މަލާކް… 11ވަނަބައި
އިރު ފެނުންތޮޅިލުމާއެކު މާލޭގެ ހަލަބޮޮލި މަގުތަކަށް ކާރޫބާރޫކަން ބޮޑުވެގެން ދާފައިން ފައިމަގުގައި އުޅޭމީހުނާއެކު މުޅިމަގުތަށް ތޮއްޖެހިދެއެވެ. މަލާކްހުރީ ތައްޔާރުވެގެން މާހިލްގެ އިންތިޒާރުގައެވެ. މިއަދަކީ ފީލްޑް ޓްރިޕްއެއްގައި ބިޒްނަސްކިޔަވާކުދިން ކ. ހުރަޔަަށް ދާން އޮތްދުވަހެވެ. ތަފާތު ވިޔަފާރިތަކުން މުއްސަނދިވެފައިވާ ހުރަޔަށް އަދި އަލަށް ދެވޭތީ މަލާކްހުރީ ވަރަށް އުފާވެެފައެވެ. ފަސްވަރަކަށް މިނެޓްފަހުން މާހިލް އައުމާއެކު މަލާކްް ގެއިން ނިކުތީ ބައްޕަކައިރީގައި ބުނެލާފައެވެ. ޓެކްސީގައި އަށް އެރުމާއެކު ދާންވީ މަންޒިލް މާހިލްބުނެދިނެވެ. މަލާކް އިނީ ހުރާގައި ކުރެވޭ ވިޔަފާރިތަކާއިބެހޭ މައުލޫމާތު އެކުލެވޭ ލީފްލެޓްކިޔާލުމަށެވެ.
ރޭގެ ހަމަނިދި ނުލިބިހުރުމުގެ ސަބަބުން ބިންޔާގެ ބޮލަށް ބަރުވެފައި ހުރިނަމަވެސް ތެދުވީ މިއަދު އޭނާގެ ބައްޕަ ފުރާވާހަކަ ބުނެފައި އޮތުމުން އެކަމަށް ތައްޔާރުވުމަށެވެ. ފެންވަރާ ތާޒާވެލައިގެންް ނިކުތް ބިންޔާ ކޮޓަރީ ދޮޮރުހުޅުވާ ސިޓިންރޫމަށް ނިކުތްގޮތަށް ހުއްޓުންއެރީ ގޭތެރެ އޮތްގޮތްފެނި ހައިރާންވެ ބަސްހުއްޓުމުންނެވެ. މުޅިގޭތެރެފޮޅާ ސާފްކޮއްލާފައިވާއިރު ސޯފާތަށްވެސް ވަނީ އާކޮށްލާފައެވެ. ހަމަ އެގޮތަށް ކޮންމެ ދޮރެއްގައި ވެސް ޓެގްކޮޅުވެސް ހަރުކޮށްލެވިފައެވެ.
