Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ލޯބިން ހިނިތުންވެލާށޭ 8

maroon Level 710 Stories100 Comments500 Comments100 Login1K Comments100 Stories
September 22, 2017 12 Mins Read
64 Comments

“ނިއަމް އަހަރެން..ކީއްވެ” މަލަކާއަށް ބުނަން އުޅުނު އެއްޗެއް ފުރިހަމަ ނުކުރެވުނީ ބުނަންވީ ކީއްކަމެއް ނޭނގޭތީއެވެ.

“މަލަކާ ވިލް ޔޫ މެރީ މީ” ނިއަމް އޭނާގެ ފަހަތުން މާބޮޑިއެއް ދިއްކޮށްލަމުން ބުނެލިއެވެ.

އެޔާއެކު މުޅި ތަނަށް ހަމަހިމޭންކަން ވެރިވިއެވެ. މަލަކާ ބުނާނެ އެއްޗެއް ނޭނގިފައި ހުރި އިރު ޝައިމް އަށް އޭނާ ކުރިމަތިން ފެންނަމުން ދިޔަ މަންޒަރު ގަބޫލުކުރަން ދަތިވެފައި ހުއްޓެވެ. މަލަކާ އެލޯތްބަށް އާބަސް ބުނިތާ އަދި މިވީ އަތުން ގުނާލެވޭހާ މަދު ގަޑިއިރުތަކެކެވެ. އެހާ އަވަހަށް މަލަކާ އޭނާ އަތުން ބީވަނީބާވައެވެ. އެގުޅުމަށް ބަހާރު މޫސުން ނާއްނަނީސް މާތައް މިލާ މޯޅިވަނީ ހެއްޔެވެ؟ ޝައިމްގެ ހިތުގައި ބިރުވެރިކަން އުފެދިއްޖެއެވެ.

ޝައިމް މިހާލުގައި ހުރި އިރު އޭނާ ފަހަތުގައި ހުރި އަޝްވާ އާއި އަޝްވިން އަށްވެސް ނިއަމްގެ އެސުވާލުން ހައިރާންކަން ލިބިގެންދިޔައެވެ. ނިއަމް އަކީ ކާކުކަން އެމީހުންނަށް ނޭނގުނު ކަމުގައި ވިޔަސް ޝައިމްއާއި މަލަކާ މިއަދު ދަތުރުގައި އެކުގައި ހޭދަކުރި ވަގުތުތަކުގެ ހެކިވެރިން ކަމުގައި އެމީހުންވާނެއެވެ. އެތައް ދުވަހަކަށްފަހު އަޝްވާއަށް ޝައިމްގެ މޫނުމަތިން މާނަވީ ހިނިތުންވުމެއް ފެނިގެން ދިޔައެވެ. އަދި ސަރާއަށްފަހު ޝައިމް އެހެން އަންހެން ކުއްޖަކަށް އެހިތް ހުޅުވާލި މަންޒަރެވެ. އެހާ އަވަހަށް އެއުފާވެރިކަން ގެއްލެނީ ހެއްޔެވެ؟

“ދަރިފުޅާ ކީއްވެ އެއްޗެކޭ ނުބުނީ.. ކޮންމެވެސް ޖަވާބެއް ދީބަލަ” ސަމީހާ މަލަކާ އަތުގައި ހިފާލަމުން ބުނެލީ މަލަކާ ހައިރާންވެފައި ނިއަމްއަށް ބަލަހައްޓައިގެން ހުރުމުންނެވެ.

“މާފުކުރޭ ނިއަމް، އަހަންނަކަށް ނެތް ތިކަމަށް އެއްބަސްވެވޭކަށް” ސަމީހާ އަތުގައި ހިފުމުން މަލަކާ އަށް ހޭވެރިކަން ވެރިވިއެވެ.

މަލަކާ އިތުރު އެއްޗެއް ނުބުނެ ދުވެފައި ކަހަލަ ގޮތަކަށް ވަނީ އޭނާގެ ކޮޓަރިއަށެވެ. އެހެންމީހަކަށްވެސް އެނާގެ ޖަވާބަށް ބަސް ބުނުމުގެ ފުރުސަތު ނުދީއެވެ. ދޮރު ލެއްޕުމާއި މަލަކާގެ ހިތުގައި އުފެދެމުންދާ ހައިޖާނުގެ އަސަރު ބޭރުންވެސް ފާޅުވާން ފެށިއެވެ. އަތް ފައި ފިނިވެ ލޮލުން ކަރުނަ އޮހެރެން ފެށިގަތެވެ. މިވެއްޓުނު އަދަވަޅުގެ ފުންމިނާއި މެދު ވިސްނާލެވެން ފެށުނެވެ. އެއްކޮޅުގައި ލޯބިވާ މަންމައެވެ. އަނެއް ފަރާތުގައި އެހެރީ އެހިތުގެ މިލްކުވެރިޔާއެވެ.

މަލަކާގެ އާބަސް ނުލިބުމުން ނިއަމް ދެރަވެ އިސްޖެހުނެވެ. މަލަކާ އާއި ދޭތެރޭ ކަންތައް ކުރެވުނީ ރަގަޅަށް ނޫންކަން އެނގޭ ހާލުގައެވެ. ނިއަމް ދެރަވިޔަސް ހިތްވަރު އެލުވާލާކަށް ބޭނުމެއް ނޫނެވެ. މަލަކާގެ ލޯތްބާއި މާފު ހޯދޭނެ ކަމުގެ އުއްމީދު އެބަ އޮތެވެ. މަލަކާ އޭނާ ދެކެ ކުރިންވެސްވީ ލޯބިވާނެ ކަމުގެ ޔަގީންކަން އެހިތުގައި އެބަ އޮތެވެ. މިއަދު ރުޅި އަޔަސް އެހާ ދުވަސްވީ ގުޅުމެއް މިހާ ފަސޭހައިން އެއްލާކަށް މަލަކާވެސް ބޭނުން ނުވާނެއޭ ބުނެ ނިއަމް އަމިއްލަ ނަފުސަށް ވިސްނައިދިނެވެ.

ޝައިމްއަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނަސް ހިތް އަދިވެސް ބާރަށް ތޮޅެނީއެވެ. މަލަކާ ގެއްލެން އުޅޭކަމުގެ ބިރުވެރިކަން އޮތުމުންނެވެ. މަލަކާގެ ޖަވާބުން އަޝްވާއަށް ފުޅާ ހިނިތުންވުމަކާއި އެކީ ކައިރީގައި ހުރި އަޝްވިންގެ އަތުގައި ބާރަށް ހިފާލެވުނެވެ.

“ނިއަމް އެކަމާ މާ ބޮޑަށް ނުވިސްނާ. އަހަރެން މަލަކާއާއި ވާހަކަ ދައްކާލާނަން. ދަތުރުގެ ވަރުބަލިކަމާއި އެކީ ހުރުމުން ވިސްނާނުލެވުނީ ކަމަށްވާނީ..” ސަމީހާ ނިއަމް އާއި މުހާތަބުކޮށް ބުނެލިއެވެ.

“ވެދާނެ ތިހެން ކަމަށްވެސް. މިރޭ ދެން މަލަކާއަށް އަރާމުކޮށްލަން ވަގުތެއް ދީ. އަޅުގަނޑު މާދަމާ ހެނދުނުގެ ވަގުތެއްގައި އަންނާން” ނިއަމް ގަދަކަމުން ހިނިތުންވެލުމަށްފަހު އަތުގައި އޮތް މާބޮޑިއާއި އެކީ  ދިޔައެވެ. އެއްމެން ކުރިމަތީ މަލަކާ ނޫނެކޭ ބުނުމުން ލަދުގަންނަ ގޮތްވެސް ވެއްޖެއެވެ.

ނިއަމް ދިޔުމުން ސަމީހާ އަޝްވާމެން ކުރެން ދަތުރުގެ ވާހަކަތައް އޮޅުންފިލުވިއެވެ. ސަމީހާގެ ސުވާލުތަކަށް ޖަވާބު ނުދީ ޝައިމް ދިޔައީ އޭނާގެ ކޮޓަރިއަށެވެ.

ސަމީހާއަށް ދަތުރުގެ ވާހަކަތައް ކިޔައި ދިނުމަށްފަހު އަޝްވާ އޭނާގެ ކޮޓަރިއަށް ދިޔައެވެ. އޭނާ އަތުގައިވެސް އެކޮޓަރީގެ ތަޅުދަޑިއެއް އޮންނާތީ ތަޅުލާފައި ހުރި ދޮރު ހުޅުވަން މަލަކާއަށް ގޮވާކަށް ނުޖެހުނެވެ. އަޝްވާ ކޮޓަރިއަށް ވަންއިރު މަލަކާ ފެންވަރައިގެން އައިސް ޑްރެސިންގ ޓޭބަލް ކައިރީގައި އިނެވެ. ލޯގަނޑުން އަމިއްލަ ސޫރައަށް ބަލަން އިރު މަލަކާގެ އިނީ ފުން ހިޔާލެއްގެ ތެރޭގައި ކަމުން އަޝްވާ އައި ކަމެއްވެސް ނޭނގެއެވެ.

“މަލަކާ، އަހަރެން ސުވާލެއް ކޮށްލަންތަ” އިރުކޮޅަކު މަލަކާއަށް ބަލަން ހުރެފައި އަޝްވާ އަހާލިއެވެ.

“ކީކޭ..” މަލަކާގެ ހިޔާލުގެ ވާ ފަށް ކަނޑާލުމަށްފަހު އެއްފަރާތުގައި ހުރި އަޝްވާއަށް ސުވާލުގެ ނަޒަރަކުން ބަލާލިއެވެ.

