Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ޔާރު މިވަނީ ލޯތްބޭ ޙަޤީގީ (ސަތާރަވަނަ ބައި)

Eemyaa Level 910 Stories100 Comments100 Login500 Comments100 Stories500 Login
August 24, 2017 6 Mins Read
60 Comments

“ބައްޕަ މިރޭ މާ ބަނޑުހައިވަނީއޯ….. އެހެންވެ ބިސްގަނޑެއް އަޅާލީމި……” ތަވާއިންބިސްގަނޑުނަގާ ތަށްޓަކަށްލަމުން އަމްހާ ޖަވާބު ދިނެވެ. އަދި އެތަށްޓާއިއެކު ކިރުތަށްޓެއް ދިއްކޮށްލަމުން އެ އެއްޗެހި ޓެރެހުގައި އިން އަޔާނީގެ ބައްޕައަށް ގެންގޮސްދިނުމަށް، އަޔާނީގެ ގާތުން އެދުނެވެ. އަޔާނީ ހިނިތުންވެލަމުން އެ އެއްޗެހި ހިފައިގެން ހިނގައިގަތުމުން އަމްހާ ދިޔައީ ތަވާ ދޮންނާށެވެ. ކާމޭޒުމަތީގައި އޮތް އަޔާނީގެ ފޯނު ރިންގުވާންފެށީވެސް އެވަގުތުއެވެ. އެއްފަހަރު ރިންގުވުމަށްފަހު ކެނޑުމުން ދެވަނަ ފަހަރަށްވެސް ރިންގުވާންފެށިއެވެ. އެހެންކަމުން އަތް ފުހެލުމަށްފަހު، އަމްހާ މޭޒާއި ގާތްވެލީ ފޯނު ނެގުމަށެވެ. ނަމަވެސް ފޯނަށް އަރާފައި އިން އަފްލާކްގެ ނަމާއި އޭނާގެ ފޮޓޯ ފެނި އަމްހާގެ ދެލޯބޮޑުވެ ބުމަގޮށްޖަހާލެވުނެވެ. އައި ރުޅިން ތުން ފިއްތާލަމުން ފޯނު ނަގަން ދިމާކޮށްލިވަގުތު ކެނޑުނީއެވެ.


 

“އަނެއްކާ އެއުޅޭ ފަރީޝާ، އެދުވަހު ދެއްކީ ތެދު ވާހަކައެއްބާ…..؟؟؟ އަހަންނަށް މިހާރު ޝައްކުވާން ފަށައިފި…. އެހެންޏާ ފަހެ، އެކަހަލަ ގުޅުމެއް ނެތިއްޔާ އެއަފްލާކް ޔާނީއަށް ގުޅަންވީ ކީއްވެ..؟؟؟؟ ޔާނީވެސް އުޅޭނީ ވަރަށް ސިއްރުވެރި ގޮތަކަށް…. ގިނަވަގުތު ފެންނާނީ ފޯނު ހިފައިގެން އެއާއި ކުޅެން އިންނަތަން…. ކޮންމެވެސް ގޯހެއް އެބައުޅެ…..” ފޯނަށް ބަލަހައްޓައިގެން ގެއްލިފައި ހުރި އަމްހާގެ ސިކުނޑީގައި ބޮޑު ހައިޖާނުގަނޑެއް އުފެދިފައިވެއެވެ. އަޔާނީ އައިސް ކާގެއަށް ވަނީވެސް އަމްހާ އެހެން ހުއްޓައެވެ. އަޔާނީއަށް ފޯނު ބާއްވާފައި ދެވުނުކަން ރޭކާލީވެސް އަމްހާ އޭނާގެ ފޯނަށް ބަލަން ހުރުމުންނެވެ.

“މަންމަ ކީއްވެބާ ފާޑަކަށް ފޯނަށް ބަލަހައްޓައިގެން އެހުރީ….؟؟؟ އަނެއްކާ އަފޫ ގުޅީބާ…… އޯހް ނޯ….. ފޯނު ކަނޑާލިގޮތަށް މެސެޖެއް ނުކުރީމަ އޭނަ ގުޅީކަމަށްވާނީ…. އަޅެ، ދެން އަހަރެން ކިހިނެއްތަ ހަދާނީ….؟؟؟؟ މަންމަ ސުވާލުކޮށްފިއްޔާ ކީކޭތަ ބުނާނީ……؟؟؟ ސިކުނޑިގަނޑާއި ނިކަން މޮޅު ޚިޔާލެއް ދީބަލަ…….” ބަދިގެ ދޮރުމަތީ މަޑުކޮށްލައިގެން ހުރެ  އަޔާނީ އަމިއްލަ ނަފްސަށް އިވޭވަރަށް ފަތިވަރު އަމުނާލިއެވެ. އޭރު ހާސްވީވަރުން އޭނާގެ ދެއަތްވަނީ ފިނިވެފައެވެ. ކުއްލިއަކަށް ހޫނު އާވިގަނޑެއް އެރިހެންވެސް ހީވިއެވެ. މޫނުމަތިން ދާހިލިފައިވާއިރު، ހޫނުވެގެންގޮސް ލައިގެން ހުރި ކަނޑު ނޫކުލައިގެ ގަމީސްވެސް އޮތީ ގައިގައި ތަތްލަވާފައެވެ.

މޫނުގައި ހުރި ދާތައް އަތުގެ ނުފުށުން ފުހެލުމަށްފަހު، ގަމީސް ކުޑަކޮށް ގަޔާ ދުރުކޮށްލަމުން އަޔާނީ ހަމަޖެހިލިއެވެ. އަދި ލޮލުގައި އަޅާފައި އޮތް އައިނު ރަނގަޅު ކޮށްލަމުން “މަންމާ” އޭ ކިޔާ ގޮވާލިއެވެ. އަޔާނީގެ އަޑަށް ސިހިފައި އަމްހާ ބަލާލިއިރު އަޔާނީ އައިސް މޭޒުމަތީގައި އޮތް ފޯނު ނަގައިފިއެވެ. އަދި އަމްހާއަށް ހިނިތުންވެލަމުން ކާގެއިން ނުކުތުމަށްޓަކައި ހިނގައިގަތެވެ.

