Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަދީނީލޯބި

ހިތުގެ މިލްކުވެރިޔާ (އެކާވިސް ވަނަ ބައި)

azzadhil Level 210 Stories100 Comments
August 25, 2017 5 Mins Read
18 Comments

” ކީކޭ ޒިވާން ބުނީ..” ހައިރާން ކަމެއްގެ މަތީގައި އިނދެ މަޑުމަޑުން އަރުޝީ އަހާލިއެވެ.
” ޒިވާން ބުނި އެދުވަހު ހުން އައިފަހުން އަރުޝީ އަށް ނަފްސާނީ ގޮތުން އަސަރުކުރި ވާހަކަ..ރޭގައި ނިދީގައި އޮވެ އަމިއްލަ ކަރުގައި ހިފާ މަރުވަން އުޅުުނު ގޮތައި ފާހާނައިގައި ފެންވަރަވަރާ ހުރެފައި ހަޅޭއްލަވައިގެންފައި ނިކުންނަވެގެން ކައްސާލައި ތުންފަތް ފަޅައިގެން ދިޔަ ވާހަކަ” ރައިހާނާ އަރުޝީ ބޮލުން ފިރުމާލުމާއެކު އަރުޝީއަށް ދެބުމަ ކައިރިކޮށްލާ އިންތަނުން ތެދުވެވުނީ ޒިވާންގެ މަކަރުވެރިކަން ހައްދުފަހަނައަޅައި ގޮސްފިކަން އިހުސާސްވުމުންނެވެ. އަރުޝީއަށް ވީގޮތްފެނި ރައިހާނާއަށް ވެސް ތެދުވެވުނެވެ. ދެއަތްދެއަތާ މޮޑެން ހުރި އަރުޝީގެ މޫނުމަތީގައިވަނީ ރުޅިވެރިކަމެވެ. މިތަންފެނި އަރުޝީއާއި ވާހަކަ ދައްކަން ރައިހާނާ ޖެހިލުން ވާގޮތްވިއެވެ.
” މަންމާ ޒިވާން އެއީ ބޮޑު ދޮގުވެރިއެއް”ކުއްލިއަކަށް އަރުޝީގެ ބާރު އަޑުއިވި ރައިހާނާ ދިޔައީ ސިއްސައިގެންނެވެ. އަރުޝީއަށް މިތަންފެނުމުން ކުރެވުނު ކަންތަކާ ދެރަވިއެވެ. އަރުޝީ އެހެން ބުނީ އެއްވެސް ހާލެއްގައި ރައިހާނާ ސިއްސުވާލާކަށް ނޫނެވެ. އަމިއްލަ މީހާ ހަަމައަކަށް އަޅުވާލަމުން އަރުޝީ ރައިހާނާގެ އަތުގައި ހިފާލިއެވެ.
” މާފުކުރޭ މަންމާ.. އެކަމަކު ފަހަރެއްގެ އަޅުގަނޑު މިބުނަން އުޅޭ ވާހަކަ މަންމައަށް ގަބޫލުވެސް ނުކުރެވި ދާނެ.. އެކަމަކު ހަގީގަތް އެެއްވެސް މީހަކަށް ބަދަލެއް ނުކުރެވޭނެ… މަންމާ.. ޒިވާން އެއީ އަހަރުމެން ހީކުރި ކަހަލަ މީހަކަށް ނުވި” އަރުޝީގެ ވާހަކައިން ރައިހާނާގެ މޫނުމައްޗަށް ހައިރާންކަމެއް ވެރިވިއެވެ. އަރުޝީ ބުނަން މިއުޅެނީ ކީކޭ ހެއްޔޭ ހިތަށް އެރިއެވެ.
” މަންމާ ބައްޕަ.. ޒިވާން ބައްޕަ މަރާލާއިފި” އަރުޝީގެ ޖުމްލައާއި އެކު ރައިހާނާގެ ފައިދަށުން ބިންގަނޑު ދެމިގެން ދިޔަކަހަލައެވެ. އިރުކޮޅަކު ގަބުވެފައި ހުރުމަށްފަހު ކުއްލިއަކަށް އަރުޝީގެ އަތް ފޮޅުވާލުމަށްފަހު ދުރަށް ޖެހިލި ގޮތުން ހީވީ ބިރެއްފެނިގެން ދުރަށް ޖެހުނު ހެންނެވެ.
” މަންމާ.. އެނގޭ ގަބޫލުކުރަން ދަތިވާނެކަން އެކަމަކު މިއީ ހަގީގަތަކީ.. ޒިވާން ބައްޕަ މަރާލައިފި” އަރުޝީގެ ފަހު ޖުމްލައާއި އެކު ދޮރު ހުޅުވާލާފައި އެތެރެއަށް ވަނީ ޒިވާން އެވެ. ރައިހާނާއަށް ޒިވާން އަށް ބަލާލެވުނީ ގަބޫލުނުކުރެވިފަ ހުރެއެވެ. އެވަގުތު އަރުޝީގެ ތުންފަތްމަތީގައި ކުޅެލީ ފަތަހައިގެ ހިނިތުންވުމެކެވެ. އެވަގުތު ޒިވާން ބަލާލި ގޮތުން އަރުޝީ ޖެހިލުންވި ނަމަވެސް އެހުރި ގޮތަށް ހުރީ ރައިހާނާގެ ފަރާތުން ރައްކާތެރިކަން ލިބޭނެ ކަން އެނގޭތިއެވެ.
” މަންމާ އަރުޝީ އަނެއްކާވެސް ސަކަރާތްވެފަ ކަންނޭނގެ… މަންމަ އިހަށް މިތަނުން ދޭ.. އަހަރެން އަރުޝީ ހަމައަކަށް އެޅުވޭތޯ ބަލާލަނަން” ޒިވާން މިހެން ބުނެ އަރުޝީ އާއި ދިމާއަށް ދާންފެށުމުން އަރުޝީ އަވަސްއަވަހަށް ރައިހާނާގެ ފުރަގަހަށް ވަދެ ނިވާވެލީ ރައިހާނާގެ ހިމާޔަތް ހޯދުމަށެވެ.

