Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ތި ލޯތްބަށްޓަކައި (15)

Ryn 100 Stories10 Stories1K Comments500 Comments100 Comments100 Login
October 4, 2017 8 Mins Read
14 Comments

ރޭގަނޑެވެ. އުނގޫފާރު ފަޅަށް ވަތް ލޯންޗުގެ އިންތިޒާރުގައި އީމާން އިނެވެ. އައިޒަން ވާޓަރު މައްޗަށް ފުންމާލުމާއި އެކު ސައިކަލުގައި އީމާން އެތަނާއި ކައިރިވިއެވެ. “ކޮންގްރޭޓް އިނގޭ.” އައިޒަންގެ ގައިގާ ބައްދާލަމުން އީމާން އެނާއަށް މަރުހަބާ ކީ ނައިނާ ބަނޑުބޮޑުކަން އެނގިގެންނެވެ. އައިޒަން ޝުކުރު އަދާކުރަމުން ފޮށްޓާއި އެކު ސައިކަލަށް އަރާ ހަމަޖެހިލިއެވެ. ބަނދަރުމަތި ވަނީ އޮރެންޖް ލައިޓްތަކުން ދިއްލާލެވިފައެވެ. މަގުތަށް ހަމަހިމޭންވެފައި ވާއިރު ހަނދު ވަނީ މިރޭ ދުނިޔެއާއި ފިލާފައެވެ. “އަހަރެން އަންނަ ހަފްތާ އާދިއްތާގަ ދާނަން އިނގޭ އޮފީހަށް.. ހުރިހާ ކަމެއް ރެޑީކޮށްލާ އެންމެންނަށްވެސް އެކަން ވާނެ އަންގަން.. މި އޮފީސް ވާނެ ކުރިއަރުވާލަން…” އައިޒަންގެ މޫނުމަތިން ފެނުނީ ޖޯޝެވެ. މަންމަގެ ހިޔަނީގެ ދަށުން ސަލާމަތްވެ އޮފީސް ހިންގުމުގެ ކަމަކާއި ހަވާލުވެވުނީތީ އޭނާ އެކަމާ ހުރީ ވަރަށް ހިތްހަމަޖެހިފައެވެ.

“އާނ އަދި ހަނދާން ނެތުނީއޭ… ލަމް އޮފީހަށް ވަނުމުގެ ހުރިހާ ކަމެއް ހަމަޖައްސާލާތި.. އޭނާ އެހުރީ ވަރަށް މައްޗަށް އެޗް އާރް ކިޔަވައިގެން.. އޭނާ ބޭނުންވަނީ މިއޮފީހުގައި މަސައްކަތް ކުރަން…” އޮފީހަށް ވަންނަން އުޅުނު އާ މުވައްޒިފުގެ ވާހަކަ އައިޒަން ހަނދާންކޮށްލަދިނެވެ. ސައިކަލުގައި ތިބެގެންވެސް ދެމީހުން ދައްކަމުން ދިޔައީ އެވާހަކަތަކެވެ. އޮފީހުގައި މިހާރު ހިނގާ ކަންތަކާއި ހިންގަންއުޅޭ ކަންތަށްތަކެވެ.

ގޭ ދޮށަށް ސައިކަލު ހުއްޓުމުން އައިޒަން ޝުކުރު އަދާކުރުމަށްފަހު އެތެރެއަށް ވަނެވެ. ގޭގެ މައިދޮރު ހުރީ ނުލައްޕާކަމުން އައިޒަން ހީކުރީ އެމީހުން ތިބޭނީ ސިޓިންގް ރޫމްގައި ކަމަށެވެ. މަޑުމަޑުން ގޭތެރެއަށް ބޯ ދިއްކޮށްލިއިރު އެކަކުވެސް ފެންނާކަށް ނެތެވެ. ފޮށްޓާއި ދަބަސް ސިޓިންގްރޫމްގައި ބޭންދުމަށްފަހު އައިޒަން ހިނގައިގަތީ ކޮޓަރިތަކާއި ދިމާލަށެވެ. މަޑު ފިޔަވަޅުތަށް ހުއްޓާލަމުން އައިޒަން ނައިނާއާއި އޭނާގެ ކޮޓަރި ދޮރުގެ ތަޅުގައި ހިފައިލިއެވެ. “މަންމާ!” އެކަން ހުއްޓުނީ ގޭގެ ފަހަތުން ނައިނާ ގެ އަޑުއިވިގެންނެވެ. އައިޒަން މަޑުމަޑުން ގޮސް ގޭ ފަހަތު ދޮރު ކައިރި މަޑުކޮށްލިއެވެ.

“ވަރަށް މިސްވޭ އައިޒަން މަތިން… ބައެއްފަހަރު ހިތަށްއަރާ އުމުރަށް ކައިރި ހުރެވޭނެނައޭ.. އެކަމް އެއީ ރަނގަޅު ގޮތެއް ނޫނެއްނު ދޯ މަންމާ…” ނައިނާގެ ވާހަކައިން އައިޒަން ދެރަވިއެވެ. އައިޒަންގެ އެ ފިނޑިކަމާއި މަންމަދެކެ ގަންނަ ބިރެއްގެ ސަބަބުން ގެއްލުން ވަނީ ލޯބިވާ ނައިނާއަށެވެ. އެ ވިސްނުމުގައި ހުރި އައިޒަން ސިއްސައިގެން ދިޔައީ ކޮޓަރިއެއްގެ ދޮރު ހުޅުވުނު އަޑަށެވެ. ހަރަކާތެއް ކޮށްނުލާ އެ ހުރިތާ ހުރެވުނީ ކޮޓަރިން ނިކުތް ލަހުފާ ފެނިފައެވެ. ލަހުފާ ދެލޯ ބޮޑުކޮށްލާފައި ހަޅޭލަވައިގަންނަން އުޅެނިކޮށް އައިޒަން ދުވެފައި ގޮސް ލަހުފާގެ އަނގަމަތީ އަތް އެޅިއެވެ. “ޝްޝް މީ މަށޭ…” އައިޒަން ސިއްރު ސިއްރުން އެހެން ބުނި އަޑާއި އެކު ލަހުފާ ދެލޯ ހުޅުވާލިއެވެ. އަދި ހަމަޖެހިލުމުން އައިޒަން އޭނާގެ އަނގަމަތިން އަތް ނެގިއެވެ. “ކީއްކުރަނީ؟؟؟” ލަހުފާ ވެސް ވާހަކަދެއްކީ މަޑުންނެވެ. “އެކަކަށްވެސް ނޭނގޭނެ އައިކަމެއް…ކޮޓަރިއަށް މިވަނީ ނައިނާ އެތެރެއަށް ފޮނުވާލަ ދީބަ” އައިޒަންގެ ޖުމްލައާއި އެކު ލަހުފާއަށް ހެވުނެވެ. އަދި އޭނާ ކުރަން އުޅުނު ކަންތަށް އިނގުނެވެ.

