Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ވިންދު ލޯބިން ޖެހި ހިތެއްގައި (13)

Liaa Level 710 Stories500 Comments100 Comments100 Stories1K Comments100 Login
September 21, 2017 7 Mins Read
29 Comments

އެތެރެއަށް ވަދެފައި ފަރީދު ދޮރު ތަޅުލުމުން ޔުމްނާގެ ހިތް ބާރުބާރަށް ތެޅެން ފެށިއެވެ. ފަރީދު އޭނާއަށް ބަލަހައްޓައިގެން ހުރި ނަޒަރުން އޭނާއަށް އުނދަގޫވަމުން ދިޔައެވެ. ފަރީދު މަޑުމަޑުން ގާތްވަމުން ދިޔަ ވަރަކަށް ޔުމްނާ ފަހަތަށް ޖެހެންފެށިއެވެ. އޭނާއަށް ހިންދިރުވާލެވުނީ ބިރުގަނެފައި ހުރިވަރުންނެވެ.

ފަރީދު އައިސް އެނދުމަތީގައި އިށީނެވެ. އަދި ޔުމްނާއަށް އޭނާ ގާތު އިށީނުމަށް އިޝާރާތްކޮށްލިއެވެ. ޔުމްނާ އިށީންދެ އިސްޖަހާލިއެވެ. ދެއަތް ދެއަތާ މޮޑެމުން ދިޔައިރު އެހިތުގައި ވަނީ ބޮޑު ހައިޖާނެއް އުފެދިފައެވެ.

“ރަނގަޅުތަ ކަންތައްތައް؟” ފަރީދު އެހެން އަހާލުމާއެކު ޔުމްނާ މަޑުމަޑުން ބޯ ޖަހާލިއެވެ.

“ބުނައްޗޭ އިނގޭ ބޭނުންވާ އެއްވެސް އެއްޗެއް އޮތިއްޔާ.. ލަދުން ނުބުނެ ނުހުންނައްޗޭ..” ފަރީދު ޔުމްނާގެ މަޑު އަތްތިލާގައި ހިފާލަމުން ބުނެލީ އޯގާތެރިކަމާއެކުގައެވެ. ޔުމްނާ މިފަހަރުވެސް ބޯ ޖަހާލިއެވެ. ފަރީދުގެ އެ ޢަމަލުން އޭނާއަށް އުނދަގޫވި ނަމަވެސް އޭނާ އެއްޗެކޭ ނުބުނެއެވެ.

“ބިރުންދޯ ތި އިނީ؟ އަހަންނަށް އެނގޭ އަސްލު ޔުމްނާގެ ހަގީގަތް..” ފަރީދު އެހެން ބުނުމުން ޔުމްނާ ފަރީދުއަށް ބަލާލީ އެބުނި އެއްޗެއް ދޭހަނުވެގެން އުޅޭ ފަދައިންނެވެ.

“މި ބުނީ އަހަންނަށް އެނގެއޭ ރާމިޒުގެ ފަރާތުން ޔުމްނާއަށް ޖިންސީ އެކި ގޯނާ ލިބުނުކަން.. އަސްލު އަހަރެން ޔުމްނާއާ އިނީވެސް އެ އަނިޔާތަކުން ޔުމްނާ ސަލާމަތްކޮށްދޭން ވެގެން.. މީހުން ހިތަށް އަރާފާނެ އަހަރެން ޔުމްނާއާ އިނީ އަމިއްލަ އެދުން ބޮޑުވެގެންނޭ..” ފަރީދު ދައްކަމުން ދިޔަ ވާހަކައިގެ ސަބަބުން ޔުމްނާގެ ދެލޯ ވަނީ ބޮޑުވެފައެވެ. ފަރީދުއަށް އެކަން އެނގުނީ ކިހިނަކުން ހެއްޔެވެ؟

“އެކަމަކުވެސް ފުރަތަމަ ފެނިލުމުން އަހަންނަށް ޔުމްނާ ކަމުގޮސްފި.. ޔުމްނާއާ އިނަކަސް ޔުމްނާގެ ނުރުހުމުގައި އަހަރެން އެފަދަ ނިޔަތެއްގައި ތި ހަށިގަނޑުގައި އަތް ޖައްސާލާކަށްވެސް ނެތިން.. ޔުމްނާގެ ހުއްދަ ލިބެންދެން އަހަރެން މި މަޑުކުރަނީ.. ޔުމްނާ ބޭނުމިއްޔާ އަހަރެން ޔުމްނާ ވަރިވެސް ކޮށްދީފާނަން.. އެކަމަކު އޭރުން ޔުމްނާ އަނެއްކާވެސް ދާންޖެހޭނީ ރާމިޒުގެ ވަކިތަކުގެ ދަށަށް..” ފަރީދު ވާހަކަދެއްކިއެވެ. ޔުމްނާ ކަޅިވެސް ޖަހާނުލާ ފަރީދުގެ މޫނަށް ބަލަން އިނެވެ. ފަރީދު އަސްލު ކިހާ ރަނގަޅު ހެއްޔެވެ؟ މިހާރު އޭނާ އަކީ ފަރީދުގެ އަންބެއްގެ މަޤާމުގައި އިން މީހެކެވެ. ފަރީދުއަށް ބޭނުން އިރެއްގައި އޭނާގެ ހަށިގަނޑުން އުފާ ހޯދިދާނެއެވެ. ނަމަވެސް ފަރީދު އެހެން ނަހަދައެވެ. ހަޤީޤަތުގައި ފަރީދު އަކީ ކިހާ ރަނގަޅު މީހެއްކަން ޔުމްނާއަށް އެވަގުތު ވިސްނިގެން ދިޔައެވެ.

