Skip to content
އެސްފިޔަ

ޔާރު މިވަނީ ލޯތްބޭ ޙަޤީގީ (އަށާރަވަނަ ބައި)

ޔަލްވީ ކޮށްޕާލަންވެގެން އަތް މަޅާލި އީޝާގެ އިތުރުން، އެތާތިބި އެހެން ކުދިންނަށްވެސް ހައިރާންކަން ލިބިގެންދިޔައީ ބާރުގަދަ އަތަކުން އީޝާގެ އަތުގައި ހިފަހައްޓާލުމުންނެވެ. އޭރު ދެލޯ މަރާލައިގެން ހުރި ޔަލްވީވެސް އީޝާގެ ޚަބަރެއް ނުވުމުން ދެލޯ ހުޅުވާ ބަލާލިއެވެ. ކަރުނައިގެ ތެރެއިން ފެނުނު މަންޒަރުން އޭނާއަށްވެސް ބަލަހައްޓައިގެން ހުރެވުނީ ހައިރާންވެފައެވެ.
_______________________________________________

އީޝާގެ އަތުގައި ހިފަހައްޓާލައިގެން ހުރި އިޔާޒުގެ ނަޒަރު ސީދާވެފައިވަނީ އީޝާއަށެވެ. ހީވަނީ ރުޅިއައިސްގެން ގޮސް އެ ދެލޮލުން އީޝާ އަންދާ އަޅިއަށް ހަދާލަން އުޅޭހެންނެވެ. އިޔާޒްގެ އަތުން އަތް ސަލާމަތްކުރުމަށް އީޝާ ގަދަހަދާލިއެވެ. ނަމަވެސް، އިޔާޒް ހިފަހައްޓާލައިގެން ހުރީ އެހާ ފަސޭހައިން ސަލާމަތްވެވޭ ގޮތަކަށް ނޫނެވެ. އެހެން ހުރެފައި އިޔާޒް، ކުއްލިއަކަށް އީޝާގެ އަތް ދޫކޮށްލުމުން އޭނާގޮސް ޖެހުނީ ގާތުގައި ހުރި ޖިނާގެ ގައިގައެވެ. ނުވިސްނާ ހުއްޓާ އިޔާޒް އެފަދަ ކަމެއް ކުރުމުން ރުޅިއައި ނަމަވެސް އޭނާގެ ތުންފަތުގައި ދުވެލީ މަލާމާތުގެ ހިނިތުންވުމެކެވެ.
“މިހާރު މިހިރަ ކޫޑިގަނޑު އިޔާޒަށްވެސް ސިހުރު ޖެއްސީތަ….؟؟؟ އަހަރެން ހަމަ ހައިރާންވެއްޖެ….. ފެންނަހާ ފިރިހެނަކު ކަލޭގެ މަކަރުވެރި މަޅީގައި ޖައްސަމުން ދޯ ތިދުވަނީ……” އީޝާގެ ދުލުން ނުކުތް ވިހަ ބަސްތަކުން އަސަރު ކުރިވަރުން ކަންފަތުގައި އަތް އަޅާލަމުން ޔަލްވީއަށް ދެލޯމަރާ ފިއްތާލެވުނެވެ. އިސާހިތަކު މެރިފައިވާ ދެލޮލުން ކަރުނަތައް އޮހިގަތެވެ.
“އީޝާ……” ޔަލްވީއަށް ވީގޮތް ފެނި އިޔާޒްގެ ރުޅިގަނޑު އިތުރަށް ކެކިގަތެވެ. އީޝާއާއި ދިމާއަށް އަތް މަޅާލިއިރު ރުޅިއައިސްގެންގޮސް މީހާ ތުރުތުރު އަޅަމުން ދިޔައެވެ. އިޔާޒްގެ ދެ ލޮލުން ދެމުން ދިޔަ މެސެޖުތަކުން އީޝާގެ ހިތަށްވެސް ލޮޅުން އެރިއެވެ. އޭނާ ހުރިގޮތް ފެނި ބިރުގަތްވަރުން އީޝާގެ ހިތްވެސް ރޫރޫ އަޅަމުން ދިޔައެވެ. ޝިއުރީއަށްވެސް މަޑުން ހުރެވުނީ މިޝްޔާ އޭނާގެ އަތުގައި ބާރަށް ހިފަހައްޓާލައިގެން ހުރުމުންނެވެ. އެހެން ނޫންނަމަ އޭނާ އީޝާގެ ގަޔަށް ބޮލަށް އަރާކަށްވެސް ފަހަކަށް ނުޖެހޭނެއެވެ. އޭނާ ހުރީ އެހާވެސް ރުޅިގަދަވެފައެވެ.
