Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހަޤީޤީހިތާމަލޯބި

މަންމަގެ ހައްޤުގައި (2ވަނަ ބައި)

Orchid Level 1
August 26, 2017 5 Mins Read
24 Comments

އަހަރެންގެ ސިކުނޑީގައި އެތަކެއް ސުވާލުތަކެއް ތޮއްޖެހެމުންދިޔައެވެ. ނަމަވެސް އެއިންއެއްވެސް ސުވާލެއް ދުލާއި ހިސާބަކަށް ނައެވެ. އަހަރެންހުރީ އެއްށްވުރެ ދެރަވެ ހިތުގައިޖެހިފައެވެ.

މަންމަ އަހަރުމެން ގޮވައިގެންދިޔައީ މަންމަގެ ދައްތަ، އަހަރެންގެ ބޮޑުދައިތަ ސަލީމާއްތަގެ ގެއަށެވެ. މަންމަގެ އަނެއް ދައްތަ ސައީދާ އުޅެނީ އޭނާގެ ފިރިމީހާގެ ގޭގައެވެ. ނަމަވެސް ސަލީމާއްތަ އުޅެމުން އަންނަނީ މަންމަގެ، މަންމަގެ ގޭގައެވެ. އެހެންކަމުން އެގެއިން މަންމައަށްވެސް ހިއްސާއެއްވާނެތާއެވެ.

އަހަރުމެން ގޮސް ގޭގެ ދޮރުމައްޗަށް ހުއްޓުމާއި އެކު ސިޓިންރޫމުގައި އިން ސަލީމާއްތަ ދުވެފައި ކަހަލަ ގޮތަކަށް އައިސް އަހަރުމެން ގޭތެރެއަށް ވައްދައި ސޯފާގައި ބޭތިއްބިއެވެ. އަދި އެއްވެސް ސުވާލެއް ކުރުމެއްނެތި ކޮޓަރިއަށްވަދެ ދެ ތުވާލި ހިފައިގެން އައިސް އަހަރެން އަތަށް އެއް ތުވާލި ދިނުމަށްފަހު ހީކަރުވައިގަނެގެން ތުރުތުރު ލައިލައި އިން މާޒިން އުރާލައި އެކުއްޖާގެ ގައިގައި ހުރި އެއްޗެހި ބޭލުމަށްފަހު މާޒިން ގެ ގައިގައި ތުވާލި އޮޅައިލިއެވެ.

ސަލީމާއްތަ އެއްވެސް ސުވާލެއްވެސް ކުރުމެއްނެތި އެހުރިހާކަމެއްކުރި ގޮތުން އޭނާއަށް މިވެގެން އުޅޭގޮތް ވަރަށް ސާފުކޮށް އެނގޭކަހަލައެވެ.
އޭރުވެސް މަންމަ އިސްޖަހައިގެން އިނދެ ރޮނީއެވެ. އަހަރެންގެ ލޮލުންވެސް ކަރުނައެއް ނުހިކެއެވެ. މީޒާވެސް އިނީ ރޮވިފައެވެ.
“ދަރިފުޅާ… ލަމްހާ.. އާދެބަލަ ވަރަށް އަވަހަށް” ސަލީމާއްތަ ލަމްހާއަށް ގޮވާލި އިރަށް ލަމްހާ ކޮޓަރިން ނިކުމެގެން ވަރަށް ބާރަށް އައިސް އަހަރުމެންގެ ކައިރީގައި ހުއްޓުނެވެ. “ދަރިފުޅާ.. ދޭބަލަ އަޔާއާ މީޒާ ގޮވައިގެން ކޮޓަރިއަށް.. ދަރިފުޅުގެ ނިދާ ހެދުން ތަކުން ދެހެދުން ދީ މިދެކުދިންނަށް.. މިރޭ އަޔާމެން ނިދާނީ ދަރިފުޅު ކޮޓަރީގަ.. ދޭ އަޔާމެން ގޮވައިގެން ކޮޓަރިއަށް.. ” ސަލީއްމާއްތަ މިހެން ބުނުމުން ލަމްހާ އަހަރުމެން ގޮވައިގެން ކޮޓަރިއަށް ދިޔައެވެ. ލަމްހާ އަކީ އަހަރެންނާއި އެއް އުމުރެއްގެ ކުއްޖަކަށް ވެފަައި އިސްކޮޅުވެސް އަހަރެންނާއި ދާދި އެއްވަރުކަމުން އަހަރެންނަށް ލަމްހާގެ ނިދާހެދުން ހެޔޮވަރުވިއެވެ. ނަމަވެސް މީޒާ ހުންނަލެއް ކުޑަކަމުން މީޒާއަށް ހެޔޮވަރުވީ ލަމްހާއަށް ކުޑަވެފައި އޮތް ޓީޝާޓެކެވެ.

