Skip to content
އެސްފިޔަ

ހިތުގެ ރިހުން!

އުޑުމަތި ބަނަކަމުން ހީވަނީ އުޑުގައި ކަޅު ސާލެއް އޮޅާލާފައިވާހެންނެވެ. ބޮޑެތި ވިލާގަނޑުތަކުން އުޑުމަތި ބައްދާލާ، އިރުގެ އަލިކަމުން ދުނިޔެ މަޙްރޫމްކޮށްލުމުގައި ކާމިޔާބު ހޯދާފައިވާއިރު، ގަސްތައް ވެސް ވިލާތަކާއި ބައިވެރިވެގެން ދުނިޔެއަށް އިތުރު ހަލަބޮލިކަމެއް ގެނެސްދީފައިވެއެވެ. ގޮފިތައް ވައިގެތެރޭގައި ހޫރެމުންދިޔައީ ބޫން އަޑުލައްވަމުންނެވެ.

މިއުޒިކެއް ފަދައިން އެ ރާގު ފަޒާގައި ފެތުރެމުން ދިޔައިރު މަގުމަތީގައި ހިނގާ މީހުންނާއި އުޅަދުފަހަރުތައް ކޮޅުކޮޅު މައްޗަށް އަވަސްވެގަތީ ވާރޭގައި ނުޖެހި މަންޒިލަށް އަވަހަށް ވާސިލުވުމަށެވެ. އެ ގޭގެ ސިޓިންރޫމް ގައި ނީލާ ހުރިއިރު އޭނަ ގެ ނަޒަރު ވަނީ މަގުމަށްޗައް ހުއްޓިފައެވެ.

” ޑޭމިޓް…ޑޭމިޓް… މިވަރުން ދަންޏާ އަހަރެން މޮޔަވާނެ… އަބަދު އެއް ވާހަކައަކުން ބޯ ހަލާކު ކުރުވަން އެބައުޅޭ…”  ނީލާ ރުޅިގަދަވެގެން ގޮސް އަމިއްލަ ނަފުސް މައިތިރި ނުކުރެވިފައި ހުރިއިރު އެ މޫނުމަތިން ކިތަންމެހާ ވެސް ރީތިކޮށް އެކަން އަންގައިދެއެވެ. ކަޅުކުލަގަދަ ބުމަ ގޮށްޖެހިފައިވާއިރު ލޯވަނީ ހަނިކޮށްލެވިފަ އެވެ. އަތުގައި އިން ކޮފީ މަގުގައި ހިފާލެވުނުލެއް ބާރުކަމުން އެވެސް އަތުތެރޭގައި ކުދިކުދި ކޮށްލެވިދާނެހެންހީވެއެވެ. ދޮންބައްޕަ ކޮޓަރިއަށް ވަދެގެން ދަމުން ބުނެލި ވިހަ ޖުމްލައިން އޭނައަށް މިއަދު ނަފުސް މަތަކުރެވުނީ ކާކުގެ ނަސީބަކުންކަމެއް ނޭގެއެވެ. . އޭނަ ފެންނަ ކޮންމެ ފަހަރަކު އެކަން ހަނދާންކޮށްދޭން ޖެހޭހެއްޔެވެ؟ މަންމަ ގާތުގައި ކިތަންމެ ފަހަރަކު އެކަމުގެ ހަޤީޤީތް ހޯދަން ސުވާލުކުރަން އޭނަ ބޭނުންވެއެވެ. އޭނަގެ ހިތަށް ހަމަޖެހުމެއް ލިބޭނީ އޭރުންނެވެ. ނަމަވެސް އޭނަގެ ޖެހިލުން ކުޑަކަމާއިއެކުވެސް އަދި އެފަދަ ބޮޑު ސުވާލެއް މަންމައާއި ކުރުމަށް ހިތްވަރެއް ނުލިބެއެވެ.