“ޚަބަރުދާރު…. އިތުރަށް އެންމެ ބަހެއްވެސް ޔާލްއާއި ދިމާއަށް ބުނެފިއްޔާ އަހަރެންގެ މި އަތް ހިމޭނަކުން ނޯންނާނެ….” ޔާލް އެއީ ކަލެއެއް ނޫނޭ ފެންނަހާ ފިރިހެނެއް ފަހަތުން ދުވާކަށް….. ކަލެއާއި އޭނައާއި އަޅާވެސް ކިޔާ ނުލެވޭނެ…. އެހާވެސް ދެމީހުންގެ ފަރަގުބޮޑު…… އަދި ބުނަން…. ސިސީއާއި އޭނާގެ ތިން އެކުވެރިންނާ ދިމާކުރި މީހަކަށް އަހަރެންގެ ނުބައިކަން އަންގާލާނަން….. އަހަރެން ހުއްޓާ އެ ކުދިންނާ ވައި އެޅެންވެސް ހިތު ނުލާތި…..” އެތާ ތިބި ކުދިންތަކަށް ވަކިވަކިން ބަލާލަމުން އިޔާޒް އިންޒާރު ދިނެވެ. ދެލޯ ބޮޑުކޮށްލައިގެން ހުއްޓުން އަރާފައިހުރި އަޔާނީއަށް އަމިއްލަ އަތުގައި ދެތިންފަހަރު ވިކައިގަނެވުނީ ކުރިމަތިން ފެންނަމުން ދިޔަ މަންޒަރު ޤަބޫލުކުރަން ދަތިވުމުންނެވެ.
“އީޝާގެ ކަންތައް މާ މައްޗަށް މިދަނީ…. އަހަރެންގެ އަތުން ފައިން ގޯހެއް ނެހެދެނީސް އޭނާ ހުއްޓުވާ…..” ދޮރުމަތީ، މަޑުކޮށްލައިގެން ހުރި ޝައުނަށް ބަލާލަމުން މިހެން ބުނެފައި އިޔާޒްގޮސް ގޮނޑީގައި އިށީނެވެ. ޖީބަށް އަތްޖަހާލައިގެން ހުރެ އެތެރެއަށް ވަދެގެން އައި ޝައުން އީޝާއާއި އެއްހަމައިގައި މަޑުކޮށްލަމުން ޔަލްވީއަށް ބަލާލިއެވެ. ދެލޮލުން ކަރުނަތައް ފޮހެމުންދިޔަ ޔަލްވީ ފެނުމުން އޭނާގެ ހިތުގައި ޙަމްދަރުދީ އުފެދުނެވެ. ފުރަތަމަ ފަހަރަށް ޔަލްވީއާއި ދޭތެރޭ ތަފާތު ގޮތަކަށް ވިސްނާލެވުނެވެ. އެ މައުސޫމު ކުއްޖާއަށް އެ ދެއަތުގެ ޙިމާޔަތް ދޭން ބޭނުންވިއެވެ. އޭނާއަށް ބަލާލުމެއްވެސް ނެތި ޔަލްވީގޮސް ގޮނޑީގައި އިށީނުމުން ހިތަށް އުނދަގޫވިއެވެ. އޭނާ ދެން ބަލާލީ އީޝާއަށެވެ. އެއާއިއެކު، އޭނާގެ މޫނުމައްޗަށް ހިތްހަމަ ނުޖެހުމުގެ ކުލަވަރު ފާޅުވާން މަދު ސިކުންތުކޮޅެއްވެސް ނުނެގިއެވެ. އީޝާ އެއްޗެއް ބުނަން އަނގަހުޅުވާލި ވަގުތު އަތުގެ އިޝާރާތުން ހުއްޓުވިއެވެ. އަދި ނުރުހުންތެރިކަމާއިއެކު ދެފަރާތަށް ބޯ ހޫރާލަމުން އޭނާވެސް ގޮސް ގޮނޑީގައި އިށީނެވެ.
އެންމެންގޮސް ގޮނޑީގައި އިށީންއިރުވެސް އަޔާނީއަށް ހުރި ފިޔަވަޅުމަތީގައި ހުރެވުނީއެވެ. އޭނާއަށް މިހާރަކަށް އައިސް އިޔާޒުގެ ފަރާތުން ފެންނަމުން މިދަނީ މުޅީންވެސް ފެންނާނެހެން ހީނުވާ ކަންތައްތަކެވެ. އޭނާއާއި އޭނާގެ އެކުވެރިންގެ ދިފާޢުގައި އެހާ ކެރިގެން އިޔާޒް ކުރިމަތިލީތީ އޭނާ ހުރީ ހައިރާންވެ އަންތަރީސްވެފައެވެ. އަދި އެހާމެ އުފާވެސް ވިއެވެ. މި ވީހާތަނަށް ފާޅުގައި ނުބުނިކަމުގައިވިޔަސް އިޔާޒް، އޭނާއާއި އޭނާގެ އެކުވެރިންނާއި ދޭތެރޭ ވިސްނާވަރާއި، އޭނާ ދެކެ ލޯބިވާ މިންވަރު މިއަދު ހަމަ ރަނގަޅަށްވެސް ހާމަވެއްޖެއެވެ.
********************