“އަހަރެން ހުއްދަ ދެން..” ޔުމްނާ އިސްޖަހައިގެން ހުރެ މަޑުމަޑުން ބުނެލިއެވެ. އެވަގުތު ފަރީދު އޭނާގެ މޫނަށް ބަލާލީ ޤަބޫލުނުކުރެވޭފަދަ ގޮތަކަށެވެ.

“ކީކޭ ތި ބުނީ؟” އިތުރަށް ޔަޤީންކޮށްލުމަށްޓަކާ ފަރީދު އަހާލިއެވެ.

“އަހަރެންމީ ފަރީދުގެ އަނބިމީހާ.. ކޮންމެ ވަގުތެއްގައިވެސް ފަރީދުއަށް އެ ހައްގު އެބައޮތް.. އަހަރެންނަށް އެވަރު ވިސްނޭ.. އަހަރެން ފަރީދުގެ އެއްވެސް އުފަލަކަށް ހުރަސް އަޅާކަށް ނެތިން..” ޔުމްނާ މަޑުމަޑުން ބުނެލިއެވެ. ފަރީދު ކަހަލަ ރަނގަޅު މީހަކަށް އޭނާއަށް ކޮށްދެވޭނެހާވެސް ކަމަކީ އެއެވެ.

ފަރީދު ޔުމްނާގެ ރީތި މޫނަށް ބަލާލަމުން ހީލިއެވެ. އަދި އޭނާގެ މޫނު ޔުމްނާގެ މޫނާ ކައިރިކޮށްލުމަށްފަހު އެ ދޮން ކޮލަށް ބޮސްދިނެވެ. ޔުމްނާ ފަރީދު ހުއްޓުވާކަށް ނޫޅުނެވެ. ފަރީދުގެ ކޮންމެ ހަރަކާތަކަށް އޭނާ އޭގެ ބަދަލުގައި މަރުހަބާ ކިޔަމުން ދިޔައެވެ. އޭނާގެ އުފަލަކަށް ނޫނެވެ. ނަމަވެސް އޭނާގެ ފިރިމީހާގެ އުފަލަށެވެ. އެއީ އޭނާ ފިރިމީހާއަށްޓަކާ ކޮށްދޭންޖެހޭ ކަމެއް ކަމަށް ދެކިގެންނެވެ.

ހެނދުނު ޔުމްނާ ކާކޮޓަރީގައި ހުއްޓާ އެތަނަށް އައި މިޝްކާ ފެނުމުން ޤަބޫލުނުކުރެވޭ ފަދަ ގޮތަކަށް އޭނާ މިޝްކާއަށް ބަލަން ހުއްޓެވެ. ފައިތިލައާ ހަމައަށް އަރާ އަޅި ކުލައިގެ އަބާޔާއެއް ލާފައި ވީއިރު މިޝްކާގެ ބޯ ނިވާކޮށްފައި ވަނީ ފެހިކުލައިގެ ޝޯލްއަކުންނެވެ. މިޝްކާ އައި ގޮތަށް އައިސް ޔުމްނާގެ އަތުގައި ހިފާލިއެވެ.

“ދޮންމަމް.. އަހަންނަށް މާފުކުރޭ.. އެރޭ އެއީ އަހަންނާ ލޫނާގެ ރޭވުމެއް އަސްލު.. އެކަމަކު މިހާރު އެހެން ކަންތައް ކުރެވުނީމަ ވަރަށް ދެރަވެއްޖެ.. އަހަރެން ކުރިން ކޮށްފައިވާ ހުރިހާ ކުށްތަކަށް ތައުބާވެ އިސްލާހުވެއްޖައިން… ވިލް ޔޫ ފޮގިވް މީ؟” މިޝްކާ ދެރަވެފައި ހުރެ މާފަށް އެދުނެވެ. ޔުމްނާ މިޝްކާއަށް ހެޔޮހިތުން މާފުކުރިއެވެ. މިޝްކާގެ ހެދުން އެޅުމުގެ ވައްޓަފާޅިއަށް އައިސްފައިވާ ބަދަލު ފެނިފައި ވެސް އޭނާއަށް މިޝްކާ މާފަށް އެއެދެނީ ހިތުގެ އެންމެ ފުންމިނުންކަން ޔަޤީންވިއެވެ. އެ ދެމީހުން އެކަކު އަނެކަކު ގައިގައި ބައްދާލި މަންޒަރު ބަލަން ކާކޮޓަރީގެ ދޮރުމަތީގައި ހުރި މުނީރުގެ މޫނުގައިވީ ލުއި ހިނިތުންވުމެކެވެ.

** ** **

ދުވަސްތައް ފާއިތުވަމުން ގޮސް އަޝްފާންގެ އެންމެ ފަހު އިމްތިހާން ވެސް ނިމިއްޖެއެވެ. އެއާއެކު އޭނާ ނިންމީ ވީހާވެސް އަވަހަށް އަމިއްލަ ރަށަށް ދިއުމަށެވެ. ފާއިތުވި ދުވަސްތަކުގައި އޭނާ އުޅުނީ ޝަނާއާ ފިލައިގެންނެވެ. ޝަނާ ވާހަކަދެއްކިޔަސް އެ ވާހަކަތައް އަޑުވެސް ނީވޭ ކަމަށް ހަދައިގެންނެވެ. ދުވަސްތައް ފާއިތުވި ވަރަކަށް އާސިމްއާ އަޝްފާންގެ ގުޅުން ދިޔައީ ބަދަހިވަމުންނެވެ. މިހާރު އެދެމީހުންނަކީ ވަރަށް ގާތް ދެރަހުމަތްތެރިންނަށް ވެއްޖެއެވެ.