” ޒިވާން… އަރުޝީ އެކިޔަނީ ކީކޭ” ޒިވާންގެ އެއްއަތުގައި ހިފާލަމުން ރައިހާނާ ބުނިއިރު އެދެލޯ ވަނީ ފެންކަޅިވެފައެވެ.
” މަންމާ..މަންމައަށް ރަނގަޅަށް އެނގޭނެ ބައްޕަ ގެއްލުނީކަން.. އެހެން ނޫނަސް އަރުޝީ އެދައްކަނީ ރޭގައި އޭނައަށް ފެނުނު ހުވަފެނުގެ ވާހަކަ… އެވާހަކަ ދައްކާފައި މިއަދު އަޅުގަނޑު ގައިގަވެސް އެވަރަށް ތަޅައިފި.. މަންމަ އިހަށް މިތަނުންދޭ.. އެހެންނޫނީ މަންމައަށްވެސް އަނިޔާއެއް ލިބިދާނެ.. އަޅުގަނޑު ބަލާނަން އަރުޝީ ހަމައަކަށް އެޅުވޭތޯ.. ” ޒިވާންގެ ޖުމްލަތައް އިވިފައި އަރުޝީ ދެފަރާތަކަށް ބޯހޫރަން ފެށިއެވެ. އަދި ރައިހާނާގެ އަތުގައި ހިފާ އޭނައަށް ދިމާއަށް އަނބުރާލަމުން ޒިވާން ހަދަނީ ދޮގު ކަމުގަި ބުންޏެވެ. ދެން ފެނުނީ ޒިވާން އައިސް އަރުޝީގެ މެދުހަށީގައި ހިފިތަނެވެ. އެއަށްފަހު ބޮލުގެ އިޝާރާތުން ރައިހާނާ ކައިރީގައި ދިއުމަށް ބުނަމުން ރައިހާނާ ބޯޖަހާލުމަށްފަހު އެތަނުން ނިކުންނަން ހިނގައިގަތެވެ. އޭރު އަރުޝީ ޒިވާންއަތުތެރެއިން ސަލާމަތްވާން މަސައްކަތް ކުރަމުން ރައިހާނާއަށް ނުދިއުމަށް ގޮވަމުން ދިޔައެވެ. ރައިހާނާ ދޮރުލައްޕާލާފައި ނިކުތުމާއެކު ޒިވާން އަރުޝީ އެނދުމައްޗަށް އެއްލާލިއެވެ. އެއަށްފަހު ގޮސް ދޮަރުގައި ތަޅުލުމަށްފަހު އަރުޝީއާއި ދިމާއަށް އަންނަންފެށިއެވެ.
” ކަލޭތީ ހާދަ ގޮތެއް ފޮތެއް ނެތް މީހެކޭ ދޯ” އެނދުމަތިން ތެދުވެ ޒިވާން އާއި ކުރިމަތިލަމުން އަރުޝީ ހަޅޭއްލަވައިގަތެވެ. އެވަގުތު އަރުޝީގެ ކަންފަތް މައްޗަށް ޒިވާންގެ އަތުގެ ހޫނުއެތިފަހަރެއް އެރުމާއެކު އަރުޝީ އެނދުމައްޗަށް ދެމުނެވެ. އެއަށްފަހު މައިރާއަށް ގުޅާފައި ބުނި އެއްޗަކުން އަރުޝީ އޮތް ތަނުން ތެދުވާން ބޭނުންވި ނަމަވެސް ތެދުވާނެހާ ހިތްވަރެއް ނުލިބުނެވެ. ލޯމައްޗަށް އަނދިރިވާން ފެށުމާއެކު އަރުޝީއަށް މަޑުމަޑުން ލޯމެރުނެވެ.