ނީލާ އަކީ ޒަހުރާ އަށް ލިބިފައި ހުރި ހަމައެކަނި ދަރިފުޅެވެ. ނީލާ އަށް ނީލާ ގެ ބައްޕައަކީ ކާކު ކަމެއް އަދި ކޮންތާކު އުޅޭ މީހެއް ކަމެއްވެސް ނޭގެ އެވެ. ނީލާއަށް 15 އަހަރު ފުރިގެން ދިޔައިރުވެސް އޭނަ ބައްޕަގެ އެއްވެސް ހަބަރެއްނުވެއެވެ. މަންމަ ކައިރީގައި ބައްޕަ ކޮބައިތޯ އަހާލާއިރަށް މަންމަ ދެނީ އެއް ޖަވާބެކެވެ. ” ދަރިފުޅުގެ ބައްޕަ އަކީ ވަރަށް ރަނގަޅު މީހެކެވެ. ކޮއްމެސް ދުވަހަކުން ދަރިފުޅުގެ ބައްޕަ ދަރިފުޅު ބަލާ އަންނާނެއެވެ.” މަންމަ ބުނިގޮތަށް ބައްޕަ އަންނާނެ ދުވަހަކަށް ނީލާ އިންތިޒާރު ކުރާނެއެވެ. ނީލާ ވިސްނާލިއެވެ، އޭނަގެ ބައްޕަ އޭނަ ކައިރީގައި ހުރިނަމަ ނީލާ މިހާވަރަށް ރޮއި ހިތާމަ ކުރަންޖެހޭނެ ހެއްޔެވެ؟ ނޫނެކެވެ. ހަމަގައިމުވެސް އަންހެން ދަރިއަކަށް ދޭންޖެހޭ ހިމާޔަތް ނީލާގެ ބައްޕަ ނީލާއަށް ދޭނެއެވެ.

އިންތިޒާރު ކޮށްލައްވާ!

 

ކިޔުންތެރިންގެ ސަމާލުކަމަށްޓަކައި ދައްނަވަން. ” ނީއްކޮ” މި ނަމުގައި ކުރިން ވާހަކައެް ލިޔަންފަށާފައިވަނީ އަޅުގަނޑުގެ ދައްތައެކެވެ. އިރާދަކުރެއްވިއްޔާ އަޅުގަނޑު މި ލިޔާ ވާހަކަ ” ހިތުގެ ރިހުން ” ކިޔުންތެރިންނާ ހިސާބަށް ވާހަކަ ނިމެންދެން ގެނެސްދޭނަމެވެ.

އަޅުގަނޑު ދައްތަގެ ފަރާތުން ކިޔުންތެރިންގެ ކިބައިން އަޅުގަނޑު މާފަށް އެދެމެވެ.??

Comments (18)

  1. Shara

    Wowww gud job kokki ❤❤❤???
    Story ge feshun vvvv.reethi.
    Hope dhn huri parts thah ves reethi vaane kamah n vaahaka avahah upload kurahchey ingey?.??❤
    With lots of luv urs sissy❤❤?

    1. Neekko
      Shara

      Thnk yu sissy.. insha allah snd prt tomorw❤??

  2. Al

    Nice Bt I think v mistake gina.. All the best☺

    1. Neekko
      Al

      thank yu dear?❤

  3. Saa

    Waiting..
    Huhtaanulaa nimendhn up kuramun gendhaathi

    1. Neekko
      Saa

      yaa.? insha allah??

  4. ♥♥♥♥♥♥♥♥♥

    Nice

    1. Neekko
      ♥♥♥♥♥♥♥♥♥

      thank yu dear??

  5. Athika

    Nice

    1. Neekko
      Athika

      thank u dear❤

  6. Xxxx

    Waiting ???

    1. Neekko
      Xxxx

      thank yu dear❤?

  7. Neesha... neekko

    Nice?

    1. Neekko
      Neesha... neekko

      thnk yu neekko?❤?

  8. Neesha... neekko

    Omg ….. hope to see another nice story…

    1. Neekko
      Neesha... neekko

      ?❤

  9. Adha?

    Waitingsss❤

    1. Neekko
      Adha?

      thnk yu Adha❤??

Comments are closed.