“ބަލައޭތް.. ކޮންދުނިޔެ އެއްގައިތަ..” ބިންޔާއެހުރިގޮތަށް ބަސްހުއްޓިފައި ހުއްޓައި ޖަޒްލާންއައިސް މޫނުމަތީގައި އަތްހޫރާލާފައި އެހެން ބުނުމުން ހަމަރަނގަޅަށްވެސް ބިންޔާ އަށް ސިހުން ލިބިގެން ދިޔައެވެ. އެމަންޒަރުބަލަން ދުރުގައި ސަމީހު އާއި އަރޫންގެ އިތުރުން ޝަމާލް ދުރިގައި ތިބެ ހޭން ފެށުމުން ބިންޔާ މިފަހަރު ގަތީ އަމަށަކު ލަދެއްނޫނެވެ. ޖަޒްލާންގެ މޭގައި އަވަހަށް ފޮރުވިލީ އެމީހުނަށް ބްލަޝްވެފައިވާ އޭނާގެ މޫނު ނުދެއްކުމަށެވެ. “އަހަށް އަދިވެސް ޖަޒްލާންގައިގަ ތަ.. ބަލަ ބައްޕައޭ މިއަދު ފުރަނީ.. ދެންވެސް ޖަޒްލާން ހުންނާނީ މިކޮޅުގައޭ.. .. އެހެންވީމަ ބައްޕަ އަކަށްނު ހަގްއެއްދޭންވީ.. ” ބިންޔާމެން ކައިރީގައި އައިސް ހުއްޓެމުން ސަމީހު އެހެންބުނުމާއެކު މިފަހަރު އެހެންމީހުނާ ބައިވެރިވެ ޖަޒްލާންވެސް ހޭންފެށުމުން ބިންޔާ ލަދުން ހުުރެވެސް ރުޅިއަންނަ ކަމަށް ހަދާ ތުން އަނބުރާލިއެވެ. އަދިހަމަ ދެވަނަ ސިކުންތުގައި ” ދެން ބައްޕަވެސް އަބަދު އަޅުގަނޑާ ދިމާކުރައްވަނީއޭ..” ބުުނެ ތުންދަމާލިއިރު ކުޑަކުއްޖެއްފަދައެވެ. “ހޫމްދެން އަޅެ ބޭބީގަނޑާ ހިނގާ ސައިޖބޯން މިހާރު ހައިވެގެން ގޮހޮރު ވަޔާތެޅޭހެން އެބަހީވޭ.. ” އެންމެ ފަހުން އަރޫން އަށް ކެތްނުވެގެން މިހެންބުނެލީ މިއަދު އެމީހުން ހުރިހާ ފިރިހެނުންް ތައްޔާރުކުރި ނާސްތާގެ ރަހަކިހިނެއްތޯ ބަލާލުމުގެ ބޭނުން ބޮޑުކަމުންނެވެ.
އަމާން އޮމާން ދަތުރަކަށް ފަހު ހުރަޔަށް ލެފުމާއެކު ހުރިހާކުދިންވެސް ޓީޗަރުންގެ ލަފާގެ މަތިން ފައިބާ މަޑުކުރީ ބަނދަރުގައި ހުރި ދިއްގާ ގަސްދޮށުގައެވެ. ހެނދުނު ސަިބުއިގޮތަށް ހުރިހާ ކުދިންވެސް ތިބުމުން އެކުދިން ތިބެން ހަމަޖެހިފައިވާ ކޭމްޕަށް ދިއުމުގެ ކުިރިން ހުރިހާ ކުދިންނަށްވެސް އެރަށު ބަނދަރުގައި ހިތްގަިމުުކޮށް ހަދާފައިވާާ ސަންސެޓް ރެްސްޓޯރެންޓްއަށް ވަދެކެއުމުގެ ފުރުސަތުލިބިގެން ދިޔައެވެ. ކައިގެން ނިކުތް އިރު ވެފައިވާ ވަރުބައްޔާއެކު މަލާކް މާހިލްކައިރީ އެދުނީީ ޕިކަޕް އަންނަންދެން އޭނައާއކު ބަނދަރުގައި ހުރި ޖޯލީގައި އިށީދެލުމަށަވެ. އޭރުއެހެން ކުދިން ވެސް ޖޯލިތަކާދިމާއަށްވަނީ މިސްރާބުޖަހާފައެވެ. ދަތުރުގެ އިސްވެރިޔަކަށް ހުރީ މާހިލްގެ ގާތްމީހެއްކަމުން ޕިކަޕް އަންނައިރެް އަހާލީ ވަރަށް ހަމަޖެހިލާފައެވެ. އޭރު މާދުރުން އެއަންނަތަން ފެންނަން ހުއްޓެވެ.
