“އައްދެ ތިވަރަކުން ކިހިނެއްވާނީ؟ މީހަކު ނައިނާ ކޮށްޕާލިޔަސް ސަލާމަތެއް ނުވާނެއްނު…” އެހެން ބުނިއަޑަށް ނައިނާ ފަހަތުގައި ހުރި ހުދާ އަށް ބަލައިލިއެވެ. ނައިނާ އެއްޗެއް ނުބުނެ ކުޑަ ހިނިތުންވުމެއް ދިނެވެ. ހުދާ ތަންކޮޅެއް ދުރަށް ދިޔުމުން ލަހުފާ ފާޑަކަށް ހުދާ އަށް ބަލައިލިއެވެ. “ހާދަ ފާޑަކަށް އެހެން އެބުނީ؟ ކާކުތަ އެއީ..” ހުދާ ގެ އަޑުން ތަފާތުކަމެއް ދެނެގަތް ލަހުފާ ސުވާލުކުރީ ހިތްހަމަނުޖެހިފައެވެ. “އެއީ ހަނާގެ ކަޒިންއެއް… އިނގޭތަ ހަނާ އާއި ޒުހާ އަކީ އަބަދުވެސް އެންމެ […]
ހިތުގެ އެ ގޮވުމަށް އިޖާބަދީ ދުވަހަކަށްފަހު ދުވަހެއް އޭނާ ފާއިތު ކުރަމުން ދިޔައީ ހެޔޮ ކަންތައް ތަކުގައި ޝާމިލުވުމުގައި އިސްނެގުމުގައެވެ. އެގޮތުން ފުރަތަމަ ނަމާދު ޤާއިމްކުރުމަށްފަހު، ފަހަރަކު ކަމަކަށް ފަހު ކަމެއް އިސްލާހުކުރަމުން ގޮސް މޫނުބުރުގާވެސް އެޅީއެވެ. ހިބާ އަކީ ކުރީގައި ދީނީ ކަންތައްތަކަށް ކުޑަކޮށް ނަމަވެސް ހޭލުންތެރި ކުއްޖެއް ނޫނެވެ. އޭނާގެ ދިރިއުޅުން ބައްޓަންވެފައި ހުރީ އޭނާގެ މައިންބަފައިން ފަދައިންނެވެ. ސްކޫލުގައި އުޅުނު އިރު އިސްލާމް ފޮތުން އިސްލާމްދީނާ ބެހޭ ގޮތުން އެނގުނު އެއްޗެއް އެނގުނީއެވެ. […]
އަޔާނީ މިސްރާބު ޖެހީ އަފްލާކް ވަން ގޯޅިއާއި ދިމާއަށްށެވެ. އެހެނަސް، ހުރި ހިތާމައެއްގެ ބޮޑުކަމާއިއެވެ. އަފްލާކްގެ އެއްވެސް ހިލަމެއް އެ ގޯޅީގެ ތެރެއިން ފެންނާކަށް ނެތެވެ. މާޔޫސްވީވަރުން އަޔާނީއަށް އިސްޖަހާލެވުނުއިރު، އޭނާގެ ބޮޑު ދެ ލޯ ފެންކަޅިވެގެން އައީ ދެރަވީވަރުންނެވެ. އަފްލާކް އެ ގޮތަށް ކަންތައް ކުރުމުން، އޭނާއާއިމެދު، އަޔާނީގެ ހިތުގައި އެތައް ޝަކުވާއެއް އުފެދުނެވެ. މާޔޫސްކަމާއިއެކު، ގެއަށްދާން ހިނގައިގަތް އަޔާނީގެ ފިޔަވަޅުތަކަށް ހުއްޓުން އައީ ފަހަތުން މީހަކު އޭނާގެ ކޮނޑުމަތީ އަތް ބާއްވާލުމުންނެވެ. ކުޑަކުޑަ ތުންފަތަށް […]
ހުއްޓުމެއްނެތި ވާރެ ވެހެމުން ދިޔައެވެ. އިންތިޒާރު ކުރަމުން ދިޔައީ އަބަދުވެސް އަޑު އިވުމަށް އެދޭ ލޯބި އަޑަށެވެ. 24 ގަޑި އިރު ވާހަކަ ނުދައްކާ ހުރުމަށްފަހު 12 ޖަހަން ކައިރި ވުމާއެކު ހަނީފް، ނަޒްމާއަށް ގުޅަން ފޯން ނެގީ ޑޭޓާ ވެސް ހުސްވެފަ ހުރުމާ އެކު އެ ލޯބިވާގެ އުފަންދުވަހުގެ ތަހުނިޔާ ކިއުމަށެވެ. ނަންބަރަށް ޑައިލް ކޮށްލުމާއެކު ރިންގް ނުވަނީސް ކަންފަތުގައި ޖެހުނީ އެހެން އަޑެކެވެ. ” ޔޫ ޑޯންޓް ހޭވް އިނަފް ބެލެންސް ޓު މޭކް ދިސް […]
އެ ފެންނަނީ އަޝްވާގެ އަތުގައި މީހަކު ބާރަށް ހިފަހައްޓައިގެން ހުރެ ކުރިއަށް ދާން ހުރަސް އަޅާ މަންޒަރެވެ. އެދިމާލަށް ދާ ވަރަކަށް އަޝްވާގެ މޫނު މަތީގައިވާ ހާސްކަން މަލަކާއަށް ފެންނަމުން ދެއެވެ. އަނެއްކާ ނުބައި ފިރިހެނެއްގެ ޝިކާރައަކަށް އަޝްވާ ވެގެން ދަނީބާވައެވެ. “ހަމަ މިހާރު އަޝްވާ އަތުން ދޫކޮށްލާ” މަލަކާއަށް އެމީހުންގެ އަޑު ފޯރާ ހިސާބަށް ދެވުމުން ހިތްހަމަނުޖެހިފައި ބުންޏެވެ. ނަމަވެސް އެމީހާ ހުރީ މަލަކާގެ އެއަމުރަށް އަމަލުކުރަން ތައްޔާރަކަށް ނޫނެވެ. އެހެންކަމުން މަލަކާ އޭނާގެ ހިގުން އިތުރަށް […]
