Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިލޯބި

02:30 ނަވާވީސްވަނަ ބައި

Ushaali Level 810 Stories100 Comments100 Stories500 Comments
September 21, 2017 8 Mins Read
28 Comments

“ރަމްލާ ދޯ” މައިސަރާގެ އަޑުން ރަމްލާ ދިޔައީ އެއްލިގެންންނެވެ. ލަސްލަހުން އެނބުރިލީ އެއީ މައިސަރާ ކަން އެނގިގެނެއް ނޫނެވެ. ނަމަވެސް ކުރިމަތީގައި ހުރި މައިސަރާ ފެނުމުން ރަމްލާގެ މޭ ކެކިގަތެވެ. ދެފަރާތް ހޯދާލެވުނީ މައިސަރާ އާއި އެކީގައި ފީރޯޒާ ވެސް ހުރި ކަމަށެވެ.

“ހާދަ ސިއްރުން. އެނގިއްޖެތަ މީ ކާކު ކަން” ސަލާމަށް އަތް ދިއްކޮށްލަމުން މައިސަރާ އަހާލިއެވެ. ރަމްލާ ވެސް ސަލާންކޮށްލަމުން މައިސަރާގެ ބުރަކަށީގައި ފިރުމާލީ އޭނާ އަށް ކާކުކަން އެނގިއްޖޭ ބުނަމުންނެވެެ.

“ދުނިޔޭގަ އެބައުޅެންދޯ. ދައްތައަށް ފެނިއްޖިއްޔާ ހާދަ އުފާވާނޭ… ކީއްވެތަ ކުއްލިއަކަށް ފިލައިގެން ދިޔައީ. ދައްތަމެން ވަރަށް ހިތާމަކުރި. ފަރުހީންގެ މަރުގެ ސަބަބުން އެހިތާމާއިގާ ދައްތަމެން ވަނިކޮށް އަނެއްކާ ރަމްލާ ވީނުވީއެއް ނޭނގި ގެއްލުނީ” މައިސަރާ ބުނެލިއެވެ. ދެމީހުން ވާހަކަދެއްކީ ފިހާރަތެރޭގައި އުޅޭ އެހެން ކަސްޓަމަރުންނަށް އުނދަގު ނުވާނޭހެން އެއްކައިރިއަކަށް ޖެހި ތިބެއެވެ.

“އަހަރެން ނުފިލަން. އަހަރެންނަށް ދިމާވީ ވަރަށް ދެރަގޮތެއް. މިހާރު ކިޔައެއްނުދެވޭނެ. އެކަމަކު ވަރަށް އަވަހަށް އެނގޭނެ. އަހަރެން ދަނީ” މައިސަރާ އަށް އެއްޗެއް ބުނާނެ ފުރުޞަތެއް ދިނުމެއްނެތި ރަމްލާ ފިހާރައިން ނިކުމެ ދުރުދުރުގައި ފިަޔަވަޅު އަޅަމުން އެންމެ ކައިރީގައި އޮތް ހިމަ ގޯޅިގަނޑަށް ވަނެވެ.

******************************************************************************

އަނެއް ދުވަހުގެ އެރި އިރާއެކު މައިސަރާ ފީރޯޒާ އާއި ބައްދަލުކުރިއެވެ. ކާމޭޒުކައިރީގައި ސައިބޯން ތިބީ ފީރޯޒާ އާއި މައިސަރާގެ އިތުރުން ރަޔާހީނެވެ.

“ދައްތަ ހަނދާންވޭތަ އެއްކަލަ ރަމްލާ. މިގޭގައި ވަރަށް ގިނަ ދުވަހު މަސައްކަތް ކުރިއެއްނު” މައިސަރާގެ ޖުމްލައިން ފީރޯޒާ އަށް ތެޅިގަނެވުނެވެ. ތުނބުގައި ނުޖަހައި ސައިތަށި ރަޔާހީން ވެސް އަލުން މޭޒުމަތީގައި ބެހެއްޓިއެވެ. މައިސަރާ އަށް ބަލާލީ ފާޑަކަށެވެ.

“ރަމްލާއްތަ އަށް ކިހިނެއްވީ؟” ހާސްކަމެއްގައި އިން ފީރޯޒާ އަށް އިތުރު ހާސްކަމެއް ރަޔާހީންގެ އެޖުމްލަ އިން ގެނުވިއެވެ.

“ރަމްލާއްތައޭ…” މައިސަރާ އަށް ބުނެވުނެވެ.

” އާނ… މަންމަ ރައްޓެހި މީހެއް އުޅޭނެ ރަމްލާ ކިޔާ. ހީކުރީ އޭނާގެ ވާހަކަކަމަށް. ވަރަށް ގިނަދުވަސްވެއްޖެ ނުފެންނަތާ” ރަޔާހީން އިސްޖަހާލަމުން ބުނެލިއެވެ.

“ބޮޑެތިމީހުން ދައްކާ ވާހަކައަށް އަނގަނުލާ އިނދޭ…މިދައްކަނީ ރަޔާހީނާއި ބެހޭ ވާހަކައެއް ނޫން. މިދޭތެރެއަކުން މައިސަރާ ވަނީ ރަޔާހީނާއި ވަރަށް ލޯބިން ވާހަކަދައްކާފައެވެ. ނަމަވެސް އަނެއްކާ ވެސް މައިސަރާގެ ނުރުހުންތައް އޭނާ އަށް ލިބެންފެށީ ކީއްވެކަމެއް ނޭގެއެވެ. ފީރޯޒާ މައިސަރާ އަށް ބަލާލީ މައިސަރާ އެގޮތަށް ރަޔާހީނާއި ވާހަކަދެއްކުމުންނެވެ. ރަޔާހީން ދެރަވިިއެވެ. އެތަނުން ތެދުވެގެން ދާން އުޅެފައިވެސް މަޑުކުރީ ރަމްލާ އާއި ބެހޭ ގޮތުން އެމީހުން ދައްކަނީ ކޮންވާހަކައެއްތޯ ބަލަން ބޭނުންވުމުންނެވެ.

“ދައްތަ އަށް އެނގޭތަ؟ އޭނަ ބުނީ ތިމަންނަ ނުފިލަމޯ. ވަރަށް ދެރަގޮތަކަށޯ ދިމާވީ. ފަހުން ކިޔާދޭނަމޭ ވެސް ބުނި. ނިކަން އަވަހަށް ރައްކާވެއްޖެ އެތަނުން. އެނގޭ ވަރަށް ސިއްރުންކަން އުޅެނީ ލައިގެން ހުރި ހެދުމުން ވެސް” މައިސަރާގެ ވާހަކަތަކުން ފީރޯޒާގެ ހާސްކަންވީ އިތުރެވެ.