ޕިކަޕުގައި ދާން އޮތް މަންޒިލަށް ދަތުރުފެށުމާއެކު ރަށުތެރޭން ފެންނަމުންދާ މަންޒަރުތަށް ގިނަކުދިބަޔަކު ދިޔައީ އެކުދިންގެ ފޯނުތަކުުގައި ރައްކާކުރަމުންނެވެ. އެރަށުގެ ކުޅިއާއި ހަމަޔަށް ދެވުނުތަނާހެން މަލާކްވެސް ފޯންނަގާ އެކަމުގައި ބައިވެރިވީ މާހިލް އެތަނުގައި ރަތްކުލައިގެ ބޮޑެތި ކަކުނި އުޅޭވާހަކަ ބުނުމުން އޭޭގެ ފޮޓޮއެއް ނަގާލުަށެވެ. ހީކުރިގޮތާހިލާފަށް ކުޅިބޮޮޑުވެފައި ކަކުނިތަކުގެ އަދަދު ގިނަކަމުން މަލާކްއިނީ ތަލިންކުޅުހިކި އާޝޯހުވެފައެވެ. އެވަގުތު މާހިލް އެެނަގެ ފޯނުން އެމަންޒަރު ނަގާލީ މަލާކްއަށް ޖޯކުޖަހާށެވެ. މަލާކްއަށް އެކަން ރޭކާލުމާއެކު މާހިލްގެ ބުރަކަށީގައި ބޮންޑިއެއް ޖަހާލީ ހިނިގަނޑު މަތަކުރަމުންނެވެ.
އެކުދިން ތިބުުމަށް ހަމަޖެހުނީ ރަށުގެ މީހުންދިރިއުޅޭ ހިސާބާ ތަންކޮޅެއްދުރުގައި ހުންނަ ކޭމްޕެއްގައި ކަމުން މަލާކްހިތުގައި ބިރުވެރިކަން އުފެދިގެން ދިޔައެވެ. އައި މަގުމަތީގައިވެސް މާގިނަ ހޮޅޮދަނޑިތަކެއް އޭނަ ނުދެކެއެވެ. ވީއިރު އިރު އޮއްސި އަނދިރިވުމުން އެހިސާބް އޮންނާނެ ގޮތް ހިތަށް އެމާއެކު މާލާކް ގެ މެޔަށްދިޔައީ ފިނިވެގެންނެވެ.
ކޭމްގައި އަންހެންކުދިންނާއި ފިރިހެން ކުދިން ތިބީ ވަކި ދެބައެއްގައެވެ. ހަމަ އެހެންމެ އެތާންގައި ނަމާދުކުރަންވެސް ވަކިން ވަނީ ތަނެއް ހާއްސަކުރެވިފައެވެ. ފާހާނާތަށް ނިދަންތިބޭތަނާއި ދުރުގައިހުރިނަމަވެސް އަންްހެންކުދިންނާއި ފިރިހެން ކުދިންނަށް ފާހާނާވެސް ވަނީ ވަކިވަކީންނެވެ. ހުރިހާކުދިންްވެސް އެއްޗެހި ބެހެއްޓުމަށް ފަހު އުޅުނީ އެކުދިންގެ މައިންބަފައިންނަށް ހަބަރުވުމަށެވެ. ހަމައެގޮތަށް މަލާކްވެސް އޭނާގެ ބައްޕައަށް ގުޅާލުމަށްފަހު ޑޭޓާ ޖައްސާލީ އަރޫންގެ ހަބަރެއްވޭތޯއެވެ. އެއާއެެކު މާހިލް އެފަހަރު ނެގި ފޮޓޯ ފޮނުވާފައި އިންތަން ފެނި އެނގްރީ ފޭސް އެއް މަލާކް ރިޕްލައިކޮށްލިއެވެ. އޭރު ފިރިހެން ކުދިން ތަކުގެ ތެރޭގައި މާހިލް މަލާކް އަށް ބަލަހައްޓައިގެން ހުރިކަމެއް އޭނާއަކށް ނޭންގެއެވެ.
