ރޭގައާއި ކުރީރޭ ނުނިދާ ހުރުމުގެ ސަބަބުން ނިދަން އެއްގޮތަކަށްވެސް އޭނާ ބޭނުންނުވި ކަމުގައިވިޔަސް ތަންމަތީ ޖެހުންހެން ހީނުވެ ދިމްރާއަށް ވެފައި ހުރި ވަރުބަޔެއްގެ ސަބަބުންނާ އެއްކޮން ވަރަށް އަވަހަށް ނިދިއްޖެއެވެ.އެ ނިދިގޮތަށް އޭނާއަށް ހޭލެވުނީވެސް އަސްރުވާން އުޅެނިކޮންނެވެ.އެހެންކަމުން އޭނާ ތިރިއަށް ފޭބީ މެންދުރާއި އަސުރު ނަމާދުވެސް ކޮއްލައިގެންނެވެ.އޭރު މީހާ ހުރީވެސް ވަރަށް ބޮޑަށް ހަމައަކަށް އެޅިފައެވެ.އެކަމަކު އޭރު ޔުއާންގެ މޫނު ބަލައިލަން ދާހިތުން އޭނާއަށް ހުރެވެނީއެއްވެސް ނޫނެވެ.ނަމަވެސް ތިރިއަށް ފޭބުމުންވެސް ޔުއާންގެ ކައިރިއަށް ދިޔުމުގެ ކުރިން އޭނާއަށް […]
އަދި ފަހުން އަންނާނެ ކަމަށްބުނެ ބޮޑުދައިތަ ނުކުމެގެން ދިއުމުން އައިނީ އަވަސް އަވަހަށް އެ ކޮތަޅު މޮހާލިއެވެ. އެއީ ޑައިރީއެއް ކަން އިނގުމުން އައިނީ ކުރިއަށްވުރެވެސް ޝައުގުވެރިކަމާއެކު އެފޮތް ހުޅުވާލިއެވެ. ފުރަތަމަވެސް އޮތީ މަންމައާއި ބައްޕަގެ ޒުވާންއިރުގެ ފޮޓޯއެކެވެ. އެ ފޮޓޯއަށް ވަރަށް ފަރުވާތެރިކަމާއެކު އައިނީ ބަލާލިއެވެ. އެހެން އިރުކޮޅަކު އިނުމަށްފަހު އައިނީ އެ ޑައިރީ ކިޔަންފެށިއެވެ… ** *** **** ލޯބިވާ ދަރިފުޅާއެވެ. ދަރިފުޅަށް މި ޑައިރީ ލިބޭއިރު ބައްޕަ ވާނީ ދަރިފުޅު ދުކޮށް މާދުރަށް […]
އަހަރުގެ ޗުއްޓީނިމި ކިޔެވެން ފެށެން ގާތްވުމާއެކު ޝަމާލް އާއި އަރޫން ތައްޔާރުވަމުން ދިޔައީ ފުރުމަށެވެ. ހަމައެގޮތަށް ދޮންތަމެން ހަނީމޫނަށް ފުރުމާއެކު މަލާކް ވެސް މައިޝާއާއި އެކު ދިރާސީ އައު އަހަރަށް ތައްޔާރީތަށް ވަމުން ދެއެވެ. ކިތަންމެ ހިތްނޭދުނަސް އަރޫން މަލާކްގެ ކުރިމަތިން ގެއްލޭޗަގުތުކުޑަތަން ވަމުން ދާވަރަކަށް އެފަކީރުގެ ހިތްނުތަނަވަސްވުން ދިޔައީ އިތުރުވަމުންނެވެ. ނަމަވެސް މުސްތަޤުބަލަށްޓަކައި ކިޔެވުންވެސް އެހާމުހިއްމެވެ. މަލާކް އާއި އެކު ފޮތްތަށް ރެޑީކުރަންހުރި މިޝާ އެއްކައިރިއަށް ޖެހިލީ ޝަމާލް ގުޅުމުންނެވެ. ރާއްޖޭން ބޭރުގައި ހޭދަކުރަމުން ދިޔަ […]