އައިޒަން ކޮޓަރިއަށް ވަނުމުގެ ކުރިން އޭނާގެ ބެކްޕެކުން ފިނިފެންމާ ބޮނޑިއެއް ނަގާލިއެވެ. އަދި ކޮޓަރިއަށް ވަދެ މުޅި ކޮޓަރި އަނދިރިކޮށްލިއެވެ. ނައިނާ އަންނާނެ އިރަކަށް އިންތިޒާރުކުރަމުން ދިޔަ އައިޒަން ސިހުނީ ދޮރުހުޅުވާލުމުންނެވެ. ލައިޓްތަށް ދިއްލާލުމާއި އެކު އައިޒަން ދެއަތް ފުޅާކޮށްލީ ނައިނާ ސިހިގެންދާނެކަމަށެވެ. ނަމަވެސް ހަޅޭލަވައިގަތް އަޑު އިވުމުން އެއީ ނައިނާ ނޫންކަން އެނގި ރަނގަޅަށް ބަލާލިއިރު ކުރިމަތީ ދެލޯ ބޮޑުކޮށްލައިގެން ހުރީ ޒާހިދާއެވެ. ގަތް ލަދުން އައިޒަން ނިތްކުރިމަތީ ޖަހާލެވުނެވެ. ހަމައެވަގުތު އިވުނީ ދުވެފައި ނައިނާމެން އަންނަ އަޑެވެ. ޒާހިދާ ދެލޯ ބޮޑުކޮށްލައިގެން އެ ހުރިގޮތަށް ހުރީ ހަރަކާތެއްވެސްކޮށްނުލާ އައިޒަންއާއި ދިމާ ބަލަހައްޓައިގެންނެވެ.

އައިޒަން ތުންފަތުގައި ޝަހާދަތް އިނގިލި ޖައްސާލަމުން އެކަން ސިއްރުކުރަން އެދިފައި ދޮރު ފަހަތަށް ފިލިއެވެ. އޭރުވެސް ޒާހިދާ އެހުރިގޮތަށް ހުއްޓެވެ. “މަންމާ!! މަންމާ!! ކިހިނެއްވީ؟؟؟” ނައިނާ އައިސް ޒާހިދާގެ ކުރިމައްޗަށް އަރާފައި އެ ސުވާލުކުރިއެވެ. ޒާހިދާ ތެޅިގަނެފައި ހިންދިރުވާލިއެވެ. އަދި ނައިނާއަށް ބަލަހައްޓައިގެން އިރުކޮޅަކު ހުއްޓެވެ. ނައިނާގެ ފަހަތުން ސިއްރު ސިއްރުން ވަތް ލަހުފާ ހުރީ ބޯކަހާލަ ކަހާލައެވެ. ޒާހިދާ ލަހުފާއަށް ބަލާލުމަށްފަހު ލޮލުން އިޝާރާތެއްކޮށްލުމުން ލަހުފާ އަވަސް އަވަހަށް ބޯޖަހާލިއެވެ. ނައިނާ ކައިރި ކޮޓަރިއަށް ފޮނުވަން ބަހަނާ ދައްކަ ދައްކާ ހުއްޓާ ޒާހިދާ ތެދުވެގެން ނައިނާގެ ކޮޓަރިއަށް ދާން އުޅުނީ ނައިނާ ބާއްވާށޭ ބުނެފައެވެ.

ލަހުފާ އެތަކެއް ފަހަރު ނޫނެކޭ ބުނެފައި އެކަން ހުއްޓުވަން އުޅުނެއްކަމަކު ޒާހިދާ ދިޔައީއެވެ. ދެން އިވުނީ ޒާހިދާ ހަޅޭކުގެއަޑެވެ. ލަހުފާގެ އިޝާރާތުން ޒާހިދާއަށް ހުރިހާ އެއްޗެއް އިނގުނެވެ. އެހާވަރުން ނައިނާ ފޮނުވަން އުޅުނު ސަބަބާއި ޒާހިދާ ނައުމަށް ބުނި ސަބަބެވެ. އެންމެ ފަހުން މަޅީގައި މިޖެހުނީ ޒާހިދާއެވެ. އައިޒަން އާއި ހަތަރުކަޅު ހަމަކުރަންވެސް ޒާހިދާ ލަދުގަނެއްޖެއެވެ. ނައިނާ ސުވާލުކުރުމުންވެސް ޒާހިދާ އެ ހުރިގޮތަށް ހުރީ އަދިވެސް ލިބުނު ސިހުމުން އަރައިނުގަނެވިފައެވެ. ދޮރުބުޑުގައި ހުރި އައިޒަންގެ ޒަމާންދިޔައީއޭ އޭނާ ހިތަށްއެރިއެވެ.

