ޒުވާން އުމުރު ވޭތުވަމުން ދިޔައީ އާއިލާ އާއި ރައްޓެހިން ތިބިނަމަވެސް ޢިޝްޤީ އެކަނިވެރިކަމުގެ ތެރޭގައެވެ. އަމިއްލައަށް އެކުލަވާލައިފަވާ ޝަރުތުތަކާ ބައްދަލުވާ ފަރާތަކާ ދިމާނުވާތީއެވެ. މާބުރުގެ އުސޫލުން އަޖުމަ ބެލުމުގެ ސިލްސިލާއެއް ފެށުމަށް ނިޔަތެއް ވެސް ނެތީމައެވެ. ރައުދާ އާ ދިމާވީ އިއްތިފާގަކުންނެވެ. ފުރަތަމަ ނަޒަރުން ގަޔާވިނަމަވެސް ލޯބިވެވުނީ ވަަރަށް ރަނގަޅަށް އޭނާ ދަސްވެ ބޭނުންވާ ޝަރުތުތައް ފުރިހަމަ ވާކަން އިނގިގެންނެވެ. އުއްމީދު ކުރި ހުރިހާ ސިފައެއް ހުރިކަން ޔަގީންކޮށް ފަހުރުވެރި ކަމާއެކު ޒަވާޖީ ހަޔާތަށް ފެށީމެވެ. އެރީތި […]
އީލާމް ހެނދުނު ހޭލައިގެން ކޮޓަރިން ނިކުތުމަށް ފަހު ގޭތެރެއަށް ނަޒަރު ހިންގާލިއެވެ. އޭނާވެސް ބޭނުން ވަނީ މަސަތްކަތެއްގައި ޝާމިލް ވެ އުޅުމަށެވެ ނަމަވެސް އެއްވެސް މީހަކު އޭނާ މަސަތްކަތެއްގައި ބައިވެރި ވިޔަކަ ނުދިނެވެ. ގޭގެ އެންމެ އިސް ނޯކަރު ޖެނީ އީލާމް އާއި އަރާ ހަމަކޮށްލުމަށްފަހު އީލާމް އާއި ދިމާލަށް ” މިގޭގެ ވަގުތީ މެހުމާނުން ނެތް މަސަތްކަތެއް ނުކުރާނެ ، ގޭގެއަށް ނޯކަރުން ލާފައި ހުންނަނީ ކަމަކު އެހެންވީމައި ކޮންމެވެސް އެހެން ކަމަކާ އުޅެލުން ރަނގަޅު […]
ޔަލްވީމެންގެއަށް އާދެވުމުން މިޝްޔާ ހިނގައިގަތީ، އެތެރެއަށް ވަންނާށެވެ. އޭނާ އަންނަންދެން ސައިކަލް ކައިރީގައި ރާހިލް މަޑުކޮށްލައިގެން ހުއްޓެވެ. މިޝްޔާއަށް ގެއަށް ނުވަދެވި އުޅެނިކޮށް ހަޅޭލަވައިގަންނަމުން އައިކޮޅަށް ދުއްވައިގަތީ، ފާރުމަތީގައި އިން ބުޅާ ހޭރިގެންފައި، އޭނާގެ ކުރިމައްޗަށް ފުންމައިލުމުންނެވެ. ______________________________________ އެ އައި ގޮތަށް އައިސް މިޝްޔާ، ރާހިލްގެ ފުރަގަހަށްވަދެ، އޭނާގެ ޓީޝާޓުގައި ހިފަހައްޓައިގެންހުރެ ބޯދިއްކޮށްލީ އެ ބުޅާ ކޮބައިތޯއެވެ. މިޝްޔާ ހަޅޭއްލަވައިގަތްލެއް ބާރުކަމުން، އެ ބުޅާވެސް ބިރުން ގޮސް ޖެހިގެން ހުރި ގޯޅިއަށް ވަނެވެ. މިޝްޔާއަށް […]
