……………………. 5 އަހަރު ފަސް “އީއްކޮ ދަރިފުޅާ! ބަލައިގެން ހިނގާބަ…!” ހަލަބޮލި މާލޭގެ މަގުމަތީ އައިނާ ފުންމަމުން ދުވަމުން ދިޔައިރު ހިނގާބިނގާވެ އުޅޭމީހުންގެ ގައިގާ އިރުއިރުކޮޅާ ޖެހެއެވެ. ނައިނާ ދިޔައީ އޭނާ މަތަކުރެވޭތޯބަލަމުންނެވެ. ފަސްއަހަރުގެ އައިނާ ހުރީ ވަރަށް މަޖާވެފައެވެ. “ދަރިފުޅު މަޖާތަ ކްލާސް؟؟” ނައިނާ ސުވާލުކުރީ އައިނާގެ އަތުގައި ހިފާ އޭނާ މަތަކޮށްލާފައެވެ. އޭރު އައިނާ ގެ ހިނިތުންވުން ފެނި އޭނާއަށްވެސް ހިނިތުންވެވުނެވެ. އައިނާގެ މިއަދު މީ ފުރަތަމަ ކުލާސްކަމުން އޭނާ ހީކުރީ އެހާ ރަނގަޅު […]
ކޮޓަރިތެރެއަށް ވަދެފައި ޔުމްނާއަށް ދެކޮޅު ދެކޮޅަށް ހިނގެން ފެށުނެވެ. އިޚްތިޔާރަކާ ނުލާ އޭނާގެ ދެލޯ ފެންކަޅިވެގެން ދިޔައެވެ. އެނދުގައި އިށީންދެ، އޭނާ ދެއަތުން ބޮލުގައި ހިފަހައްޓާލިއެވެ. އެވަގުތު އޭނާ ހަނދާންވީ އާބިދާގެ މަތިންނެވެ. މި ދުވަހު އާބިދާ އޭނާގެ ގާތުގައި ހުރިނަމަ ކިހާ ރަނގަޅުވީސް ހެއްޔެވެ؟ ޔުމްނާ މަޑުމަޑުން އޭނާގެ ބަނޑުގައި އަތް ހިންގާލިއެވެ. އޭނާގެ ހަށިގަނޑު ތެރޭގައި މިހާރު ކުޑަކުޑަ ފުރާނައެއް އެބަވެއެވެ. އޭނާ ވެސް މީހަކާ އިންނަން ބޭނުންވިއެވެ. ދަރިން ހޯދަން ބޭނުންވިއެވެ. ނަމަވެސް […]
“ދަރިފުޅާ…. ދެ ލޯ މަރާލާފައި ނިކަން ފުންކޮށް ނޭވާއެއް ލާބަލަ….. ކޮންމެ ކަމެއްވެސް ފުރަތަމަ ކުރާނީ އަލަށް…. ކަންކަމާ ކުރިމަތިލާންވާނީ ނިކަން ކެރިގެން…. ދަރިފުޅު އެކަންޏެއްވެސް ނޫނެއްނު ދާން ތި އުޅެނީ…. ޝައުންވެސް ގާތުގައި ހުންނާނެ….. އެހެން ނޫނަސް، އަބަދުވެސް ވިސްނަންވާނީ އެންމެ ރަނގަޅު ގޮތަށް…..” ނޫރައިން މަސައްކަތްކުރަމުން ދިޔައީ ޔަލްވީގެ ހިތަށް ވެރިވެފައިވާ ހާސްކަން ފިލުވައިދޭށެވެ. ޝައުން އައީ ނޫރައިން އެ ގޮތަށް ވާހަކަ ދައްކަން އިންދައެވެ. “އަހަންނަކަށް ހިއެއްނުވެ ޔާލްއަށް، ޝައުން މަންމަގެ ކުރިމައްޗަށް […]