“އެ މަންމައަށް.. ހީވީ ދިރޭ އެއްޗެއް ފެނުނީއޭ..” ޒާހިދާ ހުއްޓި ހުއްޓިފައި ޖަވާބު ދިނެވެ. ދޮރުބުޑުގައި ހުރި އައިޒަން އަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ. ޒާހިދާ އަވަހަށް ބޭރަށް ހިނގައިގަތީ ނައިނާ ކައިރިވެސް އަންނާށޭ ކިޔާފައެވެ. ލަހުފާ ކޮޓަރީގެ ދޮރު ގައި ޖަހާފައި އައިޒަން ފިއްތާލިއެވެ. އަދި އަވަސް އަވަހަށް ދޮރު ލައްޕާފައި ހިނގައިގަތެވެ. “މި ބޯލައިގެން ދޭ ކޮޓަރިއަށް.. މިރޭ މީ ވަރަށް ފިނިރެއެއް..” ނައިނާއަށް ކިރު ތައްޓެއް ދެމުން ޒާހިދާ ބުންޏެވެ. ބަދިގެ ދޮރުމައްޗަށް އެރި ލަހުފާ އާއި ދިމާލަށް ޒާހިދާ ބަލާލުމަށް ފަހު ދެލޯ ހަނިކޮށްލުމުން ލަހުފާ ހޭންފެށިއްޓިއެވެ. ނައިނާ ކޮޓަރިއަށް ދާންހިނގައިގަތެވެ.

އައިޒަން މިފަހަރު ހުރީ ތައްޔާރަކަށް ނޫނެވެ. ނައިނާ އައިސްދާނެކަމަށް އޭނާ ހިއެއްނުކުރެއެވެ. ލައިޓްތަށް ޖައްސައިގެން ކަބަޑު ކައިރި ހުރި އައިޒަން ސިހުނީ ދޮރު ހުޅުވާލުމާއި އެކުގައެވެ. އެވަގުތު ފިލަން އުޅުނެއްކަމަކު އެ ދެފައިގައި ކަސްތޮޅު އެޅުވިފައިވާ ކަހަލައެވެ. ނައިނާއަށް އައިޒަން ފެނުމާއި އެކު ދެލޯ ބޮޑުކޮށްލެވުނެވެ. ދެފަހަރު ދެލޯ މަރާ ހުޅުވާލުމުންވެސް ކުރިމަތީ ހުރި އައިޒަން އެހުރިގޮތަށް ހުއްޓެވެ. އައިޒަން މޫނުމަތީ އެއް އަތް އަޅާލުމަށްފަހު ތައްޔާރުނުވެވުނީތީ ހިތާހިތުން ޝަކުވާކޮށްލިއެވެ. ނައިނާ އޭރުވެސް އައިޒަންއާއި ދިމާލަށް ކަޅިޖަހައިނުލާ ބަލަންހުއްޓެވެ. ލަސްފިޔަވަޅުތަކެއްގައި އައިޒަން އައިސް ނައިނާ އެ އަތުތެރެއަށް ލިއެވެ. “ވަރަށް މިސްވި…” އައިޒަން އެހެން ބުނުމާއި އެކު ނައިނާ އައިޒަންގެ ގައިގާ އޮޅުލައިގަތެވެ. އޭރު އެދެލޮލުން އުފާވެރިކަމުގެ ކަރުނަ ނިރާލިއެވެ. އަނގައިން ބަހެއްނުނިކުތަސް އޭނާ އުފަލުން ފޮޅުނީ މަލެއް ފޮޅޭހެންނެވެ.

އައިޒަން ނައިނާ ދުރަށްލުމަށްފަހު ނައިނާގެ ނިތްކުރީގައި ތުންފަތް ޖައްސާލިއެވެ. “ސަޕްރައިޒް ބޭބީ..!!” އައިޒަން އެހެން ބުނުމުން ނައިނާ ހޭންފެށިއެވެ. އައިޒަން ކަބަޑުމަތީ އޮތް މާބޮނޑި ނަގާ ނައިނާއަށް ދިނެވެ. އަދި އޭނާ އެހާ އުފާކޮށްދިން ހަބަރެއް ދިނީތީއާއި އެހާ ލޯބިވާތީ ޝުކުރުއަދާކުރިއެވެ. ނައިނާ އޭގައި ހިފާލުމަށްފަހު އަނެއްކާވެސް އައިޒަންގެ ގައިގާ ބައްދާލިއެވެ. “މަންމަ.. އެހެންވީމަ މަންމައަށް ފެނުނީ ޒަން ތަ؟؟” ނައިނާ އައިޒަން އާއި ދުރަށްޖެހިލަމުން ސުވާލުކުރިއެވެ. އައިޒަން އެއްޗެއް ނުބުނެ ބޭރަށް ހިނގާށޭ ބުނުމުން ނައިނާވެސް ހިނގައިގަތެވެ. ސިޓީންގް ރޫމްގައި އިން ލަހުފާއަށް އައިޒަން ފެނުމާއި އެކު ހެވުނެވެ.

ޒާހިދާ ނުހޭންއިނެއްކަމަކު ލަހުފާ އާއި ދެމީހުންވެގެން ހެވުނީ އައިޒަން ވެސް ހޭންފެށުމުންނެވެ. “ކިހިނެއްތަވީ؟؟؟” ވާނުވާގައި ހުރި ނައިނާ ސުވާލުކުރުމުން އައިޒަން ހުރިހާ އެއްޗެއް ކިޔައިދިނެވެ. ޒާހިދާ އަށް އައިޒަންއެގޮތަށް ހުރިތަން ފެނުމުން ވަރަށް ލަދުގަނެ މާފަށް އެދުމުން ޒާހިދާ ނޫނެކޭ ބުންޏެވެ. އަދި އައީތީ އުފާކުރާކަމަށްވެސް ބުންޏެވެ. “މިއައީ އަހަރަކަށް.. މިކޮޅު އޮފީހުގެ ކަންތަކާއި އަދި ނައިނާ އާއިވެސް ހަވާލުވާން…” ނައިނާގެ ކޮލުގައި ހިފާލަމުން އައިޒަން އެހެން ބުންޏެވެ. އަދި ދަބަސްތަށް ތިރީގައި ބާއްވާފައި އެ ހުޅުވައިގެން އެއްޗެހިތަށް ނަގަންފެށިއެވެ. ނަގަމުން ދިޔައިރު އޭނާ ދިޔައީ އައިޝަމް ކުރި މަޖާ ކަންތަކުގެ ވާހަކަވެސް ކިޔައިދެމުންނެވެ.