އެއްފަހަރު ދޮރާއި ދިމާލަށް އަނެއްފަހަރު ބީހާލް އަށް ބަލާލަމުން ރަޔާހީން ދުވެފައި ގޮސް ދޮރުހުޅުވިއެވެ. އެތެރެއަށް ވަން ރައިނީ ފެނުމުން ރަޔާހީން ގަދަކަމުން ހީލިއެވެ. ވަގު ލޮލުން ބީހާލް އަށް ބަލާލަމުން ރައިނީ އަށް ނުފެންނާނެހެން އެއްއަތުން ތެމިފައިވާ ލޯކައިރި ފޮހެލިއެވެ. ހީން… ދެންމެ މިއާދެވުނީ. ކޮބާ ފޯނު. ފޯނަށް ވެސް ގުޅައިފިން. ހިނގާ ތިރިއަށްދަމާ ސައިބޯން. ހުރިހާ މީހުން އެބަތިބި” ރަޔާހީން ކައިރީގައި ހުއްޓެމުން ރައިނީ ބުނެލިއެވެ. “މިދަނީ ބޭރަށްދާންވެގެން. ރެޑީވާން ހުއްޓައޭ ކޫއްތަ ތިއައީ… […]
“ނުވާނެ ނައިނާ ދޫކޮށްލައިގެން… އެހެންވެއްޖެނަމަ އަހަރެންގެ ދޮންބެއެއް ނުހުންނާނެ…” އައިޝަމް އެހެން ބުނެފައި ފަސްއެނބުރި ރެއިލިންގައި ހިފަހައްޓާލިއެވެ. އައިޒަން ހުރިހާ ދިމާލަކުން ބެދުނުކަހަލައެވެ. ނަތީޖާއަކަށް ނުދެވިފައި އޭނާ ހުރިއިރު ބޯހާސްކުރަމުން ދަނީ ނައިނާ އާއި އައިނާގެ ހިޔާލުތަކުންނެވެ. ނަމަވެސް އައިޒަން އަށް އިނގޭ އެއްކަމަކީ ނައިނާ ކޮންމެ ކަމެއް ކޮންމެ ގޮތަކަށް ދިޔަޔަސް އައިޒަންގެ ބަސް އަހާނެކަމާއި އައިޒަން ކޮންމެ ގޮތެއްނިންމިޔަސް އެކަން ހެޔޮހިތުން ގަބޫލުކުރާނެކަމެވެ. “ނައިނާ ދޫކުރާ ހިޔާލެއްނުކުރިޔަސް މަންމަ….” އައިޒަން އައިޝަމް އަށް ޖަވާބުދިނެވެ. […]
އެތައް މިނެޓްތަކެއް ވަންދެން ވިސްނަން އިނުމަށްފަހު ޝައިމް އޭނާގެ ހިތުގެ ބަސް މިފަހަރު އިސްކުރިއެވެ. ނުދާން ސިކުޑީން ގޮވަމުން ދާއިރު އިންތަނުން ތެދުވެ އެދަނީ މަލަކާއާއި ދިމާލަށެވެ. ފަސްއެބުރި ބެލުމެއް އަދި ޖެހިލުންވުމެއް ނެތިއެވެ. “މަލަކާ” ޝައިން ގޮވާލިއެވެ. މަލަކާގެ ހިޔާލުތަކުގެ ވާފަށް ކަނޑައިގެން ދިޔައީ ނަން އިވުމުންނެވެ. “ޝައިމް ކިހިނެތްވީ” ޝައިމް އެކަނި ހުރުމުން މަލަކާ އަހައިލީ ކަމެއް ވީކަމަށް ހީކުރަމުންނެވެ. “އަހަރެން ވަރަށް ބޮޑު ވާހަކައެއް ބުނެލަން” ޝައިމް ބުނެލީ ގަދަކަމުން ހިނިތުންވެލަމުންނެވެ. “ކޮން […]