އަރޫންގެ ކިޔެވުން ފެށުމާއެކު އުޅެންޖެހޭލެއް ބުރަކަމުނ ލިބޭ ކުޑަކުޑަ ވަގުތުކޮޅުގައި މަލާކްއަށް މެސެޖްކޮށްހަދައެވެ. ނަމަވެސް މިފަހަރު މަލާކް އޮންލައިގަ އިނުމުން ގުޅާލީ އެއަޑުއަހާލަން ކެތްމަދުވެފައި ހުރުމުންނެވެެ. ހަަމަ ގުޅާލުމާއެކު މަލާކް ފޯނުނެގިއެވެ. ” ހެއި ލަވް ހާދަފަސޭހައިން ތިފޯނުނެގީ .. އިންތިޒާރުގަތަ.. ” އަރޫންގެ އެއަޑުޖެހުމާއެކު މަލާކް ގެ މޫނަށް ޖަންބުކުލައަރަައިގެން ދެއެވެ. އަދިކުރިމަތީހުރެ ވާހަކަ ދައްކާނަމަ އެކުއްޖާފުޅު ލަދުންވިރޭނެކަން ގައިމެވެ. ” އަސްލުވެސް މިހުރީ އިންތިޒާރުގަ.. އިނގޭތަ މަލާމިހުރީ ހުރާއަށް އައިސް ފީލްޑް ޓްރިޕްއެއްގަ.. ” ލަދުންހުރެނަމަވެސް އަރޫން އާވާހަކަދެއްކީ މަދުންނޫނީ އެފުރުސަތު ނުލިބޭނެކަން މަލާކްއަށް އިނގޭތީއެވެެ. ” އެހެންތަ.. ވަރަށްމަޖާތަ.. އެކަމަކު ކީއްވެ އަރޫން ކައިރީ ކުރިިިން ނުބުނީ ދަތުރުގެ ވާހަކަ.. ” އަރޫންގެ ހިތުގައި މިހާރު މަލާކް ދުރުވަމުން ދާކަން ފާހަގަވަމުން ދަނިކޮށް އަނެއްކާ މިފަހަރު ނުވެސް ބުނެ ދިއުމުން ހިތްހަމަ ނުޖެހުނު ކަމުގައިވީނަމަވެސް އެކަން ނާންގާ ވާހަކަދެއްކިއެވެ. ” އަޅެ އަސްލުގަވެސް މަލާވަރަށް ބިޒީ.. އެހެންވެ ރޭގަ އަވަހަށް ނިދަންވެގެން ބުނެނުލެވުނީ.. އަނެއްކޮޅުން ގިނަވަގުތު ފިލާވަޅުތަށް މުތާލިޔާކުރަން މާހިލްއާއެކު ގޭގަ އުޅެވޭތީ އެވަގުތުތަކުގަ ވާހަކަ ދައްކަން ނުކެރެނީ. ” މަލާކްގެ ވާހަކައިން މިފަހަރުވެސް އަރޫން އަށް ޖެހުނީ މޭގައި އަތްއަޅާލާށެވެ. މާހިލްއަކީ ކާކުކަން ބުނެދިނީވެސް ހުދު މަލާކްއެވެ. ވީއިރު މިހާރު އެހާ ގުޅުންބަދަހިވެ ގެއަށް އައިސް އުޅޭއިރުވެސް އަރޫންއަށް އަނގާވެސް ނުލައެވެ. މާގިނައިރު ވާހަކަ ނުދައްކާ އަރޫން ފޯނުބޭއްވީ ބޮލަށް ބަރުވާހެން ހީވާން ފެށުމުންނެވެ.
ދަތުރުގެ ތެރޭގައި މާހިލްބެލީ ވީހާވެސް މަލާކްގެ ރުހުންހޯދޭތޯއެވެ. މަލާކްއަށް ފެންނަފަށުގައި އަންްހެން ކުދިންނާވެސް އެއްވެސް ވަރަކަށް ވާހަކަ ދައްކާހެދުންވެސް ހުންނަނީ އަމިއްލައަށް މަނާވެގަނެގެންނެވެ.