އަޝްފާން ފުރަން ބަނދަރަށް ދިޔައިރު އާސިމްވެސް އޭނާއާއެކު ދިޔައެވެ. ކޮނޑުގައި ބޮޑު ދަބަހެއް އަޅުވައިގެން ހުރެ އަޝްފާން އާސިމްއާ ސަލާމްކޮށްލިއެވެ.

“ވަރަށް މިސްވާނެ އިނގޭ ބުރޯ މަތިން..” އަޝްފާން ހީލަމުން ބުނެލިއެވެ.

“މަ ވެސް..” އާސިމް ބުނެލިއެވެ. އަޝްފާން ދާތީ އޭނާ ހުރީ ހަޤީޤަތުގައިވެސް ދެރަވެފައެވެ. އަޝްފާންހާ ރަނގަޅު ރަހުމަތްތެރިޔަކު ދުވަހަކުވެސް ނުލިބޭނެކަން އޭނާއަށް އެނގެއެވެ. ނަމަވެސް އުނގޫފާރަކީ އަޝްފާންގެ އަމިއްލަ ރަށެއް ނޫނެވެ. އަޝްފާންވެސް އޭނާގެ މައިންބަފައިން ގާތަށް ދާހިތްވާނެއެއް ނޫން ހެއްޔެވެ؟

“އަޝްފާން!” ކުއްލިއަކަށް އާސިމްއާ އަޝްފާން އެދިމާ ބަލާލީ ޝަނާގެ އަޑު އިވުމުންނެވެ. އޭރު ޝަނާ ދުވެފައި އެދިމާއަށް އާދެއެވެ. ޝަނާ ފެނުމުން އަޝްފާންގެ ހިތަށް ވެރިވީ ފޫއްސެވެ.

“އަޝްފާން.. ދަނީތަ؟ އަހަރެން ގާތު ނުވެސް ބުނެލަ ކީއްވެ ތި ދަނީ؟ މިއޮއް ހުރިހާ ދުވަހަކު ކީއްވެ އަޝްފާން އަހަރެން އިގްނޮރ ކުރީ؟” ޝަނާ އަޝްފާން ގާތަށް އައިސް ޝަކުވާކޮށްލިއެވެ. އެ ދެލޮލުގައި ވިދާ ބަބުޅަމުން ދިޔަ ކަރުނަތައް ފެނުނު ނަމަވެސް އަޝްފާންގެ ހިތަށް އެއްވެސް އެއްޗެއް ނޭރިއެވެ. އޭނާ ޝަނާއާ ދުރަށް މޫނު އަނބުރާލިއެވެ.

“ޕްލީޒް އަޝްފާން.. އަހަންނާ ވާހަކަ ދައްކަބަލަ.. އައިމް ސޮރީއޭ.. ސޮރީ ފޯ އެވްރީތިންގް..” ޝަނާ އަޝްފާންގެ އަތުގައި ހިފާލަމުން މާފަށްއެދެންފެށިއެވެ. އެރެއަށްފަހު އަޝްފާން އޭނާއާމެދު ކަންތައްކުރާ ގޮތުން އެހިތް ވަނީ ކުދިކުދި ވެފައެވެ. އޭނާ އަޝްފާންއަށް އަމިއްލަ ޢިއްފަތްތެރިކަން ހަދިޔާކުރީ އަޝްފާން ދެކެވާ ލޯތްބެއްގެ ބޮޑުކަމުންނެވެ. ނަމަވެސް އަޝްފާން އެކަމެއް ނުދަނެއެވެ. އެރޭ ވީކަމެއްވީ އަޝްފާންގެ ވެސް ރުހުމުގައެއް ނޫން ހެއްޔެވެ؟

ޝަނާއަށް އެއްވެސް ސަމާލުކަމެއްނުދީ އަޝްފާން ޖެޓީއާ ގާތްކޮށްފައިވާ ފެރީއަށް އެރިއެވެ. ކަރުނަވީ ދެލޮލުން އެ މަންޒަރު ބަލަން ޝަނާ ހުއްޓެވެ. ފެރީގެ އިންޖީނު ސްޓާޓްކޮށްލުމާއެކު ޝަނާއަށް ގިސްލެވެން ފެށުނެވެ. އޭނާ ހަޤީޤަތުގައި ވެސް އަޝްފާން ދެކެ ހާދަ ލޯތްބެއް ވެއެވެ.

“އަޝްފާން! އަހަރެން މަޑުކުރާނަން އަޝްފާންގެ އިންތިޒާރުގަ.. މަރުވަންދެން ވެސް މަޑުކުރާނަން!” ފެރީ ނައްޓާލުމާއެކު ޝަނާ ބާރަކަށް ގޮވާލިއެވެ. އަޝްފާންއަށް އެއަޑު އިވުނު ހިނދު އޭނާ ދެބުމަ ގޮށްޖަހާލިއެވެ. ދެކަންފަތަށް ހެޑްސެޓު ޖަހާލަމުން އޭނާ ގޮނޑީގައި ހަމަޖެހިލައިގެން ލެނގެލިއެވެ.

އަޝްފާންމެން ރަށް، އިނގުރައިދޫއަށް ލެފުމާއެކު އޭނާ ފެރީއިން ފޭބީ ދެލޮލުގެ ކަޅި އެކި ދިމަދިމާއަށް ހަރަކާތްތެރި ކުރުވަމުންނެވެ. ލަފާ ތަނަށް އައިސް ހުރި މީހުންގަނޑު ތެރެއިން އޭނާގެ މަންމަ ފެނުމުން އެ މޫނުމަތީގައި ދުވެލީ ފަނޑު ހިނިތުންވުމެކެވެ. ބާރުބާރަށް ހިނގާފައި ގޮސް އޭނާ ސީމާގެ އަތުގައި ހިފާލިއެވެ.