މަރިޔަމް އަށް ހަވީރުގެ ސައިދޭންވެގެން ރައިހާނާ ވަންއިރު މަރިޔަމް އަށް އޮތީ ނިދިފައެވެ. ދެތިން ފަހަރަކު މަރިޔަމް އަށް ގޮވާލުމުންވެސް މަރިޔަމް ލޯ ނުހުޅުވުމުން ރައިހާނާ ކައިރިއަށް ގޮަސް ގޮވާލަން ވެގެން މަރިޔަމް އަތުގާ ހިފާލިއެވެ. އަތް ފިނިކަމުން ގޮސް ރައިހާނާ އަށް އަތް ދުރަށް ޖައްސާލެވުނުއިރި އެއްވެސް ވާތްގެއް ނެތް މަރިޔަމްގެ އަތް ވެއްޓުނެވެ. ތެޅި ތެޅި އޮތް ހިތަކާ އެކު ދެއިނގިލި މަރިޔަމްގެ ނޭފަތާ ކައިރިކޮށްލުމާއެކު ނޭވާނުލާކަން ރައިހާނާއާށް އެނގުނެެވެ.
” އިންނާ ލިއްލާހި ވައިންނާ އިލައިހި ރާޖިއޫން” އެވަގުތު ލިބުނު ސިހުމާއެކު ރައިހާނާއަށް ކިޔާލެވުނެވެ. އެއަށްފަހު ދުވެފައި ގޮސް ޒިވާންގެ ކޮޓަރީ ދޮރުގައި ތަޅައިގަތެވެ. އިރުކޮޅެއްފަހުން ޒިވާން ކުޑަކޮށް ދޮރުހުޅުވާލާފައި ބޯދިއްކޮށްލިއެވެ.
” ދަރިފުޅާ އަރުޝީގެ މާމާ.. މާމަ ނިޔާވެއްޖެ” ރައިހާނާގެ ޖުމްލައާއި އެކު ޒިވާން މޫނުމައްޗަށް ހާސްކަމެއް ވެރިކުރުވިއެވެ.
” މަންމާ މިވަގުތު އަރުޝީއަށް އޮތީ ނިދިފަ.. މިވަގުތު އަރުޝީ ކައިރީގައި ބުނުން ރަނގަޅެއް ނޫންކަންނޭނގެ” ޒިވާން ދެރަވެލާފައި ބުނުމުން ރައިހާނާވެސް ޒިވާން އާއި އެއްބަސްވުމުގެ ގޮތުން ބޯޖަހާލިއެވެ.
” މަންމަ މިދަނީ އެމްބިއުލާންސްއަށް ގުޅަން.. ދަރިފުޅުވެސް އާދޭ އަވަހަށް ” މިހެން ބުނެ ޖީބުގައި އޮތް ފޯނު ނަގަމުން ރައިހާނާ ހިނގައިގެތެވެ.
ރައިހާނާ ދިއުމާއެކު ދޮރުލައްޕާލުމަށްފަހު ކައިރީގައި ހުރި މައިރާއާއި ދިމާއަށް ޒިވާން އެނބުރުނެވެ. ދެމީހުން އެއްފަހަރާ ހީގަންނަމުން އަތާއި އަތްޖަހާލީ ކަމެއް ކާމިޔާބުވުމުން ޖަހާލާ ފަދަ ގޮތަކަށެވެ. އެއަށްފަހު އެނބުރި އެނދުގައި ހޭނެތިފައި އޮތް އަރުޝީއަށް ބަލާލަމުން ވާހަކަ ދެއްކިއެވެ.
” އަންނާނަން މާމަ ފަސްދަށައްލާފައި.. މައިރާ މިތާ މަޑުކުރޭ އެހެން ނޫނީ މީހަކަށް ޝައްކުވެދާނެ” މިހެން ބުނެ މައިރާއަށް އެއްލޯމަރާލަމުން ޒިވާން އެތަނުން ނިކުތެވެ. އޭރު އެމްބިއުލާންސް އައިސް މަރިޔަމްގެ މަރުވެފައިވާ ހަށިގަނޑު އެމްބިއުލާންސަށް އަރުވަނީއެވެ.

