“ދަރިފުޅާ… އައިޒަން… ބަލައިގެން އުޅޭތި.. ނަމަ ނަމަ އެމީހުންގެ ބަސްތަކަށް ނުހެއްލޭތި.. އެއީ ފާޑެއްގެ ބައެއް… ހާއްސަކޮށް ޒުވާން އަންހެންކުދިން… ޖަނަވާރު ކޮށްޓަކަށް ވަނުމެކޭ މުއްސަނދި ފޯރާ މީހަކު އެތަނަށް ދިޔުމެކޭ ވާނީ އެއްގޮތް… ތި ކުރާ ކަމެއް ކޮށްފަ އަވަހަށް އަންނާތި…” ޝާމިރާ އޭނާގެ ދޮށީ ދަރިފުޅުގެ ގައިގާ ފިރުމަ ފިރުމާމާފައި އެހެން ބުނެލީ ވަރަށް ބޮޑަށް ކަންބޮޑުވެފައިހުރެއެވެ. މާޒީގައި ހިނގާދިޔަ ކަންތަކުގެ ސަބަބުން އެ ދަރިފުޅު އެތަނަށް ފޮނުވަން ބޭނުންނުވަނީއެވެ. ހިތުގައި އޮތް […]
ޔަލްވީ ކޮށްޕާލަންވެގެން އަތް މަޅާލި އީޝާގެ އިތުރުން، އެތާތިބި އެހެން ކުދިންނަށްވެސް ހައިރާންކަން ލިބިގެންދިޔައީ ބާރުގަދަ އަތަކުން އީޝާގެ އަތުގައި ހިފަހައްޓާލުމުންނެވެ. އޭރު ދެލޯ މަރާލައިގެން ހުރި ޔަލްވީވެސް އީޝާގެ ޚަބަރެއް ނުވުމުން ދެލޯ ހުޅުވާ ބަލާލިއެވެ. ކަރުނައިގެ ތެރެއިން ފެނުނު މަންޒަރުން އޭނާއަށްވެސް ބަލަހައްޓައިގެން ހުރެވުނީ ހައިރާންވެފައެވެ. _______________________________________________ އީޝާގެ އަތުގައި ހިފަހައްޓާލައިގެން ހުރި އިޔާޒުގެ ނަޒަރު ސީދާވެފައިވަނީ އީޝާއަށެވެ. ހީވަނީ ރުޅިއައިސްގެން ގޮސް އެ ދެލޮލުން އީޝާ އަންދާ އަޅިއަށް ހަދާލަން އުޅޭހެންނެވެ. އިޔާޒްގެ […]
އަހަރެންގެ ސިކުނޑީގައި އެތަކެއް ސުވާލުތަކެއް ތޮއްޖެހެމުންދިޔައެވެ. ނަމަވެސް އެއިންއެއްވެސް ސުވާލެއް ދުލާއި ހިސާބަކަށް ނައެވެ. އަހަރެންހުރީ އެއްށްވުރެ ދެރަވެ ހިތުގައިޖެހިފައެވެ. މަންމަ އަހަރުމެން ގޮވައިގެންދިޔައީ މަންމަގެ ދައްތަ، އަހަރެންގެ ބޮޑުދައިތަ ސަލީމާއްތަގެ ގެއަށެވެ. މަންމަގެ އަނެއް ދައްތަ ސައީދާ އުޅެނީ އޭނާގެ ފިރިމީހާގެ ގޭގައެވެ. ނަމަވެސް ސަލީމާއްތަ އުޅެމުން އަންނަނީ މަންމަގެ، މަންމަގެ ގޭގައެވެ. އެހެންކަމުން އެގެއިން މަންމައަށްވެސް ހިއްސާއެއްވާނެތާއެވެ. އަހަރުމެން ގޮސް ގޭގެ ދޮރުމައްޗަށް ހުއްޓުމާއި އެކު ސިޓިންރޫމުގައި އިން ސަލީމާއްތަ ދުވެފައި ކަހަލަ ގޮތަކަށް […]
