“އަހަރެންމީ ވަރަށް ބޮޑު ކުއްވެރިއެއް..ޔާނީގެ މަރުގެ ޒިންމާދާރަކީ އަހަރެން..އަހަރެން ގެއިން ނުކުތީމަ..ޔާނީ ފަހުން ވާހަކަ ދައްކަން އެހާ މަސައްކަތް ކުރަމުން ދިޔައިރު އެ ފުރުސަތު ނުލިބުނީމަ..އެކަމުގެ ހިތާމާއިގަ ޔާނީ އެ މަރުވީ..ޔާނީ ހާދަ މަސައްކަތެއް ކުރިއޭ އަހަރެންގެ ފޯނަށް ގުޅައިގެން ޓޯކް ކުރަން..ބަޓް އަހަރެން އެހުރިހާ ކޯލެއް އިގްނޯރ ކުރީ..އަހަރެން ކިހާ ސެލްފިޝް ދޯ..އަހަރެން ދެރަވީމަ، ޔާނީ އަހަރެން ދޫކޮށްލީމަ އަހަރެން ވިސްނީ އަހަރެންގެ ސެލްފާ ދޭތެރޭ އެކަނި..ޔާނީ އަހަރެން ދެރަ ކުރީތީ އަހަރެން އެ ކޯލްތަށް […]
ޔުއާން ބަލައިލުމާއިއެކު ދިމްރާ އަވަސް އަރުވާލާފައި މޫނު އަނބުރާލިތަން އޭނާއަށް ވަރަށް ރަނގަޅަށް ފެނުނެވެ.އޭނާގެ ގާތަށް ހިނިއައީ އެހެންވެއެވެ.އެހެންކަމުން އޭނާ އެއްމިޔަކަނުން ހިނިތުންވެލަމުން ދުރު ބަލައިލަން އުޅެނިކޮން ކައިރީ އިން އަޔާޒު ދިމްރާއާއި ދިމާލަށް ބަލަހައްޓައިގެން އިންތަން އޭނާއަށް ފެނުނެވެ. “އައި ގެސް ޝީ ގޮޓް ޖެލަސް” ޔުއާން ވަގުތުން އޭނާގެ ހިނިތުންވުން ފޮރުވާލީ ކައިރީ އިން އަޔާޒު ވާހަކަ ދެއްކުމުންނެވެ. “ހޫ” ޔުއާން ހެދީ ނޭނގޭ ކަމަށެވެ. “ހާހާ..ޑޯންޓް ބީ ކިޑިން މީ..އަހަރެން މިދައްކަނީ ކޮން […]
އެހެން އެތައް އިރަކު އަފްރީން އޭނާގެ ދެލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފޮހެލިއެވެ. އަދި އިންތަނުން ތެދުވެ ޑުރެސިންޓޭބަލް ލޯގަނޑު ކައިރިއަށް ގޮސް އަމިއްލަ ސޫރައަށް ބަލާލިއެވެ. މިހާރު ވާވަރު ވެއްޖޭ ހަޔާގެ ކުޅިގަނޑު ނިންމާލަފައި ނޫނީ އޭނާއަށް ދެން ހަމަ ނޭވާވާއެއް ނުލެވޭނެއެވެ. މިއޮތްހައި ދުވަހު އޭނާ މަޑުން ހުރީ އަމާން ހުރީ އުފަލުގައި ކަމަށް ހީކޮށެވެ. އަމާން އޭނާއަށް ބަރޯސާ ނުކުރިއަސް އެއަނދިރިގަނޑުން އަމާން ނެރެފައި ނޫނީ އޭނާއަށް ހަމަ ނޭވާއެއް ނުލެވޭނެއެވެ. އަފްރީން […]