އަމާން އެތަނުން ނިކުމެގެން ދިޔަ ގޮތައް ގޮސް ކާރަށް އަރާ އިށީނދެ ހަމަޖެހިލިއެވެ. އޭނާއަށް ހީވީ ބޮލުން ބޮޑު ބުރައެއް އުފުލުނު ހެންނެވެ. ވަގުތުން ފޯނު ނަގާ އަފްރީންގެ ނަންބަރަށް ޑައިލްކޮށްލުމަށްފަހު ކަންފަތުގައި ޖައްސާލިއެވެ. ފުރަތަމަ ރިންގާއެކު އަފްރީން ފޯން ނަގާ “ހަލޯ” އޭ ބުނެލިއެވެ. “އަފޫ އެބަދަން ބަލާ އެއްވެސް ސުވާލެއް ނުކޮށް އަހަރެންނާއި އެކު އަހަރެން ގެންދާތާކަށް ގޮސްފާނަންތަ؟؟ “އަފްރީން “އާއެކޭ” ބުނުމުން އަމާން ތި ގޭ ކައިރިއަށް އެބަދަމޭ ބުނެ ފޯނު ކަނޑާލިއެވެ. […]
އެންމެގެ ނަޒަރު މަލާކްއަށް ހުއްޓުމުން ލަދުން މިޝާގެ ފަހަތަށް ވަނީީ ހަދާނެ އިތުރުގޮތެއް ނެތުމުންނެވެ. އޭރު އެފަކީރުގެ މޫނަށް ވަނީ ޖަންބުކުލައަރާފައެވެ. “މީހަމަ ބައްޕަ މަލްކޮތަ.. މާޝާ ﷲ ހާދަރީއްޗޭ.. ބައްޕަހީވެސް ނުކުރަން ތިގޮތަށް ބައްޕައަށް ސަޕްރައިޒްއެއް ދޭނެކަމަށް.. މިރޭ ބައްޕަ ވަރަށް އުފާވެއްޖެ.. ” ހިޝާމް އައިިސް މިޝާގެ ފަހަތަށްވަތް މަލާކް އަަެނާގެ ކުުރިމައްޗަށްގެނެސް ވާހަކަދެއްކިއެވެ. ހުދުކުލައިގެ ކަކުލާހަމައަށް އަރާ ހެދުމަކާއެކު ފެހިކުލައިގެ ލެގިންސްއެއް ލާފައިވާއިރު ބޯފޮރުވާލެވިފައިވަނީ ފެހިކުލައިގެ މިޒަމާނުގެ އެންމެ ފެޝަން ޝޯލްއަކުންނެވެ. ޝޯލްއަޅާލާފައިވާގޮތުން […]
މާލޭގެ ބިމުގައި ފައި ބީއްސާލުމާއި އެކު ޒިއަމްގެ ހިތަށް ވެރިވީ އުފާވެރިކަމެވެ. ކިތައްމެ ގިނަ ދުވަހެއް ބޭރުގައި ހޭދަ ކުރުމަށްފަހު އުޅެ ބޮޑުވީ ރާއްޖޭގައި ކަމުން ގައުމަށްޓަކައި އުފެދިފައިވާ ލޯބި މޫނުމަތީވި ހިނިތުންވުމުން ދައްކުވައި ދެއެވެ. މީހުން ބުނާތީ އަޑު އަހަމެވެ. މިޒަމާނުގެ ކުދިން ބޭރަށް ދިޔުމުން އަމިއްލަ ގައުމު މަތިން ހަނދާންނެތެވެ. ބަހާއި ހުލްގު ގެއްލެއެވެ. އެހެން ނަމަވެސް ޒިޔަމް އެފަދައެއް ނޫންކަން އޭނާ ދަންނަ ކޮންމެ މީހަކަށްވެސް އެނގޭނެއެވެ. ލައިގެން ހުރީ ވީ ކަރުގެ […]