“ކޮންތަކުން އޭނަ ފެނުނީ. ނިކަން މިގެއާއި ހަމައަށް ގެނައިނަމަ” ހިތްހަމަނުޖެހިފައި ފީރޯޒާ ބުނެލިއެވެ.

“މިގޭ ކައިރީގައި ހުރި ފިހާރައިން ފެނުނީ. އަދި ފެންނާނެއްނު މާލޭގައި އުޅެންޏާ” މައިސަރާ ބުނެލިއެވެ. މޫނުބުރުގާ އަޅައިގެން ހުރި ރަމްލާ މައިސަރާ ކައިރިއަށް ގެނެސްދިން ކަޅުސައިތަށިން ކޯވަރެއް ބޯލަމުން ބުނެލިއެވެ. އެވަގުތު އެތަނުގައި އިން ރަޔާހީނާއި ރަމްލާގެ ހަތަރުކަޅި ބައްދަލުވެ ލޮލުން ކޮންމެސް އެއްޗެއް އަންގާދިނެވެ. ރަޔާހީން ތެދުވެގެން ދިޔުމުން މައިސަރާ އަނގައަށް ގޮތެއް ހަދާލިއެވެ.

“ސަރާ ކީއްވެ ހީން ދެކެ ހިތްހަމަނުޖެހިފަ ތީނީ” ފެނުނު މަންޒަރަކުން ފީރޯޒާ އަހާލިއެވެ.

“ނޭނގެ ދައްތާ. ތިވާހަކަ ނުދައްކާ. އިރުފާންކޮއްކޮގެ އަންހެނުންނަށް ވީތީ އެއްޗެއް ނުބުނަން ވަރަށް ހުރިން. އަހަރެންނަށް އެހާ ކަމުދާ ކުއްޖެއް ނޫން އެއީ ކުރިން ވެސް. ކުރިން އެކަން ނާންގަން ހުރީ” މައިސަރާ ފޫހިކަމާއެކު ބުނެލިއެވެ. ފީރޯޒާ ދެފަރާތަށް ބޯތަޅުވާލީ އެމީހުން ގެންގުޅޭ ވިސްނުމެކޭ ހިތަށް އަރާފައެވެ.

 

ސިޑިމަތީގައި ހުރެ ރޮމުންދިޔަ ރަޔާހީން ހުރީ އިސްޖަހާލައިގެންނެވެ. އަތުގައި އޮތް ފޮޓޯ ފްރޭމަށް ދޭތެރެއަކުން ބަލާލައެވެ. އެއަށްފަހު އެ ފްރޭމް މޭގައި ޖައްސާލާނެއެވެ. ފަހަތުން އައި އިރުފާން ރަޔާހީނާއި އެއްހަމައެއްގައި ހުއްޓުމަށްފަހު ރަޔާހީންގެ ކޮނޑުގައި އަތް ޖައްސާލިއެވެ. ރޮވިފައި ހުރި ރަޔާހީން ކުޑަކޮށް ދުރަށް ޖެހިލުމަށްފަހު ދެލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފޮހެލިއެވެ. އަދި ބަލާކަށް ނުހުރެ އަތްތިލައިގެ ހޫނުކަން އަރުވާލީ އިރުފާންގެ ކޯތާފަތް މައްޗަށެވެ.

“ތިއީ ޤާޠިލެއް” ރަޔާހީން ޖެހި ތަނުގައި އަތް އަޅައިގެން ހުރި އިރުފާން އެއްޗެއް ބުނާނެ ފުރުޞަތެއް ވެސް ނުދީ ރަޔާހީން ކުރިއަށް ދުއްވައިގަތެވެ. ވަށައިގެން ކެމެރާތައް ހިފައިގެން ތިބި މީހުން އެމަންޒަރު ފޮޓޯނަގަމުން ވީޑިއޯ ކުރަމުން ދިޔައެވެ. ރަޔާހީން އެކަމަށް ފަރުވާލެއް ނުބަހައްޓާ ދުވެފައި ގޮސް ވަނީ މީހުން ތަކުގެ ތެރޭގައި އެމަންޒަރު ބަލަން ހުރި ވިކްޔަންގެ އަތުގެ ތެރެއަށެވެ.

ނިދާފައި އޮތް ވިކްޔަން އަށް ދެލޯ ހުޅުވާލެވުނީ ހަމަ ކުއްލިއަކަށެވެ. އެއްއަތުން ބެޑްލައިޓް ޖައްސާލުމަށްފަހު އޭނާ ތުނިކޮށް ފަޅަންފަށާފައި ހުރި ތުނބުޅީގައި އަތް ހާކާލިއެވެ. ކައިރީގައި އޮތް ފޯނުނަގާ ގަޑި ބަލާލިއެވެ. މެންދަމު ތިނެއް ޖެހީއެވެ. އޭނާ އެނދުމަތިން ތެދުވެ ކޮޓަރި ތެރޭގައި ދެފަރާތަށް ހިނގަން ފެށިއެވެ. ދެންމެ އެފެނުނު ހުވަފެނާއި މެދު ވިސްނަންވީ އެއްޗެއް އޭނާ އަށް ނޭނގޭއެވެ. “ތިއީ ޤާޠިލެއް” ރަޔާހީން އެނަމުން ދޮންބެއަށް މުހާތަބް އެކުރީ ކީއްވެހެއްޔެވެ؟ ރަޔާހީން އެގެންގުޅުނީ ކޮން ފޮޓޯ ފްރޭމެއް ހެއްޔެވެ؟ ދޮންބެ މޫނުމަތީގައި ޖެހީ ކީއްވެ ހެއްޔެވެ؟ އެންމެން ފޮޓޯ ނަގަމުން ދިޔައީ ކީއްވެ ހެއްޔެވެ؟ އެހުރިހާ މީހުންގެ ތެރެއިން ހީން އަހަރެން ފާހަގަކޮށް އަހަރެންގެ ދެއަތް ތެރެއަށް ވަނީ ކީއްވެ ހެއްޔެވެ؟ މީ ކޮން ކަންތައްގަނޑެއް ހެއްޔެވެ؟ އަނެއްކާ ބޮޑު ކަމެއް ވާން އުޅެނީ ހެއްޔެވެ؟ ޖަވާބު ނުލިބޭ އެތައް ސުވާލުތަކަކުން ވިކްޔަންގެ ސިކުނޑި އެދަންވަރުގައި ކަމުން ދިޔައެވެ. އޭނާ އެނދުގައި އިށީނދެލިއެވެ. ދެއަތުން މޫނުމަތީގައި އަތް ހާކާލީ އުދާސްތައް ފިލުވާލުމަށެވެ. އެންމެފަހުން އޭނާގެ ސުވާލުތަކުގެ ޖަވާބު ނުލިބޭނެކަން އެނގުމުން އޭނާ އަލަމާރިން ޓީޝާޓެއް ނަގައިގެން ނިކުތީ ބެލްކަންޏަށެވެ. އުޑުމަތީގައި އެހެންރޭރޭ ރަސްކަން ކުރަމުންދާ ހަނދު މިރޭ ފެންނަން ނެތުމުން ދުނިޔެއަށް ވަނީ ފަޅުކަމެއް އައިސްފައެވެ. އޭނާގެ ސިކުނޑި ވެސް އެފަދައެވެ. އެސުވާލު ތަކުގެ ޖަވާބު ނުލިބެނީސް އޭނާ އަށް ހަމަޖެހުމެއް ނުލިބޭނެއެވެ. ނަމަވެސް ނޭނގެނީ އޭނާ އަށް އެސުވާލު ތަކުގެ ޖަވާބު ދޭނެ މީހެކެވެ. އެތައް އިރަކުން ބެލްކަނީގައި ހުރުމަށްފަހު އޭނާ ކޮޓަރިއަށް ވަނީ އެސުވާލުތަކުގެ ޖަވާބު އޭނާ އަމިއްލަ އަށް ހޯދައިގެންނެވެ. އޭނާގެ ހިތާއި ސިކުނޑި އާއި އެތައް ހަނގުރާމައެއް ކުރުމަށްފަހުގައެވެ.