އެއީމީގެ ސައުވީހަކަށް އަހަރުކުރިއެވެެ. ހިޝާމް އާއި ސަމީހުުގެ ޒަމާންވީ ގާތްގުޅުމަށް އިންޤިލާބެއްގެނުވީ އޭރުގައެެވެ. ސަމީހުގެ ހިތުގެރާނީ ހިޝާމްއާއި ހަވާލުކުރަންޖެހުނީ އެހިތުގައި ވޭންނާޅާތީއެއްނޫނެވެ. ނަމަވެސް ދެމީހުނަށް ވެސް އުފާވެރި ހަޔާތެއްލިބެން އޮތީ އެފަދަގުރުބާނީއެއް ވެގެބް ކަމުގައި ތަގްދީރުގައި ލިޔެވިފައިވުމުން ނެވެ. ނަމަވެެސް ސަމީހުގެ އެމަޖުބޫރީ ކައިވެނި ވެވުނީ ހިޝާމް އާއި ޒިޔާދަގެ ކައިވެންޏަށް ދަރިއަކުލިބުން ފަހުންނެވެ. އެހުރިހާދުވަހުވެސް ހިތުގައި އަތްއަޅާލައިގެން އެމީހުންގެ ހާލުބަލަމުން ގެންދިޔަ ސަމީހުއަށް އެއްވެސް ގޮތެއްނެތި މަައިންބަފައިންގެ އަގު ހިފޭއްޓުމަށް ކުރިކައިވެނި ވެގެންދިޔައީ ހިޝާމް އާއި […]
އެރޭ ދިމްރާ ކާންވެސް ނުކުންނާކަށް ބޭނުމެއްނުވިއެވެ.އެކަމަކު އޭނާ ހަމަޖެހިފައި ހުރިކަން ދައްކަންޏާ ޖެހޭނީ ކާން ނުކުންނާށެވެ. އެކަމުގައި ހިފާ ދަމާކަށް އޭނާ އެގޭ މީހުންނަކަށް ދައްކާކަށް ބޭނުމެއްނޫނެވެ.ހިތާދެކޮޅަށް އޭނާ ކާންނުކުތީ އެހެންވެއެވެ.އެކަންތައް އޭނާ ހަނދާން ނައްތާލައިފިކަން ދައްކަންވެގެންނެވެ. އެހެންނޫނަސް މިރޭވެސް މާލެއަށް މިއީ ތުފާނީ ރެއެކެވެ.ބޭރަށް ކާން ދާ ބަހަނާއެއްވެސް ދެއްކޭނީ އެހެންނޫންނަމަތާއެވެ.އެކަމަކު މިރޭ ވިއްސާރަ ކުރަމުން ދިޔައީ މީހަކަށް ބޭރަށް ނުކުމެލަން ކެރޭނެފަދަ ގޮތަކަށް ނޫނެވެ.އެހާވެސް ބޯކޮށް ވާރެ ވެހެމުން ދިޔައިރު ވައިގެ ތޫފާންވެސް ވަކި […]
“ސަލާމް..އަހަރެން ހޯދަން ތިހުރިހާ ދަލެއް އޮހޮރުވުމުގެ ބޭނުމަކީ ކޮބާ؟؟؟ ބުނަން. ތިހެން އެޗެހިތަށް ޑީއެކްޓިވޭޓް ކޮށް ފޯނާ ނަންބަރު ވެސް ބަދަލުކުރުމުގެ ބޭނުމެއް ނެތް. އަހަރެން މިހާރު މިހުރީ ތި މީހުންގެ ހަޔާތުގަ. ދެން އަހަރެން ބޭރަށް ލުމުގެ އެއްވެސް ބާރެއް ތިއިން އެކަކަށްވެސް ނޯންނާނެ. އެންޑް ހާޝިރް އާ ބެހޭގޮތުން ބުނާނެ އެއްޗެއް އެބައޮތްތަ؟ ނެތް ދޯ.. ދެން ކާކުގެ ލޭކޯރެއްބާ ހެދޭނީ.. އިންތިޒާރުގަ. ތިމީހުންގެ މަރު” ހަތަރުމީހުންގެ ގައިންވެސް ހީބިހި ނަގާލައިގެން ދިޔައެވެ. “މީ […]
