ހުކުރު ދުވަހެއް ކަމަކު ކޮޓަރީގައި ތިބި ތިން އަންހެންކުދިންވެސްެ ބޭރަށް ނުކުންނަ ހިޔާލެއްނެތެވެ. އީރަމްގެ ސަބަބަކަށް ވީ ހުކުރު ދުވަހު އާދަޔާ ހިލާފަށް ބޭރުގަޔާއި މީހުން ހިތްހަމަޖައްސާލަން ދާ ތަންތަނުގައި މީހުން ގިނަވުމެވެ. އެކަމާއި ހަނާ އާއި ހައިފާ ވެސް އެއްބަސްވިއެވެ. އެނދުމަތީގައި ހުރި ބާލިސްތަށް ފާރުގައި ޖައްސާލައިން އިން ހައިފާގެ ދެފަރާތުގައި އީރަމް އާއި ހަނާ ތިއްބެވެ. ހައިފާގެ އުނގުމަތީ އިން ލެޕްޓޮޕުން ތިން ކުދިންވެސް އެކި އެކި ވެޑިންގް ޑްރެސްގެ ފޮޓޯ ބަލަމުންދިޔަ އިރު […]
ފަތިސް ނަމާދުގެ ބަންގީގެ އަޑަށް މަލަކާއަށް ހޭލެވުނެވެ. ފެންވަރާލައިގެން އައިސް ނަމާދަށް އެރީ އާއަޒުމަކާއި ގެންނެވެ. ނަމާދުކޮށް ނިމިގެން އެތައް އިރަކު މުސައްލަ މަތީ ﷲ ހަޟުރަތުގައި ދުއާ ދެންނެވުމުގައި ވަގުތު ހޭދަކުރިއެވެ. މަންމައަށް ހެޔޮ ވިސްނުން ދެއްވައި ޝައިމްއާއި ދެމީހުންގެ މުސްތަގުބަލު އުޖާލާކުރައްވާތޯއެވެ. މުސައްލަ ފަތް ޖަހާލުމަށް ފަހު މަލަކާ ބޭރަށް ނުކުތީ ކޮންމެ ދުވަހެއްގެ އާދައިގެން މަތިން ބަދިގެ ފަރާތް ކުނި ކަހާލުމަށެވެ. މަންމަ މިގަޑީ އުޅޭނީ މާމަމެން ގޭގައި ކަމުން މަންމަ އާއި […]
ދެމީހުން ނައިނާއަށް ގޮވަމުން ކުރިއަށް ފިޔަވަޅުތަށް އަޅަމުން ދިޔައެވެ. ޖިނާހް އާއި އައިޒަން ހިތްވަރު އެލުވާލުމެއްނެތި ކުރިއަށް ހިނގަމުން ދިޔަނަމަވެސް ދާނެ ވަކި މަންޒިލެއް އެމީހުންނަކަށް ނޭނގެއެވެ. ގަސްބޯ މި ޖަންގަލީގެ ތެރޭގައި ނައިނާ ވެއްޖެއްޔާ އުޅޭނީ ކޮންފަދަ ހާލެއްގައިހެއްޔެވެ؟ އެހެން ހިތަށް އެރިއަސް އައިޒަންގެ ގައިން ހީބިހި ނަގައިގެންދެއެވެ. ހިތުގައި ވޭން އަޅައެވެ. އައިޒަން ހިސާބަކަށް ގޮސް ހުއްޓުން އެރީ ހިކި ފަތްތަށް މައްޗަށް ވެއްޓި އޮތް ނައިނާ ފެނިފައެވެ. ވަރަށް ދުރުން ފެނުނެއްކަމަކު އެއީ […]
ރަފިޔާގެ އެދުމުގެ މަތިން އީލާމް ގެއްލިގެން އުޅޭ ކަމުގެ ރިޕޯރޓް ރަށު އޮފީހަށާއި ރ. އަތޮޅު ޕްލިސް ސްޓޭޝަންއަށް އެންގިއެވެ. އެ ރަށު އެންމެންވެސް އަވަސްވެގަތީ އީލާމް ހޯދުމަށެވެ. ޝާމް ހަވީރު ލޯންޗްއިން މާލެ ދިޔައީ ދެން އުމުރަށްވެސް އެ ފަސްގަނޑަށް ނާންނަށް ނިޔަތް ގަނެގެންނެވެ. އަބީ! ކޮންއިރަކުތަ އެސްއޭއަށް އަންނަނީ ” އިނގިރޭސިން އެލީޒާ އަހާލީ ، މިފަހަރު ޔޮޓް ޑެލިވަރީއަށް ދިޔަފަހުން އަބީ ނައިސް މަހެއްވުމުންނެވެ. އަބީ ޖަވާބުގައި އަދި އެއްމަސްވަރު ވެދާނޭ ކަމަށް […]
“މިހާރު އަރޫ އަހަރެން މަތިން ހަނދާންނެތުނީ ދޯ؟” ކުރިމަތީގައި ހުރި އަޝްފާން ލާނެތް ގޮތަކަށް އެހެން އަހާލިއެވެ. އަރޫޝާއަށް އަނގަމަތީގައި އަތްއަޅާލެވުނީ އެއީ ކާކުކަން އެނގުމުންނެވެ. “އަޝްފާން ބޭބެ؟” އަޝްފާންގެ ބޮލުން ފެށިގެން ފަޔަށް ނަޒަރު ހިންގާލަމުން އަރޫޝާ ބުނެލީ ޤަބޫލުނުކުރެވޭ ފަދަ ގޮތަކަށެވެ. “ހާދަ ޗޭންޖް ވެއްޖޭ އެކަމަކު.. ކޮންއިރަކުތަ އެންމެފަހުން އަހަރެމެން ދިމާވީ؟ ހުމްމް.. އެއީ ގާތްގަނޑަކަށް އަރޫގެ އުމުރުން 10 އަހަރުގަ.. އޯ އެމް ޖީ! ޕިއުބާރޓީ ހިޓް ޔޫ ލައިކް އަ […]
