހެން ކަހަލަ ހިނިތުންވުމެކޭ ހިތަށްއެރިއެވެ. ޔުމްނު ސުވާލުކޮށްލީ ވަމުންދާ ކަންތައް ނޭނގޭ ހާލުގައެވެ.

“ކީއްވެތަ ނުބުނެ ދިޔައީ، އެއްމެ ކުޑަމިނުން މެސެޖެއް ކޮށްލިނަމަ” ދެއްމެ އެފަލުން ހުރި އަރީޝްގެ މޫނުމަތި ކުއްލިއަކަށް ބަދަލުވިއެވެ. އަރީޝް ބާރަށް ބުނެލީ ހިތްހަމަނުޖެހިފައި ހުރެއެވެ.

“ޔުމް އަށް އެނގޭތް އަހަރަމެން ހާސްވެގެން އުޅުނުވަރު. ޔުމްނު ދަންނަ އެއްމެނަށް ގުޅިއްޖެ. ދެން ދުވަހަކުވެސް ނުބުނެ ތާކަށް ގޮސްގެން ނުވާނެ” ޒީން ކޮށްލީ އަމުރެކެވެ. އަރީޝްއާއި އެއްވަރަށް ޒީންވެސް ހުރީ ހިތްހަމަނުޖެހިފައެވެ.

“އޯ.. އަދި ކިރިއާ މި ގެޓްވީ.. ހެހެހެ. ވަރަށް ބޮޑަށް ސޮރީ އިނގޭ” އަރީޝްއާއި ޒީންއަށް ވެފައި ހުރި ވަރު ފެނި ޔުމްނު ގާތަށް ކުޑަކޮށް ހިނިއައެވެ. ނަމަވެސް އެކަން އެއްފަރާތް ކޮށްލުމަށްފަހު ޒީންއާއި އަރީޝް ހަމައަކަށް އެޅުވޭތޯ ޔުމްނު މަސައްކަތް ކުރިއެވެ.

“ދެން އެހެން ނުހަދާނަން މަގޭ ދެ ރަންކޮޅަށް. އެހާ ރުޅި ނާދޭ ދެން. އަޑެއް ނާހަންތަ ރުޅި އަންނަ މީހުން އަވަހަށް މުސްކުޅިވާނޭ.” ޔުމްނު ސަމާސާކޮށްލަމުން ތަނުގައި އޮތް ނުރުހުން ތިރިކުރެވޭތޯ އުޅުނެވެ. ޔުމްނު އަށް އެކަން ކާމިޔާބު ވާން މާ ގިނަ އިރެއް ނުނެގިއެވެ.

ޒީން ހަމައަކަށް އެޅުމުން ސައިބޯން ފޮނުވާލުމަށްފަހު ޔުމްނު އަރީޝް ގޮވައިގެން އޭނާގެ ކޮޓަރިއަށް ދިޔައެވެ. އަދި ވީ ގޮތް އެއްވެސް ފަރުދާއެއް ނެތި ތެދުބަހުން ކިޔާ ދިނެވެ. އަރީޝްއަށް ޔުމްނު ދިޔަތަނާއި ސަބަބު އެގުމުން ހިތް ސާފުވެގެން ދިޔައެވެ.

ދެމީހުންގެ ވާހަކަ ކުރިއަށް ގެންދިޔައިރު ކާން ފޮނުވި ޒީން އެމީހުންގެ ވާހަކަ އަޑު އިވޭ ހިސާބުގައި ހުރިކަން ނޭނގެއެވެ. ޒީން ބަދިގެއަށް ވަނުމަށްފަހު ޔުމްނު ހޯދަން އައީ އޭނާ އާއި އެކީ ސައިބޯން އައުމަށް އެދުމަށެވެ. އެހެން ނަމަވެސް ކުޑަކޮށް ހުޅުވާލެވިފައިވާ ދޮރުން ބޭރުވެގެން އައި ވާހަކަ ތަކަކުން ޒީންއަށް ހުއްޓުން ގެނުވިއެވެ. އެއިވެނީ ހަގީގަތްތޯ ބެލުމަށް އިތުރު ސަމާލުކަމެއް ދޭން ޖެހުނެވެ.

ޔުމްނު އޭނާ އައި ތަން ސިއްރު ކުރުމަށްވުރެ ބޮޑަށް ޒީން ދެރަވީ އެކުވެރިޔާގެ ފަރާތުން ދޮގުވެރިކަން ފެނުމުންނެވެ.

ސައިބޮއިފި ކަމަށް ހަދައިލައި ޒީން ކޮޓަރިއަށް ވަން އިރު މޫނު މަތީވީ ނުތަނަވަސްކަމެވެ. އެތައް ހިޔާލްތަކެއް ސިކުޑީގައި އެބުރެމުން ދެއެވެ. އަނެއްކާ ޔުމްނުއަށް ހަގީގަތް އެގުނީ ބާވައެވެ؟ ދެމީހުން ދެއްކީ ކޮން ވާހަކަ އެއ ބާވައެވެ؟ ޔުމްނު އަށް ހަގީގަތް އެގިއްޖެއްޔާމުން ދެން ކަންތައްވާނީ ކިހިނަކުންބާވައެވެ؟ ޔުމްނުއަށް އެނގޭ ވަރެއް ހޯދަން ޒީން ހުރީ ކެތްމަދުވެފައެވެ. އެކަމަކު އަހާނީ ކިހިނަކުން ހެއްޔެވެ؟ ދެމީހުން ދެއްކި ވާހަކައެއް ހޯދަން ކޮންމެވެސް ގޮތަކުން މަޖްބޫރެވެ. ޔުމްނު ކައިރީ އެހުމަށް ހިތް އެދެމުން ދާއިރު ސިކުޑި ގޮވަނީ އަދި މަޑުކޮށްލުމަށެވެ. ދެ ދުވަހަށް ކެތްތެރި ވުމަށެވެ. ދެވަނަ ފަރާތް ކަމަށްވާ ޒިޔަމް ކައިރީން އެހުމަށެވެ.


 

 

ޒިޔަމް ހެނދުނު ޑިޔުޓީ އަށް އައިގޮތަށް ނިމުނީ ހަވީރު ވާން ކައިރިވެފައި ހުއްޓައެވެ. ކުލިނިކާއި މާދުރުނޫން މިސްކިތަކުން އަސުރު ނަމާދުކޮށްލައިގެން ފައިބައިގެން ޝާހުއަށް ގުޅާލީ ކޮފީއަކަށް ދިޔުމަށެވެ. މާލެ އައިފަހުން ދެމީހުނަށް އަދި ރަގަޅަށް ބައްދަލްވެވޭ ގޮތެއް ނުވެއެވެ.

ޝާހުއާއި ފޯނުން ވާހަކަ ދައްކަމުން އައިސް ޒިޔަމް ހުއްޓުނީ ކްލިނިކް ދޮރު ކުރިމަތީގައެވެ. އެވަގުތަކީ ސާއިމް އެދުވަހުގެ މަސައްކަތް ނިއްމާލުމަށްފަހު ގެއަށް ދާން  ނިކުތް ވަގުތެވެ. ޒިޔަމް ސާއިމްއާއި އެކީ ކޮފީއަށް އައުމަށް ދައުވަތު ދިނެވެ.

 

“އާން ހިނގާ ދާން. ވަރަށް ހައިވެސް ވެއްޖެ. ކޮފީއޭ ބުނީމަ ހަނދާން މިވީ. ޒީން ނާދޭތަ މޮޅު ކޮފީއެއް ގިރައިދޭން” ސާއިމް ކުރިން ދުވަހު ވީ ކަންތަކުގެ ހަނދާން އާކޮށްލިއެވެ.

“ބުދަ ދުވަހަށް އެޕޮއިންޓުމެންޓު އޮތީ. އެކަމަކު ޔުނިވާސިޓީ ފަރާތުން ބާއްވާ ޖަލްސާއަކަށް ދާން އެބަ ޖެހޭ. އެޕޮއިންޓުމެންޓު އެހެން ދުވަހަކަށް ޗޭންޖު ކުރަން މިވިސްނަނީ” ޒިޔަމްއާއި ސާއިމް ވާހަކަ ދައްކަމުން ގޮސް އެރީ ރެސްޓޯރެންޓަށެވެ. ދެމީހުންނަށް އެހިސާބަށް ދެވުނު އިރު ޝާހު އައިސް ކައިރި ކުރަނީއެވެ.

