މި ވާާހަަކައިގެ އިންތިޒާރުގައި ތިއްބެވި ކިއުންތެރިންގެ ކިބައިން ލަސްވާތީ ވަރަށް ބޮޑަށް މަޢާފަށް އެދެން… އަޅުނގަނޑަށް މިވާހަކަ އެންމެ އަވަހަށްވެސް ގެނެސް ދެވެން އޮތީ ނޮވެންބަރ މަހުގައި.. ސަބަބަކީ އަޅުގަނޑަކީ ވަޒީފާއަކަށްދާ އަދިި ކޯހެެއްގައި އުޅޭ މީހަކަށް ވާތީ މިދުވަސްކޮޅު ވަރަށް ވަރަށް ބުރަކޮށް އުޅެންޖެހެނީ… އެސައިންމަންޓްތައް ބައިވަރު ހަދަންޖެހޭ އަނެއްކާ ޓެސްޓް ވެސް ވަރަށް ކައިރިވެއްޖެ..އުންމީދުކުރަން ކިއުންތެރިންނަށް އަންޑަސްޓޭންޑް ވާނެކަމަށް.. އަލުން ގެނެސްދެން ފަށާއިރު ކުރީގެ ބައިތަކުގެ ޙުލާސާ އެއް އިރާދަކުރެއްވިއްޔާ ގެނެސްދޭނަން… އިންތިިޒާރު ކުރައްވާނެކަމަށް […]
ދެ ލޯ ބޮޑުކޮށްލައިގެން މިޝްޔާއަށް ބަލަން ހުރެވުނީ، ފެންނަމުންދިޔަ މަންޒަރު ޤަބޫލުކުރަން ދަތިވެފައެވެ. މޫނުމައްޗަށް އަނދިރިވެ، މީހާ ވެއްޓެން އުޅޭހެން ހީވުމުން، ގާތުގައި ހުރި ޝިއުރީގެ އަތުގައި ހިފަހައްޓާލެވުނެވެ. މިޝްޔާއަށް ވީގޮތް ފެނި، ޝިއުރީއަށްވެސް އޭނާގެ ނަޒަރު ސީދާވެފައިހުރި ދިމާއަށް ބަލާލެވުނެވެ. އެއާއިއެކު، އޭނާއަށްވެސް ދެ ލޯ ބޮޑުކޮށްލެވުނެވެ. ދެ ލޯ އުނގުޅާލީ، ކުރިމަތިން ފެންނަމުންދާ މަންޒަރަކީ، ޙަޤީގަތެއްތޯ ޔަޤީންކޮށްލުމަށެވެ. __________________________________________________________________________________ ކޮނޑުގައި ދަބަހެއް އަޅުވާލައިގެން، ވާޓަރު ކައިރީގައި އެ ހުރީ ޒިކާންކަމަށް، ޝިއުރީގެ ހިތްވެސް […]
“އޯހް ޑޭޑް. އައި އޭމް އިން ލަވް” ޔާނާ ޒިޔާދުގެ ދެކޮޑުގަ ހިފާ އެނބުރިގަންނަމުން ހިނިތުންވެ ހުރެ ބުނެލިއެވެ. “ވޯވް. ހޫ އިޒް ދަ ލަކީ ގާއި” ޒިޔާދުވެސް ބޮޑަކަށް ހިނިތުންވެ ހުރެ ބުނެލިއެވެ. **** “ވަޓް ދަ. ބަލައިގެންނެއް ތި މީހަކަށް ނުހިނގޭތަ؟ އަހަރެންގެ ގަޔަށޭ މި އެ ވެރުނީ” ލާރާ ކަޅިއަޅާލަމުން ޒުވާނާ އަށް ބުނެލިއެވެ. “ޔޫ އަންހެނާ. ތި ގޮއްޔަކަށް ވެސް ބަލައިގެނެއް ނޫޅެވޭތަ؟” އެ ޒުވާނާ ވެސް އެ ރުޅިވެރިކަންމަތީ ބުނެލިއެވެ. […]
އީލާމް ކޮއްޅަށް ތެދުވެ އޭނާގެ އަނގަމަތީގައިވާ ފޮތިގަނޑު ނައްޓާލާ ކުއްލިއަކަށް މޫދަށް ފުންމާލީ އޭނާއަށް ސަލާމަތްވެވޭނޭ ކަމުގެ އުއްމީދުގައެވެ. ޝާމް ފަސްދީގެން ހުރުމުން އީލާމް ފުންމާލުމައެކު ޑިންގީއަށް އައި ލޮޅުމާއެކު އޭނާއަށް ދެކޮޅު ބަލާލެވުނީ އީލާމް ފެނޭތޯއެވެ. އީލާމްގެ ހުށިޔާރު ކަމާއެކު ފެންގަނޑަށް ފުންމާލުމަށްފަހު ފީނާލީ އެ މީހުން ހުރި ސަރަހައްދާ ދުރަށް ދެވޭތޯއެވެ. އިރުއިރުކޮޅުން ބޯ ހިއްލާލުމަށްފަހު ފުންނޭވާއެއްލާ އީލާމް ދެވަރަކަށް މިނެޓް ފީނުމަށްފަހު ފަސްއެނބުރި ބަލާލީ ބޯޓުން ދިއްލާފަ ހުރި ލައިޓް ތަކާއި ދުރަށް […]