މަލާކް ފޯނުބާއްވާފައި އެނބުރިލުމާއެކު ދިޔައީ ސިއްސައިގެން ނެވެ. އެއްވެސް ވަރަކަށް ހީނުކޮށް ހުއްްޓަ އެހާކައިރިން މާހިލް ފެނުމުން ތޫލިއަޑެއް އަނގައި ނިކުތެވެ. ” ސާބަސް މަލް އަށް ހަމަ .. ފޯނުގަ އިނދެގެން ތިހިރަގެން ދެވެނީ ގޮނޑުދޮށަަށް.. ” ހެމުން ހެމުން މާހިލް އެހެންބުނުމާއެކު މަލާކްއަށް ވެސް ހުރެވުނުތަނާމެދު ވިސްނާލެވުނެވެ. ތެދެކެވެ. އަރޫން އާއި ވާހަކަދައްކަމުން އޭނަޔަށްް އެދެވުނީ ގޮނޑުދޮށަށެވެ “މަލާ އެކަނި މިތަނަށް ދާތަން ފެނުނީމަ މިއައީ މާފަހުން އެނގުނީ ފޯނުގަ އަނެއްދުނިޔޭގަކަން.. މިއަންހެންވެރިން ހަމަ އިޝްގްގަޖެހުނީމަ ވާނުވާނޭންގޭދޯ..” މާހިލްއެހެން ބުނުމާއެކު މަލާކް ދެލޯބޮޑުކޮއްލާފައި “އެއީ އެކަހަލަ ކަމެއްނޫނޭ ” ބުނެލީީ މާހިލްއަށް އަދިވެސް އަރޫންގެ ވާހަކަ އަންގަން ބޭނުން ނުވާތީއެވެ.
ސަމީހުއައުމާއެކު ބަލްޤިސް މާވަރެއްލާފައި އޭނާއާއި ވެގެން އުޅޭކަން ފާހަގަކުރެވުނެވެ. ނަމަވެސް އަނބިމީހާއަށަ ވުމުން އެކަމުގެ އެއްވެސް ސުވާލެއް ނުކުރީ އެދެމެދުގައި މަައްސަލަ ޖެހެން ބޭނުން ނުވާތީއެވެ. “ފިރިކަލުން ކޮންތާކަށް ދުރުވަނީތޯ.. ” ސަމީހު ތައްޔާރުވެލައިގެން ބިޒްނަސް މީޓިންއަކަށް ދާން ނިކުންނަނިކޮށް ބަލްޤިސްއަހާލިއެވެ. ” މިދަނީ މީޓިންގް އަކަށް .. އިނގޭނު އެއްކަލަ ގެސްޓްހައުސް ތަށް ހިންގާ ޔާސީން އާ ރާމިޒާ .. އެދެމަފިރިންގެ ކޮންޕެނީއިން ބައްދަލްކޮށްލަން ބުނެފައޮތީމަ.. ” އެހެން ބުނުމާއެކު ސަމީހު އަވަހަށް ނިކުތީ ލަސްވެފައި ހުރުމުން ނެވެ.
ޔާސީންމެންނަކީ ރާއްޖޭގެ އިތުރުން ބޭރުގައިވެސް އެމީހުންގެ ވިޔަފާރިި ހިންގަމުން އަންނަ ބައެއްކަމުން އެއާއިލާ އުޅެނީ ރާއްޖެއިން ބޭރުގައެވެ. މިފަހަރު ރާއްޖެ އެއައީ ސަމީހުއާއިއެކު އެއްބަސްވުންތަކެއް އެކުލަވާލަން ބޭނުންވުމާއި ދުވަސްވީ ވިޔަފާރީގެ ގުޅުމުގެ އިތުރަށް ރަހްމަތްތެރިކަން ވެސް ބަދަހިކޮށްލުމަށެވެ.
