ދޮރާއި ދިމާލަށް ބަލާލުމަށްފަހު މަލަކާ އަޝްވާއާއި އެކީ ދާން ހިނގައިގަތީ އަޝްވާ ހުރީ ދޫދޭ ގޮތަކަށް ނޫންހެން ހީވާތީއެވެ. މަލަކާ އަޝްވާގެ ފަހަތުން ދިޔައިރު ހިތުގައި އެކި ސުވާލުތައް އުފެދި ފުނިޖެހެމުން ދިޔައެވެ. ބައްޕަ އެހެން ބުނަންވީ ކީއްވެ ބާއެވެ؟ ބައްޕައަށް ކުރެވުނީ ކޮން ކުށެއް ހެއްޔެވެ؟ އަދި ކުށެއް ކުރެވިފައިވާނަމަ ބައްޕަ އެބުނާހެން އޭނާއަށް އޭގެ އަދަބު ލިބެންވީ ކީއްވެ ހެއްޔެވެ؟ މަޑު ފިޔަވަޅުތަކެއްގައި ގޮސް ދޮރާއި ހަމައަށް އާދެވިއްޖެއެވެ. އޭރު އަޝްވާގެ މޫނުމަތީގައި ވަނީ […]
އައިނާ ނިންދަވަން އޮތް އިރު އޭނާވެސް ބޭރުގައި ހިނގާ ކަންތަށް ބަލަން ޝައުގުވެރިވިއެވެ. ނަމަވެސް އެމީހުން އަޑުގަދަކުރާވަރުން އިރު އިރުކޮޅާ އައިނާ ކުކުރާލާތީ ދުރަށް ދާން އޭނާ ޖެހިލުންވެއެވެ. އެވަގުތު ނައިނާގެ ފޯނު ރިންގްވާންފެށުމުން އަޑު ކަނޑާލާފައި ފޯނު ނެގީ ދެތިންފަހަރަކު ތެޅިލި އައިނާގެ ގައިގާ ލޯބިން ފިރުމާލާފައެވެ. “ހޭ ކުޑޭ!!” ނައިނާ ފޯނު ނަގާފައި އެހެން ގޮވާލީ އައިޝަމް އަށް ޖެއްސުންކުރާށެވެ. އައިޝަމް ވަގުތުން އައްޗީޑިއޭ ބުނެލިއެވެ. “ޝާމްބެ މާ ރީތި.. ކޮބާތަ މަގޭ ޕްރިންސަސް..؟” […]
ރާޔާ ނިޔާމްއާ ދިމާއަށް ފުން ނަޒަރަކުން ބަލައިލިއެވެ. ފައިތިލައިން ފެށިގެން ބޮލާއި ހަމައަށެވެ. ރާޔާގެ ދެ ލޯ ފެންކަޅިވިއެވެ. އެޔާއެކު ނިޔާމް އަށް ހިންދިރުވައިލެވުނެވެ. ހިކެމުން ދިޔަ ތުންފަތް ދުލުން ތެންމައިލެވުނެވެ. ގަދަކަމުންނެވެ. އެޔާއެކު ދެފަރާތަށް ބޯ ހޫރުވައިލައި ގޮނޑިއާ ދިމާއަށް ހިނގައިގަތެވެ. އެވަގުތު ނިޔާމްގެ މޯބައިލް ފޯން ރިންގް ވާން ފެށިއެވެ. ބްރޯ ވަރަށް ކައިރިވެއްޖެ، މި ފެންނަނީ ހަމަ” އެހެން ބުނުމާއެއްކޮށް ނިޔާމް ފޯން ޖީބަށްލާ، އަވަސް އަވަހަށް އޮފީހަށް ދާން ހިނގައިގަތެވެ. “ހާދަ އިރެކޭދޯ ތިވަނީ އަންނަންވެސް” ނިޔާމް ސައިކަލް މަޑުކޮށްލުމާއެކު ޝާފީ ބުނެލިއެވެ. […]
ދެ ފަހަރަކު ޓަކި ޖަހާލުމުންވެސް އަޔާނީގެ ޚަބަރެއް ނުވިއެވެ. ދޮރު ތަޅުގައި، ހިފާލިހާއިރުން ދޮރުހުޅުވިގެން ދިޔައެވެ. ކޮޓަރި ތެރޭގައި އަޔާނީ ފެންނަން ނެތުމުން އަމްހާ، ދެން ބެލީ ފާހާނާއެވެ. ފާހާނައިގައި ނެތުމުން އޭނާ ވާނީ ބެލްކަނީގައި ކަމަށް ހީކޮށް އެތަންވެސް ބެލިއެވެ. އެހެނަސް، އެތާނގައިވެސް އަޔާނީ ނެތުމުން، އަމްހާއަށް ހައިރާންކަން ލިބުނެވެ. ކޮޓަރިން ނުކުންނަން ދިޔަ އަމްހާއަށް ހުއްޓުން އެރިއެވެ. އަދި ފަސް އެނބުރި ބަލައިލީ، އެއީ އޭނާއަށް ހީވި އެއްޗެއްތޯ ޔަޤީންކޮށްލުމަށެވެ. ނަމަވެސް، އަލަމާރީގެ ދޮރުހުޅުވާފައި […]