” ކިހިނެތް ކަންތައް. މާލެ އައިފަހުން މަ ހީކުރީ ދެން ފުރީ ވީ ކަމަށް. އެކަމަކު ލޮލުގެ ކޮޅަށް ފެންނަހާ ވަރެއްވެސް ނޫން” އެއްމެން ޝާހު އިށީދެ ހަމަޖެހިލުމުން ޒިޔަމް އާއި މުހާތަބުކޮށް އަހާލިއެވެ. އޭރު ވެއިޓަރ އޯޑާރ ނަގަން މޭޒު ދޮށަށް އައެވެ. ތިން މީހުންވެސް އޯޑާރ ދިނީ ކަޅު ކޮފީއަކަށެވެ.

“މަވެސް ބުރޭކެއް ލިބޭނެ ކަމަށް ހީކޮށްގެން އައީ. އެކަމަކު ބައްޕަ ބޭނުންވަނީ ފުރަތަމަ ދެތިން މަސް އަހަރެން ވޯކުކުރަން.  ބުނީ އޭރުން ނުންހޯ ގޯސް ކަމެއް އޮތަސް ރަގަޅުކޮށްދެވޭނީ”

“ސޮރީ އަދި އިންޓްރޮޑިއުސް ނުކޮށްދެންދޯ.  މީ ސާއިމް އިނގޭ. މަށާ އެއްކޮށް ވޯކް ކުރާ އެއްމެ މޮޔަ މީހާ. ސާއިމް މީ ޝާހު. މަށާއެއްކޮށް ކިޔެވި އެއްމެ މޮޔަ މީހާ” ފުޅާ ހިނިތުންވުމަކާއި އެކީ ޒިޔަމް އޭނާގެ އެއްމެ ގާތް ދެ އެކުވެރިން އެކަކު އަނެކަކަށް ތައާރަފްކޮށްދިނެވެ.

“ހޫ….”ސާއިމް އާއި ޝާހު އަށް އެއްފަހަރާ ޒިޔަމްގެ އެ މަލާމާތަށް ދެކޮޅު ހެދިއެވެ.

“މަ ކިޔާ ދެންތަ މީނަ މޮޔަވަރު” ޝާހު ޒިޔަމްއާއި ދިމާލަށް އިނގިލި ދިއްކުރަމުން ސާއިމްއާއި ވާހަކަ ދެއްކިއެވެ. ޝާހުއާއި އެއްވަރަށް ސާއިމްވެސް ހުރީ އެމީހުންނަކީ މޮޔައިން ނޫންކަން ސާބިތުކޮށްދޭން ހިފާލާފައެވެ.

“މީނަ މުސްކުޅި މިވަނީ. އަދި އަންހެން ކުއްޖަކަށް ބަލާ ނުލާ. ރީތީގެ ރާނީއެއް ކީއްކުރަން ޕަރީ އެއް ކުރިމަތީ ހުއްޓަސް ހިތަކަށް ނާރާނެ އެކައްޗެކޭވެސް. އެކަހަލަ މީހުންނަށް އަހަރުން މޮޔައިންނޭ ކިޔަނީ” ޝާހު އޭނާއާއި އެއްކޮޅަށް ވާހަކަ ދެއްކީ ސާބިތުކަމާއި އެކީގައެވެ. ޒަމާނާއި ތަރައްގީ އާއިއެކު ޒުވާނުން ލޯބިވެރިންގެ އާލަމްތަކުގައި ވަގުތަށް ހުސްކުރާ އިރު އެކުވެރިޔާ އެހުންނަނީ ނުވެސް ދަންނަ ކުއްޖެއްގެ އިންތިޒާރުގައެވެ.

އެވާހަކަ އަޑުއަހަމުން ސާއިމް ޒިޔަމްއާއި ދިމާލަށް ބަލަމުން ދިޔައީ ހެވިފައި އިދެއެވެ. މީ ކުރިން ނުދަންނަ ކަންތަކެއް ކަމުން އިތުރަށް އެގެން ބޭނުންވާކަން މޫނުމަތިން ދައްކުވައިދެއެވެ. ޝާހު ފަރާތުން އަބަދު އިވޭ އެވާހަކަތަށް އަޑުއަހަން ޒިޔަމް އިނީ ލުއި ހިނިތުންވުމަކާއި އެކީގައެވެ. އެ ހިނިތުންވުމުގެ ފަހަތުގައި ވަނީ ފުން މާނައެކެވެ.ޝާހުގެ އެއްވެސް ވާހަކައެއް ދޮގުކުރެވޭކަށް ނެތެވެ. ތެދެކެވެ. ޕަރީއަކަށްވެސް އެހިތުން ޖާގަ ލިބުމެއް ނެތެވެ. އެހަށިގަނޑުގެ ކޮންމެ ލޭ ހޮޅިއެއްގައި ވިންދު ޖަހަމުން އެދަނީ އެއްމެ އިންސާނަކަށެވެ. ހަނދާން ނައްތާލަން އުޅުނަސް އެހިތްވަރެއް ނެތެވެ. ބަސްނާހާ ހިތަށް ވިސްނައިދޭން އުޅުނަސް ކާމިޔާބެއް ނުލިބުނެވެ.

“އަނެއްކާ މާ ހާއްސަ ކުއްޖެއް ހުންނަނީތަ؟” ކޮފީ ތަށިން ފޮދެއް ބޯލަމުން ސާއިމް އެހިއެވެ. އެޔާއިއެކު ޒިޔަމް ޝާހު އަށް ބަލައިލީ ނުބުނާށޭ ބުނާ ފަދަ ބެލުމަކުންނެވެ. އެހެންނަމަވެސް ޝާހު ކަހަލަ އަނގަ ގަދަ މިތުރަކަށް މަޑުން ނުހުރެވޭނެކަން ޒިޔަމްއަށް އެނގެއެވެ.

“ހާއްސަ ކުއްޖެކޭ.. ވަރަށް ހާއްސަ ކުއްޖެއް ހުންނާނެ. ހާއްސަކަމުން ނޭނގޭ އެއީ އިންސާނެއް ނޫނީ ޖިންނިއެއް ކަމެއް. ހާއްސަކަމުން ނޭނގޭ އެއީ ހުވަފެނުން ފެނުނު ކުއްޖެއް ކަމެއްވެސް. ސައިކޭޓުރިސްޓެކޯ. އެކަމަކު މަށަށް ފެންނަނީ އަމިއްލައަށް ފަރުވާ ހޯދަން. އަމިއްލަ މީހާގެ މޮޔަކަން އިހްސާސްވާނީ ކޮން އިރަކުން ބާއޭ ހިތަށް އަރާ” ޝާހު އަބަދުވެސް ޒިޔަމްއާއި ދިމާލާކޮށްލާ ހެން މިފަހަރުވެސް ދިމާކޮށްލިއެވެ.

“ވެދާނު އެކަހަލަ މީހުންނަށް ފަރުވާ ދީދީ ބައްޔެއް ވާރުތަވީކަމަށް” ޝާހުއާއި އެއްބައިވެގެން ސާއިމްވެސް ޒިޔަމްއާއި ދިމާކުރަމުން ދިޔައެވެ. ޒިޔަމް އިނީ އެއްޗެކޭ ނުބުނެ އެމީހުން ކިޔާނެ އެއްޗަކަށް ފުރުސަތު ދީގެންނެވެ. މީހުން ކޮންމެ އެއްޗެކޭ ކިޔަސް އޭނާގެ ނިއްމުމަކަށް ބަދަލުގެންނަން ވިސްނައިފައެއް ނެތެވެ. އެހާވެސް އަޒުމް ވަރުގަދަ އެވެ.

“ނިމުނީތަ. މަށޭ ކިޔައިގެން ކޮންމެ އެއްޗެކޭ ކިޔަސް ދެކޮޅެއް ނުހަދާނަން. އެކަމަކު ސާއިމް ބުނެބަލަ. ކޮބާތަ ވައިފް. ސޮރީ ގާލްފުރެންޑް. ހަހަހަ.. އަހަރެން މޮޔަ ވިޔަސް ގަޔާވާ ކުއްޖެއް އެބަހުރި ދޯ. މީހާ ތިއުޅެނީ ކުރަޝްއެއް ހިސާބުވެސް ނުފެނިގެން” ޝާހުއާއި ސާއިމްގެ ދިމާކުރުންތައް މައިތިރިވުމުން ޒިޔަމްގެ ވާހަކަ އަމާޒުކޮށްލީ އޭނާއާއި އެއްފަރާތެއްގައި އިން ސާއިމްއަށެވެ.

“ރަގަޅު ކުއްޖެއް ދައްކަބަލަ. މިޒަމާނަކު މަށަކަށް ނުފެނޭ ތިބުނާހާ ރަގަޅު ކުދިން. ކޮންމެވެސް ގޯސް އެއްކަމަކުން އިންނާނީ އެއްމެ މަތީގަ” ސާއިމްގެ ޖަވާބު އަޑުއެހުމަށްފަހު ޝާހުއަށާއި ޒިޔަމްއަށް ބޯ ޖަހާލެވުނީ އެވާހަކަ ތެދުކުރަމުންނެވެ.