“މަންމާ.. ކޮބާ ކޯއްޗެއްތަ ސައިބޯން ހެދީ؟” ސީމާގެ ކޮނޑުގައި އަތް އަޅުވާލަމުން އަޝްފާން އަހާލިއެވެ. ސީމާ ނުފެންނަތާ ދުވަސްތަކެއް ވެފައި ވުމުން އެހިތް އުފަލުން ފުރިފައި ވިއެވެ.

“ހުންނާނީ ދަރިފުޅަށް ހަމަ އެންމެ މީރު އެއްޗެސް ހަދާފަ..” ސީމާ އަޝްފާންގެ ބޮލުގައި ފިރުމާލަމުން ބުނެލިއެވެ.

“ބަޖިޔާ އާ ކެރެމަލް ފޮޅި ދޯ؟ މިހާރު ވެސް ކުޅު ދިޔާވާން ފަށައިފި..” އަޝްފާން ބަނޑުގައި އަތް ހާކާލަމުން ބުނެލިއެވެ.

ސީމާ އާއެކު ގޭދޮށަށް ދިޔައިރު އަޝްފާންގެ މޫނުމަތީގައި ހިނިތުންވުމެއް ވިޔަސް އެ ހިތުގައި ތަފާތު ޚިޔާލުތައް އެނބުރެމުން ދިޔައެވެ. އޭނާ ޚިޔާލުކޮށްގެން ހުރީ ވީހާވެސް އަވަހަށް މަންމަމެން ގާތުން ހުއްދަ ހޯދައިގެން މާލެ ދިއުމަށެވެ. ކޯހަކަށް ވަނުމުގެ ބަހަނާ ދައްކައިގެން ވިޔަސް މިހާރު އޭނާ ބޭނުމީ މާލެ ދާށެވެ. މާލެ ގޮސް ފަރީދުގެ ގެ ހޯދައިގެން ޔުމްނާ މިކޮޅަށް ގެންނާނީއެވެ. އެއަށްފަހު ދެމީހުން ކައިވެނިކޮށްގެން އުފާވެރި ހަޔާތެއް ފަށާނީއެވެ. ނަމަވެސް އޭނާއަށް ނޭންގުނީ ތަޤުދީރުގެ ރޭވުމަކީ އެކަކަށްވެސް ލަފާކޮށްލެވޭނެ އެއްޗެއް ނޫންކަމެވެ.

** ** **

 

ދުވަސްތައް ފާއިތުވަމުން ދިޔަ ވަރަކަށް ޔުމްނާއާ ފަރީދުގެ ގުޅުން ދިޔައީ މަޑުމަޑުން ބަދަހިވަމުންނެވެ. ފަރީދު އާއެކު ހީ ސަމާސާ ނުކުރިޔަސް، އޭނާ މިހާރު ފަރީދު ގާތު ބޭނުންވާ ވާހަކައެއް ވިއްޔާ ބުނެލައެވެ. އާރިކްވެސް މުނީރު އާއެކު ދޭތެރެ ދޭތެރެއިން އެގެއަށް އައިސް އުޅެއެވެ. ޔުމްނާ އާރިކްއާ އަބަދުވެސް ކުރިމަތި ލަނީ ހިނިތުންވުމަކާ އެކީގައެވެ. އެރޭ އާރިކް ކޮށްދިން ކަންތަކަށް އޭނާ އަބަދުވެސް ޝުކުރުވެރިވެއެވެ. މިޝްކާވެސް ކުރިން ގެންގުޅުނު ރައްޓެހިންތައް ދޫކޮށްލީ އެމީހުންނަކީ ވިޔާނުދާ ބައެއްކަން ވިސްނުމުންނެވެ. އޭނާއާ ޔުމްނާއާ ދެމެދުގައިވާ ގުޅުން ރަނގަޅު ވާތަން ފެނި، އެކަމާ އެންމެ ރުޅިއަންނަނީ ނަސްރީންއެވެ. ބޭރަށް ދިޔަސް މިޝްކާއަށް ޔުމްނާއާ ނުލާ ދެވޭ ކަމަކަށް ނުވެއެވެ.

އެގޮތުން އެއްދުވަހެއްގެ ހަވީރުގެ ވަގުތެވެ. މުނީރު އާއި އާރިކް އަދި ޔުމްނާ އާއި މިޝްކާ ތިބީ ރަސްފަންނުގެ ހިތްގައިމު މާހައުލުގައެވެ. އާރިކް އާއި މުނީރުގެ މަޖާ ވާހަކަތަކުން އިރުއިރުކޮޅާ އެންމެން ހެއްވާލައެވެ. މުނީރު ޔުމްނާއަށް އެންމެފުރަތަމަ މިޝްކާއާ ދިމާވި ދުވަހުގެ ވާހަކަ ކިޔައިދިން އިރު ޔުމްނާ އިނީ ހީހީ ހަލާކުވާވަރު ވެފައެވެ. ހީލުމުން އެ މޫނުމައްޗަށް ގެނަސްދޭ އުޖާލަކަމަށް ގެއްލި ހުސްވެފައި އާރިކްއަށް އިނދެވެނީ ބޭއިޚްތިޔާރުގައެވެ. ޔުމްނާގެ މޫނުން ހިނިތުންވުމެއް ފެނިއްޖެނަމަ އެ ހިތް ވެސް އުފަލުން ފުރިގެން އާދެއެވެ.

