ބޯކޮށް ވެހެމުން ދިޔަ ވާރޭ، އަދިވެސް ހުއްޓާ ނުލައެވެ. ކަޅު ވިލާތަކުން ދުނިޔެމަތި ބައްދާލާފައިވަނީ އެހާވެސް ބޮޑަށެވެ. ބޭރަށް ދާން ބޭނުންވެފައިހުރި މިޝަލް، މަގުމައްޗަށް ބޯ ދިއްކޮށްލީ، ވާރޭ ހުއްޓާލާނެކަމުގެ އަލާމާތެއް ފެންނަން ހުރިތޯ ބަލައިލުމަށެވެ. އެހެނަސް، ދެންމެއަކާއި ޖެހެންދެން، ވާރޭގެ ސަބަބުން ބޭރަށް ނުދެވިފައިހުރި މިޝަލަށް، ފެނުނު މަންޒަރަކުން، އެ ބޯ ވާރޭތެރޭ، ހުރި ސީދަލަށް އަތިރިއާއި ދިމާއަށް ހިނގައިގަނެވުނީ ބޭއިޚްތިޔާރުގައެވެ. _________________________________________ ޗާބީ ދީފައިވާ މީހެއްފަދައިން، ހިނގަމުންދިޔަ މިޝަލް، މަޑުކޮށްލީ އަތިރިމަތީގައި ހުރި […]
“ފިލައިގެން ދިޔަނަމަ އޭނަ ގެންދާނެ ދޯ ހުރިހާ އަންނައުނުތަކާ އެއްޗެހި.. އެ ހުރިހާ އެއްޗެހި ބަހައްޓާފަ އޭނަ ދާނެތަ؟” ފަރީދު ބުނެލިއެވެ. އެއަޑުންވެސް އޭނާ ހިތްހަމަނުޖެހިފައިވާ މިންވަރު ހާމަވެއެވެ. ޔުމްނާ ގެއްލުނު ފަހުން ފަރީދުގެ ސިކުނޑި ވަނީ ހާސްކަމެއްގެ ތެރޭގައެވެ. ރޭ ހަތަރުދަމު ނުނިދާ އޭނާ އުޅުނީ ޔުމްނާ ހޯދުމުގެ މަސައްކަތުގައެވެ. މާލޭގެ އެކި ދިމަދިމާ އަތްފުނާއެޅިއިރުވެސް ޔުމްނާގެ ޚަބަރެއް ނުވީތީ އެހިތް މާޔޫސްވެފައި ވިއެވެ. ** ** ** އެނދުގައި އަރާމުކޮށް ނިދާލާފައި އޮތް ޖުވައިރިޔާ […]
” އައިޝާ ނީލާމް އަމަރް އާލަމް” ، އީލާމް ހައިރާންކަމާއެކު އަބީއަށް ބަލާލީ ޕާސްޕޯރޓްގައި ނީލާމް އިނީމައެވެ. އަބީ އޭނާއަށް އީލާމް ކިޔަނީ ލޯބިން ކަމަށް ބުނެ ވާހަކަ އޮޅުވާލީ ، އިތުރަށް އެ މައުޟޫއަށް ވާހަކަ ދައްކަން ބޭނުން ނުވާތީއެވެ. ސައުތު އެފްރިކާއަށް ކުރާ ދަތުރަށް އީލާމް އަށް ވޯރކްވިޒާ ހޯދުމަށްފަހު ދަތުރު ފެށީ މި އެޅެނީ ކިހާ ބޮޑު ފިޔަވަޅެއްކަންވެސް ދެމީހުންކުރެ އެކަކަށްވެސް ނޭނގޭ ހާލުގައެވެ. އަބީ ، އީލާމް ހިނިތުންވެލީ އޭނާގެ ނަން […]
” އަހަރެން ޖުމާނާ އަށް އަނިޔާ މިކުރީ ކީއްވެކަން މި ބުނަނީ…. އަހަރެންގެ ފޯނުން އަހަންނަށް ސިއްރުން ޝިޔާޒް ކިޔާ މީހަކަށް ޖުމާނާ ގުޅީމެއްނު….ޖުމާނާ ހީކުރީ އަހަންނަށް ވަގަށް ފޯނު ހިފައިގެން ދިޔައިރު އަހަރެން އޮތީ ހަމަރަނގަޅަށްވެސް ނިދާފައ ކަމަށްތަ؟… ފޯނު ކޮށްފަ އައިސް ފޯނު ބާއްވާފަ ދިޔައީމަ، ގުޅާފައި އޮތް ނަންބަރަށް އަހަރެން ގުޅީމޭ…. އޭނަ ބުނި ޖުމާނާ ކޮންމެ ދުވަހަކުވެސް ގުޅައޭ… އަދި އެ ޝިޔާޒް ބުނި އޭނާއަކީ ޖުމާނާގެ ކުރޭގެ ލޯބިވެރިޔާއޭވެސް..” […]
އަފޫ ސަމާސަ ކުރަނީތަ….؟؟؟ ބައްޕަ، އެހެންނެއް ނުބުނޭ ދޯ….. ބުނެބަލަ އަފޫ…. ތީ ދޮގެއް ދޯ…..” އަޔާނީ އަފްލާކްގެ އަތުގައި ހިފައި ތަޅުވާލަމުން އާދޭސް ކުރަންފެށިއިރު، އޭނާގެ ދެ ލޯ ފެންކަޅިވެގެން ދިޔައީ ހިނދުކޮޅެއްގެ ތެރޭގައެވެ. _____________________________________ “އަޔާނީ…. ހަމަ މިހާރު އާދޭ އެތެރެއަށް……” އަޔާނީގެ އިތުރުން އަފްލާކްވެސް ސިހިގެން ދިޔައީ އަޔާނީގެ ބައްޕަ ޔޫސުފްގެ، ބާރު އަޑުންނެވެ. ލިބުނު ސިހުމުގައި އަޔާނީއަށް، އަފްލާކްގެ އަތުން ދޫކޮށްލެވުނެވެ. އަފްލާކްވެސް އަޔާނީއާއި ތަންކޮޅެއް ދުރަށް ޖެހިލިއިރު އޭނާ […]