“އެއުޅޭ އަފްލާކް ކީއްކުރަން ދަރިފުޅަށް ގުޅަނީ….؟؟؟؟” އަޔާނީގެ ފިޔަވަޅުތަކަށް ހުއްޓުން އެރީ އަމްހާގެ ސުވާލުންނެވެ. އެއާއިއެކު، ދެދަތްޕިލަ ދޭތެރޭ ކުޑަކޮށް ދޫ ފިއްތާލެވުނުއިރު ދެލޯ މަރާ ބާރުކޮށްލެވުނީ މަންމައަށް އަފްލާކް ގުޅިކަން އެނގުމުން ދެން ވާނެ ގޮތަކާމެދު ވިސްނާލަމުންނެވެ. ދޭނެ ރަނގަޅު ޖަވާބެއް ވިސްނުމުން މަންމައަށް ކުރިމަތިލުމަށް އެނބުރުނުވަގުތު ސިހިފައި ހަޅޭލަވައިގަނެވުނީ ޖެހޭނުޖެހޭހާ ގާތުގައި މަޑުކޮށްލައިގެން ހުރި އަމްހާ ފެނުމުންނެވެ.

“ކިހިނެއްވީ މާހާސްވީ…..؟؟؟؟ ޖާސޫސީއެއް ފަދައިން އަޔާނީއަށް ބަލާލަމުން އަމްހާ ސުވާލުކޮށްލިއެވެ.

“ހާސްވީތަ…..؟؟؟؟ އެނބުރުނުއިރު މަންމަ އެހާގާތުގައި ހުރީމަ ސިއްސައިގެން ދިޔައީނު……” ހާސްވެފައި ހުރިކަން ފޮރުވަމުން އާދައިގެ ގޮތަކަށް އަޔާނީ ބުނެލިއެވެ.

“ކީއްކުރަންހޭ އެއަފްލާކް ދަރިފުޅަށް އެގުޅަނީ…..؟؟؟؟” އަމްހާ އަނެއްކާވެސް އޭނާގެ ސުވާލު ތަކުރާރު ކޮށްލިއެވެ.

“އަފްލާކޭ…. އަފްލާކް ގުޅީތަ….؟؟؟ ނޭނގެ އަހަންނަކަށްވެސް….. ވެދާނެ ހާލު ބަލާލަން ގުޅީކަމަށް….. ދޭތެރެއަކުން ގުޅާލާނެ ހާލު ބަލާލަން…… އަހަރެމެން އެންމެން ވަރަށް އެއްކޮށްށެއްނު އުޅެނީ…… އެހެން އުޅެފައި ދާން ޖެހުނީމަ އެންމެން މަތިން ހަނދާންވެގެން އޭނަ އެންމެނަށްވެސް ދޭތެރެ ދޭތެރެއިން ގުޅާލާނެ……” ހަމަޖެހޭގޮތް ދައްކާލަމުން ކުޑަކޮށް ހީގަނެގެން ހުރެ އަޔާނީ ބުނެލިއެވެ. އަމްހާ “އެހެން” ހޭ އެހުމުން ނިކަން އަވަހަށް ބޯޖަހާލުމަށްފަހު، އަވަސް އަވަހަށް ކާގެއިން ނުކުމެގެން ދިޔައެވެ. އަޔާނީ އެހެން ބުނިނަމަވެސް އަމްހާ އެވާހަކަތައް ޤަބޫލެއްނުކުރެއެވެ. އަޔާނީ ވާހަކަ ދެއްކިގޮތުން ކޮންމެވެސް ގޯހެއް އުޅޭކަމަށް އޭނާގެ ޒަމީރު ބުނަމުން ދިޔައެވެ. އެހެންކަމުން އޭނާ ނިންމީ އަޔާނީއަށް ނޭނގޭގޮތަށް އެކަމުގެ ޙަޤީގަތް ހޯދާބެލުމަށެވެ.

********************

 

ކޮޓަރިއަށް ވަދެވުމާއިއެކު ދޮރުތަޅުލުމަށްފަހު، އަފްލާކަށް ގުޅަމުން އަޔާނީ ނުކުތީ ބެލްކަންޏަށެވެ. އަފްލާކް ފޯނު ނެގުމާއިއެކު ކަންވީގޮތް ކިޔައިދިން އިރު އޭނާއަށް ހުރެވުނީ އަތުގެ ނިޔަފަތިތައް ހަފާލަހަފާލައެވެ.

“އަސްލުވެސްތަ..؟؟؟؟ މަންމައަށް ހުންނާނީ މިހާރު ޝައްކުވެފައި ކަންނޭނގެ ދޯ……” އަޔާނީގެ މަންމައަށް އެމީހުންގެ ގުޅުން އެނގިދާނެތީ އަފްލާކްވެސް ޖެހިލުންވިއެވެ. އެހެންވެއްޖެނަމަ، އޭނާއަށް އަޔާނީ ގެއްލުންވެސް ގާތެވެ. ދުވަހެއްގެކޮޅުންވެސް އަޔާނީ ގެއްލޭކަށް އޭނާ ބޭނުމެއް ނުވެއެވެ. ހިތަށް އަރަމުންދިޔަ އެއްޗެހިން އޭނާގެ ސިކުނޑި ހާސްކޮށްލިއެވެ.އަފްލާކް ހާސްވެފައިހުރިވަރު ފޯނުން ވާހަކަދައްކަމުން ދިޔައިރު އަޔާނީއަށްވެސް ފާހަގަ ކުރެވުނެވެ.