“އެކަމަކު ބުނަން. އެއްވެސް މީހެއް ޕާފެކް ނުވާނެ. ކުރިންވެސް އަދި މިހާރު ހާއްސަކޮށް. އޭގެތެރެއިން އެއްމެ ރަގަޅު ކުއްޖާ ހޯދައިގެން އިސްލާހުކުރަން ޖެހޭނީ. ދޮގެއް ނޫންތަ. މަގޭ ވައިފް ވަރަށް ވާހަކަ ދައްކާނެ ފިރިހެންކުދިންނާ މެރީ ކުރުމުގެ ކުރިން. އެކަމަކު ބުނީމަ ވަގުތުން ހުއްޓާލައިފި. ނުކެރޭނެ އެކަހަލަ ގުޅުމެއް ބާއްވާކަށް. ލޯބި ވަންޏާ ޖެހޭނެ ސެކްރިފައިސް ކުރަން. އޭރުން ޕާފެކްޓް ވާނެ” އަމިއްލަ ދިރިއުޅުމުން މިސާލެއް ޖަހަމުން ޝާހު ވާހަކަ ދެއްކިއެވެ.


 

މިއަދުވެސް ސާއިމް އައުމުގެ ކުރިން ޒައިނާ ސާއިމްގެ ކޮޓަރިއަށްވަނީ ކޮންމެވެސް ޖެއްސުމެއް ކޮށްލާނަމޭ ހިތާއެވެ. އެހެންޏާ ސާއިމް އަންނަން ވާއިރަށް ތައްޔާރުކޮށްފައި ހުންނަ މޭޒު މަތިން މިއަދު ފެންނަނީ ފަޅުކަމެވެ. މޭޒުމަތީ އޮތް ސާއިމްގެ އައިނު ފިޔަވައެވެ. އަނެއްކާ މިއަދު ސާއިމް ޑިއުޓީއަށް ނާންނަނީބާއޭ ސުވާލުކޮށްލެވުނެވެ. ސާއިމް އައިނު ނާޅާ ހުއްޓާ ޒައިނާއެއް ދުވަހަކުވެސް ނުދެކެއެވެ. އެހެންވީރުން ސާއިމްގެ އައިނު މިތާ އޮންނަންވީ ސަބަބެއް ނުވިސްނުނެވެ. ހަނދާން ނެތިގެން ބާއްވާފައި ދެވުނަސް ބަލާ ނައީ ކީއްވެ ހެއްޔެވެ؟

ސާއިމް މިއަދު ޑިއުޓީއަށް ނާންނާނެ ކަމަށް ޒައިނާ ނިއްމިއެވެ. އެހެންކަމުން މަޑު ހިނގުމެއްގައި ގޮސް ސާއިމްގެ ގޮނޑީގައި އިށީދެ ހަމަޖެހިލިއެވެ.އަދި މޭޒު މަތީ އޮތް ސާއިމްގެ އައިނު ނަގައި ލޮލަށް ހެޔޮވަރު ކޮށްލިއެވެ. ޒައިނާއަކީ އައިނު ނާޅާ ކުއްޖެއް ކަމުން އެހެންމީހުންގެ އައިނު އަޅަން ނިކަން ފޯރި ހުރެއެވެ. އެ އައިނުތައް އެޅުމުން އައިބު ގޮތެއް ހުއްޓަސް ސާއިމްގެ އައިނު އެޅުމުން ލޮލުގެ ފެނުން އިތުރަށް ސާފު ވެގެން ދިޔައެވެ.

ފޯނުގެ ފުރޮންޓު ކެމެރާ ހުޅުވާލައި މީހާގެ ސޫރައަށް ބަލާލިއެވެ. ދެތިން ސެލްފީ ނަގާލައި ފޮޓޯތައް ބަލައިލީ ސާއިމްގެ އައިނު އެޅީމާ ހުންނަ ގޮތެއް ބަލާލުމަށެވެ. ލުއި ހިނިތުންވުމެއް ތުންފަތް މަތީގައި ވީ އިރު ސާއިމްގެ އައިނު ތިމަންނައަށް މާ ބޮޑޭވެސް ހިތަށް އަރަމުން ދިޔައެވެ.

އެއްމެ ފަހުގެ ސްމާޓު ފޯނުން ހިތް ފުރޭ ވަރަށް އެއްމެ ކަމުދާ ފޮޓޯއެއް ހޯދާލީ ފޭސްބުކް ޕުރޮފައިލް ޕިކްޗަރ އަށް ލުމަށެވެ. ސާއިމް ވަގަށް އޭނާގެ ޕުރޮފައިލް ބަލާކަން ޒައިނާއަށް އެނގެއެވެ. ސާއިމްއަށް ނޭނގި ނަމަވެސް ޒައިނާގެ ޕޯސްޓަކަށް ލައިކެއް ވަނީ ދެވިފައެވެ. އެހެންކަމުން ސާއިމް މިއަދު ޑިޔުޓީއަށް ނަޔަސް ޖެއްސުންކޮށްލާނެ ފުރުސަތެއް މިވަނީ ލިބިފައެވެ.

ފޯނަށް ގެއްލިފައި އިން ޒައިނާއަށް ސިހުންގެނުވީ ހަމަހިމޭންކަން ވެރިވެފައިވާ މާހައުލުން އަޑެއް އިވުމުންނެވެ. އެއީ މީހަކު ދޮރު ހުޅުވާލި އަޑެވެ. ދެލޯބޮޑުކޮށް ޒައިނާ ދޮރާއި ދިމާލަށް ބަލާލިއެވެ. އޭރު ސާއިމް އެތެރެއަށް ވަންނަން އުޅެނީއެވެ. ފޯނަށް ގެއްލިފައި ހުރެއެވެ.

ޒައިނާ ހުރީ ހަދާނެ ގޮތް ހުސްވެފައެވެ. އުއްމީދުކޮށްގެން ހުރިކަމަކަށް ނުވުމުންނެވެ. ސިކުޑިން ކަންތައް ކުރަންވީ ކިހިނެތްކަމެއް ދެނެ ނުގެނިފައެވެ.

ސާއިމްއަށް ދޮރުން އެއްކޮށް އެތެރެއަށް ނުވެދެވެނީސް އެފުލޯގައި އުޅޭ ކަސްޓަމާރ ސާވިސް ކުއްޖަކު ސާއިމްއަށް ގޮވާލިއެވެ. އެއީ ކާކުގެ ނަސީބެއް ކަމެއް ނޭނގެއެވެ. ކޮންމެ ގޮތެއް ވިޔަސް ޒައިނާއަށް އިތުރު ވަގުތު “ފިލުމަށް” ލިބުނީ އެވެ. ސާއިމްއަށް އެތެރޭގައި ހުރި ޒައިނާ ނުފެނުނީ އެކުއްޖާއާއި ވާހަކަ ދައްކަން އެފަރާތަށް އެބުރުމުންނެވެ.

“ޑޮކްޓަރ މިއަދު ޑިޔުޓީ ނޯންނަ ވާހަކަ ބުނުއްވިން ނޫންތޯ” އެކުއްޖާ ވާހަކަ ކުރިއަށް ގެންދިޔައެވެ.

“އާން. މިއަދު ބުރޭކެއް ނަގާލަން ކަމަށް. އިއްޔެ އައިނު ބާއްވާފަ ދެވުނީމަ މިޔައީ ބަލާ” ސާއިމް އޭނާ އައި ސަބަބު އޮޅުން ފިލުވައި ދިނެވެ.

އެދެމީހުން ވާހަކަ ދައްކަމުން ދިޔައިރު ހާސްވެފައި ހުރި ޒައިނާ ފިލާނެ ގޮތެއް ހޯދޭތޯ އުޅުނެވެ. އެނދު ދަށަށް ވަންނާނީ ހެއްޔެވެ؟  ކަބަޑު އެތެރެއަށް ވަންނާނީ ހެއްޔެވެ؟ ހިޔާލްތަކެއްގެ މެދުގައި ތާށިވެފައި ހުރި ކަންތައް ކުރަންވީ ސީދާ ގޮތެއް ނޭނގިފައެވެ. ކޮންމެ ގޮތެއްވިޔަސް ވަކި ގޮތެއް ވީހާވެސް އަވަހަށް ނިއްމަން އެބަ ޖެހެއެވެ. ސާއިމް އެތެރެއަށް ވަންނަ ވަގުތު ކުޑަތަން ވަނީއެވެ.