ލަމްހާއަކީ އެންމެ ނުވައަހަރުގެ ކުއްޖެއްނަމަވެސް އޭނާގެ ކޮޓަރި ބޮޑުވެފައި ވަރަށްވެސް ފުރިހަމައެވެ. ކޮޓަރީގެ އެއްކަނެއްގައި ބަހައްޓާފައި ހުރި ބޮޑުއެނދާއި ބޮޑުއަލަމާރި އާއި ރީތި ޑްރެސިންޓޭބަލް ފެނިފައި އަހަރެންނަށްވެސް މިފަދަ ނަސީބެއް ލިބޭނެނަމައޭ ހިތަށްއެރިއެވެ.

ވަރުބަލިވެފައި ހުރި ވަރުން ކަމަށްވެސް ވެދާނެއެވެ. މާގިނައިރެއް ނުވެ މީޒާ ނިދައިފިއެވެ. ލަމްހާއާއި އަހަރެންވެސް މީޒާކައިރީގައި އޮށޯތީމެވެ. އެބޮޑު އެނދުގައި އަހަރުމެން ތިންމީހުނަށް ރީތިކޮށް ނިދޭނެހާ ޖާގައޮތެވެ. އަހަރެން އިރުކޮޅަކު އޮތުމަށްފަހު ނިދިނައިސްގެން ސިޓިންރޫމަށް ނިކުތްއިރު ސޯފާގައި މަންމައާއި ސަލީމާއްތަ ވާހަކަ ދައްކަންތިއްބެވެ. އޭރު ސަލީމާއްތަގެ އުނގުގައި މާޒިން ނިދާފައި އޮތެވެ. އަހަރެން ހުރީ ސޯފާގެ ފަހަތުގައި ކަމުން އެމީހުންނަކަށް އަހަރެން އެތާގައި ހުރިކަމެއް ނޭނގޭނެއެވެ.
“ނާޒިމާ.. ނާޒިމާ އަކީ އަހަރެންގެ ބައްޕަގެ ދަރިއެއް ނޫނަސް އަހަރުމެންގެ މަންމައަކީ އެކެއް. އަދި މިގެއަކީ މަންމަގެ ގެ. މަންމަ ނެއްދުނިޔޭގައި މީ އަހަރުމެން ތިންބެއިންގެ ގެ. އެހެންވީމާ ނާޒިމާއަށް އަހަރެންނެކޭ އެއްގޮތަށް މިގޭގަ އުޅެވޭނެ. ސައީދާއްތަ އެއުޅެނީ އޭނާގެ ފިރިމީހާގެ ގޭގަ. އޭނައެއް މިތާކަށް ދިރިއުޅޭކަށް ނާންނާނެ.”