“ޔާލް މަޑުކޮށްބަލަ…..” ސްކޫލުން ނުކުމެގެން އެކުވެރިންނާއިއެކު ގެއަށްދާން ހިނގައިގަތް ޔަލްވީއަށް ހުއްޓުން އެރީ ފަހަތުން ޝައުންގެ އަޑު އިވުމުންނެވެ. އެއާއިއެކު، އޭނާގެ އެކުވެރިންގެ ފިޔަވަޅުތައްވެސް މަޑުޖައްސާލިއެވެ. ބާރަށް ހިނގާލާފައި އައިސް ޝައުން ޔަލްވީމެންނާއި އަރާ ހަމަކުރުމުން އެ ދެ ކުދިންނަށް ފުރުސަތު ދީފައި ޝީއުރީމެން ތަންކޮޅެއް ކުރީގައި ހުރެގެން ހިނގައިގަތެވެ.
“މިއަދު އީޝާ އެ ކުރިކަންތަކަށް އަހަރެން މާފަށް އެދެން…..” ޔަލްވީ ހިނގައިގަތުމުން އޭނާއާއި އެއްހަމައެއްގައި ހިނގަމުން ޝައުން އެންމެ ފުރަތަމަވެސް މަޢާފަށް އެދުނެވެ. ޝައުން މަޢާފަށް އެދެމުން ޔަލްވީއަށް އޭނާއާއި ދިމާއަށް ބަލާލެވުނެވެ.
“ޝައުން ނުކުރާ ކަމަކަށް ކީއްވެ މާފަށް އެދެންވީ…..” ޝައުންގެ މޫނުން ނަޒަރު ވަކިކޮށްލަމުން، ޔަލްވީ ބުނެލިއެވެ.
“އަހަންނަށް އެނގޭ އީޝާ މާފަކަށް ނޭދޭނެކަން އެހެންވެ…. ކޮންމެ ގޮތެއްވިޔަސް އީޝާ މިއަދު އެކީ އޭނާ ކިޔައިގެންވާނެ އެއްޗެއް ނޫން…. އަސްލު އިޔާގެ ބަދަލުގައި އެ ހުރިހާ އިންޒާރެއް އޭނާއަށް ދޭންވީ އަހަރެން…..” ޝައުން އެހެން ބުނުމުން ޔަލްވީގެ ފިޔަވަޅުތައް ހުއްޓުނެވެ. އަދި ސުވާލުގެ ނަޒަރަކުން ޝައުނަށް ބަލާލެވުނެވެ.
“އަހަރެން އަސްލުވެސް ވަރަށް ހިތްހަމަ ނުޖެހުނު އީޝާ ކީ އެއްޗެހިން…. ހިތަށް އެރި ގޮސް އޭނާގެ އަނގަމަތީގައި ޖަހާފާނަމޭވެސް….. އެކަމަކު، އަހަންނަށްވުރެ ކުރިން އިޔާ ހިނގައިގަތީމަ، އަހަންނަށް ހުރި ފިޔަވަޅުމަތީގައި ހުރެވުނީ…..” ޝައުން އޮޅުން ފިލުވައިދިނެވެ.
“އީޝާގެ ކިބައިން އެފަދަ ކަންތައް ފެންނަން ނޭދެންޏާ، ޝައުން ވީ އަހަންނާ ވީހާވެސް ދުރުން އުޅެން…. އޭރުން އީޝާގެ އެފަދަ ޢަމަލުތައްވެސް ހުއްޓުމަކަށް އަތުވެދާނެ…. އޭރުން އަހަންނަކަށްވެސް ނުޖެހޭނެ އީޝާގެ ދުލުން ނުކުންނަ ވިހަ ބަސްތައް އަޑު އަހާކަށް….. އީޝާ އަހަރެންދެކެ އެ އަންނަ ރުޅިއަކީ އަހަރެމެން ދެ މީހުންގެ ދެމެދުގައި އޮންނަ ގާތްކަމެއްގެ ސަބަބުން އަންނަ ރުޅިއެއް…. މި ގުޅުން ހުއްޓުމަކަށް ގެނައީމަ، އެކަންވެސް ހުއްޓުމަކަށް އަންނާނެ……” ޔަލްވީ، އޭނާ ބުނަން ބޭނުންވި ބަސްތައް އިއްވާލުމަށްފަހު ހިނގައިގަތެވެ. އެވަގުތު ފުރަތަމަ ފަހަރަށް ޔަލްވީ ހުއްޓުވަން ޝައުން ބޭނުންވިއެވެ. ނަމަވެސް، އެ ހިތްވަރެއް އޭނާއަކަށް ނުލިބުނެވެ. ބާރަށް ހިނގާލާފައި ދިޔަ ޔަލްވީ، އޭނާގެ އެކުވެރިންނާއި އެއްހަމަކުރިއެވެ. ޝައުން ހުރި ފިޔަވަޅުމަތީ ޔަލްވީއަށް ބަލަން ހުއްޓެވެ. އެންމެ ފަހަރަކުވެސް، ޔަލްވީ ފަހަތް ބަލާނުލުމުން، ޝައުންގެ ހިތަށް އުނދަގޫވީ ކީއްވެ ކަމެއް ޚުދު އޭނާއަކަށްވެސް ނޭނގެއެވެ.
********************