ވާހަކަ ނިއްމާލުމުގެ ގޮތުން ޝުކުރިއްޔާއޭ ބުނެ ސާއިމް އެތެރެއަށް ވަނެވެ. އައިނު ބޭއްވުނީ މޭޒުމަތީގައި ކަން ހަނދާން ވާތީ ހޯދާލިއެވެ. ޓުރޭ މައްޗާއި ކީބޯޑު ދަށެވެ. މޭޒުމަތިން ނުފެނުމުން ވެއްޓިފައި އޮތް ތޯ ބެލުމަށް ވަށައިގެން ހޯދާލިއެވެ. އޭރު ފެނުނު މަންޒަރުން މީހާގެ މޫނު މައްޗަށް ވެރިވީ ލާނެއް ހިނިތުންވުމެކެވެ.

އެ ހިނިތުންވުމާއި އެކީ ގޮސް އަމިއްލަ ގޮނޑީގައި އިށީނެވެ. އަދި މޭޒުމަތީ އޮތް ލޭންޑު ލައިނުން އެ ފުލޯގެ އެކްސްޓެންޝަނާއި ގުޅައި އައިނު ފެނުނު ތޯ ސުވާލުކޮށްލިއެވެ. އެކޮޅުން ނޫނެކޭ ބުންޏަސް ހިތަށް ވެރިވެފައި ވަނީ ހަމަޖެހުމެވެ. ހީވަނީ އައިނު އޮތް ތަން އެނގޭ ހެންނެވެ. ނޫނީ އައިނަށް ވުރެ ބޮޑަށް މިވަގުތު މާ ހާއްސަކަމެއް ކުރިމަތީ ވީ ހެންނެވެ.  ސާއިމް ބޭނުންވީ ކައިރީގައި ހުރި ޒައިނާއަށް އޭނާގެ އަޑު އިއްވާށެވެ.

އެކަން ކާމިޔާބު ވުމުން ސާއިމް އަމިއްލަ ފޯނު ނަގައި ކުޅެން ފެށިއެވެ. އެކޮޓަރީ ތެރޭ ވާ ކަންތައް ނޭނގޭ ކަމަށް ހަދައިލައިގެންނެވެ. އެހެން ނަމަވެސް ދޭތެރެ ދޭތެރެއިން ޒައިނާ ފިލާ އޮތް ތަނަށް ބަލާލެވެނީ ހިނި އައިސް ހުރެއެވެ.

ޒައިނާ ހުރީ ގަބު ވެފައި ހުރި މީހެއް ހެންނެވެ. ނޭވާ ލަނީވެސް ނުލާހިކު ބިރުންނެވެ. ހީވަނީ އެއަޑުވެސް ސާއިމްއަށް އިވިދާނެ ހެންނެވެ. ޒައިނާ ފިލައިގެން ހުރީ ސާއިމްގެ ގޮނޑި ކައިރީގައި ހުރި ދޮރު ފޮތީގެ ބިއްދޮށުގައެވެ. ޒައިނާ ހީކުރީ ސާއިމް އައިސް އައިނު ހިފައިގެން ހިގައިދާނެ ކަމަށެވެ. ޒައިނާ އަވަސް އަރުވާލައިފައި ހުރި ވަރުން ލޮލުން އައިނު ނުނެގޭ ކަމެއް އަދި ރޭކާ ނުލައެވެ.

ސާއިމް އައިސް އެއިނީ ޒައިނާއާއި ޖެހިގެން ކަހަލަ ގޮތަކަށެވެ. ސާއިމް އިން ގޮނޑިއާއި ކުޑަ ދޮރާއި ހުރީ ކިރިޔާ ޒައިނާއަށް ހުރެވޭ ވަރުގެ ޖާގައެވެ. އެވެސް ފިތިގެންނެވެ.

ޒައިނާ އަށް އެގޮތުގައި މާ ގިނަ އިރަކު ހުރެވިދާނެހެން އަމިއްލަ ނަފްސަށްވެސް ޝައްކެވެ. މިއޮތް ފަދަ ނާޒުކު ވަގުތުގައިވެސް ފައި ކަހައިގަންނަން ޖެހޭ ހެއްޔެވެ؟ އާހް…!! ޒައިނާ ހިތުން އަމިއްލަ ފަޔާއި ދިމާލަށް ކުދި ކިޔަމުން ދިޔައެވެ.

ކެތްތެރިކަމުގެ ވެސް އިންތިހާއަށް މިހާރު ގޮސްފިއެވެ. އިތުރަށް ދެން މަޑެއް ނުކުރެވޭނެއެވެ. ފައި ސިއްރު ސިއްރުން ހިއްލާލައި ކަހާލަންވީއެވެ.

ފަހަތުން އިވުނު އަޑާއި އެކު ސާއިމް އެދިމާލަށް ބަލައިލިއެވެ. އޭރު ޒައިނާ އޮތީ ބަންޑުން ވެއްޓިފައެވެ. ޒައިނާ އޮތް ހާލު ފެނި ސާއިމްއަށް ލޯ ކުޑަ ކުރެވި ތިރީ ތުންފަތުގައި ދަތް އަޅައިގަނެވުނެވެ. ބޭނުންވީ އެވަގުތު އައި ހިނި ކޮންޓުރޯލް ކުރުމެވެ.

އެހެން މީހަކަށް އަނިޔާއެއް ދުވަހަކުވެސް ދެކެން ބޭނުންވާ ތަނެއް ނޫނެވެ. ނަމަވެސް ޒައިނާ ދިމާވި ކަންތަކުން ސާއިމްއަށް މަޑަކުން ނުހުރެވުނެވެ. ސާއިމް ގޮސް ޒައިނާގެ ބޮލާއި ވީ ކޮޅަށް ގުދުވެލިއެވެ. އޭރު ޒައިނާގެ މޫނު މައްޗަށް ވެރިވެފައިވަނީ ލަދުވެތިކަމެވެ. އޮތީ ދެލޯ މަރައި ބާރުކޮށްގެންނެވެ.

“ކޮބާ އިލޮށި ހެރިއްޖެތަ” ސާއިމް މަޖާވެލައިފައި އެހި ގޮތުން ޒައިނާ ގާތަށް އައީ ރުޅިއެވެ. މިހާލުގައި އޮއްވައިވެސް އަދިވެސް ކުރަނީ ޖެއްސުން ހެއްޔެވެ؟ ހާދަ ހެއްވާ މީހެކޭ ހިތަށް އެރިއެވެ.

ޒައިނާ އެގޮތުގައި މާ ގިނަ އިރު ނޯވެ ކޮޅަށް ތެދުވިއެވެ. އަދި ލައިގެން ހުރި ޔުނިފޯމް ރަގަޅުކޮށްލިއެވެ. އޭރު ސާއިމްގެ ނަޒަރު އަމާޒު ވެފައި ވަނީ އޭނާއަށް ކަމުން ރުޅިއާއި އެއްވަރަށް ލަދުވެސް ގަންނަން ޖެހުނެވެ. ސާއިމް އެބުނިހެން ފޭހުނު އިލޮށި އެއްމެ ފަހުން އެހެރުނީ އަމިއްލަ ލޮލަށެވެ. އެކަމަކު އަދި މިވަރުން އުއްމީދު ކަނޑާލާކަށް ގަސްދެއް ނުކުރެއެވެ. އަދި ސާއިމް އަށް ޖެއްސުން ކޮށްލާނެ ފުރުސަތެއް މަދެއް ނުވާނެއެވެ.

ހޭވިފައި އޮތް އިސްތަށިގަނޑު ރަގަޅުކޮށްލަން ޒައިނާ ދެއަތް މައްޗަށް ނެގި ވަގުތު ސާއިމް ކޮށްލި ކަމަކުން މުޅި މީހާ އެކަށް ހުއްޓުން އަރައިގެން ދިޔައެވެ. ދެ ކޮނޑުގައި ހިފަހައްޓައިލައިގެން ގޮސް އެބޭންދީ އެނދުގައެވެ. އަދި ބާލީސް ހެޔޮވަރު ކޮށްލައި ޒައިނާ ބޭއްވިއެވެ. ސާއިމްގެ ކޮންމެ ހަރަކާތަކަށް ޒައިނާ ދިޔައީ އާބަސް އަމަލުން ކިޔަމުންނެވެ. ބޭއިހްތިޔާރުގައި ހަށިގަނޑު ވަނީ ސާއިމްގެ އިހްތިޔާރަށް ދޫކޮށްލެވިފައެވެ.

ހައިރާންވެފައި ޒައިނާ އޮތީ ދެލޯ ބަޑުކޮށްލައިގެންނެވެ.