ވިކްޔަން ހުއްޓުނީ ޑްރެސިންގްޓޭބަލް ކުރިމަތީގައެވެ. އަމިއްލަ ސޫރައަށް ފަރުވާތެރިވެ ބަލާލިއެވެ. “ވިކްޔަން! އަޑުއަހާ. ހުވަފެނަކީ ބިލާހެއް. ހުވަފެނުން ކޮންމެފަދަ އެއްޗެއްވެސް ފެނިދާނެ. އެންމެ ރަނގަޅު ގޮތަކީ ތިކަންތައް ހިތުން ފޮހެލުން” އެއްވެސް ހަރަކާތެއްނެތި ހުއްޓިހުރ ވިިކްޔަން އަށް އޭނާގެ އަމިއްލަ ހިތުގެ އަޑު އިވުނެވެ. އޭނާ ހިތާއި ސިކުނޑި އާއި އެތައް ހަނގުރާމައެއް ކުރި ފަހުން ލިބުނު ޖަވާބަކީ އެއީއެވެ. އޭނާ އަލުން އެނދަށް އެރީ އިރު އެރުމާއި ދެމެދުގައި ބާކީ އޮތް ވަގުތުކޮޅުގައި ނިދާލުމަށެވެ.

މިރޭ ވެސް ކޮޓަރިއަށް އައިސް ވަން އިރުފާން ދެރަވެފައި ބަލާލީ ރަޔާހީނަށެވެ. މިހާރަކަށް އައިސް ރަޔާހީން އަބަދު ހުންނަނީ ކޮންމެސް ކަމަކާއި ރުޅި އައިސްފައެވެ. ކުރިން އިރުފާނާއި ދިމާލަށް އެއްޗެއް ނުބުނާ ރަޔާހީން މިހާރު ކޮންމެ އެއްޗެއް ބުނާކަށް ވެސް ފަހެއް ނުޖެހެއެވެ. އެކަމާއި އިރުފާން ވިސްނާ ވިސްނާ ހުރީ މޮޔަވާން ގާތްވެފައެވެ. ފާޚާނާ އިން ނިކުތް ރަޔާހީނަށް އިރުފާން ބަލާލިއެވެ. ރަޔާހީން ހީވެސްނުލާ އަލާމާރި ކައިރިއަށް ހުއްޓި އިސްތިރި ކުރަންވީ ސާމާނު ހިފައިގެން ކޮޓަރިން ނިކުންނަން ދިޔައެވެ.

“ހީން” އިރުފާން ގޮވާލިއެވެ.

“ކިހިނެއްވީ” ރުންކުރު ގޮތަކަށް ރަޔާހީން ޖަވާބު ދިނެވެ.

“އާދެބާ ކުޑަވަގުތު ކޮޅަކު މިތާ އިށީނދެލަން” އިރުފާން ކައިރިން ތަން ދައްކަމުން ބުނެލިއެވެ. ރަޔާހީން ދެވިސްނުމެއްގައި ހުރެފައި އައިސް އިރުފާން ކައިރީގައި އިށީނެވެ.
“ހީން މިހާރު ކީއްވެ އަބަދު ރުޅިއައިއްސާ ހުންނަނީ. ތިހެން ނުހުރެބަލަ. ޕްލީޒް” ރަޔާހީން އިރުފާނަށް ބަލާލީ ދެބުމަ ގޮށްޖަހާލަމުންނެވެ.

“އިރޭ އެހެންމީހުން ކިައިރީގައި ތިގޮތަށް ‘ޕްލީޒް’ ބުނީމަ މަށަށް ވަރަށް އޮޑު. އަޅެ ހަނދާންކޮށްބަލަ ނިކަމެތި ހާލެއްގައި އޮތް އަންހެންކުއްޖެއް ދުވަހަކު ވެސް އިރޭ ކައިރީގައި އެއްވެސް ކަމަކަށް އެދި އާދޭސް ކުރިތަ؟ ރަނގަޅަށް ހަނދާންކޮށްފަ ބުނެބަލަ” އިރުފާން ތެޅިގަތެވެ. ދުރަށް ބަލާލުމަށްފަހު ދެން ބަލާލީ ރަޔާހީނަށެވެ.

“ތިބުނާފަދަ ހާލަތެއްގައި އަންހެނެއް ކީއްކުރަން ފިރިހެނަކު އޮށްވާ މަށެއް ނުދެކެން. އެހެންނޫނަސް ހީން ތިހީކުރާހާ ރަހުމެއްނެތް މީހެއް ނޫން މަށަކީ” އިރުފާން ބުނެލިއެވެ. ރަޔާހީން އެތެރެހަށީގައި އުތުރި އަރައިގަތް ރުޅިގަނޑު ކޮންޓްރޯލްކުރުން ވީ އުނދަގު ކަމަކަށެވެ. އޭނާ ދެއަތްތިލަ މުށްކަވާލެވުނީ އިޚްތިޔާރަކާއި ނުލައެވެ. އިރުފާނަށް ބަލަން ހިނދުކޮޅަކު އިންއިރު އެބެލުމުން އިރުފާނަށް އިންޒާރެއްދޭ ކަހަލައެވެ. އެންމެފަހުން ރަޔާހީން އެތަނުން ތެދުވެގެން ދިޔައީ އިރުފާން ގޮވަގޮވާ ހުއްޓައެވެ.