“އަހަރެން ސުވާލެއް ކޮށްލަންތަ” އަޝްވާ ތަކުރާރުކޮށްލީ މަލަކާއަށް އޭނާ ބުނި އެއްޗެއް އަޑު އިވުނުހެން ހީނުވުމުންނެވެ.

“އާން.. ކޮށްލަބަ.. އަޝްވާ ނުޖެހޭނެ ކޮންމެ ފަހަރަކު ސުވާލެއް ކުރަން ވީމަ އަހަރެންގެ ހުއްދަ ހޯދާކަށް. އެޔަށް ވުރެ ދެމީހުން ގާތެއްނު” ހީލަމުން މަލަކާ އެހެން ބުނެލީ އަޝްވާ މާ ޖެހިލުންވެފައި ހުރިތަން ފެނުމުންނެވެ.

“ދެންމެ މަލަކާ ކައިރިން އިންނަން އެ އެހީ ކާކުތަ. އަހަރެން ހީކުރީ ދޮންބެ އާއި މަލަކާ ކަމަށް..” އަޝްވާ އަށް މަލަކާ އާއި މާ އަމިއްލަ ސުވާލެއް ކުރަން ފަސްޖެހޭ ގޮތް ވިއެވެ. ނަމަވެސް އެއްކޮޅުގައި އެހެރީ ފުރާނަ ފަދައިން ލޯބިވާ ދޮންބެއެވެ. ދޮންބެއަށް ދެރައެއް ލިބުމަކީ އޭނާ އެދޭނެ ގޮތެއް ނޫނެވެ.

“އެއީ އަހަރެންގެ އެއްމެ ގާތް އެކުވެރިޔާ އަދި ކުރީގެ ލޯބިވެރިޔާވެސްމެ. ދެމީހުން ވަކިވިތާ މާގިނަ ދުވަހެއް ނުވޭ” މަލަކާ ވާހަކަ ދައްކަމުން އައިސް އަޝްވާއާއި ޖެހިގެން އެނދުގައި އިށީނެވެ. ހީވަނީ ގާތް އެކުވެރިޔަކަށް އޭނާގެ އިހްސާސްތައް ބަންޑުންކޮށްލަން އުޅެނީހެންނެވެ.

“ނިއަމް އަހަރެންނާއި ވަކިވީ ރޭ ނިއަމް ދެއްކި ހުރިހާ ވާހަކައެއް އަހަރެންގެ ސިކުޑީގައި އަދިވެސް އިއްޔެ ވީ ކަމެއްހެން ހަނދާން އެބަހުރި. މުޅި ހަޔާތުގައިވެސް ނިއަމް އަހަރެންނަށް ދެރައެއް ނުދޭނެ ކަމަށް އަހަރެން އުއްމީދުކޮށްގެން ހުރިން. ދެމީހުން ދޭތެރޭ މައްސަލަތައް ޖެހުނަސް އަހަރެން މުސްތަގުބަލު ބިނާކުރަމުން ދިޔައީ ނިއަމް ހިމަނައިގެން. ނިއަމް އަކީ އަހަރެންގެ ގާތް އެކުވެރިޔާއަށް ވުމުން ކުރެވުނު އިތުބާރު އެތައް ގުނައެއް އިތުރުވި. އެކަމަކު ނިއަމް… ހަގީގަތް ބެލުމެއް ނެތި ނިއަމް އަހަރެން ދޫކޮށްލީ ކޮން ކުށެއް އޮވެގެން. އަހަރެން ކުރިހާވެސް ކަމަކީ ނިއަމް ދެކެ ލޯބިވުން. އެކަމަކު އޭގެ ބަދަލު ކިހާ ހިތި” ނިއަމްގެ ވާހަކަ ދައްކަމުން ދިޔަވަރަކަށް މަލަކާގެ އަރު ތެރޭގައި ވޭނެއް އުފެދެމުން ދިޔައެވެ. ނަމަވެސް ނިއަމްއަށްޓަކައި އެލޮލުން ބޭކާރު ކަރުނަ އޮހޮރުވަން ބޭނުމެއް ނޫނެވެ.

“ދެން ހުރީ ޝައިމް. އެއީ އަހަންނަށް ހަގީގީ ލޯތްބަކީ ކޮބައިކަން ދަސްކޮށްދިން މީހަކީ… ޝައިމް ނޫން އެހެން މީހަކަށް އަހަރެންގެ ހިތް ދޭކަށް ބޭނުމެއް ނޫން… ޝައިމްގެ ސަމާސާކުރުންތައް އަހަރެން ހިނިތުންކުރުވާ. ޝައިމް އަހަރެންގެ ހުރިހާ ހިތާމަތަށް ކަފުން ކޮށް އަހަރެންގެ ހަޔާތަށް އާ އުފަލެއް ގެނެސްދީފި… ” އަޝްވާ މަލަކާގެ ވާހަކަތައް ކަނުލައި އަޑުއަހަމުން ދިޔައީ ޝައުގުވެރިކަމާއި އެކީގައެވެ. ޝައިމްގެ ވާހަކަތައް ދެއްކި އިރު މަލަކާގެ މޫނުމަތިން ފެނުނު ހަމަޖެހުން ފެނި މަލަކާ ޝައިމް ދެކެ އެވަނީ ހަގީގީ ލޯބިކަން އަޝްވާއަށް ދެނެގަންނަން ދަތި ކަމަކަށް ނުވިއެވެ.

“މިއަދު ނިއަމް އެގޮތަށް އަޔަސް އަހަރެން ނެތިން ޝައިމް ދޫކޮށްލާކަށް. އިން ޝާ ﷲ ދެމީހުންގެ ގުޅުން އެޔަށް ވުރެ ވަރުގަދަވާނެ. ” ދެލޯ މަރާލަމުން މަލަކާ އެހެން ބުނެލީ ހިތަށް ވިސްނައިދެމުންނެވެ. ޔަގީންކަމާއި އެކީގައެވެ.

” އަހަރެންވެސް ބޭނުމީ މަލަކާ އާއި ދޮންބެ އުފަލުގައި އުޅެން” އަޝްވާ ހިނިތުންވެލަމުން ބުނެލިއެވެ.


 

ސަމީހާ ހުރީ ދަތުރުން އަންނަން ވާއިރަށް ހެދިކާ ތައްޔާރު ކޮށްފައެވެ. އެކުދިންނަށް ތާޒާވެލުމަށް ވަގުތުކޮޅެއް ދިނުމަށްފަހު ސަމީހާ ސައިބޯން ގޮވަން ދިޔައެވެ.

މަލަކާގެ ކޮޓަރީގައި ޓަކި ދިނުމުން ދޮރު ހުޅުވީ އަޝްވާއެވެ. މަލަކާ ކޮބައިތޯ އަހައިލުމުން ނިދާފައިވާ ކަމަށް ބުންޏެވެ.

ސަމީހާ އަޝްވާ ކައިރީ ސައިބޯން ބަދިގެޔަށް އައުމަށް އަންނަން އެދިފައި ދިޔައީ ޝައިމްމެން ތިބި ކޮޓަރި އާއި ދިމާލަށެވެ.

ދޮރުގައި މީހަކު ޓަކި ދިނުމުން ބާރު ހިގުމެއްގައި ގޮސް ޝައިމް ދޮރު ހުޅުވީ އެއީ މަލަކާ ކަމަށް ހީކޮށެވެ. ނަމަވެސް ސަމީހާގެ މޫނު ފެނުމާއި އެކު އުއްމީދުގެ ހުޅުކޮޅު ނިވުނެވެ.

ޝައިމް ސައިބޯން ދިޔައީ މަލަކާއާއި ދިމާވާނެ ކަމުގެ އުއްމީދުގައެވެ. ނަމަވެސް އެބުރި ކޮޓަރިއަށް އައީ މަލަކާގެ ނިދާފައިވާ ކަމަށް އަޝްވާ ފަރާތުން އެގުމުންނެވެ.

ރޭގަނޑުގެ ކެއުމުގައި ވެސް ޝައިމް އުޅުނީ މިހެންނެވެ. ކާހިތް ނުވެފައި އިދެފައިވެސް ސަމީހާ މާ ވަރަކަށް ކިޔަން ފެއްޓުމުން ތައްޓަށް ކުޑަ ބަތްކޮޅެއް އެޅުމަށްފަހު އަވަސް އަވަހަށް ކައިލައިގެން ތެދުވިއެވެ. އަދި ތެދުވެގެން ގޮސް ގޭގެ އެތަން މިތަން ހޯދަން ފެށީ މަލަކާ ފެންނަ ތޯއެވެ.

“ދޮންބޭ ތިހާ ވަރަށް ހާސްވެގެން ނޫޅެބަލަ. މަލަކާ ބުނީ ނޫނެކޭ އެއްނު، ދޮންބެ އުފަލެއްނު ވާންވީ” ސިޓިންރޫމުގައި ހާސްވެފައި ހުރި ޝައިމް ފެނުމުން އަޝްވާ ބުނެލިއެވެ.

“ދޮންބެ ނޫޅެމޭ އެކަމާ ހާސްވެގެން. މަލަކާ ކާންވެސް ނާންނާތީ މިހޯދަނީ. އަދިވެސް ނިދާފަތަ” ޝައިމް ބޯ ކަހާލަމުން ބުނެލިއެވެ.