ސާއިމް ކަބަޑު ހުޅުވާލައި ބޭސް އަޅާ ޓުރޭއެއް ނަގާލިއެވެ. އަދި ހޭންޑު ސެނެޓައިޒާރ އިން އަތް ސާފްކޮށްލުމަށްފަހު ޒައިނާ ކައިރިއަށް ޖެހިލިއެވެ.

ޒައިނާ ހުރީ ސައިމްގެ ހަރަކާތްތަކަށް ބަލަހައްޓައިގެންނެވެ. ގިނަ އިރު ވާވަރަކަށް ސާއިމްގެ މޫނު  އޭނާގެ މޫނާއި ކައިރިވަމުން ދާހެން ހީވެއެވެ. އެހެންކަމުން ހިތުގެ ތެޅުން އިހުނަށްވުރެ ބާރު ވަމުންދިޔައެވެ.

އެއް ކަންތައް ހަޖަމް ނުވެގެން އުޅޭއިރު އަނެއް ކަންތައް ޒައިނާއަށް ކުރިމަތިވިއެވެ. ސާއިމް ފުން ބެލުމަކުން ޒައިނާގެ މޫނާއި ކައިރިވަމުން ދިޔައެވެ. އެއްވެސް އިހްސާސެއް މޫނުމަތިން ފެންނާކަށް ނެތެވެ. ސާއިމްގެ އެތޫނު ބެލުމުން ޒައިނާ އޮތީ ފިނިވެފައެވެ. މިވަގުތު ހޭނެތޭނެ ނަމައޭވެސް ހިތަށް އަރަމުން ދިޔައީ ހިނގަމުން މިދާ ކަންތަކުން ލަދުން ވިރޭތީއެވެ.

ހިތްވަރު ކޮށްލާފައި ޒައިނާ ސާއިމްގެ ކޯމަތީ ޖަހާލިއެވެ. ކަންތައް ކުރާނެ ދެވަނަ ގޮތެއް ނުވިސްނުމުންނެވެ.

“އާހް…” ސާއިމް ކޯމަތީ އަތް އަޅާލަމުން އަވަސް އަވަހަށް އަހާލިއެވެ.

“ސޮރީ މަދިރިއެއް” ދޮގު ހަދަންވެސް ޒައިނާ ކިހާ މޮޅު ހެއްޔެވެ؟

ސާއިމް ލޯ ކުޑަކޮށްލަމުން ޒައިނާއާއި ދިމާލަށް ބަލާލިއެވެ. ޒައިނާގެ ބަސްތައް ގަބޫލު ނުކުރަމޭ ބުނާ ފަދައަކުންނެވެ.

“ޔޫ އަރ ވެލްކަމް” ސާއިމްއަށް އިތުރު ބަހެއް ނުބުނެވެނީސް ޒައިނާ އަނެއްކާވެސް ވާހަކަ ދެއްކިއެވެ.

‘ކޮން ކަމަކާ” ސާއިމް ނުރުހުމުގެ ރާގަކަށް އަހާލިއެވެ.

“ލޭ އެއްކޮށް ބޮއެ ހުސްނުކުރަނީސް ސަލާމަތްކޮށްދިނީނު. ތިއެއްނު ޑޮކްޓަރަކީ. އެގޭނު މަދިރިން ޖެހޭ ބަލިތައް. ބުނޭ ތެންކުޔޫ އޭ” ދެންމެ ލަދުން އުޅުނު ޒައިނާ ގެގައިގައި ލަދުގެ ކަންފުޅެއްވެސް ނެތެވެ.

“މަންމަ ނުބުނޭތަ ކަލަ ގޮވާކަށް ނުވާނޭ” ސާއިމް ވާހަކަ ދައްކަމުން ޒައިނާގެ މޫނާއި ދިމާލަށް އަތް ގެންދިޔައެވެ.

“އެހެން ނޫނަސް މާކަ ރީއްޗެއް ނޫން ރުޅި އައިސްފަ އޮންނަ އިރު. ހީވަނީ ރަތް ފުއްޕާހަމެއް ހެން” ސާއިމްގެ ލޮލަށް ބަލާލާ ކޮންމެ ފަހަރަކު ބަސް ހުއްޓިގެން ދަނީ ކީއްވެ ކަމެއް ޒައިނާވެސް ހުރީ އެގެން ބޭނުންވެފައެވެ.

ސާއިމް ޒައިނާގެ ލޮލުގައި އޮތް އައިނު ނަގައި އަމިއްލަ ލޮލަށް ހެޔޮވަރު ކޮށްލިއެވެ.

“އޯ” ޒައިނާ އަށް ބުނެވުނީ ހަމައެކަނި އެހެންނެވެ. ސާއިމް އޭނާއާއި ކައިރިވި ސަބަބަ ވިސްނުނީއެވެ.  ސާއިމް ޒައިނާގެ ނިތްކުރި މަތީގައި ހުރި އިސްތަށިތައް އެއް ފަރާތް ކޮށްލިއެވެ. އަދި ފަރުވާތެރިކަމާއި އެކު މަށައިގެން ގޮސްފައިވާ ތަނުގައި މަލަންކޮޅެއް އަޅައިލިއެވެ.

ސާއިމްގެ ދެއަތް އޭނާގެ މޫނު މަތީ ހަރަކާތްތެރިވަމުން ދިޔައިރު ޒައިނާއަށް ނޭނގި ނަމަވެސް އޮވެވުނީ ސާއިމްއަށް ބަލަހައްޓައިގެންނެވެ. ސާއިމްގެ ފިރިހެންވަންތަކަމަށް ހިތުގައި ތައުރީފު ކުރެވެމުންނެވެ. އުޅަބޮއްޓަށް ވުރެ ތިރިއަށް އޮޅާލެވިފައިވާ ހުރި ކަޅު ކުލައިގެ ގަމީހުގައި ސާއިމް ފެންނަލެއް ނުލާހިކު ހިތްގައިމެވެ. ކްލިނިކުގައި އުޅޭ ކުދިން ސާއިމްއަށް ތައުރީފުގެ ބަސްތައް އޮއްސަމުންދާ ސަބަބު ޒައިނާއަށް ވިސްނުނެވެ. ހިތް އެދަނީ އެކަން ތަޖުރިބާ ކުރަމުންނެވެ.

ސާއިމް ބޭސްއަޅައި ދީ ނިމުމުން ޒައިނާ އިތުރަށް މަޑުނުކޮށް އަވަހަށް ނުކުތްނަން އުޅުނެވެ.

“އަދި ބުނަން ލަދުގަތީމަ ވަރަށް ލޯބި” ސާއިމްގެ އަޑު ޖެހުމާއި އެކު ދޮރުން ނުކުމެ ނުކުމެ ހުރި ޒައިނާ ފަހަތް ބަލާލިއެވެ. ތިރީ ތުންފަތުގައި ދަތް އަޅާއިގެން ބޭރަށް ދުއްވާފައި ކަހަލަ ގޮތަކަށް ނުކުތީ ލަދު އައިސް މީހާ އެއްކޮށް ހިފައިގެން ގޮސްދާނެތީއެވެ.

ހެނދުނުގެ ނާސްތާ ތައްޔާރު ކޮށްލުމަށްފަހު ޒީން ކޮޓަރިއަށް ވަނީ މިއަދު ކްލިނިކަށް ދާން ޖެހޭތީ ތައްޔާރު ވުމަށެވެ. ބަދިގޭގައި އުޅުނު އިރު ކުރިން ދުވަހު ވީ އެއްވެސް ކަމެއްގެ ވާހަކަ ޒީން ޔުމްނުއާއި ނުދައްކައެވެ. ހުރިހާ ޖަވާބެއް މިއަދުގެ ސެޝަންގައި ޒިޔަމްގެ ފަރާތުން ހޯދުމަށެވެ.

ޒީންއަށް ކްލިނިކަށް އާދެވުނީ ނުވައެއް ޖަހައި ފަސް މިނުޓެ ފާއިތުވެފައި ވަނިކޮށެވެ.

“އަޅުގަނޑު މިއަދު ޑރ.ޒިޔަމް އަށް އެޕޮއިންޓުމެންޓެއް ހަދާފަ އިންނާނެ. އެތެރެއަށް ވަންނަން ވީ ތޯ” އެވަގުތު ކަސްޓަމާރ ސާވިސް ކުއްޖެއްގެ ބަދަލުގައި ކައުންޓަރުގައި އިނީ ޒައިނާއެވެ.  ޒީން އެވަގުތު އެތަނަށް އާދެވުނު ކަން އެއީ ޒައިނާގެ ނަސީބެވެ. އެހެން ނޫންނަމަ އަތުގެ އިނިގިލިތަކުގައި އެއްމެ ނިޔަފަތިކޮޅެއްވެސް ނެތީހެވެ.