އަރޫން ގެ ބިލަށް ތަދުވާތީ ކޮޓަރިން ނުނިކުންނަން ހުރެފައިވެސް ޝަމާލްގޮވާވަރުން ނިކުތީ ދެން އެހެންގޮތެއް ނެތުމުންނެވެ. އޭރު ޖަޒްލާން އާއި ބިންޔާާ ބޭރަށް ދިއުމުން ވެރިވެފައިވާ ހަމަހިމޭން ކަމުން އަރޫންގެ ބޮލަށް ހައްތަހާވެސް ވީ އުނދަގުލެވެ. “ހޭ ޑޫޑް ކިހިނެއްވެފަ .. ހާދަ މޫޑީއޭ.. ކަމެއް އުޅެނީތަ..” ޝަމާލް އަށް އަރޫންގެ ހަމަހިމޭންކަމުން ކޮންމެވެސް އެއްޗެއް ދޭހަވީނަމަވެސް އަރޫންގެ އަނގައިން ނޫނީ ނުހޯދަން ނިންމިއެވެ. ” އަސްލު އަހަންނަށްވެސް ނޭންގެ މިވާގޮތެއް.. މާބުރަކޮށް އުޅެންޖެހިފަ މަލާގެ ހަބަރެެއްވެސް މިހާރު އެހާނުވޭ.. އަނެއްކާ ބައެއްކަން ކަން ޝެއަރ ނުކުރާހެންވެސް ހީވޭމިހާރު..” ބޮލުގައި އަތްހިންގާލަމުން އަރޫޫން ވާހަކަދެއްކިއެވެ. ” އިނގޭތަ މިހާރު އެމާހިލްއަކާއެކު އަބަދުހެން އުޅެނީވެސް .. އަހަންނަށް ހީވަނީ އަހްނަނަށްވެސް ދޭންވާވަރަށް ވަގުތު ނުދެވެނީހެން.. ” ކަންބޮޑުވެފައި ހުުރި އަރޫން އަށް ކުއްވެރިކުރެވުނީ ހުދުއޭނާއެވެ. “ހަމަޖެހިބަލަ .. މިޝާވެސް ބުންޏޭ ދޮންތަބޭގެ ކޮއްކޮ މާހިލްއާ މަލާ އާ ދެކުދިން ވަރަށްގިނައިން ގޭގަ ކިޔަވަންތިބޭވާހަކަ.. އަދި ބައެއް ދުވަސްދުވަހުގެ މަތީން މާހލް ރައްޓެހިވެގެން އުޅޭ ކުއްޖާވެސް ގެންނާތީ މިހާރު އެކުއްޖާއާވެސް ވަރަށް ފްރެންޑޭ.. ކޮންމެވެސް ލީޝާއެކޯ ކިޔަނީ..” ޝަމާލްވެސް އޭނަޔަށް އެނގިފައިވާ މިންވަރަށް ހިއްސާކޮށްލިއެވެ. ދެމީހުން އެކި ބަހުސްގައި ހުރެފައި އެވާހަކަ މެދުކަނޑާލީ ގެއަށް ވަދެގެންއައި ބިންޔާމެންް ފެނުމުންނެވެ.
މަލާކްމެންގެ ދަތުރު ދެދުވަހަށް ދެމިގެން ދިއުމަށްފަހު އެނބުރިމާލެ އައިރު މަލާކް އާއި މާހިލް އެކުއެކީ އުޅޭތީ ބައެއްކުދިން ދިމާކުރިނަމަވެސް އެކަމާ މާބޮޑު ފަރުވާލެއް އެއިން ކުއްޖަކު ނުބަހައްޓައެވެ. މާހިލްގެ ފަރާތުން މަލާކްއަށް ވެސް އަދި މަލާކްގެ ފަރާތުން މާހިލްއަށްވެސް ތަފާތެއްފެނިފައި ނުުވާތީއެވެ.
ވިޔަފާރީގެ ބައްދަލްވުން ތަކަށްފަހުގައި ޔާސީންމެންގެ ދެމަފިރިންނަށް ސަމީހު މެންގެ ގެއަށް ދައުވަތުދިނީ ބަލްޤިސް އަށް މިހާރު ރާމިޒާއާއި ދިމާނުވާތާ ގިނަދުވަސްތަކެއް ވެފަައިވާ ވާހަކަ ކިޔާވަރުންނެވެ. އަދި ހަމަ އެހެންމެ ޔާސީންމެންގެ ދަރިފުޅުވެސް އެރޭ އަންނަން ހަމަޖެހިފައި އޮތުމާއެކުގައެވެ.