އަޔާނީ އިޔާޒްގެ ކޮޓަރީގެ ދޮރުގައި ޓަކި ޖަހާލުމުން މާ ގިނައިރުތަކެއްނުވެ، އިޔާޒް ދޮރު ހުޅުވިއެވެ. ދޮރުމަތީގައި ހުރި އަޔާނީ ފެނުމުން އޭނާ އެތެރެއަށް ވަނުމަށް ތަން ދިނުމުގެ ގޮތުން އިޔާޒް ބޮޑަށް ދޮރުހުޅުވާލިއެވެ. އަޔާނީ އެތެރެއަށް ވަނުމުން އޭނާގެ ފަހަތުން އިޔާޒްވެސް ހިނގައިގަތެވެ. އަޔާނީގޮސް މަޑުކޮށްލީ ކޮޓަރިން ނުކުމެވޭ ގޮތަށް ހުރި ބެލްކަނީގައެވެ. އިޔާޒް އައިސް އިށީނީ ބެލްކަނީގައި ހުރި ސޯފާގައެވެ.
“ކިހިނެއްވީ ފާޑަކަށް ތިބަލަނީ….. އަހަރެން މޫނުގައި އެއްޗެއް ހުރީތަ….؟؟؟ ނޫނީ އަހަރެން ބިރުވެރި ވައްތަރެއް ޖަހަނީތަ….؟؟؟؟ ރެއިލިންގގައި އަތްއަޅުވާލައިގެން ހުރި އަޔާނީ ފާޑަކަށް ބަލާތީ އުނދަގޫވެގެން އިޔާޒަށް އަހާލެވުނެވެ.
“ތީ ހަމަ އަސްލުވެސް އިޔާތަ….؟؟؟؟ ނޫނީ އިޔާގެ ސިފައިގައި ހުރި މުއުމިނު ޖިންނިއަކީތަ….؟؟؟؟” އެ ހުރިގޮތަށް ހުރެ އަޔާނީ އަހާލިއެވެ. އިޔާޒަށް ދެބުމަ ގޮށްޖަހާލެވުނީ އަޔާނީ އެފަދަ ސުވާލެއް ކުރުމުންނެވެ.
“ކިހިނެއްވީ…..؟؟؟؟ އަހަރެން ޖިންނިއަކާ ވައްތަރީތަ…..؟؟؟؟” އިޔާޒް، އޭނާގެ އާދައިގެ ރާގުގައި އަހާލިއެވެ.
“ނޫނޭ…. ޖިންނިއަކާ ވައްތަރުވީކީ ނޫން…. އެކަމަކު، މިހާރަކަށް އައިސް އެހެންޏާ ނުފެންނަ ކަހަލަ މަންޒަރުތަކެއް އިޔާގެ ކިބައިން ފެންނާތީ ޤަބޫލުކުރަން ދަތިވެފައި މިހުންނަނީ….. މިއަދުވެސް އަހަރެން ހުރީ ސޮނި ވެއްޓޭވަރުވެފައި…. އީޝާއަށް އަޅާލިއިރު ހީވީ ހަމަ ފިލްމު ތަކުގައި ދައްކާ ކަހަލަ ހީރޯއެއްހެން…. އަހަރެން ހިތަކަށްނާރަ އިޔާ ދުވަހަކުވެސް އަހަންނާ އަހަރެންގެ އެކުވެރިންގެ ދިފާޢުގައި މީހަކާ ކުރިމަތިލާން ނުކުމެދާނެއެކޭ….” އިޔާޒްގެ ގާތުގައި ސޯފާގައި އިށީންނަމުން އަޔާނީ ބުނެލިއެވެ.
“ހަހަހާ….. އެ ވާހަކަ ދޯ ތިދައްކަނީ…… އަހަރެން އަބަދު ސިސީއަށް އުނދަގޫކޮށް ރުޅިއަރުވާ ހެދިއަސް އަސްލު ސިސީދެކެ ވަރަށް ލޯބިވޭ…. ސިސީއަށް ނޭނގުނަސް އަހަރެން ސްކޫލްގައި އުޅޭއިރުވެސް އަދި އެހެން ތަންތަނަށް ދާއިރުވެސް ސިސީއަށް ވާވަރު ބަލަން…. އަހަންނަށް އެނގޭ ސިސީގެ އެކުވެރިންދެކެ ސިސީ ލޯބިވާވަރު…. އެހެންވެ އަހަރެންގެ ގާތަށް މިއަދު އެހާ ރުޅިއައީ…. ސިސީ ތީ އަހަރެންގެ ކަޒިންއަކަށް ވިޔަސް، އަހަރެން ދެކެނީ ތީ އަހަރެންގެ އެއްބަނޑު އެއްބަފާ ދައްތައެއްގެ ގޮތުގައި…. އަހަރެން ހުއްޓާ އެއްވެސް މީހަކަށް ސިސީއަށް ދެރަގޮތެއް ނުހެދޭނެ…. އިން ޝާ ﷲ” ރެއިލިންގެ ކައިރިއަށް ގޮސް އޭގައި ލެނގިލަމުން އިޔާޒް ބުނެލިއެވެ. އިޔާޒްގެ ވާހަކަތައް ނިންމާލިއިރު އަޔާނީގެ ދެ ލޯ ފެންކަޅީވީ އިޔާޒް އޭނާދެކެ ލޯބިވާވަރު ހާމަވުމުން ވީ އުފަލެއްގެ ބޮޑުކަމުންނެވެ.
“އަޅޭ….. ……” އަޔާނީއަށް ބުނާނެ އެއްޗެއް ނޭނގުމުން އިޔާޒްގެ ގާތަށް ގޮސް އޭނާގެ ގައިގައި ބައްދާލިއެވެ. އޭނާއަށް މިވަގުތު ލިބިފައިވާ އުފާވެރިކަން ބަޔާންކޮށްދޭންވެސް ދައްޗެވެ.
“ވަރަށް ލޯބިވޭ……” އިޔާޒްގެ ގައިން ދޫކޮށްނުލާ ހުރެ އަޔާނީ ބުނެލިއެވެ.
“އުހޫމް…… ބޮޑު ބެރެއް ކަހަލަ މީހަކު އޮޅުލާހާ ވަރެއް މަ ކަހަލަ ހިންޏެއް ގަޔަކު ނުހުންނާނޭ…… ދޫކޮށްބަލަ…. ” އަޔާނީ ގަޔާ ދުރުކޮށްލަމުން އިޔާޒް ބުނެލިއެވެ. ރުޅިއައުމުގެ ބަދަލުގައި އަޔާނީގެ ގާތަށް މިފަހަރު އައީ ހިންޏެވެ. އިޔާޒްވެސް އަޔާނީގެ ހުނުމުގައި ބައިވެރިވިއެވެ.
“އަހަރެން ސިސީދެކެ ކިތަންމެ ލޯބިވިއަސް، ބްލެކްމެއިލް ކުރުން ހުއްޓާލާނޭ ހީނުކުރައްޗޭ…..” އިޔާޒް މިހެން ބުނުމުން އަޔާނީ، އިޔާޒްގެ ފަން އިސްތަށިގަނޑު އަތުން ހާވާލީ އެކަމުން އިޔާޒް ރުޅި އަންނާނެކަން އެނގޭތީ، އޭނާ ރުޅިއަރުވާލުމަށެވެ. ކަންވީވެސް އެހެންނެވެ. އިޔާޒް ރުޅިއައިސްގެން އާދައިގެ މަތިން ދެމީހުން ޒުވާބު ކުރަންފެށިއެވެ.
********************