ދުވަހަކީ ހުކުރު ދުވަހެވެ. ރޭގަނޑު ލާމިހް އިނީ އާނާ އުނގައް ލައިން ވާހަކަ ފޮތެއް ކިޔައިދޭށެވެ. ކޮޓަރިން ނުކުތް ރާމިޒް އައިސް އިށީނުމާއިއެކު އާނާ ފޮތް ނަގާ ދިއްކޮށްލީ ރާމިޒް އަތަށެވެ. އާނާ އުރާލަމުން ރާމިޒް އާނާ ގައިގައި ބައްދާލިއެވެ.”ދޮންތަ އެބައުޅޭ މަންމަ މެންނައް ގުޅައިގެން…އަންނަ ހަފްތާގައި މާލެ އާދޭ. ލާމީގެ ކިޔެވުމުގެ ކަންތައް ނިމުނުހާ އަވަހަކަށް މަންްމަމެން މިކޮޅަށް އެއްކޮށް ގެންނަން މި ވިސްނަނީ”. ލާމިހް އެއްބަސް ވުމުގެ ގޮތުން ބޯޖަހާލިއެވެ. “މަންމަމެން އެކަނި ރަށުގައި […]
އުޑުމަތި ބަނަކަމުން ހީވަނީ އުޑުގައި ކަޅު ސާލެއް އޮޅާލާފައިވާހެންނެވެ. ބޮޑެތި ވިލާގަނޑުތަކުން އުޑުމަތި ބައްދާލާ، އިރުގެ އަލިކަމުން ދުނިޔެ މަޙްރޫމްކޮށްލުމުގައި ކާމިޔާބު ހޯދާފައިވާއިރު، ގަސްތައް ވެސް ވިލާތަކާއި ބައިވެރިވެގެން ދުނިޔެއަށް އިތުރު ހަލަބޮލިކަމެއް ގެނެސްދީފައިވެއެވެ. ގޮފިތައް ވައިގެތެރޭގައި ހޫރެމުންދިޔައީ ބޫން އަޑުލައްވަމުންނެވެ. މިއުޒިކެއް ފަދައިން އެ ރާގު ފަޒާގައި ފެތުރެމުން ދިޔައިރު މަގުމަތީގައި ހިނގާ މީހުންނާއި އުޅަދުފަހަރުތައް ކޮޅުކޮޅު މައްޗަށް އަވަސްވެގަތީ ވާރޭގައި ނުޖެހި މަންޒިލަށް އަވަހަށް ވާސިލުވުމަށެވެ. އެ ގޭގެ ސިޓިންރޫމް ގައި ނީލާ ހުރިއިރު […]
ނިހާގެ އަތުގައި ހިފާ ގާތަށް ދަމާލުމަށްފަހު ބައްދާލި މަންޒަރުން ރަޔާހީންގެ ހިތް ފޫއަޅުވާލިއެވެ. އޭނާ ކިތަންމެ ހިތް ނޭދުނަސް އެކަހަލަ ކިތަންމެ މަންޒަރެއް އޭނާ އަށް ދެން ފެންނާނެކަން އޭނާ އަށް އެނގެއެވެ. ހިތުގައި ބިންވަލުނެގިފައިވާ ޝަކުވާތަކާއި ވޭންތައް އެތެރެއަށް ހިންދާލައިގެން ހުރުން ނޫން ގޮތެއް އޭނާ އަށް ނެތެވެ. ބީހާލް ބުނި ފަދައިން އިރުއޮށްސުނު ވަގުތު އެގޭ ހުންނަ އިމާރާތް ބިތްދަށުގައިވާ ދިއްގާ ގަސްދޮށުގައި ރަޔާހީން ހުއްޓެވެ. އޭނާ ލޯ މަރާލައިގެން ހުރީ ކުއްލިއަކަށް ކުރިމަތިން […]