“މުނީރު ހިނގާބަލަ އެކޮޅަށް ފޮޓޯ ނަގަން ދާން..” މިޝްކާ މުނީރު އަތުގައި ހިފައި ދަމަމުން ބުނެލިއެވެ. އެދެމީހުން ގޮނޑުދޮށުގެ ރާޅު ބީއްސާ ހިސާބަށް ދިއުމާއެކު ޔުމްނާއާ އާރިކް އެކަނިވިއެވެ. ކުޑަ ފާރުކޮޅެއްގެ މަތީގައި ދެމީހުން ތިބިއިރު އިރުކޮޅެއް ވަންދެން އެދެމެދަށް ވެރިވީ ހިމޭންކަމެވެ.

“ރެޕަންޒެލް.. ވާހަކައެއް އަހާލަންތަ؟” އިރުކޮޅެއްފަހުން އެ ހަމަހިމޭންކަން ފޫދުއްވާލަމުން އާރިކް އަހާލިއެވެ. އެއާއެކު ޔުމްނާ ބޯ ޖަހާލިއެވެ.

“އަސްލު ކީއްވެގެން ފަރީދުއާ އިނީ؟ މަށަށް އެނގޭ ލޯތްބަކުން ނޫންކަން ހަމަގައިމު ވެސް އެހާ ދޮށީ މީހަކާ އިންނާނީ.. އަދި އެނގޭ ފައިސާގެ ދަހިވެތިކަމުގަ ނޫންކަންވެސް.. ތީ އެހާ ގޯސް ކުއްޖެއް ނޫން..” އާރިކް މިއޮއް ހުރިހާ ދުވަހަކު އެ ހިތުގައި އުފެދިފައިވާ ސުވާލުކޮށްލިއެވެ. ޔުމްނާ އިސްދަށަށް ޖަހާލިއެވެ. އެވަގުތު އެހިތުގައި އުފެދިފައިވާ ހުރިހާ ޝަކުވާތައް މީހެއްގެ ކުރިމަތީގައި ބަންޑުންކޮށްލަން އޭނާ ބޭނުންވިއެވެ. މިހާރު އޭނާ އާރިކްއަށް އިތުބާރު ކުރެއެވެ.

“ބައްޕަ އަހަރެން ފަރީދުއާ ދެވީ.. ބައްޕަ ބޭނުންވީ ލާރި.. އަމިއްލަ ދަރީގެ އުފާތަކާ ހުވަފެންތައް ކުދިކުދިކޮށްލީ ފައިސާއަށްޓަކާ..” ޔުމްނާ މަޑުމަޑުން ބުނެލިއެވެ. އޭރު އެ މޫނުމަތީގައިވާ ރިހުން އާރިކްއަށް ރަނގަޅަށް ވެސް ފާހަގަވިއެވެ.

“އަހަރެން ވަރަށް ލޯބިވާ ކުއްޖަކު ހުރޭ… އެކަމަކު އަހަންނަށް އެ ކުއްޖާއާއެކީ އުޅެވޭނެ ފުރުސަތެއް ނުލިބުނު..” ޔުމްނާ އެހެން ބުނެލުމުން އާރިކްގެ ހިތަށް ތަދުވީ ކީއްވެކަމެއް ޚުދު އޭނާއަކަށް ވެސް ނޭނގެއެވެ.

“އެކަމަކު މިކޮޅަށް އާދެވުނީމަ ކޮންމެވެސް ވަރެއްގެ މިނިވަންކަމެއް އަހަންނަށް އިހުސާސްކުރެވޭ… ފަރީދު އަހަންނަށް ގޯހެއް ނޫން… ފަރީދު އަކީ ވަރަށް ރަނގަޅު މީހެއް… އެކަމަކު އަހަރެން އޭނަ ދެކެ ލޯތްބެއް ނުވޭ.. އާރިކްއަށް އެނގޭތަ؟ އަހަރެން އެކޮޅުގައި ތެޅުނީ ހާދަ ހާލެއްގައޭ.. ބައްޕަ އަހަންނަށް ކުރި އަނިޔާތައް ދުވަހަކުވެސް މިހިތަކުން ނުފިލާނެ..” ޔުމްނާ އަސަރާއެކު ކިޔައިދިނެވެ. އޭރު އޭނާގެ ދެލޮލުން ފައިބަން ތައްޔާރަށް ހުރި ކަރުނަތައް ފެނި އާރިކްގެ ހިތް ދެރަވިއެވެ. ޔުމްނާ ފަރީދުއާ އިނީ މަޖުބޫރުންކަން މިހާރު އޭނާއަށް އެނގިއްޖެއެވެ.

“ހޭ.. ރެޕަންޒެލް ނުރޮއި..” އާރިކް އޯގާތެރިކަމާއެކު ބުނެލިއެވެ. އަދި ޔުމްނާގެ ދެލޮލުން ފޭބި ކަރުނަތައް ފުހެލައިދިނެވެ.

އާރިކް އާއި ޔުމްނާގެ ފަހަތުގައި ތަންކޮޅެއް ދުރުގައި އެ މަންޒަރު ބަލަން އިން މީހާގެ މޫނުމަތީގައި ދުވެލީ ނުލަފާ ހިނިތުންވުމެކެވެ. ކަޅުކުލައިގެ ކޯޓު ފަޓުލޫނުގައި ހުރި އެމީހާ އަތުގައި އޮތް ފޯނު ކަންފަތުގައި ޖައްސާލަމުން ވާހަކަދެއްކިއެވެ.