“އަފޫ އެހާ ހާސް ނުވެބަލަ….. އަހަރެން މިކަން ޙައްލުކުރާނަމޭ…. ދެން މަންމައަށް ޝައްކުނުވާނެހެން ވަރަށް ވިސްނައިގެން އުޅޭނީ…… އަފޫގެ ނަންބަރުވެސް އެހެން ނަމެއްގަ ސޭވްކުރާނީ…. އޭރުން މަންމައަކަށް ނޭނގޭނެއެއްނު ދޯ……” އަޔާނީ މަސައްކަތް ކުރީ އަފްލާކް ހަމައަކަށް އަޅުވާށެވެ. އޭނާ ވަރަށް ވާހަކަ ދައްކައިގެން އެކަން ކާމިޔާބުވެސް ވިއެވެ.

********************

 

“އަޅެ މަންމާ…. އަހަރެން މިބުނީނު އަހަންނަކަށް ނުކެރޭނެއޭ ދާކަށް….. މިހާރު އެކަން އޮންނާނީ ކްލާސް ހުރިހާ ކުދިންނަށްވެސް އެނގިފައި……” ވާހަކަ ދައްކަމުން ދިޔައިރު ޔަލްވީއަށް ރޮވެން އުޅޭހެންވެސް ހީވެއެވެ. ޔަލްވީއާއި އޭނާގެ އެކުވެރިންގެ އިތުރުން ނޫރައިން ތިބީ އެގޭ ބަނބުކެޔޮ ގަސްދޮށުގައި ހުރި ޖޯލިފަތީގައެވެ.

“އެކަމަކު ދަރިފުޅާ….. ސްކޫލަށް ނުގޮހެއްވެސް ނުވާނެއެއްނު…. މިހާރުވެސް ކިހާ ދުވަހެއް ގެއްލިއްޖެ…. އެހެން ނޫނަސް ދަރިފުޅުތީ ނިކަން ހިތްވަރުގަދަ ކުއްޖެއްނު…. ކުރިންވެސް ދަރިފުޅު ރަނގަޅުވީމަ ސްކޫލަށް ދަމެއްނު….” ނޫރައިން ބެލީ ލޯބިން ދަރިފުޅަށް ވިސްނައިދެވޭތޯއެވެ.

“މަންމާ ތިހެން ވާހަކަ ދެއްކީމަ ހީވަނީ އަހަރެން މީ މިހާރުވެސް ކުޑަކުއްޖެއްހެން….. އަހަރެންމިހާރު، މިހުރީ ބޮޑުވެފައޭ….. އޭރު ރަނގަޅުވީމަ ސްކޫލަށް ދިޔައަސް، މިހާރު އަހަރެން ލަދުގަނޭ ކުދިންނާ ކުރިމަތިލާން…..” އިސްޖަހާލައިގެން އިނދެ ފައިތިލައިން ބިންގަނޑު ކޮންނަމުން ޔަލްވީ ބުނެލިއިރު ހީވީ ދެންމެ ދެންމެ ބަޑިފަޅައިގެން ހިނގައިދާނެހެންނެވެ. ނޫރައިން ކިތަންމެ ވާހަކައެއް ދެއްކި ކަމުގައިވިޔަސް، ޔަލްވީ ސްކޫލަށް ދާ ޚިޔާލް ނުކުރާނެކަން އެނގުމުން ނޫރައިން ދެން ބަލާލީ ޝިއުރީއަށެވެ. އެބަލާލުމުގައި އުއްމީދާއީ، އާދޭސް އެކުލެވިފައިވެއެވެ. ނޫރައިން އަނގައިން ނުބުނި ކަމުގައިވިޔަސް ޝިއުރީއަށް އެބުނަން އުޅެނީ ކީކޭކަން ދޭހަވިއެވެ. އެހެންކަމުން އޭނާވެސް ޔަލްވީއަށް ވިސްނައިދެވޭތޯ މަސައްކަތް ފެށިއެވެ.

“ޔާލް…. ކޮންކަމަކާތަ ލަދުގަންނަންވީ….؟؟؟؟ އަހަރެމެންވެސް މިތިބީނު…. އަހަރެމެން ތިއްބާ ޔާލްއާއި ހަމައަކަށް އެހެން ކުއްޖަކަށް ނާދެވޭނެ….. މިއަހަރުގެ ކިޔެވުން މުހިއްމުވަރު ޔާލްއަށްވެސް އެނގޭނު…. އަނެއްކާ އެހެން ނުވާތާވެސް މިހާރު ތިންދުވަސްވީ….. އެހެންވީމަ އަހަންނަށް ފެންނަނީ މާދަމާ ސްކޫލަށް ދާން…..” ޔަލްވީގެ އަތުގައި ހިފާލަމުން ޝިއުރީ ބުނެލިއެވެ.

“ޝިއުއަށް ތިހެން ބުނެލަން ފަސޭހަވާނެ….. އަހަރެންގެ ސަބަބުން އިޔާމެނަށްވެސް އަނިޔާވީ…. އަހަރެން މިހުންނަނީ އެމީހުންނާ ކުރިމަތިލާންވެސް ނުކެރިފައި…. ސްކޫލަށް ގޮއްސިއްޔާ އަހަންނަށް ޖެހޭނީ އެމީހުންނާއިވެސް ކުރިމަތިލާން….. އެދުވަހު ޝިއު ދޮންބެގެ އަތުގައި ހަފައި ގަނެވުނީމަވެސް، އަހަރެން ހާދަ ދެރައެއްވިޔޭ….. އަޅެ އަހަރެންގެ ސަބަބުން އެފަކީރަށް ކިހާ ވޭނެއް ތަހައްމަލް ކުރަން އެޖެހުނީ…… ޝައުނަށާއި މިޝަލަށްވެސް އެހާވަރު ކޮށްލެވުނު…. އަހަރެން ކިހާ ގޯސް…..” އެދުވަސް ހަނދާންވުމުން އެކަމާ ދެރަވީވަރުން ޔަލްވީއަށްރޮވުނެވެ.  ނަމަވެސް އެކަކުވެސް އޭނާ ހުއްޓުވާކަށް މަސައްކަތެއް ނުކުރެއެވެ. ރޯލުމުން ޔަލްވީގެ ހިތަށް ހަމަޖެހުން ލިބި މީހާ ހަމައަކަށް އެޅެން ފަސޭހަވާނެތީއެވެ.