“އަ..އައި މީން” އާމިލް ދިފާއުގައި އަވަސް އަވަހަށް ވާހަކައެއް ހަދާލަން އަވަސްވެގަތް ނަމަވެސް އިތުރަށް ބަހެއް ނުބުނެވުނީ މޫނު މައްޗަށް އަރައިގެންދިޔަ ނާސިރުގެ އަތުގެ ހޫނު ހަމާލައިގެ ސަބަބުންނެވެ. “ކަލޭތަ އަހަރެން ދަރިފުޅު މަރާލީ” ނާސިރުވެސް ހަޅޭއްލަވައިގަތީ އެހެން ކިޔާފައެވެ. “މާ ބާރަށް ހަޅޭއްނުލަވާ..އަހަރެން ހިފެހެއްޓީމަ އަމިއްލައަށް ގަދަހަދާފަ އޭނާ ވެއްޓުނީ..ދެން އެވަގުތު ކުޑަދޮރު ކައިރީ ހުރުން އެއީ އަހަރެންގެ މައްސަލައެއްނޫން..ޔުއާންގެ ކައިރިއަށް ދާން ގަދަނުހެދިނަމަ މަރެއްނުވީހެއްނު..އެވަރުންވެސްވެއްޖެ ވިއްޔަ ޔުއާންގެ ކިބައިން މާފަށް އެދެންށޭ ކިޔާފަ ޔުއާންގެ […]
އަހަންނަށް ހޭލެވުނީ ގަޑި އެލާރމްވި އަޑަށެވެ. އޭރު ގަޑިން އަށެއް ޖެހީއެވެ. ހޭލާފައި ފުރަތަމަވެސް އަހަންނަށް ބަލައިލެވުނީ އަމާނީ ކޮބައިތޯއެވެ. އޭރު އަހަރެންގެ ބޮލުގައި ވަރަށް ގަދައަށް ރިއްސައެވެ. އަމާނީ ގެ ޚަބަރެއް ނުވުމުން އަހަރެން ގަސްދުކުރީ ފާޚާނާއަށް ވަދެ ކުޑަކޮށް ތާޒާ ވެލާށެވެ. މޯޅިއަކަށް ދެމިލަމުން ތެދުވެ އެދުގައި ހަމަޖެހިލި ވަގުތު އަހަރެންގެ ލޮލުގައި އަޅައިގަތީ މުސައްލަމަތީގައި ނަމާދު ދޮޅިއާއެކު ލެއާ ތަތްތެޅިފައި އޮތް އަމާނީއެވެ. އަހަންނަށް އަޑުގެ ނެތްތަނަށް ހަޅޭއްލަވައިގަނެވުނެވެ. އެއާއެކު އަހަންނަށް ހަމަހޭވެރިކަންވިއެވެ. […]
މިއޮއްވީހާއިރު އަލާނިޔާ ރުއިމުގެ ސަބަބުން ލައިތްއިނީ ހިތްކުދިކުދިވެފައެވެ. އެކަކު ގާތު ނުބުންޏަސް އެ ނާޒުކު އަންހެން ކުއްޖާއެއީ އޭނާގެ ހިތުގެ މަލަކާއެވެ. ނަމަވެސް އެންމެ ކުރިންވެސް މުލައިލް އާހެދި އަލާނިޔާއަށް ވާވަރު ފެނުމުން ލައިތްއަށް ފަސްޖެހެވެނީއެވެ. އެހެންނޫނަސް އޭނާއެއީ އަބަދުވެސް މަޑުން ހުންނަ ކުއްޖެއްކަމުން ބުނަން ނުކެރެނީއެވެ. މިހާރުވެސް އަލާނިޔާ މުލައިލް އާހެދި މޮޔަވެފަ ހުންނަވަރުން ނުބުނެވެނީއެވެ. އެހެންކަމުން އަލާނިޔާގެ ލޮލުން ވެއްޓޭ އެންމެ ކަރުނަތިއްކަކީވެސް ލައިތްއަށް ނުހަނު ވޭންދެނިވި ކަމެކެވެ. އަލާނިޔާ ކިތަންމެ ހަމަޖެހޭ ގޮތް […]