ސަލީމާއްތަގެ ވާހަކަތަކުން މަންމައަކީ ސަލީމާއްތައާއި ސައީދާއްތަގެ އެއްބަފާ މީހެއް ނޫންކަން އަހަރެންނަށް އެނގުނެވެ. އެމީހުން މަންމައާއި އެހާ ގުޅުން ނޯންނަނީ އެހެންވެތާއެވެ. އެހެނަސް އަހަރުމެން މިގެއަށް ވައްދައި އަހަރުމެންނާއި ދޭތެރޭގައި ކަންތައް ބެހެއްޓި ގޮތުން، ބައްޕަގެ އާއިލާ މީހުންގެ ހިތުގައި އަހަރުމެންނާއި ދޭތެރޭގައި ނެތް އިންސާނިއްޔަތުކަން ސަލީއްމާއްތަގެ ހިތުގައި އޮތްކަން އަހަރެންނަށް ވިސްނުނެވެ.
” އެހެރަ ހުސް ކޮޓަރި އެއީ ލައިޝްގެ ކޮޓަރި. އޭނާ އުޅެނީ މާލޭގައި ހުންނަ އޮފީހެއްގެ ވަޒީފާގަ. އޭނާ ރަށަށް އަންނާނީ ވަރަށް މަދުން. އެހެން ވީމާ ނާޒިމާމެން ނިދާނީ އެކޮޓަރީގަ.. އެކަމަކު ދެން މިރޭ އަންހެން ދެބެން ލަމްހާ ކޮޓަރީގަ ނިދަން ބައިތިއްބާ.” ސަލީމާއްތަ މިހެން ބުނެ ތެދުވި ވަގުތު އަހަރެން ސޯފާގެ ފަހަތުގައި ހުރިތަން ފެނުމުން އައިސް އަހަރެންގެ ބޮލުގައި ފިރުމާލުމަށްފަހު ކާނަންތޯ ސުވާލު ކުރިއެވެ. އަހަރެން ނޫނެކޭބުނުމުގެ ގޮތުން ބޯހޫރާލަމުން ގޮސް މަންމަ ކައިރީގައި އިށީނީމެވެ.
“ދަރިފުޅުވެސް ދޭ ނިދަން އަވަހަށް.” ކުރެހިފައިވާ އަޑަކުން މިހެން ބުނެ މަންމަ މާޒިން ގޮވައިގެންގޮސް ލައިޝްބެގެ ކޮޓަރިއަށް ވަނުމުން އަހަރެން ގޮސް ލަމްހާ ކޮޓަރިއަށް ވަދެ ނިދަން އޮށޯތީމެވެ.
ބައްޕަ އަކީ ހާދަހާ ގޯސްމީހެކެވެ. ދަރިންނާއި ދޭތެރޭގައި މިހާ އިހާނެތިކޮށް ކަންތައް ކުރަންކެރޭ ބައްޕައިންވެސް ދުނިޔެމަތީގައި އުޅޭތާއެވެ. އަހަރެންނަށް ނިދުނީ މިކަހަލަ ތަފާތު އެކި ހިޔާލުގައި އޮއްވައެވެ.

އަނެއް ދުވަހު ހެނދުނު ތެދުވެ ފެންވަރައިގެން އަހަރެން ސިޓިން ރޫމަށް ނިކުތް އިރު މީޒާއާއި ލަމްހާ ސިޓިންރޫމުގައި ހުރި ކޮމަޕިއުޓަރު ކައިރީގައި ގޭމު ކުޅެން ތިއްބެވެ. “ދަރިފުޅާ.. ހަސަންބެ އެހެރީ ދަރިފުޅުމެންގެ ފޮށި ގެނެސްފަ.. ހުރިހާ ހެދުންތަކާ އެއްޗެހި އެހެރީ އެކޮޓަރީގައި. ދެން ދަރިފުޅުމެންވެސް ނިދާނީ އެކޮޓަރީގަ މަންމަ ކައިރީގައި.” މަންމަ މައިލޯ ތައްޓެއް ހިފައިގެން އައިސް އަހަރެންގެ އަތަށް ދިނެވެ. އަދިވެސް އެ ނިކަމެތި މަންމަގެ މޫނުމަތީގައި ވަނީ އިންތިހާ ދަރަޖައިގެ މާޔޫސްކަމެވެ. ވަޅުވަދެފައިފާ ދެދޮލުން ހިތާމައިގެ އަސަރު ވަރަށް ސާފުކޮށް ފެންނަން ހުއްޓެވެ. އަދިވެސް އެދެލޮލުން ކަރުނައިގެ ތެތްކަން އަހަރެންނަށް ފެނެއެވެ.
ބަނޑުހައި ވެފައި ހުރިވަރުން އަހަރެން މައިލޯ ތަށި ހުސްކޮސްލީމެވެ. މަންމަ ހުސްތަށި ހިފައިގެން ކާގެއަށް ދިއުމުން އަހަރެން ގޮސް ސޯފަގައި އިށީނީމެވެ. “އާދޭ ގޭމު ކުޅެން..” ލަމްހާ ކިތަންމެ ލޯބިން ގޮވިޔަސް އަހަރެން ކުޅެން ދާހިތެއް ނުވިއެވެ. އަދިވެސް އަހަރެންނަށް ވިސްނެނީއެވެ.. ކުރިއަށް އޮތްތާނުގައި ވާނޭ ގޮތަކާއިމެދު ވިސްނާލާފައި ބިރު ގަންނަނީއެވެ. ނަމަވެސް ސަލީމާއްތަ އަހަރުމެންނަށް ހެޔޮކަމުން ހިތްހަމަޖައްސައިލީމެެވެ.

