Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ތިޔަ ދިން އުފާ 5

seym Level 210 Stories100 Login100 Comments
August 25, 2017 2 Mins Read
9 Comments

ދުވަހަކީ ހުކުރު ދުވަހެވެ. ރޭގަނޑު ލާމިހް އިނީ އާނާ އުނގައް ލައިން ވާހަކަ ފޮތެއް ކިޔައިދޭށެވެ. ކޮޓަރިން ނުކުތް ރާމިޒް އައިސް އިށީނުމާއިއެކު އާނާ ފޮތް ނަގާ ދިއްކޮށްލީ ރާމިޒް އަތަށެވެ. އާނާ އުރާލަމުން ރާމިޒް އާނާ ގައިގައި ބައްދާލިއެވެ.”ދޮންތަ އެބައުޅޭ މަންމަ މެންނައް ގުޅައިގެން…އަންނަ ހަފްތާގައި މާލެ އާދޭ. ލާމީގެ ކިޔެވުމުގެ ކަންތައް ނިމުނުހާ އަވަހަކަށް މަންްމަމެން މިކޮޅަށް އެއްކޮށް ގެންނަން މި ވިސްނަނީ”. ލާމިހް އެއްބަސް ވުމުގެ ގޮތުން ބޯޖަހާލިއެވެ. “މަންމަމެން އެކަނި ރަށުގައި އުޅުމަށް ވުރެ ތިގޮތް ރަގަނޅުވާނީ” ކައިރީ އޮތް ފޯން އަށް މެސެޖެއްެ އައުމާއިއެކު ލާމިހް ތެދުވެއްޖެއެވެ. “އެބަ އަންނަން…ހުސެން އެބަހުރި ތިރީގަ.” ލާމިހް ދަމުން އާނާ ގެ ކޮލަށް ދޮނެއްދިނެވެ.

“ހިނގާބަލަ އަހަންނާއެކު ގެއަކަށްދާންް..ކެއުމަކަށް ދައުވަތު ލިބިފަ އެބައޮތް.” ލާމިހް ނުކުތުމާއިއެކު ހުސެން ބުންޏެވެ.”އަހަރެން ކައިފިން ހުސެން އެކަނި ދާންވީނުން.” ލާމިހް ބުނެލީ ކަަންނެތް ފާޑަކަށެވެ.”އެކަންޏޭ..އެކަނި ނުކެރޭނެ ދާކަށް.” ހުސެން އުޅެންފެށި ގޮތުން ލާމިހް އައް ވެގެންއުޅޭގޮތް އެނގިއްޖެއެވެ.”ހައިފާމެން ގެއައް ތަ؟” ހުސެން ކަދުރާގައި އަތް ހާކާލަމުން ބޯ ޖަހާލިއެވެ.”އާން..އެ ގެއައް..އަދި އެންމެ ފަހަރަކުއޭ އޭނައާ ބައްދަލުވީވެސް..އެވެސް ނިއު އިޔާ ނައިޓްގަ…މާ ދޭންވެގެން..އެގެއައް ވަންނާކައް ނުކެރޭނެ އެކަނީ..އޭނަ ކޮއްކޮގެ އުފަންދުވަސް ވީމަ ކާން އަންނާށޭ ބުނެގެން..ހިނގާބަލަ..މިކަން ވެއްޖިއްޔާ ލާމީއައް ކާންދޭނަން ބުނިވަރަކަށް..” ހުސެން އާދޭސް ކުރަން ފެށުމުން ލާމިހް އައް ޖެހުނީ ދާށެވެ.

