ދޮރު އެތެރެއަށް ހުޅުވާލުމާއެކު މައިސަރާގެ ނޭފަތުގައި އައިސް ޖެހުނީ ލުއިލުއި މީރު ވަހެކެވެ. އަނދިރިކަން ވެރިވެފައިވާ ކޮަޓަރި ތެރެއަށް ވަދެލުމަށްފަހު މައިސަރާ ފާރު ކައިރިއަށް ގޮސް ލައިޓްތައް ޖައްސާލިއެވެ. އެއާއެކު މުޅި ކޮޓަރިތެރެ ހުދުކުލައިގެ ގަދަ އައްޔަކުން އަލިވެގެން ދިޔައެވެ. ފެނުނު މަންޒަރުން މައިސަރާ އަށް އަނގަމަތީގައި އަތް އަޅާލެވުނެވެ. ކޮޓަރީގެ ހަތަރުފާރަށް ވަކިވަކިން ބަލާލެވުނެވެ. އެނދުމަތީގައި އެންމެ ރުލެއް ވެސް ނެތް އިރު ކޮޓަރި ހުރީ ފޮޅާ ސާފުވެސް ކޮށްފައެވެ. ޑްރެސިންގ ޓޭބަލް މަތީގައި އަޅާފައިވާ […]
ކައިވެންޏަށް ގާޒީ އާއި ދެ ހެކިވެރިންނާއި އެހެނިހެން މީހުން އެއްވިއިރުވެސް ނައިނާ އާއި އައިޒަންއަށް ވަކިން ވާހަކަ ދައްކާލެވޭނެ ވަގުތެއްވެސް ނުލިބުނެވެ. ގާތް ގާތުގައި ބަހައްޓާފައިވާ ދެ ގޮނޑިގައި ދެމީހުން އިށިނދެ އެކަކު އަނެކަކަށް ބަލައިލިއެވެ. އެހާ ގާތުން ނައިނާގެ މޫނު ފެނުމުން އައިޒަންގެ ހިތް ނިކަން ބާރަށް ތެޅިގަތެވެ. އެންމެ ފުރަތަމަ ނައިނާ ފެނުނު ދުވަސް ހިތަށް އަރާ ހެވެންވެސް ހެވުނެވެ. ނައިނާގެ ވަލީވެރިއެއްގެ މަގާމުގައި މީހަކު ނެތުމުން ގާޒީ ވަލީދިނެވެ. އަނބިގަބޫލުކޮށްފީމޭ އައިޒަން ބުނި […]
ގިފިލިން ނިކުމެގެން ދުވެފައި ދިޔަ އަވްލީން ތެމިގެން ހުރިގޮތަށް ގޮސްވަނީ ކޮޓަރިއަށެވެ. އޭރު އަވްލީންގެ ނޭވާވަނީ އަވަސްވެފައެވެ. ނޭވާ ހަމައަކަށް އަޅުވާލަމުން ގޮސް ފާހާނާއަށްވަނީ ފެންވަރާ ތެތް އެއްޗެހި ބަދަލުކުރާށެވެ. “ކިހިނެއްބާ ވާން އެ އުޅުނީ.. މި ކުރެވޭން އުޅުނީ ރަނގަޅުކަމެއްބާ… މަހުދީއަށް ކިހިނެއްވެފަތަ އެހުރީ… ދެން އަހަންނަށް ނުވެސް ކެރޭނެ މަހުދީ ފެންނަ ހިސާބަށް ދާންވެސް…” އަވްލީން ފެންވަރަން ހުރި އިރުވެސް ވިސްނެނީ ގިފިލި ތެރޭގައި ވީ ކަންތަކާއެވެ. ފެންވަރައިގެން ނިކުމެ އަވްލީން ދެކޮޅު ބަލާލީ […]
ނާސިރު އަވަސްކޮށްލައިގެން އެދިޔައީ އޮފީހަށްދާ ގަޑި ޖެހޭތީއެވެ. ނާސިރުގެ އަމިއްލަ ތިން ފިހާރަ މާލޭގެ އެކި ހިސާބުތަކުގައި ހުންނައިރު އެތަންތަނުގެ ލިޔެކިޔުންތަކާއި، މެނޭޖްމަންޓްގެ ކަންތައްތައް ބެލެހެއްޓުމަށް އޮފީހެއް ރަޖިސްޓަރ ކޮށްފައި ހުރެއެވެ. އެއީ ފުދޭވަރަކަށް ބޮޑު ވިޔަފާރިއެއް ކަމަށްވެފައި އަދިވެސް ވިސްނަމުންދަނީ ވިޔަފާރި އިތުރަށް ފުޅާކުރަން ކަމަށްވާތީ އެކަންކަމުގައި ނާސިރު ރެޔާއި ދުވާލު ބުރަކޮށް މަސައްކަތް ކުރެއެވެ. އަމިއްލަ ގެޔެއްހުރެ ގޭގެ ކުލިން ލިބެމުންދިޔަ ރުފިޔާއިން ފެށި އެ ވިޔަފާރީގެ ސަބަބުން ނާސިރަކީ ރާއްޖޭގެ ފެންވަރުގައި މުއްސަނދި […]
