Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިލޯބި

އެދެމޭ ކަލާޔާ ގާތުގާ ވުމަށް (ތޭރަވަނަބައި)

shama shuaib Level 410 Stories100 Comments500 Comments100 Login
June 18, 2017 3 Mins Read
35 Comments

“މަރީ…ކިހިނެއް…ކީއް..ކުރަނީ…” ޖޮނަތަން ބިރުންހުރެ އަހާލިއެވެ. އެވަގުތު މަރީ އޭނާއަށް ދިމާއަށް ދަހިވެތި ނަޒަރަކުން ކަޅި އަޅައިލަމުން ފުނަމައިގެން ތެދުވިއެވެ. ސިއްސައިގެން ދިޔަވަރުން ޖޮނަތަން ފާޑަކަށް ވެއްޓުނެވެ. “މް..މް..މަރީ…” މަޑުމަޑުން އޭރު މަރީ އޭނާޔާ ދިމާއަށް އާދެއެވެ. “ކޮން މަރީއެއް. އަހަރެން މީ ކާސިމު”

************************************************************

ޖޮނަތަން އޭނާގެ ހިޔާލި ދުނިޔެއިން ނިކުމެ ހަމަޖެހިލިއެވެ. އެރޭ މަރުނުވެ އޭނާ ސަލާމަތްވީ ހަމަ ކިރިޔާއެވެ. ނަމަވެސް ޖޮނަތަންގެ ހިތްވަރުން އޭނާގެ ދަރިފުޅަށް ޖެހިފައިވާ ބަލި ދެނެގަތެވެ. އެއީ އާދައިގެ ބައްޔެއް ނޫނެވެ. ކުއްޖާ މާބޮޑަށް ހާސްވެ ޝޮކަކަށް ދާ ހިސާބަށް ދިއުމުން ޖެހޭ ޑީ.އައި.ޑީ ނަމަކަށް ކިޔާ ބައްޔެކެވެ. ޖޮނަތަންއަށް އެހެން ވާން ޖެހުނު ސަބަބު ނޭންގުނަސް އޭނާ ގެ ދަރިފުޅު ރަނގަޅު ކުރުމަށް އެތަށް ހަރަދެއް ކުރެއެވެ. މިހާރުވެސް މެއެވެ.

************************************************************

“ލާނީ….އަހަރެން ފެނޭތަ” އަލާނިޔާ އެސްފިޔަ ތަޅުވާލުމާއެކު ޔުސްރާ އަލާނިޔާއަށް ގޮވަންފެށިއެވެ. ނަމަވެސް އަލާނިޔާގެ ލޮލުން ކަރުނަފައިބަން ފެށީއެވެ. އެއްވެސް ޖަވާބެއް އެކަކަށްވެސް ނުލިބުނެވެ. އިރުކޮޅެއްގެ ތެރޭ ޑޮކްޓަރު އައިސް އަލާނިޔާ ރަނގަޅުތޯ ބަލާހެދިއެވެ. އަދި އެކަކާއެކު ވަކިން ބައްދަލު ކޮށްލަން ބޭނުންވާކަމަށް ބުނެ އެއްފަރާތަކަށް ޖެހިލިއެވެ. އެވަގުތު ލައިތް އޭނާގެ ފަހަތުން ހިނގައިގަތެވެ.

“އަދިވެސް އެކުއްޖާ އެވަނީ ޝޮކެއްގަ. އެކަމަކު އޭނާ ހުރިހާކަމެއްވެސް ހަނދާންވެސް އެބަހުރި. ހީވާގޮތުން އެހަމަލާ ދިން މީހެއްގެ ކޮންމެސް ކަމެއް ފާހަގަވީ…ހިތްވަރު ކޮށްފިއްޔާ ހޯދިދާނެ. ޖަސްޓް ޓޭކް ކެއާ އިނގޭ..” ޑޮކްޓަރު އެހެން ބުނުމާއެކު ލައިތް އަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. އަލާނިޔާއަށް ގޮތެއް ނުވާކަން އިނގުމުންނެވެ. ނަމަވެސް ވާހަކަ އަޑުއަހަން ހުރި މުލައިލްގެ ހިތުގައި ވަނީ ސުވާލު ތަކެކެވެ. ލައިތްއަށް ފެނުމުގެ ކުރިން ދުރަށް ޖެހުނު މުލައިލްއަށް އޭނާގެ ޖީބުގައި އޮތް އަލާނިޔާގެ ފޯނު ވައިބްރޭޓް ވެލިހެން ހީވުމުން އެ ނަގާ ބަލައިލިއެވެ. ފޯނު ހުޅުވާލައިފައި އޮތުމާއެކު ޑޭޓާވެސް ހުރީ ޖެއްސިފައެވެ. ކޮންމެސް މީހަކު ވައިބާރ ކުރަނީއެވެ.