“އެއްކަލަ ޔާލް…. ދޮންބެމެންނަށް ތި ވާހަކަ އަޑު އިވިއްޖެއްޔާ ހާދަ ރުޅިއެއް އަންނާނޭ….. ބުނާނެ، ޔާލް ދޮންބެމެން ދުރުކޮށްލީއޭ….. ޔާލްއަށް ހަމަ ރަނގަޅަށް އެނގޭނެ އެމީހުން ޔާލްއަށް ހިތްބަރު ނުކުރާނެކަން… ދެންވެސް ތިކަހަލަ ވާހަކަ ނުދައްކައްޗޭ….” ޔަލްވީ ހިތްފުރޭވަރަށް ރޯލުމަށްފަހު، އަޑުކެނޑުމުން މިޝްޔާ ބުނެލިއެވެ. އަދި ހިނިތުންވެލަމުން ޔަލްވީގެ ލޮލުން އައިސްފައިވާ ކަރުނަތައް ފުހެލައިދިނެވެ. ޔަލްވީވެސް ނޭފަތް އެތެރެއަށް ދަމާލަމުން ހިނިތުންވެލިއެވެ.

“ދެން ޔާލް ބުނެބަ….. މާދަން ސްކޫލަށް ދާނަން ދޯ….. ޔާލް ނުދަންޏާ އަހަރެމެންވެސް ނުދާނަން…… ޔާލް ބޭނުންތަ ޔާލްގެ ސަބަބުން އަހަރެމެންގެ ފިލާވަޅުތައް ގެއްލެން…..” އަޔާނީ ޖޯލިން ތެދުވެ ބިމުގައި ދެކަކޫ ޖައްސާލަމުން އަޔާނީގެ ދެއަތުގައި ހިފަހައްޓާލިއެވެ. އަޔާނީ މިހެން ބުނުމުން ޔަލްވީގެ ގާތަށް ހިނިއައެވެ.

“އަހަންނަށް އެނގޭ އަހަރެން ދާން ބޭނުން ނުވިޔަސް އަހަރެން ގެންގޮއްސަ ނޫނީ ތިމީހުން ހުއްޓާނުލާނެކަން….. އެންމެފަހުން ބިރުދައްކައިގެން ތިއެއްބަސްކުރުވީނު…..” ޔަލްވީ ހީލަމުން މިހެން ބުނުމުން އެންމެން އެކީ ހޭން ފެށިއެވެ.

ޔަލްވީ ސްކޫލަށް ދާން އެއްބަސްވުމުން ނޫރައިންގެ ހިތަށް ހަމަޖެހުން ލިބިގެންދިޔައެވެ. އަދި އޭނާގެ ގާތުގައި ތިބި ޝިއުރީމެންނަށް ބަލާލަމުން ޔަލްވީއަށް އެފަދަ ހިތްހެޔޮ ރަނގަޅު އެކުވެރި ކުދިންކޮޅެއް ދެއްވީތީ، ހިތާހިތުން މާތްﷲ އަށް ޙަމްދުކޮށްލެވުނެވެ.

******************

 

ގެއަށް ވަދެގެން އައި މިޝްޔާ ފެނުމުން، ބޮޑުކޮޓަރީގައި ޓީ.ވީ ބަލަން އިން މިޝަލް، ޓީ.ވީގެ އަޑު މަޑުކޮށްލިއެވެ. މިޝްޔާ އައިގޮތަށް އައިސް ސޯފާއަށް ވެއްޓިގަތެވެ. އަދި ހަމަޖެހިލުމުގެ ގޮތުން ފުން ނޭވާއެއް ފަޒާގެ ތެރެއަށް ދޫކޮށްލިއެވެ.

“ކޮބާ ޔާލް…..” މިޝްޔާގެ ޙަރަކާތްތަކަށް ބަލަން އިނދެފައި މިޝަލް ސުވާލުކޮށްލިއެވެ.

“އަހަރެމެން އެންމެން ވަރަށް ވާހަކަ ދައްކައިގެން ސްކޫލަށް ދާން އެއްބަސްވެއްޖެ…. އޭރު އެހެންވެފައި އިންއިރު އުޅެވުނު ގޮތުން ދޮންބެމެން ކުރިމައްޗަށް އަރަން ނުކެރިގެން އެއުޅެނީ…. މިއަދުވެސް ވަރަށް ރޮއުނު ދޮންބެމެންނަށް ދެވުނު ޒަޚަމްތަކުގެ ވާހަކަ ދައްކާފައި…. އޭނަ ހަމައަކަށް އެޅެން އަދި ދުވަސްކޮޅެއް ނަގާނެ….. އަހަރެމެން ޖެހޭނީ އޭނައަށް ވަގުތުދޭން…..” ތެދުވެ ސޯފާއަށް ދެފައި އަރުވާލައިގެން އިނދެ މިޝްޔާ ކިޔައިދިނެވެ. މިޝްޔާގެ ވާހަކަތައް އަޑުއަހަން އިން މިޝަލް ބޯޖަހާލީ މިޝްޔާގެ ވާހަކައަށް އެއްބަސްވުމުގެ ގޮތުންނެވެ.

“ދޮންބޭ. އަހަރެން ސުވާލެއްކޮށްލަންތަ….؟؟؟؟” އިރުކޮޅެއްގެ ހިމޭންކަމަށްފަހު މިޝްޔާ އަހާލިއެވެ. މިޝަލް ބޯޖަހާލަމުން ސުވާލުކުރުމުގެ އިޒުނަ ދިނެވެ.