އެކިހިޔާލުގައި ހުރެ ދުވަސް ނިމިގެން ދިޔަގޮތްވެސް ނޭނގުނެވެ. އިރު އޮއްސުމާއި އެކު މަންމަ އަހަރުމެން ގޮވައިގެން ކޮޓަރިއަށް ވަނެވެ. މަންމަ އަހަރުމެން އެކަކާވެސް މާގިނަ ވާހަކައެއް ނުދައްކައެވެ. މަންމަގެ ހިތުގައި އަޅާނެ ވޭން އަހަރެންނަށް އިހުސާސްވެސް ނުކުރެވޭނެކަން އަހަރެންނަށް އެނގެއެވެ.
މަންމަ މާޒިން ނިންދަވަން ވީރަށް މީޒާވެސް އަމިއްލައަށް އެނދަށް އަރައި އޮވެ ނިދިއެވެ. އަހަރެން ކައިރީގައި ކޮއްކޮމެން ކައިރީގައި އޮންނަން ބުނެފައި ތެދުވެ ކޮޓަރީގެ ފާރުގައި ލައްކޮއްލާފައި ހުރި ކުޑަގޮދަޑި ނަގައި ތަޅުންގަނޑު މަތީގައި ބޭއްވުމަށްފަހު ނިދާބޮކި ދިއްލައި މަންމަވެސް ނިދަން އޮށޯތެވެ. އަހަރެންވެސް ދެލޯމަރަލުމަށްފަހު ނިދޭތޯ މަސައްކަތް ކުރީމެވެ. މާގިނަ އިރެއްނުވެ އަހަރެންނަށްވެސް ނިދުނެވެ.

އެރޭ ދަންވަރު އަހަރެންނަށް ހޭލެވުނީ މަންމަ ރޯއަޑަށެވެ. “ޒަރީރު.. ހެޔޮނުވާނެ… އަހަރެންނަށް …. ތިހެން ނުހަދާ… އަހަރެންގެ އާއިލާ އާއިވެސް ދެކޮޅަށް … އަހަރެން ޒަރީރުއާ އިނީ…….” މަންމަ ވާހަކަ ދެއްކީ އާ ގަންނަމުން ލަސްލަހުންނެވެ. އަހަރެން އެނދުން ފައިބައިގެން ގޮސް ގުދުވެފައި މަންމަގެ މޫނަށް ބަލައިލީމެވެ. އޭރު މަންމައޮތީ ދެލޯ މަރައިގެން ކަމުން މަންމަ ވާހަކަ ދައްކަމުން ދިޔައީ ނިދީގައިކަން އަހަރެންނަށް އެނގުނެވެ. އެ ނިކަމެތި މަންމައަށް ހަމަ ނިދިވެސް ނުނިދެއެވެ. ހޭލާ ހުއްޓަސް ނިދާފައި އޮތަސް އެފަކީރުގެ ހާލަކީ އެއެވެ. އަހަރެންގެ ދެލޯ ފެންކަޅިވިއެވެ. މަންމަކައިރީގައި އޮށޯވެ މަންމަގެ ގައިގައި ބާރަށް ބައްދާލީމެވެ. އެރޭ އަހަރެން ނިދީ މަންމަ ކައިރީގައެވެ.