“ދަރިފުޅާ ވިކީ!!! މި އެންމެން މިކިޔަނީ ކީކޭ. މަންމަގެ ހިތެއް ޤަބޫލެއް ނުކުރޭ ދައްތަމެން އެފަދަ ކަމެއް ކޮށްފާނެ ކަމަކަށް” މައިސަރާ ކައިރީގައި އިށިން ވިކްޔަންގެ އަތުގައި ހިފާ ތަޅުވާލަމުން މައިސަރާ ބުނެލިއެވެ. “މަންމާ!! އަޅުގަނޑަށް ވެސް ޤަބޫލުކުރަން ދަތިވި. އެކަމަކު އެއީ ހަޤީޤަތް. އަޅުގަނޑަށް މީގެ ދެތިން ދުވަސް ކުރިން އެނގިއްޖެ” ވިކްޔަން މައިސަރާގެ ދެލޮލުން ފޭބި ކަރުނަތައް ފޮހެލަމުން ބުނެލިއެވެ. މައިސަރާ ދެލޯ ބޮޑުކޮށްމުން ވިކްޔަން އަށް ބަލާލިއެވެ. ވިކްޔަން އަށް ކުރިން […]
“ޒަންން!! ވަރަށް މުހިންމު ވާހަކައެއް ބުނަން.. ސީރިއަސްކޮށް… ދެން ނުހުރެވޭނެ ނުބުނެއެއް..” ނައިނާ ފޮނުވި މެސެޖް ހިތުން ކިޔާލި އައިޒަންގެ ހިތުގައި ސުވާލުއުފެދުނެވެ. ކޮންކަމެއްބާއެވެ. އެހާ ކެތްމަދުވެފައި ނައިނާ ހުންނަންޏާ ޔަޤީނުންވެސް ވާނީ ބޮޑުވާހަކައަކަށެވެ. އައިޒަން އަށް މީޓިން ދޫކޮށްލާފައި ދެވޭކަށްވެސް ނެތެވެ. އައިޒަން މީޓިންގް ރޫމްގައި ތިބި އެންމެންނަށް ބަލައިލިއެވެ. އެންމެންގެ ނަޒަރު ހުއްޓިފައިވަނީ އަރިމައްޗަށް އެޅުވިފައިވާ ސްކްރީންއިން ދައްކަމުން ދިޔަ ގްރާފް އަކަށެވެ. ޝާމިރާ މެދުގައި ހުރެ ވާހަކަތަކެއް ދައްކަމުން ދިޔަ ނަމަވެސް އެ […]
އެއްވެސް ތަރުތީބެއް ނެތި އެނދުމައްޗަށް އުކާލެވިފައި ހުރި ހެދުންތަކަށް ބަލާލަމުން އީރަމް ގަޑިއަށް ބަލާލިއެވެ. ހަނާ އަންނަން ބުނި ވަގުތު ފާއިތުވެދިޔަތާ ބަރާބަރު އެއް ގަޑި އިރު ވީއެވެ. އީދު ވިލޭރޭ އަށް ވުމުން މާދަން ހަނާ މެން ރަށަށް ދާނަމަ ކޮންމެހެން ވެސް މިރޭ ހެދުންތަށް ފޮއްޓަށް އަޅާ ތައްޔާރު ކުރަން ޖެހޭނެއެވެ. ހެނދުނު ހޭލައިން ކުރަން ވެއްޖެނަމަ އެކަން ވެސް އޮންނާނީ ނުވެފައެވެ. ހަފްތާ އަކަށް ދާ އިރު ހެދުންތަށް ގިނަކަމުން ގެންދަންވީ ހެދުންތައް […]
ޕްރިންޓިންގ ރޫމްގެ ދޮރު ތަޅުގައި ހިފާލި ވަގުތު، ޖެހެލި ވައިރޯޅިއާއިއެކު، ޔަލްވީގެ ޝޯލް މޫނުގައި އެޅުނެވެ. މޫނު މަތިން ޝޯލް އެއްފަރާތް ކޮށްލަމުން، ޔަލްވީ އެތެރެއަށް ވަނެވެ. އަދި ކުޑަކޮށް ޕިން ނެއްޓިފައި އިނުމުން އެ ރަނގަލުކޮށްލުމަށްފަހު، އިސް އުފުލާ ބަލާލިވަގުތު، ހައިރާންވެގެން ދިޔައީ އެތެރޭގައި އޭނާއަށް ބަލަން ހުރި ޒުވާނާ ފެނުމުންނެވެ. _______________________________________________ އެ ތަނުން ޝައުން ފެނިދާނެކަމަށް ހީކުރެވިފައި ނުވާއިރު، އޭނާގެ ކުރިމައްޗަށް އެކަހަލަ ގޮތަކަށް އާދެވުމުން، ޔަލްވީ ހުރީ ހުއްޓުން އަރާފައެވެ. […]