މަރިޔަމްގެ ކަށުކަމާކެމީގެ ކަންތައް ނިންމުމަށްފަހު ޒިވާން އާއި ރައިހާނާއަށް ގެއަށް އާދެވުނު އިރު އެރޭގެ ދިހައެއްޖަހާ ބޮޑުެދާނެއެވެ. ރައިހާނާ ކައިރީގައި އަރާމްކުރަން ބުނުމަށްފަހު ޒިވާންވެސް ކޮޓަރިއާއި ދިމާއަށް ހިނގައިގަތެވެ. އަތުގައި ތަޅުދަނޑިން ދޮރު ހުޅުވާލާފައި އެތެރެއަށް ވަންއިރު މައިރާ ކުޑަދޮރުކައިރީގައި ބޭރު ބަލަން ހުއްޓެވެ. އެތެރޭން ތަޅުލުމަށްފަހު ޒިވާން މައިރާގެ ކޮލުގައި ފިރުމާލަމުން ވަރަށް ލަސްވެއްޖެ ދޯއޭ ބުނެލިއެވެ.
” ހޭލެވެން އުޅުުމުން އަނެއްކާވެސް އެއޮތީ ނިދާ އިންޖެކްޝަނެއް ޖަހާފަ.. އިރުކޮޅަކުން ހޭލެވޭނެ ކަންނޭނގެ.. ” އަރުޝީއަށް ބަލާލަމުން މައިރާ ވާހަކަ ދެއްކިއެވެ.