ކުއްލިއަކަށް އިރުފާން ސިކުނޑީގެ އެއްކަނަކުން ވާހަކައެއް ބުނެދިން ކަހަލައެވެ. ރަޔާހީނަށް އޭނާގެ ބޮޑު ސިއްރުން ކޮންމެސް މިންވަރެއް އެނގިއްޖެކަމުގައި ހީވިއެވެ. އޭނާ ދެން މަސައްކަތްކުރީ ރަޔާހީންގެ ސިކުނޑިން އެކަން ނެރެ އެއްލާލުމަށެވެ.

ދަތުރު ނިންމާފައި ގެއަށް އައިސް ވަން ވިކްޔަން ސިޓިންގްރޫމު ސޯފާގައި ކޮފީ ބޯންތިބި މައިސަރާ އާއި ބައްޕަ ޖުނައިދު އަށް ހިނިތުންވުމެއް ދިނެވެ. މައިސަރާގެ އެދުމުގެ މަތިން ހެދުން ބަދަލުކުރުމަށްފަހު މަންމަ އާއި ބައްޕަ އާއި އެކީގައި ކޮފީގައި ބައިވެރިވުމަށް ތިރިއަށް އައެވެ. ވަގުތަކީ ހަވީރުގެ ވަގުތެވެ. ވިކްޔަން ޖުނައިދު ކައިރީގައި ސޯފާގައި އިށީނުމުން މައިސަރާ ކޮފީ ހަދައިގެން ގެނެސް ވިކްޔަން އަށް ދިނެވެ.

“ބައްޕަ ރިސޯޓަށް ދާ ވާހަކަ ބުނެފައި ކިހިނެއް ތިހެދީ” ކޮފީތަށީގައި ކުޑަކޮށް ތުން ޖައްސާލަމުން ވިކްޔަން ބުނެލިއެވެ.

“އިޝާނަމާދަށްފަހު ފުރުން އޮތީ. އެކަމަކު މިވަގުތު ދަރިފުޅާ ދައްކަންޖެހޭ މުހިއްމު ވާހަކައެއް އޮތީމަ ގޭގައި މަޑުކޮށްލައިގެން މީނީ. އެހެންނޫނީ މިވަގުތު މީ ބައްޕަ މިސްކިތުގައި އިންނަންވީ ގަޑިއެއް” ޖުނައިދު އޭނާގެ ދަރިފުޅުގެ ކޮނޑަށް އަތް އެއްލަމުން ބުނެލިއެވެ.

“މާފްކުރޭ ބައްޕާ. އަޅުގަނޑު ތަންކޮޅެއް ލަހުންދޯ މިއާދެވުނީ. ބައްޕަ މަޑުކުރަންޖެހުނީތީ ސޮރީ” ވިކްޔަން އަދަބުވެރިކަމާއެކު ބުނެލިއެވެ.

“އެއީ އެވަރުގެ ކަމެއް ނޫން. ބައްޕަ ޖަލުގައި ހޭދަކުރި އަހަރުތަކުގައި ދަރިފުޅުމެންގެ ދެކުދިން ކިހާ ވަގުތެއް ބައްޕަގެ އިންތިޒާރުގައި ހޭދަކޮށްފައިވާނެ. އެހެންވީމާ އޭރާއި ބަލާފައި މިތާ ބައްޕަ މަޑުކޮށްލަން ޖެހުނު ތިން ގަޑީރު ނުވާނެއްނު އެއްވެސް އެއްޗަކަށް” ޖުނައިދު ހީލަމުން ބުނެލިއެވެ. މައިސަރާވެސް ހީލައިގެން ދެބަފައިންގެ ވާހަކަދައްކާ އަޑު އަހަން އިނެވެ.

“ބައްޕަމެން ކޮން ވާހަކައެއް ދައްކަން ތިއުޅެނީ” ވިކްޔަންގެ ހިތް ކުޑަކޮށް ތެޅިލީ އޭނާގެ މައިންބަފައިން ދައްކަން އުޅޭ ވާހަކައެއް ނޭނގުމުންނެވެ.

“އެވާހަކަ ބައްޕަ އަށް ވުރެ ފަސޭހަވާނީ މަންމަ އަށް ދައްކަން” މައިސަރާ އަށް ބަލާލަމުން ޖުނައިދު ބުނެލިއެވެ. އެހިނދު ވިކްޔަން ކޮންވާހަކައެއްހޭ އަހާލާ ކަހަލަ ގޮތަކަށް މައިސަރާ އަށް ބަލާލިއެވެ. މައިސަރާ އޭނާގެ އަތުގައި ހުރި ކޮފީތަށި މޭޒުމަތީގައި ބެހެއްޓުމަށްފަހު ފުން ނޭވައެއް ލިއެވެ. ވާހަކަދައްކަން ފަސޭހަވާނެ ގޮތަކަށް އޭނާގެ ހަށިގަނޑު ހަމަޖައްސާލިއެވެ.

ދަރިފުޅާ! މަންމަ އާއި ބައްޕަ ދުވަހަކަށްފަހު ދުވަހެއް މިދަނީ މުސްކުޅި ވަމުން. ދަރިފުޅުގެ ފަރާތުން މަންމަ އާއި ބައްޕަ ބޭނުންވާ ވަރަށް ބޮޑު އެއްޗެއް އެއީ މާމަ ދަރިއެއް. ދަރިފުޅު ނިކަން ބުނެބަލަ؟ މިގެއަށް ނިހާ ގެންނާނީ ކޮންއިރަކުން” މައިސަރާގެ ވާހަކަތަކުން ވިކްޔަންގެ ހިތް މިލާ މޮޅިވެގެން ދިޔައެވެ. އެތެރެއިން އޭނާގެ ހިތުގައި ލޭގެ ކޯރެއް ހެދެމުން ދާއިރު މޫނުމަތިން މަންމަ އާއި ބައްޕަ ހިތްހަމަޖައްސައި ދިނުމަށްޓަކައި ފޭކް ހިނިގަނޑެއް ޖަހާލިއެވެ.

“އެވަރު ވާހަކައެއް ބުނަން. މަންމާ އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް. މިއުޅެނީ ޗުއްޓީ ކަންތައް އަދި ހަމަނުޖެހިގެން. ނިހާ ވަރަށް އަވަހަށް އަންނާނެ މިގެއަށް” ވިކްޔަން އޭނާގެ މަންމަގެ އަތްތިލަ އޭނާގެ ދެއަތްތިލައިގެ ތެރޭގައި ފޮރުވާލަމުން ބުނެލިއެވެ.