ހައިފާ އައިސް ހަނާގެ ކޮޓަރިއައް ބޯދިއްކޮއްލިއެވެ. އީރަމް އާއި ހަނާ ތިބީ ބޮޑުވާހަކަ އެއްގައި ކަން އިނގެއެވެ.”އެންމެން ގޮއްސި..އީމް ގޮވައިން ކާން އަންނަން ވީނުން..ހަމްކޮ ވެސް ޕާޓީ ނިމުނިއްޔޭ ކިޔާފަ އެބައިން ގޭމް ކުޅެން.” އާއިލާގައި އަންހެން ތިބީ ދެ ކުދިންނެވެ.ދޮށްޓައް ތިބޭ ދެ ފިރިހެންކުދިން އުޅެނީ މީހުންނާ އިނދެގެން ވަކިންނެވެ.ހަމްދާން އަކީ އާއިލާގެ ކުޑަ ކުއްޖާއައް ވުމުން އުފަންދުވަސް ބޮޑުކޮއް ފާހަގަ ނުކުރިކަމުގައި ވިޔަސް ގޭގައި ކައްކާ އާއިލާ އަދި ގާތް އެކުވެރިންނައް ދައްވަތު ދެއެވެ.”މަންމަމެންވެސް ކައިގެން ނިދަން ވަދެއްޖެ.” ހައިފާ އެތެރެއައް ވަދެ ދޮރު ލައްޕާލިއެވެ. “އީމް ކިހިނެއްތަ؟” ހައިފާއައިސް އީރަމް ގައިގައި ބައްދާލަމުން އެހިއެވެ.ހަނާ އެކޭ އެއްފަދައިން ހައިފާ ދެކެނީ އީރަމް އެއި ހަަމަ ކޮއްކޮއެއްގެ ގޮތުގައެވެ. ހަނާ ފިޔަވާ އީރަމް ގެ ހުރިހާ ކަމެއް އިނގޭ ދެވަނަ ފަރާތަކީ ހައިފާއެވެ.ހަނާއާއި އީރަމް ކިޔެވީ އެއްކޮއްނެވެ.”ރަނގަޅު..ހަނާ ބުނި ހައިގެ ލަވްލަވް މިރޭ އާދެޔޭ..އެހެންވެ އެއީ ކާކުކަން ބަލާލާ ހިތުން މި އިނީ”އިރާމް އެހެން އެހުމުން ހަނާއަކައް ނުހީ ނީނދެވުނެވެ.އީރަމް ފެށި ވާހަކައަކުން ހައިފާ އަވަހައް ކޮޓަރިން ނުކުމެއްޖެއެވެ.

ކާމޭޒު ކައިރީ ހަނާ އާއި އީރަމް ކަމުން ދިޔަ އިރު ކުރިމަތީ އިން ހައިފާއައް އެތައް ސުވާލުތަކެއް ކުރެވެމުންދިޔައެވެ.”ވީ އަރ ޖަސްޓް ފްރެންޑްްސް..ނަތިންގ މޯ..”ހަމަޖެހެންމަސައްކަތް ކުރަމުން ސުވާލުތަކަށް ހައިފާ ޖަވާބުދިނީ ވަރަށް ވިސްނައިގެންނެވެ.ހުސެން ދެކެ ގަޔާވާކަން އެކަކަށްވެސް އަންގަން އަދި ބޭނުންނުވަނީއެވެ.ހައިފާގެ ފޯނައް ހުސެން ގުޅާތަން ފެނުމާއެކު ހަދާނެގޮތެއް ނޭނގުނެވެ.ދައްވަތު ނުދެވުން ނަމައޭ ހިތައް އެރިއެވެ.އަތް ފައި ފިނިވެއްޖެއެވެ.”ދޭބަލަ ދެން ދޮންތަބެ އެތެރެއައް ވައްދަން..ދޯ އީމް..މިރޭ ވާނެ އިންޓްރޯ ކޮއްދޭން..”އީރަަމް އާނއެކޭ ބުނެ ހީލިއެވެ.

ދޮރު ހުޅުވުނު އަޑައް ދެމީހުން އެއްފަހަރާ ފަހަތައް ބަލާލިއެވެ.ގަޔައް ދޫ ކަޅުހެދުމެއްގައި ރަތް ކުލައިގެ ޝޯލްއެއް އަޅައިން ނުކުތް ިއަންހެން ކުއްޖާ ލާމިހްމެންނައް ހިނިތުންވެލިއެވެ.”އާދޭ އެތެރެއައް'” ހައިފާ ލާމިހް އައް ބަލާލީ ބީރައްޓެހި ނަޒަރަކުންނެވެ. “މީ ލާމިހް..މައި ބެސްޓް ބަޓީ”ހުސެން ހައިފާއައް ބުނެދިނެވެ.ކާގެއައް ވަންނަ ދޮރުކައިރީ ލާމިހްގެ ހިނގުން ހުއްޓިއްޖެއެވެ.ހީވީ މީހަކު ދެ ފައިގައި ހިފެހެއްޓިހެންނެވެ.ލާމިހްމެންނައް ފުރަގަސް ދީގެން ހުރި އީރަމް ފެންފުޅީގައި ބާކީ ހުރި ފެންތަށް އަނގައައް އޮއްސާލަމުން އެނބުރުނީ ކާގެއިން ނުކުންނާށެވެ.ހުސެންމެންގެ ފަހަތުން އައި ލާމިހް އައް ދޮރުމައްޗައް އެރުނީ އެގަޑީގައެވެ.އަނގައިގައި ހުރި ފެންތައް މަތިން އީރަމް ހަނދާންވީ ކުރިމަތީ ހުރި ޒުވާނާގެ ތުންފަތުގައި ވާ ލުއި ހިނިތުންވުމެވެ.ފެންތައް އަވަހަށް ދިރުވާލަން ހަދައިން އީރަމް ކޮށި އަރައިފިއެވެ. އެންމެންގެ ނަޒަރު ހުރީ އީރަމް އާއި ލާމިހް އައް ހުއްޓިފައެވެ. އެދެޒުވާނުން އީރަމް އާ ދާދި ގާތުން ގޮސް އިށީނުމާއެކު އިރަމް ބަލާލީ ހަނާއަށެވެ.ހަނާ ލޮލުގެ އިށާރާތުން މަޑުކޮއްލަދިނުމައް އެދުނެވެ. “ހަނާ މީ ހުސެންއަކީ..ދެން މި އިނީ…” ހައިފާއައް ނަން ހަނދާންނެތުނީއެވެ. “ލާމިހް” ނަން ބުނެލަމުން ލާމިހް އަމިއްލަ އައް ތައާރަފް ވެލިއެވެ. ހަނާ ދެމީހުންނައް ވެސް ހިނިތުންވެލިއެވެ.ދުރުގައި ހުރި އީރަމް އައް ގެއަށް ދާން ލަސްވާކަން އެނގުމުން ހަނާ ތެދުވެއްޖެއެވެ.”ދޮންތާ.. އެބައަންނަން އީމް ގެއަށް ލައިދީފަ..” ހަނާ ތެދުވެގެން ގޮސް އީރަމް އާއެކު ނުކުމެގެން ދާތަން ބަލަން ލާމިހް އިނީ ސުވާލުއުފެދިފައެވެ.އަނެއްކާ އެއީ ހައިފާގެ އައިލާ ކުއްޖެއްބާވައެވެ.