އިރުގެ އަލިކަން ދުނިޔެއަށް ފެތުރުމުގެ ކުރިން އަހަރެން ގޮސް ގެއަށް ވަނީމެވެ. އަދި އެރި އިރާއެކު އަހަރެން އޮށޯވެ ނިދައިފީމެވެ. އަހަންނަށް ހޭލެވުނީ އިރު އޮއްސި އަނދިރި ވެފައި ވަނިކޮށެވެ. ތެދުވެ ކުޑަދޮރުން ބޭރު ބަލައިލީމެވެ. ދެ އަހުސަވާރުން ގެކައިރީގައި ތިއްބެވެ. އަދި އެމީހުންގެ އަސްތަކުގައި ތީރު ބޮނޑިތައް އައްސާފައި ހުއްޓެވެ. މިއީ ރަނގަޅު ކަމެއް ނޫންކަން އަހަންނަށް އެނގުނެވެ. ކުޑަދޮރުން ޖެހިގެންހުރި ފުރާޅަށް ފުންމާލަން އުޅެފައި ފުރެމީ އާއި ރާއި މަތިން ހަނދާން ވެއްޖެއެވެ. ކޮޓަރިން […]
މަލަކާ އެއްފަހަރު ޝައިމްއަށް އަނެއް ފަހަރު ދޮރު ކުރިމަތީގައި ހައިރާންވެފައި ހުރި އަޝްވާއަށް ބަލާލުމަށްފަހު އިސްޖަހައިގެން ހަލުވި ހިނގުމެއްގައި އެތަނުން ނުކުމެގެން ދިޔައެވެ. ޝައިމް ހުރި ފިޔަވަޅު މަތީގައި ހުރެ ނުކުމެގެން ދިޔަ މަލަކާއަށް ބަލަހައްޓައިގެން ހުއްޓެވެ. “ދޮންބޭ އޯކޭތަ ހުރިހާ ކަމެއް” އަޝްވާއަށް މިއީ ޝައިމްއާއި މަލަކާ އެގޮތަށް ފެނުނު ފުރަތަމަ ފަހަރެއް ނޫނެވެ. ހޮސްޕިޓަލުން އެމަންޒަރު ފެނުނު ފުރަތަމަ ދުވަހު މާ ބޮޑު ކަމަކަށް ނުހަދައި އަޅާނުލިޔަސް އެކަން މިރޭ ތަކުރާރު ވުމުން ކޮންމެވެސް […]
ރަޔާހީނަށް ބަލަން ދޮރުމަތީގައި ވިކްޔަން ހުރީ ދެބުމަ ގޮށްޖަހާލައިގެންނެވެ. އިރުކޮޅަކުން ދުރަށް ބަލާލަމުން ވިކްޔަން އޭނާގެ ދެކަންފަތަށް ޖަހާފައި އިން ހެޑްސެޓް ނައްޓުވާލުމުން ރަޔާހީނަށް މޭގައި އަތްއަޅާ ހަމަޖެހުމުގެ ނޭވައެއް ލެވުނެވެ. “މަރިޔަންދައްތަަ ގޭގައި ހުރިތޯ ބަލާލީ މަންމަ ބުނެގެން” ވިކްޔަން ރަމްލާ އަށް ބަލާލަމުން ބުނެލިއެވެ. އެއަށްފަހު ކުޑަކޮށް ހީލުމަށްފަހު އަލުން ގޭތެރެއަށް ވަދެގެން ދިޔައެވެ. އެކަކު އަނެކަކަށް ބަލާލުމަށްފަހު ރަޔާހީނާއި ރަމްލާ އަލުން އުނދޯލީގައި އިށީނެވެ. “ދައްތައަށް އެނގޭ ދަރިފުޅުގެ ހިތުގައި އެސޮރާއި […]
ހެނދުނު ހޭލި އިރު އީރަމްގެ ބޮލުގައި މަޑު ރިހުމެއްހުއްޓެވެ. ހޭލެވެމާއެކު ފުރަތަމަވެސް ފޯނު ބަލާލީ ނާއިލްފަހުން ރޭގައި ގުޅާފައި ނުވަތަ މެސެޖެއް ކޮއްފައި އިންތޯއެވެ. ބަދަލުގައި ހަނާ އާއި ލާމިހްގެ މިސްވެފައިވާ ކޯލުތަކެއް ހުއްޓެވެ. ފޯނު ރިންގްވިއިރުވެސް އީރަމްއަށް ނުހޭލެވޭނެހާ ނިދިގަދައީހެއްޔެވެ. ފޯނު ޗާރޖްއަށް ޖަހަމުން އީރަމް ތެދުވެ އެޅި ފުރަތަމަ ފިޔަވަޅާއެކު ފަޔަށް ބަލާލެވުނެވެ. ފައިތިލައިގައި އައްސާފައިވާ ފޮތިކޮޅު ނައްްޓާލިއިރު ލާމިހްގެ އޯގާތެރިކަން ފުރަތަމަ ފަހަރަށް އީރަމްއަށް އިހްސާސް ވިއެވެ. ރޭގައި ޝުކުރުއަދާކުރެވޭނެ ވަރަށް ވުރެ […]
އީލާމް ކައިރީ ޝާމް ހުއްޓިގެން ހުރިއިރު އޭނާގެ އެއްކަކޫ ބިންމަތީގައި ޖައްސާލާފައި ފިނިފެންމާ ދިއްކޮށްލަމުން ބުންޏެވެ.” އީލާމް ވިލް ޔޫ ބީ މައި ގާރލް ފްރެންޑް” . އީލާމަށް ބުނާނެ އެއްޗެއް ނޭގިފައި ހުރީ ޝާމްގެ ފަރާތުން މިކަހަލަ ކަމެއް އުއްމީދު ނުކޮށް ހުއްޓާ ވުމުންނެވެ. ޝާމްގެ އަތުގައި ވާ މާ ހިފުމަށް އަތްދިކޮށްލުމަފަހު މަލުގައި ހިފާލީ އިތުރަށް އާނއެކޭވެސް ނުވަތަ ނޫނެކޭވެސް ނުބުނާންވެގެންނެވެ. ޝާމް ތެދުވެ އީލާމްގެ އަތަށް ދޮނެއް ދިނެވެ އަދި ބުންޏެވެ “ތޭންކް […]