 

އާދުވަހެކެވެ. ވިއްސާރަ ދުވަސްތަކަށްފަހު މިއަދު މީ އިންސާނުންގެ ރޯހަންތައް އަންދާލާ ފަދަ ދިލަ އަތްވެއް ދިއްލާފައިވާ ދުވަހެކެވެ. އިރުފާން ހެނދުނު ސައި ބޮޮއެގެން ކޮޓަރިއަށް އައިސް ވަންއިރު ރަޔާހީން ވަރަށް ފާޑަކަށް އެނދުގައި އިނެވެ. އިރުފާނަށް ބަލާލީ ވެސް ފާޑަކަށެވެ. ރަޔާހީންގެ ބަދަލުވަމުންދާ މިޒާޖާއި ދޭތެރޭގައި އިރުފާން ވިސްނާ ވިސްނާ ވެސް އޭނާގެ ހިތާއި ސިކުނޑިން އެއްވެސް ޖަވާބެއް ނުނެރެވުނެވެ.

“މިއަދު ހީން ރަނގަޅު ދުވަހެއްބާ…..”  ކުއްލިއަކަށް އިރުފާން ސިހުނީ ރަޔާހީން ފުންމައިގެން އައިސް އޭނާގެ ގަމީހުގެ ގިރުވާނުގައި ހިފުމުންނެވެ.

“ކީކޭ ހިތަށް އަރައިގެން މީހަކު މަރާލީ. އެއްޗެކޭ ހިތަށް ނާރާތަ ﷲ ހައްދަވާފައިވާ މަޚްލޫޤެއް މިދުނިޔެއިން ނެތިކޮށްލިއިރު” ރަޔާހީން ރުޅިއައިއްސާ ވާހަދައްކަމުން ދިޔައިރު އޭނާގެ ހިތުގައި އުފެދުނު ހިތްދަތިކަމެއްގެ ސަބަބުން ދެލޮލުން ކަރުނަ އަންނަން ވެސް ފަށައިފިއެވެ. އޭނާގެ މޫނުމަތިން ހިތާމަ އާއި ރުޅި އެކުވެ ފާޅުވާން ހުރި ކުލަތަކުން އިރުފާން ހުރީ އޭނާގެ ދިފާޢުގައި ދައްކަންވީ ވާހަކައެއް ނޭނގިފައެވެ. އެ ހަޤީޤަތް ރަޔާހީނަށް އެނގުނު ގޮތަކާއި މެދު ވިސްނާކަށް ރަޔާހީން އޭނާ އަށް ވަގުތެއް ނުދިނެވެ.

“ބުނެބަލަ؟ ކީއްވެ އެހެން ހެދީ” އިރުފާންގެ ގިރުވާނަނުން ދޫކޮށްލައިގެން ރަޔާހީނަށް ރޮމުން ގޮސް އިށީނދެވުނީ އެނދުގައެވެ.

“ސޮރީ މަގޭ ފުރާނަޔާ…. އެކަން އަހަރެން އަތުން ކުރެވުނީ ހީންގެ ލޯބި ހޯދުމަށްޓަކައި” މޫނުގައި އަތް އަޅައިގެން ރޮމުން ދިޔަ ރަޔާހީނަށް ސިހުމެއް ލިބުނީ އިރުފާން މިމޭރުމުން ވާހަކަދެއްކުމުންނެވެ.

“އެހެންވީމަ އިރޭ ކޮށްފާނަންދޯ އެކަހަލަ ކަަމެއް. އެހެންވީމަ އަހަރެންނަށް މިފެނުނު ހުވަފެން ހަޤީޤަތަކަށް ހަދާނަންދޯ. މީހަކު ހަމަ މަރާލާފާނަންދޯ” ކުއްލިއަކަށް ރަޔާހީންގެ ވާހަކަދެއްކުމުގެ ރާގު ބަދަލުވެގެން ދިޔއުމުން އިރުފާންގެ ހިތާއި ސިކުނޑި މިސްރާބުޖެހީ ބޮޑު އޮޅުންގަނޑަކާއި ދިމާލަށެވެ. އޭނާ އެއްފަހަރު ރަޔާހީނަށް އަނެއް ފަހަރު ދުރަށް ބަލާލައެވެ.

“އަހަންނަކަށް ނުވިސްނުނު ހީން ތިކިޔާ އެއްޗެއް. ތި ނިކަން އެހެންމީހަކަށް އެނގޭނެހެން ތަންކޮޅެއް ސާފުކޮށް ކިޔާބަލަ” އިރުފާން ނުރުހުންވެފައި ތަންކޮޅެއް ބާރަށް ބުނެލިއެވެ. ހަޤީޤަތުގައި އިރުފާންގެ ސިކުނޑި ހުރީ ސުމަކަށް ގޮސް މުޅިން ބަލިވެފައެވެ. ރަޔާހީން އަދި ހުއްޓާލާނީ އޭނާ މޮޔަ ކޮށްލާފައެވެ.

“އަހަންނަކަށް ވެސް ނޭނގުނު އިރޭ ތިކިޔާ އެއްޗެއް. އަހަރެންނަށް އެނގެނީ އަހަރެންނަށް ހުވަފެނުން އިރޭ އަންހެންކު މަރާލަނިކޮށް ފެނިއްޖެކަން” ރަޔާހީން އެހެން ބުނުމާއެކު އިރުފާނަށް ހީވީ ނުވިސްނާ ހުއްޓާ މީހަކު އޭނާ ހޫނުފެން އެއްޗަކަށް ކޮށްޕާ ވައްޓާލިހެންނެވެ. ހީކުރެވުނު ކުށްހީއެއްގެ ސަބަބުން އޭނާގެ މުޅި ހަށިގަނޑުގައި ވިހަ ދިލައެއް ނަގަން ފެށިހެން ހީވިއެވެ. ރަޔާހީނަށް އަނެއްކާ ހުރިހާ ކަމެއް އެނގެނީބާއޭ އޭނާގެ ހިތަށް އަރަމުން ދިޔައެވެ.

“ކް….ކީކޭ… ހީން އެކަހަލަ ހުވަފެންތައް ވެސް ބަލަންތަ؟ ހީން އަށް ހީވޭތަ އަހަރެން އެކަހަލަ ކަމެއް ކޮށްފާނޭ…. ސާބަސް ހީން އަށް” އިރުފާން ރަޔާހީން ކައިރީގައި އިށީންނަމުން ބުނެލިއެވެ. މޫނުމަތިން ހަމަޖެހެން މަސައްކަތް ކުރިޔަސް އޭނާގެ ހިތާއި ސިކުނޑިގައި ވަނީ ހައިޖާނުގަނޑެއް އުފެދިފައެވެ. ނަފްސު ވަނީ ބިރުވެރިކަމެއްގެ ތެރެއަށް ވެއްޓިފައެވެ.

