“ފް….ފް…ފަ..ފަރުހީން…” ކުރަކިވެފައިވާ އަޑަކުން އަންހެންމީހާ ރަޔާހީނަށް މުހާތަބް ކުރިއެވެ. ރަޔާހީން ސިހި ދެލޯ ބޮޑުވިއެވެ. ނިތްކުރި މަތީގައި ޖެހިގެން ދިޔައީ ސުވާލު މާކެކެވެ. އެމީހާ ބަލަން އޮތީ ދުޅަވެ މަޑުލާފައިވާ ދެލޮލުންނެވެ. ރަތްއަރާފައިވާ ދެލޯ ފެނި ރަޔާހީންގެ ލޮލަށް ވެސް އުނދަގުވިއެވެ. އޭނާގެ މާފަލަ ނޫން ހަށިގަނޑު ހިއްލާލެވޭތޯ އެ އަންހެންމީހާ މަސައްކަތް ކުރަން އުޅޭހެން ހީވުމުން ރަޔާހީން ތެދުވެ އަންހެންމީހާގެ ބޯދަށަށް އަތް ލައްވާލިއެވެ. އެމީހާ ދެލޯ މަރާ ބާރުކޮށްލީ ހަށިގަނޑުގެ ކޮންމެސް […]
:ޓްރެއިލަރ: ވެހެމުންދިޔަ ބޯވާރޭ ތެރޭގައި މަންމަ ރޮމުން އަހަރެންގެ އަތުގައި ހިފައިގެން ގެއިން ނުކުތްއިރު ހުއްޓުމެއްނެތި ވިދާ ގުގުރަމުން ދިޔައެވެ. އަހަރެންގެ ހެދުމުގެ ފަސްބައިގައި ހިފަހައްޓައިގެން ހުރި ހަ އަހަރަށްދާ އަހަރެންގެ ކޮއްކޮ މީޒާ، މިވެގެން އުޅެނީ ކީއްކަމެއް ނޭނގުނު ނަމަވެސް މަންމަ ރޯތަން ފެނުމުން ދެރަވެގެން އޭރު ބާރަށް ރޮމުންދިޔައެވެ. އޭރު މަންމަގެ އުރުގައި އިން ދެއަހަރުގެ މާޒިން ހީކަރުވައިގަނެގެން ތުރުތުރު އަޅައެވެ. “ދަރިފުޅާ އަޔާ… މީޒާ އަތުގައި ހިފައިގެން ބާރަށް ހިނގާ..” ތުރުތުރު ލާފައިވާ […]
“ޝަޙާ.. އައި ލަވް ޔޫ.. ވިލް ޔޫ ބީ މައި ގާލްފުރެންޑް.؟” ޝަޙާއަށް އަނގޮޓި ދިއްކޮށްލަމުން ރިޒުވީން ބުންޏެވެ. އެ އިރު ވެސް ރިޒުވީންގެ ފުރަގަހުން ޝަޙާއާއި ރިޒުވީން އެކުގައި ހޭދަކޮށްފައިވާ ވަގުތުތަކުގެ މަންޒަރުތައް ސުކްރީނުން ދައްކަމުން ދިޔައެވެ. “ޔެސް.. ޔޫ އިޑިއަޓް.. ޔެސް.. އައި ލަވް ޔޫ ޓޫ ރިޒުވީ..” ޝަޙާގެ ޖަވާބަކީ އާނއެކެވެ. ރިޒުވީނަށް ހިނިތުންވެވުނެވެ. ތިމާގެ ހިތް އެދޭ ފަރާތް ވެސް ތިމާއަށް އޭނާގެ ހިތް ދީފައިވާކަން އެނގުމުން ކުރެވޭ އުފާވެރި އިހުސާސް […]
“އެހެންވީމަ އެކަކު ވެސް މާޒީގެ ވާހަކަ ނުދައްކަމާ…. އަހަރެންގެ މާފެއް ހަމައެކަނި ނުލިބޭނެ މީހަކީ މީހުން މަރާ މީހުންނަށް. އެކަހަލަ މީހުން ދެކެ އަހަރެން ވަރަށް ފޫހިވޭ. އެކަހަލަ މީހުން މިދުނިޔޭގައި ހިތި ގޮތަކަށް ތަޅުވަން އަހަރެން ބޭނުމީ…” ރަޔާހީންގެ ވާހަކަތަކުން އިރުފާނަށް ޝޮކެއް ލިބުނެވެ. ރަޔާހީންގެ އުނގުން ބޯހިއްލާލެވުނީ ހަމަ ކުއްލިއަކަށެވެ. “ކިހިނެއްވީ” އިރުފާން ތެދުވި ގޮތުން ރަޔާހީން ހާސްވެފައި އަހާލިއެވެ. “ކަމެއްނުވޭ ނިދިއައްސި. ހިނގާ ނިދަން” އިރުފާން ބާލީހުގައި ބޯއަޅާލައިގެން އޮށޯތުމުން ރަޔާހީން ވެސް […]
އަރުޝީއަށް ހޭވެރިކަމެއްވީ އިޝާ ނަމާދަށް ބަންގި ގޮވަން ކައިރިވެފައި ވަނިކޮށެވެ. އަވަހަށް ފާހަނައަށް ވަދެ ވުޟޫކޮށްލައިގެން ނިކުތީ ކިރިޔާ ކެރުނަސް ނަމާދުކުރަން ބޭނުންވާތީއެވެ. ނަމާދުކޮށް ނިންމާލުމަށްފަހު އަރުޝީއަށް ކެތްތެރިކަން ދެއްވާ ޒިވާން އާއި ކުރިމަތިލުމުގެ ހިތްވަރު ދެއްވުމަށް އެދި މާތްﷲގެ ހަޟްރަތުގައި ދުއާ ދެންނެވިއެވެ. އެއަށް ފަހު ކޮތަޅަކަށް ދެތިން ހެދުމާއި ބޭނުންވާނޭ އެހެން އެއްޗެހި ހިފައިގެން އަރުޝީ މަރިޔަމް ކޮޓަރިއަށް ދިޔައީ ޒިވާން އާއި އެއްކޮޓަރީގައި އުޅެން ބޭނުން ނުވާތީއެވެ. މަރިޔަމް ކައިރީ އެކޮޓަރީ ހޭދަ […]