ދެހަފްތާ ތެރޭގައި ސަލީމާއްތަގެ އެހީއާއި އެކު މަންމައަށް އެކަނިވެރި މައިންނަށް ލިބޭ ފައިސާ ލިބޭނެގޮތް ހަމަޖެހުނެވެ. ބައްޕަގެ އަތުން އަހަރުމެންނަށް ކޮންމެ މަހަކު ލިބެންޖެހޭ ފައިސާ މަންމަ ބޭނުންވީ ކޯޓު މެދުވެރި ނުކޮށް އަތުންއަތަށެވެ. މަންމަ އެގޮތަށް ނިންމީ ބައްޕައަށް އެފައިސާ ނުދެވެނޭތީކަން އަހަރެންނަސް އެނގެއެވެ. އެފައިސާ ހަމައަށް ނުދީގެން ކޯޓުން ބައްޕައާއި ދޭތެރޭގައި ފިޔަވަޅެއް އަޅަން މަންމަ ބޭނުންނުވަނީއެވެ. ބައްޕައަހަރުމެންނާއި ދޭތެރޭގައި ކިތަންމެ އިހާނެތިކޮށް ހިތިޔަސް މަންމަ އަދިވެސް ބައްޕައަށް ދެރައެއް ނޭދޭކަން އަހަރެންނަށް އެނގެއެވެ.

ދުވަސްތައް ފާއިތުވަމުންގޮސް ސަލީމާއްތަމެންގެ ގޭގައި އުޅޭތާ މަސްދުވަސްވީއެވެ. މަންމަގެ ރައްޓެހި ސާމިޔާއްތަގެ ފަރާތުންވެސް މަންމައަށް ލިބޭ ކުދި ކުދި އެހީއާއިއެކު އަހަރުމެންގެ ދިރިއުޅުން ބައްޕަ ކައިރީގައި އުޅުނު އިރަށްވުރެ ރަނގަޅެވެ. މީޒާވެސް ބައްޕަ ހޯދާކަށް ނޫޅެއެވެ. ވާނީވެސް އެހެންތާއެވެ. ބައްޕަ ކައިރީގައި އުޅުނު އިރުވެސް އަހަރުމެންނަކަށް ދުވަހަކުވެސް ބައްޕަގެ ލޯތްބެއްނުލިބެއެވެ.

“ނާޒިމާ.. ފެށޭމަހު ލައިޝް މިކޮޅަށް އެބައާދޭ.. އެހެންވީމާ ތިކޮޓަރި ހުސްކުރަން އެބަޖެހޭ… އޭނާ އަންނަން ވާއިރަށް ތި ހަތަރު މައިންނަށް ކޮޓަރިއެއް ރާނާނެ ވާހަކަ ހަސަނު ބުނި.” ސަލީއްމާއްތަ ކާމޭޒުކައިރީގައި ހުރެ މަންމައާއި ވާހަކަދައްކަމުން ދިޔައެވެ. މަންމަ އާނއެކޭ ބުނެފައި ގޮސް އުނދުންމަތީގައި ހުރި ރިހަތެލި ހާކަން ފެށިއެވެ.

ސަލީމާއްތަގެ ގެއަކީ ބޮޑުގެއެކެވެ. ގޯތީގެ އެއްފަރާތުގައި ސިޓިންރޫމާއި ތިންކޮޓަރި ހުންނައިރު ކޮޓަރިތަކަށް ދެވެން ހުންނަނީ ސިޓިންރޫމުން ވަދެގެންގޮހެވެ. ގޯތީގެ އެއްކަނެއްގައި ވަކިން ހަދާފައި ހުންނަ ބޮޑު ކާގޭގެ އެއްފަރާތުގައި ކެއްކޭގޮތަށް ހުރެފައި ބޮޑު ޒިންކެއް ބަހައްޓާފައި ހުރެއެވެ.
ކާގެ ވަކިން ހުންނައިރުވެސް ގޯތިތެރޭގައި ބޮޑުޖާގައެއް އޮވެއެވެ. އަހަރުމެންނަށް ވަކިން ކޮޓަރިއެއް ރާނާ ވާހަކަ ބުނުމުން އަހަރެން ވަރަށް އުފާވިއެވެ. ލަމްހާގެ ކޮޓަރީގައި ހުންނަކަހަލަ ބޮޑު އެނދަކާއި ބޮޑު އަލަމާރިއެއްވެސް އެކޮޓަރީގައި ބަހައްޓާނެކަމަށް އުންމީދުކުރެވުނެވެ.

ވަރަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އަހަރުމެންގެ ކޮޓަރި ރާނައި ނިމުނެވެ. އަހަރެން ހީކުރި ގޮތާއި ހިލާފަށް އެކޮޓަރި ރޭނީ ސިޓިންރޫމުގެ ބަދަލުގައި ކާގެއާއި އިންވެގެންނެވެ. އަހަރެން އުންމީދު ކުރިކަހަލަ އެނދެއްވެސް އަލަމާރިއެއްވެސް ކޮޓަރިއަކަށް ނުވައްދައެވެ. ސަލީމާއްތަގެ ކޮޓަރީގައި ހުރި ދޮރުފަތް ނެއްޓި ބާވެފައިހުރި އަލަމާރި އެކޮޓަރިއަށް ވެއްދުމަށް ފަހު ސާމިޔާއްތަގެ ކޮޓަރިއަށް އާ އަލަމާރިއެއް ގެނައީއެވެ. ބޮޑު އެނދެއް ވެއްދުމުގެ ބަދަލުގައި ކޮޓަރިއަށް އޮތީ ކުޑަ ދެގޮދަޑި ވައްދާފައެވެ. އެކަމަކާ އަހަރެން އެއްވެސް ޝަކުވާއެއް ނުކުރަމެވެ. ފެށުނީއްސުރެވެސް އަހަރެންނަށް ބޭނުންހާ އެއްޗިއްސެއް ނުލިބެއެވެ. އަދި އަހަރެންނަކީ ބޭނުންހާއެއްޗެއް ހޯދަން ރޮއިހަދާ ކުއްޖެއްވެސް ނޫންކަމުން އެވަރުގެ ނަސީބެއް ލިބުނީތީވެސް ޝުކުރުކުރީމެވެ.

ލައިޝްބެ އައުމުން އަހަރުމެން އެކޮޓަރިއަށް ބަދަލުވީމެވެ. ދުވަސްތައް މަޑުމަޑުން ފާއިތުވަމުން ދިޔައެވެ. ލައިޝްބެ ރަށުއޮފީހުން ވަޒީފާ ހޯދައި ރަށަށް އެއްކޮށް ބަދަލުވިއެވެ.

ލައިޝްބެއާއި ލަމްހާ ވަރަށް ތަފާތެވެ. ލަމްހާ، މީޒާއާއި މާޒިން ދެކެވެސް ވަރަށް ލޯބިވެއެވެ. އަދި އަހަރެންނާވެސް ވަރަށް ރައްޓެއްސެވެ. އެކަމަކު ލައިޝްބެ އަހަރުމެން އެކަކާވެސް ވާހަކައެއް ނުދައްކައެވެ. މަންމައާވެސް ދުވަހަކުވެސް ބަހެއް ބުނި އަޑެއް ނާހަމެވެ. މަންމަ ލައިޝްބެއަށް ކާންހަދައިދީ ކައި ނިމުނީމާ ތަށިތައް ނަގާއިރުވެސް ދުވަހަކުވެސް މަންމައާއި ދިމާލަށް ބަލައިވެސް ނުލައެވެ. ލައިޝްބެ އަހަރުމެން ދެކެ އެހާ ފޫހިވަނީ ކީއްވެ ކަމެއް އަހަރެންނަކަށް ނޭނގެއެވެ.

އާދައިގެ މަތިން މީޒާއާއި ލަމްހާ އަދި މާޒިން ސިޓިން ރޫމުގައި ކުޅެން ތިއްބެވެ. އޭރު އަހަރެން އިނީ ގޯތިތެރޭގައި ހުރި ޖޯލިފަތީގައި ފޮތެއް ހިފައިގެންނެވެ.