“ސޮރީ.. މިއަދު ބޭބެ. ސޮރީ ޑރ.ޒިޔަމް ނުދުރުވޭ ކްލިނިކަށް. މެސެޖެއް ކޮށްލާފަ އިންނާނެ މިކޮޅުން . ޑރ. ބޭރުގައި އޮތް ޖަލްސާއަކަށް ހާޟިރު ވާންޖެހޭތީ އެޕޮއިންޓުމެންޓު ދެދުވަހަށް ފަސްކުރި ވާހަކަ” އަޅައަޅައިގެން ނަމަވެސް ބުނަން އުޅުނު އެއްޗެއް ޒައިނާ ޒީންއަށް ފަހުމް ކޮށްދިނެވެ.

” އެކަމަކު އަޅުގަނޑަކަށް …” ވާހަކަ ކުރިއަށް ގެންދަމުން ދިޔަ ޒީން ހުއްޓާލަން ޖެހުނީ ޒައިނާ އެބުނި މެސެޖު އައިސްފައި އޮތުމުންނެވެ. އަވަސްކުރަން ހަދައިގެން ފޯނަށް އައި އެއްވެސް މެސެޖެއް ބަލައިނުލެވުނީއެވެ. ޒީން ފުން ނޭވާއެއް ދޫކޮށްލުމަށްފަހު ޒައިނާއަށް ބަލާލިއެވެ.

“ސޮރީ އަޅުގަނޑަށް މެސެޖު ނުފެނުނީ”

“ޒީން” ޒީންގެ ވާހަކަ ނިމުނުތަނާ ފަހަތުން ސާއިމްގެ ގޮވާލި އަޑު އިވުނެވެ. ޒީން ހިނިތުން ވުމަކާއި އެކީ ރައްދުދިނެވެ.

ސާއިމްގެ އަޑު އިވުމާއި އެކީ ޒައިނާ އަވަސް އަވަހަށް ބޯ ތިރިކޮށްލައި ފޮރުވެން އުޅުނެވެ.

ސާއިމް ސިޑިން ފައިބައިގެން ދިޔުމުގެ ކުރިން މޫނު އެއް އަރިއަކަށް ގެންގޮސް ކައުންޓަރާއި ދިމާލަށް ބާލިއެވެ. ޒައިނާ އެވަގުތު އޮތް ހާލު ފެނި މޫނު މައްޗަށް ވެރި ކުރުވީ ލާނެތް ހިނިތުންވުމެކެވެ.

ސާއިމްގެ ހިލަމެއް އިތުރަށް ނުވުމުން ޒައިނާ ބަލާލިއެވެ. އޭރު ޒީން ވެސް އެވީ ކުޑަ ވަގުތު ކޮޅުތެރޭގައި ގޮއްސިއެވެ.

ދެރައަށްވުރެ ޒިޔަމް މިއަދު ކެންސަލް ކުރުމުން ޒީން އައީ ރުޅިއެވެ. އެއްމެ ވާހަކަ ދައްކަން ބޭނުންވެފައި ހުރި ދުވަހު ނައީއެވެ. މަޑު ހިނގުމެއްގައި ޒީން ގެޔާއި ދިމާލަށް ދިޔައެވެ. ގެ ހުންނަ ގޯޅި ގަނޑާއި އަރައި ހަމަވިތަނާ ފޯނު ރިންގު ވިއެވެ. ގުޅަނީ ޒީންގެ ބައްޕައެވެ.

“ހަލޯ ބައްޕާ”ފޯން ކަންފަތުގައި ޖަހާލަމުން ޒީން ބުނެލިއެވެ.

އެޔާއި އެކު އެކޮޅުން ބުނި ވާހަކައިން ޒީންގެ ހިނގުން އަވަސްވިއެވެ. ދެއްމެ އައި ރުޅިމަޑުވެ މޫނު އުޖާލާކޮށްދީފިއެވެ.

“ބައްޕާ” ދުވަސް ތަކަކަށްފަހު ބައްޕަ ފެނުމުން ޒީން ހިތަށް ފިނިކަން ލިބިގެން ދިޔައެވެ.

“ބައްޕަގެ ރަންކޮޅު. އޮފީހަށް ނުދާތީ ހީކުރީ ގޭގަ ކަމަށް އުޅޭނީ. ކޮންތާކަށްތަ ދަރިފުޅު ދިޔައީ” އުމުރުން ފަންސާހުގެ އަހަރުތައް ގުނަމުން ދާ ފަރުހާދު ހުރި ހަމައެކަނި އަންހެން ދަރިފުޅާއި ވާހަކަ ދެއްކިއެވެ.

“އޮފީހަށް ނިދިޔައަސް ދާނެތަން ހުރެދާނެ އެއްނު. ހިނގާ ދާން ސައިބޯން. ހަދިޔާ ގެނައިންތަ” ވާހަކާއިގެ މިސްރަބު ޒީން ބަދުލުކޮށްލިއެވެ.

“އާން . ހިނގާ . ބައްޕަ މިހިރީ ވަރަށް ހައިވެސްވެފަ. ދަރިފުޅަށް އެއްމެ މީރު ރިހާކުރު ގުޅަވެސް ހުންނާނެ” ވާހަކަ ދައްކަމުން ދެބަފައިން  ބަދިގެއަށް ވަނެވެ. ޒީން މޭޒުމަތީ ހެނދުނުގެ ނާސްތާ ތައްޔާރު ކޮށްލިއެވެ.

“ކޮބާ ވަޒީފާއަކަށް ނުދަންތަ . ތިހެން އިނުމަށްވުރެ ރަގަޅެއްނު ފައިދާ ކުރުނަވި ކަމެއް ކުރުމުން” ފަރުހާދު ޕާން ފޮތި އަނގަޔަށް ލަމުން ވާހަކަ ދެއްކިއެވެ.

“ބައްޕަ ތިހާ ވަރަށް ކަންބޮޑުވެ ނުލައްވާ. އެވަޒީފާ ހަމަ ޖެހިފައޭ އޮތީ. ދެން އޭގެ ކުރިން ރަގަޅު ވަޒީފާއެއް ލިބިއްގެއްޔާމުން ގޮސްދާނަން އެހާ ތަނަށް. ބައްޕަގެ ފިހާރަ ކިހިނެތްތޯ” ޒާހިދު އާއި ފަރުހާދުގެ ހިއްސާ އޮންނަ ފިހާރާއިގެ ވާހަކަ ޒީން އެހިއެވެ.

“ފިހާރަ ރަގަޅު. ބައްޕަމެންގެ އިތުރުން އެތައް ބަޔަކު ވިޔަފާރި ފައްޓައިފި. ބައްޕަ އެބަ އޮތް ދަރިފުޅު ކައިރީ ވާހަކައެއް ބުނަންވެފައި. މިކަން ކުރުމުގެ ކުރިން ބައްޕަ ވަރަށް ވިސްނާފަ ދަރިފުޅުގެ ހިޔާލަކަށް މިއެދެނީ. ދަރިފުޅަށްވެސް ވިސްނޭނެ ފިހާރައަކީ ކުޑަ ޖާގައަކުން ހަދާފައި ހުރި ތަނެއްކަން. ފިހާރައާއި ޖެހިގެން ބައްޕަމެން ގޯތީގައި އެހެރީ ބައްޕަގެ ކޮޓަރި. ވިޔަފާރ މިހާރު ވަރަށް ރަގަޅު. ތަން ކުޑަ ވީމަ ޖާގައިގެ ދަތިކަން އެބައޮތް”

ފަރުހާދުގެ ވާހަކައިގެ މިސްރާބު ހުރި ދިމާ ޒީންއަށް އެގިއްޖެއެވެ.

“ބައްޕަ މި ގަސްދު ކުރަނީ ފިހާރާއިގެ އެއްބައިގެ ގޮތުގަ އެކޮޓަރި ހަމަޖައްސަން. މިހާރު އެހުރި ތަން ތަޅާލައި ތަންކޮޅެއް ހަރުދަނާކޮށް ފިހާރަ ހިންގަން. ދަރިފުޅަށް މިގޮތް ހިތްހަމަޖެހޭތަ” ފަރުހާދަށް ޒީންގެ މޫނުމަތީވި ނުތަނަވަސްކަން ފާހަގަ ވިއެވެ.