ސަމީހު އަރޫންއަށް ނޭންގޭ އެތަކެއް ވާހަކަތަކެއް ކިޔާދިނެވެ. ” ދަރިފުޅާ ނަމަނަމަ މަންމަ އަށް މިއިންކަމެއް އެނގުނަ ނުދޭތި.. ކުރިން އުޅުންގޮތަށް ދަރިފުޅުވެސް ހަމަޖެހިގެން އުޅޭނީ..” ސަމީހުގެ ވާހަކައަށް އަރޫން އެއްބަސް ވުމުގެ ގޮތުން ބޯޖަހާލިއެވެ. ” ބައްޕާ އަޅުގަނޑު އަދިމިިއިނީ ހަނދާންނެތިފައޭ.. މިއޮތީ ބައްޕައަށް ރައްދުކޮށްދިނުމަށް އެދި މިޝާގެ ބައްޕަ ދެއްވި އެއްޗެއް.. ” ލާފައިހުރި ޖެކެޓްގެ އެެތެރޭން ނަގައި ފޮތްދިއްކޮށްލަމުން އަރޫން ބުންޏެވެ. އަރޫން އެފޮތް ހިފައިގެން އައީ އެއަމާނާތް އޭގެ އެންމެ އެދެވޭގޮތުގައި […]
ދުވަސްތައް ހަލުވިކަމާއިއެކު ފާއިތުވަމުން ގޮސް އެއްމަސް ވެގެން ދިޔަ ގޮތެއްވެސް އަފްރީންއަށް ނޭނގުނެވެ. ހިތާމައިގެ ކަނޑަކަށް މީހާ އަރަގުވެފައިވާއިރު ދުނިޔޭގެ ލޯމައްޗަށް އޭނާ ދައްކަމުން ދިޔައީ އެހެން މަންޒަރަކެވެ. ނަމަވެސް އެކަނިވާ ވަގުތުތަކުގައި އެހިތުގައި އަޅާ ވޭން ދެނިވޮޑިގެން ވަނީ ހަމައެކަނި ހެއްދެވި ފަރާތެވެ. ދުވަސްކޮޅަކީ ވިއްސާރަ ދުވަސްކޮޅެއްކަމުން މާހައުލުގައި ވަނީ ތެތް ފިނިކަމެއް ހިފާލާފައެވެ. އަފްހަމްއާއި ލިއުޝާ އަދި އަމާންއާއި އަފްރީން މަޝްވަރާކުރަމުން ދިޔައީ އަފްހަމްމެންގެ ކައިވެނި ޕާޓީގެ ތީމް ކުލައާއި ބެހޭ ގޮތުންނެވެ. ހަތަރު […]
އެ ސިހުމުގައި އެކަކު އަނެކަކުގެ މޫނަށް ބަލަހައްޓައިގެން ތިބި ދެމީހުންނަށް ހަމަހޭވެރިކަންވީ ކުޑަކުޑަ ޑިމީ ހޭންފެށި އަޑަށެވެ.އެއާއެކު ޔުއާން ޑިމީ އުރަން އަވަސްވެގަތް ނަމަވެސް އޭގެ ކުރިން ދިމްރާ ޑިމީ ޔުއާންގެ އަތުން ޖަހައިގެންފިއެވެ. އޭރު ދިމްރާ ހުރީ ޑިމީއަށް ކަމެއްވީނަމަ ކަންތައްވާނެ ގޮތް ހިތަށް އަރާ ބިރުވެސްގެންފައެވެ. އަދިހަމަ އެހެންމެ އެކަމާ ޔުއާންދެކެ ރުޅިވެސް އައިސްފައެވެ. “ހަމަ ހޭ ގަތަ ތިހުރީ..ހަމަހޭގަ ހުރިނަމަ މީ އަދި ކަންކަން ނުވިސްނޭވަރު ކުޑަ ކުއްޖެއްކަން ވިސްނުނީސް..ހަމަހޭގަ ހުރި މީހަކު […]