“އަހަންނަށް އެނގިއްޖެ މިހާރު އޭނާގެ ވީކްނަސް..” އެމީހާ އެހެން ބުނެލިއިރު އެންމެ ހިނދުކޮޅަކަށްވެސް އޭނާގެ ނަޒަރު ޔުމްނާގެ މޫނުން ވަކިނުވެއެވެ.

“އެހެންވީމަ ޕްލޭންއާ އެއްގޮތަށް ކަންތައް ކުރޭ..” އަނެއްކޮޅުން ވާހަކަދެއްކި މީހާ އެހެން ބުނެލި އަޑު އިވިގެން ދިޔައެވެ.

ޔުމްނާ އޭނާގެ މޫނު ފުހެލަމުން ކޮޅަށް ތެދުވިއެވެ. އަދި ގަދަކަމުން ކަހަލަ ގޮތަކަށް ހިނިތުންވެލިއެވެ. އާރިކްއާ އެވާހަކަތަކުގެ ކޮންމެވެސް މިންވަރެއް ހިއްސާކޮށްލުމުން އެ ހިތަށް މިހާރު ކުޑަވަރެއްގެ ލުއިކަމެއް ލިބިއްޖެއެވެ. އާރިކްގެ ކުރިމަތީގައި އެގޮތަށް ވާހަކަދެއްކުނީތީ އޭނާ ކޮންމެވެސް ވަރަކަށް ލަދުވެސް ގަނެއްޖެއެވެ.

“އަންނާނަން އިނގޭ މިތާ ކައިރި ފިހާރައަކަށް ގޮސް ފެންފުޅިއެއް ގަނެގެން..” ޔުމްނާ ދުރަށް ހިނގައިގަންނަމުން ބުނެލިއެވެ.

“އަހަރެންވެސް ދަންތަ؟” ކޮޅަށް ތެދުވަމުން އާރިކް އަހާލިއެވެ.

“ނޫން.. އަހަންނަށް އެކަނި ދެވިދާނެއޭ.. މިތާ ކައިރިއެއްނު؟” ޔުމްނާ އެހެން ބުނުމުން އާރިކް އަނެއްކާ ވެސް އިށީނެވެ. މަޑު ހިނގުމެއްގައި ޔުމްނާ ދިޔަ މަންޒަރު ބަލަން އޭނާއަށް ހުރެވުނެވެ. ކަކުލާ ހަމައަށް އަރާ ނޫކުލައިގެ ހެދުމާއެކު ހުދު ސްކިނީއެއް ލާފައި ވީއިރު ޔުމްނާއާ ނުހަނު ގުޅެއެވެ. އެ ފަން ދިގު އިސްތަށިގަނޑު ގަތާފައި ފަހަތައް ދޫކޮށްލާފައި ވިއެވެ.

އާރިކްއަށް ނުފެންނަ ހިސާބަށް ގޮސް ޔުމްނާ ފުންނޭވައެއް ބޭރުކޮށްލިއެވެ. އަދި ބާރުބާރަށް ތެޅެމުންދާ އޭނާގެ ހިތުގައި އަތް ޖައްސާލިއެވެ. އާރިކް ގާތުގައި އިނުމުން އެ ހިތް އެހާ ބާރަށް ތެޅެނީ ކީއްވެގެން ހެއްޔެވެ؟ އަމިއްލަ ނަފްސު ހަމައަކަށް އަޅުވާލަމުން އޭނާ ކައިރީގައި ހުރި ފިހާރައަށް ވަންނަން ދިމާކޮށްލިއެވެ. ނަމަވެސް އޭނާއަށް އެޅުނީ ދެތިން ފިޔަވަޅެވެ. ބާރުގަދަ އަތަކުން އޭނާގެ އަނގަމަތީގައި އަތްއެޅިއެވެ. އެ ކުޑަ ހަށިގަނޑު ދަމަމުން ކަހަލަ ގޮތަކަށް ޖެހިގެން ހުރި ހަނިގޯޅިގަނޑަށް އެމީހަކު ވެއްދިއެވެ. ސަލާމަތައް އެދި ގޮވަން މަސައްކަތްކުރި ނަމަވެސް އަނގަ އާއި ނޭފަތްމަތީގައި އަތްއަޅާފައި ހުރިލެއް ބާރުކަމުން ޔުމްނާއަށް ނޭވާލާންވެސް އުނދަގޫވަމުން ދިޔައެވެ.

މިޝްކާ އާއި މުނީރު އިރުއޮއްސޭ މަންޒަރުގެ ހިތްގައިމު ފޮޓޯތައް ކެމެރާގައި ރައްކާކުރުމަށްފަހު އާރިކް އިން ދިމާއަށް އައެވެ. އޭރު ޔުމްނާ ނައިސް ލަސްވާތީ އާރިކް އެކި ދިމަދިމާ ހޯދަމުން ދިޔައެވެ.

“ހިނގާ ދެން ގެއަށް ދާން.. އިރުވެސް އޮއްސުނީ އެއޮއް..” މުނީރު ބުނެލިއެވެ. އޭރު ރަސްފަންނުގައި ތިބި ގިނަ މީހުން ގެއަށް ދާން ހިނގައިގަންނަނީއެވެ.

“ކޮބާ ދޮންމަމް؟” ޔުމްނާ ނެތުމުން މިޝްކާ އާރިކް ގާތު އަހާލިއެވެ.

“ނޭންގެ.. ފިހާރައަށޭ ކިޔާފަ ދިޔައީ.. އަދިވެސް ނާދެ..” އާރިކް ކުޑަކޮށް ހާސްވެފައި ބުނެލިއެވެ. ތިން މީހުންގެ ހިތުގައިވެސް ކުޑަވަރެއްގެ ކަންބޮޑުވުމެއް އުފެދިފައިވިއެވެ. ތިން މީހުން ވެގެން ކައިރި ފިހާރަތައް ބެލިއިރުވެސް ޔުމްނާގެ ހިލަމެއް ނުވިއެވެ.