“ދޮންބެ ކުރިން ބުނީމެއްނު ޔާލް ގާތު ރައްޓެހިވާން އަހާނަމޭ….” މިޝްޔާ މިހާހިސާބަށް ބުނުމާއިއެކު، މިޝަލް އެއްބަސްވުމުގެ ގޮތުން ބޯޖަހާލިއެވެ. “ދެން މިހާރު ކޮން ގޮތަކަށް ވިސްނުން ތިގެންގުޅެނީ….؟؟؟؟ މިބުނީ އަދިވެސް އެޚިޔާލު ގެންގުޅެންހޭ ނޫނީ ……” މިޝްޔާ ސުވާލު އެއްކޮށް ނުނިންމާ މިޝަލަށް ބަލާލީ އޭނާ ބުނަން އުޅޭ އެއްޗެއް މިޝަލަށް މިހާރު ފަހުމްވާނެކަމަށް ނިންމާފައެވެ. މިޝްޔާއަށް ބަލަހައްޓައިގެން އިން މިޝަލް، ފުން ނޭވާއެއް ދޫކޮށްލަމުން ހަށިގަނޑު ތެދުކޮށްލިއެވެ. ހީވީ ވަރަށް ފުރިހަމައަށް ތައްޔާރުވެ އިނދެ އެސުވާލަށް ޖަވާބުދޭން ބޭނުންވާހެންނެވެ.

“އަހަރެންގެ ނިންމުން ބަދަލެއް ނުކުރަން…..” މިޝަލް އޭނާގެ ޖަވާބު އިއްވާލިއެވެ. އެއާއިއެކު މިޝްޔާގެ ތުންފަތަށް ވެރިވި ހިނިތުންވުން ފެނި މިޝަލްވެސް ހިނިތުންވެލިއެވެ.

“ވަރަށް އުފާވެއްޖެ ދޮންބޭ….. މާތްﷲ އިރާދަކުރެއްވިއްޔާ ޔާލް އެއްކޮށް ރަނގަޅުވާނެ…. އަހަރެން ވަރަށް ބޭނުން ދޮންބެ ޔާލްއާއި އެއްކޮށް އުފަލުން އުޅޭތަން ދެކިލަން…. ވަރަށް ލޯބިވޭ ދޮންބޭ….” ވީ އުފަލެއްގެ ބޮޑުކަމުން ސޯފާއިން ތެދުވެގެން ގޮސް މިޝްޔާ، މިޝަލްގެ ގައިގައި ބައްދާލިއެވެ. އޭނާއަށް ލިބުނުއުފާވެރިކަން ބަޔާންކޮށްދޭންވެސް ދައްޗެވެ.

“އައްދޭ….. ދެބެން މިއަދު ހާދަ ލޯބިން އުޅޭ ދުވަހެއް…… މިއަދު ތަޅާފޮޅުމެއް ނުހިންގާލަންތަ…..؟؟؟؟” ތަރުކާރީ ކޮތަޅެއް ހިފައިގެން ގޭތެރެއަށް ވަން މެހެރީންއަށް ދެކުދިން ފެނުމުން ބުނެލެވުނެވެ.

“ހަހަހާ…. އަބަދު ތަޅާފޮޅާކަށް ނުވާނެއްނު…. އެހެން ނޫނަސް އެވެސް ލޯބިން ކުރާ ކަމެކޭ، ދޯ މިޝް……” މިޝަލް މިޝްޔާއަށް ދޯ ދިނުމުން އެކަމާ އެއްބަސްވުމުގެ ގޮތުން ހިނިތުންވެ އިނދެ މިޝްޔާ ބޯޖަހާލިއެވެ.

“މިތާ ގޭކައިރީގައި ފިހާރައެއް ހުއްޓާވެސް މަންމަ ތިއައީ މާދުރު ފިހާރައަކުން ތަރުކާރީ ގަނެގެންތަ…؟؟؟؟” ސޯފާގައި އިށީނދެ އަވަސް ނޭވާތަކެއްލަމުން ދިޔަ މެހެރީންގެ އަތުގައި ހުރި ކޮތަޅުތައް އަތުލަމުން މިޝްޔާ ސުވާލުކޮށްލިއެވެ. އަދި އެކޮތަޅުތައް ސޯފާތަކުގެ މެދުގައި ހުރި ކުޑަ މޭޒުމަތީ ބަހައްޓަމުން މެހެރީންއަށް ބަލާލިއެވެ.

“ނޫނޭ…. ގޭކައިރީ މިހިރަ މުހައްމަދުބެ ފިހާރައިން މިއައީ……” ސޯފާގައި ލެނގިލަމުން މެހެރީން މިހެން ބުނުމުން މިޝްޔާއަށާއި މިޝަލަށް އެކަކު އަނެކަކަށް ބަލާލެވުނެވެ. މިޝްޔާ މޭޒުމަތީގައި ހުރި ތަރުކާރީ ކޮތަޅުތައް ބަދިގެއަށްލާފައި އަންނަމުން ފެންތަށްޓެއް ގެނެސް މެހެރީނަށް ދިއްކޮށްލިއެވެ.

” އެހާ ކައިރިއަށް ގޮސްފައި އަންނައިރުވެސް މަންމަ ތިހުންނަނީ ވަރުބަލިވެގެން ގޮސް ނޭވާ ކުރުވެފައި….އަހަންނަށް ފެންނަނީ މަންމަ ދެން މާލެއަށް ގޮސް ޑޮކްޓަރަށް ދައްކާލަން….  މިކޮޅަށްވެސް ވާ ވަރަށް ދެއްކިއްޖެއެއްނު…. ވާގޮތެއް ބުނެދޭކަށް މިތާ ޑޮކްޓަރުންނަކަށްވެސް ނޭނގެއެއްނު…..” މަންމައާއިމެދު ކަންބޮޑުވެފައި އިން މިޝަލް ބުނެލިއެވެ.