“އާން އަދިވެސް ނިދިފަ. ނަމާދަށް އަރަން ތެދުވެ ޖޫސްތައްޓަކާއި ސޭންޑްވިޗެއް ކައިގެން ނިދީ” އަޝްވާ ޝައިމްގެ ހާސްކަން ކުޑަ ކުރެވޭތޯ އުޅުނުވެ. ނަމަވެސް އެހިތުގައި އުފެދެމުންދާ ބިރުވެރިކަން މަލަކާ ނޫން އެހެން މީހަކަށް ކުޑަ ކުރެވޭނެ ހެއްޔެވެ؟ ޝައިމްގެ ހިތް ވަނީ މަލަކާއަށް ހިބައިން ދެވިފައެވެ.

” ދޮންބެ ވެސް ދޭ ނިދަން ދެން. އަޅުގަނޑުވެސް ދަނީ..” އަޝްވާ ކޮޓަރިއާއި ދިމާލަށް ދަމުން ބުނެލިއެވެ. ” ބައިދަ ވޭ މަލަކާ ބުނި ދޮންބެ ދެކެ ވަރަށް ލޯބިވެއޭ” ދޮރުން އެތެރެއަށް ވަންނަމުން އަޝްވާ އެހެން ބުނެލި އަޑަށް ޝައިމް އަށް ހިނިތުންވެވުނެވެ.

ޝައިމް އޭނާގެ ކޮޓަރިއަށް ދިޔައިރު އަޝްވިން އީޝް ނިންދެވުމަށްފަހު ތަންމަތީގައި ބާއްވަނީ އެވެ. ޝައިމްވެސް ނިދާ ހެދުމަށް ބަދަލުކޮށްގެން ތަޅުންގަނޑު މަތީގައި އޮށޯތެވެ. ބޭބެ އާއި އީޝްއަށް އެނދުން ޖާގަ ދެމުންނެވެ. ހިޔާލުތަކުން ސިކުޑި ބަރުވެފައިވުމުން ޝައިމް އޮންނަން ޖެހުނީ ދެކޮޅަށް ފުރޮޅި ފުރޮޅިއެވެ. ދުވަހަކުވެސް ދެކެން ބޭނުންނުވާ ވަރަށް މަލަކާ ދެކޭ ހިތް އެބަވެއެވެ.

ނުނިދުމުން ޝައިމް ބޭރަށް ނުކުތެވެ. އަދި ގޮސް ބަދިގެ ފަރާތުގައި ހުރި ބޮޑު އުދޯލީގައި އޮށޯވެލީ އެއްމެ ފުރަތަމަ ރޭ ކަންތައްވީ ގޮތަށް މިރޭވެސް މަލަކާ ކާން ބަދިގެޔަށް އައިސްދާނެ ކަމަށް ބަލާފައެވެ. އުދޯލީގައި އޮށޯވެލައިގެން އޮތް ޝައިމްއަށް ފަތް ބޯ ގަސްތަކުގެ ތެރެއިން ފަނަރައިގެ ހަނދު ފެންނަމުން ދިޔައެވެ. ތަރިތަކުގެ ހާޟިރުގައި ރަނިކަން ކުރަމުން ދިޔައިރު އޭގެ ރިހި އަލިން ރެއަށް ފުރިހަމަކަން ގެނެސްދެމުން ދިޔައެވެ. މިރީތި މަންޒަރުން ޝައިމްގެ ހިތަށް ހަމަޖެހުމެއް ލިބިގެން ނުދަނީ އެހިތުގެ ރާނީ ވިލާކޮޅެއްގެ ފަހަތަށް ވަދެ ގެއްލެން އުޅޭހެން ހީވާތީއެވެ. ސަރާވެސް ވަކިވެގެން ދިޔައީއެވެ. މިއަދު މަލަކާވެސް ހެއްޔެވެ؟ ނޫނެކެވެ. އެހެންވެގެން ނުވާނެއެވެ. ލޯބީގައި ބަދު ނަސީބު މީހަކަށް އެއްފަހަރު ވިޔަސް އެކަން ތަކުރާރުވުމަށް ފުރުސަތެއް ނުދެވޭނެއެވެ. މަލަކާއަކީ އޭނާގެ ހައްގެކެވެ.  ލޯބީގެ އާލަމުގައި މަލަކާގެ ބައިވެރިޔަކަށް ވާނީ އޭނާ އެކަންޏެވެ.

އީޝް ނިންދެވުމަށްފަހު އަޝްވިން ވެސް ނިދަން ދިޔައީއެވެ.ނަމަވެސް މީހަކު ދޮރު ހުޅުވާލި އަޑަށް ލޯ ހުޅުވާލި އިރު ޝައިމް މާ ސިއްރު ސިއްރުން ނުކުމެގެން ދަނީއެވެ. އެހެންކަމުން އީޝް ކައިރީ ބާލީސްތައް ރީތިކޮށް އެތުރުމަށްފަހު ޝައިމްގެ ފަހަތުން ދިޔައެވެ.  ސިޓިންރޫމުން ބަދިގެޔަށް ނުކުންނަ ދޮރު ކައިރިއަށް އާދެވުނު އިރު ނިތްކުރި މަތީ އަތް ބާއްވާލައިގެން ޝައިމް ފުން ހިޔާލެއްގައި އޮތްތަން ފެނި އެދިމާލަށް ދިޔައެވެ.

“ވިސްނާ ވިސްނާ ބޯގޮއްވިޔަސް ވާނެ ކަމެއް ނެތް. އަހަންނަށް ފެންނަނީ މާދަމާ ހެނދުނު ތެދުވެ މަލަކާއާއި ދެމީހުން ރީއްޗަށް ވާހަކަ ދެއްކުން” އަޝްވިން އޭނާ އަށް ފެންނަ ގޮތް ބުނެލިއެވެ.

“ވާހަކަ ދެއްކި ދާނެ. އެކަމަކު ދެމީހުން އެއްކޮށް އުޅެން ބޭނުން ވިޔަސް އެކަމަށް ހުރަސްތަކެއް އެބަހުރި. އަހަރެން ބިރު ގަންނަނީ މަލަކާއަށް އެކަންތަކާއި ކުރިމަތިލާން ހިތްވަރު ނުލިބިދާނެ ކަމަށްޓަކައި” ޝައިމް ވަކި ކަމެއް ނުބުނެ ވާހަކަ ދެއްކިއެވެ. ސަރާގެ ހަނދާންތަކާއި ދުރުވުމަށް އޭނާ އަށް އެއްމެ އެހީވި މީހަކީ އަޝްވިން ކަމަށް ވުމާއި އެކީގައި އުދާސްތައް ބޭރުކޮށްލަން އުދަގޫ ކަމަކަށް ނުވާނެއެވެ.

“އަހަރެން ތަޖުރިބާއިން ވާހަކައެއް ބުނެލާނަން. ދެމީހުން އެކަކު އަނެކެއް ދެކެ އިންތިހާއަށް ލޯބިވަންޏާ އިން ޝާ ﷲ އެދެމެދަށް ވަންނަ ކޮންމެ ހުރަހަކާއި ކުރިމަތިލައި ކާމިޔާބު ހޯދޭނެ. އަހަރެން ލިއުޝާއާއި ކައިވެނި ކުރަން އޭނަގެ މައިންބަފައިންގެ ރުހުން ހޯދަން އުޅުނު ހާލު އެއްމެ ރަގަޅަށް އެގޭނީ ޝައިމްއަށް. އޭގެ ފަހުން ދެމީހުންގެ ކިޔެވުމާއި ވަޒީފާ ކައިވެންޏަށް އެޅިގެން ދިޔަ ހުރަސްތަކެއް ކަމުގައި ވި. އެކަމަކު އެހުރިހާ ހުރަސްތަކެއް އަހަރަމެން ދެމީހުން އެއްކޮށް ހުރަސްކުރީ މިގުޅުމަށް އެދޭ ބޮޑުކަމުން. ލޯތްބަކީ ވަރަށް ފާޑެއްގެ އެއްޗެއް. ފެންނަ ފެނުމަށް ހޯދަން ވަރަށް އުދަގޫ ވެދާނެ. އެކަމަކު އިތުބާރާއި އޯގާތެރިކަން އޭގައި ވާނަމަ އެއީ ހޯދަން އެހާ އުދަގޫ އެއްޗެއް ނޫން. ކަށި ބޯ ޖަންގަލީގެ ތެރެއިން ސާފުކޮށް ކޮށާފައިވާ މަގު ދެމީހުން އަތު ގުޅައިގެން ހޯދަން އުޅެފިއްޔާ ދެމީހުންގެ ގުޅުން އިތުރަށް ވަރުގަދަ ވާނީ. ބޭނުންވާ މަންޒިލާއި ހަމައަށް ދެވޭނެ. ޝައިމް ވެސް މަލަކާއަށް އިތުބާރު ކުރޭ. މަލަކާ ޝައިމް ދެކެ ލޯބިވަންޏާ ތިދެމީހުންގެ މުސްތަގުބަލު ވަރަށް އުފާވެރިވާނެ” އަޝްވިން އޭނާގެ ހަޔާތަށް ބިނާކޮށް ޝައިމްއަށް ވިސްނައިދެވޭތޯ އުޅުނެވެ.

” ޝުކުރިއްޔާ ބޭބޭ. ސަރާއާއި ވަކިވާން ޖެހުމުން އެބިރުވެރިކަން އަދިވެސް އޮތީ” ޝައިމް ލޮލުން ވެއްޓުނު ކަރުނަ ތިކި ފުހެލަމުން ބުނެލިއެވެ.

“ހިނގާ ކޮޓަރިއަށް. އީޝްއަށް ހޭލެވިއްޖެއްޔާ ބިން މައްޗަށް ވެއްޓިދާނެ” އުދޯލިން ތެދުވަމުން އަޝްވިން ބުނެލިއެވެ.