އަލާނިޔާ ޖަހާފާނެ ހެން ހީވާ ދެ ޕާސްވޯޑެއް މުލައިލް ޖަހާލިއެވެ. ނަމަވެސް ނުބައި ކަމަށް އެރުމުން ވަރަށް ވިސްނާލުމަށް ފަހު މުލައިލް އަދި ރޫ ރައްޓެހިވި ދުވަސް ޖަހާލިއެވެ. އެއާއެކު ފޯނު ހުޅުވިގެން ދިޔުމުން މުލައިލްގެ ހިތުގައި ރިއްސާލިއެވެ. އަލާނިޔާގެ ހަނދާނުގައި ކުރިން އެއްކަމެއް ނުވާއިރުވެސް އެ ތާރީހު ހަނދާން ހުރީމައެވެ. ފޯނު ހާވަމުންގޮސް އެންމެ ފަހުން ވައިބާރ ހުޅުވާލުމާއެކު ފެނުނީރުއާގެ މެސެޖެކެވެ. އޭގައި އިނީ މާދަން ރުއާ ރާއްޖެ އަންނަ ވާހަކައެވެ. އަނެއްކާވެސް މުލައިލްގެ ހިތް ސުވާލުން ފުރިގެން ދިޔައެވެ. ލައިތްމެން ގާތު ބުނެވެސް ނުލާ މުލައިލް ފަތިހުގެ އެވަގުތުގައި ހޮސްޕިޓަލުން ނިކުތެވެ. އަދި އެދިޔަގޮތަށް ގޮސް އޭނާ ވަނީ ޝިފާން މަސައްކަތް ކުރާތަނަށެވެ. ކަންދިމާކުރި ގޮތުން ޝިފާން އެތަނުގައި ހުއްޓެވެ.

“ކީއްކުރަން..؟؟؟ އަލާނިޔާ ހައްޔަރު ކުރީއަހަރެން ކަމަށް ހީކުރި މީހަކު ހެކި ނެތީމަ އަހަރެން ދޫކޮށްފަ މިހާރު އަހަރެން ހޯދަނީ ކޮންބޭނުމަކު؟” ޝިފާން ހުރީ ވަރަށް ހިންހަމަ ނުޖެހިފައެވެ. ނަމަވެސް ޝިފާންގެ ސުވާލަށް ޖަވާބުދިނުމެއްވެސް ނެތި މުލައިލްވެސް ކޮށްލީ ސުވާލެކެވެ.” މީހަކަށް އެއްޗެއް ކާންދީގެން އެމީހާގެ ގައިތެރެއަށް ޓްރެކާއެއް ކަހަލަ އެއްޗެއް ދޫކޮށްލެވިދާނެތަ؟  މިބުނީ މައިކްރޯ..” މުލައިލް އެހެން އަހާލުމާއެކު ޝިފާންއަށް ކަންތަށް ވަރަށް ގޯސްވެއްޖެކަން ނަގައި ގަނެވުނެވެ.

“އާނ..އެކަމަކު އޭތި ތްރޫކޮށް އަޑެއް ނީވޭނެ. ޑުޔޫ ތިންކް؟!! މުލައިލް. ހިނގާ ޓެސްޓެއް ހަދަން!” ޝިފާންގެ ރުޅި ދިޔަތަނެއްވެސް ނޭންގެއެވެ. އޭނާ އުޅުނީ މުލައިލްގެ ގާތަށް ދާށެވެ. ނަމަވެސް އެއަށްވުރެ ކުރިން އެތަނުން ނިކުމެގެން މުލައިލް ދިޔައެވެ. ނަމަވެސް ދަމުން ދަމުން އެކަކު ގާތު އެއްވެސް އެއްޗެއް ނުބުނުމަށް ވައުދުކުރުވިއެވެ. އަދި އޭނާ ބުނާކަންތަށް ނުކޮށްދީފިނަމަ މުލައިލްގެ ފުރާނައަށް ގެއްލުން ވެދާނެ ކަމުގެ ބިރު ދައްކާ މެސެޖެއްވެސް ފޮނުވާލިއެވެ. ހާސްވެފައި ހުރި މުލައިލް ފޮތަކާ ގަލަމަކާ ހިފައިގެން މިސްރާބު ޖެހީ ރަސްފަންނަށެވެ. އަދި އެތާއިނދެ ނޯޓެއް ލިޔުމަށްފަހު ގެޔަށް ދިޔައެވެ. އަދި އެ ނޯޓު އަލާނިޔާގެ ދަބަސްތެރެއަށް ލާ ފޮރުވާލިއެވެ.