“މީޒާ ކީއްކުރަން ލެޕްޓޮޕްގަ އަތްލީ. އަބަދުވެސް ބުނަންދޯ މަ ގެންގުޅޭ އެއްޗެހިގަ އަތްނުލާށޭ ” ވަރަށް ރުޅިއައިސްފައި ލައިޝްބެ މީޒާ ދިމާލަށް ހަޅޭއްލަވައިގަތް އަޑަށް އަހަރެން ގޮސް ސިޓިންރޫމު ދޮރުމަތީގައި ހުއްޓުނުއިރު މީޒާއަށް ރޮވެނީއެވެ. އޭރު ލައިޝްބެ ލެޕްޓޮޕް ހިފައިގެން ވަރަށް ރުޅިއައިސްހުއްޓެވެ.

“މަންމާ… މިކުދިން ގޭތެރެއަށް ނުވައްދަބަލަ… މިހާރު އެއްދުވަހު މާޒިން އަތުން އަހަރެންގެ ފޯނު ވެއްޓިއްޖެ. މިއަދު މީޒާ އަހަރެންގެ ލެޕްޓޮޕް ނަގައިގެން ހުއްޓާ އަހަންނަށް ފެނުނީ.. ނަސީބެއްނު އެވެސް ވައްޓާނުލަނީސް ފެނުންކަން.” ލައިޝްބެ ވާހަކަދެއްކީ ކޮޓަރިތެރެއިން ނުކުތް ސަލީމާއްތައާއެވެ. އޭރު މަންމަމަވެސް ފިހާރައަކަށް ގޮސްފައި އައިސް ގޭތެރޭގައި އަޑުގަދަވާތީ ސިޓިންރޫމު ދޮރުމަތީގައި ހުއްޓުނެވެ.

“ނާޒިމާ.. މިކުދިން ކުޅެން ކޮޓަރީގަ ބައިތިއްބާ… މިތަނަށް އައިސް ލައިޝްގެ އަގުބޮޑު އެއްޗެހީގަ އަތްލާ ހަދާތީ ލައިޝް ހިތްހަމައެއް ނުޖެހޭ.. މިހާރު އެއްދުވަހު މާޒިން އަތުން ލައިޝްގެ ފޯނުވެސް ވެއްޓިއްޖެ.” ސަލީމާއްތަ މިހެންބުނެފައި ވަރަށް ހިތްހަމަ ނުޖެހިފައި ހުރެގޮސް ކޮޓަރިއަށް ވަނެވެ. މަންމަ އެތެރެއަށް ވަދެ މީޒާއާއި މާޒިން ގޮވައިގެން ގޮސް އަހަރުމެންގެ ކޮޓަރިއަށްވަނެވެ. އަހަރެންވެސް މަންމަ ފަހަތުންގޮސް ކޮޓަރިއަށް ވަނީމެވެ.
“ދަރިފުޅުމެން ދެން ކުޅެން ތިބޭނީ މިކޮޓަރީގަ އިނގޭ… ލައިޝްބޭބެ ގެންގުޅޭ އެއްޗެހީގަ އެއްވެސް ކުއްޖަކު އަތްނުލާތި.” މަންމަ މިޒާގެ ބޮލުގައި ފިރުމާލިއެވެ.

“މިތާކު ނެތެއްނު ކުޅޭ އެއްޗެއް.. އަޅުގަނޑު ބޭނުމީ ލަމްހާ ދައްތައާ އެކީގަ ކުޅެން..” މީޒާ ތުން ދަމައިގެން އިނދެ ބޮޑާ ހާކަމުން ދިޔައެވެ. “މާދަމާ މަންމަ ގެނެސްދޭނަން ކުޅޭ އެއްޗެއް. ތީ މަންމަގެ ބަސްއަހާ ކުއްޖެއްނުދޯ.” މަންމަ މީޒާގެ ނިތްކުރީގައި ބޮސްދެމުން ބުނެލިއެވެ. އަހަރެން މާޒިން އުރާލައިގެން މީޒާ ކައިރީގައި އިށީނދެ މީޒާ ހެއްވާލީމެވެ. މަންމަ އަހަރުމެން ތިންބެއިން މަންމަގެ ގަޔާ ކައިރިކޮށްލިއެވެ.