“ބޭބެ މިހާރު ބައްޕަ ހާ ހިކުމަތްތެރިވީ ދޯ.. މުސްކުޅިވީމަ ވާ ގޮތް ކަންނޭނގެ” އަޝްވިންގެ ކޮނޑުގައި އަތް ޖަހާލަމުން ކުޑަކޮށް ހީލަމުން ޝައިމް ބުނެލިއެވެ.

“ކީއްކުރާނީ.. ޝައިމް ތިހެން ބިޓުން ހޯދަމުން ދުވާއިރު އަހަރެން ގޭގަ އިންނަން މިޖެހެނީ ދަރިފުޅު ބަލަން” އަޝްވިން  ޝައިމްގެ ސަމާސާއަށް ރައްދެއް ދިނެވެ. ޝައިމް ހަމަޖެހިފައި ހުރުމުން ހީލެވުނެވެ.


 

އިރުގެ އަލިކަން ދޮރުފޮތި ކަހާފައިވާ ކުޑަ ދޮރުން މޫނަށް އެޅުމުން މަލަކާއަށް ބާރަށް ލޯމަރާލެވުނެވެ. ހީވަނީ ނިދން ހޭލާ އިރަށް މީހަކު އަލިކަން ގަދަ ބޮއްކެއް ދިއްކޮށްގެން ހުރިހެންނެވެ. އަވަހަށް އަނެއް ފަރާތަށް އެބުރި ފޯނު ހޯދަން އުޅެގަތެވެ. ޗާޖަށް ޖަހައިފައިވާ ފޯނު ހުޅުވާލެވުމާއި އެކު ފުލުފުލުގައި މެސެޖުތައް އަންނަން ފެށިއެވެ. މިސްކޯލު އެލާރޓްތަކާއި ޝައިމްއާއި ނިއަމްގެ މެސެޖުތަކެވެ. މާގިނައިން ނިދުމުގެ ސަބަބުން މަލަކާގެ ހަށިގަނޑުގައި ބަރުކަމެއް ހުއްޓެވެ.

މަލަކާ އެއްމެ ފުރަތަމަ ބެލީ ޝައިމްގެ މެސެޖުތަކެވެ. ފަހަރަކު މެސެޖެއް ކިޔަމުން ދިޔައިރު ޝައިމް އޭނާ ދެކެ ވާ ލޯބި އިހްސާސްވަމުން ދިޔައެވެ. ނިއަމް އެހާ ކުއްލި ގޮތަކަށް އައުމުން އެއްވެސް ޝަކުވާ އެއްކޮށްފައި ނެތެވެ. ގިނައީ ލޯބީގެ މެސެޖުތަކެވެ. އެކުގައި އުޅެން ބޭނުންވާ ކަމެވެ. އެހިތުގައި މަލަކާގެ ނަން ލިޔެވިފައިވާ ކަމެވެ. މަލަކާގެ ރިތިކަމަށް ކޮށްފައިވާ ތައުރީފުތަކެވެ. ބޮލުގައި ރިއްސާތީ އުޅޭތީ ލިޔެވިފައިވާ އޯގާތެރިކަމުގެ ބަސްތަކެވެ. ހުރިހާ މެސެޖެއް ދެތިން ފަހަރު މަލަކާ ކިޔާލިއެވެ. ދުވަސް ފެށިގެން މިދިޔައީ ކިހާ އުފާވެރިކޮށް ހެއްޔެވެ؟

ނިއަމް ގެ މެސެޖުތައް ކިޔަން އެބައި ހުޅުވައިލުމަށްފަހުވެސް މަލަކާ ހުރިހާ މެސެޖެއް ނުކިޔައި ފުހެލީ ނިއަމްގެ ބަހަނާތައް އަޑު އަހަން ބޭނުން ނުވާތީއެވެ. ފެންވަރައި ތާޒާ ވެލައިގެން ނިކުތް އިރު ޝައިމް އާއި އަޝްވިން ސިޓިންރޫމުގައި ޓީވީ ބަލަން ތިއްބެވެ. މަލަކާ ފެނުމުން އަޝްވިން އެތަނުން ދިޔައީ ދެމީހުންނަށް އެކަނި ވެލުމަށް ފުރުސަތު ދެމުންނެވެ.

“ބޮލުގަ ރިހުން ކިހިނެތް” މަލަކާ އައިސް ސޯފާގައި އިށީނުމުން ޝައިމް އަހާލިއެވެ.

“ފަތިހު ތެދެވެ ބޭސް ކައިގެން ނިދީމަ މިހާރު ރަގަޅު. ސައި ބޮއިންފިންތަ” މަލަކާ ހަމަޖެހިލައިގެން އިނދެ ވާހަކަ ދެއްކިއެވެ.

“އެހެން މީހުން ސައިބޮއިފި. އަހަރެން މަޑުކޮށްގެން މިހިރީ މަލަކާ ހޭލީމަ ދެމީހުން އެއްކޮށް ސައިބޯން ދާން” ޝައިމް ޓީވީ ނިއްވާލުމަށްފަހު މަލަކާއަށް ހުރިހާ ސަމާލުކަމެއް ދިނެވެ.

“އެހެން ވެއްޖެއްޔާ ލަސްކުރާނެ ކަމެއް ނެތެއްނު .. ހިނގާ އަވަހަށް ދާން.” ޝައިމްގެ އަތުގައި ހިފައި ތެދުކުރުވަމުން މަލަކާ ބުނެލިއެވެ.

” މަލަކާ.. އަހަރެންނަށް އެނގޭ މަލަކާ ބުނީ ނޫނެކޭ ކަން. އެކަމަކު އަހަރެން…” މަލަކާ ޝައިމް ބުނަން އުޅުނު ޖުމްލަ ފުރިހަމަ ކޮށްނުދިނެވެ.

“ތިވާހަކަ ދައްކާނީ މިރޭ.. އަހަރެން ބޭނުމީ މިއަދު ދެމީހުން ހަމަޖެހިލައިގެން އުޅެން. އަދި ބުނަން އަހަރެންމީ ހަމައެކަނި ޝައިމްގެ ހައްގެއް. އެހެން އަންނަ ކޮންމެ މީހަކަށް އަހަރެން ނުލިބޭނެ.. ޝައިމް އެކަމާ ހާސްނުވޭ” މަލަކާ ޝައިމް ކައިރިއަށް ޖެހިލަމުން ބުނެލިއެވެ. އަދި ޝައިމްގެ ދެކޮލުގައި ހިފައި ގަދަކަމުން ހިނިތުންކުރުވިއެވެ.

“މަންމައަށް ފެނިދާނޭ” މަލަކާ މާ ކައިރީގައި ހުރުމުން ޝައިމް ބުނެލިއެވެ.

“މަންމައަށް ފެނުނަސް ކޮބާ މައްސަލައަކީ…އަހަރެން މަންމައަށް މިއަދު ހުރިހާ ހަގީގަތެއް ކިޔައިދޭނަން. އޭރުން މަންމައަށް ވެސް ވިސްނޭނެ އަހަރެން ހައްގީ ހަމައެކަނި ޝައިމްއަށް ކަން” ޝައިމްގެ އަތުގައި ހިފައި ބަދިގެއަސް ގެންދަމުން މަލަކާ ބުނަމުން ދިޔައެވެ.

މަލަކާގެ ކެރުންތެރިކަން ފެނި ޝައިމް އަށް އާއުއްމީދެއް ލިބިގެން ދިޔައެވެ. ދެމީހުން ސަކަރާތް ޖަހަމުން ހެނދުނުގެ ސައި ބޮމުން ދިޔައީ ވަރަށް އުފާވެރިކަމާއި އެކީގައެވެ. ދެމީހުން ބައްދަލުވި ދުވަހުން ފެށިގެން މިއަދާ ހަމައަޔަށް އެކަކު އަނެކަކަށް ކުރި ޖެއްސުމާއި މަލާމާތް ކިޔައިދެމުން ދިޔައިރު އެގުޅުން އިތުރަށް ބަދަހިވެގެން ދިޔައެވެ. ނަފުރަތަކާއި އެށީ ފެށިގެން ދިޔަ ބައްދަލުވުން މިހާރު ކިހާ ފޮނި ހެއްޔެވެ؟

ސައިބޮއި ނިމުނު ތަނާހެން ރެއިން ފެށިގެން އުޑުމަތި ބަނަކުރަމުން ދިޔަ ކަޅު ބޯ ވިލާތަކުން ވާރޭގެ ތިކިތައް އޮހިގަތެވެ. ވާރެއާއި ތެމިލުމަކީ މަލަކާ ކުޑައިރުއްސުރެ ކުރާ ހިތްވާ ކަމަކަށް ވުމުން ޝައިމް އަދި އަޝްވާ ގޮވައިގެން ގޭގެ ފަހަތުގައި  ހިޔާ ނުކޮށް އޮތް ބޮޑު ޖާގައަށް ނުކުތެވެ. ޝައިމް އަކީ ވާރެއާއި އެހާ ގަޔާ ނުވާ މީހަކަށް ވިޔަސް މަލަކާގެ އެފޯރިގަދަ ހިނިތުންވުން ފެނި ނޫނެކޭ ބުނަން ނުކެރުނެވެ. މަލަކާގެ އުފަލައްޓަކައި ޝައިމް ހުރީ ކޮންމެ ކަމަކުންވެސް ގުރުބާން ވާން ތައްޔާރަށެވެ.