“މިހިރީ ގެނެވުނު އަންނައުނު.. އެއްބައި ނަގަންވެސް ޖެހުނޭ…” ޝަކުވާކޮށްލާފައި ފޮށިން ނައިނާއަށް އެމީހުން ފޮނުވި ހަދިޔާތަށް އައިޒަން ވަކިކޮށްލިއެވެ. “އަޅޭ ބަލާބަ ޝާމް މިހިރީ ގާލް ކުދިންގެ ލިބާސްކޮޅާއި ހެދުންކޮޅެއްފޮނުވާފައި…” ނައިނާ އެންމެންނަށްވެސް އައިޝަމް ފޮނުވި ހަދިޔާ ދައްކާލިއެވެ.

…………….

“ދެން ނިދާލާ އިނގޭ!!” އައިޒަން އަތުތެރޭ އޮތް ނައިނާގެ ބޮލުގައި ތުންފަތް ޖައްސާލަމުން ބުނެލިއެވެ. ނައިނާ އޭރުވެސް ދިޔައި ތަފާތު ވާހަކަތަށް ދައްކަމުންނެވެ. އެކުވެރި ޒުހާއާއި އަކުރަމް އައިސް އޭނާ ކައިރި އުޅުނު ގޮތާއި އެމީހުން ދިން ހަދިޔާތަކުގެ ވާހަކައެވެ. އައިޒަން ފޫހިވުމެއްނެތި އެމޫނަށް ބަލަން އޮތް އިރު ނައިނާ ކިޔާ އެއްޗެއް ކަންފަތަކަށް އަޑުވެސް ނީވެއެވެ. ނައިނާއަށް އެކަން ފާހަގަވުމުން ވާހަކަ ދެއްކުން ހުއްޓާލާފައި އެވަރަކަށް ބަލަނީ ކީއްވެހޭ އެހިއެވެ. “ނޭނާއަށް އިނގެއެއްނު.. ރީތި އެއްޗެއްސަށް ބެލުމަކީ………….” “ޔާ ޔާ އިންސާނާގެ އާދައަކަށްވުމުން ….. ހުމް ހުމްމް… އިނގެޔޭ..” އައިޒަންގެ ވާހަކަ ނައިނާ މެދުކަނޑުވާލާފައި ޖެއްސި ވައްތަރުން އައިޒަންއަށް ހެވުނެވެ.

“ޒަން ވާހަކައެއް އަހަންތަ؟؟” ނައިނާ ހިތުގައި އެވަގުތު ހިނގަމުން ދިޔަ ކަންތަކާއި ގުޅުވައިގެން އައިޒަން އާއި ސުވާލުކުރަން ބޭނުންވީ އެކަމާއި މެދު އޭނާ ދެކޭ ގޮތް ބަލާށެވެ. “މަންމަ ކައިރި ނުބުނަނީތަ؟ ބޭބީއެއް ލިބެން އުޅޭއިރު މަންމައަށް އިނގެންވާނެއެއްނު…..” ނައިނާ ދެރަވެލާފައި ފެށި ވާހަކައިން އައިޒަންގެ މޫޑު ހަރާބުވިއެވެ. މަންމަ ކައިރި ދައްކަން ކިތަންމެ ބޭނުންވިޔަސް އެ ހިތްވަރެއް އޭނާއަކަށް ނުލިބުނެވެ. އެ ހިތްވަރު ނުވެސްނެތެވެ.

“މިގަޑީގައި ބުނެގެން ނައިނާއަށް އަހަރެން އެންމެ ބޭނުންވާ ދުވަހު ހުރުމުގެ ފުރުސަތު ނުލިބިދާނެ.. މަންމަ ކަންތަށް ކުރާނެ ގޮތް ނޭނގޭތީ ރިސްކެއް ނަގަން ބޭނުމެއްނުވޭ… މިގަޑީގައި ދެން އެވާހަކަ ނުދައްކަމާދޯ؟ އަހަރެން މިހިރީ ނައިނާ ކައިރި… އަދި ދެގޮތެއް ނުވެ މިގޮތުގައި ހުންނާނަން…” އައިޒަން ވާހަކަ ނިންމާލަމުން ނައިނާ ތަންކޮޅެއް ބޮޑަށް އެއަތުތެރެއަށް ލިއެވެ. އަދި ނިދާލާށޭ ބުނެ ނައިނާގެ ބޮލުގައި ފިރުމާލިއެވެ.

…………….

ފަސްމަސް ފާއިތުވެގެން ދިޔައީ އެގޮތުގައެވެ. ލޮތްބާއި އުފަލުގައެވެ. ނައިނާއަށް ބޭނުންވާނެ ހުރިހާ ލޯތްބަކާއި އަޅާލުން އައިޒަން އައީ ދެމުންނެވެ. ނައިނާ ހުންނަނީ ވަރަށް އުފަލުންނެވެ. ހަށިގަނޑަށް ބަދަލު އައިސް ހަމަހުގެ ބަނޑަކާއި އެކު ނައިނާގެ ލޫޅާފަތިހަށިގަނޑު ހުންނަނީ ވަރަށް ލޯބިކޮށެވެ. ކުޑަކޮށް ފަލަވެފައި ހުއްޓެއްކަމަކު އެ ރީތިކަންވީ އިތުރެވެ. އިސްތަށިގަނޑު ބޯވެ މޫނުމަތި އޮމާންވެ އަލިވެފައިވާއިރު ކޮންމެ ދުވަހަކުވެސް އެ ރީތިކަމަށް އައިޒަން ތައުރީފްކުރެއެވެ.