“ބައްޕަ އަށް ފެނިލައްވާ ގޮތަކަށް ކަންތައް ކުރައްވާ. އެކަމަކު ތިތަން ބިމާ ހަމަ ކުރުމުގެ ކުރިން އަޅުގަނޑަށް އަންގާލެއްވިއްޔާ ވަރަށް ރަގަޅު” އެކޮޓަރިއާއި އެތާނގެ ތެރޭގައި ވާ ހުރިހާ އެއްޗަކީ ޒީން މަންމަގެ ހަނދާންތަކެވެ. ބައްޕަ މިއޮތްހާ ދުވަހު އެއްވެސް ބަދަލެއް ނުގެނެސް އެތަން ބެލެހެއްޓިއެވެ. މަންމަގެ ރޭޑިޔޯއާއި އަލަމާރި އާއި މޭޒެވެ. އަދިވެސް އެތައް ހަނދާންތަކާއި ތަކެއްޗެވެ. އެހެންނަމަވެސް އެހާ ކުއްލި ގޮތަކަށް އެތަން ބިމާ ހަމަ ކުރަންވީ އެއްވެސް ސަބަބެއް ޒީން އަކަށް ނުވިސްނުނެވެ.

ދުވަހުގެ ބާކީ އޮތްބައި ޒީން ބައްޕައާއި އެކު ހޭދަ ކުރިއެވެ. ނުތަނަވަސްކަމުގެ އެއްވެސް ކުލަވަރެއް ނުދައްކައެވެ. އެވާހަކަ ފަހުން ދައްކަން ލަސްކޮށްލަމުންނެވެ.

ޑިޔުޓީގައި ބުރަ ދުވަހަކަށް ވުމުން ޒައިނާ އުޅެން ޖެހުނީ ފޯނާއި ދުރުގައެވެ. ހެނދުނު އައިގޮތަށް އަދި ލޮލުން ނުދެކެއެވެ. އެހެން ކަމުން ޑިޔުޓީ ނިއްމާލުމަށްފަހު އެއްމެ ފުރަތަމަވެސް ފޯން ބަލައިލީ ހާޝިމްގެ ހަބަރެއް ވެފައި ވޭތޯއެވެ.

ހާޝިމްއާއި ލޯބީގެ ގޮތުން ޒައިނާ ގުޅިގެން އުޅޭތާ އެއް އަހަރު ވަނީއެވެ.  ރަސްކަލެއް ރާނީ އަށް ހިދުމަތް ކުރާ ފަދައިން ހާޝިމް ޒައިނާ ހޯދުމަށް އުޅުނެވެ. ރެޔާއި ދުވާލު ހުންނަނީ ހިދުމަތުގައެވެ. ރައްޓެހިވެގެންވެސް ދެތިން މަސް ވަންދެން މިގޮތުގައި ދެމީހުން އުޅުނެވެ. އެކަކު އަނެކަކާއި ވާހަކަ ދައްކަނީ ނުހަނު ލޯބިންނެވެ.

ނަމަވެސް އެދުވަސްތައް މާޒީއާއި އެކުވެ ހާޝިމްގެ ފަރާތުން ޒައިނާއަށް ލިބޭ ސަމާލުކަން ކުޑަވިއެވެ. އޯގާވެރިކަމުގެ ބަދަލުގައި އިތުރު ވެގެން ދިޔައީ ހިތަށް ކުރާ އަނިޔާއެވެ. ލޯބީގެ ބަދަލުގައި ނުރުހުމެވެ. މަޑު މައިތިރިކަން ބަސްތައް މަދުވެ ރުޅިވެރިކަން މީހާ ވަށާލި ކަހަލައެވެ.

ޒައިނާ ކުށެއް ވެފައި ވާނަމަ އެތައް ހާސް ފަހަރަކު މާފަށް އެދެފިއެވެ. ކޮންމެ ދުވަހަކު އެތައް ފަހަރަކު ގުޅައެވެ. ފޯނު ނުނަގާނެއެވެ. އެހެން ނޫނީ ބިޒީ ކޮށްލާނެއެވެ. މިހާރަކަށް އައިސް ޒައިނާ ހާޝިމް އަށް ގުޅާއިރު އިންނަނީ ވެއިޓިންގައެވެ.

މިހުރިހާ ކަމަކަށް ޒައިނާ ކެތްކޮށްލައިގެން ހުންނަނީ ވާ ލޯތްބެއްގެ ބޮޑުކަމުންނެވެ. މި ހައިޖާން ގަނޑު މަންމަމެންނަށް ސިއްރުކޮށްފައި އޮންނަނީ ދެމީހުން ދުރުކޮށްފާނެ ކަމުގެ ބިރުވެރިކަން ހިތުގައި އޮންނާތީއެވެ. އަދިވެސް އުއްމީދު ކުރެވެނީ ކުރީގެ ހާޝިމް އަބުރައި އަންނާނެ ކަމަށެވެ. އުއްމީދުގެ ހުޅުކޮޅު ކިތައްމެ ގިނަ ދުވަހެއް ވަންދެން ނުނިވި ހުއްޓަސް އެއަލިކަމުގައި އެއްވެސް ހަކަތައެއް ނެތް ފަދައެވެ.

ޒައިނާ ހާޝިމްއަށް ގުޅާލިއެވެ.

“ހަލޯ ޒައި” އެކޮޅުން ހާޝިމް ވާހަކަ ދެއްކިއެވެ. ފޯން ނުނެގުމަކީ ހާޝިމްގެ އާދައެއްކަމުން ޒައިނާ ގެ ހިތް ނަށާލި ކަހަލައެވެ.

ހާޝިމް އެދުނީ ޒައިނާ އޭނަ ކައިރިއަށް އައުމަށެވެ. އެހެންކަމުން ގެޔަށް ނުގޮސް ސީދާ ޒައިނާ ދިޔައީ ހާޝިމް ދިރިއުޅޭ ގެޔަށެވެ. ފަޑު ނުވާ ހިނިތުންވުމަކާއި އެކީ ޒައިނާ ޓެކްސީއިން ފޭބި އިރު ހާޝިމް އޭނަގެ އިންތިޒާރުގައި ހުއްޓެވެ.

ހާޝިމް އުޅެނީ ރައްޓެހި ފިރިހެން ކުދިން ތަކަކާއި އެކީ ދެރޫމް އެޕާރޓުމެންޓެއްގައެވެ. މިއީ ޒައިނާ މިގެއަށް އައި ފުރަތަމަ ފަހަރެވެ. އެތެރެއަށް ވަދެގެން އައި ޒައިނާގެ ނަޒަރު ދެ ކޮޓަރީގެ ތަނަށް ހިންގާލިއެވެ. ގޭގެ ހަތަރު ބިތް ކޮންކުރީޓުން ހަދާފައި ހުއްޓަސް އެތޭރޭގައި ގިނައީ ލަކުޑި ފިލާތަކެވެ. ހީވަނީ ޕާރޓިޝަން ޖަހައި ވަކި ކޮށްފައި ހުރިހެންނެވެ. ޒައިނާ އެތެރެއަށް ވަދެގެން އައި އިރު ޓީވީ އިން ގޭމް ކުޅެން ފިރިހެން ކުދިންތަކެއް ތިއްބެވެ. ހާޝިމް ޒައިނާ ގެ އަތުގައި ހިފައިގެން ގޮސް ވަނީ ގޭގެ ދޮރޯއްޓާއި އެއްމެ ކައިރީގައި ހުރި ކޮޓަރިއަށެވެ. ޒައިނާގެ ފަހަތުން ހާޝިމް ވަދެގެންއެއެވެ.

ކޮޓަރިއަށް ވަދެވުމާއި އެކު ހާޝިމް އެއްމެ ފުރަތަމަވެސް ތަންޑު އެޅުވިއެވެ. އެއަޑަށް ޒައިނާ ފަހަތް ބަލައިލީ ހައިރާންކަމާއި އެކީގައެވެ. ނަމަވެސް އޭގެ ބަދަލުގައި އިތުރުވެގެން ދިޔައީ އިތުރު ހައިރާންކަމެކެވެ.

‘އައްދިއްޔޯ” ހާޝިމްގެ އަތުގެ ހޫނު ހަމަލާއެއް ޒައިނާގެ ކޯތާފަތް މައްޗަށް އައެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

maroon

Level 810 Stories100 Comments500 Comments100 Login1K Comments100 Stories

Author of 1. Vaashe oagthaa hitha 2. Thiya noon ehen hitheh neydhemey 3. Thiya asaru , and more stories. Contact me at: [email protected] Much love to my lovely readers ?