އެގެއިން ބޭރަށް ނިކުމެވުމާއެކު ލާމިހް އެހީ އީރަމް ގެ ވާހަކައެވެ.އެއީ ކޮންކުއްޖެއް ތޯ އެވެ.”އެއީ ހަނާ..ހައިފާ ކޮއްކޮ..ލާމީ އައް ކަމުދިޔައިދޯ..އެކަމާ އުޅެންވީނު..” ލާމިހް އެ ދައްކަނީ ހަނާގެ ވާހަކަ ކަމަށް ހީކޮއް ހުސެން ބުނެލިއެވެ. ” ނޫން..ބުރުގާ ނާޅާ ހުރި ކުއްޖާ..” ހުސެން ސައިކަލައް އަރަމުން ނޭނގޭވާހަކަ ބުނެލިއެވެ. ލާމިހް ދެފަހަރަކު އެކުއްޖާ ފެނުން ވާހަކަ ހުސެން އަށް ކިޔައިދިނެވެ. ފޯނުގައި އިން ފޮޓޯ ވެސް ދެއްކިއެވެ. ގެއައް ދެވެންދެން ދެއްކީ އެވާހަކައެވެ.ލާމިހް އެދުނީ އީރަމް ގެ މައުލޫމާތު ހައިފާ ކައިރީ އަހައިގެން ހޯދާ ދިނުމަށެވެ.

Share Article

Follow Me Written By

seym

Level 210 Stories100 Login100 Comments

Bookworm. ? 23. ? ~ Because i am in love with the world in my head.~ ?

Other Articles

Previous

ހިތުގެ ރިހުން!

Next

މަންމަގެ ހައްޤުގައި (2ވަނަ ބައި)

Next
August 26, 2017

މަންމަގެ ހައްޤުގައި (2ވަނަ ބައި)

Previews
August 25, 2017

ހިތުގެ ރިހުން!

9 Comments!

  1. seym says:
    August 25, 2017 at 11:15 pm

    Hope you guys will enjoy reading this part too.. ?❤️

  2. Saa says:
    August 25, 2017 at 11:34 pm

    Alhe dhw..
    Haadha kurey..
    Mithankolhu v reethi ingey ekamvx..
    Waiting for next part

    1. seym says:
      August 27, 2017 at 4:30 am

      Thankyou saa.. next part dhigu koh genesdheynan Insha Allah <3

  3. khajja says:
    August 25, 2017 at 11:46 pm

    Masha allah v rythi stry ekam haadha kurey mi stry up koh dheyleh plx miah vure dhigukon genesdhybala when nxt prt avahah up kollachchey gud nyt??❤❤????????

    1. seym says:
      August 27, 2017 at 4:32 am

      Thankyou khajja.. <3

  4. Petite says:
    August 26, 2017 at 1:43 pm

    V reeeeethi ❤❤❤

    1. seym says:
      August 27, 2017 at 4:32 am

      Thankyou petite.. <3

  5. cya says:
    August 27, 2017 at 12:23 pm

    Next part konirakun

  6. iru says:
    August 27, 2017 at 12:44 pm

    Alhey kiyaalaaa hituun fasha Iran onna nee nimifa. Pppp tankolheh dhigu Koh labala

Comments are closed.


All Right Reserved!