ތިން މީހުން އެއްކޮށް މަޖާ ވަގުތު ކޮޅެއް ހޭދަކުރުމަށްފަހު އަޝްވާ އެތެރެއަށް ވަނީ އަޝްވިން ބަލައެވެ.

“އޭ ޝައިމް” މަލަކާއަށް ބާރަށް ގޮވައި ގަނެވުނީ ކައިރީގައި ހުރި ޝައިމް އަޝްވާ ދިޔުމާއި އެކު ކުއްލިއަކަށް އޭނާ ގާތަށް ދަމައިގަތުމުންނެވެ.

“މާ ބާރަށް ނޫން. އޭރުން އެއްމެން އަންނާނެ” ލާނެތް ހިނިތުންވަމެއް ވެރިކުރުވަމުން ޝައިމް ބުނެލީ ސިއްރު އަޑަކުންނެވެ.

“ކީއްކުރަން ތިއުޅެނީ” ދެލޯ ކުޑަކޮށްލަމުން މަލަކާ ޝައިމް ކުރެން އަހައިލީ ޝައިމް އޭނާ އަށް ގެއްލިފައި ހުރުމުންނެވެ.

“އައި ލަވް ޔޫ މަލާ… އަހަރެން މަލާ ދެކެ ލޯބިވާވަރު ދުލުން ބުނެލެވޭހާ ވަރަށް ވުރެ ބޮޑު..މަލާގެ ތި ލޯބި ހިނިތުންވުމަށްޓަކައި ޖާނާއި ފުރާނައިން ގުރުބާން ވާން އަހަރެންނަށް އުދަގުލަކަށް ނުވާނެ. ތީ މިހާރު އަހަރެން އުފާވެރިކަން. އަހަރެން ގެ ދުނިޔެ” މަލަކާ އާއި ނަޒަރު ސީދާ ކުރަމުން ޝައިމް އޭނާގެ ހިތުގެ ބަސްތައް ލޮބުވެތި ކަމާއި އެކީ އިއްވާލިއެވެ.

“އަހަރެންވެސް ވަރަށް ލޯބިވޭ. ދެމީހުންގެ ގުޅުމަށް މިވީ މަދު ގަޑިއިރުތަކެއް ނަމަވެސް އަހަންނަށް މިހާރު ޝައިމްއާއި ނުލައި އަހަރެންގެ ދިރިއުޅުމެއް ކުރިއަށް ގެންދާނެ ގޮތެއް ނޭނގޭ. އެހާ ވެސް ލޯބިވަން. އެހާވެސް ޝައިމް މުހިއްމު” މަލަކާވެސް އެހިތުގައި ޝައިމްއަށް ދެވިފައިވާ މަގާމް ހާމަކޮށްލިއެވެ.

“އހހހ” މީހަކު ކަރުކެހިލި އަޑަށް ދެމީހުން އެކަކު އަނެކެއްގެ ގައިން ދޫކޮށްލިއެވެ.

“އަޝްވާ މިހާރު ދެން މަލަކާ އެއްނޫން ކިޔާނީ…ފަހަރި” އަޝްވިން ކައިރީގައި ހުރި އަޝްވާ އަށް ބަލާލަމުން ބުނެލިއެވެ.

ހަވީރު ވަންދެން ވާރޭގެ އަސަރު ފަޒާގައި ހުއްޓެވެ. ދޭތެރެއަކުން ހުއްޓާލިއަސް އަނެއްކާވެސް ވެހިގަންނަނީ ބޯކޮށެވެ. ގޭގައި ކުޑަ މަސައްކަތެއް ކުރަން އުޅެމުން ނިއަމް މަލަކާއާއި ބައްދަލުވެވޭތޯ އެގެޔަށް ދާން އުޅެއެވެ. ނަމަވެސް ކޮންމެ ފަހަރަކު ބޯ ވާރޭ އެކަމަށް ހުރަސް އަޅަނީއެވެ. ބޮޑު ރަށުގައި ދެ ގެ ހުންނަނީ ދެފަރާތުގައި ކަމުން ކުޑައެއްގެ އެހީގައި ދާން އުދަގޫވާނެތީ އެއްކޮށް ހުއްޓާލުމުން ދާން މަޑު ކުރީއެވެ.

ނިއަމް ދޭތެރެއަކުން މަލަކާގެ ފޯނަށް ގުޅާލައެވެ. ނަމަވެސް ފޯނު ނަގަނީ އެއްނޫނެވެ. ކުރާ މެސެޖަކަށް ޖަވާބު ލިބެނީ އެއް ނޫނެވެ. އެހެންކަމުން ނިއަމް ސަމީހާގެ ފޯނަށް ގުޅައި މަލަކާ ކައިރިން ފޯނު ނަގަން އެދުމަށް ބުންޏެވެ.

“މަލަކާ !!! ނިއަމް ދަރިފުޅަށް ނުގުޅިގެން އެބަ އުޅެއޭ. ކީއްވެތަ ފޯނު ނުނަގާ ތިއުޅެނީ” ސިޓިން ރޫމުގައި ޝައިމްމެންނާއި ސަކަރާތް ޖަހަން އިން މަލަކާއަށް ގޮވާލަމުން ސަމީހާ ބުނެލިއެވެ.

“ނިއަމް ކައިރީ ބުނޭ އަޅުގަނޑު ބޭނުމެއް ނޫނޭ ނިއަމްއާއި އަލުން ގުޅޭކަށް” ސަކަރާތް ޖެހުން މެދު ކަނޑާލުމަށްފަހު ސީރިއަސް ވެލަމުން މަލަކާ ޖެހިލުމެއް ނެތި ބުނެލިއެވެ.

“ގޮތެއް ނުނިއްމާ ދަރިފުޅު އިހަށް ނިއަމް އާއި ވާހަކަ ދައްކާލަންވީއެއްނު. މަންމަ އަށް ޔަގީން ވާހަކަ ދެއްކުމުން ހުރިހާ ކަމެއް ހަމަޔަކަށް އެޅޭނެކަން” ސަމީހާ ހުރީ ނިއަމްގެ ދިފާއުގައެވެ.

“މަންމަ ކީއްވެތަ ނިއަމްއަށް ތިހަމްދަރުދީވަނީ. މަންމައަށް އޭނަގެ ހަގީގަތް އެގޭނަމަ ތިހެން ނުބުނީސް. އަޅުގަނޑަށް ނުފެންނަ ކޮން ކަމެއްތަ މަންމައަށް ނިއަމްގެ ފަރާތުން ތިފެންނަނީ” މަލަކާ އޭނާގެ އަމިއްލަ ދިފާއުގައި ބުނެލިއެވެ. އެހެންޏާ ނުހުންނަ ހަރުކަށިކަމެއް މަލަކާގެ އަޑުގައި ވުމުން އެތާގައި އެވަގުތު ތިބި އެއްމެނަށް މަލަކާއަށް ބަލާލެވުނެވެ.

“މަލަކާ ހަމަމިހާރު އާދޭ ކޮޓަރިއަށް” ދަރިފުޅުގެ ކިބައިން އެފަދަ ހަރުކަށިކަމެއް ފެނުމުން ސަމީހާގެ ލޭ ކެކިގެން ދިޔައެވެ.

“މަންމައާއި ނިއަމް އަހަރެންގެ ހުރިހާ ކަމެއް މިއަދާ ހަމަޔަށް ނިއްމަމުން ތިދަނީ. އަހަރެން ބޭނުމެއް ނޫން މުޅި އުމުރަށް ނިއަމްގެ އަމުރުވެރިކަމުގެ ދަށުގައި އުޅެން. މަންމައަށް އެއްމެ ރަގަޅަށް އެނގޭނީ ނިއަމް އަހަންނާއި ދޭތެރޭ ކަންތައް ކުރާ ގޮތް. ” ކޮޓަރިއަށް ވަންނަމުން ޝަކުވާގެ ރާގަކަށް މަލަކާ ބުނެލީ މަންމަގެ ހަމްދަރުދީ ލިބޭނެ ކަމުގެ އުއްމީދުގައެވެ.

“މަލަކާ.. ހަމަ މިހާރު ތިހެން ވާހަކަ ދެއްކުން ހުއްޓާލާ. އަހަންނަކަށް ނޭނގެ ކޮންތާކުން މަލަކާ ދަސްކޮށްގެން އުޅޭ އާ ގޮތެއް ކަމެއް ތީ . ތީ އަހަރެންގެ ދަރި އެއް. މައިންބަފައިންނަށް ކުރަން ޖެހޭ އިހްތިރާމް މަލަކާއަށް އެގެން ޖެހޭނެ. ލަދެއްވެސް ނުގަނެއެއްނު މެހުމާނުން ކުރިމަތީ ތިރާގަށް އަހަންނާއި ވާހަކަ ދައްކަން” މަލަކާ ވަނުމުން ސަމީހާ ދޮރު ލައްޕާލަން ކޮއްޕާލިއަސް އެއްކޮށް ދޮރު ނުލެއްޕެއެވެ. އެހެން ކަމުން ދޮރު ކައިރީގައި ހުރި ޝައިމްއަށް އެތެރޭގައި ދެކެވެމުން ދިޔަ ހުރިހާ ވާހަކައެއް ސާފުވަމުން ދިޔައެވެ.