ހަމަޖެހިލުމަށްފަހު ސިޓިންގެ ރޫމަށް ނިކުމެ މުލައިލް އޭނާގެ ފޯނު ނަގާ ކަންފަތުގައި ޖަހާލަމުން ބާރަށް ވާހަކަދައްކަން ފެށިއެވެ.” އޭ..އާދެބަލަ ގެއަށް. އަހަންނަށް އިނގިއްޖެ މީހުން މަރަނީ ކާކުކަންވެސް…އާދޭ ވިހި މިނެޓުފަހުން..އަހަރެން ކިޔާދޭނަން. އޭނަ ހީކުރަނީ ކީކޭތަ.ހަހަހަ…. ” މުލައިލް އުޅުން ގޮތުން ހީވީ ހަމައަސްލަށްވެސް އޭނާ ފޯނުން މީހަކާ ވާހަދައްކަނީ ހެންނެވެ. ހަގީގަތަކީ އެހުރިހާ ކަމަކީވެސް އޭނާގެ ރޭވުން ކަމެވެ.

މުލައިލް ބޭނުންވަނީ އޭނާގެ ފުރާން އެކުވެރިންގެ ހައްގުގައު ގުރުބާން ކޮށްލައިގެން އެހުރިހާ ކަމަކަށް ނިމުމެއް ގެންނާށެވެ. އެކަކަށް ނޭންގުނަސް އެގޭގައި އެމީހުން އެންމެން އަޑު އަރާނޭ ފަދަ ކޮންމެސް އެއްޗެއް ބެހެއްޓިފައި ވާކަން މުލައިލްއަށް ދެނެގަނެވުނީއެވެ. އެހެންކަމުން އެމީހަކު އޭރުން މުލައިލް ހޯދަން އަންނާނޭކަންވެސް އިނގުނީއެވެ. އެހިސާބުން ގެއަށް އައިސް އަލާނިޔާގެ ދަބަހުގައި ރިކޯޑަރެއް ހަރުކޮށްލީއެވެ. އޭރުން އޭނާ މަރުވިޔަސް އަލާނިޔާމެންނަށް އެއީ ކާކުކަން އިނގޭނެތީއެވެ. މުލައިލް ސޯފާގައި ޖައްސާލައިގެން އިންނަތާ ބަރާބަރު ފަސްމިނެޓުވިއެވެ. އެޔާއެކު މުލައިލްގެ ކޮޓަރީގެ ކުޑަދޮރު ތެޅިގެން ދިޔައަޑު އިވުނެވެ. މުލައިލްގެ ތުންފަތްމަތީގައި ދުވެލީ ކާމިޔާބީގެ ހިނިތުންވުމެކެވެ.

************************************************************

“ޔުސް….ފެން..” އަލާނިޔާ ވާހަކަ ދައްކާލެވޭ ވަރުވުމާއެކު ޔުސްރާއަށް ގޮވާލިއެވެ. ޔުސްރާ ހީވީ މާކުރިންވެސް އެކަމަށް ތައްޔާރުވެގެން ހުރިހެނެވެ. އަލާނިޔާއަށް ފެންދިނުމަށްފަހު އަލާނިޔާގެ ބޮލުގައި ފިރުމާލައިދިނެވެ. އަދި މިހާރު ރަނގަޅުތޯ އަހާލިއެވެ. އަލާނިޔާ ހަމައެކަނި ބޯޖަހާލީއެވެ.