ގޭތެރެއަށް ވަދެގެން އައި ރަޔާހީން ފެނުމުން ސޯފާގައި އިރުފާން ފުންމައިގެން ކޮޅަށް ތެދުވިއެވެ. އަތުކުރީގައި އޮތް ގަޑިއަށް ބަލާލުމަށްފަހު ދެން ބަލާލީ ރަޔާހީންގެ ިމޫނަށެވެ. އޭރު ރަޔާހީން ސޯފާ އާއި ހަމައަށް އައިސް ހުއްޓިލަނީއެވެ. “ހީން ތަނަކަށް ދާއިރު މިހާރު ބުނެލުމެއް ވެސް ނޯވޭތަ؟ ގައިމުން މިހާރު އެގާރަ ޖަހަނީ ވިއްޔާ” ހިތްހަމަނުޖެހިފައި ހުއްޓަސް އިރުފާން ވާހަކަދެއްކީ ވަރަށް މަޑުމައިތިރި ކޮށެވެ. “އަހަރެން ދާހާ ތަނަކާއި ކުރާހާ ކަމެއް އިރޭ ބަލަން ޖެހޭތަ؟ އަހަރެންނަށް ކުޑަކުޑަ މިނިވަންކަމެއް […]
“ހަލޯވް ވަހީދާ!” ވަހީދާ ފޯނުނެގުމުން އަފީފާ ހަލޯއޭ ބުނެލިއެވެ. “މިހާރު ކީއްކުރަން ތިގުޅީ؟!” އަފީފާ ގުޅީތީ ވަހީދާ އިނީ ހިތްހަމަ ނުޖެހިއެވެ. “އަހަރެން މިގުޅީ ރޭގަ ވީކަންތަކަށް މާފަށް އެދެންވެގެން އަހަރެން އުއްމީދު ކުރަން ވަހީދާ މާފު ކޮއްދޭނެކަމަށް، އަހަރެން މިހިރީ ރޭގަ ވީ ކަންތަކާ ވަރަށް ދެރަވެފައި އަހަރެން ހިތަށް ވެސް ނާރާ ވިނާންއަށް އެފަދަ ނިންމުމެއް ނިންމަން ކެރިދާނެ ކަމަކައްވެސް!!” އަފީފާ އިންތިހާޔަށް ދެރަވެފަ ވަހީދާއާ ްވާހަކަ ދައްކަމުން ދިޔައެވެ. “އެކަން އެއޮތީ ނިމިފަ […]
ހައިރާން ވެފައި އެތަށް އިރެއް ވަންދެން ރާޔާ ހުއްޓެއެވެ. ” ކަލޭ ކޮންތަނެއްތަ ތިބަލަނީ؟..” ޒުބޭދާ ރުޅިއައިސްފައިވާ ރާގަކަށް ރާޔާއާ ދިމާއަށް ބުނުމުން ރާޔާ ދުވެފައިގޮސް ކޮޓަރިއަށް ވަނެވެ…. މީހަކާއި އިނދެގެންހުރެ އަހަންނަާ އިނުމުގެ ބޭނުމަކީ ކޮބާ؟އެދުގައި އިށީދެގެން އިން ރާޔާ ހިތާހިތުން ބުނެލެެވުނެވެ. ރާޔާ ކޮޓަރިން ނުނިކުމެ އިންދާ ރޭނގަޑު ގަޑިން ނުވައެއް ޖެހީއެވެ… ” ރާޔާ…..ރާޔާ…؟ ” ޒުބޭދާ ހުރީ ވަރަށް ބޮޑަށް ރުޅިއައިސްފައެވެ. ދޮރުގައި ޖެހިލެއް ބާރު ކަމުން ހީވަނީ ހަމަ ދެންމެ […]
“ވާއު! އަ ބްލެކް ބިއުޓީ!” އަހަރެން ހިތަށް އެރި އެތި ދުލާއި ހަމައަށް ފޯރައިފިކަން ރޭކާލީ ކައިރީގައިހުރި ފިއްޓެ ހީލި އަޑާއިއެކު ބުނެލި ބަސްކޮޅަކުންނެވެ. “ކޮބާ މަ ބުނިންދޯ ސަޅިވާނެޔޭ؟ އެކަމް އެތާ ކައިރީ އެހުރީ ކާކުބާ؟” ފުރަތަމަ ނަޒަރުން އަހަރެންގެ ހިތާއި ކުޅެލި އަންހެން ކުއްޖާއަކީ ފިއްޓެގެ ވާންއުޅޭ އަންހެނުންކަން އެނގުމުން އަހަރެން މާޔޫސްވާގޮތްވިއެވެ. ނަމަވެސް އެކަން ސިއްރުކުރަމުން ވާހަކަ ދެއްކީމެވެ. “އެވާނީ ކަލޭ މައިދައިތައަށް. ސާބަސް ކަލެއަށް. އަދިވެސް އެހެންމީހުންނަށް ދޯ ތިބަލަނީ؟” އަހަރެންގެ […]