“މަންމަ ބޭނުމީ އަހަރެން އެނިއަމްއާއި އިންނާކަށްނު. އަހަރެން ބޭނުމެއް ނޫން އެކަހަލަ މީހަކާއި އެއްކޮށް އުޅޭކަށް. މަންމައަށް ނޭނގޭތަ ނިއަމްއާއި ހެދި އަހަރެން ރުއިވަރު. ނިއަމް އަކީ މަންމަ ތިހީކުރާ ކަހަލަ މީހެއް ނޫން. އެއް އިރެއްގައި އެއީ އެއްމެ އޯގާތެރި މީހާއަށް ވިޔަސް ނިއަމްގެ މިޒާޖު އެއްކޮށް ބަދަލުވަމުން ދިޔައީ. ގިނަ ރޭރޭ އަހަރެން ގުޅުމުން ބިޒީ އޭ ބުނެ ފޯނު ކަނޑާލަނީ. ދެން ރުޅި އައުންވެސް އިންތިހާއަށް ގޮސްފި. އަހަންނަށް ކުޑަ ކުށެއް ކުރެވޭ އިރަށް ހަޅޭއްލަވައިގަންނަން ފައްޓާނީ.. ގިނަ ފަހަރު ކަމުގެ ހަގީގަތްވެސް ނުބަލާ އެވަގުތު ހިތަށް އައި އެއްޗެއް ކިޔާލާ. ދެން ދެތިން ދުވަސް ފަހުން މާފަށް އެދި ފަހަތުން ދުވާނެ، ދެން އެކަން ތަކުރާރު ނުވާނެއޭ ބުނެ. އެކަމަކު އެކަހަލަ ކިތައް ދޮގު ނިއަމް ހެދި.. މަންމަ ބޭނުމީ އަހަރެން އެކަހަލަ ދޮގުވެރި މަކަރުވެރި މީހަކާއި އެއްކޮށް އުޅެންތަ” މަލަކާ މަޑު މައިތިރިކަމާއި އެކު ސަމީހާއަށް ވިސްނައިދެވޭތޯ އުޅުނެވެ. އެކަކަށް ނުވިސްނުނަސް އަމިއްލަ މަންމަ އަށް ދަރިފުޅުގެ އާދޭސްތައް އިވޭނެ ކަމަށް ބަލައިގެންނެވެ.

“މަންމަ އަށްވެސް ފާހަގަ ކުރެވުނު ނިއަމްގެ މިޒާޖަށް އައި ބަދަލު. އަދި މަންމައަށް ފާހަގަކުރެވުނު އެބަދަލަކީ ނިއަމްގެ މަންމަ ނިޔާވުމާއި އައު ވަޒީފާއެއްގައި އުޅެން ޖެހެމުން އައި ބަދަލެއްކަން. ދަރިފުޅު އޭރު ކިޔެވުމާއިގެން މާބުރަކޮށް އުޅުމުން އެކަން ފާހަގަ ނުވިޔަސް މަންމަ ދިޔައީ ނިއަމްގެ ހަރަކާތްތައް ގާތުން ބަލަމުން. ނިއަމް ބޭކާރު ކުދި ކަންތަކާއި މާރުޅިގަދަވާން ފެށި. އަބަދު އިންނަނީ ފިކުރެއްގަ. ކަންކަމާއި ގަޔާނުވެފަ. އެކަމަކު ވަގުތު ފާއިތުވަމުން ދާ ވަރަކަށް އެކަންތައް ރަގަޅުވަމުން ދަނީ.ދަރިފުޅު ޖެހޭނެ ނިއަމްއަށް އެފުރުސަތު ދޭން. އެއީ ނިއަމްގެ ކުށަކުން އައި ބަދަލެއް ނޫންކަން މަންމަ ގަބޫލުކުރަން. މީހަކަށް ދެރައެއް ލިބުނީމަ އަހަރަމެން ޖެހޭނެ އެހީވާން. ކެތްތެރިވާން ޖެހޭނެ. ” ސަމީހާ އޯގާތެރިކަމާއި އެކީ މަލަކާއަށް ވިސްނައިދެވޭތޯ އުޅުނެވެ.

“މަންމައަށް އެނގޭ މިފަހަރު ނިއަމް އެކުރީ ވަރަށް ބޮޑު ކުށެއްކަން. އަދި އެކުގައި އުޅޭއިރު އެއްމެ އިސްކަމެއް ދޭން ޖެހޭނީ އިތުބާރު ކުރުމަށްކަން. އެކަމަކު ދަރިފުޅާ، ނިއަމްއަށް އެކުރެވުނީ ކުށެއްކަން އިހްސާސްވުމުން ވަގުތުން އެ އައީ ދަރިފުޅު ކައިރިއަށް މާފަށް އެދެން. އޭގެން އެގެނީ ނިއަމް ދަރިފުޅު ދެކެ ލޯބިވާ ވަރު”ސަމީހާގެ ނަސޭހަތްތައް އަޑު އަހަން މަލަކާ އިސްޖަހައިލައިގެން އިނެވެ.

“މަންމާ… އަހަރެން ލޯބިވަނީ އެހެން މީހެއް ދެކެ” ސަމީހާގެ ވާހަކައިގެ މިސްރާބު ހުރި ދިމާ އެގުމުން މަލަކާ އެވާޙަކަތައް މެދު ކަނޑާލުމަށްފަހު ބުންޏެވެ.

“ކީކޭ… އެހެން މީހެކޭ. މަލަކާ!” ސަމީހާގެ އަޑު މުޅި ކޮޓަރީގައި ގުގުމާލީ އޭނާއަށް އަޑު އިވުނީ ތެދުކަން ގަބޫލުނުކުރެވިފައި ހުރެއެވެ.

“އާން މަންމާ.. އަހަރެން ލޯބިވަނީ އެހެން މީހެއް ދެކެ. ނިއަމްއަށް އަހަރެން ހިތުން ދެވުނު ޖާގަ އެހެން މީހަކަށް ދެވިއްޖެ. އަހަރެންނަށް ނެތް ނިއަމްއާއި ކައިވެނި ކުރެވޭކަށް” މަލަކާ މަންމަ ދެކެ ބިރުން ހުރެމެވެސް ތެދު ހާމަކުރިއެވެ.

“ކިހިނެތް ވެގެންތަ މަލަކާ ތިއުޅެނީ. އަދި ނިއަމް ކަލޭއާއި ވަކިވިތާ އެއްހަފުތާ ނުވެއޭ އެހެން ފިރިހެނެއް ފަހަތުން ތި ދުވަނީ. އަމިއްލަ ނަފުސަށް ގަދަރެއްވެސް ނެތްތް.. މުޅި އާއިލާ ބަދުނާމް ކޮށް ރަށު ތެރެއަށް ގިނަކުރަންތަ ކަލޭ ބޭނުމީ”މަލަކާގެ މޫނު މައްޗަށް އެރީ ސަމީހާގެ އެއްމެ ހަމަލާއެއް ނޫނެވެ. މަލަކާ ގައިގައި ސަމީހާ ޖެހި އަޑު ބޭރުގައި ހުރި ޝައިމްއަށް ނީވުނަސް ސަމީހާގެ ރުޅިގަދަ ބަސްތައް އަށް އިއްވަމުން ދިޔައިރު ހީވީ އެހިތަށްވެސް ހަރަމުން ދިޔަ ތީރިތަކެއް ހެންނެވެ.

” މީ އެއްމެ ރަގަޅު ވަގުތެއް ނޫން” މަލަކާގެ ދިފާއުގައި ޝައިމް އެތެރެއަށް ދާން އެޅި ފިޔަވަޅު މަޑު ޖައްސާލީ ފަހަތުން އަޝްވިން އަތުގައި ހިފައި ހުއްޓުވުމުންނެވެ.

 

‘މަންމާ ތަދުވެއޭ” ކޯމަތީ އަތް ފިރުމާލަމުން މަލަކާ ބުނެލިއިރު އެއަޑުގައި ވި ވޭން ޝައިމްއަށް އިހްސާސް ކުރެވިގެން ދިޔައެވެ.

“ތަދެއް ނުވާނެއެއްނު ބުނާ ގޮތަށް ހަދައިގެން އުޅެންޏާ. ހަނދާން ކުރާތި އަހަރެންނަށް މަންމަ ކިޔަން ބޭނުމިއްޔާ ޖެހޭނީ ނިއަމްއާއި ކައިވެނި ކުރަން” ސަމީހާގެ ފައިވާނުގެ އަޑު އިވުމުން އަޝްވިން ގަދަކަމުން ކަހަލަ ގޮތަކަށް ޝައިމް އެތަނުން ދުރަށް ގެންދިޔައެވެ.

ސަމީހާ ނިކުތުމުން ދުވެފައި ކަހަލަ ގޮތަކަށް އަޝްވާ އެކޮޓަރިއަށް ވަނެވެ. އޭރު ބާލީހުން މޫނު ފޮރުވައިގެން އިދެ މަލަކާ ގިސްލަ ގިސްލާ ރޮނީއެވެ. ކޮޓަރީގެ އެއްކަނެއްގައި ފަތްޖެހިފައި އިން އިރު ހީވަނީ ހަތަރު އުދަރެސް ފެނު ޖެހިފައިވާ މީހެއް ހެންނެވެ. އެސްފިޔަތައް ފޫދުއްވާލާފައި އޮހެރެމުން ދިޔައީ ބޮޑެތި ކަރުނަތެކެވެ. އަރު ތެރޭގައި އިތުރު ވޭނެއް ވާއިރު މަންމަގެ ބަސްތައް އިވިފައި ހިތްވަނީ ކުދިކުދިވެފައެވެ.

“މަލަކާ” އަޝްވާ ހަމްދަރުދީވެ ގޮވާލަމުން އައިސް މަލަކާ ކައިރީ އިށީނެވެ.