އަލާނިޔާ ލައިތް އާދިމާއަށް ބަލާލިއެވެ. ކޮޓަރީގެ ސޯފާއެއްގައި ލައިތް އިނީ ނިދިފައެވެ. ލައިތްގެ ގަމީހުގައި ކޮންމެސް ވަރަކަށް ލޭ ހުރިއިރު އެ މޫނުމަތިން ފެންނަނީ ވަރުބަލިކަމެވެ. “ޔުސް..އެއީ އަންހެނެއް!!.. މޮޔަ މީހެއް” އަލާނިޔާ ބުެލިއެވެ. އެޔާއެކު ޔުސްރާގެ ސަމާލުކަމެއް އަލާނިޔާއަށް ހުސްކޮށްލިއެވެ.”އިނގޭތަ. އޭނަގެ ކަރުމަތީ އިނދޭ ކަޅުތިލައެއްވެސް. އެންޑް އަހަރެން ބޮލުގަ ޖާހާފަ ގެންގޮސް ގަސްތެރެއަށް އިނގޭ އެއްލާލީ.. އޭރަކު އެއްކޮށް ހެޔެއް ނުނެތޭ..ދެބަދޭތެރޭ އޮތީ.. އިރުކޮޅަކުން އިވުން އޭނަ ރުއި އަޑު. ދެން ކީ ތިމަންނަޔަށް އެހެން ނުހަދާށޭ.. ހެޔޮނުވާނޭ..ޔުސް.. ބުނީމެއްނު އެމީހާގެ ޑީ. އައި.ޑީ ހުންނަވާހަކަ ދޯ؟އަހަންނަށް ހީވަނީ އޭނަގެ ހުންނަ ޕާސަނަލިޓީގެ ތެރެއިން އެކަކު ރަނގަޅުހެން. އެކަމަކު އަހަންނޭ ކީމަ ހައިރާންވި” އަލާނިޔާ ފަޑީގައި ލެގިލަމުން ކިޔައިދިނެވެ.

ޔުސްރާގެ ހަނދާނަށް އައީ އެންމެ ފުރަތަމަ އެ މީހާ ހޯދަންދިޔަ ދުވަހެވެ. އެދުވަހު އެ މީހާވެސް ބުނީ އެއީ އާލް ކަމުގައެވެ. އެހެންވިރު އެއީ އަލާނިޔާއަށް ވެދާނެކަމަށް ޔުސްރާގެ ހިތްބުނެލިއެވެ. އެއީ ކުރީގައި އަލާނިޔާ އަމިއްލަޔަށް ކިޔާ އުޅުނީ އާލްކަމަށް ވުމުންނެވެ. “ލާނީ… އެކަހަލަ މީހުންގެ ގައިތެރޭގައި އެކި އެކި މީހުން އުޅޭނެހެން ހީވާނެ. އެކަމަކު ހަގީގަތަކީ އެމީހާގެ ސިކުނޑީގަ އަސްލު އެމީހުންގެ ކަންކަން ނަގައިގަނެފަ ހުންނަކަން.އަހަންނަށް ހީވަނީ ލާނީގެ ރޫ މަރެއް ނުވޭހެން. ލާނީ…އެއީ ރޫ..ރޫއަށް ލާނީގެ ޕާސަނިލިޓީ ލިބިފަ އެހެރީ..” ޔުސްރާ ކަންބޮޑޫވެފައި ބުނެލިއެވެ. އެޔާއެކު އަލާނިޔާ ދެލޯބޮޑުކޮށްލުމަށްފަހު ޔުސްރާއާ ދިމާއަށް ބަލައިލިއެވެ.

ނުނިމޭ….

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

shama shuaib

Level 410 Stories100 Comments500 Comments100 Login

I love writing. I love to read comments. And other stories. I'm 18 and this is my hobby. have a good day?❤️

Other Articles

Previous

ލޯބިވާވަރު ބުނަން ހާދަ ބޭނުންވެޔޭ! 2

Next

ޒީކް… 1

Next
June 18, 2017

ޒީކް… 1

Previews
June 18, 2017

ލޯބިވާވަރު ބުނަން ހާދަ ބޭނުންވެޔޭ! 2

35 Comments!

  1. imagination ?? says:
    June 18, 2017 at 5:40 pm

    hei everyone. ummm ingey mibai varah varah kurukan. ei kudakoh suspense ithuru kohllan. haha. ekam maaginairu wait kuraakah nujehey ne ingey… mirey fourteenth vana bai dhigukoh upp kohla dheynan. ?

    1. imagination ?? says:
      June 18, 2017 at 5:45 pm

      adhi faahaga vi ehkameh bunefaanan. aslu gina dhivehinnah did aa hallucination fadha kanthah thakaa behey gothun ingey minvaru varah madhu. vedhaane ei raahjeyga ehaa aamu noon vi ma kamah. ekamaku aslu ingun muhimmu kanneynge. anyways hope mi story ge ehiga did ei koacheh kan ingeyne kamah

  2. yax says:
    June 18, 2017 at 5:42 pm

    kiyaalafa cooment koh laaanan

    1. imagination ?? says:
      June 18, 2017 at 5:45 pm

      labba.?

    2. yax says:
      June 18, 2017 at 5:48 pm

      omg cant wait for tonight!!!
      so thrilling!!
      i think its roo

    3. yax says:
      June 18, 2017 at 5:49 pm

      ooh me first ?