“އަހަރެން އެމީހުން ކުރިމަތީ ކައިވެންޏަށް އިންކާރުކުރާނަން.. އެންމެ ރަނގަޅެއްނު އެގޮތް ދޯ؟؟” އައިޒަން ހިނިތުންވެލާފައި އެހެން ބުނީ ޝާމިރާއަށް އެކަމުގައި މޮޅެއްނެތްކަން އިނގޭތީއެވެ. ޝާމިރާ ގޮއްމުށްކަވާލީ އައިރުޅިންނެވެ. އައިޒަން އަކީ ދުވަހަކުވެސް ޝާމިރާގެ އެދުމަށްފުރަގަސް ދޭ ކުއްޖެއްނޫނެވެ. މަރުވާންވިޔަސް ޝާމިރާއަށްޓަކައި މަރުވާނެއެވެ. ނަމަވެސް މިއަދު އެ އުޅެނީ ކީއްވެބާއެވެ؟ ޝާމިރާއަށް ނޭނގޭ ކަމަކީ އައިޒަން ޖާނާއި ފުރާނައިން ޤުރުބާންވާން އޭނާގެ އެހެން އިތުރު އާއިލާއެއް އޮތްކަމެވެ. އެބަޔަކަށްޓަކައި އޭނާ ކޮންމެ ގުރުބާނީއެއްވާންޖެހުނަސް ވާނެކަމެވެ. “ކީއްވެތަ ލަމްހާ އާއި […]
އެންމެ ފަހު ގަޑި ކިޔަވާ ނިމޭއިރަށް އަވްލީން ފޮތްތައް ނަގައިގެން ހިނގައިގަތީ އަވަހަށް ގެއަށްދާށެވެ. ނަމަވެސް ދޮރާ ހަމައިން މަޑުކޮށްލެވުނީ ދޮރުމަތީގައި މަޑުކޮށްގެން ހުރި މޯޑް ފެނިފައެވެ. ” ހައި ސްވީޓީ.. ހާދަ އަވަހަކަށް ދާން ތިއުޅެނީ.. މަ ސްކޫލަށް ނާންނާތީ ވަރަށް ދެރަވެފަ ދޯ ތިހުންނަނީ.. އަސްލު ސްކޫލަށް އަންނަ ހިތެއް ނުވޭ.. އެކަމަކު މަގޭ ހިތުގެ ރާނީ ފެނޭތޯ މިއައީ…”މޯޑް ވާހަކަ ދައްކަމުން ކުރިއަށް ޖެހޭވަރަކަށް އަވްލީން ފަހަތަށް ޖެހެމުންދިޔައެވެ. ” ހޭ މޯޑް.. […]
ދުވަސްތައް ފާއިތުވަމުން ދެއެވެ. އާދައިގެ މަތިން މިއަދުވެސް އޮފީސް ނިމުމާއިއެކު، ޝިއުރީ ނުކުތީ އަވަހަށް ގެއަށް ދިއުމަށެވެ. އޮފީހުން ނުކުމެ މަގުގެ ދެ ފަރާތް ބަލައިލި، ޝިއުރީގެ ފިޔަވަޅުތަކަށް ހުއްޓުން އެރީ، މަގުގެ ހުޅަނގުކޮޅުން ފެނުނު މަންޒަރަކުންނެވެ. މިޝަލަށް އޮފީހުން ނުކުމެވުނީވެސް ޝިއުރީ، އެގޮތަށް ހުއްޓުން އަރާފައި ހުއްޓައެވެ. ___________________________________ ޝިއުރީއަށް ވީ ގޮތެއް ނޭނގިފައިހުރި މިޝަލް، މަގުގެ ހުޅަނގު ފަރާތަށް ބަލައިލީ އޭނާގެ ނަޒަރު އެ ދިމާއަށް ހުއްޓިފައި ވުމުންނެވެ. ޝިއުރީއަށް ވީ ގޮތް […]