“ދޮންބޭ….. އަހަންނަށް ހީވަނީ އަދި އަވަސްހެން ތިކަމާ އުޅެން….. އަހަންނަށް ފެންނަނީ ޔާލް ހަމައަކަށް އެޅެންދެން މަޑުކޮށްލަން….” ވީހާވެސް އަވަހަށް ޔަލްވީއަށް ލޯބިހުށަހަޅަން ބޭނުންވާ ވާހަކަ މިޝަލް ބުނުމުން މިޝްޔާ އޭނާއަށް ފެންނަގޮތް ހާމަކޮށްލިއެވެ.
“ދޮންބެއަށްވެސް އެނގޭ މިޝް ވިސްނާ ގޮތުންނަމަ އަވަސްކަން…. އެކަމަކު ދޮންބެ މި ވިސްނަނީ ޔާލްއާއި ދޭތެރޭ…. މިއަދުވެސް މިޝް ބުނީމެންނު އީޝާ ޔާލްއަށް އެއްޗެހި ކީ ވާހަކަ…. އަސްލު މި ދަނޑިވަޅުގައި ޔާލްއަށް ލޯބިވެރިއެއްގެ އެހީތެރިކަން ބޭނުންވާނެ…. އޭނާގެ ހިތުގައި ހުރި ހުރިހާ ޝަކުވާއެއް އޭނާ މިޝްމެންނަކާ ޚިއްސާއެއް ނުކުރާނެ…. އެކަމަކު ލޯބިވެރިއެއް ހުރިއްޔާ އެކަހަލަ ޝަކުވާތަކެއް ސިއްރެއް ނުކުރާނެ…. ޚިއްސާ ކުރެވޭނެ….. މިޝްއަށްވެސް އެހެން ވެއެއް ނޫންތަ…..؟؟؟ އެކުވެރިންނާ ޚިއްސާ ނުކުރާ ސިއްރުތައް ޒީކްއަށް ކިޔައިދެވެއެއް ނޫންތަ…؟؟؟” މިޝަލް މިހެން ބުނުމުން އެކަމަށް އެއްބަސްވުމުގެ ގޮތުން މިޝްޔާ ބޯޖަހާލިއެވެ.
“ދޮންބެ ބޭނުންވަނީ ޔާލްއަށް އެހީވާން…. އެހެންވެ ދޮންބެ މިގޮތަށް މި ނިންމީ…..” މިޝަލް އެހާ އަވަހަށް ޔަލްވީއަށް ލޯބިހުށަހަޅަން ނިންމި ސަބަބު ހާމަކޮށްދިނެވެ.
“އަސްލުވެސް ދޮންބޭ….. ދޮންބެއަށްވުރެ ވަކި ޕަރފެކްޓް މީހެއް ޔާލްއަކަށް ނުލިބޭނެ…. ދޮންބެ ޔާލްއާއި ދޭތެރޭ ވިސްނާވަރު މިހާރުވެސް އަހަންނަށް ހާމަވެއްޖެ…..” މިޝްޔާ، މިޝަލަށް ތަޢުރީފްކޮށްލިއެވެ. ނަމަވެސް، މިޝްޔާ އެވަނީ ކުށްހީއެއްގެ ތެރޭގައިކަމެއް އޭނާއަށް އެނގޭނީ ކިހިނެއް ހެއްޔެވެ.؟ މިޝްޔާ ދެކޭގޮތުގައި މިޝަލް އެގޮތަށް އެ ނިންމީ ޔަލްވީދެކެ ލޯބިވާތީއެވެ. އެހެނަސް ޙަޤީގަތަކީ ކަންތައްވެފައިވާ ގޮތުން ޔަލްވީއަށް ނަފްސާނީ ގޮތުން ލިބިދާނެ ގެއްލުމަކާއި ދޭތެރޭ ވިސްނާފައި، ޔަލްވީއަށް އެހީވުމުގެ ގޮތުން މިޝަލް އެފަދަ ނިންމުމެއް ނިންމިކަމެވެ.
********************