“ނިއަމް އަހަރެން..ކީއްވެ” މަލަކާއަށް ބުނަން އުޅުނު އެއްޗެއް ފުރިހަމަ ނުކުރެވުނީ ބުނަންވީ ކީއްކަމެއް ނޭނގޭތީއެވެ. “މަލަކާ ވިލް ޔޫ މެރީ މީ” ނިއަމް އޭނާގެ ފަހަތުން މާބޮޑިއެއް ދިއްކޮށްލަމުން ބުނެލިއެވެ. އެޔާއެކު މުޅި ތަނަށް ހަމަހިމޭންކަން ވެރިވިއެވެ. މަލަކާ ބުނާނެ އެއްޗެއް ނޭނގިފައި ހުރި އިރު ޝައިމް އަށް އޭނާ ކުރިމަތިން ފެންނަމުން ދިޔަ މަންޒަރު ގަބޫލުކުރަން ދަތިވެފައި ހުއްޓެވެ. މަލަކާ އެލޯތްބަށް އާބަސް ބުނިތާ އަދި މިވީ އަތުން ގުނާލެވޭހާ މަދު ގަޑިއިރުތަކެކެވެ. އެހާ އަވަހަށް […]
ކުރިމަތީގައި ހުރި މަހުދީ ފަހަތަށް އެނބުރިބަލާލިއިރު އެތާނގައި ހުރި ލަޔާން އަވްލީންއަށްވެސް ފެނުނެވެ. ދެމީހުން ބަލާލުމާއެކު ލަޔާން ހިނިއައިސްފަހުރެ މަހުދީއަށް ބުމަ އަރުވާލިއެވެ. އެވަގުތު ކާގެއަށް އައިސް ވަން ވިޝާކާ ފެނުމުން ތިން މީހުންވެސް ތިބީ ހުއްޓުން އަރާފައެވެ. “އަވްލީން ހިނގާ ދާން.. ސަރ އެބައިން އައިސް..” ވިޝާކާ ތިން މީހުންގެ މޫނަށް ވަކި ވަކިން ބަލާލުމަށްފަހު އަވްލީން ކައިރީ ބުންޏެވެ. “ދޮންބެ އެން ލަޔާން ކާން އައިސްތަ ތިތިބީ” ވިޝާކާ ދާން އުޅެފައިވެސް އަލުން މަހުދީ […]
ލާމިހް މެން އުޅޭ ބަޔަށް ލިފްޓް މަޑުކޮއްލުމާއެކު ތިން މީހުން ނުކުތެވެ. އެތެރެއަށް ވަންނަން ހިނގައިގަތް ލާމިހް އީރަމް އާއި ހަނާއަށް ބަލާލިއެވެ. “އެތެރެއަތް ވަންނަންވީނުން..” ލާމިހް އެހެން ބުނުމާއެކު ހަނާ ބަލާލީ އީރަމްއަށެވެ. “އެހެން ފަހަރަކުން ދޯ..” އީރަމް ހިނިތުންވެލަމުން އެހެން ބުނުމާއެކު ހަނާ ވެސް އެއްބަސްވެލިއެވެ. “އޯކޭ..މިތާ މަޑުކޮއްލައްޗޭ..އެބަ އަންނަން..ވަރަށް އަވަސްވާނެ..” ލާމިހް ދޮރު ހުޅުވާލި އަޑަށް ސޯފާގައި އިން ލޫނާ ބޯ އަރިކޮއްލާ ބޭރު ބަލާލިއެވެ. ދެ އަންހެން ކުދިން ތިބި އިރު […]
“ރަމްލާ ދޯ” މައިސަރާގެ އަޑުން ރަމްލާ ދިޔައީ އެއްލިގެންންނެވެ. ލަސްލަހުން އެނބުރިލީ އެއީ މައިސަރާ ކަން އެނގިގެނެއް ނޫނެވެ. ނަމަވެސް ކުރިމަތީގައި ހުރި މައިސަރާ ފެނުމުން ރަމްލާގެ މޭ ކެކިގަތެވެ. ދެފަރާތް ހޯދާލެވުނީ މައިސަރާ އާއި އެކީގައި ފީރޯޒާ ވެސް ހުރި ކަމަށެވެ. “ހާދަ ސިއްރުން. އެނގިއްޖެތަ މީ ކާކު ކަން” ސަލާމަށް އަތް ދިއްކޮށްލަމުން މައިސަރާ އަހާލިއެވެ. ރަމްލާ ވެސް ސަލާންކޮށްލަމުން މައިސަރާގެ ބުރަކަށީގައި ފިރުމާލީ އޭނާ އަށް ކާކުކަން އެނގިއްޖޭ ބުނަމުންނެވެެ. “ދުނިޔޭގަ އެބައުޅެންދޯ. […]
އެތެރެއަށް ވަދެފައި ފަރީދު ދޮރު ތަޅުލުމުން ޔުމްނާގެ ހިތް ބާރުބާރަށް ތެޅެން ފެށިއެވެ. ފަރީދު އޭނާއަށް ބަލަހައްޓައިގެން ހުރި ނަޒަރުން އޭނާއަށް އުނދަގޫވަމުން ދިޔައެވެ. ފަރީދު މަޑުމަޑުން ގާތްވަމުން ދިޔަ ވަރަކަށް ޔުމްނާ ފަހަތަށް ޖެހެންފެށިއެވެ. އޭނާއަށް ހިންދިރުވާލެވުނީ ބިރުގަނެފައި ހުރިވަރުންނެވެ. ފަރީދު އައިސް އެނދުމަތީގައި އިށީނެވެ. އަދި ޔުމްނާއަށް އޭނާ ގާތު އިށީނުމަށް އިޝާރާތްކޮށްލިއެވެ. ޔުމްނާ އިށީންދެ އިސްޖަހާލިއެވެ. ދެއަތް ދެއަތާ މޮޑެމުން ދިޔައިރު އެހިތުގައި ވަނީ ބޮޑު ހައިޖާނެއް އުފެދިފައެވެ. “ރަނގަޅުތަ ކަންތައްތައް؟” ފަރީދު […]