“ކިހިނެއް އެނގެނީ. މީހަކު ހުންނަ ގޮތަކުން އެމީހެއްގެ އުޅުމާއި އަޚްލާޤް ނޭނގޭނެއްނު. މީހުން ބުނޭ މަޑުން ހުންނަ ގުރާ ބާރަށް ދަތްއަޅާނޭ. މިހާތަނަށް އެކަން ސާބިތުކޮށްދޭނެ މީހަކު ނުވާއިރު އަހަރެންނަށް ހީވަނީ އެންމެފަހުން އެކަން ސާބިތުކޮށްދޭނީ އިރޭ ހެން”  އިރުފާން ކައިރީގައި އިނުމުން އުނދަގުވެގެން ރަޔާހީން އިންތަނުން ކޮޅަށް ތެދުވެ ދުރުގައި އިރުފާނަށް ފުރަގަސްދީގެން ހުއްޓުނެވެ.

“ތިބުނީ……” އިރުފާނަށް ވެސް ކޮޅަށް ތެދުވެވުނެވެ.

ނޭނގެ މަށަކަށް. މިބުނި އެއްޗެއް އިރޭ އަމިއްލަ އަށް ވިސްނާ. ކޮންމެ ކަމެއް ނޭނގޭކަމަށް ހެދުނީމަ ތިމާ އެއީ މޮޅު މީހަކަށް ނުވޭ” ރަޔާހީން ކޮޓަރިން ނިކުމެ ދޮރުލެއްޕީ އިރުފާނު އެއްޗެއް ބުނާނެ ފުރުޞަތެއް ނުދީއެވެ. އިރުފާން ހުރިތަނުގައި ގަނޑުވެފައި ހުރީއެވެ. ގައްޑާ މީހެއްގެ ގޮތުގައި އޭނާ އަށް އަމިއްލަ ކުށް ފޮރުވައިގެން އުޅެވޭނެ އެންމެފަހު ދުވަސް ބޯމަތިވަމުން އަންނަހެން ހީވާ ކހަލަ ކަންތައްތައް ރަޔާހީންގެ ފަރާތުން ފެންނާތީ އޭނާގެ ހިތުގައި ވަނީ ބިރުވެރިކަމެއް އުފެދިފައެވެ.

ނަދާ އާއި އެކީގައި ފެރީ އިން ފައިބައިގެން ޓެކްސީ އެއް ނަގައިގެން ދެކުދިންގެ މަންޒިލަށް ދިޔުމަށް މިސްރާބު ޖެހިއެވެ. މާގިނައިރަކު ދުއްވާކަށް ނުޖެހުނެވެ. ކުރިމަތިން ފެންނަން ހުރި އެޕާރޓްމަންޓްގެ ބެލް ނަދާ އަޅުވާލިއެވެ. ދެފަހަރަކު ބެލް ރިންގުވިތަނާ ދޮރު ހުޅުވިއިރު ކުރިމަތީގައި ހުރީ ނުވަ އަހަރުގެ ޔޫޝައު އެވެ. ދޮރުހުޅުވާލާއިރު ދިމާ ކުރިމަތީގައި ހުރި ސޯފާގައި އަލްޔާ އޭނާގެ ދެއަހަރު ބައިގެ ކުޑަ ކުޑަ މުލްކު އަށް ކާންދޭން އިނެވެ. ދޮރުމަތީގައި ހުރި ނަދާ އާއި ރަޔާހީން ފެނުމާއެކު އަލްޔާ ގެ ތުންފަތަށް ފުޅާ ހިނިތުންވުމެއް ވެރިވިއެވެ.

އަލްޔާގެ އެދުމަށް ރަޔާހީން އާއި ނަދާ އެތެރެއަށް ވަނުމުން އަލްޔާ ކައިރީގައި  ޓީވީން ދައްކަމުންދިޔަ ކާރޓޫން ބަލަން އިން މުލްކު ރަޔާހީނާއި ނަދާ އަށް ބަލާލަމުން ރަކި ގޮތަކަށް ހީލިއެވެ. ނުދަންނަ ބަޔަކު ފެނުމުން އެސޮރު ލަދުގަތީއެވެ. އަލްޔާ އަށް ހެވުނެވެ. އަލްޔާ މުލްކު އަށް ކާންދީ ތުންކޮޅު ދޮށްވާލުމަށްފަހު ސިޓިންގަރޫމުގައި އިން ޔޫޝައު ކައިރީގައި ކުޅެން ބެހެއްޓުމަށްފަހު ރަޔާހީނާއި ނަދާ ގޮވައިގެން ނިކުތީ މަގުމަތި ފެންނަގޮތަށް ހުރި ބެލްކަންޏަށެވެ.

“ލޫކް ވީ މިސްކިތުގަ. މިހާރު އަންނާނެ” ރެއިލިންގާ ހިފަހައްޓާލަމުން މަގުމައްޗަށް އަލްޔާ ބަލާލިއެވެ. ނަމަވެސް ލޫކް އަންނަތަން ނުފެނުމުން ރަޔާހީނާއި ނަދާ އަށް ބަލާލަމުން ހިނިތުންވުމެއްދީ އަނގަމީރު ކޮށްލަން އެއްޗެއް ހިފައިން އަންނާނަމޭ ބުނެ ވަނީ އެތެރެއަށެވެ. އެވަގުތު ކައިރީގައި ހުރި ކޮޓަރިން ނިކުތް މެދުއުމުރުގެ އަންހެނަކު ރަޔާހީނާއި ނަދާ އަށް ފެނުނެވެ. އެމީހާ ކުރިން ހިނިތުންވުމެއް ދިނުމުން ރަޔާހީންމެން ވެސް ހީލިއެވެ. އަލްޔާ ގެނެސްދިނީ ކަޅު ސަޔާއި ކުޅި ރޮށްޓެވެ.

“މިގޭގައި ވަރަށް ގިނަ މީހުން އުޅޭތަ؟” ނަދާ އަހާލިއެވެ.

“ނޫނޭ. މިގޭގައި އުޅެނީ ލޫކްގެ ފެމެލީ. މަންމަ ބައްޕަ. ލޫކްގެ ދޮންބެ އާއި އަންހެނުން. ދެން ކޮއްކޮ އާއި އަންހެނުން. އެތާ ބޮޑުކޮށް އޭނީ ދޮންބެގެ ދަރި. ދެން އެއީ މަގޭ…. އެނގުނު ދޯ ފެންނައިރަށް. ހަމަ ލޫކް އެއީ…” އަލްޔާ ހިތްހެޔޮކަމާއިއެކު ވާހަކަދައްކަމުން ދިޔައެވެ. ތިންއެކުވެރިން ފަދައިން މަޖާ ވާހަކަތައް ދެއްކުމުގައި އެވެރިން އެތާ ތިއްބާ ބެލްއަޅާ އަޑު އިވިުނެވެ. ކުޅެން އިން ޔޫޝައު ދޮރު ހުޅުވާލުމުން އެތެރެއަށް ވަނީ ލޫކެވެ. ލޫކް ފެނުމާއެކު ކުޅެން އިން މުލްކު ލޫކްގެ ގައިގާ އެލިގަތެވެ. މުލްކު ކޮނޑަށް ލައިގެން ހެމުން އައި ލޫކް ބެލްކަންޏަށް ނިކުތުމުން އަލްޔާ އިން ގޮނޑި ލޫކަށް ދައްކާލިއެވެ. އަދި ހީލުމަށްފަހު މުލްކު ގޮވައިގެން އެތެރެއަށް ވަނީ އެތިން މީހުންނަށް ހަމަޖެހިގެން ވާހަކަދައްކާނެ ފުރުޞަތު ދެމުންނެވެ.