ގާތްގަނޑަކަށް އެއްގަޑިއިރެއް ހާއިރު ފަހުން އަރުޝީއަށް ހޭލެވުނެވެ. ބޮލުގައި ހިފަހައްޓާލަމުން ތެދުވެ އެނދުގައި ލެގިލިއެވެ. އޭރު ހިނގި ކަންތައް ހަނދާނަށް އަންނަން ފެށި އަދިކިރިއާއެވެ. ޒިވާން މައިރާއަށް ގުޅާފައި ބުނި ޖުމްލަ ހަނދާންވުމާއެކު އެނދުމަތިން ތެދުވެގެން ދުވެފައި ކޮޓަރިން ނިކުންނަން ދިޔައެވެ. ނަމަވެސް އޭގެ ކުރިން ޒިވާން އަރުޝީގެ އަތުގައި ހިފެހެއްޓިއެވެ.
” ޒިވާން މާމަ.. ކޮބާ.. ޕްލީޒް މާމައަށް ގޮތެއް ނުހަދާތި.. ޕްރޮމިސް ކުރަން އެކަކު ކައިރީވެސް ނުބުނާން ޒިވާންގެ ވަހަކައެއް” އާދޭހުގެ ރާގެއްގައި އަރުޝީ ވާހަކަ ދެއްކިއެވެ.
” ސޮރީ ބޭބީ.. މިހާރު މާލަސްވެއްޖެ.. އަރުޝީއަކަށް ދެން ދުވަހަކުވެސް މާމައެއް ނުފެންނާނެ” ޒިވާންގެ ޖުމްލައާއި އެކު އަރުޝީއަށް ނޫނެކޭ ކިޔާ ހަޅޭއްލަވާ ގަނެވުނެެވެ. އަރުޝީއަށް ވީގޮތް ފެނި ޒިވާން އާއި މައިރާ އެކަކު އަނެކަކަށް ބަލާލަފައި ހީގަތެވެ. އެއަށްފަހު ޒިވާން ރޮއެ ރޮއެ ހުރި އަރުޝީގެ އަތުގައި ހިފައިގެން ގެންގޮސް އެނދުގައި ބޭންދިއެވެ. އެއަށްފަހު އަރުޝީ ކައިރީގައި ކުރުފައި މައްޗަށް އިށީނުމުން މައިރާވެސް ފާރުގައި ލެގިލަމުން މަލާމާތުގެ ގޮތަކަށް އަރުޝީއަށް ބަލާލިއެވެ.
” އެހެންވާނީ އަހަރެންގެ ބަސްނޭހީމަ.. އާރާވް ސަލާމަތް ކުރަން ބޭނުމިއްޔާ އަރުޝީ ޖެހޭނީ އަހަރެން ބުނާގޮތް ހަދަން..” އަރުޝީގެ ކޯތާފަތް މަތީގައިވާ ކަރުނަތައް ފޮހެލަމުން ޒިވާން ވާހަކަ ދެއްކިއެވެ. އަރުޝީއަށް އެއްޗެއް ބުނާނެހާ ހިތްވަރެއް ނުލިބުނެވެ. އެއަށްވުރެ އަރުޝީގެ ހިތަށް ކޮށްފައިވާ އަސަރު މާބޮޑެވެ.
” މިފަހަރު އަރުޝީ ކައިރީގައި ދައްކަން މިއުޅެނީ ދުވަހަކުވެސް އަރުޝީ އުއްމީދުކޮށްގެން ހުންނާނެ ފަދަ ވާހަކައެއް ނޫން.. އެކަމަކު މިފަހަރު އަހަރެންގެ އަތަކު އިތުރު ޗޮއިސްއެއް…” މިހެން ބުނެ ޒިވާން އިންތަނުން ތެދުވިއެވެ. ނަމަވެސް އަރުޝީ އެއިންގޮތަށް އިސްޖަހާލައިގެން ރޯންއިނެވެ.
” ކައިސަން…” ޒިވާން ކައިސަންގެ ނަން ކިޔާލުމާއެކު އަރުޝީ އިސްއުފުލާލާފައި ޒިވާންއާއި ދިމާއަށް ބަލާލިއެވެ.
” ކައިސަން މަރާލީ އަހަރެން” ޒިވާންގެ ޖުމްލައާއި އެކު އަރުޝީގެ ބޮލަށް އެނބުރުން އަރައިގެން ދިޔައެވެ. އިންތަނުން ތެދުވެގެން ގޮސް ޒިވާންގެ ގިރުވާނުގައި ހިފާ ބާރުކޮށްލިއެވެ.