“ޝައިމް” މަލަކާ ޝައިމްއަށް ގޮވާލިއެވެ. “މަލަކާ، އަހަރެން ވަރަށް ލޯބިވޭ.. މަލަކާ އަހަންނާއި ދުރަށް ނުދައްޗޭ.. އަހަރެންގެ ލޯތްބަށް ނޫނެކޭ ނުބުނައްޗޭ” މަލަކާއަށް އިތުރު ބަހެއް ބުނެވުމުގެ ކުރިން ޝައިމް މަލަކާގެ ތުންފަތް މަތީ ޝަހާދަތް އިގިލި ޖައްސާލަމުން ބުނެލިއެވެ. ބޭގަރާރުވަމުން ދާ ހިތުގެ އާދޭސްތައް އިއްވަމުންނެވެ. ދެމީހުންގެ ނަޒަރު ސީދާކުރަމުންނެވެ. އަނެކާއަށް ހިތުގެ ޝަކުވާތައް އިއްވަމުންނެވެ. އިރުކޮޅަކު އެހެން ހުރުމަށްފަހު މަލަކާ އިސްޖަހައިލިއެވެ. އަދި ޝައިމްގެ މޭގައި މަޑުމަޑުން ބޯއަޅާލިއެވެ. ލޮލުން އޮހިގަތް ކަރުނަތައް ފޮރުވަމުންނެވެ. […]
އިރުގެ ރަން ދޯދިތަކުގެ އަލި މަޑުވަމުން ގޮސް އިރު އުދަރެހުން ގެއްލިއްޖެއެވެ. ހަނދު އޭގެ ވާޖިބު އަދާކުރަން ފެށުނީ ދެނެވެ. އަހަރެން އެ މަންޒަރު ބަލަން އަތިރިމަތީގައި އިށީނދެ އިނީ އާޝޯހުވެފައެވެ. މާތް ﷲ ގެ ކުޅަދުންވަންތަކަން ދެކިބަލާށެވެ. އަހަރެންގެ ދިރިއުޅުމުގައިވެސް އެފަދަ އަލިކަމެއް ލިބޭނީ ކޮންއިރަކުންބާއެވެ؟ މި އަނދިރި ދިރިއުޅުން އުޖާލާ ކުރާނެ އަލިކޮޅު ލިބޭނީ ކޮންއިރަކުންބާއެވެ. އަހަރެން އަހަރެންގެ އަތަށް ބަލައިލީމެވެ. ހަށިގަނޑު ފޮރުވާލެވިފައިވަނީ ކަޅު ޖިލްބާބަކުންނެވެ. ނަމަވެސް މި ބޮޑު ޖިލްބާބުގެ ދަށުގައި […]
“އެ.. އެހެންތަ؟ މަޑުކޮށްލައްޗޭ..” ސީމާ އެހެން ބުނުމަށްފަހު ޖުވައިރިޔާއަށް ފޯނު ދިއްކޮށްލިއެވެ. ތެޅިތެޅި އޮތް ހިތަކާއެކު ޖުވައިރިޔާ އެ ފޯނުގައި ހިފިއެވެ. ފޯނު ކަންފަތުގައި ޖެހުމަށްފަހު އޭނާ މޭޒު ދޮށުގައި ތިބި އަޝްފާން އާއި ސީމާ އަދި ހާރޫންއަށް އަވަސް ނަޒަރެއް ދިނެވެ. އެއަށްފަހު އޭނާ ފޯނު ހިފައިގެން އަވަސް ފިޔަވަޅުތަކެއްގައި ކޮޓަރިއާ ދިމާއަށް މިސްރާބުޖެހިއެވެ. “މަންމާ؟ ކިހިނެއްތަ ވެގެން އުޅެނީ؟ އަޒްކާއޭ؟” ހައިރާންވެފައި ހުރި އަޝްފާން ސީމާ ގާތު އަހާލިއެވެ. އޭރު ސީމާވެސް އިނީ ފާޑަކަށް […]