“މަންމަ..” މަލަކާއަށް އިސްއުފުލައި އަޝްވާއަށް ބަލާލަމުން ބުނެވުނީ އެހާ ވަރަށެވެ. އަޑު ބެދިއްޖެއެވެ.

“މަގޭ މަލާ” އެތެރެއަށް ދުވެފައި އައި ޝައިމް ފެނި މަލަކާ ކޮޅަށް ތެދުވިއެވެ. ޝައިމް އައިސް މަޑުކުރުމެއް ނެތި މަލަކާ ގައިގައި ބައްދާލީ ނުހަނު ލޯތްބާއި އެކީގައެވެ.

“ދޫންޏާ ހުއްޓާލާ” ޝައިމް މަލަކާ ދުރުކުރަމުން އެއަތުން މަލަކާގެ ކަރުނަތައް ފުހެ ދިނެވެ. ނަމަވެސް މަދު ސިކުންތުކޮޅެއް ތެރޭ އަނެއްކާ ވެސް ދެކޯތާފަތްވެސް ކަރުނައިން ތެއްމާލިއެވެ.

 

“ވަރަށް ލޯބިވޭ… އިރާދަކުރެއްވިއްޔާ މަންމައަށް އަދި ވިސްނޭނެ” ޝައިމް މަލަކާ އެދުގައި ބައިންދަމުން ހަމައަކަށް އެޅުވޭތޯ އުޅުނެވެ.

“އަހަރެން ބޭނުމީ ޝައިމް އެކަނި. ހަމައެކަނި ޝައިމް” އެސްފިޔަތައް ބަރުވެ ނިދެންދެންވެސް މަލަކާ އެނޫން އެހެން އެއްޗެއް ނުކިޔައެވެ. ޝައިމްގެ މޭމަތީ ބޯއަޅައިގެން އޮތް އިރު އެއަތުގެ ހިމާޔާތް މުޅި އުމުރަށްވެސް ލިބެން އެދެވެމުން ދިޔައެވެ.

މަލަކާ އޭނާގެ އުގު ތެރޭގައި ނިދެމުން ދިޔައިރު ޝައިމްގެ ހިތު ތެރޭގައި ހިތާމައިގެ ސުނާމީއެއް އަރަމުން ދިޔައެވެ. މަލަކާއަށް ބަލަމުން ދިޔައީ އެމައުސޫމް މޫނު މިހާ ކައިރިން ބަލާލުމުގެ ފަހު ފުރުސަތު ކަމަށް ހީކޮށެވެ. މަލަކާގެ މެރިފައިވާ ދެލޮލުން ކަރުނަ ފުހެ ދިނީ އެއަޅާލުން ދެވަނަ ފަހަރަށް ދެވޭނެ ކަމުގެ ޔަގީންކަން ނެތް ހާލުގައެވެ. ވޭނީ ކަރުނަތައް ޝައިމްގެ ލޮލުންވެސް ފައިބަމުން ދިޔައެވެ. މަލަކާ ދެކެ ވެވިފައިވާ ސާފު ލޯބި ދުވަހަކުވެސް އެހިތުން ފަޑުވެގެން ނުދާނެއެވެ. މަލަކާއާއި އެކީ އުޅެން ޝައިމް ހާދަ ފޮނި އުއްމީދެއް ކުރި ހެއްޔެވެ؟ ނަމަވެސް ބަދު ނަސީބުގެ ހިޔަނި އެގުޅުމަށް އެޅެމުން ދަނީއެވެ.

“މަލާ… އަހަރެންގެ މަލާ… ނުރޯށެވެ. ތި ލޮލުން އެއްމެ ކަރުނަ ތިއްކެއްވެސް ވެއްޓޭތަން ބަލަން މިބަލިކަށި ހިތަށް ކެތެއް ނުވާނެއެވެ. ކެތްތެރިވާށެވެ. މަދަދު ދެއްވާނެއެވެ. ލޯބިން ހިނިތުންވެލާށެވެ. ” މަލަކާ ގައިމަތި ރަޖާގަނޑު އެޅުމަށްފަހު ޝައިމް މަލަކާގެ ނިތްކުރީގައި ބޮސްދިނެވެ. އޭރު ހިތުން މި ލަފުތައް ތަކުރާރުކޮށް ކިޔެމުން ދިޔައެވެ.


 

ފަތިސް ނަމާދުގެ ބަންގީގެ އަޑަށް މަލަކާއަށް ހޭލެވުނެވެ. ފެންވަރާލައިގެން އައިސް ނަމާދަށް އެރީ އާއަޒުމަކާއި ގެންނެވެ. ނަމާދުކޮށް ނިމިގެން އެތައް އިރަކު މުއްސަލަ މަތީ ﷲ ހަޟުރަތުގައި ދުއާ ދެއްނެވުމުގައި ވަގުތު ހޭދަކުރިއެވެ. މަންމައަށް ހެޔޮ ވިސްނުން ދެއްވައި ޝައިމްއާއި އެދެމީހުންގެ މުސްތަގުބަލު އުޖާލާކުރައްވާތޯއެވެ.

މުސައްލަ ފައްޖަހާލުމަށް ފަހު މަލަކާ ބޭރަށް ނުކުތީ ކޮންމެ ދުވަހެއްގެ އާދައިގެން މަތިން ބަދިގެ ފަރާތް ކުނި ކަހާލުމަށެވެ. މަންމަ މިގަޑީ އުޅޭނީ މާމަ މެންގޭގައި ކަމުން މަންމަ އާއި ކުރިމަތިލާން ނުޖެހޭނެއެވެ.

އިލޯށިފަތި އަތަށް ހެޔޮވަރު ކުރަމުން ނިކުތް މަލަކާގެ ފިޔަވަޅުތަކަށް ހުއްޓުން އަރައިގެން ދިޔައީ އިވުނު ޖުމްލައިންނެވެ.

“އަހަރެން މަލަކާ ދެކެ ލޯތްބެއް ނުވޭ” އެ އަޑުގެ ވެރިޔަކީ ކާކުކަން އެނގި ހިތް ދެފަޅިވެގެން ނުދިޔައީ ކިރިއާއެވެ.

“މީ މަލަކާ އެއްމެ ފުރަތަމަ ކުރި ޖެއްސުމުގެ ބަދަލު އަހަރެން ދޭން ބޭނުންވި ގޮތް”

Share Article

Follow Me Written By

maroon

Level 710 Stories100 Comments500 Comments100 Login1K Comments100 Stories

Author of 1. Vaashe oagthaa hitha 2. Thiya noon ehen hitheh neydhemey 3. Thiya asaru , and more stories. Contact me at: [email protected] Much love to my lovely readers ?

Other Articles

Previous

އަވްލީން (11ވަނަ ބައި)

Next

އީލާމް-05

Next
September 22, 2017

އީލާމް-05

Previews
September 22, 2017

އަވްލީން (11ވަނަ ބައި)

64 Comments!

  1. ... says:
    September 22, 2017 at 8:02 am

    Yay , l am first

    1. maroon says:
      September 22, 2017 at 8:10 am

      Yay you are. How is the story ?

  2. maroon says:
    September 22, 2017 at 8:10 am

    Salaam hurihaa kudhinnahves. Heekuran mi part kamudhaane kamah. Ragalhu kuran kameh othas buneladhinun edhen. Mi part lasvy ehen part thakahvure dhigukoh genesdheyn beynunvyma. Loves. Tc. ???

  3. click a shot ? says:
    September 22, 2017 at 8:19 am

    Varah salhi mi part ves. ?

  4. click a shot ? says:
    September 22, 2017 at 8:37 am

    Varah salhi mi part ves. ?Alhey dhen malakaa kaaku choose kuraany..loabeh nuveyey ebuny shaim kaneyge.if so..vedhaanenun malakaa aa eynage mamma aa dhemedha nuvannan buniehchaka ves…mi niam gandeves.i just hate him..love you maroon ❤️?

    1. maroon says:
      September 22, 2017 at 10:51 am

      Thanku click ?
      I hate him too dear.. malaka choose kury shaim dhw. Ekam dhn anekkaa ekan badhalu vedhaane maybe ?
      Love you dear ❤

  5. Naufa says:
    September 22, 2017 at 8:39 am

    Alhey.. V hih avasvaa hisaabakun thi ninmaaly.. Vvvvv rythi stry. Maasha allah??❤

    1. maroon says:
      September 22, 2017 at 10:51 am

      Thanku naufa. M waiting for your story ?

  6. Shaa says:
    September 22, 2017 at 8:46 am

    V reethi mi partves

    1. maroon says:
      September 22, 2017 at 10:51 am

      Thanku shaa?

  7. Nas says:
    September 22, 2017 at 9:11 am

    Ahey nium haada go hey pls Malaa mom ah vis nadee ba nd malaa slum gulhuvaba plx plx and story hama habeyse

    1. maroon says:
      September 22, 2017 at 10:53 am

      Thanku nas ?
      Naseyhai laidheynvy dhw meehaku genes ?

  8. Shudha says:
    September 22, 2017 at 9:28 am

    Ey niam.. shudha ah eyru ves heevi ey meena e ulheny malakaa malhi ehga jassaashey… Sorry niam .. their wild wild love cannot be tamed… story v salhi hama habeys keep it gurrl. LOVE YOU MAROON

    1. maroon says:
      September 22, 2017 at 10:53 am

      Thanku shudha. In sha Allah true love will find its ways dhw ?
      Love u too?

  9. Sanu says:
    September 22, 2017 at 9:36 am

    Stry vvvvvvv reeethi. Ekamu shaim n malaa dhuru nukurahchay. Eyrun vvvvv dhera vaane. Niam kaureega bunay stry in dhaashay. Niam fonuvaalaa mars ah

    1. maroon says:
      September 22, 2017 at 10:54 am

      Shaim rocketeh build kuranvy dhw niam fonuvaalan. Hehe thaku sanu?