މިޝްކާގެ އަތުގައި ހިފައިގެން ދަމަމުން ކަހަލަ ގޮތަކަށް މުނީރު ކޮޓަރިއަށް ވަނެވެ. އެ މޫނުމަތިން މިޝްކާއަށް ފެނުނީ ދުވަހަކުވެސް ނުފެންނަފަދަ ރުޅިވެރިކަމެކެވެ. “އަހަރެން ހިޔެއް ނުކުރަން އިނގޭ މިޝްކާ ތިހާ ވިޔާނުދާ ކަމެއް ކޮށްފާނެ ކަމަކަށް!” މުނީރު މިޝްކާއާ ދިމާއަށް ޝަހާދަތް އިނގިލި ދިއްކޮށްލަމުން ބުނެލިއެވެ. މިޝްކާ ޔުމްނާ ދެކެ ރުޅިއައިސްގެން އެފަދަ ދަށު ދަރަޖައިގެ ޢަމަލެއް ހަމަ ހިންގަފާނެ ހެއްޔެވެ؟ “މުނީރު.. އައި ކެން އެކްސްޕްލެއިން..” މިޝްކާ ދެރަވެލާފައި މުނީރުގެ އަތުގައި ހިފާލަމުން ބުނެލިއެވެ. “ކޯއްޗެއް […]
ލިޔުމުގައި ޝާމިލްވެގެން އީލާމް އިންއިރު ކޮޓަރިތެރެއަށް ވަންނަމުންދިޔަ ފިނި ވައިރޯޅިން އޭނާގެ ނިންކުރިމަތިން ހިއްލާފައިވާ ދަލަށް ފިނިކަމެއް ލިބެމުންދިޔައެވެ. ކުއްލިއަކަށް މީހަކު ކުޑަދޮރު ކައިރީ ހުއްޓުނުހެން ހީވުމުން އީލާމަށް ތެޅިތެޅި އޮތް ހިތަކާއިގެން އެދިމާލަށް ބަލާލެވުނެވެ. އަމިއްލަ ހިތަށް މިކުރެވުނީ މޮޔަކަމެކޭ ހިތާ އަވަސް އަވަހަށް ކުޑަދޮރާ ގާތް ވެލީ ދޮރު ލައްޕާލުމުގެ ނިޔަތުގައެވެ. ކުއްލިއަކަށް މީހަކުއޭނާގެ އަނގަމަތީ ފޮތިގަނޑަކުން އަތްއެޅުމަށްފަހު ކޮޓަރިތެރެއަށްވަދެ ގަތެވެ، އީލާމް ގެ އަނގަމަތިން އެ ބާރުގަދަ ދެއަތް ނެގުމަށް އޭނާގެ ދެއަތް […]
“ދޮންބެ ރޭގައި ކޮންތާކު އުޅުނީ….؟؟؟؟” ގެއަށް ވަން މިޝަލަށް ހުއްޓުން އަރާފައި ހުރެވުނީ، އިވިދާނެހެން ހީނުވާ އަޑެއް ކަންފަތުގައި ޖެހުމުންނެވެ. އެއީ އޭނާގެ ލޯބިވާ ކޮއްކޮ މިޝްޔާގެ، އަޑެވެ. އެ އަޑެއް އަހާލުމަށް އޭނާގެ ދެ ކަންފަތް ބޭޤަރާރުވެފައިވާ އަޑެވެ. މަންމަ ނިޔާވުމަށްފަހު، ލިބުނު ޝޮކުގައި އެތައް ދުވަހެއް ވަންދެން ވާހަކަ ނުދައްކާ ހުރުމަށްފަހު، މިޝްޔާގެ ދުލުން ބަހެއް ބޭރުވި މީ ފުރަތަމަ ފަހަރެވެ. ދުވަސްތަކަކަށްފަހު ލޯބިވާ ކޮއްކޮގެ އަޑު އިވުމުން އޭނާއަށް ލިބުނު އުފާ ބަޔާންކޮށްދޭންވެސް […]
ދުވަހަކަށް ފަހު ދުވަހެއް ނިމިގޮސް މަސްތަކެއް ފާއިތުވެދިޔައިރު އީރަމްއަށް ނާއިލް އާއި ނުލާ އުޅެން އާދަވެއްޖެއެވެ. ބައެއް ވަގުތު ތަކުގައި ނާއިލް މަތިން ހަނދާންވިނަމަވެސް އީރަމް ބަލަނީ އެ ހަނދާންތަކާ ދުރުވެވޭތޯއެވެ. އީރަމްގެ އަޒުމަކީ އެހެން މީހަކަށް ބަރޯސާ ނުވެ އަމިއްލަ އަށް އުފާވެރި ދިރިއުޅުމެއް ހޯދުމެވެ. އެންމެ ލޯބިވާ ކަމަށް ބުނެ އުމުރަށް އެކީ އުޅެން ވައުދުވާ މީހާ ވެސް ފަހުވަގުތު ކަންތައްކުރާނެ ގޮތެއް ނޭނގޭނެކަން އީރަމް އަށް ދަސްވެއްޖެއެވެ. ގާތް ރައްޓެހިންނާއި އޮފީސް މީހުން އީރަމް ފެނިއްޖެ […]