“ހީވެސްނުވޭ ނައިނާ އާއި އެކު މެރީކޮށްގެން އުޅޭތާ އަހަރެއްވެއްޖެޔޭ… އެހާ އަވަސް ދުވަސްތަށް ދާލެއް… އެންމެ ފުރަތަމަ ބައްދަލުވެ ނައިނާގެ ނަން އިނގުނީ މިތަނުން….” އެދެމީހުން އިށީނދެ ތިބި އަތިރިމައްޗަށް ބަލާލަމުން އައިޒަން އެހެން ބުނީ މީގެ އަހަރެއްކުރީގެ ހަނދާނެއް އާކޮށްލާފައެވެ. ނައިނާ ހޭންފެށިއެވެ. އަދި އައިޒަންގެ ގަޔަށް އެންމެ ފުރަތަމަ ފެންޕެކެޓު ޖަހައިގެން ރުޅިއައިގޮތް ހަނދާންކޮށް ހީހީފައި ދިމާކުރިއެވެ. “އަސްލު އެދުވަހު ހަމައެއްލުނީ އޮޅިގެން އިނގޭ… ގަސްތުގައެއްނޫން..” ނައިނާ ހެމުން ހެމުން އެހެން ބުންޏެވެ. އައިޒަން ވެސް ހޭންފެށިއެވެ. އެދުވަހު އެހެން ކަންތަށްނުވިނަމަ އޭނާގެ ހިތުގެ މަލަކާއާއި ދުވަހަކުވެސް ބައްދަލެއްނުވާނެއެވެ.

“ތިހެން ބުނީމަ އަދި މި ހަނދާންވީ.. ޖިނާ އާއި އަހަރެން ޖެހުނީ އެ ދެ ޓީޝާޓުވެސް އެއްލާލަން.. ނައިނާ ޖެހި ފެންޕެކެޓުން ޓީޝާޓުގެ ކުލަނުފިލާތާނގައި މިހިތަށް އެރި ކުލަވެސް ނުފިލި… ނުވެސް ފިލާނެ..” ލޯބިގޮތަކަށް އައިޒަން އެހެން ބުނެފައި ނައިނާގެ އަތަށް ބޮސްދިނެވެ. އެއަށްފަހު ކުރިމަތިން ފެންނަ ރީތި ހިތްގައިމު މަންޒަރަށް ނަޒަރު ހުއްޓާލައިގެން އިނީ ޖެހޭ ފިނި ރޯޅިން އުފާހޯދަމުންނެވެ. ނައިނާ އައިޒަންގެ އަތުތެރެއަށް އޭނާގެ އަތް ލީ އައިޒަންއަށް ބަލަހައްޓައިގެން އިނދެއެވެ. އެވަގުތު ފޯނު ރިންގްވެގެން އައިޒަން އަނެއް އަތުން ޖީބުގައި އޮތް ފޯނު ނެގިއެވެ. “މަންމަ..” އައިޒަން އެހެން ބުނުއިރު އެތުންފަތުގައި ވާ ހިނިތުންވުން ނައިނާއަށް ފެނުނެވެ. އައިޒަން މަންމަ ދެކެ އިންތިހާއަށް ލޯބިވެއެވެ. ދުވާލަކު ހަތަރު ފަހަރު ނުގުޅައިފިނަމަ އައިޒަންއަށް ނޭވައިވެސްނުލެވޭ ކަހަލައެވެ. މަންމަ މަތިން އޭނާ ވަރަށް ހަނދާންވެއެވެ. އަދި މަންމައަށް މިގޮތަށް އޮޅުވާލަންޖެހޭތީ އޭނާ އެކަމާ ވިސްނާ ހިތާމަނުކުރާ ދުވަހެއް މަދެވެ. އެކަން ނައިނާއަށް ވަރަށް ރަނގަޅަށް އިނގެއެވެ. ނައިނާގެ އަތުން އަމިއްލަ އަތް ނައްޓުވާލާފައި އައިޒަން ދުރަށް ހިނގައިގަތީ ފޯނު ނަގަމުންނެވެ. ނައިނާ އޭނާގެ އަތަށް ބަލާލުމަށްފަހު ދުރަށް ހިނގައިގަތް އައިޒަންއަށް ބަލައިލީ ފެންކަޅިވެފައިވާ ދެލޮލުންނެވެ. އެހިތަށް އެރި އެއްޗަކުން ބަނޑުގައި ހިފަހައްޓާލެވުނެވެ.

………………..

އައިޒަން ކޮޓަރީގައި އިތްއިރު އޭނާ ގުޅައިގެން ހުރީ އައިޝަމްއާއެވެ. ކައިރި ނައިނާ ނިދާފައި އޮތް އިރު އައިޒަން ވާހަކަދައްކަމުން ދިޔައީ ވަރަށް މަޑުންނެވެ. “އާނ.. ވަރަށް ބަލިކޮށް އުޅެނީ.. ޑޮކްޓަރ ދިން ދުވަހަށް އިނީ ވަރަށް މަދު ދުވަސްކޮޅެއް… އާނ އެންމެ ރަނގަޅު.. ވަރަށް ސަލާމް” އައިޒަން ފޯނުކަނޑާލުމަށްފަހު ނައިނާއަށް ބަލަންއޮވެ ނިދީގެ ދާނަކަށް ފުންމާލީ ހުވަފެނުގައިވެސް ނައިނާ ބައްދަލުކުރާނެކަމުގެ އުއްމީދުގައެވެ.

ދަންވަރު ނައިނާއަށް ހޭލެވުނީ އެހެން ދުވަސްތަކާއި ހިލާފަށް ބަނޑަށް އުނދަގޫތަކެއް ވާތީއެވެ. އިރުއިރުކޮޅާ ރިއްސައިގަނެފާނެއެވެ. ނޫނީ ތަދުވާންފަށާފާނެއެވެ. ނައިނާ އެނދުން ތެދުވެ ދެކޮޅަށް ހިނގަންފެށިއިރު އޭނާގެ ނޭވަޔަށްވެސް ބަދަލުއައިއްސިއެވެ. ކުއްލި ކުއްލިން އެވާ ތަދުގަނޑާއި އެކު ނައިނާއަށް އިންތަނަށް ތިރިވެވުނީ މަޑު އާހަކާއި އެކުގައެވެ. “އާހް… ޒަންން!!” ނައިނާ ގެ އަޑަށް އައިޒަން ސިއްސައިގެން ގޮސް އެނދުން ތެދުވިއެވެ. “ނޭނާ!!” އައިޒަން ކަށްޓެއްޖެހިހެން އެނދުން ތެދުވެ ނައިނާ އިށީނދެ އިން ދިމާލަށް ގޮސް ތަދުވަނީތޯ ސުވާލުކުރިއެވެ. ނައިނާ ބޯޖަހާލިއިރު އެ މޫނުމަތިން ދާތިކިތަށް ވިދަ ވިދާ ހުއްޓެވެ. އެނދު ބެޑްޝީޓުގައި ހިފަހައްޓާފައި ހުރިލެއް ބާރުކަމުން އެ އަތުގެ ނާރުތަށްވެސް ކޮންމެވެސް ވަރަކަށް އަރާފައެވެ. އެއާއި އެކު އައިޒަންއަށް ނައިނާ އަށް އެ ތަދުވަނީ ވަރަށް ބޮޑަށްކަން އެނގި ދުވެފައި ގޮސް ޒާހިދާއަށް ގޮވިއެވެ.