“ބައްޕަވެސް އެބަ ކިޔާ ތިހެން…. އެކަމަކު، ދަރިފުޅުމެން ބައިތިއްބާފައި ދާން ޖެހޭތީ…… އަނެއްކާ މިޝްގެ އިމްތިހާންތައްވެސް ބޯމަތިވަނީ…..” ފެންތަށި ބޯލުމަށްފަހު ހުސްތަށި މިޝްޔާއަށް ދިއްކޮށްލަމުން މެހެރީން ބުނެލިއެވެ.

“މަންމާ އެހާބޮޑަށް މިޝްއާއި ދޭތެރޭ ނުވިސްނާބަލަ…. މިޝްމެން މިތިބީ ބޮޑުވެފައޭ…. މިޝް ގޭގަ ބަހައްޓާފަ ދާން މަންމަ ހިތްހަމަ ނުޖެހެންޏާ މިޝް ގޮސްދާނަމޭ ޝިއުމެން ގެއަށް…..” މެހެރީންގެ ގާތުގައި އިށީންނަމުން މިޝްޔާ މިހެން ބުނުމުން މެހެރީންއަށް ބަލާލެވުނީ މިޝަލާއި ދިމާއަށެވެ.

“މިވަގުތަށް މުހިންމީ މަންމައަށް ރަނގަޅު ފަރުވާއެއް ހޯދުން….. އަހަރެންވެސް މިހުރީނު…… މިޝްގެ ކިޔެވުމުގެ ކަންތައް ވީހާވެސް ގާތުން އަހަރެން ބަލާނަމޭ…..” ޒިންމާދާރު ބޭބެއަކުހެން މިޝަލް ވާހަކަ ދެއްކުމުން މެހެރީން އުފާވިއެވެ. އަދި ބައްޕައާއި އެވާހަކަ ދައްކާނެ ކަމުގައި ބުނުމަށްފަހު، މިޝްޔާގެ އެހީއާއިއެކު އޭނާ ދިޔައީ އޭނާގެ ކޮޓަރިއަށެވެ.

********************

 

ސްކޫލަށް ވަދެގެން ދިޔައިރު އެކި ކުދިންގެ ނަޒަރުތައް ޔަލްވީއަށް ހުއްޓެމުންދާތީ، ޔަލްވީ ހުރީ ކަންބޮޑުވެފައެވެ. މޭގައިވާ ހިތް ނެގިނެގިފައި ޖެހެމުންދާއިރު އޭނާއަށް ނޭވާލުންވެސްވީ އުނދަގޫކަމަކަށެވެ. އެކުވެރިންނާއިއެކު، ކްލާހަށް ވަން ޔަލްވީ ފުރަތަމަވެސް ކުރިމަތިލާން ޖެހުނީ މޭމަތީ ދެއަތް ހުރަސްކޮށްލައިގެން ހުރި އީޝާއާއިއެވެ. އޭނާގެ ގާތުގައި ޖިނާގެ އިތުރުން ދެކުދިން ތިއްބެވެ. ހަތަރު ކުދިންގެ މޫނުމަތީގައިވެސް ވަނީ މަލާމާތުގެ ހިނިތުންވުމެވެ. ޔަލްވީ ސްކޫލަށް އައި ޚަބަރު ލިބިގެން އޭނާ އެކަމަށް މާކުރިންވެސް ތައްޔާރުވެގެން ހުރިކަހަލައެވެ.

“ކުދިންނޭ ޖިންނި ދައިތަ އައިއްސި…..” ޔަލްވީގެ ކުރި ބައްދަމުން އީޝާ މިހެން ގޮވާލުމުން ކްލާހުގައި ތިބި ކުދިންތައް އެއްއަޑުން ހީގަތެވެ. އިވިގެން ދިޔަ ބަސްތަކުން ޔަލްވީގެ ހިތުގެ އެންމެ ފުންމިނަށް އަސަރުކުރުމުން އޭނާއަށް އިސްޖަހާލެވުނީއެވެ. އޭރު އޭނާގެ ބޮޑު ދެލޮލަށް ކަރުނަތައް ޖަމާވެއްޖެއެވެ.

“ކިހާ ދެރަކަމެއް…… ހިތެއްވެސް ނޯންނަނީތަ….؟؟؟؟” ޝިއުރީއަށް މަޑުން ނުހުރެވިގެން އެއްޗެއް ބުނަން އުޅެނިކޮށް މިޝްޔާ ބުނެލިއެވެ. ޝިއުރީ ރުޅިގަދަވެގެން އެއްޗެއް ބުނެފިއްޔާ މަސްލަހަތު ގޯސްވެގެން ހިނގައިދާނެތީ މިޝްޔާ އަވަހަށް ވާހަކަ ދައްކަން ފެށީއެވެ. ނަމަވެސް އޭނާ ވާހަކަ ދެއްކީ މަޑުމައިތިރިކަމާއިއެކީގައެވެ.

“ކަލޭ އޮވެބަލަ ހިތްހެޔޮވެގެން އޭނާގެ ދެފައިގައި ބޮސްދޭން…. މަށެއް ނޫޅެން…..” މިޝްޔާއަށް ލޯއަޅާލަމުން ރުޅިވެރިކަމާއިއެކު، އީޝާ ބުނެލިއެވެ. ދެން އޭނާ ދިމާކުރީ އަނެއްކާވެސް ޔަލްވީއާއިއެވެ.