” ކަލޭ އަހަރެންގެ ކައިސަން މަރާލީ އޭނާގެ ކޮށްކުށެއް އޮވެގެން.. އޭނައަކީ ދުވަހަކުވެސް މީހަކަށް ނުބައި ކޮށް ކަންތައް ކުރި މީހެއް ނޫން. ދެން ކީއްވެ.. ކޮބާ އޭނަޖެ ކުށަކީ” ތުރުތުރުލާ އަޑަކުން އަރުޝީ ވާހަކަދެއްކިއެވެ. ޒިވާން އޭނާގެ ގިރުވާނުން އަރުޝީގެ އަތް ނައްޓުވާލިއެވެ.
” ރަނގަޅަށް ތިބުނީ.. އެއީ ވަރަށް ރަނގަޅު އިންސާނެއް.. އޭނައަށް ކުރެވުނީ ކުޑަކުޑަ ކުށެއް” ޒިވާން ބުންޏެވެ.
” އޭނައަށް ކުރެވުނުހާވެސް ކުށަކަށްވީ އަހަރެން ބައްޕަގެ އެންމެ ދޮށީ ދަރިއަށްވުން” ޒިވާންގެ މިޖުމްލައިން އަރުޝީއަށް ލިބުނީ ސިހުމެކެވެ.
” އާން.. އެއީ ބައްޕައަށް ނަހަލާލަށް ލިބުުނު ކުއްޖެއް.. އަހަންނަށް އެކަން އެނގުނީ ބައްޕަ މީހަކާ އެވާހަކަ ފޯނުން ދެއްކި އަޑު އިވުމުން… ދަންނަންދޯ ތިހިސާބުގަ އުޅޭ ނަދީމާ… ނަދީމާގެ އެންމެ ގާތް އެކުވެރިޔާ ޙަދިޖާއާއި ބައްޕައަށް ލިބިފަ ހުރި ދަރިއެއް އެއީ… އެހެންވެ އެހާ ފަސޭހައިން ބައްޕަ އޭނައަށް އަހަރުމެންގެ އޮފީހުން ވަޒީފާ ދިނީވެސް.. ބައްޕަގެ ހުރިހާ މުދަލެއްގެ ވެރިޔަކީ އާރާވްކަން އެނގިގެން މަކަރާ ހީލަތުން އެއަތުލަން އަހަރެން މަސައްކަތް ކުރާކަން އެނގިގެން ބައްޕަ އޭނާގެ ވަސިއްޔަތް ބަދަލުކޮށްލީ ކައިސަންގެ ނަމަށް… އެހެންވެ އަހަރެން ބައްޕަ މަރާލީ… ކައިސަން މަރާލާކަށް އަހަންނެއް ބޭނުމެއްނުވި އެކަމަކު އަހަރެންގެ އޮފީހަށް ވަދެ އުޅުމުގެ ތެރޭގައި ކައިސަންއަށް އެނގުނީ ބައްޕަ މަރާލީ އަހަރެންކަން އަދި އެ ވަސިއްޔަތުގެ ފައިލްެވެސް އޭނަ އަތުގަ ޖެހުނީ.. އެހެންވެ އަހަންނަށް މަޖުބޫރުވީ ކައިސަން މަރާލަން.. އެކަމަކު ދެންވެސް މުދާގަނޑު އަހަންނަށް ލިބޭ ގޮތެއް ނުވި.. ވަސިއްޔަތުގައި ވާގޮތުން ކައިސަންއަށް ފަހު މުދަލުގެ ވާރުތަ ވެރިޔަކަށް ވަނީ ކައިސަންއަށް ލިބޭ ދަރިއެއް.. ދަރިއަކު ނެތްނަމަ އަނބިމީހާ… އެހެންވީމާ މިހާރު ވަސިއްޔަތުގަ ވާގޮތުން ވިއްޔާ މގެއާއި މިހުރިހާ މުދަލުގެ ވެރިޔަކީ ތީ” ޒިވާން ދެއްކި ވާހަކަ އަޑުއަހަން އަރުޝީއަށް ހުރެވުނީ ގަބުވެފައެވެ. ޒިވާން މައިރާ އަށް ބަލާލުމުން މައިރާ ޒިވާންގެ ކަބަޑުގެ ތެރެއިން ނަގާފައި ނޫކުލައިގެ ފައިލެއް ޒިވާން އަތަށް ދިނެވެ. ޒިވާން އެފައިލްގައި ހިފަމުން އަރުޝީ ގެންގޮސް އެނދުގައި ބޭންދިއެވެ. އެއަށްފަހު އަރުޝީގެ އުނގުމަތީގައި ފައިލް ހުޅުވާލާފައި ބާއްވަމުން އަރުޝީގެ އަތަށް ގަލަން ލައިދިނެވެ.