“މިކަން ހިނގަހިނގާ ހުންނަ ނަމަ އަހުރެން މިއުޅެނީ އަހުރެންގެ ސިކުނޑި ގޮއްވާލަން.” އަހުރެން އެންމެ ފުލަށް ވެއްޓިއްޖެކަން ރޭކާލީ ހަގީގަތުގައި މި ބަސްތައް ބުނެވުމަށް ފަހުގަ އެވެ. އަހުރެން ހަމައެކަނި އެ ބަސްތައް ބޭރުކޮށްލީކީ އެއް ނޫނެވެ. އަހުރެން އޭގައި މާނަ ވެސް ހަރުލެއްވީމެވެ. އަހުރެންގެ ސިކުނޑި މާ ކުރިން ފެށިގެން ދިޔައީ، އެކަން ކުރާނެ ގޮތެއް ރާވަމުންނެވެ. ބައްޕަގެ ކުރީގެ އަތުބަޑި އަދިވެސް އޮތީ އަހުރެންގެ ހެދުން ކަފޭރާ ތެރޭގައެވެ. ބައްޕަ މަރުވުމުގެ ކުރިން، ބައްޕަ […]
އިރާދަ ކުރެއްވިއްޔާ މިވާހަކަ އޮގަސްޓު 27 ވަނަ ދުވަހުން ފެށިގެން އަޕް ކުރާނަން އެދުވަހަކީ އަޅުގަނޑުގެ ހަޔާތުގަ ވަރަށް މުހިންމު ދުވަހެއް ވީމަ އެދޮވަހަށް މަޑު ކޮއްލުން އެދެމެވެ. އުންމީދު ކުރަން މިވާހަކަޔަށް އިންތިޒާރު ކުރާނެކަމަށް މިއީ ހިތާމަވެރި ލޯބީގެ ވާހަކައެއް ހާއްސަކޮށް އަންހެން ބޭފުޅުންނަށް ވިދާޅުވަން ވަރަށް ކަމުދާނޭ. ޝުކުރިއްޔާ ވަރަށް ލޯބިވޭ އަޅުގަނޑުގެ ވާހަކަ ވިދާޅުވާ ހުރިހާ ބޭފުޅުން ދެކެވެސް. އަލްޔާގެހަޔާތުން މިވެސް ދުވަހެކެވެ. އެފަކީރުގެ މުޅި ހަޔާތުގައި ވެސް މިނޫން ދުވަހެއް އަދި […]
“އަހަރެން މިގޮވަނީ ޝިއު އަކަށް ނޫން….. ޔާނީއަށް…..ޔާނީ އާދެބަ……” ޝިއުރީގެ ފިޔަވަޅުތަކަށް ހުއްޓުން އެރީ ފާޑަކަށް ހީގަނެގެން އިނދެ ޔަލްވީ މިހެން ބުނުމުންނެވެ. ޙަމްދަރުދީވާހާލު، އޭނާއަށް ބަލާލެވުނީ މިޝްޔާގެ އަތުގައި ހިފަހައްޓާލައިގެން ބިރުގެންފައި ހުރި އަޔާނީއަށެވެ. އަޔާނީ މިވަގުތު ބިރުގެންފައި ހުންނާނެވަރު އަންދާޒާކޮށްލަމުންނެވެ. އަޔާނީއަށް ބަލަހައްޓައިގެން ހުރި ޝިއުރީއަށް ހައިރާންކަމެއް ލިބިގެންދިޔައީ ލަސްފިޔަވަޅުތަކެއް އަޅަމުން އަޔާނީ ކުރިއަށް އަންނަން ފެށުމުންނެވެ. އަޔާނީއަށް އެފަދަ ހިތްވަރެއް ލިބުމުން އޭނާއަށް އަނގަ ހުޅުވައިގެން ހުރެވުނީއެވެ. ވާނީވެސް އެހެންތާއެވެ. އަޔާނީ ބިރުގެންފައި […]
” އޭ.. އަހަރުން މިކޮޓަރި ބޭނުންވެއްޖެ.. ކެ ދޭ އެހެން ކޮޓަރިއަކަށް” މައިރާ އަމުރު ކޮށްލަމުން ބުނެލިއެވެ. ” މައިރާ ޕްލީޒް” އަރުޝީއަށް ބުނެވުނީ މިވަރަށެވެ. އިތުރު ބަހެއް ބުނެވުމުގެ ކުރިން ޒިވާން ބާރަށް ހިނގާފައި އައިސް އަރުޝީގެ އަތުގައި ހިފައި ދަމަމުން ކޮޓަރިން ބޭރަށްލާ ތަޅުލީ އަރުޝީގެ އާދޭސް ތަކަށް ބީރު ކަންފަތެއް ދެމުންނެވެ. އަރުޝީއަށް މޭގައި އަތް އަޅާލެވުނީ ހިތުގައި ޖެހުނުވަރުންނެވެ. ގިސްލަމުން އަނގަމަތީގައި އެޅީ އެހެން މީހަކަށް އިވިދާނެތީއެވެ. މަޑުން މަޑުން ހިނގާފައި […]