ނުނިމޭ…

Share Article

Follow Me Written By

Orchid

Level 1

Other Articles

Previous

ތިޔަ ދިން އުފާ 5

Next

ޢިބާދާ (ދެވަނަ ބައި)

Next
August 26, 2017

ޢިބާދާ (ދެވަނަ ބައި)

Previews
August 25, 2017

ތިޔަ ދިން އުފާ 5

24 Comments!

  1. Orchid says:
    August 26, 2017 at 6:34 am

    Hellow all readers ? mi episode ves hurihaa kudhin nah reethi vaane kamah unmeedhu kuran. Insha allaah Next epidose miahvure dhigukoh upload kuraanan mondayga. Thank you for the support from every one. Luv u guys ❤

  2. ♥♥♥♥♥♥♥♥♥ says:
    August 26, 2017 at 6:46 am

    Nice. Waiting 4 next part

  3. Xxxx says:
    August 26, 2017 at 8:02 am

    V.nice dear..keep it up??

  4. pinkish says:
    August 26, 2017 at 8:12 am

    Aslu hama roavihjje???????? v furihama ibaarai kurun hama super ???

  5. sad says:
    August 26, 2017 at 8:31 am

    V dheravehjje

  6. Mai says:
    August 26, 2017 at 9:05 am

    Masha Allah . Vv reethi

  7. Ainth says:
    August 26, 2017 at 9:27 am

    Masha Allah. V v ves rythi mi baives. Nice story eh hen hyvany. Next episode ah v inthixaaru kurevey. Avahah up kohdhehchey

  8. Sidhu says:
    August 26, 2017 at 9:45 am

    V salhi

  9. Any says:
    August 26, 2017 at 10:12 am

    V furihama ? ?

  10. maiee says:
    August 26, 2017 at 11:29 am

    soo touching story <3

  11. Reet says:
    August 26, 2017 at 3:51 pm

    Kiyaa hith Vaa kahala vaahaka eh v Salhi

  12. Orchid says:
    August 26, 2017 at 6:37 pm

    Thank you guys for the beautiful comments ❤ i appreciate all of your support . Luv u guys ?

  13. Queen says:
    August 26, 2017 at 7:53 pm

    Waiting desperatly for the next episode. So great. ?❤

  14. Adha? says:
    August 26, 2017 at 8:50 pm

    Varah reethi mi part ves ❤❤❤❤

  15. Liaa says:
    August 26, 2017 at 9:11 pm

    V reethi mi part ves! Keep it up dear ☺?

  16. imagination says:
    August 27, 2017 at 12:53 pm

    Wwwooowwww.
    ❤️?????

  17. Hiyala says:
    August 29, 2017 at 1:01 am

    2nd part nukiyanis comment me kohly….1st part kiyaalafa alhuganduge dhiri ulhumuge khadhisaa akah v vahtar!!!! So exiting 😀

  18. koo says:
    August 29, 2017 at 1:04 am

    Nice??

  19. Hiyala says:
    August 29, 2017 at 1:22 am

    Salhii….bt me part ehaa vahtareh nooon inge !!!

  20. varah vaahaka says:
    September 2, 2017 at 12:55 pm

    vaahaka kuriah nugendhevenyaa fashaane kameh nei..??

  21. Sheen says:
    September 23, 2017 at 5:59 pm

    Adhives mi vaahak update nuvey.

  22. xaa says:
    September 26, 2017 at 9:17 am

    konirakun tha next part upkohdeyny. haadha lahey

  23. Sidhu says:
    November 16, 2017 at 9:22 am

    Kon irakun vaahaka up kohdheni….haadha gina dhuvasthakekey…dhn mihaa hisaabun nimunytha….dhn

  24. Hairaan says:
    November 20, 2017 at 12:26 pm

    Kba 3vana baa

Comments are closed.


All Right Reserved!