“ސޮރީ ކުޑަކޮށް ލަސްވީ. ޒަމާނުއްސުރެ މިއޮންނަ މިސްކިތުން ފައިވާން ވަގަށް ނެގުމުގެ އާދަ ބަޔަކު މިހާރު ވެސް އެބަ ދަމަހައްޓާ….. ހެހެހެ…. މަގޭ ފައިވާ ހުންނާނީ ވެސް ކުޑަކޮށް ހަލާކުވެފަ” ހީލަމުން ލޫކް އޭނ ލަސްވީ ސަބަބު ރަޔާހީންމެންނަށް އޮޅުންފިލުވާދިނެވެ. ލޫކް ދެއްކި ވާހަކަތަކުން އެދެމީހުންނަށް ވެސް ހެވުނެވެ.

“އެކަންތައްދޯ… އަހަރެމެންގެ ހެޑް ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ހުޒާމް ސަރ އަށް މިހާރު އެކަންތައް އަހަރެން ވާނީ ކިޔާދީފަ. ސަރ ވެސް ހުރީ ޤަބޫލުކުރަން ދަތިވެފަ. އެކަމަކު އަހަރެން ބުނިން ހެކި އެބަހުއްޓޭ. ގެނައިން ދޯ ޑައިރީ” މައްސަލަ މިހާރު ގޮތް އޮތް ހިސާބު ލޫކް ރަޔާހީނަށް އޮޅުންފިލުވާ ދިނެވެ. ރަޔާހީން އޭނާގެ އަތްދަބަހުން ފަރުހީންގެ ޑައިރީ ނަގާ ލޫކްގެ އަތަށް ދިނެވެ.

“އަހަރެމެން ބޭނުން ކޮންމެ ގަޑިއެއްގައި ކޯޓުން އަމުރު ލިބޭގޮތް ސަރ ބުނި ހަދާދޭނަމޭ. އެހެންވީމަ މިހާރު ވެސް ނެގިދާނެ. ހީން ރެޑީވީމަ ބުނޭ. އެކަމު މިފޮތް މަށާ ސަރ ދެމީހުން އެއްތަނެއްގައި ތިބެ ކިޔަން ފުރަތަމަ ވާނީ. އިރުކޮޅަކުން މާލެ ދާނަން” ލޫކް ބުނެލިއެވެ.

“އެމަންޒަރު ވީޑިއޯ ކުރި ފޯނު ވެސް ފީރޯޒާ އަތުގަ. އަހަރެން ވަރަށް ބެލިން ފެނޭތޯ” ރަޔާހީން މަޑުމަޑުން ބުނެލިއެވެ.

“އެވީޑިއޯ ނުފެނުނަސް އެމީހުން ހައްޔަރުކުރާނަން. އެމީހުން އަނގައިންޖަހާ ހުރިހާ ވާހަކަތަކެއް ނެރޭނަން. އެކަމާއި ހީން  ނުވިސްނާ” ލޫކްގެ ވާހަކަތަކުން ރަޔާހީން ހިތްހަމަޖެހުނެވެ. ނަދާގެ މޫނަށް ރަޔާހީން ބަލާލީ ހިތްހަމަޖެހިފައެވެ.

“އެހެންވީމަ ހީން ބުނަންވީނުން ކޯޓްއަމުރު ނަގަންވީ ދުވަހެއް” ރަޔާހީން އަތުގައި ހިފާލަމުން ނަދާ ބުނެލިއެވެ.

“ފަހަރެއްގައި މާދަމާ. ނޫނީ އޭގެ އަނެއްދުވަހު. އެންމެފުރަތަމަ އަހަރެން ބޭނުން އިރުފާނަށާއި ފީރޯޒާ އަށް އަހަރެންނަށް އެމީހުންގެ ބޮޮޑު ސިއްރު ފަޅާއަރާފިކަން އަންގަން. ދެން އަދި ކޭވީ އާއި ވެސް ވާހަކަ….” އެހިސާބަށް ބުނުމަށްފަހު ރަޔާހީން ބަލާލީ ލޫކްގެ މޫނަށެވެ. ފަހަރެއްގައި ލޫކް ކުރިމަތީގައި ޖުމްލަ ފުރިހަމަ ކުރަން ނުކެރުނީ ކަންނޭނގެއެވެ.

“ހެހެހެ… ހީން ބޭނުންވީމަ ބުނޭ. އޭރަށް އަހަރެން މިފޮތް ސަރ އާއި ހަމައަށް ގެންދެވޭތޯ ބަލާނަން” ލޫކް ހީލަމުން ބުނެލިއެވެ.  ރަޔާހީނާއި އަލްޔާ އަދި ލޫކް އާއި ސަލާންކޮށް ފަހުން ބައްދަލުވާނެ ކަމަށް ބުނެ އެގެއިން ނިކުތީ ވަރަށް ލަސްވި ފަހުންނެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ushaali

Level 810 Stories100 Comments100 Stories500 Comments

Writing stories is more than my passion. it’s a journey that fills my heart with joy and purpose. Every story I create carries a piece of my imagination, emotions, and dreams. My greatest hobby is reading, exploring new ideas, and transforming simple thoughts into unforgettable stories that inspire, entertain, and touch the hearts of readers. My happiness comes from knowing that someone, somewhere, smiles, laughs, cries, or finds hope through the words I write. There is no greater reward than seeing my stories become a meaningful part of someone’s life. Success, to me, is not measured by numbers or popularity alone. My true success is the love, support, and trust of my readers. Every person who reads my stories becomes a part of my journey, and I am deeply grateful for each one of you. Your encouragement gives me the strength to keep writing and to become a better storyteller every day. I always look forward to learning, improving, and creating stories that leave a lasting impression. I believe that growth never ends, and every new story is another step toward becoming the writer I aspire to be. One thing that makes my journey unique is that I value honest criticism more than praise. While kind words motivate me, constructive negative feedback helps me recognize my weaknesses, improve my skills, and grow faster in my writing career. Every thoughtful suggestion is an opportunity to become a stronger and better author. To all my readers, thank you for believing in my stories and walking this journey with me. You are not just my audience—you are an important part of my success. I hope my stories continue to inspire, entertain, and remain in your hearts for years to come.