މިޝަލްގެ އެދުމަށް މިޝްޔާ، ޔަލްވީ އެ ގެއަށް ގެނައެވެ. އޭނާގެ ކޮޓަރީގައި ޔަލްވީ ބައިންދާފައި ބޭރަށް ނުކުތީ މިޝަލަށް ފުރުސަތު ދެމުންނެވެ. ކޮޓަރީގެ ދޮރު ހުޅުވާލާފައި މިޝަލް ވަނުމުން އެނދުގައި އިށީނދެގެން އިން ޔަލްވީއަށް ކޮޅަށް ތެދުވެވުނެވެ. ކުރީ ދުވަހު ހިނގި ހާދިސާއަށްފަހު، ޔަލްވީ މިޝަލާއި ކުރިމަތިލި މީ އަދި ފުރަތަމަ ފަހަރެވެ. ކޮޅަށް ތެދުވި ޔަލްވީ މަޑުމަޑުން މިޝަލްގެ ނަން ކިޔާލިއެވެ.
“އަހަރެން މިއައީ ޔާލްއާއި ވާހަކައެއް ދައްކާލަން… އިށީނދެބަ…..” އެނދުގައި އިށީންނަމުން މިޝަލް މިހެން ބުނުމުން ހާސްވެފައިހުރި ޔަލްވީވެސް ދެއަތް ދެއަތާ މޮޑެމުން އިށީނެވެ.
“މިޝަލް، އޭގެ ކުރިން އަހަރެން ބޭނުން ވާހަކައެއް ބުނަން…..” މިޝަލަށް ބަލާލަމުން ޔަލްވީ މިހެން ބުނުމުން، މިޝަލް، އަތުގެ އިޝާރާތުން ވާހަކަ ކުރިއަށް ގެންދިއުމަށް ބުނެލިއެވެ.
“ކުރީ ދުވަހު އަހަންނަށް ކަންތައް ކުރެވުނު ގޮތުން އަހަރެން ވަރަށް ލަދުގަނޭ….. އެއީ އަހަރެން ގަސްތުގައި ކުރިކަމެއް ނޫނަސް، އެކަމުގެ ސަބަބުން އަހަރެން މިހުންނަނީ މިޝަލްމެންނާ ކުރިމަތިލާންވެސް ނުކެރިފަ…. އެދުވަހު އަހަރެންގެ ސަބަބުން ތި މީހުނަށް އަނިޔާވުމުން، އެކަމާ ދެރަވެ، އަހަރެން ކުރި ހިތާމަ މާތްﷲ ދެނެވޮޑިގަންނާވާނެ….. މިޝަލް، އަހަންނަށް މާފުކުރޭ…..” އިސްޖަހާލައިގެން އިން ޔަލްވީ ދެރަވެލާފައި މިޝަލްގެ ކިބައިން މަޢާފަށް އެދުނެވެ.
“ޔާލް އަމިއްލައަކަށްނު ތިބުނީ ގަސްތުގައި ކުރިކަމެއް ނޫނޭ….. ދެން ކީއްވެތަ ޔާލް މާފަށް އެދެންވީ….؟؟؟ އެހެން ނޫނަސް އަހަރެމެން އެކަކުވެސް ޔާލްއަކަށް ހިތްބަރެއް ނުކުރަން….. އެހެންވީމަ އެކަހަލަ ބޭކާރު ކަންތަކާ އެހާ ބޮޑަށް ނުވިސްނާ….. އެކަހަލަ ކަންތަކާ ވިސްނަން ވެއްޖިއްޔާ ނަފްސާނީ ގޮތުން މީހާ ވަރަށް އަވަހަށް ބަލިކަށިވެދާނެ….” މިޝަލް ހިތްހެޔޮކަމާއިއެކު ޔަލްވީގެ ހިތްހަމަޖައްސައިދިނުމަށް މަސައްކަތްކުރިއެވެ. އެ ވާހަކަތަކުން ޔަލްވީގެ ހިތަށް ކުޑަނަމަވެސް ހަމަޖެހުމެއް ލިބިއްޖެކަން މިޝަލަށް ޔަޤީންވީ ޔަލްވީގެ ތުންފަތަށް ވެރިވި ހިނިތުންވުމުންނެވެ. އެ މަންޒަރު ފެނި މިޝަލަށްވެސް ހިނިތުންވެވުނެވެ.
“މިޝަލް އުޅުނީ ވާހަކައެއް ބުނާކަންނު……” ކުއްލިއަކަށް ހަނދާންވުމުން ޔަލްވީ ބުނެލިއެވެ. މިޝަލް ހީލަމުން ބޯޖަހާލިއެވެ.
“އަހަރެން ބޭނުން ޔާލްއާއި ރައްޓެހިވާން….” ނުވިސްނާ އިންދާ މިޝަލް ބުނެލި ޖުމްލައިން ޔަލްވީއަށް އިންތަނުން ތެދުވެވުނެވެ. މިޝަލާއި ދިމާއަށް ބަލަހައްޓައިގެން ހުރެވުނީ ކަންފަތަށް އިވުނު އިވުމާއިމެދު ޝައްކުވެފައެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (45)