“އަދިވެސް ވީވަރު ކުޑައީތަ ސްކޫލަށް ތިއައީ…… އަހަރެމެންނަށް ހުރި ބޮޑު ބިރެއްތީ….މި ކުލާހުން ނުކުމޭ…..!!!!” ޔަލްވީ ކޮށްޕާލަންވެގެން އަތްމަޅާލި އީޝާގެ އިތުރުން، އެތާތިބި އެހެންކުދިންނަށްވެސް ހައިރާންކަން ލިބިގެންދިޔައީ ބާރުގަދަ އަތަކުން އީޝާގެ އަތުގައި ހިފަހައްޓާލުމުންނެވެ. އޭރު ދެލޯމަރާލައިގެން ހުރި ޔަލްވީވެސް އީޝާގެ ޚަބަރެއް ނުވުމުން ދެލޯ ހުޅުވާ ބަލާލިއެވެ. ކަރުނައިގެ ތެރެއިން ފެނުނު މަންޒަރުން އޭނާއަށްވެސް ބަލަހައްޓައިގެން ހުރެވުނީ ހައިރާންވެފައެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Eemyaa

Level 910 Stories100 Comments100 Login500 Comments100 Stories500 Login

Other Articles

Previous

ޢިބާދާ

Next

ތިޔަ ދިން އުފާ 4

Next
August 25, 2017

ތިޔަ ދިން އުފާ 4

Previews
August 24, 2017

ޢިބާދާ

60 Comments!

  1. Eemyaa says:
    August 24, 2017 at 9:06 pm

    Kiyuntherinnah mi part ves kamudhaane kamah ummeedhu kuran 🙂
    kuhthah faahaga kohlaidhevvun edhen
    Have a good night
    Tgggc
    :):):)

  2. someone says:
    August 24, 2017 at 9:14 pm

    Yeeeeyyy. .me first dhw..than kolheh kuruhen hyvany.bt it’s Ok. .I can understand..btw Masha allah v v v rythi mi part ves..when next part??? Ly eem. .

    1. Eemyaa says:
      August 24, 2017 at 11:45 pm

      Yes ☺
      Thanks someone ☺☺
      Next part on Saturday ??
      Ly too ?

  3. aalaa says:
    August 24, 2017 at 9:19 pm

    Vrh nice…. ☺☺☺☺

    1. Eemyaa says:
      August 24, 2017 at 11:46 pm

      Thanks aalaa ☺☺☺

  4. Mai says:
    August 24, 2017 at 9:24 pm

    Ebunaahen mi part thankolheh kuru.. ekm vrh reethi hama???

    1. Eemyaa says:
      August 24, 2017 at 11:50 pm

      Thanks Mai ☺☺

  5. shahoo says:
    August 24, 2017 at 9:35 pm

    maashaa allah…

    1. Eemyaa says:
      August 24, 2017 at 11:50 pm

      Thanks shahoo ☺☺

  6. Naa says:
    August 24, 2017 at 9:43 pm

    YAYYYYYYYYYYYY.THATSSSS SHAUNN…….LAALALAAALALALAAAALAAA *SQUEALING IN JOY* reethi vejjennu eeshaa.varah thaahiru.lol.varah reethi mi vaahaka.in love with mishal and shaun.mostly mishal.lmao ?

    1. Eemyaa says:
      August 24, 2017 at 11:56 pm

      Haha Naa ??
      Thanks dear ??

  7. Yaal says:
    August 24, 2017 at 9:44 pm

    Varah reethi mi bai ves. Mi adhu avahah up kohdhi neethi. Thanks eem. Then dhuvahaku miahvure avas koh dhee faanantha

    1. Eemyaa says:
      August 25, 2017 at 12:00 am

      Thanks Yaal ☺☺
      I’ll try ingey dear ???

  8. thuhthi says:
    August 24, 2017 at 10:03 pm

    eesha bitu thoacheh.. bodu foosseh huvaa

    1. Eemyaa says:
      August 25, 2017 at 12:03 am

      May b dw ?
      thuhthi koacheh foohi vaahaka thi buny?? ?

  9. azeen says:
    August 24, 2017 at 10:13 pm

    v reethi mi bai vex avahah up kohladhy next….

    1. Eemyaa says:
      August 25, 2017 at 12:04 am

      Thanks azeen ☺☺
      Next part on Saturday ?

  10. ??? says:
    August 24, 2017 at 10:17 pm

    Vrh reeti mi part ves Shaun viyaa vrh reeti vaane ❤❤and thanks avahah up kurythy ve

    1. Eemyaa says:
      August 25, 2017 at 12:08 am

      Thanks dear ☺
      Lets see dw a e kon kujjehtho ?? WC ☺
      Eeem ah v haa avahakah next part ves up kohladheynan ??

  11. Song joong ki... KOREAN says:
    August 24, 2017 at 10:19 pm

    Woww. V salhi mi part vx.. Aee shaun kanneynge athuga hifehehty.. May be. Plxx avahah nxt part up khdhehchey… 🙂 🙂 mihaaru v interesting….

    1. Eemyaa says:
      August 25, 2017 at 12:22 am

      Thanks Song ☺
      Eyna ah ves vedhaane.. ehn meehakah ves vedhaane.. dhn lets see dw ??
      Eem ah veehaaves avahakah up kohdheveytho balaanan ??
      Thanks a lott dear ???

    2. click a shot says:
      August 25, 2017 at 8:10 pm

      Song joong ki thibuni rangalhah…I’m also sure that it’s shaun…maybe it’s someone else..hehe??

    3. Eemyaa says:
      August 25, 2017 at 8:33 pm

      Hehe lets see then ???

  12. Aif says:
    August 24, 2017 at 10:47 pm

    Shaun to the rescue dhw???

    1. Eemyaa says:
      August 25, 2017 at 12:42 am

      Hehe lets see dw Aif ???

  13. Reeeee says:
    August 24, 2017 at 10:54 pm

    Hadi ehnoon dhen ok

    1. Eemyaa says:
      August 25, 2017 at 12:43 am

      Thanks Reeeee ☺☺

  14. Nyygo name says:
    August 24, 2017 at 11:07 pm

    Yeyyyyyy hama shaun ey dhw

    1. Eemyaa says:
      August 25, 2017 at 12:46 am

      Hehe lets see dw Nyygo9

  15. Esfiyaa ge zuvaana says:
    August 24, 2017 at 11:46 pm

    Adhi ves maa kuree adhi dhigu kohlaa eyrun vara hab vaane

    1. Eemyaa says:
      August 25, 2017 at 12:48 am

      I’ll try esfiyaa ge zuvaanaa
      Thanks ☺☺☺

  16. khajja says:
    August 25, 2017 at 1:13 am

    Ohhh masha allah v rythi v furihama when nxt prt avskolladhybala plx plx gud nyt ly????❤❤???