ރޭގަނޑުގެއެ ހާއްސަ ކެއުން ހަމަޖައްސާފައި އޮތީ ތުޅާގިރީގެ ހިތްގައިމު ބޮޑު ޓެރަހުގައެވެ. މާމެލާމެލީގެ ހިތްގައިމު މާޓކުރިތަކުން މުޅިތަން އެއްވަސްކޮއްލާފައިވާއިރު ޓެރަހުގެ މެދުގައި ކއުން ހމަޖެހިފައިވާއިރު ފެންނަލެއް ކިތަންމެހާވެސް ހިތްގައިމެވެ. ޔާސީން އާއި ރާމިޒާ އައިރު އެމީހުންގެ އިސްތިޤްބާލުގައި ސަމީހުމެން ދެމަފިރިން ބޭރުގައި ތިއްބެވެ. ޔާސީންމެންނާއި ސަލާމް ކޮށް ހެދުމަށް ފަހު އެތެރެއަށް ވަން އިރު އެދެމަފިރިންގެ ދަރިފުޅު ނާންނާތީ އެކަމާ ސުވާލުކުރީ ބަލްޤިސްއެވެ. ” އެމަންޖެ އެބައާދޭ ފްރެޝްވެލައިގެން .. ” ރާމިޒާ އެއަށް ޖަވާބުދާރީވިއެވެ. ހަތަރުމީހުން ގޭގެ ޓެރަހުގައި އެކިވާހަކަ ތަކުގައި ތިބީ ޔާސީންގެ ދަރިފުޅުއަންނަންދެނެވެ.
ވާހަކައިގައިތިބި އެންމެންހެން އެކީ ޓެރަހުގެ ދޮރާދިމާއަަށް ބަލާލީ އެދޮރު ހުޅުވުމުންނެވެ. އެގޭގެ ހާދިމަކު އެތެރެއަށް ވަނުމާއެކު ފަހަތުން އިސްކޮޅުން އެހާކުރުނޫން އަންހެން ކުއްޖަކުވަަނެވެ. ދިގު ފަންއިސްތަށިގަނޑު މިނިވަންކަމާއެކު ފަހަތަށް ދޫކޮށްލާފައިވާއިރު ލާފައިިވަނީ ކަކުލާހަމަޔަށް އަރާ ފިޓު ޕެންސިލް ސްކާޓް އަކާއި ޓޮޕެކެވެ. “އެއީ .. އެއީ.. ” ބަލްޤިސްއަށް ނަންނޭންގުމުން އެހެން ބުނެލުމާއެކު ” ހޫޫމް އެއީ އަހަރެމެންގެ ދަރިފުޅު ނޫރާ.. ” އޭ ބުނެ ފުރިހަމަކޮށްލަދިނީ ރާމިޒާއެވެ. “ނޫރާާ .. ނަމާއެއްވަރަށް ކުއްޖާވެސް ހާދަ ރީއްޗޭ.. ” މިވާހަކަތަށްވީ ބަލްޤިސްގެ ހިތުތެރޭގައެވެ.
44 Comments
Comments are closed.
Beautiful ? and malaak varah loabi nameh ❤
Thank you my dear roon ..??’
Oh saadhu first dhw.vaahaka v reethi.kondhuvahaku next part genes dhenee.v kiyaahithun mihuree?
Owh saadhu mifaharu 2nd kamah balamaa.. dhw.. ekamaku layaa ahvure kuring ingey? thank you so much dear thidhey ehbaarulumah.. ?? insha allah maadhamaa nun anehdhuvahu
Alhey.. layaa.. malaa nd aroon dhuru nukurahchey…. varah loabi mi part ves.. waiting 4 next part…??ly??