ޒާހިދާއަށް ގޮވަމުން ފޯނުގައި އިން އެމްބިއުލަންސް ނަމްބަރަށް ގުޅަންފެށިއެވެ. ޒާހިދާއަށް ވީގޮތް އޮޅުންފިލުވައިދޭކަށް ނުޖެހުނެވެ. ނައިނާގެ އަޑާއި އެކު ވީ ގޮތް އެނގި ހަރަކާތްތަށް އަވަސްކޮށްލާ ކޮޓަރިއަށް ވަނެވެ. ނައިނާ ކައިރި ހިތްވަރުކުރުމަށް އެދެމުން ޒާހިދާ ނައިނާގެ ބުރަކަށީގައި އަތް ހާކަންފެށިއެވެ. ލަހުފާ އަށް އައިޒަން ގޮވުމުން އޭނާވެސް ނިކުމެގެން އައެވެ. އެމްބިއުލަންސް ކައިރިއަށް ނައިނާ އަތުލަފިކޮށްގެން އައިޒަން ގެންދިޔައެވެ. ނައިނާ ކުއްލިއަކަށް ފިޔަވަޅުތަށް ހުއްޓާލުމަށްފަހު ތިރިއަށް ބަލައިލީ ފެންފަދަ ދިޔާ އެއްޗެއް ފައިބައިގެން ދިޔަ އިހްސާސްވެގެންނެވެ. އެއާއި އެކު ނައިނާއަށް ތެޅިގަނެވުނެވެ. އައިޒަންއަށްވެސް ވީ ގޮތް އެނގި އަވަސްއަވަހަށް ނައިނާ އެ އަތުތެރެއަށް ލާ އެމްބިއުލަންސަށް އެރުވިއެވެ.

……………

ވަރަށް ގިނައިރު ވީއިރުވެސް ނައިނާގެ ހަބަރެއް ނުވުމުން ތިންމީހުންވެސް ތިބީ ހާސްވެ ބިރުގަނެފައެވެ. ފަތިސް ނަމާދުގެ ބަންގިއާއި އެކު އިވިގެންދިޔައީ ތުއްތު ކުއްޖެއްގެ ރުއިމުގެ އަޑެވެ. ތިންމީހުން އެކަކު އަނެކަކުގެ މޫނަށް ބަލާލުމަށްފަހު ހިނިތުންވެވުނެވެ. މާ ގިނައިރުތަކެއް ނުވެ ނަރުހަކު ނިކުތެވެ. އޭނާގެ ފަހަތުން ނިކުތް ނަރުސްކުއްޖާގެ އަތުގައި ހުދު ކުލައިގެ ފޮތިގަނޑަކުން ނިވާކޮށްލައިފައިވާ ތުއްތު ތުއްތު ކުއްޖެއް އޮތެވެ. “މަރުހަބާ… އަންހެންކުއްޖެއް.. މަންމަގެ ހާލު އަދި ބޭބީގެ ހާލުވެސް ރަނގަޅު..” ކުރިއަށް ހުރި ނަރުސްކުއްޖާ ހިނިތުންވުމަކާއި އެކު ޒާހިދާމެންނާއި ކުރިމަތިލިއެވެ. އައިޒަންގެ އަތަށް އެ ދަރިފުޅު ފުރަތަމަ ލައިދިނުމާއި އެކު އޭނާއަށް ކުރި އިހްސާސް ބަޔާންކުރަންދައްޗެވެ. ދެލޮލުން ކަރުނަ އައިއްސާހުރި ހާލު ދަރިފުޅު ނިތުގައި ތުންފަތް ޖައްސާލިއެވެ.

ހުދު ފޮތިގަނޑުގެ ދަށުގައި އޮތް ލޯބި ލޯބި ކުއްޖާ އޮތީ މަޑު ފިޔާތޮށި ކުލައިގައެވެ. ދެތިންފަހަރު އަތް ތަޅުވާލާފައި ލޯ ތަގުޅިކޮށްލި މަންޒަރު އައިޒަންއަށް ފެނުމުން ޒާހިދާއަށާއި ލަހުފާއަށްވެސް ދައްކާލިއެވެ. ޒާހިދާގެ އެދުމަށް އެވަގުތު ދަރިފުޅަށް ބަންގިލައިދީ އެހެނިހެން ކަންތަށް ނިންމާލި އައިޒަންއަށް ވަރަށް ބޮޑު ހަމަޖެހުމެއްލިބުނެވެ.  ނަރުސް ކުއްޖާ ކައިރި ނައިނާ ގެ ކަންތަށް އޮޅުންފިލުވުމުން ބައެއް ލިޔުންތަށް ފުރިހަމަކުރުމަށް އެދުނެވެ. އޭރުން ޕްރައިވެޓް ރޫމްއަކަށް ވެއްދޭނޭވެސް ނަރުސްކުއްޖާ ބުންޏެވެ.

ލަހުފާ ވަގުތުން ކުއްޖާގެ ފޮޓޯ ނަގާ އެންމެންނަށް ފޮނުވާލިއެވެ. “މާ ޝާ ﷲ ލޯބިކަން..” ޒާހިދާ ވަރަށް ބަލައިގެން އެކުއްޖާ އުރާލިއެވެ. ދަރިފުޅު ވަރަށް ނާޒުކުވާނެކަމަށް ޒާހިދާ ބުނުމުން އައިޒަން ހީލިއެވެ. މައުސޫމްކަމުން ފުރިފައިވާ ދަރިފުޅު ޒާހިދާއަށް ވައްތަރުވީ ހަމަމިގޮތަށް އޮތް ނައިނާއާއެވެ. އެންމެ ފުރަތަމަ ނައިނާ ވިހޭއިރުވެސް އޮތީ ހަމަ މިހެންނޭ ޒާހިދާ ކިއެވެ.