  10. Mariyam Ubaid says:
    September 22, 2017 at 9:37 am

    Salhi

    1. maroon says:
      September 22, 2017 at 10:55 am

      Thanku mariyam ubaid ?

  11. Ren says:
    September 22, 2017 at 9:48 am

    Ehaa best eh noon dhen shaim sacrifice kuraakah.. Urggggg..????

    1. maroon says:
      September 22, 2017 at 10:56 am

      Thanku ren. In love sometimes you should sacrifice dhw. Ekam shaim anekkaaves baakyvaathy dhw thihen thibuny. Higaa balana dhn vaane goiy ?

  12. mal says:
    September 22, 2017 at 9:49 am

    Noon maroon.. malaka ah eh nuhadhaa.. mee ge sis ah vx kiyany e name… rovijje hama…??

    1. maroon says:
      September 22, 2017 at 10:57 am

      Hey mal i was waiting for your comment. Dnt cry its just a story. Thanku ?

    2. mal says:
      September 22, 2017 at 2:04 pm

      Story v heart touching ey… thanks maroon wait kuryma?? love u??

  13. reader says:
    September 22, 2017 at 10:02 am

    Ey. Ehen ebuny Shaim tha? TH. No. Buney ei dhogekey. Shaim ehenh nubunaane

    1. maroon says:
      September 22, 2017 at 10:58 am

      Hehe. Higaa dhn anna part akun balama dhw ? thanku ?

  14. Song joong ki... KOREAN says:
    September 22, 2017 at 10:08 am

    Shaim tha aee anehkaaaaaaa????????????! ?? kihinehbaa vaan eulheny.. Maroooooon varah fahkaa ingey part thah nimmaalaa goih. Neyvai hifahahtaigen hunnan mi jeheny.. Haha. V loabi mi part vx.. Alhey surprise eh gothah n t part thankolheh avahaa up khlanvynu?? ? keep it up.. Ly maroon. Good luck

    1. maroon says:
      September 22, 2017 at 11:01 am

      Hey love SJKi ?
      Kihineibaa dhw vaany. Mipartge 2000 words hama vi iru suprising gothakah nunimeythy dhigu kohly , suprise suprise eh gennanyvy hama. Ekamaku nubune dhw ?
      Thanku dear. Love u?

    2. Shudha says:
      September 22, 2017 at 11:32 am

      its probably niam… shaim eh dhn eheneh nubunaane dhw.. chill SJKi

    3. song joong ki..KOREAN says:
      September 22, 2017 at 2:53 pm

      yes maroon.. ehemma suprise dheyne dhuvahakah inthixaaruga.. hehe.. 🙂 🙂 hey shudha.. do you know me???

    4. Shudha says:
      September 22, 2017 at 3:47 pm

      no i just find u awesome.. do u know me?

    5. maroon says:
      September 22, 2017 at 4:18 pm

      sjki is awesome ?
      Yup suprise ah wait kollaa

    6. song joong ki..KOREAN says:
      September 22, 2017 at 4:40 pm

      hehe seriously?? am i? 😀 hey both of u .. why am i awesome??? i think both of u are more awesome than me 😉 😉 yes dear maroon, always waiting cauz its your story 😉 🙂

    7. song joong ki..KOREAN says:
      September 22, 2017 at 4:43 pm

      no shudha. i don’t know whom u r 🙂 🙂 🙂

  15. nux says:
    September 22, 2017 at 10:25 am

    hama rangalhahvess rohvaalaafa thi dhiya e ???????thihen hadhaakah nuvaanehnu???story v habeyse??????well done dr next part v v v avass kohladheythi plx plx plx ly????

    1. maroon says:
      September 22, 2017 at 11:02 am

      Thanku nux. Maabodah nuroathi just an imagination . Lovee u too ?

  16. Xxxx says:
    September 22, 2017 at 10:57 am

    Wooooowww ?????….v .nice dear… waiting…

    1. maroon says:
      September 22, 2017 at 11:07 am

      Thanku xxxx ?

  17. Addu manje says:
    September 22, 2017 at 12:02 pm

    Dnt tell me its Shaim.. ???
    Mibaives varah reethi.??
    Mibai ves thi nimmalee suvaalu thakeh ge thereah kiyuntherin dhoo kollaafa dhw.. ????
    Keep it up Maroon.. ?❤
    aneh part thankolheh avhah genes dhevidhaane tha?? Eagerly waiting for next part. ☺

    1. maroon says:
      September 22, 2017 at 1:51 pm

      Ok i wont tell you who it is ?
      I ll try my best in sha Allah. Thanku addu manje ??

  18. sam♥ says:
    September 22, 2017 at 12:10 pm

    lovely … ekm saim tha ebunyy ehnn hama????

    1. maroon says:
      September 22, 2017 at 1:52 pm

      Thanku sam. ? I ll send you a pic like last time ?

  19. Adha? says:
    September 22, 2017 at 12:27 pm

    Nooooooooooooo??.. shaim tha eyee?.. ehenneh nuvaane dw☹.. malaka mom ah enguny kanneynge dw.. shaim ah majuboor vee kanneynge ehen bunan… hope ehen nuvaane kamah but hama last sentence kiyaalyma heevany shaim hen?.. maroon ehen nahadhaathi ingey.. ehen vejjeyya ? hiy kudhi kudhi vedhaane?.. curiously waitingss for next ep❤

    1. maroon says:
      September 22, 2017 at 1:54 pm

      Thanku adha. ??Hiy kudhi kudhi vias glue laigen thakkuruvaanan ?
      V happy vejje comment kiyaalafa. Ei shaim kan egijjeyya v sakaraai vaaane dhw ?

  20. Me says:
    September 22, 2017 at 12:29 pm

    Hey.. there is a poll which i have made for the best villain. I posted it on the latest part of ageh nei loabi. Please kyp voting.

  21. Zuam says:
    September 22, 2017 at 12:58 pm

    Alhey a e shaim tha???? Varah reethi mi part vas. … kon irakun next part? ??

    1. maroon says:
      September 22, 2017 at 4:19 pm

      Thanku zuam ?
      In sha Allah soon. Latest by sunday ?

  22. khajja says:
    September 22, 2017 at 3:33 pm

    Ohh wow masha allah v rythi v furihama?? whn nxt prt can’t wait awas kolladhybala plx n shaim kyvve thihen thihadhany? Loabivumaky kushennooney but i hate nium ? stry v furihama anebbai avas plx plx ???

    1. maroon says:
      September 22, 2017 at 4:15 pm

      Thanku khajja ? in sha Allah avskohdheynan

  23. Xna says:
    September 22, 2017 at 3:43 pm

    Malakaa ?❤? nukurey..??..shaim gasthuga revenge akah eha dgrade eh nuvaane? asarugadha??. Huriha rahathakeh himnan vaane.thlhuvan ves vaane?… Love ??ge koalhun gadu miss vey. Waiting ggggg…avahah genesdhehchey??.. maroon ah vaane???

    1. maroon says:
      September 22, 2017 at 4:17 pm

      Thanku xna. Always happy to see ur comment ? shaim eha drade thw balamaa dhw…
      See u in the next part ?

  24. Boabi says:
    September 22, 2017 at 8:40 pm

    Now shaim is gonna say no maybe bc malaka’s mum might say no to him or he did it just for revenge. Then later he’s gonna realize that he loves her and he’ll come back. Happily ever after.

    That’s how i think the story is gonna continue ?. Curious to know what’s gonna happen. When is the next part?

    1. maroon says:
      September 22, 2017 at 9:50 pm

      Thanku boabi ? it seems you have put a lot of thought into the story . anyway lets see if they get a happily ever after what ever happens ?
      Sunday in sha Allah ?

  25. Maya says:
    September 22, 2017 at 8:57 pm

    Shiyam ehen e buny majubooruwegen or else he won’t say it shiam beynumeh nuwaane mom and daughter GE dgemedhanh wahnaakah thats why
    But fahun ehmenah Wes wisneyne

    1. maroon says:
      September 22, 2017 at 9:52 pm

      Thanku maya ? lets see if that is what’s gonna happen ?

    2. mal says:
      September 23, 2017 at 7:09 am

      Shiam eh noin dhoonya shaim.. dhw

  26. Kia says:
    September 23, 2017 at 7:17 am

    Miadhu up kohba maroon.

  27. mal says:
    September 23, 2017 at 12:12 pm

    Maroon when next part.. miadhu vaane tha..☺

  28. mal says:
    September 23, 2017 at 2:45 pm

    Maroon miadhu up vaane tha

  29. Shudha says:
    September 23, 2017 at 7:42 pm

    Maroon mirey story up kolladheeba

  30. song joong ki..KOREAN says:
    September 23, 2017 at 11:45 pm

    kobaa maroom story, mihaaru kiya hithun nidhivx naadhey 😉 🙂 fast fast

    1. song joong ki..KOREAN says:
      September 23, 2017 at 11:46 pm

      *maroon

  31. Twinkle says:
    September 24, 2017 at 12:29 pm

    Maroon kobai nxt part. Waiting waiting

  32. maroon says:
    September 24, 2017 at 2:53 pm

    Hey guys m having a huge migraine attack. I have written half of the next episode, will be able to upload tonight

    1. song joong ki..KOREAN says:
      September 24, 2017 at 4:10 pm

      GET WELL SOON DEAR 🙂

Comments are closed.


All Right Reserved!