” މިހާރު އުނގުމަތީގައި ތިއޮތް ވިލްގައި ވާގޮތުން އަރުޝީގެ އިއުތިރާޒާއި ލައިގެން މިހުރިހާ މުދަލެއްގެ ވެރިޔަކީ އަހަރެން… ހުވާކޮށްފަ ބުނަން އަރުޝީ ތީގަ ސޮއެ ނުކޮށްފިއްޔާ އާރާވް ކީއްކުރަން ރައިހާނާއާއި އާރާވްގެ އިތުރުން އެނަދީމާއާއި އޭނާގެ އާއިލާ ދުއްވާލާކަށްވެސް އަހަރެން ފަހެއް ނުޖެހޭނަން” ޒިވާންގެ ޖުމްލަ އިވިފައި ހިތްދިރުވާލުން ނޫންކަމެއް އަރުޝީއަކަށް ނުކުރެވުނެވެ.
” އެކަމަކު އަހަރެންގެވެސް އެބައޮތް ޝަރުތެއް” އަރުޝީގެ ޖުމްލައާއި އެކު ކޮން ޝަރުތެއްހޭ ޒިވާންއަށް އަހާލެވުނީ ދެބުމަ ގޮށްޖަހާލަމުންނެވެ.
” މީގަ ސޮއެ ކުރުމަށްފަހު ޒިވާން ޖެހޭނެ އަހަރެން މިނިވަން ކޮށްދޭން… އެއަށްފަހު އަހަރެން ދެން ދުވަހަކުވެސް ޒިވާންއަށް އުނދަގު ކުރާކަށް ނާންނާނަން..އަދި ޒިވާން ކުރި ހަޑުމުޑުދާރު އަމަލުތަކުގެ ވާހަކަ އެއްވެސް މީހެއް ކައިރީ ނުދައްކާނަން.. އަހަރެން ބޭނުމީ ހުލުޢު ވަރިއަކުން ވަރިވާން.. އެއީ އަހަރެން މިމުދާގނޑު ޒިވާންއަށް ދޭމަތިން ޒިވާން އަހަރެން ވަރިކުރުން.. އެންމެ ރަނގަޅުތަ” އަރުޝީ ވާހަކަދެއްކިއިރު އެއަޑުގައި އެއްވެސް ދިރުމެއް ނެތް ކަހަލައެވެ. ޒިވާން ބަލާލީ މައިރާއަށެވެ. މައިރާ ބޯޖަހާލުމާއެކު ޒިވާންވެސް މައްސަލައެއް ނެތްކަމުގައި ބުންޏެވެ. އެއަށްފަހު އަރުޝީ ސޮއި ކުރުމަށްފަހު ޒިވާންއަށް ދިއްކޮށްލިއެވެ.
” އޯކޭ.. އަރުޝީ ތިހުރީ ވަރިކޮށްފަ.. މީގެ ފަހުން ތީ މިނިވަނެއް.. ދެން އެނބުރި މިހިސާބަށް އައިސްގެނން ނުވާނެ.. ދެން ބައްދަލުވާނީ ކޯޓުން… ވަރި ސާބިތުކުރެވެންދެން އަރުޝީ މާލެއިން ބޭރަށް ގޮސްގެން ނުވާނެ” ޒިވާން ބުންޏެވެ.
” ވަރި ސާބިތު ކުރެންވެންދެން އަހަރެން ހުންނާނީ ނަދީމައްތަ ކައިރީގައި.. އޭގެ ފަހުން އަހަރެންގެ ހަޔާތަށް ވައި އެޅިގެންވެސް ނުވާނެ” އަރުޝީވެސް ބުނެލިއެވެ. އެއަށްފަހު ފޮށިނަގައިގެން އަލަމާރީގައިވާ ހެދުންތަކާއި އެހެން އެއްޗެހި އަޅަން ފެށިއެވެ.
“ލެެޓްސްގޯ ސެެލެބްރޭޓް ބޭބީ” ޒިވާން ގައިގާ ލައްވެލަމުން މައިރާ ބުނުމުން ޒިވާންވެސް މައިރާގެ އުނުގަނޑުގައި އަތް ވަށާލައިގެން ހުރެ ކޮަޓަރިން ނިކުތެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