Layaa balaanan thikanveythw ingey ? hehe. Btw thanks for the lovely comment .. n ly too ? ??
v salhi
Thank you my dear song ???
hehe 🙂
Oh mi part very nice!!!
Keep up your good work!!!
Awnn thank you so much my dear song ??❤
hey layaa story v salhii igey … ekm malaa n aroon dhurukuran nulhey henhyvey ebaaa ehn nuhadhah chey plx .. waiting next part … lovely stry♥♥♥
Alhey sam♥ dheranuvey ingey..? btw thanks my dear ??
Wow. Varah loabi mi part. Malaak and binya ulhey goiy nonns ah varah cute. I hope edhe kudhinnah hithaama eh kurimathi nuvaane kamah. Keep it up layaa darling
Awwn nonns thankyou my dear Ly .. ??
Story v.amazing…? keep it up
Thank you my dear Xxxx ??
Mi baii vxx vr lwbi?…ekm malaak and aroon dhuruvehjeya kiaa ge hiyy vxx huhti dhaane kanneyge?….waiting for next part…??
Alhenun kiaa ehen nihadhahchey ? hehe btw thnx my dear kiaa thanks for the lovely comment ly ..?❤❤
Hama varah reethi mi partves, layaa?❤..e maahil ge gos reyvungadu kuriah genndhany dhw e?..waiting for the next part..??
Thankyou my dear robin.. ? dhen alhe maahil ehaagd iru evarah eulhinaadheba ?hehe ?❤
V v v riithi!!! N malaak n aroon ge love story dhaa goiy v v v v v v v v v v v v v salhi!!! V real assu!! When nxt prt??
Thank you my dear some one ?❤ thnaks a lotx
Alhey… mifaharuves haadha kureyy…. ekm story v nice. Masha Allah…. ??
I hope layaa ithurah time hoadhaigen story dhigukoh up kohdheynekamah…all da bst???
Alhey dear maabodah kiyaalaahithun hutta ninmaaleefaineema! Heevaagoithee .. mifaharu dhiguvaane .. asslu layaa preg Veema ehaaginairu typekuran nuindhevey .. ehenve maashigunuvanee sry alotx ..? btw thank you kuruhen heeviyass hiyheyokamaaeku thidhey ehbaarulumah ??
Wow mi prt vx vrh loabi thnx layaa
Thanks my dear sinaa ?❤❤
Wow.anekka balgish e ulheni aroon aa noora aa gulhuvan dw.i thnk so hama.
Hehe manje haadha hissbakah thidhiyaee ? alhe hingaadhw vaagoi balamaa.. ? thanks dear ❤
woww…. its awsm…. malaa n aroon dhuru nukurahchey plxx layaa…. n e maahil gandu.. i hate him…… ?
Thankyou so much my dear ?❤❤
❤❤
❤?
Please Layaa malaak n aroon dhuru nukuranchey. N maahil gadu i hate you but mi part ves varah reethi
Thankyou my dear.. ?❤
Masha Allah…
Mi part ves, vvvvv nice…
Keep it up……
Thankyou my dear mysha ?❤
Next part ah inthizaaru kuran.
I really like this story.
One reason is , mivaahakaiga maisha kiyaakujjeh ulhefaa, i ge namakeeves maisha ahvun.
And also, because it is a LOVE story.
Alhugadakee mivaahaka ah varah shaugu verivaa kujjeh.
But at first , I didn’t comment.
Ekam mifahakah ais eba comment kuran.masha allah, hama story reethi kamun comment nukoh nuhurevenee.
Kon irakun thoa next part..
Aww thank you so much dear mysha.. .. v ufaavejje thikahala fan eh libuneema ? insha allah maadhamaa rey upkohladheynan?❤??
Mi episode v vx reethi.. waiting for the next!!??
layaa dhooni konirakun up kohla dhey nee
Layaa.Next part up kohdheynan dhw mirey . ???
???? next part up kohdheeba pls pls pls… varah kehmadhu vefa meenee kiyaahithun…
Layaaaaaaaaaaaaaaa…
Can’t wait ??????