“އަޅެ ދޮންމަމް އަތުގަ ނޯންނާނެ ފޯނެއްވެސް… ހިނގާބަލަ ގެއަށް.. ފަހަރެއްގަ ހަމަ ގެއަށްވެސް ގޮސްފާނެ..” މިޝްކާ ހާސްވެފައި ބުނެލިއެވެ. ތިން މީހުން ކާރަށް އަރައިގެން “ޑައިމަންޑް ވެލީ” އާ ދިމާއަށް މިސްރާބުޖެހިއެވެ.

“ދޮންމަމް އައިތަ ގެއަށް ދެންމެ؟” ގޭގެ ބޮޑު ގޭޓު ކައިރީގައި ހުރި ދޮރުވާނު ގާތު މިޝްކާ އަހާލީ ކާރުގެ ކުޑަދޮރުން ބޯދިއްކޮށްލަމުންނެވެ. ޔުމްނާ މިޝްކާމެންނާއެކު ދިޔަގޮތަށް އެނބުރި ނާންނަކަމުގައި އެމީހާ ބުނުމުން މިޝްކާ އިތުރަށް މާޔޫސްވިއެވެ.

“ވެދާނެއެއްނު ރައްޓެއްސެއްގެ ގެއަށް ދިޔައީ ކަމަށްވެސް.. އެހާ ހާސްނުވެބަލަ މިޝޫ..” މުނީރު މިޝްކާގެ އަތުގައި ހިފާލަމުން އެހެން ބުނެލީ މިޝްކާގެ ހިތްހަމަޖައްސައިދިނުމުގެ ގޮތުންނެވެ.

“އެކަމަކު ހިޔެއް ނުވޭ ދޮންމަމްގެ އެއްވެސް ރައްޓެއްސެއް މާލޭގަ އުޅޭހެނެއް.. އާހް.. ބޮލުގަވެސް ރިއްސަން ފަށައިފި މިހާރު..” މިޝްކާ ނިތްކުރީގައި އަތް ހާކާލަމުން ބުނެލިއެވެ.

“މިޝޫ ދެންދޭ އެތެރެއަށް.. އަހަންނާ އާރިކްއާ އަދި މަގުތަކުގަ ދުއްވާލާނަން ފެނޭތޯ.. ފަހަރެއްގަ މަގު އޮޅިގެންވެސް އުޅެދާނެއެއްނު؟” މުނީރު އެހެން ބުނެ މިޝްކާ އެތެރެއަށް ފޮނުވާލިއެވެ. އަދި ޔުމްނާ ފެންނާނެކަމުގެ އުންމީދުގައި އޭނާ ކާރު ދުއްވާލިއެވެ.

ފަހަތު ސީޓުގައި އިން އާރިކްގެ ހިތަށް ފާޑުފާޑުގެ އެއްޗެހި އަރަމުން ދިޔައެވެ. ފޭރޭ ބަޔަކު އައިސް ޔުމްނާ ގެންދިޔައީ ހެއްޔެވެ؟ މީހަކު އައިސް ޔުމްނާގެ ގަޔަށް ވަޅި ހެރީ ހެއްޔެވެ؟ އަނެއްކާ ޔުމްނާ ރޭޕްގެ ޝިކާރައަކަށް ވެގެން ދިޔައީބާވައޭ އެހިތަށް އަރަމުން ދިޔައެވެ. މޮޔަޔަކު ފަދައިން އޭނާ މަގުގެ އެކި ދިމަދިމާއަށް ބަލަމުން ދިޔައެވެ.

** ** **

ގޭތެރެއަށް ވަދެގެން އައި އަރޫޝާގެ ލޮލުގައި އެންމެ ފުރަތަމަވެސް އަޅައިގަތީ ސިޓިންގރޫމް ސޯފާގައި އިން ޒުވާނާއެވެ. ދަންނަ މީހެއްހެން ހީވާތީ އޭނާ އެ ޒުވާނާގެ މޫނަށް ލޯ ކުޑަކޮށްކޮށްފައި ބަލަމުން ދިޔައެވެ. އަރޫޝާ ފެނުމުން އެ ޒުވާނާ ކޮޅަށް ތެދުވިއެވެ. އަދި މަޑު ހިނގުމެއްގައި އައިސް އަރޫޝާ ގާތުގައި ހުއްޓެލިއެވެ. ދިގު އިސްކޮޅެއް ލިބިފައިވާ އެ ޒުވާނާ ހިތްގައިމު ގޮތަކަށް ހީލިއެވެ.

“އޭ އަރޫ ދަންނަ މީހެއްތަ ތީ؟” އަރޫޝާ ބޯ އަރިކޮށްލަމުން އަހާލިއެވެ.

“މިހާރު އަރޫ އަހަރެން މަތިން ހަނދާންނެތުނީ ދޯ؟” ކުރިމަތީގައި ހުރި އަޝްފާން ލާނެތް ގޮތަކަށް އެހެން އަހާލިއެވެ. އަރޫޝާއަށް އަނގަމަތީގައި އަތްއަޅާލެވުނީ އެއީ ކާކުކަން އެނގުމުންނެވެ.