Other Articles

Previous

ލޯ މެރޭ ހިނދު ހީވޭ ގާތުގާ ވާހެން 50 (ފަހުބައި)

Next

މަލާކް… 11ވަނަބައި

Next
June 17, 2017

މަލާކް… 11ވަނަބައި

Previews
June 16, 2017

ލޯ މެރޭ ހިނދު ހީވޭ ގާތުގާ ވާހެން 50 (ފަހުބައި)

52 Comments!

  1. maroon says:
    June 17, 2017 at 12:28 pm

    Hello readers. If u like the story leave a comment for encouragement. If there are any mistakes help me improve.. loves.. ???

  2. Blume says:
    June 17, 2017 at 12:58 pm

    Yaay..me first dhw

  3. Blume says:
    June 17, 2017 at 1:03 pm

    Maroo..ThankQ v bodah mi stwry dhigukoh genes dheythy..Next prt kon iraku?V inthizaaru kurevey stwry eh mi tbh

    1. maroon says:
      June 17, 2017 at 1:09 pm

      Thanku blume.. u r first… next ep tuesday.. see u then. Loves ?

  4. zee says:
    June 17, 2017 at 1:07 pm

    wow ????

    1. maroon says:
      June 17, 2017 at 1:21 pm

      Thanku zee ?

  5. Rish says:
    June 17, 2017 at 1:11 pm

    Vara reethi mi story.kon irakun next pary

    1. maroon says:
      June 17, 2017 at 1:30 pm

      Thanku ? tuesday

  6. Adha? says:
    June 17, 2017 at 1:13 pm

    Alhey zai ge bf ves hureytha adhi eves ehaa goas.. ?knkahala kuhjeh eyee.. ? adhi e ulheny nuves indheve ekamves ehaa aniyaakurey ehaavarun ok vaane bf eh nethas dw????varah kiyaa hiyvefa indha e nimuny… mi part ves varah furihama.. waiting for next part…??❣

    1. maroon says:
      June 17, 2017 at 2:30 pm

      V goas dhw…. read next ep tuesday ngey… ??

  7. Addu manje says:
    June 17, 2017 at 1:24 pm

    Varah reethi.. 🙂

    1. maroon says:
      June 17, 2017 at 2:31 pm

      Thanku addu manje ?

  8. Miny says:
    June 17, 2017 at 1:29 pm

    Komme dhuvahaku genes dheynama. Story varah nice

    1. maroon says:
      June 17, 2017 at 8:17 pm

      Thanku miny… trying the best ngey ?

  9. Khajja says:
    June 17, 2017 at 1:30 pm

    Masha allah v rythi shaim like vany dhw zainaa dheke? zainaa haashim dheke ehaa loabivaa iru kyvvebaa shaim aa ehaa jessun kurany? Ziam ge huvafenthakuge raany aky aslu zeen dhw v hyvey zeen n ziam gulheyne hen n shaaim aa zeena stry v rythi thank u so much n ly????❤❤❤??????

  10. Khajja says:
    June 17, 2017 at 1:36 pm

    Masha allah v rythi shaim like vany dhw zainaa dheke? zainaa haashim dheke ehaa loabivaa iru kyvvebaa shaim aa ehaa jessun kurany? Zaina ah haashim ehaa aniyaa dhey iruves eyna fahathun tha dhuvan v eyavvure rangalhumyhakaa gulheveytho balanvejje ennu mifaharu neyge reyp noon kameh kollaany I hate haashim ? Ziam ge huvafenthakuge raany aky aslu zeen dhw v hyvey zeen n ziam gulheyne hen n shaaim aa zeena 2 dhuvahun 1 dhuvahu up nukoh dheveynetha? stry v rythi thank u so much n ly maroon????❤❤❤??????

    1. maroon says:
      June 17, 2017 at 8:15 pm

      Hey khajja.. thanku for the lovely comment. Zai ah visneyne nama dhw.. will try my best ngey eyah vure kurin upkoh dheynan. Loves ??

  11. ????❤ says:
    June 17, 2017 at 2:07 pm

    Nyc

    1. maroon says:
      June 17, 2017 at 4:04 pm

      Dear thanku ?

  12. Some one says:
    June 17, 2017 at 3:47 pm

    V riithi.. N v molhu.. Ma sha allah! Tuesdyy ah wait mi kuraniii! V kiyaahiy vefa mi hurii!

    1. maroon says:
      June 17, 2017 at 4:05 pm

      Dear thanku ?… see u tuesday?

  13. nabee says:
    June 17, 2017 at 4:12 pm

    Wow. Varab reethu mi partves. Nonns ge hiyy bunanee zeen n ziyam and zainaa n saaim are gonna be couples ey story nime iru. And I hope that happens. Keep it up maroon. When next part?

    1. maroon says:
      June 17, 2017 at 5:27 pm

      Lets see dhw.. next ep tuesday. Loves ??

  14. You says:
    June 17, 2017 at 4:19 pm

    Story is beautiful ♥♡♥

    1. maroon says:
      June 17, 2017 at 7:27 pm

      ?

  15. yaanaa says:
    June 17, 2017 at 6:22 pm

    Wow haadha reeche mi story…….it’s so ??

    1. maroon says:
      June 17, 2017 at 7:28 pm

      ?thanku dear ?

  16. Xxxx says:
    June 17, 2017 at 7:02 pm

    V.v nice story..kyp it up

    1. maroon says:
      June 17, 2017 at 7:29 pm

      ?thanku xxxx ?

  17. Petal says:
    June 17, 2017 at 7:06 pm

    Can’t wait for Tuesday..♡♡♡

    1. maroon says:
      June 17, 2017 at 7:30 pm

      ?thanku petal ?
      Eyge kurin liyevijeyya upkohdheynan ngey…

  18. sam♥ says:
    June 17, 2017 at 7:08 pm

    hiii roon .. kihineh….
    stryy ham vvv cut igey … adhii saaim n zae ulhey goveh v cute cute … lovely♥♥…. zee n zim vess lobii ♥♥….. waiting next part …. v kiyaa hih vey next part … when next part …roon … . lovely lovely lovely stry …. love u roon ♥♥♥

    1. maroon says:
      June 17, 2017 at 7:32 pm

      ?thanku sam ?
      Was waiting for your comment ?…
      Roon good. Hope u r doing fine too… loves ?? see u tuesday ?

    2. sam♥ says:
      June 17, 2017 at 7:45 pm

      sam miulhenyyy kudakon balii kon … anyways roon gud vaahaka buny maa happy veh je …hehehehe. wait kohlaanyy dhww roon heheh

    3. maroon says:
      June 17, 2017 at 8:00 pm

      Gws soon sam. Take care ?

  19. tia says:
    June 17, 2017 at 7:53 pm

    ala zaina guluvaba saimaa pls
    vvv reethi stry

    1. maroon says:
      June 17, 2017 at 8:01 pm

      Letss see dhw vaa goiy… thanku tia ??

  20. Azuna says:
    June 17, 2017 at 10:34 pm

    Nice

    1. maroon says:
      June 18, 2017 at 4:05 am

      Thanku dear ?

  21. sis says:
    June 17, 2017 at 11:58 pm

    Vv.reythi story ves ok love please keep it up love

    1. maroon says:
      June 18, 2017 at 4:05 am

      Thanku u sis ?

  22. Shaaa says:
    June 18, 2017 at 7:41 am

    Mi vaahaka v reethi. Enme hiyy hama jehenee genesdheyleh dhigu veama

    1. maroon says:
      June 18, 2017 at 3:35 pm

      Thank u ?

  23. sheen says:
    June 18, 2017 at 10:56 am

    vaahaka dhigukoh genesdheythy v happy

    1. maroon says:
      June 18, 2017 at 3:34 pm

      Sheen ? thanku

  24. Ainth says:
    June 18, 2017 at 2:05 pm

    Mi part vx v furihama……Maroo kiivi Haashim kiive Zai gaaga jehii..Anehkaa Zai Aa Saaimge vaahaka engines baa…Can’t wait to read next ep….Avahah up kohladehcheyy…

    1. maroon says:
      June 18, 2017 at 3:33 pm

      Thanku ainth…? lets see dhw tmrw.. sure.. loves ??

  25. kiaara says:
    June 19, 2017 at 2:08 pm

    alheyy….mi story vr kiyaa hiyy vey eba….waiting…… <3

    1. maroon says:
      June 19, 2017 at 6:07 pm

      Thanku dear… mirey up veythw eba balan ngey ?.. see u then

  26. Reader says:
    June 20, 2017 at 7:27 pm

    Thee hama namoonaa liyuntherieh. Hurihaa liyuntherin ves mihaa dhigukoh vaahaka gensdheynamaehnu

  27. red says:
    June 21, 2017 at 12:30 pm

    Wow????❤❤

  28. red says:
    June 21, 2017 at 5:37 pm

    Wow??❤❤??

Comments are closed.

Next Episodeވާށެ އޯގާ ހިތާ 4←


All Right Reserved!