  1. Eemyaa

    Hurihaa kudhin ??
    Heekuran mi part ves kiyuntherinnah kamudhaane kamah ☺
    Kuhthah faahaga kohlai dhinun edhen ?
    Have a nice day ☺☺☺
    Tgggc ly all ???

  2. 1997women

    Yeah me first!!! First nulibeythy comment nukurany.. Ekm miadhu kuraanan. Thanks eeeeeemmmm????

    1. Eemyaa
      1997women

      Hehe ☺
      Wc n thanks ??

  3. 1997women

    V boadah improve vejje eeemmm… V niceeeee… Just loved it??? goooood luckyyyy….

    1. Eemyaa
      1997women

      Thanks, 1997women ☺☺☺

  4. Ryyko

    Story v reethi I was waiting for this. But thankolhei kuru hn hyvany.. But story this gendhaa goii hama obi??

    1. Eemyaa
      Ryyko

      Thanks Ryyko ☺☺☺
      Thankolheh kuru dw mi part, mi dhuvaskolhuge gothun dhigukoh nugenesdheveny
      Sorry ?
      Free velyma dhigu koh genesdheynan In Sha Allah ???
      Thanks a lot dear ?

    2. Ryyko
      Ryyko

      It’s okeii I understand..? waiting for next part..?

    3. Eemyaa
      Ryyko

      Thanks ryyko ☺

  5. Yookko

    Mishal aa yalvee akaa nugulhe ey ?

    1. Eemyaa
      Yookko

      Aww, Yookko dnt cry ?
      Lets see what will happen ?

  6. song joong ki..KOREAN

    wooowwww!!! vvv reethi… but thnkolheh kuruhen heevey. nxt ep thankolheh dhigukhlahchey plxx. mi part thi nimmaaly hama neyvai hifahahtaigen indha. ehaa kiyaahithun indha nimuny 🙂 hithah araa mi story ehkoh kiyan libeynamaey.. 😀 v salhi asluvx, waiting for next part, avas khlahcheyy 🙂 🙂 😀 mihaaru story kuriah dhaagoih hama obinesss. u have improved more than enough.. 😀 really appreciate ur hard workings 😉

    1. Eemyaa
      song joong ki..KOREAN

      Thanks Song ☺☺☺
      Yeah, thankolheh kuru dw..
      Hehe ?
      Thank a lot dear ☺☺
      Next part on Monday, In Sha Allah ???

  7. aalaa

    Hey eem.. Vrh happy vey thiha rythi story eh genesdheythy… I love eemge stories …. Miadhuge part vrh nice… Hurihas kudhin hykuri gothaksh nun dhw Mi v mifaharu he he . … Iyaavx vrh best dhw… K waiting for next part…. Ly eem ..☺☺☺☺??????????

    1. Eemyaa
      aalaa

      Thanks aalaa ☺☺
      Hehe mifaharu evves kujjaku heekuri gothakah nun dw v ?
      Thank a lot dear ??
      Ly too ???

  8. Yaal

    vahaka eh esfiya in kiyun therin nah genes dheyn bay nun vaanama kihineh tha hadhan Jehey nee eem

    1. Eemyaa
      Yaal

      Yaal registry kohlan jeheyny
      Yaal ge vaahaka eh genesdhentha thi ulheny? If so, eagerly waiting ☺☺☺

  9. Ram

    Niiiiiiccccceeeee eeeeem… varah dhuvas fahun comment mi kohlevny.. ekm story gavaidhun kiyan.. v v salhi as always… waiting for monday.. mishal and yaal.. aslu nugulhey.. ekm neyge dww vaane gotheh nimey iru.. e fuh mifushah vx jehifa ovedhaane nimey iru.. hihi… varah obi ?????