ލެޕްޓޮޕު ހުޅުވޭތޯ އުޅެއުޅެ ހުޅުވޭ ގޮތެއް ނުވިއެވެ. މަލަކާގެ ހާސްކަން ދިޔައީ އިތުރުވެގެންނެވެ. ދެން ކަންތައް ކުރާނީ ކިހިނެތް ކަމާއި މެދު ވިސްނާލުމުން މޮޅު ހިޔާލެއް ލިބުނެވެ. އެއްމެ މިނެޓެއްވެސް ލަސްކުރުމެއް ނެތި މަލަކާ ލެޕްޓޮޕް އަތަށް ނަގައިގެން ދުއްވައިގަތީ ނިއަމްގެ ގެޔާއި ދިމާލަށެވެ. ނިއަމް އަކީ އައިޓީ ކިޔަވައިގެން ހުރި މީހަކަށް ވުމުން ހައްލުކުރަން އެނގިދާނެ ކަމުގެ އުއްމީދުގައެވެ. އެގެޔަށް ގޮސް މަލަކާ ވީހާވެސް އަވަހަކަށް މައްސަލަ ހައްލުކޮށް ދިނުމަށް އެދުނެވެ.ޝައިމްގެ އެއްޗަކަށް ވުމުން ދެކޮޅު […]
“ނާ ދޭ ފެންވަރާލަން.. ދައްތަ އަރާމްކޮށްލާ… އީއްކޮއަށް މިއެދުނގައި އޮވެވޭނެއެއްނު…” ކުޑަ އެނދެއްގައި ނިދިފައި އޮތް އައިނާ ބާއްވަމުން ޒުހާ ބޮޑު އެނދަށް އިޝާރާތްކޮށްފައި މާރިޔާއަށް ބަލައިލިއެވެ. ޒުހާ އެދެމީހުންވެސް އެގެޔަށް ގެނައީ ފުލުހުންގެ ބެލުމުގެ ދަށުގައި ދެ ހަށިގަނޑުވެސް ވީތީއެވެ. ހެނދުނުގެ އިރާއި އެކު މުޅި ރާއްޖެއަށް އެ ހަބަރު ފެތުރޭނެތީ އެމީހުން އެތަނުން ގެންނަން މަޖުބޫރުވީއެވެ. ނައިނާ ފެންވަރަން ވަނުމުން މާރިޔާ އެނދުގައު އިށީނެވެ. ކުޑަ އެނދުގައި އޮތް ދަރިފުޅު ފެންނަކޮންމެ ފަހަރަކު ނައިނާއާއި […]
އާރިކް، އޭނާގެ ސައިކަލުގެ ފަހަތަށް ޔުމްނާ އަރުވައިގެން ދުއްވާލި ވަގުތު އެ ހިތުގައި އެތަށް ޝުޢޫރުތަކެއް އުފެދެމުން ދިޔައެވެ. ޔުމްނާއާއެކު އޭނާއަށް ހޭދަކުރެވުނު އެއްހަފްތާ އަކީ އޭނާގެ ހަޔާތުގައިވެސް އައި އެންމެ އުފާވެރި ދުވަސްތަކެވެ. ޔުމްނާގެ ސޫރަ ފެނުމުން އެހިތަށް ހަމަޖެހުން ލިބިގެން ދަނީ ކީއްވެގެން ހެއްޔެވެ؟ އޭނާއަށް ޔުމްނާއާ ދޭތެރޭ ކުރެވެމުން ދިޔައީ ދުވަހަކުވެސް އެހެން އަންހެންކުއްޖަކާމެދު ނުކުރެވޭފަދަ އިހުސާސްތަކެކެވެ. ** ** ** ގޭތެރޭގައި އިން ފަރީދު ސިހުނީ އާރިކް އާއެކު ގެއަށް ވަދެގެން […]