” ކީކޭ ޒިވާން ބުނީ..” ހައިރާން ކަމެއްގެ މަތީގައި އިނދެ މަޑުމަޑުން އަރުޝީ އަހާލިއެވެ. ” ޒިވާން ބުނި އެދުވަހު ހުން އައިފަހުން އަރުޝީ އަށް ނަފްސާނީ ގޮތުން އަސަރުކުރި ވާހަކަ..ރޭގައި ނިދީގައި އޮވެ އަމިއްލަ ކަރުގައި ހިފާ މަރުވަން އުޅުުނު ގޮތައި ފާހާނައިގައި ފެންވަރަވަރާ ހުރެފައި ހަޅޭއްލަވައިގެންފައި ނިކުންނަވެގެން ކައްސާލައި ތުންފަތް ފަޅައިގެން ދިޔަ ވާހަކަ” ރައިހާނާ އަރުޝީ ބޮލުން ފިރުމާލުމާއެކު އަރުޝީއަށް ދެބުމަ ކައިރިކޮށްލާ އިންތަނުން ތެދުވެވުނީ ޒިވާންގެ މަކަރުވެރިކަން ހައްދުފަހަނައަޅައި ގޮސްފިކަން އިހުސާސްވުމުންނެވެ. […]
އޮފީސް ކެބިންގައި އީރަމް އިނީ އެއްެވެސް މަސައްކަތެއް ކުރާހިތް ނުވެފައެވެ.ރޭ ޝޯ ނިންމާފައި ގެއައް ދިޔައިރުވެސް ނާާއިލް ގެއަކަށް ނާދެއެވެ. ފޯނުވެސް އޮތީ ނިވާލާފައެވެ. އިއްޔެ ނާއިލް އާއެއްކޮައް ފެނުނީ ކޮން އަންހެން ކުއްޖެއް ކަން ނޭނގޭތީ އެހިތް ވަނީ މާޔޫސްވެފައެވެ. ނާއިލް އާ ކުރިމަތި ލާނެހާ ހިތްވަރެއް އީރަމްގެ ނެތެވެ.ނަމަވެސް ނާއިލް ވީތަނެއް ނޭނގޭތީ ހިތް ބިރުގަންނަނީއެވެ.ފައިލް ތަކެއް ހިފައިގެން ކެބިން ކުރިމަތިން ހުރަސް ކޮއްލި ހަނާ އީރަމް އައް ގޮވާލިއެވެ.ކޮމްޕިއުޓަރ ސްކުރީނައް ބަަލަހައްޓައިން އިންއިރު […]
“ބައްޕަ މިރޭ މާ ބަނޑުހައިވަނީއޯ….. އެހެންވެ ބިސްގަނޑެއް އަޅާލީމި……” ތަވާއިންބިސްގަނޑުނަގާ ތަށްޓަކަށްލަމުން އަމްހާ ޖަވާބު ދިނެވެ. އަދި އެތަށްޓާއިއެކު ކިރުތަށްޓެއް ދިއްކޮށްލަމުން އެ އެއްޗެހި ޓެރެހުގައި އިން އަޔާނީގެ ބައްޕައަށް ގެންގޮސްދިނުމަށް، އަޔާނީގެ ގާތުން އެދުނެވެ. އަޔާނީ ހިނިތުންވެލަމުން އެ އެއްޗެހި ހިފައިގެން ހިނގައިގަތުމުން އަމްހާ ދިޔައީ ތަވާ ދޮންނާށެވެ. ކާމޭޒުމަތީގައި އޮތް އަޔާނީގެ ފޯނު ރިންގުވާންފެށީވެސް އެވަގުތުއެވެ. އެއްފަހަރު ރިންގުވުމަށްފަހު ކެނޑުމުން ދެވަނަ ފަހަރަށްވެސް ރިންގުވާންފެށިއެވެ. އެހެންކަމުން އަތް ފުހެލުމަށްފަހު، އަމްހާ މޭޒާއި ގާތްވެލީ ފޯނު […]