    1. Eemyaa
      Ram

      Thanks Ram ☺☺
      Thedhekey dw dhuvaskolheh vejje ram ge comment eh nufennathaa
      Hehe nugulheytha?? Fahun hama ram ves bunefaane gulhe ey dw hihi dhn lets see ???
      Thanks a lot dear ???

  10. Gal

    Dhn nooo mishal aa yalvee aa ehves varaka nugulhey

    1. Eemyaa
      Gal

      Aww ?
      Fahun Gal bunefaane gulhe ey ves ??

  11. click a shot ?

    Aww…Shaun akah nuvi dhw…I was imagining that it was him..?hehe..mi part ves varah salhi…you are a great writer…superb..waitting for the next part…ly..tc???

    1. Eemyaa
      click a shot ?

      Hahaaa mi faharu shaun akah nuvi ?
      Thanks click ☺☺☺
      Ly too ??? tc ?

  12. Adha?

    Heekuri gotheh noon dw mi vee.. e dhuvahu eem ge reply keema hithahves eri yageeney shaun eh nooney hifeyhteekee…
    Btw mi part ves hama suuuuperrrrrb!!!??
    Waitingsssssss❤❤❤❤

    1. Eemyaa
      Adha?

      Haaan dw mifaharu mi v ehn meehakah hehe ?
      Thanks a lott Adha ☺☺☺

  13. Xidhan

    Wow… ehn vaane kamakah heeyeh nukuran ??
    Eemyaa buni hama ragalhah this story is becoming unexpected…
    Keep it up varah habeys
    When next part??

    1. Eemyaa
      Xidhan

      Thanks Xidhan ☺☺☺
      Hehe eem bunymennu heenukuraa kithanme kameh vaaney dw ??
      Thanks a lott dear ??
      Next part on Monday ???
      Keep waiting ?

  14. click a shot ?

    Eeeeeeemmmmmyaaa….THIS IS SUUUPPPEEERRRBBB?….your are so great ?first ep ah balaafa ves hyvi mi varah reethi vaane story eh kan….I have so many words to appreciate your work….☺️I wanna say in front of you..hehe… aslu adhikiriyaa hihhama jehey varah mi comment kurevuny….kurin kuri comment eyi avasaruvaalaafa avahah kohli comment eh..egandyga bxy koh ulhunyma..I’m waiting for next part..Love you???

    1. Eemyaa
      click a shot ?

      Hehe thanks a lott click ???
      Ly too
      Keep waiting ???

  15. Snowy

    V nyc …..mihaathanah kii hurihaa parts eh vx v interesting..bt kury parts thakah vureh fahuge parts thah kuruhen hyve ..cnt wait to c nxt part…☺☺❤❤

    1. Eemyaa
      Snowy

      Thanks Snowy ???
      Next part on Monday ?
      Thanks for commenting ???

  16. ???

    Wooo? vrh reeti ❤❤ iyaa anekaa yaal aha like vany baa noony asluves sissy ge friends vim a help vanybaa??

    1. Eemyaa
      ???

      Thanks dear ☺☺☺
      Theeves vedhaane gotheh hehe ? kuriah huri part thakah inthizaar kohlaa eyrun ekahala kameh vanyaaves engeyne kiki ??

  17. Some one

    Cmnt nukuriass mi story kiyan! V v riithi! When nxt prt? Plxxx maadhan up kureveythw balahchey! V kiyaa hiy vanii

    1. Eemyaa
      Some one

      Thanks Some one ☺☺☺
      Next part on Monday ?

  18. Bluu

    Yaal and Mishal maa gulhey hen hyvany. Ekam mivaahaka dhaagothun hyvany nimey iru yaal aa shaun aa hen gulheyny.

    1. Eemyaa
      Bluu

      Oww thafaath khiyaaleh gengulhey kujjaka dhimaa vejje.. hehe ??
      Bluu hee nukuraa kahala gothakah ves nimun ais dhaane ??
      Story nimendhen kiyaalahchey ☺?

  19. khajja

    Masha allah?? stry v v v habeys v v v loabi when nxt prt v waitin nxt prt avas kolladhechchey plx dear gud nyt ly????❤❤???

    1. Eemyaa
      khajja

      Thanks khajja ☺☺☺
      Next part on Monday ?
      Ly tooo ??

  20. blush

    varah reethi <3

    1. Eemyaa
      blush

      Thanks blush ☺☺☺

  21. Sidhu

    Superb. ..Vaahaka v salhi. ..mishal ah mishalge loabi I mean shiury libunyma ragalhy. …shiury ah ehaa care kuraa kujjaku benunvani…yalvy ah loabyge gothun gulheyni enage dad ge dhari akaa kanneyge. ..mishal shaun mithanun 1kaku

    1. Eemyaa
      Sidhu

      Thanks Sidhu ???
      Yeah dho ..
      Hehe sidhu haadha dhurakah visnaaly btw nice thought ??

  22. ???

    Alhey kihineh thi hadhaniiiii noon yalvy ah shaun

    1. Eemyaa
      ???

      Hehe ??

Comments are closed.