    4. imagination ?? says:
      June 18, 2017 at 7:37 pm

      yess… u first… hahah thanks ?

  3. pooh says:
    June 18, 2017 at 5:47 pm

    reethi

    1. imagination ?? says:
      June 18, 2017 at 7:38 pm

      thank you ??

  4. Someone says:
    June 18, 2017 at 5:49 pm

    Awwnnn…. Yah mibai varah kuru. Ekam mirey dhigukoh genesdhey namey bunyma varah happy vejje. Mibaives varah salhi ??? Waitin 4 the next part 🙂 ❤❤

    1. imagination ?? says:
      June 18, 2017 at 7:47 pm

      thank you ?

  5. Greeny says:
    June 18, 2017 at 6:05 pm

    Me first

    1. imagination ?? says:
      June 18, 2017 at 8:15 pm

      next time dhww greeny ?

  6. Afoo says:
    June 18, 2017 at 6:12 pm

    V reethi n waiting for your next part

    1. imagination ?? says:
      June 19, 2017 at 12:04 am

      thank u ??

  7. Juvey says:
    June 18, 2017 at 6:20 pm

    Hey waitting for tonight . ?

    1. imagination ?? says:
      June 19, 2017 at 12:05 am

      ??

  8. Juvey says:
    June 18, 2017 at 6:22 pm

    V salhi mi bai vx ..

    1. imagination ?? says:
      June 19, 2017 at 12:06 am

      shukurihya ??

  9. Adha? says:
    June 18, 2017 at 7:00 pm

    Hey! Varah reethi mi part ves..? varah happy vehje tonight adhi one part genesdheynamey bunyma.. waiting for tonight..??❣

    1. imagination ?? says:
      June 19, 2017 at 12:06 am

      awwn… thank you adha..?

  10. luhan says:
    June 18, 2017 at 7:10 pm

    Alheys..Mi stry up vejje thw haadha varakh balaifymey..Thnk u so much..??

    1. imagination ?? says:
      June 19, 2017 at 12:08 am

      awwnn…cute comment… ur welcome luhan?

  11. sam♥ says:
    June 18, 2017 at 7:21 pm

    wow waiting next part

    1. imagination ?? says:
      June 19, 2017 at 12:09 am

      thank you?

  12. Coco says:
    June 18, 2017 at 8:47 pm

    I m confused kaaku main character aky roo tha laany tha

    1. imagination ?? says:
      June 19, 2017 at 12:11 am

      laani.. roo aki villain dhw ehen bunaanama mihaaru

  13. Library ? says:
    June 18, 2017 at 8:57 pm

    Plx….. Avas koh dheeba ??

    1. imagination ?? says:
      June 19, 2017 at 12:11 am

      done..?

  14. luhan says:
    June 18, 2017 at 10:29 pm

    Kihaa iraku stry up vaany??

    1. imagination ?? says:
      June 19, 2017 at 12:15 am

      sorry lasvima.. mihaaru upp kohffin. vaguthun liyefa up kuraathi las vani…?

  15. pritty says:
    June 18, 2017 at 11:23 pm

    omg.. eyruvx hee vi ey rooage geygauhuny kuhjaa maaraalema eh ee rooaahern… v nice..
    waiting fr the next part.. dhiggu koh gehnaanameybunyma v happy.. kiyaa hithun keh madhu vefa
    love da storyingey.. v nice..
    n very sorry last two part ah comment eh koh nulevunyma.bt kiyaalin ingey e dhe bai vx.. v nice.. . v nice mi e 2 parts a eh koh koli comment eh ingey…

  16. pritty says:
    June 18, 2017 at 11:24 pm

    omg.. eyruvx hee vi ey rooage geygauhuny kuhjaa maaraalema eh ee rooaahern… v nice..
    waiting fr the next part.. dhiggu koh gehnaanameybunyma v happy.. kiyaa hithun keh madhu vefa
    love da storyingey.. v nice..
    n very sorry last two part ah comment eh koh nulevunyma.bt kiyaalin ingey e dhe bai vx.. v nice.. . v nice mi e 2 parts a eh koh koli comment eh ingey…
    v salaam

    with love
    pritty

    1. imagination ?? says:
      June 19, 2017 at 12:16 am

      itss okey.. thank you pritty ???? missed ur comments tho.. haha?

  17. Jjey:) says:
    June 19, 2017 at 12:43 am

    Nice❤

Comments are closed.

Next Episodeއެދެމޭ ކަލާޔާ ގާތުގާ ވުމަށް (ސާދަވަނަބައި)←


All Right Reserved!