އީރަމް ވަދެގެންއައިސް ޖަނާގެ ކުރިމައްޗަށް ވާހެން އިށީނުމާއެކު މޫނުގެ ކުލަވަރު ބަދަލުކޮއްލަމުން ޖަނާ ހިނިތުންވެލިއެވެ. ” ހާދަ އަވަހަކަށް ގެއަށް ތިއައީ..ޝޯ ނިމުނީތަ؟..” އީރަމް އަށް ބަލާލަމުން ޖަނާ އަހާލިއެވެ. ” ނޫން..ޖަނާ މެންވެސް ގެއަށް އައިމަ މިއައީ ދެން.. ލާމީ ކޮބާާ.. ” އީރަމް ލާމިހް ފެންނަން ނެތުމުން އަހާލިއެވެ. ހަގީގަތުގައި ބޭނުމަކަށްވީ ލާމިހްގެ ހާލު އޮޅުންފިލުވުމެވެ. ” ބޭސް ކައިގެން ނިދަން ވަދެއްޖެ..” އީރަމް ގެ މޫނުން ކަމެއް ދެނެގަންނަން އުޅޭ މީހެއް ފަދައިން […]
ރޭގަނޑެވެ. އުނގޫފާރު ފަޅަށް ވަތް ލޯންޗުގެ އިންތިޒާރުގައި އީމާން އިނެވެ. އައިޒަން ވާޓަރު މައްޗަށް ފުންމާލުމާއި އެކު ސައިކަލުގައި އީމާން އެތަނާއި ކައިރިވިއެވެ. “ކޮންގްރޭޓް އިނގޭ.” އައިޒަންގެ ގައިގާ ބައްދާލަމުން އީމާން އެނާއަށް މަރުހަބާ ކީ ނައިނާ ބަނޑުބޮޑުކަން އެނގިގެންނެވެ. އައިޒަން ޝުކުރު އަދާކުރަމުން ފޮށްޓާއި އެކު ސައިކަލަށް އަރާ ހަމަޖެހިލިއެވެ. ބަނދަރުމަތި ވަނީ އޮރެންޖް ލައިޓްތަކުން ދިއްލާލެވިފައެވެ. މަގުތަށް ހަމަހިމޭންވެފައި ވާއިރު ހަނދު ވަނީ މިރޭ ދުނިޔެއާއި ފިލާފައެވެ. “އަހަރެން އަންނަ ހަފްތާ އާދިއްތާގަ ދާނަން […]
އެއްމަސް ފާއިތުވެގެން ދިޔައިރު ވިކްޔަން އެކި ގޮތްގޮތުން ރަޔާހީން ހޯދަން ކުރި މަސައްކަތް ވަނީ ކާމިޔާބުވާ ގޮތް ނުވެފައެވެ. ވިކްޔަން އެކަމާއި ހިތާމަކުރާ ވަރު އެންމެ ގާތުން ފެންނަނީ މައިސަރާ އަށެވެ. އެހެންކަމުން ވިކްޔަން އަތުން ރަޔާހީންގެ އެޑްރެސް ހޯދައިގެން އެގެއަށް ދާން ވެސް މައިސަރާ މަސައްކަތްކޮށްފިއެވެ. ވިކްޔަން އިންކާރު ކުރުމުން އެފިޔަވަޅު ނަގާކަށް މައިސަރާއަކަށް ނުކެރުނެވެ. “މަންމަ އަށް ފެންނަނީ ވިކީ އެގެއަށް ދާން. ލޯބި ހާސިލްކުރެވޭނީ ނިކަން ހިތްވަރެއްވެސް ހުރެގެން. ނޫންތަ މާކް؟ ފިނޑިއެއްހެން […]
އަބީގެ ކޮންމެ ހަރަކާތަކަށް ހިތާއި ފުރާނައިން އީލާމް އާ ބަސް ބުނަމުން ދިޔައެވެ. އޭނާގެ ގައިގައި ބައްދައިލައިގެން އޮވެ އަބީ އީލާމްއަށް ތައުރީފް ކުރަމުން ދިޔައިރު އަބީ އޭނާ ބޭނުންވާގޮތް ހާމަކޮށްލިއެވެ. “ވެން ވީ ގެޓް ބެކް ޓު އެސްއޭ ވީ ވިލް ގެޓް މެރީޑް އެންޑް ޔޫ ވިލް ބީ މައިން ފޯ އެވަރ” އަބީގެ މި ޖުމްލައިން އީލާމް ފިނިވެގެން ދިޔައެވެ. އީލާމް ބޯ ޖަހާލީ އާނއެކޭ ބުނުމުގެ ގޮތުންނެވެ. އިރުކޮޅަކު އެހެން ތިބުމަށްފަހު […]
ހަނާ އެ ޒުވާނާގެ ފަހަތުން ދުވުން ހުއްޓާލީ އަތުނުވާނެކަން އެނގުމުންނެވެ. އުނަގަނޑުގައި ދެއަތް އަޅުވާލަމުން ކުޑަކޮށް ގުދުވެލިއިރު މޫނުމަތިން ވަަރުބަލިކަން ފެނެވެ. ހަށިގަނޑު ސީދާ ކޮއްލަމުން ދުރުގައި ހުރި ފިރިހެން ކުއްޖާގެ މޫނަށް ބަލާލިއެވެ. އެ މޫނުމަތީގައި ވަނީ ލާނެތް ހިނިތުންވުމެކެވެ. “ފަޒަލް..” ހަނާ އެނަން ކިޔާލުމާއެކު އެ ކުއްޖާ އައިސް ހަނާ ގެ ކުރިމަތީ ހުއްޓިއްޖެއެވެ. “މިހާރު ޔަގީންވެއްޖެ ތީ އަންހެންކުއްޖެއްކަން.. ކުޑަ އިރު އަސްލައްވެސް އަހަރެން ހީކުރީ ތީ ފިރިހެން ކުއްޖެއްކޭ..” ހިނިތުންވެލަމުން ފަޒަލް […]