azzadhil

Level 210 Stories100 Comments

Other Articles

Previous

ޒިޔާ(9 )

Next

02:30 ސާދަވަނަ ބައި

Next
August 25, 2017

02:30 ސާދަވަނަ ބައި

Previews
August 25, 2017

ޒިޔާ(9 )

18 Comments!

  1. Axu says:
    August 25, 2017 at 5:46 pm

    haadha kurey ekamaku ves v salhi keepit up???❤??????

  2. Vishaa says:
    August 25, 2017 at 6:15 pm

    Dhen haadha kurey

  3. maroon says:
    August 25, 2017 at 6:16 pm

    V reethi azza.. arvav maraa nulahchey pls

  4. Shaa says:
    August 25, 2017 at 6:18 pm

    Haadha kurukoh

  5. Reet says:
    August 25, 2017 at 7:48 pm

    Haadha kurey kiyaa hithun indhaa part nimuny dhw

  6. khajja says:
    August 25, 2017 at 8:07 pm

    Wow masha allah v rythi v furihama?? when nxt prt avaskolladhybala pls alhey zivaan?? thyhama fureytha eh dhw haadha gothevves nethey dhw?? stry v rythi ???❤❤??????????????

  7. Xxxx says:
    August 25, 2017 at 8:34 pm

    Haadha reehchey mi story
    ???
    i think arshee will come up with a good plan to expose zivaan…

  8. Adha? says:
    August 25, 2017 at 8:41 pm

    Gotheh fotheh neh zivaan gandu?.. mudhalaa hedhi enmenah ehen e hedhy..?.. reethikn buninama ves dheyne kanneynge dw emeehun.. arushee adhi annaathi enburi.. rangalhu filaavalheh dheythi zivaan ah.. zivaan kuri kanthah regret vaa varu kohlaathi adhi..?
    Btw azza mi part ves varah reethi.. dhen aaraav anburaa malé genesba…
    Waitingss ❤❤❤❤

  9. ??? says:
    August 25, 2017 at 8:43 pm

    Wow woooooo v reeti eiy gaay gandhakah hurihaa firihenen ge vatharu balaathi ad hi annane arusy kairy salaan jahan

  10. Sidhu says:
    August 25, 2017 at 8:47 pm

    Dhn a ulheni zivaan men bust vaan. ..Vaahaka salhi

  11. click a shot ? says:
    August 25, 2017 at 9:08 pm

    I was waiting for this stry…
    .mi part ves varah salhi..awesome??

  12. Shifu says:
    August 25, 2017 at 9:15 pm

    V reethi aarav hama yageen thee kaisange hiy kan aadhey arushee salaamai kuran

  13. shahoo says:
    August 25, 2017 at 9:20 pm

    maa kury dhw. bt story hama v reethi

  14. Zaaa says:
    August 26, 2017 at 7:03 am

    Average kuru

  15. Dhona says:
    August 26, 2017 at 9:07 am

    ehaa lahun upload mi kuraneeee….. kuraa iru ves kuda thankolheh mi genes dheneee….. n foohivey…. but nice stry

  16. Yaal says:
    August 26, 2017 at 7:24 pm

    Story varah varah reethi ?❤
    Avahah up kolladheyne kamah ummeedhu kuran ?
    Next part dhigu Kon genes dheythi ?

  17. Princess Aisha says:
    August 26, 2017 at 11:46 pm

    PLX next part up kohladhiba.

  18. Roo says:
    August 27, 2017 at 12:57 pm

    Plx next part up kndheeba….

Comments are closed.

Next Episodeހިތުގެ މިލްކުވެރިޔާ (ބާވިސްވަނަ ބައި)←


All Right Reserved!