    1. Eemyaa says:
      August 25, 2017 at 6:49 am

      Thanks khajja ☺☺
      Next part on Saturday ?
      Ly tooo ???

  17. Xidhan says:
    August 25, 2017 at 6:56 am

    mishal yaa shiureen… ma gulheyy?
    Mi part vess varah salhi
    You have such talent eemyaa??
    Next part ah inthizaaru kuran
    Yaal ge knight in shining armor aki kaakukan balailan ???

    1. Eemyaa says:
      August 25, 2017 at 8:14 am

      Thanks Xidhan ☺☺☺ e dhe kudhin gulhunas keekuraany dw.. Naheek e hury maa kurin shiury reserve koffa viyya ??
      Keep waiting ???heenukuraa kahala gothehves vedhaane dw ??

  18. Maahy❤ says:
    August 25, 2017 at 8:15 am

    Shaun to the rescue… Hehehehe
    Mi Part ves v salhi ❤
    Next Part ge Inthixaar ga

    1. Eemyaa says:
      August 25, 2017 at 3:46 pm

      Hehe ?
      Thanks Maahy ☺☺☺

  19. Sidhu says:
    August 25, 2017 at 8:39 am

    Ohhh obiness to the maxxxxxxxx. ….?????shaUn kanneyge. …may be ????yaal sakarai vaavaguthu easha aa dhimaa vaanama. ….enayah hamalaa eh dheyn. …arun hunnane aga gadu maithiri vefa. ..

    1. Eemyaa says:
      August 25, 2017 at 3:54 pm

      Thanks Sidhu ☺☺☺
      Haha lets see if tht person is shaun or nt ??
      Hehe sidhu ves dw hama eesha aa jassaalaafa ??

  20. Mae says:
    August 25, 2017 at 11:16 am

    Nice ?♥

    1. Eemyaa says:
      August 25, 2017 at 3:55 pm

      Thanks Mae ☺☺☺

  21. Mae says:
    August 25, 2017 at 11:18 am

    ??❤??

    1. Eemyaa says:
      August 25, 2017 at 3:55 pm

      Mae ?

  22. Adha? says:
    August 25, 2017 at 1:03 pm

    Shaun kanneynge dw?.. shaun dhen avahah e easha gandaa rulhivey… ekam mishal ves e ulheny yaal ah proporse kuran.. annekka dhemeehun fight kuraany noon… hehe??
    Varah reethi mi part ves dear
    Waitingss ❤❤❤❤

    1. Eemyaa says:
      August 25, 2017 at 3:59 pm

      Shau ah ves vedhaane
      .. ehn meehakah ves vedhaane hama ?? hehe lets see dw dhn ??
      Thanks a lottt Adha ???

  23. Merr says:
    August 25, 2017 at 4:42 pm

    Waiting for the next part ??

    1. Eemyaa says:
      August 25, 2017 at 8:32 pm

      Thanks Merr ☺☺☺

  24. click a shot says:
    August 25, 2017 at 8:50 pm

    I think it’s shaun…if so easha would be so jealous ? hahaha…..I could imagine how she would be and how shaun is holding yalvy’s hand…mi faharu hyvany ayaany mom ah bust vaanehen…mi part ves varah salhi…appreciate your hard work??

    1. Eemyaa says:
      August 25, 2017 at 10:00 pm

      Hehe lets see ??
      Asluvess ey dw
      Thanks dear thanks a lot ☺???☺

  25. click a shot ? says:
    August 25, 2017 at 8:52 pm

    Camera name ah nulaey comment mi kurevuny..hehe?

    1. Eemyaa says:
      August 25, 2017 at 10:01 pm

      Hehe ???

  26. Song joong ki... KOREAN says:
    August 26, 2017 at 6:32 am

    Hii eem. When nxt part.. Thankolheh avahaa up khladhehchey. Hehe can’t wait to read it.. ‘
    🙂

    1. click a shot ? says:
      August 26, 2017 at 10:42 am

      Your right…asluves mi varah kiyaahivaa vaahakaeh ?Song joong kiyaahihvvany kitha vaahaka mi sitein

    2. Eemyaa says:
      August 26, 2017 at 11:03 am

      Hi dhekudhin ☺
      Miadhu haveerun next part up kohla dheveytho v try kuraanan ☺☺
      V ufaavey thihaa shauguveri kamaa eku mi vaahaaka kiyaalaathy ???
      Thanks dhekudhin ??

    3. click a shot ? says:
      August 26, 2017 at 11:11 am

      Thanks eem I’ll wait for evening☺️

    4. song joong ki..KOREAN says:
      August 26, 2017 at 12:39 pm

      3 or 4 varu ulheynee.. this story, goyye, hithuge milkuveriya, vindhu loabin jehi hithehgaa and etc ( end of thinking capacity 😉 ) hehe adhivx ulheyne dhn kiyaa hiyyvaa vaahaka thah. wbu???

    5. song joong ki..KOREAN says:
      August 26, 2017 at 12:41 pm

      thanks eeem. 😀 ehemma mihaarun fashaigen inthixaaruga, 1234567891011………………..

    6. Eemyaa says:
      August 27, 2017 at 12:19 am

      Wc dhe kudhin ☺

  27. click a shot ? says:
    August 26, 2017 at 1:42 pm

    Mines fav are….yaaru mivany loabey hageegy (this story).vindhu loabin jehi hithega,hithuge milkuveriya,goyye,2:30 and dhurugaviyas..etc..ethanunves enme kiyaahivaa 3stories eh inaany..??

    1. Song joong ki... KOREAN says:
      August 26, 2017 at 4:21 pm

      Yaaaa. Dhurugaaviyas vx aee v reethi story eh. Hehe gud 🙂

Comments are closed.

Next Episodeޔާރު މިވަނީ ލޯތްބޭ ޙަޤީގީ (އަށާރަވަނަ ބައި)←


All Right Reserved!