………

ނައިނާ ކޮޓަރިއަކަށް ބަދަލުކުރެވުނުއިރު އޮތީ ލޯމެރިފައެވެ. އޭނާ ލާ ނޭވައި ފުންކަމުން ވަރުބަލިވެފައިވާ ވަރު ހާމަވެގެންދެއެވެ. ޒާހިދާ އައިޒަން ގެޔަށް ފޮނުވާލީ މިވަގުތަށް ބޭނުން އެއްޗެހި ގެނައުމަށް އެދިއެވެ. އައިޒަން ދިޔުމުން ޒާހިދާ ވަރަށް ލޯބިން ނައިނާގެ ބޮލުގައި ފިރުމާލިއެވެ. ނައިނާ މަޑުމަޑުން ލޯ ހުޅުވާލިއެވެ. ކުރިމަތީ ޒާހިދާ އާއި ލަހުފާ ހިނިތުންވެލައިގެން ތިއްބެވެ. ނައިނާ އެނދުގައި ލައްގަނެލަން ޒާހިދާ އެހީވިނަމަވެސް ގިނައިން އަރާމުކުރަން އެދެމުންދިޔައެވެ. މިދުވަސްވަރަކީ އަންހެންކުއްޖާގެ ހަށިގަނޑަށް އެންމެ ބަލަންޖެހޭ ދުވަސްވަރޭވެސް ޒާހިދާ ބުންޏެވެ. ކުޑަކުދިން ބާއްވާ އެނދުގައި އޮތް ނައިނާގެ ދަރިފުޅު ކުކުރާލި އަޑަށް ޒާހިދާ އެކުއްޖާ ނަގައި ނައިނާއާއި ހަވާލުކުރިއެވެ. “އަންހެންކުއްޖެއް…” ޒާހިދާ އެހެން ބުނުމުން ނައިނާ އުފަލުން ފޮޅުނެވެ. އަދި މޫނު ފޮތިގަނޑުން ކުޑަކޮށް ނިވާވެފައިވުމުން އެއްފަރާތްކޮށްލާފައި ގަޔާއި ލާ ބޮނޑިކޮށްލިއެވެ.

ޒާހިދާގެ އެހީގައި ދަރިފުޅުގެ ރުއިން މަތަކޮށްލާ ނިންދަވާލެވުނެވެ. ނައިނާ ހުރީ ކުރެވޭ އާ އިހްސާސްތަކާއި ތަޖުރިބާތަކާއި މެދު އުފާވެފައެވެ. އަނެއްކާވެސް ދަރިފުޅު އޭނާއަށް ހާއްސަ އެނދުގައި ޒާހިދާ ބާއްވާލިއެވެ. ނައިނާ އައިޒަން ކޮބާތޯ ސުވާލުކުރުމުން އެއްޗެހި ބަލައި ދިޔައީކަމަށް ލަހުފާ ބުންޏެވެ. އަދި ކާ އެއްޗެއް ބޭނުންތޯއެހިއެވެ.

“ޝާމް އަށް ހަބަރުދޭން ގުޅައިފިން.. އެކަމް ފޯނެއް ނުނެގިއޭ.. ނިދާފައި ތޯއްޗެއް… އެސޮރު އެންމެ ބޭނުންވީވެސް އަންހެންކުއްޖެއްވިއްޔަ…” ލަހުފާ އެހެން ބުނުމުން ނައިނާއަށް ހެވުނެވެ. އެއީވެސް ތެދެކެވެ. އެންމެ ފުރަތަމަ އެކަން އެނގިވެސް އޭނާ އެ ފޮނުވީ އަންހެންކުދިން ލާ އަންނައުނު ވިއްޔާއެވެ. އިރުގެ ދޯދި އެވަގުތު ކޮޓަރީގައި ހުރި ފޮތިތަކުން ފުރޭނިގެން އައެވެ. އިރުގެ އަލިން ފިނިވެފައިވާ ޖައްވު ހޫނުކުރަން ފެށުމާއި އެކު މަގުތަށް ހަލަބޮލިވެ ސުކޫލަށް ދާ ކުދިން ސުކޫލަށް ދާންފެށިއެވެ. ސައިކަލު ދުއްވާލާ އަޑުވެސް މަޑުމަޑުން ދިޔައީ އިވެމުންނެވެ. “އެންމެ ފުރަތަމަ އެކޮއެ ރޯލި އަޑުއިވުނީ ފަތިސް ބަންގިއާއި އެކު…” ޒާހިދާ އެހެން ބުނުމުން ނައިނާ ދެލޯ ބޮޑުކޮށްލާފައި އަސްލުހޭ އެހިއެވެ. ޒާހިދާ އުފަލުން ބޯޖަހާލިއެވެ.

……………

ފަސްދުވަސް ފަހުން ނައިނާ އާއި ދަރިފުޅު ދޫކޮށްލެވުނެވެ. ހާލު ރަނގަޅުވީނަމަވެސް ޑޮކްޓަރު ތަކުރާރުކޮށް ބުނަމުން ދިޔައީ ނައިނާ ގިނަގިނައިން އަރާމްކުރުމަށެވެ. ނައިނާ ކާރަކަށް އަރުވައިގެން ގެޔަށް ގެންދިޔައީ އައިޒަންއެވެ. އައިޒަންގެ އަތުގައި އެދެމީހުންގެ ލޯބީގެ ނިޝާން ރީތިގޮތަކަށް ނިލާދާފައި އޮތެވެ. ނައިނާ އައިޒަންގެ ކޮނޑުގައި ބޯއަޅާލިއެވެ. އައިޒަން ދައްކަމުން ދިޔައީ ދެދުވަސްފަހުން ބާއްވަން އުޅޭ ނަންކިޔުމުގެ ހަފްލާ އާއި ބެހޭ ވާހަކަތަކެވެ. ޒުހާމެން ވަރަށް ފޯރިޔާއި އެކު އެ މަސައްކަތް ކުރާނަމޭ ބުނެހެދުމުން އައިޒަންވެސް ހުރީ އެކަމަށް ވަރަށް ތައްޔާރަށެވެ. އޭނާ އަށް މިކަމަކީ ވަރަށް އާކަމަކަށްވެފައި ރާއްޖެތެރޭގައި ކޮންމެ ކަމެއްވެސް ކުރަން ހުންނަ ފޯރި މިފަހަރުވެސް ހުންނާނެކަން އެނގޭތީ އޭނާ ހުރީ ވަރަށް އުފަލުންނެވެ.