Other Articles

Previous

އަގެއްނެތްލޯބި 25 ވަނަ ބައި

Next

އަބަދުގެ އަބަދަށް (ފަނަރަވަނަ ބައި)

Next
September 21, 2017

އަބަދުގެ އަބަދަށް (ފަނަރަވަނަ ބައި)

Previews
September 21, 2017

އަގެއްނެތްލޯބި 25 ވަނަ ބައި

28 Comments!

  1. shifu says:
    September 21, 2017 at 2:10 pm

    Hardha varakah wait kurevijjey
    V v v NYC mi part vx

    1. Ushaali says:
      September 21, 2017 at 2:12 pm

      sorry shifu 🙁 and thankyou 🙂

  2. Ushaali says:
    September 21, 2017 at 2:11 pm

    assalam alaikum and alhamdhulillah. huriha kudhinge haalu kihineh? ushaali ge mi vaahaka ah inthizaaru kuri kudhin kairyga bunaany lasvi kamahttakai maafkoh dheyshey. ushali ah dhimaav varah dhera gotheh. ushaali ge bodudhaitha kulliyakah niyaavegen rashuga hurefa miadhu miaee. 🙁 🙁 🙁 ushaali ah mi dhimaavi hithaamaigaaai baiverive ushaali ah evves kuhjjaku hiy bura nukurumah edhen. 🙁

    varah avas aruvaalafa vahaka up mikolly. mistakes huredhaane.
    varah baajjaveri dhuvahakah edhen huriha kudhinnah ves 🙂 🙂

  3. Reen says:
    September 21, 2017 at 2:12 pm

    Wow its awsm when is next part?

    1. Ushaali says:
      September 21, 2017 at 2:23 pm

      thankyou Reen 🙂

  4. ??? says:
    September 21, 2017 at 2:12 pm

    Hurrey mee first dhw kiyaalaafa comment kuraanan

    1. ??? says:
      September 21, 2017 at 2:14 pm

      Sorry comment tha evaguthu nethy ma

    2. Ushaali says:
      September 21, 2017 at 2:24 pm

      ehenves vaane dear. thankyou 🙂

    3. ??? says:
      September 21, 2017 at 2:32 pm

      Inna lilahi vainaa ilayhi raaniuoon ushaali ge bodudhaitha ah heyogoy dhakavaashi Mashaa Allah mi part ves vrh reeti whn nxt part pls avahah up kobba

  5. cya says:
    September 21, 2017 at 2:17 pm

    Mi part ves vv reethi
    waiting waiting……….

    1. Ushaali says:
      September 21, 2017 at 2:25 pm

      thankyou cya 🙂

  6. Lam says:
    September 21, 2017 at 2:20 pm

    Salhi..waiting…

    1. Ushaali says:
      September 21, 2017 at 2:26 pm

      thankyou Lam 🙂

  7. thuhthi says:
    September 21, 2017 at 2:24 pm

    varah kuruhen hyvanii dhw????? vedhaane kiyaa hithun inyma kamahves………..

  8. no name says:
    September 21, 2017 at 2:33 pm

    keevve mi stry kommi dhuvahaku nugennany. iru iru kolhaa beleny apload vefa inthoa. plx komme dhuvahakuves genes dheeba. pllllllllxxxxxxxxxxxxxxx????????

  9. Anonymous says:
    September 21, 2017 at 3:07 pm

    Ushaa ge bodudhaitha ah heyo rahumai min varukurahvaashi.. aameen.. v nice story eh mee.. v beley up vefa inthoa.. keep it up.. konme writer akah vs kameh kuri mathi vedhaane hama.. readers ekan gabool kuraane heyo hithun.. ,?..kondhuvahakun next part.. avahah up kohdhehchey..

  10. Sure says:
    September 21, 2017 at 3:16 pm

    Anehbai annaane dhuvaheh bunebala ??

  11. Nern says:
    September 21, 2017 at 4:05 pm

    haadha kureyyyyyy

  12. nux says:
    September 21, 2017 at 4:13 pm

    wow varah reethi mi part vess well done ushoo.
    ushaalyge hithaamaagai baiverivan allah subuhaanahoo vatha aalaa thi aailaa ah kehtherikan dhehvaashi aameen

  13. Nuxu says:
    September 21, 2017 at 7:39 pm

    Mivaahaka 1 to 7 ge part thakey nufeney

    1. Hafoo says:
      September 21, 2017 at 11:54 pm

      Part 7 liyefavaa date balaafa ethaareehahvure fahathugaavaa page thakun fenaane fahathah dhaavarakah 7 feshigen 1 hamayah dhaanee fahathah maves vaahaka kiyaalee ehen.

    2. Hafoo says:
      September 21, 2017 at 11:57 pm

      Ushaali ah thaujiyaa kiyan furathama. Mashaa ah’llah varah reethi. Aneh part thankolheh avas kohdhinun edhen.

  14. Shs says:
    September 22, 2017 at 12:24 am

    Luke Aa Alyaa Aaa Mi Kanthah Thah Mee Ehen Vaahaka Eh dhw?
    I Think I Remember. Bathool Wes ulheyne
    Btw Vaahaka Varah Reethi

  15. khajja says:
    September 22, 2017 at 2:08 am

    Masha allah stry v v loabi?? ushaali ge unt ah suvarugeyge dhaaimy niumaiy minvaru koh dhevvaa aailaa ah keththerikan dhevvaashi aameen?? whn nxt prt avaskolladhybala can’t wait gud nyt ly???❤❤???

  16. Ainth says:
    September 22, 2017 at 2:25 pm

    Masha Allah…. V v rythi mi baives.. Avahah anehbai up kohdhehcheh ushaa

  17. Nas says:
    September 23, 2017 at 10:53 am

    Ish plx avahah up kobala haada haa LA hey pls pls pls pls mihaaru vaahakaves den mi nimeny mihaaru hiyvanee ushaa vaahaka eykoh nunimaanr hen bt I’ll be waiting plx plx avahah up kobala ?

  18. Shifu says:
    September 23, 2017 at 11:36 am

    Vvvv reethi. Anehbai konirakun. V keimadhu vefa mihiree vaahaka kiyaa hithun

  19. miya says:
    September 23, 2017 at 2:19 pm

    Varah salhi mi vaahaka asluves. can’t wait for the next episode

Comments are closed.

Next Episode02:30 ތިރީސްވަނަ ބައި←


All Right Reserved!