(ނުނިމޭ)

Share Article

Follow Me Written By

Liaa

Level 710 Stories500 Comments100 Comments100 Stories1K Comments100 Login

(I am a girl who loves writing dhivehi stories ??) (My stories:) (ASARU : a love story.) (NUHAGGU LOABI + E LOABI ASLU HAGGEY : Story about a bangladhesh person who falls in love with a maldivian girl.) (ANDHIRIFARAAI : story about a girl who is a secret agent.) (SAFARU: a jinni+human romance.) (vindhu lobin jehi hithehgaa : A sad love story) Short story: ALVADHAAU Short story: SORRY Short story: MasveriGirl U can contact me at [email protected] FB page : https://www.facebook.com/storiesbyliaaa/

Other Articles

Previous

ތި ލޯތްބަށްޓަކައި (10)

Next

ޢެދެމޭ އުފާ….(17)

Next
September 21, 2017

ޢެދެމޭ އުފާ….(17)

Previews
September 21, 2017

ތި ލޯތްބަށްޓަކައި (10)

29 Comments!

  1. Liaa says:
    September 21, 2017 at 9:25 am

    Hey hurihaa kudhin! Mi part ves kamudhaane kamah ummeedhu kuran 🙂
    Loves <3
    Next part on SATURDAY 🙂

  2. Mariyam Ubaid says:
    September 21, 2017 at 9:28 am

    Reeethi

  3. mal says:
    September 21, 2017 at 9:33 am

    yayy..first

  4. Nahi says:
    September 21, 2017 at 9:46 am

    varah reethi

  5. Shudha says:
    September 21, 2017 at 9:52 am

    hey waiting for next part EAGERLY

  6. Q says:
    September 21, 2017 at 11:19 am

    E koh arusha eh?

    1. TCgirl says:
      September 21, 2017 at 3:31 pm

      Aarik ge kokko.?
      Hi liaa.
      V loabi mi story…v fahun kiyan feshy… just now finished reading all parts…kyp it up

  7. Maree says:
    September 21, 2017 at 11:25 am

    v reethi

  8. Xxxx says:
    September 21, 2017 at 11:59 am

    V.v.reethi..??.plz kyp yumna safe…?

  9. Anonymous says:
    September 21, 2017 at 12:39 pm

    Wow reethi…ekam yumna ah faaralaigen eulheny kaakubaa..? Interesting…waiting waiting…

    1. xeesha says:
      September 21, 2017 at 1:06 pm

      Kobaatha andhiri faraaii vaahaka? Evaahaka ah vy gotheh angaala dhyba plsss

  10. lyn says:
    September 21, 2017 at 12:41 pm

    Wow reethi…ekam yumna ah faaralaigen eulheny kaakubaa..? Interesting…waiting waiting…

  11. Hafeez says:
    September 21, 2017 at 12:54 pm

    V Reethi. Waiting for Saturday.

  12. xeesha says:
    September 21, 2017 at 1:04 pm

    Kobaatha andhiri faraaii vaahaka? Evaahaka ah vy gotheh angaala dhyba plsss

    1. V says:
      September 21, 2017 at 3:35 pm

      Don’t You know that it will be uploaded after this story
      Liaa has said like that so many times but you are still asking without any respect at all??

    2. Liaa says:
      September 21, 2017 at 4:23 pm

      Xeesha. Andhirifaraai season 2 upload kohdheynee mi story ah fahuga ?☺

  13. thahoo says:
    September 21, 2017 at 1:47 pm

    I can’t wait for Saturday. This is wonderful.

  14. azeen says:
    September 21, 2017 at 3:34 pm

    V REETHI

  15. Liaa says:
    September 21, 2017 at 4:24 pm

    Thank u hurihaa kudhin ☺

  16. Navya says:
    September 21, 2017 at 6:39 pm

    Vv reethi v intrestin

  17. Aik says:
    September 21, 2017 at 8:29 pm

    Love this story..waiting 4 more parts
    Btw mi site in thankolheh easy koh meega huri storys fennaaane gotheh hadhaabala. Konme faharaku page ah fithan jehenee..reethi ehn stry eh hoadha viyas. Alah kiyan fashaa meehaa jehenee 600 page balaa hoadhan.

    1. Liaa says:
      September 22, 2017 at 12:33 pm

      Aik. You can click on the writers name. Eyrah fennaane e writer ge hurihaa stories ☺

  18. Adha? says:
    September 21, 2017 at 10:18 pm

    So e meehakee aarik ge enemy eh dw.. arrik ge weakness yumna.. that’s y yumna kidnap kolly…
    Varah reethi ingey mi par ves
    Waitingss ❤❤❤❤

    1. Liaa says:
      September 22, 2017 at 12:34 pm

      Thank u Adha ❤☺

  19. khajja says:
    September 22, 2017 at 1:13 am

    Omg?? alhe yumnaa ah dheragothennuhadhachey plx aarik mennah yumyaa fennaane goiy hadhaa dhybala plx abadhu kyvvetha yumnaa ah ehen evany abadhu hithaamaveri goiythah medhuverivany kyvvetha? Yumnaa ge kushaky kobaatha? ?? can’t wait plx avahah up kolladhybala plx happy islaamic new year n gud nyt ly???❤❤??????

    1. Liaa says:
      September 22, 2017 at 12:35 pm

      Thank u khajja.. ☺ lets see dhw wat will happen.. ?

    2. Liaa says:
      September 22, 2017 at 12:35 pm

      Thank u khajja.. ☺ lets see dhw wat will happen.. ?

  20. Xna says:
    September 22, 2017 at 3:54 pm

    V salhi liaa ge mi vaahaka ..ves.wish u more n more success ?????☝…repanzal ah ithurah nudhevi huree kon aniya eh baa??. Send ? to find her b4 it’s 2late??

  21. Nas says:
    September 23, 2017 at 11:59 am

    Haada lahey up kobala can’t wait

Comments are closed.


All Right Reserved!