އޭގެ ދެދުވަސްފަހެވެ. ދަރިފުޅު ބޯ ބާލާއި ރީތި ނަމަކުން ނަން ދެވި ފޯރިއާއި އެކު ކެއްކުންގަނޑު ކައްކަން ފެށުނެވެ. ދަރިފުޅަށް ކިޔުނީ އައިނާ މުހައްމަދު އައިޒަންއެވެ. އެންމެންނަށްވެސް އެ ނަން ކަމުދިޔައީ އައިޒަން އާއި ނައިނާގެ ނަން އެއްކޮށްލީމާ އެ ނަން ކިޔޭތީއެވެ. ނައިނާ ކޮޓަރިތެރޭ އައިނާ ނިންދަވަން އޮތް އިރު އޭނާވެސް ބޭރުގައި ހިނގާ ކަންތަށް ބަލަން ޝައުގުވެރިވިއެވެ. ނަމަވެސް އެމީހުން އަޑުގަދަކުރާވަރުން އިރު އިރުކޮޅާ އައިނާ ކުކުރާލާތީ ދުރަށް ދާން އޭނާ ޖެހިލުންވެއެވެ. އެވަގުތު ނައިނާގެ ފޯނު ރިންގްވާންފެށުމުން އަޑު ކަނޑާލާފައި ފޯނު ނެގީ ދެތިންފަހަރަކު ތެޅިލި އައިނާގެ ގައިގާ ލޯބިން ފިރުމާލާފައެވެ.

Share Article

Follow Me Written By

Ryn

100 Stories10 Stories1K Comments500 Comments100 Comments100 Login

Hello! I love reading stories and writing obv. I hope my stories will make you happy. Don't forget that reading is what gives you more knowledge about the world. Don't stop reading. Visit my facebook page RYN'S stories. Thankyou

Other Articles

Previous

02:30 ފަންސަތިރީސްވަނަ ބައި

Next

ބޭނުނވަނީ އުމުރަށް 04

Next
October 4, 2017

ބޭނުނވަނީ އުމުރަށް 04

Previews
October 4, 2017

02:30 ފަންސަތިރީސްވަނަ ބައި

14 Comments!

  1. Ryn says:
    October 4, 2017 at 9:28 am

    Salaam loves ?
    What do you think about the picture and this part ???
    Thank you for reading ❤
    Lots love

  2. Ina says:
    October 4, 2017 at 9:56 am

    picture shows baby and Naina <3

  3. Sinaa says:
    October 4, 2017 at 10:00 am

    Vrh lowbii dhen vaany kihinehbbaaa …. btw i am frst

  4. Naaanu says:
    October 4, 2017 at 10:18 am

    Alhey so loabi ?mihaaru shaamira ah ingidhaane thy feeling ding ding .lol ?aizan majbooru vaane dho naina aa dhuruvaan ?ekamu aizan naina dheke rulhi anna goiy nuhadhaathi ?

    1. Naaanu says:
      October 4, 2017 at 10:19 am

      Pic varah loabi.????ekamu koba daddy?pic ga

  5. Xxxx says:
    October 4, 2017 at 11:08 am

    V.loabi story.. waiting.. waiting ????????????

  6. Xee says:
    October 4, 2017 at 11:24 am

    Pic vvvvv reeti whn nxt part?? pls avahah up kobba kihaahitun can’t wait
    Bt pic ga zan nethyma bt it’s OK. adives afeefaa ah angaakah nuveytha now they have a baby too i think ? mihaaru angan vejehen cause afeefaa mihaaru zan and lam ge kaiveni vey tho uhleny so…. bt plx plx plx
    don’t separate them ☺☺ nd
    story hama habehys ?????❤❤❤????
    Waiting…………. for nxt part
    nd i always love your story’s love you more❤❤ TC

  7. Naaz says:
    October 4, 2017 at 12:37 pm

    picga Daddy netheema v falhu adhi furihama nuvey but story hama perfect v nice

  8. ❤️ says:
    October 4, 2017 at 1:04 pm

    V salhi stry….
    Vedhaane ehnu daddy aaa vaki vany kamahves kuriyah oii baiga…but aizan n nainaa vaki nukurahcheyyy

  9. AFNAN? says:
    October 4, 2017 at 1:36 pm

    woww story hama habeys ?but ryn pls dont separate zan and neyna and the pic hama v salhi ly ryn ??❤❤

  10. annoying reader says:
    October 4, 2017 at 1:38 pm

    nehyyyyyyy aina and mammi ya daddy vaki nukurachey please, shaamira ah hageegah ingen kairi vejjekan yagyn. please konme gothakah hadhaafa viyas naina and zan dhuru nukurachey. ‘lam and naina are sisters after all

  11. LAI? says:
    October 4, 2017 at 1:41 pm

    wow story is awesome???and pic hama vv loabi when is next part waiting for next part ly ryn ??❤

  12. Hafeez says:
    October 4, 2017 at 2:37 pm

    Firihen kuhjeh nama rangalhuvaane Naizan kiyan. Btw story is awesome. Waiting for next part. Avahah up kohdhechey.

  13. xoxo?? says:
    October 4, 2017 at 4:41 pm

    vaahaka ah comment nukuriyas gavaidhun kiyan v loabi mi partves, photo in dheyha vaagothuga aizan is going to leave naina n baby for his mom i think but ehen nuhadhahchey nainaa moyavaane eyrun heyonuvaane, ryn dhoooony

Comments are closed.


All Right Reserved!